Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާނަން-28

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
January 27, 2026 3 Mins Read
11 Comments

“އެމަންޖެ ދާކަށް ބޭނުމެއް ނުވާނެ ކަންނޭނގެ..” ފިރާޝާ ބަހަނާއެއް ދެއްކިއެވެ. އޭނާ ޔަސްރާ ކައިރިއަށް ދާކަށް ބޭނުމެއްް ނޫނެވެ.

“އެހެންވީރު އަހަރެން އަންނާނަން ގޮސްލާފަ..” ޔޫސުފް އެހެން ބުނުމުން ފިރާޝާ ވަނީއެވެ. ޔަސްރާ އާއި ފިރާޝާ އާއި މެދު އޮތީ ކޮން ދުޝްމިން ކަމެއް ހެއްޔެެވެ؟. އެއީ އޭނާގެ ދޮންދަރިއެއް ނޫން ހެއްޔެެވެ؟.

*ޕާރޓް-28*

ގެޔަށް ގޮށްސައި އަޒްހާން އައިސް ހަޔާ އާއި ކައިލާން ކައިރީ ގެޔަށް ދިއުމަށް ބުންޔެވެ. ހަޔާ ނުދާންވެގެން ބޮޑާހޭކިއެވެ. ޔަސްރާ ކިޔަ ކިޔައިގެން ހަޔާ ދާން އެއްބަސް ވިއެވެ.

“ކަމެއް ބޭނުން ވެއްޖެއްޔާ ގުޅާ ލައްޗޭ..” ހަޔާ އެދުނެވެ.

“ގެޔަށް ގޮށްސަ ޕެކްކުރަން ފަށާ..” އަޒްހާން އަމުރުކޮށްލިއެވެ. ނަމަވެސް އެއީ ރުޅި އައިސް ގެނެއް ނޫނެވެ.

ހަޔާ އާއި ކައިލާން ނުކުތުމުން އަޒްހާން އާއި ޔަސްރާ އެކަހެރިވީއެވެ. އެނދުކައިރީ އިން ގޮނޑީގައި އިށީންދެލާފައި އަޒްހާން ޔަސްރާގެ އަތުގައި ހިފާލިއެވެ.

“ބަނޑުހައި..؟” އޯގާތެރިކަމާއި އެކު އަޒްހާން އަހާލިއެވެ.

“ބަނޑުހައެއްނޫން.. އެކަމު އެއްޗެއް ކާން ބޭނުން..” ޔަސްރާ ބަނޑުގައި އަތް އުގުޅާލަމުން ތުން ކޮޅު އޫކޮށްލިއެވެ.

“ހެހެ.. އެނގޭ ޔަސް ތިހެން ބުނާނެކަން.. އެހެންވެ ގަނައިން ޗިޕްސް ޕެކެެޓް އެއް..” ހީލާފައި ކޮތަޅުން ޗިޕްސް ޕެކެޓް ނަގައި އަޒްހާން އޭތި ކަނޑައި ދިނެވެ. ދެމީހުން ސަމާސާކޮށް ކަމުން ދިޔައިރު ޔޫސުފް އައިސް ކޮޓަރިއަށް ވެނެވެ. ޔަސްރާގެ ދެލޯ ބޮޑުވިއެވެ. އަޒްހާން މިތާއިންދައި ޔޫސުފް އައީއެވެ. އަނެއްކާ ޔޫސުފް ހިތައްއަރާނީ ކީކޭބާއެވެ؟. ކިހިނެއްވީހޭ އަހާފިއްޔާ އޭނާ ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟ ތެދުތެދަށް ބުނާކަށް ބޭނުމެއް ނޫނެވެ.

“ޔަސްރާ.. ކިހިނެއް..؟ ކީއްވެ އެޑްމިޓްވާން ޖެހުނީ..؟” ޔޫސުފް ފާޑަކަށް އަޒްހާން އާއި ދިމާއަށް ބަލާލަމުން  އަހާލިއެެވެ.

“ބަލިވީމައެއްނު އެޑްމިޓް ކުރާނީ..” ޔަސްރާ ބުނެލިއެވެ.

“މީ ކޮންކުއްޖެއް..؟” ޔޫސުފް އަހާލިއެވެ. އަޒްހާން ޔަސްރާ އާއި ދިމާއަށް ބަލާލިއެވެ.

“މީ ހަޔާގެ ދޮންބެ..” ޔަސްރާ ކުރުގޮތަކަށް ޖަވާބު ދިނެވެ.

“އަޒް..” ޔޫސުފް އަކަށް ނޭނގުނެވެ.

“އަޒްހާން..” އަޒްހާން ބުނެލިއެވެ.

“ނަހާންގެ ކުއްޖެއް ދޯ..؟” ޔޫސުފް ހިނިތުންވެލާފައި އަހާލިއެވެ. އަޒްހާން ބޯޖަހާލިއެވެ. ޔޫސުފް ވެސް އިރުކޮޅަކު ހުރެލާފައި ދިޔައީއެވެ. ޔަސްރާ އިނީ ބަހެއް ވެސް ބުނެނުލައެވެ.

ހަޔާ އާއި ކައިލާން ބައިސްކަލުގައި ދިޔައިރު ދެމީހުން ވެސް ތިބީ އަނގައިން ނުބުނެ މަޑުންނެވެ. ކައިލާން އިރު އިރު ކޮޅާ ހަޔާ އާއި ދިމާ އަށް ބަލާލައެވެ. ހަޔާގެ މޫނުމަތިން ވަރުބަލި ކަމާއި އުދާސްކަން ފެންނަން ހުއްޓެވެ. ކައިލާން ހަޔާ އަށް އުނދަގޫ ވެދާނެތީ ކައިލާން ބަހެއް ނުބުނެ ހުރީއެވެ. ހަޔާމެންގެ އިންނަ މަގަށް އެޅުމުންވެސް ކައިލާން ހަޔާ އާއި އެކީ އަންނަން ފެށުމުން ހަޔާ އަށް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ.

“ކައިލާން ގެޔަކަށް ނުދޭތަ..؟” ކައިލާން ބަލާލިއެވެ.

“އަހަރެން މިދަނީ ހަޔާ ގެޔަށް ލައިދޭން.. އޯކޭތަ..؟” ކައިލާން އަހާލިއެވެ. ހަޔާ ހިނިތުންވެލާފައި ބޯޖަހާލިއެވެ. ކައިލާން އާއި ދެމިހުން ހަޔާ މެންގެޔާއި އަރާހަމަވެފައި ހަޔާ ބައިސްކަލުން ފޭބުމުން ކައިލާން ގޮވާލިއެެވެ.

“ކަމެއް ބޭނުން ވެއްޖެއްޔާ އަހަރެންނަށް ގުޅާލައްޗޭ..” ކައިލާން އެހެން ބުނުމުން ހަޔާ ބޯޖަހާލިއެވެ. އަދި އެތެރެއަށް ވަނެވެ. ހަޔާ ވައިންތަން ބަލަން ހުރެފައި ކައިލާން ބައިސްކަލު ދުއްވާލިއެވެ.

ގޭތެރެއަށް ވަދެގެން އައިރު ހަޔާ އިނީ ވަރަށް ވަރުބަލި ވެފައެވެ. ރޭގައި ނިދުނީވެސް ކުޑައިރުކޮޅަކަށެވެ. އެހާ ވަރަށް ތެޅި ތެޅިފައި އުޅެން ޖެހުމުން މީހާ ވަނީ ލޮނޑުވެފައެވެ. ހަޔާ ގޮސް ކޮޓަރިއަށް ވަދެ ފެންވަރާލިއެެވެ. ފެންވަރައި ރީތިވެގެން އޭނާ އެނދުގައި އޮށޯވެލީ 9 އެއް ޖަހާރަށް ފޯން އެލާމް ކޮށްފައެވެ.

މަޑު މަޑުން ބައިސްކަލު ދުއްވާލާފައި އައިސް ގޭދޮރު މައްޗަށް ހުއްޓާލާފައި ކައިލާން ބައިސްކަލުން ފޭބިއެވެ. ގޭތެރެއަށް ވަނީރު ނަޢީމާ އުޅެއެވެ. އޭނާ އުޅުނީ ބަދިގޭގައި ކަމުން ކައިލާން ގޭތެރެެއަށް ވަދެގެން އައި ތަނެއް ނުފެންނާނެއެވެ. ކޮޓަރިއަށް ވެދެ ފެންވަރައި ހަދައިގެން ކައިލާން ވެސް އެރީ ނިދާށެވެ.

ޔަސްރާގެ އަތުގައި އަޅާފައިބާ ބޭސްގަނޑު ބަދަލު ކުރަން ނަރުސްކުއްޖާ އައުމުން އަޒްހާން ނިކުންނަން އުޅުނެވެ. އެކަމަކު އެނަރުސް ކުއްޖާ އަޒްހާން ކައިރީގައި ހުރެވޭނެ ކަމަށް ބުނުމުން އަޒްހާން މަޑުކޮށްލީއެވެ. ނަރުސް ކުއްޖާ ފަރުވާތެރިކަމާއި އެކު ބެންޑޭޖް ގަނޑު ނައްޓާލާފައި ބޭސްކޮޅު ވެސް ނެގިއެވެ. އަދި ކަފަކޮޅަކުން އެތަން ސާފު ކޮށްލިއެވެ. ޔަސްރާ އިނީ އަތަށް ބަލާށެވެ. ބޭސްގަނޑު އަޅައި ނިމުނު ތަނާހެން ޑަކްޓާރ އައެވެ. އެކަމު މިފަހަރު އައީ ފިރިހެން ޑަކްޓަރ އެކެވެ. ޑަކްޓާރ އަކީ ބޭރު މީހެއްކަން ވަރަށް ރީއްޗަށް އެނގިދެއެވެ. ނޫކުލައިގެ ދެލޮލާއި މަޑު މުށިކުލައިގެ އިސްތަށިގަނޑެކެވެ. ޔަސްރާ އަށް ބަލަހައްތައިގެން ހުރެވުނީއެވެ.

އަޒްހާން އަށް މިމަންޒަރު ފެނުމުން އުނދަގޫވިއެވެ. އޭނާ ޔަސްރާގެ ދަތްދޮޅީގައި ހިފައި އޭނާ އާއި ދިމާއަށް މޫނު އަނބުރާލިއެވެ.

“އައިޒް އޮން ހިއާރް ބޭބީ..” އަޒްހާންގެ މިޖުމްލަ އާއި އެކީ ޔަސްރާގެ މޫނުމައްޗަށް ފިޔާތޮށި ކުލަ ވެރިވެގެން ދިޔައެވެ. ލަދުން އޭނާ އަޒްހާންގެ އަތުގައި ޖަހާލާފައި މޫނު ފޮރުވާލިއެވެ. މިމަންޒަރު ފެނި ނަަރުސް ކުއްޖާ ގާތަށް ހިނިއައެވެ. އެކުއްޖާ ހީލާފައި ނިކުތެވެ. ޑަކްޓާރ އެނގެވީ ޔަސްރާ ދޫކޮށްލާނީ އަދި އެއްޓެސްޓު ހަދައިފައި ކަމަށެވެ. އެހެންމަ އެއީ މިއަދު ހަވީރެވެ.

ޑަކްޓާރ ދިޔުމުން ޔަސްރާ އަޒްހާން އާއި ދިމާއަށް ބަލާލިއެވެ.

“އަޒްހާންން..” ޔަސްރާ އަޒްހާންގެ ނަން ދިގުކޮށް ގޮވާލިއެވެ.

“ލައްބައޭ..” އަޒްހާން ހިނިތުން ވެލާފައި ޔަސްރާގެ މޫނަށް އެޅިފައިވާ އިސްތަށި ކޮޅު ރިތިކޮށްލިއެެވެ.

“އެހެން ހަދާކަށް ނުވާނެއްނު..” ޔަސްރާ ބުނެލިއެވެ.

“ޔަސް އަށް މާރީތި މީހަކު ފެނުނީމަ ބުނެލަދިނީ ޔަސްގެ ހައްޤުވެރިއަކީ ކާކުކަން..” އަޒްހާން ޔަސްރާގެ ދެލޮލަށް ބަލަން ހުރެ ބުނެލިއެވެ.

“ހޫމް ހޫމް.. ދެން ހެވޭ..” ޔަސްރާ ހީލިއެވެ.

ހަވީރު ވުމުން ޔަސްރާ ދޫކޮށްލި އެވެ. ޔަސްރާ ގެޔަށް ލާން ދިޔައީ އަޒްހާން އެވެ. އޭރު ކައިލާން އާއި ހަޔާ ވެގެން ހަޔާގެ އެއްޗެހި އެގެޔަށް ވައްދަނީއެވެ. ޔަސްރާ އާއި އަޒްހާން ކާރުން ފޭބުމުން ހަޔާ އައިސް ގޯތި ދޮރުހުޅުވާލަދިނެވެ. ދެމީހުން ވެސް އެކުގައި ވަނީރު ކައިލާން އެކަނި ހުރެގެން ފޮށިތަށް ވައްދަނީއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ބޮޑީގާޑު 13

Next

އަބަދުވޭ ހިތުގާ މަގޭ 2 (20)

Next
January 27, 2026

އަބަދުވޭ ހިތުގާ މަގޭ 2 (20)

Previews
January 27, 2026

ބޮޑީގާޑު 13

11 Comments!

  1. Gurl🩷 says:
    January 27, 2026 at 10:38 am

    When next part?? Curiously waiting for the next part😊

    1. _MuXo_ _MuXo_ says:
      January 27, 2026 at 1:24 pm

      Next part Inshaallah v avahah liyevey thw balaanan! 💙✌

  2. Miss jennie says:
    January 27, 2026 at 12:27 pm

    Mi part ves varah reethi. Woah azhaan thihaa jeleous vaakah nuvaane😂😂. Curiously waiting for next part???

    1. _MuXo_ _MuXo_ says:
      January 27, 2026 at 1:25 pm

      Thank you Miss jennie! 🥰

  3. Thomasismybaby 🥲 says:
    January 27, 2026 at 1:59 pm

    Very nice

    1. _MuXo_ _MuXo_ says:
      January 27, 2026 at 2:16 pm

      Thank you! 🥰

  4. 🖤🥀 says:
    January 27, 2026 at 9:51 pm

    MuXo , maasha Allah 🖤🥀 Ur so so intelligent I really appreciate it..Btw,Cer kithahme Muxxoo ge tales kiyan ulhunakas today chance eh nulibun…Axhern avahah Yas ah marry kurey dhen tell I’m always protecting you from any danger, Anyways When’s Next?Tc of yourself buddy

    1. 🖤🥀 says:
      January 28, 2026 at 6:32 am

      I’m elddest that’s why dhen thibey meehunah Miee Namoona ehenve phone ga touch kuran ves mana I’m under there control 🛂

    2. _MuXo_ _MuXo_ says:
      January 28, 2026 at 12:07 pm

      Thank you for the lovely comment cer!!
      Its okay kithah me lahun kiyunas kiyehjeyyaaun okay ehnnu!!
      Dhen lets see dhw vaane goii!!
      Next part ves v vahah IN!
      you also take care my dear!!

  5. Gurl 🩷 says:
    January 31, 2026 at 7:44 am

    Pls fast I can’t wait to read the next part 😭
    When next part😊
    Can u apload it today

    1. _MuXo_ _MuXo_ says:
      January 31, 2026 at 10:46 am

      Innaane pending ga mihaaru ehennma muxo ah heevanee miadhuge vaguteh ga nukunnanehen!
      Aslu hama submit kureema pending ga innanee!! egothah pending ga idhefaane 2-3 dhuvas vandhekah! ehen vaathee baeh faharu admin aa dhimaa ah echchi ves govey!
      Intizaar kohlaa, konmeves irakun nukunnaane!
      Muxo ah kureveyne kameh neii!!

Comments are closed.

Next Episodeއެކުގައިވާނަން-29←


All Right Reserved!