އެކުގައިވާނަން-24
ކައިލާން އާއި އެކީ ޒާމިން ވެސް ކައިލާން މެން ގެޔާއި ހަމައަށް އައެެވެ. އައި މަގުމަތީގައި ޒާމިން އަނގަ ހުއްޓާނުލައެވެ. އެކި ވާހަކަ ދެއްކިއެވެ. ކައިލާން މަދު އެއްޗެކޭ ބުނެލާނެއެެވެ. ކައިލާން ގެޔަށް ވަންނަމުން ޒާމިން އަށް ބަލާލިއެވެ. އޭރު އޭނާ ބަލަން ހުރިގޮތުން ކައިލާން އަށް ބޮޑަށް އުނދަގޫވިއެވެ. އެގޮތަށް އޭނާ އެބަލަނީ ކީއްވެ ހެއްޔެެވެ. ކައިލާން ހީލާފައި ވަނީއެވެ.
*ޕާރޓް-24*
ހަޔާ އާއި އެކީ ޔަސްރާ ގެޔަށް ލާން އަޒްހާން ވެސް ދިޔައެވެ. އެގެޔަށް ދިޔަ މަގުމަތީގައި ހަޔާ ހަމަ އިނދެގެން ޔަސްރާ އާއި އަޒްހާންއޭ ކިޔައިގެން ކޮންމެ ވެސް އެއްޗެކޭ ކިޔައި އެދެމީހުން ލަދުގަންނަވާލައެވެ. އަޒްހާން އިނީ ބަހެއްވެސް ބުނެނުލައެވެ.
“ކޫދޮން.. ދެން އެމީހަ ހާދަ ލަދުކުޑައޭ ދޯ..” ހަޔާ ބުނެލިއެވެ.
“ހޫމް..” އަޒްހާން އެހެން ބުނެލުމުން ޔަސްރާ ބަލާލިއެވެ. އަޒްހާން ވެސް ޔަސްރާ އަށް ބަލައިލިއެެވެ.
“ދެން ކޮންއިރަކުންތަ ޔޫގައިޒް މެރި ކުރަނި..؟” ހަޔާ އަހާލިއެވެ. އޭނާ މިރެޔަކު ހުރީކީ ވަރަށް އުފަލުންނެވެ.
“އަޒްހާން ކައިރީ އަހާބަލަ..” ޔަސްރާ މަޖާވެ ހުރެ ބުނެލިއެވެ.
“ޔަސް ބޭނުން ދުވަހަކަށް އަހަރެން ތައްޔާރު ވާނަން..” ރީތި ހިނިތުންވުމަކާާއި އެކީ އޭނާ އެހެން ބުނެލީރު ނަޒަރު ހުއްޓިފައި ހުރީ ޔަސްރާގެ މޫނަށެވެ.
ތިން މީހުން ސަކަރާތް ޖަހަމުން ގޮސް ޔަސްރާ މެން ގެޔާއި ހަމައަށް އެރުމާއި އެކު ކައިލާން ވެސް އޭނާގެ ގެއިން ނުކުމެގެން އައިވަގުތެވެ. ކައިލާން ބަލައިވެސް ނުލައި ދިޔައީ އަޒްހާން ހުރުމުންނެވެ. ނަމަވެސް ޔަސްރާ އޭނާ އަށް ގޮވާ ހުއްޓުވިއެވެ.
“ކައިލާން.. ކޮންތާކަށް ތިދަނީ..؟” ޔަސްރާ ހުރިހާ ކުދިންނާވެސް ވަރަށް ގާތްކޮށް އުޅޭ ކުއްޖެކެވެ.
“ލައިބްރެރީއަށް..” ކައިލާން މަގަށް ނަޒަރު ހުއްޓާލައިގެން ހުރެ ބުނެލިއެވެ. ޔަސްރާ އެހެންދޯ އެކޭ ބުނެ ވަނުމުން ކައިލާން ވެސް ދިޔައެވެ.
ޝަޔާންގެ ނަޒަރު ހުއްޓިފައި ވަނީ އޭނާގެ ފޯނަށެވެ. އޭނާގެ ފޯނުން ފެންނަން ހުރީ ޔަސްރާމެން ގެއެވެ. ސީސީޓީވީ ގޮތަށް ފެންނަން ހުރީރު ޔަސްރާ މެން ގޭތެރޭގައި ކުރަމުން ދިޔަ ހުރި ހުރިހާކަމެއް ޝަޔާން އަށް އެނގެއެވެ. އޭނާ އިނީ ވިހަ ގޮތަކަށް ހިނިތުންވެލައިގެންވެ. އަދި އޭނާ ޔަސްރާ ކައިރިއަށް ދާނެއެވެ. އޭނާ އަށް ހަވާލު ކުރެވިފައިވާ މަސަަަށްކަތް އޭނާ ފުރިހަމަ ކުރާނެއެެވެ. ކޮންމެގޮތެއް ވިއަސް ވަރިހަމައެވެ.
އަޒްހާން އާއި ޔަސްރާ އަށް އެކަހެރި ވަގުތު ކޮޅެއް ދީފައި ހަޔާ ނުކުމެލީ ބޭރަށެވެ. އޭނާ ގޯތިތެރެއިން ނުކުމެ ހިގައިގަތީ ލައިބްރެރީ އާއި ދިމާއަށެެވެ. ލައިބްރެރީ އަށް ވަދެ ހޯދައިލީރަށް އެތާ ކަނެއްގައި އިން ކައިލާން އޭނާގެ ލޮލުގައި އަޅައިގަތެވެ. ހަޔާ ކައިލާން އަށް ބަލައިލައިފައި އަނެއްކާ ވެސް ނުކުތެވެ. މިފަހަރު އޭނާ ނުކުމެގެން ދިޔައީ ލައިބްރެރީ ކައިރީ އިން ކުޑަ ފިހާރެއަކަށެވެ. އެތަނުން ދެ ދަޅު ގަނެލައިގެން ހަޔާ އަނެއްކާވެސް ދިޔައީ ލައިބްރެރީއަށެެވެ.
“މިއޮތީ ދަޅެއް..” ކައިލާން އާއި ކުރިމަތިވާގޮތަށް އިން ގޮނޑީގައި އިށީންނަމުން ހަޔާ އެއް ދަޅު ދިއްކޮށްލިއެވެ. ކައިލާން ފަނޑު ހިނިތުންވުމަކާއި އެކު އޭގައި ހިފިއެވެ. ހަޔާ ވެސް ހިނިތުންވުެއް ރައްދު ކޮށްލާފައި ދަޅުން އެތިކޮޅެއް ބޯލިއެވެ.
“ކީއްވެތަ އަބަދު ލައިބްރެރީއަށް އަންނަނީ..؟” އިރުކޮޅެއްގެ ހަމަހިމޭންކަމަކަށް ފަހު ހަޔާ ސުވާލު ކޮށްލިއެެވެ.
“ގޭގަ ކުރާނެ ކަމެއް ނެތީމަ، ފޫހިވެގެން..” ހިފައިގެން އިން ފޮތުން ނަޒަރު ވަކިކޮށްނުލާ ކައިލާން ޖަވާބު ދިނެވެ.
ހަޔާ އެކި ސުވާލު ކުރަން ފެށުމުން ކައިލާން ވެސް ފޮތް ބާއްވައިފައި ހަޔާ އާއި އެއްބައި ވިއެވެ. ދެމީހުން ވެސް އެތައް އިރެއް ވަންދެކަށް ވާހަކަ ދެއްކިއެވެ. އެކަކު އަނެކަކުގެ ދިރިއުޅުމުގެ ވާހަކަ ވެސް ކިޔާދިނެވެ. ދެމީހަކު ޖެހިއްޖެއްޔާ އެތަކެއް އިރެއްވަންދެން ވާހަކަ ދައްކަން ތިބެވިދާނެއެވެ. ހަޔާ އާއި ކައިލާން އަށް ވެސް ވީހަމައެހެންނެވެ. ކައިލާން، އެނާގެ މަންމަ އަށް އާއި ވަކިވާން ޖެހުނު ސަބަބުވެސް ކިޔައިދިނެވެ. ހަޔާ އިނީ ވަރަށް ޝައުގުވެރިވެފައި އަޑުއަހާށެވެ. ކައިލާން އުޅެނީކީ ހަމަޖެހިގެންނެއް ނޫނެވެ.
ފޯނު ރިންގް ވާން ފެށުމާއި އެކު ދެމީހުން ވެސް ދިޔައީ ސިއްސައިގެންނެވެ. ދައްކަމުން ދިޔަ ވާހަކަ މެދުކަޑާލަން ޖެހުނެވެ. ރިންގްވަމުން ދިޔައީ ހަޔާގެ ފޯނެވެ. ބަލާލިރު އެއީ އަޒްހާން އެެވެ.
“ކޮންތާކު ތީނީ..؟” އަޒްހާން އަހާލިއެވެ.
“ލައިބްރެރީގަ..” ހަޔާ ބުނެލިއެވެ.
ފޯނު ކެނޑުމުން ހަޔާ ކައިލާން އަށް ބަލާލިއެވެ. އޭރު ކައިލާން އިނީ ސީދާ ހަޔާ އަށް ބަލަހައްޓައިގެންނެވެެ. ހަޔާ އަަވަހަށް އިސްޖަހާލިއެވެ.
“އަަހަރެން ގެޔަށް ދާންވެއްޖެ..” ހަޔާ ބުނެލިއެވެ.
“ބައިދިވޭ ތެންކްސް ފޯދި ޓޯކް..” ހަޔާ ތެދުވަމުން ބުނެލިއެވެ. ކައިލާން ހިނިތުންވެލިއެވެ. ހަޔާ ދިޔަތަން ބަަލަން ހުރެފައި ކައިލަން އިސްޖަހާލިއެެވެ. އޭނާ ފޫހިވިއެވެ. ހަޔާ މިތާ އިނީރު އޭނާ އަށް ވާހަކަދައްކާލާނެ މީހަކު ހުއްޓެެވެ. އަދި އަލައް މިހަކާއި މިގޮތަށް އެހާ ގާތްކޮށް ވާހަކަދައްކައި ލެވުނީމަ އޭނާ ހުނާހުރީ ހައިރާންވެފައެވެ. އެކަމަކު ބޮލަށް ވެސް ލުއި ކަމެއް ލިބިފައެެވެ. ދެމީހުން ދެއްކިވާހަކަތައް ހަދާން ކޮށްލައިފައި ކައިލާން އަމިއްލައަކަށް ހިނިތުންވެލިއެވެ. އެތަނުން ދިޔަ ކުއްޖަކަށް ކައިލާން އެކަނި މާއެކަނި އިނދެ ހޭތިވެ ދިޔައީ ފާޑަކަށް ބަލަމުންނެވެ. ކައިލާން ވެސް އަވަހަށްް ގެޔަށް ދިއުމަށް ނުކުތެވެ.
“އަޒްހާން.. އަހަރެން ބޭނުންވަނީ އަވަހަށް މައިންބަފައިން ކައިރީ އަހަރެމެންގެ ގުޅުން ބުނެފައި އަވަހަށް މެރިކުރަން..” އަޒްހާން ކައިރީ އިށީންދެލައިގެން އިން ޔަސްރާ ބުނެލިއެވެ.
“ހޫމް.. އަހަރެން ވަރަށް އަވަހަށް މަންމަމެން ކައިރީ ބުނާނަން.. ޔަސް އެކަމާ ނުވިސްނާ..” ޔަސްރާގެ މޫނުމަތިން އިސްތަށިކޮޅެއް ވަކިކޮށްލަމުން އަޒްހާން ޖަވާބު ދިނެވެ.
ހަޔާ އައުމުން އަޒްހާން އާއި ދެމީހުން އަވަހަށް ދިޔައީ ގެޔަށެވެ. ގެޔަށް ގޮށްސައި އަޒްހާން ދިޔައީ ބެލްކަންޔަށެވެ. އޭނާ ގޮސް ރެއިލިން މަތީގައި އަތް އަޅުވާލައިފައި ބޭރަށް ނަޒަރު ހިންގާލިއެވެ. ރޭގަނޑުގެ ވަގުތުކަމުން ފަޒާމަތި ވަނީ ފިނިވެފައެވެ. ދޫންޔެއް ގޮވާލާ އަޑުވެސް އެހިސާބަކަށް ނީވެއޭވެ. ދުރުދުރަށް ދާންދެން ފެންނަމުން ދަނީ ހުސް މަގުތަެކެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







When next??
Inshaallah v avahah! 🥰
Mi Xaaminuuu Haya Ge Frnd ehh ???Kailan &Haya Gulhavhhjjeyy They’re Made for eachother…Dhen Mihira Axhaanu men vess Wedding Avass kohbala..Yas “E “condition ga ulheythan Axhaanu Dheken beynun nuvey thaaa dhw…..If it’s me Hama aslu sec ehves nukoh ekan kohfinnn Yas ah Shayern ge hamala eh Nulebeythi dhenn…Anyways ,Me ah story AA dhw vhk mi dhekeneyyy Heheh Vrh Vrh Reethi MaashaAllah 💝💝
When’s next? sis Ganduuu
Yes Hayaa and Zaamin are friends! 😊
Lets see dhw Kailan and Haya gulheyne thw! 🥰
To be honest if i was Azhern I would also do that! Avahah wedding baahvaanan! But mi story dhaagothah balaalaaf ehen hedheykah neii! Dhen higaa dhw balan vaa goii! 🤗✌
Next part ves v avahah Inshaallah! 💙
When next??
Curiously waiting for the next part 😊
Inshaallah v avahah!
Hope to get your support!