އެކުގައިވާނަން-23
“ދަރިފުޅާ، މަންމަ ބުނާނަން މިއަދު ބައްޕަ ކައިރީ.. ތިހެންވީރު ހިނގާ މިރޭ މަންމައާ އެއްކޮށް ލޯގަނދެއް ގަންނަން ދާން.. އޯކޭ..” ސުފްޝާ ހިތްހަމަ ޖައްސައި ދިނުމައް ފިރާޝާ ބުންޔެވެ.
ސުފްޝާ ހޫމް އަޅުވައިލައިފައި ކޮޓަރިއަށް ވަނެވެ. ފިރާޝާ ފުން ނޭވާ އެއް ބޭރުކޮށްލައިފައި ދެލޯ މަރާލިއެވެ.
*ޕާރޓް-23*
ހަވީރު ވުމުން ގަޑިކިޔައިފައި އޮތް ގަޑިޔަށް ޔަސްރާ ހަޔާ މެން ގެޔަށް ދިޔައެވެ. އޭނާ ލައިގެން ހުރީ ކްރީމް ކުލައިގެ ގަމީސް ކޮޅަކާއި ބޭގީ ޖިންސް އެކެވެ. ހުޅި އަކަށް އައްސާލެވިފައިވާ އިސްތަށިގަނޑު ހަމަ ވަަރަަށް ރީއްޗެވެ. ޔަސްރާ އިނީ އެގަޔަށް ނުވަދެ ދޮރުމަތީގައި މަޑުކޮށްލައިގެނެވެ. އޭނާ އިރުއިރުކޮޅާ ފޯނަށް ބަލާލައެެވެ. ވަންނާނީތޯ، ނޫންތޯ ޔަސްރާ އަކަށް ހިޔާރު ކުރާކަށް ނޭނގުނެވެ.
“ޔަސްރާ މިތާ ކީއްކުރަނީ..؟” ޔަސްރާ ސިހުނީ ޖިޔާންގެ އަޑުންނެވެ. ބަލާލިއިރު ޖިޔާން އާއި ރަފާގެ އިތުރުން އެދެމަފިރިންގެ ދަރި ފުޅު ކިރާން ވެސް ހުއްޓެވެ.
“މިއުޅެނީ ގެޔަށް ވަންނަން ވެގެން.. ކިރާން ކިހިނެއް..؟” ޔަސްރާ ހީލާފައި އައިސް ކިރާންގެ ކޮލުގައި ހިފާލިއެވެ.
ޖިޔާންމެންނާއި އެއްކޮށް ޔަސްރާ ވެސް ވަނެވެ. އޭރު މިންހާ ވެސް ސޯފާގައި އިނެވެ. އެއްމެންނާއި އެއްކޮށް ޔަސްރާ ވެސް ގޮސް ސޯފާގައި އިށީނެވެ. އަޒްހާން މެސެޖް ނުކުރާތީވެ އޭނާ ކުޑަކޮށް ނުރުހުނެވެ. އަންނާށޭ ކިޔާފައި މެސެޖް އެއް ވެސް ނުކުރެއެވެ. އިރުކޮޅަކު އެހެން ހުރެލައިފައި ޔަސްރާ ފޯނު ބަލައިލިއިރު އަޒްހާންގެ މެސެޖް އެއް އައިސް އިނެވެ. މެސެޖް ބަލައިލައިފައި ޔަސްރާ ތެދުވެގެން ގޮސް މަތީ ބަޔަށް އެރިއެވެ. އަދި ގޮސް ބެލްކަންޔަަށް ނުކުތެވެ.
އޭރު ޔަސްރާ އާއި ފުރަގަސްދީގެން ބޭރު ބަލަހައްޓައިގެން އަޒްހާން އިނެވެ. ޔަސްރާ ގޮސް އަޒްހާން ކައިރީ ރެއިލިން މަތީ އަތް އަޅުވާލިއެވެ.
“ވަރަށް ހިތްގައިމު ދޯ އުޑުމަތި..” ޔަސްރާ އުޑުައްޗަށް ނަޒަރު ހިންގާލައިގެން ހުރެ ބުނެލިއެވެ. އަޒްހާން އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.
“ޔަސް..” އަޒްހާން ޔަސްރާ އަށް ކުރިމަތި ލަމުން ގޮވާލިއެވެ.
“ހޫމް..” ޔަސްރާ ހުރިގޮތަށް ހުރެ ބުނެލިއެވެ.
“އޯކޭތަ..؟” އަޒްހާން ޔަސްރާ އާއި ކައިރިއަށް ފިޔަވަޅެއް އަޅައިލަމުން އަހާލިއެވެ.
“ދެން.. އަނެއްހެން އޯކޭ..” ޔަސްރާ އަޒްހާން އަށް ބަލާލަމުން ބުނެލިއެވެ. އަޒްހާން ޔަސްރާގެ އުނަގަނޑުގައި އަތް އަޅުވައިލާފައި ކައިރިއަށް ލަފާލިއެވެ.
“ކީއްވެތަ އަހަރެން ކައިރީ ނުބުނީ ޔަސް.. އަހަރެން ވަރަށް ދެރަވެއްޖެ ޔަސް އަހަރެން ކައިރީ ނުބުނީމަ..” އަޒްހާން ޝަކުވާށްލިއެވެ.
“އެގަޑީގަ އަހަރެން ހުރީ ވަރަށް ބޮޑު ޝޮކެއްގަ.. އެހެންވެ އަހަރެން ހަދާނެއް ނެތް ބުނާކަަށް..” ޔަސްރާ އޮޅުން ފިލުވައިދިެނެވެ.
“އެހެންދޯ.. ދެން ކަމެއް ވެއްޖެއްޔާ ބުނައްޗޭ..” އަޒްހާން އަދިވެސް ޔަސްރާ އޭނާ އާއި ކައިރިއަށް ދަމާލިއެވެ. ޔަސްރާ ލަދުން އިސްޖަހާލިއެވެ.
ހަމަ އެވަގުތު ހަޔާ އިނީ ކޮޓަރީގައެެވެ. އޭނާ ވާހަކަ ކިޔަން އިނދެފައި ނުކުމެލީ ބެލްކަންޏަށެވެ. އޭނާ އެއް ވެސް ހިޔާލެއް ފިކުރެއް ނެތި ގޮސް ބެލްކަނި ދޮރާއި ހަމައަށް އެރުމާއި އެކު ހަޔާ ހުއްޓުން އެރިއެވެ. ލޮލަށް މިފެންނަނީ ހަމަ ރަގަނޅަށްހޭ ވެސް ހިތައްއެރިއެވެ. ޔަސްރާ އާއި އަޒްހާން ތިބީ ބައްދާލައިގެނެވެ. އެދެމީހުންނަށް މީހަކު އެތާ އިންކަމެއް ނޭނގެއެެެވެ. ހަޔާ ވަގުތުން ފާރާއި ނިވާވެލިއެވެ. އޭނާގެ ހިތް ދިޔައީ ނެގިނެގިފައި ޖެހެމުންނެވެ. އަޒްހާން އާއި ޔަސްރާ އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ހެއްޔެވެ. ޔަސްރާ އޭނާ ކައިރީ ނުބުނީ ކީއްވެހެއްޔެވެ؟ ހަޔާ އަނެއްކވެސް ވަނީ ކޮޓަރިއަށެވެ.
އަޒްހާން އާއި ބައްދަލު ކޮށްލާފައި ޔަސްރާ ވަނީ ހަޔާ ކައިރިއަށެވެ. ހަޔާ އަށް ޔަސްރާ ފެނުމާއި އެކު ފޮތް ބޭއްވިއެވެ. އަދި އަވސް އަވަހަށް ތެދުވިއެެވެ.
“ޔަސް ތިއުޅެނީ ކޫދޮން އާ ރައްޓެހި ވެގެން ދޯ..” ހަޔާގެ އެސުވާލާއި އެއްކޮށް ޔަސްރާގެ ދެލޯ ބޮޑުވިއެވެ. ހަޔާ ކުއްލިއަކަށް މިހެން އެހީ ކީއްވެހެއްޔެވެ. އަނެއްކާ ދެއްމެ ހަޔާ އަށް ފެނުނީ ހެއްޔެވެ. ކޮންމެއަކަސް ދެން މިއޮށްތީ ތެދުތެދަށް ބުނަން ޖެހިފައެވެ.
“ހޫމް..” ޔަސްރާ އިސްޖަހާލިއެވެ. އޭނާ ލަދުގަތިއެވެ. ހަޔާ އޭނާ ދެކެ ރުޅި އަނެއްނާނެ ބާއެވެ. އެއްމެ ގާތް އެކުވެރިޔާގެ ބޭބެ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅުމަކީ އަނެއްކާ ރަގަނޅު ކަމެއް ނޫންހެއްޔެވެ؟ ޔަސްރާ ދެރަވިއެވެ.
“އަޅޭ.. ކީއްވެތަ އަހަރެން ކައިރީ ކުރިން ނުބުނީ..” ހަޔާ ފުޅާ ހިނިތުން ވުމަކާއި އެކީ އަހާލިއެވެ. ޔަސްރާ ހައިރާންވެ ހުރެ ބަލާލިއެވެ. އޭނާ ހީއްކުރި ގޮތާއި ހިލާފަށް ހަޔާ ރުޅި އެއް ނާދެއެވެ.
“އަަހަރެން އަސްލު ވަރަށް ޝިޕް ކުރިން ތިދެމީހުން.. އެކަމު ނުބުނެ ހުރީ.. ވަރަށް އުފާވެެއްޖެ ޔޫޓޫ އެއްކޮށް އުޅޭތީވެ..” ހަޔާ އުފާވެ ހުރެ ބުނެލިއެވެ. ޔަސްރާ ހިނިތުންވެލިއެވެ.
ލައިބްރެރީގައި އުޅެފައި ގެޔަށް އައި މަގުމަތީގައި ކައިލާން އަށް ޒާމިން ފެނުނެވެ. އޭނާ އަށް ކައިާން ފެނުމާއި އެކު ކައިލާން ކައިރިއަށް އައެވެ. ކައިލާން އިނީ ކުޑަކޮށް އުދަގޫވެފައެވެ. އަދި މިއަދު ދިމާވި ކުއްޖެއް މިހާ ގާތްކޮށް އުޅެން ފެށުމުން ކަންނޭނގެއެވެ.
“ކޮންތާކަށް ތިދަނީ..؟” ޒާމިން ޝައުގުވެރިވެ ހުރެ އަހާލިއެވެ.
“ގެޔަށް..” ކައިލާންގެ ޖަވާބު ކުރެވެ.
“ކައިލާންގެ ގެ އިންނަނީ ކޮންތާކުތަ..؟” ޒާމިން އަނެއްކާވެސް ސުވާލު ކޮށްލިއެެވެ.
“މިތާ ކައިރީގަ..” ކައިލާން ހިގައިގަންނަމުން ބުނެލިއެވެ. އޭނާގެ ރާގު ހުރިގޮތުން އޭނާ އިނީ ވަރަށް އުނދަގޫ ވެފައިކަން އެނގެއެވެ.
ކައިލާން އާއި އެކީ ޒާމިން ވެސް ކައިލާންގެ ގެޔާއި ހަމަ އަށް އައެެވެ. އައި މަގުމަތީގައި ޒާމިންގެ އަނގަ ހުއްޓާނުލައެވެ. އެކިވާހަކަ ދައްކިއެވެ. ކައިލާން މަދު އެއްޗެކޭ ބުނެލާނެއެވެ. ކައިލާން ގެޔަށް ވަންނަމުން ޒާމިން އަށް ބަލާލިއެވެ. އޭރު އޭނާ ބަލަން ހުރި ގޮތުން ކައިލާން އަށް ބޮޑަށް އުނދަގޫވިއެވެ. އެގޮތަށް އޭނާ އެބަލަނީ ކިއްވެހެއްޔެވެ. ކައިލާން ހީލާފައި ވަނީއެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







Mi part vx vrh reethi MA!!
Yasra and Azhan ge gulhun haya ah inguny dhw! ☺️
Haya vx dhen kuhjakaa rahtis vaan veenu hehe! 😀
Curiously waiting for the next part when’s next?
Lyy and Tc 🤞❤️
Thank you Shaba_73! 🤗
Yes haya ah egunee dhw!
Lets see dhw next part ga vanee kihineh thw! 🔍
Next part ves Inshaallah v avahah! 🤭
Love you more! 😘
You also take care darlin! 🥰