އެކުގައިވާނަން-25
ހަޔާ އައުމުން އަޒްހާން އާއި ދެމީހުން އަވަހަށް ދިޔައީ ގެޔަށެވެ. ގެޔަށް ގޮށްސައި އަޒްހާން ދިޔައި ބެލްކަންޔަށެެވެ. އޭނާ ގޮސް ރެއިލިން މަތީ އަތް އަޅުވާލައިފައި ބޭރަށް ނަޒަރު ހިންގާލިއެވެ. ރޭގަނޑުގެ ވަގުތުކަމުން ފަޒާމަތި ވަނީ ފިނިވެފައެވެ. ދޫންޔެއް ގޮވާލާ އަދޑުވެސް އެހިސާބަކަށް ނީވެއެވެ. ދުރުދުރަށް ދާންދެން ފެންނަމުން ދަނީ ހުސް މަގުތަކެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ.
*ޕާރޓް-25*
އެހެން އިދެލައިފައި އަޒްހާން ފޯނުނަގައި ގަޑިބަލައިލިއެވެ. އަދި ނުވަގަނޑި ބައިވީ އެވެ. ފުން ނޭވާއެއް ދޫކޮށްލާފައި އޭނާ ފޯނު ޖީބައްލިއެވެ. އަޒްހާންގެ ބޮލުތެރޭގައި ގުގުމަމުންދާ ނަމަކީ ޔަސްރާ އެވެ. މިޓާރމް ނިމުމުން އޭނާވީ އަވަހަށް ޔަސްރާ އާއި ކައިވެނި ކުރާށެވެ. އޭރުން އޭނާ އަށް ޔަސްރާ ހިމާޔަތް ކުރެވޭނެއެވެ. އެނުބައި ނުލަފާ މީހާގެ ފަރާތުން ސަލާމަތްކޮށްދެވޭނެއެވެ. މާދަމާ މަންމަމެން ކައިރީ އެވާހަކަ ދައްކަން ނިއްމާފައި އަޒްހާން ވަނީ ކޮޓަރިއަށެވެ.
އެނދުގައި ދެފަރާތަށް ފޮރޮޅިލަ ފޮރޮޅިލަ އޮންނަން ކައިލާން އަށް މަޖުބޫރުވީ އޭނާގެ ސިކުނޑި ނިދަން ބޭނުން ނުވާތީއެެވެ. ސިކުނޑި ވިސްނަމުން ދަނީ ހަޔާ އާއި މެދުއެވެ. އާއެކެވެ. އޭނާ އަށް ހަޔާ ކަމުދެއެވެ. އެއީ ސުވާލު އުފެދެންޖެހޭވަރު ކަމެއް ނޫނެވެ. ނުނިދޭނެކަން އެނގޭތީވެ ކައިލާން ތެދުވިއެވެ. ބަދިގެޔަށް ގޮށްސައި އޭނާ ކޮފީތައްޓެއް ގިރާލަން ބަލައިލިއިރު ފެންޖަގެއް ނެތެވެ. އޭނާ ބޭރަށް ނުކުމެލީ ފެންޖަގު އިންތޯ ބަލާށެވެ. ނުކުތް ވަގުތު އޭނާއަށް އިވުނީ ޔަސްރާ މެންގޭ ދޮރު ޖެހިއަޑެވެ. ވަރަށް ބާރަށެވެ. ކައިލާންގެ ހިތް ނުބައި ގޮތަަކަށް ތެޅިލިއެވެ. އަނެއްކާ އެމީހާ ޔަސްރާ އަށް ބެހެން އައީ ހެއްޔެެވެ. ނޭނގެއެވެ.
އަވަހަށް ގޭތެރެއަށް ވަދެ ކައިލާން ޔަސްރާ އަށް ގުޅާލިއެވެ. ދެފަހަރަކު ރިނގް ވެލާފައި ޔަސްރާ ފޯން ނެގިއެވެ. ޔަސްރާ ފޯނު ނެގުމުން ކައިލާން އަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
“ދެއްމެ އެއިވުނީ ކޮންއަޑެއް ތިގޭތެރެއިން..؟” ކައިލާން ސުވާލުކޮށްލިއެވެ.
“އަޑެކޭ..؟ އަހަރެންނަކަށް ނީވެ..” ޔަސްރާގެ އަޑުގައިވީ ނުތަނަވަސް ކަމެވެ.
“ހީވީ ވަރަށް ބާރަށް މީހަކު ދޮރު ޖެހިހެން ހަމަ އަސްލައްވެސް ނީވުނުތަ..؟” ކައިލާން ވެސް ހައިރާންވިއެވެ. އަނެއްކާ އެއީ ހަމައެކަނި އޭނާ އަށް އިވުނު އަޑެއް ހެއްޔެވެ. ނޭނގެއެވެ. ކޮންމެ ގޮތެއް ވިއަސް ޔަސްރާ ބަލައިގެން އުލެން އެބަޖެހެއެވެ. އެމީހާ ފާޅުވާނީ ކޮންއިރަކު ކޮންތާކުން ކަމެއް ވެސް ނޭނގެއެވެ.
“ހުރޭ ބަލައިލާނަން.. އެކަމު އަހަރެންނަކަށް ހިޔެއް ނުވޭ..” ޔަސްރާ މަޑުމަޑުން ކޮޓަރިން ނުކުތެވެ. އޭނާ އިނީ ބިރުންނެވެ. އަނެއްކާ އެމީހާ އައި ބާއެވެ.
“ޔަސް.. ބަލައިގެން އުޅެއްޗޭ.. ފޯނު ކަޑައި ނުލައްޗޭ..” ކައިލާން ވެސް ހުރީ ހިތް އަވަސް ވެފައެވެ. ޔަސްރާ އަށް ގޮތެއް ވާކަށް އޭނާ ބޭނުމެއް ނޫނެވެ.
ލަސްލަހުން ނުކުމެެގެން ގޮސް ސިޓިންރޫމްގައި ހުރި ލައިޓް ޖައްސާލައިފައި ސިއްރު ސިރުން ޔަސްރާ ގޭތެރެ ހޯދަން ފެށިއެވެ. ކޮޓަރިތަށް ހުރި ގޯޅިގަނޑުން ނުކުންތަނާހެން ޔަސްރާގެ ދެފައި ބިމުގައި ގަނޑުވިކަހަލަ އެވެ. ހިތުގެ ވިންދު އެތަކެއް ގުނައެއް އިތުރުވިއެވެ. އަނެއްކާ އެމީހާ އެއައީ ހެއްޔެެވެ؟. ނޫނެކެެވެ.
“ކައިލާން.. ގޭ ބޮޑުދޮރު ހުރީ ހުޅުވާފަ.. ގައިމު އަހަރެން ކޮޓަރިއަށްވަނީ ހުރިހާ ދޮރުތަކެއް ތަޅުލާފަ..” ޔަސްރާ ވައިއަޑުން ބުނެލިއިރު އެއަޑުގައި ތުރުތުރެއް ހުއްޓެވެ.
“ޔަސްރާ މަޑުން ހުރޭ.. ޑޯންޓް ޕެނިކް.. އެމީހާ އަށް ޔަސް އަށް ކައިރިވިޔަ ނުދޭތި.. އަހަރެން މިއަންނަނީ..” ކައިލާން ވަގުތުން ގެއިން ނުކުތެވެ.
“ނޫން.. ކައިލާން އަޑުއަހާ.. ކައިލާން އެކަނި އަންނާނެ ކަމެއް ނެތް.. އަޒްހާން އަށް ގުޅާ..” ޔަސްރާގެ އަޑު މަޑުވިއަސް ރާގު އަވަހެވެ.
“އަޒްހާން އޭ..؟!!” ކައިލާން ހައިރާންވިއެވެ. އަޒްހާން އަށް ގުޅަންވީ ކީއްކުރަން ހެއްޔެވެ؟.
“އަސްލު މިބުނީ ހަޔާ އަށް ގުޅާށޭ.. އޭނަ ކައިރީ ބުނޭ ވީހާވެސް އަވަހަކަށް އަންނާށޭ..” ޔަސްރާ ބުނެލިއެވެ. އޭނާ ލަސްލަހުން ދޮރު ކައިރިއަށް ގޮށްސައި ބޭރަށް ބޯދިއްކޮށްލިއެވެ. އޭނާ ބޭރުބަލަން ހުއްޓައި ފަހަތުން އޭނާގެ ކޮނޑުގައިި މަޑުމަޑުން ކޮށްޓާލިއެވެ. ޔަސްރާ އަށް ހީވީ ހޫނު ފެންއެއްޗެއް އޭނާގެ ހިތަށް އޮށްސާލި ހެންނެވެ. ނޫނެކެވެ. އެއީ އެމިހާ އަކަށް ނުވާނެއެވެ. ނޫނެކެވެ. ސުބުހާނަށްﷲ އެވެ. މިއީ އޭނާގެ ނިމުން ބާއެވެ. އަނެއް ފަރާތަށް އެނބުރުމުގެ ކުރިން ޔަސްރާ ވައިއަޑުން ކައިލާން ކައިރީ ބުނެލިއެވެ.
“އަވަސް..” އެހިސާބުން އޭނާ ފޯނު ކަޑައިލިއެވެ.
ކައިލާން ވަގުތުން ހަޔާ އަށް ގުޅަން ފެށިއެވެ. މާގިނަ އިރުތަކެއް ނުވެ ހަޔާ ފޯނު ނެގިއެެވެ.
“ހެލޯ..” ހަޔާގެ އަޑު ކަންފަތުގައި ޖެހުމާއި އެކު އޭނާ އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.
“ހެލޯ.. ވަރަށް އަވަހަށް އާދެބަލަ.. އަހަރެންނަށް ހީވަނީ އެއްކަލަ މީހާ އަނެއްކާ ވެސް ޔަސް އާއި ދިމާކުރަން އައިހެން.. އޭނަ ބުނީ ވަރަށް އަވަސް ކުރާށޭ.. އަޒްހާން ވެސް ގޮވައިގެން އަންނާށޭ އޭނާ ބުނީ.. އަހަރެން މިދަނީ..” ކައިލާން އެއްފައްޗަކަށް އަމުނާލިއެވެ. އޭނާ ވެސް ހުރީ ހާސްވެފައެވެ.
“އެއިން؟!! ކީކޭ..؟!! މަޑުކުރޭ ކައިލާން އެކަނި ވަންނާނެ ކަމެއް ނެތް.. އަހަރެމެން މިދަނީ.. ޖަސްޓް ސްޓޭ.. ގިވް އަސް އޮންލީ 5 މިނެޓްސް..” ހަޔާ އަށް ވެސް ތެޅިގަނެވުނީއެވެ. ޔަސްރާ އަށް ގޮތެއް ވިޔަކަ އޭނާ ނޭދެއެވެ. އަވަސް އަރުވާލާފައި އޭނާ ގޮސް އަޒްހާންގެ ކޮޓަރި ދޮރުގައި ދެތިން ފަހަރަކު ޖަހާލިއެވެ. ގިނައިރުތަކެއް ނުވެ އޭނާ ދޮރު ހުޅުވާލިއެވެ. ނަސީބު ދިމާ ކުރިގޮތުން އަޒްހާން ހުރީ ނިދާއެއްޗިހި ނުލައެވެ. ހަޔާ ވަރަށް ކުރުގޮތަކަށް އެވާހަކަ ބުނެލިއެވެ. އަޒްހާން ވެސް އަވަސް އަވަަހަށް ނުކުތެވެ.
ގަޑިންވީއިރެއް ނުބަލައި ދެބެއިންވެސް ނުކެމެގެން ދިޔައި އެކަކުގެ ހިތުން އޭނާގެ ލޯބިވެރާ ސަލާމަތް ކޮށްދިނުމަށެވެ. އަނެކާގެ ހިތުން އެކުވެރިޔާ އަށް ދެރަގޮތެެއް ވެދާނިތީވެ އެކަމުން އޭނާ ސަލާމަތްކޮށްދޭށެެވެ.
ޔަސްރާ މަޑުމަޑުން އެނބުރިލީރު ހިތްދިޔައީ ނެގިނެގިފައި ޖެހެމުންނެެވެ. އޭނާ އެނބުރިލިއިރު ޝަޔާން ހުރީ އޭނާ އާއި ގައިގައި ޖެހޭ ނުޖެހޭހަ ހިސާބު ކައިރީގައެވެ. ޔަސްރާ އަވަސް އަވަހަށް ފަހަތަށް ޖެހިލިއެވެ.
އޭރު ޝަޔާން ހުރީ އޭނާ އަށް ބަލަހައްތައިގެންނެވެ. އޭނާ ހީވަނީ ބަނޑުހައިވެފައި ހުރި ސިންގާ އެއް ޅަފުއްލާއަކަށް ބާލާ ހެންނެވެ. މަޑުމަޑުން ހީލާފައި އޭނާ އަދިވެސް ޔަސްރާ އާއި ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ.
“ނޫން ނޫން..” ޔަސްރާ ބާރަށް ހަލޭލަވައިގަތެވެ. ޝަޔާން ފިޔަވަޅުތަށް މަޑުޖައްސާލިއެވެ.
“ކިހިނެއްވީ..؟ ހާދަ އަވަހަކަށް ތިބިރުގަތީ..” ޝަޔާން މަލާމާތުގެ ރާގެއްގައި ބުނެލިއެވެ. ޔަސްރާ އިނީ މަޑުންނެވެ. އޭނާ ސިކުނޑިތެރޭގައި ނިއްމީ ލަސްލަހުން ދޮރާއި ދިމާއަށް ގޮށްސައި ނުކުތުމަށެވެ. ޝަޔާން އަށް ޔަސްރާ ކުރަން އުޅޭކަންތަށް އެނގުނީ ކަންނޭންގެއެެވެ. އޭނާ ވަރަށް ހުށިޔާރު ކަމާއި އެކީ ޔަސްރާގެ އަތުގައި ހިފައި އޭނާ އާއި ގާތަށް ލަފާލިއެވެ. ޔަސްރާ ދިޔައީ ސިއްސާގެންނެވެ. އޭނާ އުޅުނީ ޝަޔާން އާއި ދުރަށް ދާށެވެ. ނަމަވެސް ޝަޔާން ހިފާއްޓާގެން ހުރީ މާބާރަށެވެ.
“ކުރިން ވެސް ބުނީމެއްނު.. ގަދަދަށްކަންޔާ އަނިޔާވާނޭ..” ޔަސްރާގެ ކަންފަތާއި އަނގަ ކައިރިކޮށްލާފައި ހަރުކަށި އަޑަކުން ޝަޔާން ބުނެލިއެވެ.
ހަމައެވަގުތު ކައިލާން އަށް ހަޔާ މެން ފެނުމުން އަވަހަށް ވަންނަން ބުންޔެވެ. ނަމަަވެސް ގޯތި ދޮރު ހުޅީ ތަޅުލާފައެވެ. އަޒްހާން ދެތިން ފަހަރަކު ދޮރު ހުޅުވަން މަސަށްކަތް ކުރިއެވެ. ކާމިޔާބު ވާގޮތެއް ނުވިއެވެ.
“ޔަސްރާ!!!” އަޒްހާން ގޮވާލިއެވެ.
ޔަސްރާ އަށް ބޭރުން މީހަކު ވަރަށް ބާރަށް ގޮވާލި އަޑު އިވުނެވެ. އޭނާ އުޅުނީ އެއަށް ޖަވާބު ދޭށެެވެ. ނަމަވެސް ޝަޔާން އޭނާގެ އަނގަމަތީ އަތް އެޅިއެވެ. ޔަސްރާ ޝަޔާންގެ އަތުގައި ދަތް އެޅިއެވެ. ވީތަދުން ޝަޔާން އަށް އަތް ދަމައިގަނެވުނެވެ. ޔަސްރާ އެފުރުސަތުގެ ބޭނުން ހިފައި ގެއިން ނުކުތެވެ. ނަމަވެސް ގޯތިތެރެއަށް ނުކުމެވުނީރަށް އަނެއްކާވެސް ޝަޔާން އައިސް ފަހަތުން އޭނާ ގައިގައި ބައްދައިގަތެވެ. ޔަސްރާ ހަޅޭލަވައިގަތެވެ.
ފާރުގެ އަނެއްފަރާތުގައި ހުރި ތިން މީހުންނަށް ވެސް އެއަޑު އިވުނެވެ.
“އަޅެ އެމީހަ ޔަސް އަށް އެހަދަނީ ކިހިނެއްތަ..” ހަޔާ އަށް ރޮވޭގޮތް ވިއެވެ.
“ހަމަޖެހޭ.. ހަމަޖެހޭ.. އަހަރެން ބަލާނަން ފާރު މަތިން ފުއްމާލެވޭތޯ..” އަޒްހާން ވެސް ހުރީ ފުދޭވަރަކަށް ހާސްވެފައެވެ.
ޔަސްރާ ގަދަދައްކައި ހަޅޭ ލަވަނިކޮށް ޝަޔާން ޔަސްރާ ގޮވައިގެން ގޭތެރެއަށް ވަނެވެ. ދޮރު ލައްޕާފައި އޭނާ ވަނީ ޔަސްރާ ގޮވައިގެން ޔަސްރާމެން ކޮޓަރިއަށެވެ. ވަދެފައި ދޮރު ތަޅުލައިފައި ޝަޔާން އަންނަން ފެށީ ޔަސްރާ އާއި ދިމާއަށެވެ. އަމިއްލަ ހިމާޔަތަށް ޔަސްރާ ދިޔައީ ޑްރެސިންޓޭބަލް މަތީ ހުރި އެއްޗެހި ޝަޔާން އާއި ދިމާއަށް އުކަމުންނެވެ. ދަގަނޑު ސެންޓު ފުޅިއެއް ޖެހުމުން ވެސް ޝަޔާން އަށް ގޮތެއް ވިހެނެއްވެސް ހިޔެއް ނުވެއެވެ. ޔަސްރާ ބިރުގަންނަން ފެށިއެވެ.
“މަށާ ދިމާއަށް އެއްޗެހި ނޫކަ ހުންނާނީ..” ޝަޔާން ރުޅިވެރި ކަމާއި އެކު ބުނެލިއެެވެ.
“މަށާ ކައިރިނުވާށޭ..” ޔަސްރާ ހަޅޭލަވައިގަތެވެ. ޝަޔާން އަވަސް ފިޔަވަޅު ތަކެއްގައި އައިސް ޔަސްރާ ކައިރިއަށް ހުއްޓިލިއެވެ. ދެވަނަ ސިކުންތުގައި އޭނާ ޔަސްރާ އަނގަމަތީ ޓޭޕް ގަނޑެއް އަޅާލިއެވެ. ޔަސްރާ އުޅުނީ ޓޭޕްގަނޑު ނެއްޓަންށެވެ. ނަމަވެސް އޭނާ އަަށް އެފުރުސަތު ނުދީ ޝަޔާން ޔަސްރާގެ ދެއަތުގައި ހިފައި އެނދުމައްޗަށް އެރިއެވެ. އޮވެވުނު ގޮތުން ޔަސްރާ އޮތީ ޝަޔާންގެ ގައިދަށުގައެވެ. އެބޮޑު ފިރިހެނާ ދަށުގައި އޮވެގެން ޔަސްރާ އަށް ވަކި ކުރެވޭނީ ކޮންކަމެއް ހެއްޔެވެ.
“މިހާރު ޔަސްރާ ކައިރީ ބުނެފަ އޮންނާނީ ގަދަނުދައްކާށޭ.. ގަދަނުދައްކަންޔާ.. އަނިޔާއެއް ވެސް ނުވާނެ..” ޝަޔާން ޔަސްރާގެ ދެލޮލަށް ބަލަން ހުރެ ބުނެލިއެވެ. އޭރުވެސް ޝަޔާންގެ ހޫނު ނޭވާ ދިޔައީ އެއްވެސް ހުރަހެއް ނެތި ޔަސްރާގެ މޫނުގައި ބީހެމުންނެވެ.
“އަހަރެންގެ ވާހަކަ މިހާރު އެއްމެން ކައިރީ ވެސް ކިޔާލީ ދޯ..؟” ޝަޔާން އަހާލިއެވެ. ޔަސްރާ އޭރުވެސް އުޅެނީ ތެދުވާށެވެ.
“އަހަރެންގެ ވާހަކަ އެހެން އިތުރުމީހެއް ކައިރީ ބުނެފިއްޔާ ޔަސްރާގެ ފުރާނައަށް ގެއްލުންވާނެ.. އަހަރެން ބުނާ ކަންތަކަށް ބަސް އަހައިގެން އެއްބަސް ވީމަ ވީނު..” ޝަޔާން ބުނަމުން ދިޔައެވެ. މިފަހަރު ޔަސްރާ އަޑުއެހިއެވެ.
“ބަސް އެހީމަ ލިބޭ އަނިޔާ ވެސް ކުޑަވާނެ..” ޝަޔާން ޔަސްރާގެ ކަރުން ވަސް ގަނެލިއެވެ. ޔަސްރާ އަށް ރޮއި ގަނެވުނެވެ.
އަޒްހާން ފާރުން ފުންމާލައިގެން އައިސް ގޯތި ދޮރު ހުޅުވުމުން ހަޔާ އާއި ކައިލާން ވަނެވެ. ތިން މީހުން ވެގެން އައިސް ގޭ ބޮޑު ދޮރު ހުޅުވާލީރު އެކަކުވެސް ފެންނާކަށް ނެތެވެ. ތިން މީހުން ވެސް ގޭތެރޭ އެކި ތަންތަން ހޯދަމުން ޔަސްރާ އަށް ގޮވަމުން ދިޔައިރު ޔަސްރާގެ އަޑެއް ބަޑެއް ނީވެ އެވެ. އެއްމެ ފަހުން ހަޔާ ކޮޓަރިތަށް ބަލަމުން ޔަސްރާ ނިދާ ކޮޓަރި ދޮރު ހުޅުވާލިއެވެ.
ފެނުނު މަންޒަރުން ހަޔާގެ ދެލޯ ބޮޑުވިއެވެ. މީހާ ހުއްޓުން އެރިއެވެ. މިމަންޒަރު ފެނި ފައި ދެން ތިބި ދެމީހުން ވެސް އައިސް ކޮޓަރި ތެރެއަށް ބޯ ދިއްކޮށްލިއެވެ. ހަޔާ އެކޭ އެއްފަދައިން އަޒްހާން އާއި ކައިލާން އަށް ވެސް ވީ ހަމަ އެހެން އެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.







Masha Allah mi part ves Vrh reethi 😍
Shayaan vx nuvaane dhw ehen hadhaakah efakeerah
Naseebehnu kailaan ah Yasra ah Gulhaafa ehen bunevunu kan
Ehen noonama ehves meehakah nuves ingunis vihya dhw 😭
Anehkaa Yasra ah Kihineh baa evii no way Dhera gotheh nuhadhahchey plss 🙏 between me first ya ya ya 😀
Curiously waiting for the next part when’s next??
Lyyy and Tc my lovely girl 😷❤️🤞
Very sorry for the late reply Shaba! 😭
Anyways thank you for reading all of my stories and supporting! 🤗
V gina shakuvaa ufedhey dhw! 🤣
Yeah you are first! But yojr commet was a bit late right!
Next part ves Inshaallah v avahah up kohdhevey thw balaanan! 😊
Love you more! 😘
You also taje care! 💙💚
Hii gurll
Hellow!!
Mi bai vx vrh reethi MA!
Shayan vx haadha goahey dhw 😡
Naseebehnu kailaan ah Yasra ah Gulhaafa ehen bunevunu kan
Anehkaa Yasra ah Kihineh baa evii no way Dhera gotheh nuhadhahchey plss between me first ya ya! 😅
Curiously waiting for the next part when’s next
Lyyy and Tc ❤️
Mi bai vx vrh reethi MA!
Shayan vx haadha goahey dhw
Naseebehnu kailaan ah Yasra ah Gulhaafa ehen bunevunu kan
Anehkaa Yasra ah Kihineh baa evii no way Dhera gotheh nuhadhahchey plss between me first ya ya! 😅
Curiously waiting for the next part when’s next
Lyyy and Tc ❤️
Mi bai vx vrh reethi MA!
Shayan vx haadha goahey dhw Naseebehnu kailaan ah Yasra ah Gulhaafa ehen bunevunu kan Anehkaa Yasra ah Kihineh baa evii no way Dhera gotheh nuhadhahchey plss Curiously waiting for the next part when’s next
Lyyy and Tc ❤️
Hi Shaba_73! 😊
Shaba ge comment thah huree pending ga MuXo dhenme balaaleeru ga Shaba ge, like 7 comment ebain pending ga!
Ba eh faharu ehen ves vey.. Ekamu fahun e hurihaa comment eh ehfaharaa nukunnaaru hunnaanee Shaba liyunu hurihaa comment eh hus ekathi! 🤣
But it’s okay..
Comment kureveytho balan Hii gurll eyy liunee vx 😩😭😂
OMG 😱 shaba Aslu mi heekury comment thah nufonuveny kamah… Ehenve vrh Try kohfeemey atleast 7 buru try kurevihje Mihaaru 😭😂
Aslu inee mihaaru 12 comments! 🤗
Heyyyy Gurlyyy 🖤🥀🥳
Maasha Allah 🖤✍️So So Marvelous Ur Tales…The Descriptions, Narration so so intelligent 🧠 You know,I’m also An Author in Secret side…I Read stories in every site 🖤🥀 Different emotions , feelings I know by hearing all… AxHernuu U need to marry Herr right now! Whether Ur parents Agree Or Disagree…Now even ,Yas is in danger cause of that one without an Heart ShaYern is making Ur GF to focus on his orders…I’m very curious about what Hayerr saw…Thi Axhaanu Hama Vee night in night ah Yas ah Marry kurann.. Heyonuvaane ehnu Women’s right ah egothah ShaYernuuuu ves Aragen His order ehviyas money ah thakaa evaru kameh kuraakah konmehen important eh Noon…..HaYerr ah she’s Bestie dhw gonna be Fahari ah Ewww…..I like that a lot!!! Don’t take it seriously ,Dude 😎
I’m just Waiting so bored so Like to give U more confidence on Ur hardwork… Inshallah 🖤🥀🤍🤍🤍
Lyssmm Darl 🖤🥀
Tc of Yourself 🫶 🤍
When’s Ur Take up soon????
🖤🖤🖤
Very exited to know that you are also an auther! 🤗
Thank you for always supporting me! I really appriciate it! 🥰💙
V ginna suvaalu thakaa shaluvaa thah hithutherey ulfedhey dhw! Hehe!! 😊 Meegen ves igenee vhk ragalhah kiyaakan! 🤣🤣
Next part ves v avahah Inshaallah! 💙💚
Again a very big thank you to you! 👏
I know I don’t know you but I am very happy that you like my stories.. And one day Inshaallah I will read one of yohr stories! Dude! 😂
Love you too! 😘
You also take care! 😃
Inshallah 🖤🥀 U will know me someday!!!
Mi part vx v reethi v inthizaaru kuran komme dhuvahaku vx next part ah v reethi mi story
Curiously waiting for the next part
When next part??
Thank you so much Gurl!! 🥰
Next part anne vhk liyelaafa upload kohlevey thw balaanan! 😄
Maasha Allah ❤️🔥
Thank you! 🥰
It’s okay eyy late reply eh viyas ❤️👌
MASHA ALLAH
mi part ves v reethi.
i love reading ur stories.
how dare shayaan .but y yas didn’t yelled when their in room?
im very interesteing to write my own stories
Curiosly waiting for next?
LYSM & TC
Thank you ANJU!! 🤗
Glad to knkw that you like reading my stories! 💙
Yas didn’t yell because he put a tape in her mouth..
Inshaallah one day I will also read one of your stories! 🥰
Love more dear, you also take care!
How old are you.?
Also waiting for the next part
When next????
I’m 14 years old this year I will be 15! 🤭
Next part mihaaru innaanee nukumefa! ✌
ekm nuehfeney next part eh
Sorry I told her that anneh vhk innaanee nukumefa eyy.. Sorry! ✌