ތިޔައީ ހަނދޭ-5
ޔޫރާ ވަދެގެން އައިރު ރަޝްނާން ފެނުނެވެ. ރަޝްނާން ފެނުމާއި އެކު އޭނާ ހައިރާންވިއެވެ. ރަޝްނާން ލައިގެން އެހުރީ ކޮންގަމީހެއް ހެއްޔެވެ. ގައިމުވެސް އެއީ ރޭގައި އޭނާ ރަޝްނާން އަށް އިސްތިރިކޮށްދިން ގަމީހެއް ނޫނެެވެ.
“ދޮންބެ ލައިގެން ތީނީ ކޮންގަމީހެއް..؟” ޔޫރާގެ މިސުވާލާއި އެކު ރާނިޔާގެ ވެސް ޝައުގުވެރިކަން ހުއްޓުނީ ރަޝްނާން އަށެވެ.
*ޕާރޓް-5*
ދޭނެ ޖަވާބަކާއި މެދު ރަޝްނާން ވިސްނާލިއެވެ. މިއީ ޒަހްރާދިން ގަމީހެކޭ ބުނަން ވީހެއްޔެވެ. ނޫނެކެެވެ. އެހެން ބުނެފިއްޔާ ރާނިޔާ ހިތަށް އަރާނީ ކީކޭހެއްޔެވެ. ދޮގުހަދާކަށް ނުވާނެ އެވެ. ތެދު ތެދަށް ރީއްޗަށް ބުނީމަ ވީނޫން ހެއްޔެވެ.
“މިއީ އަޅުގަނޑު ބްރޭކް ގަޑީގަ ކެފޭއަކަަށް ވަދެލިތަނާހެން ކޮފީއެޅުނީމަ އެތަނުން ކުއްޖަކު ފޯރުކޮށްދިން ގަމީހެއް..” ރަޝްނާން ބުނެލިއެވެ. ރާނިޔާ އެއް ޔޫރާ އެއް ވެސް އެއްޗެއް ނުބުނެ ބަލަން ހުރީއެވެ.
“ދެން ކޮބާ ދޮންބެގެ ގަމީސް..؟” ޔޫރާ އަނެއްކާ ވެސް ސުވާލު ކޮށްލިއެވެ.
“އެކުއްޖާ ބުނީ ދޮވެދޭނަމޭ..” ރަޝްނާން ގޮނޑިއެއް ދަމައިލައިފައި އިށީންނަމުން ބުނެލިއެެވެ. ރާނިޔާ ވެސް ދެން އެކަމަކަށް އަޅައެއް ނުލައެެެވެ. ޔޫޝައު އައުމުން އެއްމެން އެއްކޮށް ސައިބުއިގެން އެއްމެންތަށް ވަނީ ކޮޓަރިއަށެވެ.
ކެފޭގައި އުޅެފައި ޝިފްޓް ނިމުމުން އަވަސް ކޮށްލާފައި ޒަހްރާ ދިޔައީ ގެޔަށެވެ. ގެޔަށް ދިޔައިރު އެކަކަުވެސް ނޫޅެއެވެ. ހުޝާމް ވެސް ވަޒީފާ އަށް ދާން ފެށި ފަހުންނެއް ގެޔަކު ހަރެއް ނުލައެވެ. ޒަހްރާ އުޅެން ޖެހެނީ އެކަނިމާއެކަންޏެވެ. އަވަހަށް ހެދުން ބަދަލު ކޮށްލައިގެން އައިސް އޭނާ ރަޝްނާންގެ ގަމީސް ދޮންނަން ލިއެވެ. ޒަހްރާ ހަދާންވިއެވެ. ކޮފީތަށި އެޅިގެން ފުހެދޭން އުޅުނީމަވެސް އޭނާގެ އަތުގައި ހިފައިފައި ރަޝްނާން ބުނީ “އިޓްސް އޯކޭ” ކަމަށެވެ. އެއަދުގައިވަނީ މަޑުމައިތިރިކަމާއި އޯގާތެރިކަމެވެ. ރަޝްނާން ބަލަން ހުރީވެސް ވަރަށް ލޯބިގޮތަކަށެވެ. އަނެއްކާ ރަޝްނާން އަށް އޭނާ ކަމުދިޔައީ ހެއްޔެވެ.
“އައްޗި.. ހިތަށް މިއަރަނީ ކޮން އެއްޗެއްތަ..” ހިތަށް އަރަންފެށި އެއްޗިހިން ޒަހްރާ ލަދުވެސް ގަތެވެ. ގައިމުވެސް ފުރަތަމަ ފެންނާރަކަށް އެކަކަސް ވެސް ލޯތްބެއް ނުވެވޭނެއެވެ. އެއީ އޭނާ ގަބޫލު ކުރާ ގޮތެވެ. އަނެއްކާ އެއީ ހަމައެކަނި ޒަހްރާ ހިތަށް އަރަމުން ދިޔަ އެއްޗިހި ތަކެއް ބާއެވެ. ހަމަ އަސްލައްވެސް ރަޝްނާންގެ ހިތުގައި ޒަހްރާ އަށް ޓަކައި ހާއްސަ މަގާމެއް ވޭހެއްޔެވެ.
ފެންވަރައި ހެދުން ބަދަލުކޮށް ހަދައިގެން އައިސް ޔޫރާ އެނދުގައި އޮށޯވެލިއެވެ. އޭސީއިން ވަމުން ދިޔަ ފިނިން އޭނާ ހުރީ ކުޑަކޮށް ހީކަރުވާގެންފައެވެ. ސީލިންގާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން ހުރި ޔޫރާ މިއަދު ކޮލެޖްގައި ވީކަންތަށް ހަދާންކޮށްލިއެވެ. ލެކްޗަރް ގަޑީގައި ލެކްޗަރާ ކިޔާދިން އެއްޗެހި ސިކުނޑިތެރޭ ހަދާން އާކޮށްލިއެވެ. އެހެން އިރުކޮޅަކު އޮވެފައި އޭނާ ފޯނު ނަގައި އަރުފާން އަށް ގުޅާލިއެވެ. އަރުފާން އެއް ފޯނެއް ނުނަގައެވެ. ކުޑަކޮށް ބިޒިވީ ކަމަށް ހީއްކޮށް ދެނއް ޔޫރާ އެއް ނުގުޅައެވެ.
“ޒަހްރާ..” ރަޝްނާންގެ ދޫމަތީ އޮތީ އެނަމެވެ. އަބަދަހެން އެނަން އޭނާ އިންނަނީ ކިޔާލަ ކިޔާލައެވެ. އޭނާ ޒަހްރާ ދެކޭހިއްވެއެވެ. ވަަރަށް ބޮޑަށް ވެއެވެ. މިހާރު ދާންވީ ހެއްޔެވެ. ނޫނެކެވެ. އިޝާނަމާދަށް ފަހުއެވެ. ޒަހްރާ ހާދަ “ކްލަމްޒީ” އެވެ. ރަޝްނާން ހިތަށް އެރިއެވެ. ފުރަތަމަ އޭނާ ގަޔަށް ބުރުވާލީ ފެން އެއްޗެކެވެ. ދެން ކޮފީތައްޓެވެ. ޒަހްރާ ހާދަ މައުސޫމް އެވެ. ބިރުގަތީމަ ހާދަ ލޯތްބެވެ. އެ ކަލު ކުލައިގެ ދެލޯ ހާދަ ޗާލެވެ. ޒަހްރާގެ އަޑު ވެސް ހާދަ ހިތްގައިމެވެ. ހާދަ މަޑުމައިތިރިއެވެ. ހާދަ އަންހެން ވަންތަ އެވެ. ރަޝްނާންގެ ހިތް އެދިގޮވަން ފެށީ ޒަހްރާ ފެންނަފަށުގައި ހުރުމަށެވެ. ނަމަވެސް ރަޝްނާން ކެއްކޮށްލައިގެން ހުރީއެވެ.
ގަމީސް ހިއްކަން އަޅުވައިފައި އިރުކޮޅެއް ވީރަށް ހިކިއްޖެއެވެ. ޒަހްރާ އަވަސް އަވަހަށް ގަމީސް އިސްތިރިކޮށްލާފައި ރީތިކޮށް ފަތްޖަހާލިއެވެ. އަދި ކޮތަޅަކަށް ލިއެެވެ. ދެން އޭނާ ދިޔައީ ބަދިގެ ފަރާތަަށެވެ. މިއަދު ވެސް ހުޝާމް އެދިޔައީ ހެނދުނުގެ ސައިނުބޮއެވެ. ދެކޮޅަށް ބޯހޫރާލައިފައި ރިހަ ކޮޅު ހޫނުކޮށްލަން ޖެއްސިއެވެ. ފޯނުހިފައިގެން ބަދިގޭގައި އިންދައި ބޮޑުދޮރުން މީހަކު ސަލާމް ގޮވާލި އަދު އިވުނެވެ. ޒަހްރާ ދިޔައީ ސިއްސައިގެނެވެ. މިހާރު އެއީ ރަޝްނާން ބާއެވެ. އަވަހަށް ތެދުވެ ހެދުން ރީތި ކޮށްލާފައި އިސްތަށިގަނޑުވެސް ރީތިކޮށްލެވުނެވެ. އަވަސް ފިޔަވަލު ތަކެއްގައި ގޮސް ޒަހްރާ ސަލާމް ބަލައިގަތެވެ. އޭރު ދޮރު ކުރިމަތީ ރަޝްނާން ހުއްޓިލައިގެން ހުއްޓެވެ. ޒަހްރާ ފެނުމުން އޭނާގެ ތުންފަތްމައްޗަށް ހިނިތުން ވުމެއް ފާޅުވިއެވެ. ބޭއިޙްތިޔާރުގައެވެ.
“މިއައީ ގަމީސް ބަލާ..” އިރުކޮޅެއްގެ ހަމަހިމޭން ކަމަށްފަހު ރަޝްނާން ވާހަކަ ދެއްކިއެވެ. ޒަހްރާ ބޯޖަހާލައިފައި ވަނީ އެތެރެއަށެވެ. ރަޝްނާން މަޑުކޮށްލައިގެން ހުރީއެެވެ. އިރުކޮޅެއް ތެރޭ އަނެއްކާވެސް ޒަހްރާ އައެެވެ.
“އަސްލުވެސް ވަރަށް ބޮޑަށް ސޮރީ މިއަދު ވީކަންތަކަށް، އޭގެ ކުރީދުވަހު ވީކަންތަކަށްވެސް..” ޒަހްރާ ބުނެލިއެވެ. އޭރު އޭނާ އިނީ ސީދާ ރަޝްނާން އަށް ބަލާށެވެ.
“އޯކޭއޭ.. ބައެއް ފަހަރު އެހެންވެސް ވާނެ.. އެންޑް ތެންކްސް ގަމީސް ދޮވެދިނީމަ.. ޒަހްރާ ދިން ގަމީސް ގެނެސް ދޭނަން މާދަން..” ރަޝްނާން ބުނެލިއެވެ. ޒަހްރާ ހީލާފައި ބޯޖަހާލިއެވެ.
“ރަޝްނާން.. ދޯ..” ޒަހްރާ ލަސްލަހުން ކިޔާލިއެވެ. ރަޝްނާން އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ. ޒަހްރާގެ ދުލުން އޭނާގެ ނަން ބޭރުވުމުން އޭނާގެ ހިތަށް ލިބުނީ ބަޔާން ކުރަން ދަތި ހިތްހަމަ ޖެހުމެކެވެ. އިރުކޮޅަކު ދެމީހުން ދެމީހުންގެ މޫނަށް ބަލަން ހުރެފައި ރަޝްނާން ބުނެލިއެވެ.
“ދެން ދަނީ.. ފެންނާނެ ކަމަށް އުންމީދު ކުރަން..” އެހެން ބުނެ އެނބުރި ހިގައިގަނެފަ ވެސް އޭނާ ފަސް އެނބުރި ބަލާލިއެވެ.
ރަޝްނާން ފަސްއެނބުރި ބަލާލުމުން ޒަހްރާ ހަނާ އަޅާލިއެވެ. ރަޝްނާން ވެސް ހަނާ އަޅާލައިފައި ދިޔައެވެ. ރަޝްނާން ސައިކަލުގައި ދިޔަތަން ބަލަން ހުރެފައި ޒަހްރާ ވަނީ ގޭތެރެއަށެވެ. އޭރު އޭނާގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. މިވަނީ ކިހިނެއް ހެއްޔެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Mi part ves varah reethi
Rashnaan and zahra soo cute
Curiously waiting for next part?
Thank you Miss jennie! 🤭
Mi part ves Vrh Reethi MA!!!!!
Zahra and Rashnaan so loabi Ingey ulheygoi……
Curiously waiting for next part….
Whn nxt…???
Lysm and Tc my girll 🤗🖤
Thank you Alaika_22! 😊
Rashnaan and zahra is such a cute couple dhw! 🤭
Next part ves v avahah Inshaallah! 💙
Love you more.. You also take my baby..! 🥰
Maasha Allah 🫶💜💜
Ur story are the best of all…Ur descriptions are very very good…Xahra & Rashnan are made for eachother…Very beautiful letters they’re!!!I w!$h th¢¥ to be couples❤️🥀 Raaniya & Yooshau I remember while reading them..🌼Hehehe…🌼Dear Autor 🌼I’ve to tell U… They’re font small mistakes in the story…I’m not saying this to make U feel upset 😭 I truly appreciate Ur intelligence in every tale U wrote ❤️🤭
Anyways , When’s Nexxxt
Tc of yourself
Lyxxm
❤️🥀
Thank you so much for your support! 😊
Also very thankful for telling me there were mistakes.. Inshaallah in the next part I will correct them! 🥰💙
Next part ves inshaallah v avahah up kohdhevey thw balaanan!💙
Love you too my dear reader! 🤭
You also take care! ✌
In Ur island ,In their the local language or meemu Atoll language?My friend is in meemu Atoll too But not in Ur island
Idk how to tell that but anehhen ehen rashuge bahuruva aa ves vahtharu.. Well honestly Idk!
💙