ޓީވީ ކުރިމަތީގައި ކޮފީތަށި ހިފައިގެން ކައިލާން އިނީރު އޭނާ އިނީ ހިނިތުންވެލައިގެންނެވެ. އެދުވަހަަށް ފަހު އޭނާ ހަމައަކަށް އެޅުނީ އަދި މިއަދު އެވެ. ހަމަޖެހިލައިގެން ސައިބުއިގެން ތަށިދޮވެފައި އަނެއްކާ ވެސް ޓީވީ ކާރިއަށް ދާން އުޅެނިކޮށް ދޮރުގައި ޓަކި ދިނެވެ. ކައިލާން ގޮސް ދޮރު ހުޅުވާލުމާއި އެކީ އޭނާގެ މޫނުމަތީވީ ހިނިތުންވުން އެއްކޮށް ގެއްލުނެވެ. *ޕާރޓް-33* އޭރު ދޮރުމަތީގައި އަތަށް ފްރުޓް ބާސްކެޓެއް ލައިގެން އެހުރީ ހަޔާ އެވެ. ކައިލާން އަށް ހަޔާ އާއި ދިމާއަށް ބަލަހައްޓައިގެން […]
ސީލިންގާއި ދިމާއަށް ބަލަހައްޓައިގެން އޮތް އާކިފް އޮތީ ނުދިފައެވެ. އޭނާ ބިރުގަންނަނީއެވެ. ކައިވެންޔަށް ބާކީ އޮތީ ފަސް ދުވަހެވެ. ސެހްރިޝް އާއި އޭނާގެ ކައިވެނި ކުރެވޭނެއެވެ. އޭނާ އަށް ސެހްރިޝް އަށް ރަގަނޅަށް ނުބެލިއްޖެއްޔާ އެވެ. އޭނާ އަށް ސެހްރިޝް ދެރަ ކޮށްލެވިއްޖެއްޔާ އެވެ. އެކަހަލަ ވިސްނުން ތަކެއްގައި އާކިފް އަށް އޮތީ ނުނިދިފިލާފައެވެ. އެހެން އޮވެފާވެސް އޭނާ ނިދަން މަސަށްކަތް ކުރިއެވެ. *ޕާރޓް-17* “ޝުކުރިއްޔާ..” އިންވިޓޭޝަން ކާޑު ހަވާލު ކުރިކުއްޖާ އަށް ޝުކުރު އަދާކޮށްފައި ޒާޔާ […]
ހިޔާލުތަކަށް ގެނބެމުން ދިޔަ ޒަހްރާ އަށް ހަމަ ބިމަށް އާދެވުނީ ޓަކިދިން އަޑަށެވެ. ހުޝާމް ކަމަށް ހީއްކޮށް ޒަހްރާ އަވަހަށް ކަރުނަތަށް ފޮހެލާފައި ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީ ހުރި ރަޝްނާން ފެނި ޒަހްރާ ހުއްޓުން އެރިއެވެ. ރަޝްނާން މިގަނޑީ އެއައީ ކީއްވެހެއްޔެވެ؟ ޒަހްރާ ހިތް އަވަސް ވިއެވެ. ނޭވާ ކުރުވާގޮތް ވިއެވެ. ރަޝްނާންގެ ތޫނު ނަޒަރު ސީދާ ވެފައިވަނީ ޒަހްރާގެ ދެލޮލަށެވެ. ރަޝްނާން ބަލަން އިން ގޮތުން ޒަހްރާ ގައިން ހީބިހި ނަގައިގެން ދިޔައެވެ. […]
ޝަޔާންގެ ކަށުކެމީގެ ކަންތަށް ނިއްމާލާފައި މިސްކިތުން ނުކުއް ޝާޔަންގެ ފިޔަވަޅުތަށް އަވަސްވެފައި ބާރެވެ. އޭނާގެ މިސްރާބު ހުރީ “ސަންސެޓް” ގެޔާއި ދިމާއަށެވެ. ހިގާފައި ގޮސް ސަލާމް ގޮވާލުމެއް ނެތި ޝާޔަން ވަދެގެން އައިރު ސުފްޝާ އިނެވެ. ޝާޔަން ދިޔަގޮތަށް ގޮސް ސުފްޝާގެ ކަންކަށިމަތީގައި މުއްކަވާފައި ޖެހިއެވެ ސުފްޝާ ހަޅޭލަވައިގަނެފައި ރުއި ގަތެވެ. އެއަޑަށް ބަދިގެ ފަރާތުގައި އުޅުނު ފިރާޝާ ވެސް ދުވެފައި އައެވެ. އޭރު ސުފްޝާގެ އިސްތަށިގަނޑުގައި ހިފައިގެން ހުރި ޝާޔަން ފެނި ފިރާޝާގެ ފިޔަވަޅުތަށް ގަނޑުވިއެވެ. […]
ކައިސާން ސައިކަލުގައި އައުސް މަޑުކޮށްލީ ކޮފީ ޝޮޕް ކުރިމަތީއެވެ. އޭރު އެތަކެއް އަންހެން ކުދިންގެ ނަޒަރު އޭނާ އަށް ހުއްޓެމުން ދިޔައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ކަޅު ކުލައިގެ ފަޓްލޫނަކާއި އެކީ ލައިގެން ހުރި ހުދު ގަމީހުގެ މަތިން ލައިގެން ހުރި ވެސްޓް ގައި އޭނާ ފެންނަން ހުރީ ފެންޓަސީ ކެރެކް ޓާރ އެއްހެންނެވެ. ހެލްމެޓް ނަގާފައި އިސްތަށިގަނޑު ރީތި ކޮށްލާފައި އެތާ އިން އަންހެން ވެއިޓާރ އާއި ދިމާއަށް އޭނާ އެއްލޯ މަރާލާފައި ހިނިތުންވެލިއެވެ. […]
އެތާ ހުރި ގޮނޑި ބަރީގައި އިށީންދެލީ އަދި އެތާ އެތަށް ބަޔަކު ކިއުގައި ތިބީމައެވެ. ޔޫރާ އިށީންދެފައި ފޯން ނެގިއެވެ. އޭނާ އިނީ ވާހަކައެއް ކިޔާށެވެ. އިރުކޮޅަކު އެހެން ހުއްޓައި މީހަކު އޭނާގެ ނަމުން ގޮވާލި ނިކަން ގާތުން އިވުނުހެން ހީވުމުން ޔޫރާ އިސްއުފުލައި ބަލާލިއެވެ. *ޕާރޓް-13* އޭރު ކުރިމަތީގައި އަޝްވާން ހުރީ ހިނިތުންވެލައިގެންނެވެ. ޔޫރާ އަށް އަޝްވާން މިތަނުން ފެނުމުން ހައިރާންވިއެވެ. އެކަމު އޭނާ ވެސް ހިނިތުންވެލިއެވެ. އަޝްވާން އޭނާ އާއި ޖެހިގެން އިން ގޮނޑީގައި […]
“މެށެއް ނުހިފޭއްޓޭނެ.. ކޮންމެ ގޮތެއް ވިއަސް މަ މަގޭ މަސަށްކަތް ނިއްމާނަން..” އެހެން ބުނެ ޝަޔާން ފިސްތޯލު ދިމާކޮށްލީ ޔަސްރާ އަށެވެ. ޔަސްރާގެ ނޭވާ ކަރުގައި ތާށިވިއެވެ. ދެލޯ ބޮޑުކޮށްލައިގެން އޭނާ ހުރީރު ބިރުން ތުރުތުރު އަޅަން ފަށާފިއެވެ. ހަޔާ އާއި ކައިލާން ވެސް ހުއްޓުން އެރިއެވެ. ދެން އިވުނީ ފިސްތޯލު ޖެހި ބާރު އަޑުފައްގަނޑެވެ. އެއްމެންނަށް ވެސް ދެލޯ މަރާ ތަގުޅި ކޮށްލެވުނެވެ. *ޕާރޓް-32* ޕޮލިހުން ބަލާލީރު ޝަޔާން ފެންނާކަށް ނެތެވެ. އެމީހުން ކުޑަދޮރުން ބޯ […]
“މިއަދު މެންދުރުން ފެށިގެން އަހަރެނ ްމިއުޅެނީ މިގޭގަ.. އަހަރެން ޖެހެއޭ ދާން..” ޖައިލަމް ޒާޔާގެ މޫނުމަތިން އިސްތަށިކޮޅެއް ދުރުކޮށްލަމުން ބުނެލީ އޯގާތެރި ރާގެއްގައެވެ. “ދެން ޕްލީސް..” ޒާޔާ އާދޭސް ކުރަން ފެށުމުން ޖައިލަމް އަކަށް އިންކާރު ކުރާކަށް ނުކެރުނެވެ. އޭނާ ބޯޖަހާލީ އެއްބަސް ވުމުގެ ގޮތުންނެވެ. *ޕާރޓް-15* ޒާޔާގެ އަތުގައި ހިފައިގެން ޖައިލަމް ވަނީ އެތެރެއަށެވެ. ކޮޓަރިއަށް ވަދެފައި ޖައިލަމް ގަމީސް ބަލާފައި ހަރުގަނޑުގައި އެޅުވާލިއެވެ. ޒާޔާ ވެސް އުފާވެ ހުރެމެ ވަނީ ފާޙަނާ އަށް އެއްޗިހި […]
ދުއްވާ އެއްޗެހީގެ އަޑު ވަނީ މުޅި މާހައިލު ތެރޭ ހިފާލެވިފައެވެ. ރޭގަނޑު ގަނޑި ކަމުގައިވީ ނަމަވެސް ބައިވަރު މީހުންނާއި ކުދިންތަށް ފެނެއެވެ. ޔޫރާ ވެސް ލައިބްރެރީއިން ނުކުމެ މިސްރާބުޖެހީ އަރްފާން މެންގެޔާއި ދިމާއަށެވެ. އަރްފާންގެ ޙަބަރެއް ނުވާތާ މާގިނަ ދުވަސްވިއެވެ. އަނެއްކާ އޭނާ ބަލީ ހެއްޔެވެ؟ ވީގޮތެއް އެނގޭނީ ދިޔައީމައެއްނޫންހެއްޔެވެ؟ 10 ވަރަކަށް މިނެޓް ހިގާފައި އައިސް ޔޫރާ މަޑުކޮށްލީ އަރްފާން މެންގޭ ކުރިމަތީގައެވެ. ދޮރު މަތީގައި ހުރި ފެންލައިޓް އިން އެތެރޭގައި ލައިޓްދިއްލާފައި ހުރިކަން އެނގެއެވެ. […]