ތިޔައީ ހަނދޭ-9
ޒަހްރާ ތެދުވެގެން ގޮސް އެސިޓީ ޑަސްބިނަށް ލިތަނާހެންގޭގެ ބޮޑު ދޮރުގައި ޓަކިދިން އަޑު އިވުނެވެ. އެއީ ރަޝްނާން ކަން އެނގޭތީވެ ލަސް ހިނގުމެއްގައި އައިސް ދޮރު ހުޅުވާލިއެވެ.
*ޕާރޓް-9*
ރަޝްނާން ފެނުމާއި އެކު ޒަހްރާ ހުއްޓުން އެރިއެވެ. ރަޝްނާން ފެންނަލެއް ހާދަ ރީއްޗެވެ. ހާދަ ފިރިހެން ވަންތައެވެ. ހާދަ ފުރިހަމައެވެ. އިސްތަށިގަނޑު ހާވާލާފައި އޮތުމުން އަދި މާ ރީތިކަމަށް ދައްކައެވެ. އެއޮށްވާ ދެލޮލެެވެ. މަޑު މުށި ކުލައަކަށްދާ ދެލޮލުން ޒަހްރާ އަށް ފެންނަނީ ބުނެދޭން ދަތި އަސަރު ތަކެކެވެ.
“ޒަހްރާ..” ޒަހްރާ ބަލަހައްޓައިގެން ހުންނަން ފެށުމުން ރަޝްނާން ގޮވާލިއެވެ. ޒަހްރާ ދެކޮޅަށް ބޯ ހޫރާލާފައި ރަޝްނާން ވަންނަން ތަންދެއްކިއެވެ.
“މީ ޒަހްރާ އަށް ގެނެސްދިން އެއްޗެއް..” މޭވާ ކޮތަޅ ދިއްކޮށްލަމުން ރަޝްނާން ބުނެލިއެވެ.
ޒަހްރާ ހިތާ ހިތުން ރަޝްނާން އަށް ތަޢުރީފް ކުރަމުން މޭވާ ކޮތަޅު ގެނެސް ބަދިގެ މޭޒުމަތީ ބޭނދިއެވެ.
“މިއޮތީ ދެން ގަމީސް..” ޒަހްރާ އަނެއްކާ އައީމަ ރަޝްނާން އެކޮތަޅުވެސް ދިއްކޮށްލިއެވެ.
“ތެންކިއު..” ޒަހްރާ ހިނިތުން ވެލިއެވެ. ރަޝްނާން ވެސް ހީލިއެވެ.
ދެމީހުން ވެސް އެއްޗެކޭ ނުބުނެ އިރުކޮޅެއް ވިއެވެ. ހަމަހިމޭން ކަމުގެ ކުޑަ ސިކުންތު ކޮޅަކަށް ފަހު ޒަހްރާ ވާހަކަ ދެއްކިއެވެ.
“ދެން ތިދަނީ ގެޔަށް ދާން..؟” ރަޝްނާން ބަލަން ހުރެފައި އަނެއްކާ ވެސް ހީލިއެވެ.
“ޒަހްރާ ބޭނުންވަންޔާ އަހަރެން ދެން މިދަނީދާން..” ރަޝްނާން އެހެން ބުނެ ހިގައިގަންނަމުން ހިތާ ހިތާ އެނދުނީ ޒަހްރާ އޭނާ ކައިރީގައި މަޑުކުރުމަށް އެދެމުންނެވެ.
“އޮހް.. އެހެން ދުވަހަކުން ދިމާވެލެން ވާނެ ދޯ..” ޒަހްރާގެ މޫނުމަތި މިލާ މޯޅިވިތަން ރަޝްނާން އަށް ކިތައްމެހާވެސް ރީއްޗަށް ފެނުނެވެ.
“ހަމަ ދާންވީ..” ރަޝްނާން ބުނެލިއެވެ. ޒަހްރާގެ މޫނުމަތި އަނެއްކާވެސް މަލެއް ހެން ފޮޅިލިއެވެ. އުފާވެރި ހިނިތުންވުމެއް އޭނާގެ ތުންފަތް މައްޗަށް ވެރިވިއެވެ. ރަޝްނާން ގެއިން ނުކުނަން ވެގެން އެނބުރިލި ތަނާ އެހެން ފިރިހެނަކު ދޮރުމަތީ ހުއްޓެވެ. ގައިމުވެސް އެއީ ޒަހްރާގެ ދޮންބެ އެއް ނޫނެވެ. ޒަހްރާ ހުއްޓުން އެރިއެވެ. ރަޝްނާން ބަލާލާފައި އެމީހާ އަށް ހީލާފައި ނުކުތީއެވެ.
އެއީ ނާއިޝް އެވެ. އޭނާ އިނީ ރަޝްނާން ނުނިކުމެފައެވެ. ނާއިޝް ލަސްލަހުން އެތެރެއަށް ވަދެ ދޮރު ލެއްޕިއެެވެ. ޒަހްރާ އިނީ ބިރުންނެވެ. ނާއިޝް އެއުޅެނީ ކީއްކުރަން ހެއްޔެވެ؟. ހަމަގައިމު ވެސް އޭނާގެ ބެލުމުން އެކަނިވެސް އޭނާގެ ނިޔަތް ރަގަނޅު ނޫން ކަން އެނގެއެވެ.
“ނާއިޝް.. ކީއްކުރަން ތިއައީ..؟” ޒަހްރާ އަހާލިއެވެ.
“އަހަރެން މިއައީ ޒަހްރާގެ މޫނު ބަލާލަން..” ނާއިޝް ބުނެލިއެވެ. އޭނާ ފިޔަވަޅުތަށް އަޅަމުން ދިޔައީ ޒަހްރާ އާއި ދިމާއަށެވެ. ޒަހްރާ އިނީ ބިރުންނެވެ. ނާއިޝް ހަދާނެ ގޮތެއް ނޭނގެއެވެ. ދޮންބެ އެއްވެސް ގެޔަކު ނެތެވެ.
“އަހަރެން ދިން ސިޓީ ކީންތަ..؟” ނާއިޝް ޒަހްރާ ކައިރިއަށް އައިސް ހުއްޓިލިއެވެ. އެދެމެދުގައި ވަނީ އެއްމެ ފޫޓެއްގެ ދުރުމިނެވެ. ޒަހްރާ ބަހެއް ނުބުނެ އިންނަން ފެށުމުން ނާއިޝް އަނެއްކާ ވެސް ފިޔަވަޅެއް ކުރިޔަށް އަޅާލިއެވެ. ނަމަވެސް ޒަހްރާ ފަހަތަށް ޖެހުނެވެ. ނާއިޝް ހީލާފައި ޒަހްރާ ކައިރިން ލާފައި ދިޔައީ ޑަސްބިން ކައިރިއަށެވެ. އަދި ޑަސްބިން ހުޅުވާލިއެވެ. ޒަހްރާ އިނީ ތައްޔާރަށެވެ. ނާއިޝް އޭނާގެ ގަޔަށް އަތްލާފާނެތީއެވެ.
“އަހަރެން ޒަހްރާ އަށް އެ ސިޓީ ލިޔަން ނެގި ވަގުތު އެނގޭތަ..؟ އަހަރެން އަދި ވެސް ޒަހްރާ ދެކެ ވަރަށް ލޯބިވޭ..” ނާއިޝް އައިސް ޒަހްރާ އާއި ދާދި ކައީގައި ހުއްޓިލަމުން ވާހަކަ ދެއްކިއެވެ. އެއަޑުގައި އެކުލެވިފައިވާ އަސަރުން ޒަހްރާ އަށް ވެސް ކުޑަކޮށް އަސަރު ކުރިއެވެ.
“ނާއިޝް އަހަރެން ދެކެ ތިހާ ލޯބިވަންޔާ އަހަރެންނަށް އެހެން ނެހެދީސް.. އަހަރެން ބުނިން މަޑުކުރާށޭ އަހަރެންނަށް ޖޮބެއް ލިބި ދިރިއުޅުން ހަމައަކަށް އެޅެން ދެކަށް.. ނާއިޝް އަށް ހަމަ ރަގަނޅަށް އެނގޭނެ އަހަރެންގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތް.. ނާއިޝް އަހަރެން ދެކެ ލޯތްބެއް ނުވޭ..” ޒަހްރާގެ ދެލޯ ކަރުނުން ފުރުނެވެ.
“ޒަހްރާ ތިހެން ނުބުނޭ.. އަހަރެން ޒަހްރާ ދެކެ ވަރަށް ލޯބިވޭ.. އެހާ ގިނަ ދުވަހު އެކުގައި އުޅުނީރު ވެސް ޒަހްރާ އަހަރެންނަަކަށް ނުދޭ ޒަހްރާގެ އަތުގައި ހިފާލާނެ ފުރުސަތުވެސް..” ނާއިޝް ބުނެލިއެވެ. މިޖުމްލައާއި އެކު ޒަހްރާ ބަލާލިއެވެ.
“ރައްޓެހިވެގެން އުޅެންޔާ އޭގެ މާނައެއް ނޫން އެއީ އަހަރެމެން ދެމަފިރިންނަށް ވީއޭ.. ކައިވެނީގެ ބޭރުން އަހަރެން ބޭނުމެއް ނޫން ނާއިޝް އަހަރެންގެ ގަޔަށް އަތްލާކަށް.. އެފުރުސަތު އެދުވަހު އަހަރެން ނާއިޝް އަށް ދިންނަަމަ އަހަރެންނަށް ޔަގީން ނާއިޝް އަހަރެންގެ ފަރާތުން ލިބިގަންނަން ބޭނުންވާ ކަންތަށް ލިބިގަނެފައި ދާނެކަން..” ޒަހްރާ އެއްފައްޗަކަށް އަމުނާލިއެވެ.
“ޒަހްރާ އަހަރެންދެކެނީ ހަމަ ތިހާ ނުލަފާ މީހެއް ގޮތުގަތަ..؟” ނާއިޝް އަހާލިއެވެ.
“ނުކުމޭ.. އަހަރެން ބޭނުމެއް ނޫން ކަލޭގެ މޫނު ދުވަހަކުވެސް ބަލާކަށް.. ހަމަމިހާރު ނުކުމޭ..” ޒަހްރާ އަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ނާއިޝް ބަލަން ހުރެފައި ނުކުތެވެ. ނާއިޝް ނުކުތުމުން ޒަހްރާ ދޮރު ލައްޕާފައި ތަޅުލިއެވެ. ދޮރު ތަޅުލެވުނު ކަމެއް ނޭނގެ ޒަހްރާ ހިފާއްޓާލާގެން ހުރި ކަރުނަތަށް ފާބައިގަތެވެ. ދޮރުގައި ލެނގިލައިގެން އިނދެ ޒަހްރާ ދިޔައީ ރޮމުންނެވެ. ނާއިޝް އޭނަށް މިހެން މިހަދަނީ ކީއްވެ ހެއްޔެެވެ؟. ދެމީހުން އެކީގައި ނޫޅެވޭނެކަން ބުނުމުން ވެސް އަނެއްކާ އައީއެވެ.
ފިލާވަޅުތަށް ހަދައިގެން ޔޫރާ މިއަދު ވެސް ނުކުމެލީ ގޯތިތެރެއަށެވެ. އުޑުމަތި ރީއްޗަށް ފެންނަން އޮތީރު ތަރިތަށް އުޑުމަތީ ބަބުޅަމުން ދިޔައެެވެ. މިރެއަކު ހަނޑު ފެންނާކަށް ނެތެވެ. ޖޯލީގައި އޮށޯވެގެން އޮށްވެފައި ޔޫރާ ފޯންނަގައި އަރްފާން އަށް ގުޅާލިއެވެ.
“ހަލޯ..” އަރްފާންގެ އަޑުޖެހުމުން ޔޫރާ ހުނިތުންވެލިއެވެ.
“ކީއްކުރަނީ..؟” ޔޫރާ ޖޯލީގައި ހަމަ ޖެހިލަމުން އަހާލިއެވެ.
“ކަމެއް ނުކުރަން.. ދޫނި އަދިވެސް ނުނިދަ ކީއްކުރަނީ..؟” އަރްފާން އަހާލިއެވެ.
“އަދި ދެއްމެ އަކު ފިލާވަޅުތަށް ހަދާ، ދަސްކޮށް ނިމުނީ..” ޔޫރާ ބުނެލިއެވެ.
“އެހެންދޯ ވީ.. ދެން ދޫނި-” އެހިސާބުން އަރްފާންގެ އަޑު ކެނޑުނެެވެ.
“އަރްފާން..؟” ޔޫރާ ގޮވާލިއެވެ. ޖަވާބެއް ނާދެއެވެ. ދެތިން ފަހަރަކު ގޮވާލުމުން ވެސް ބަހެއް ނުބުންޔެވެ. އެހެން އިނދެފައި ފޯން ކެނޑުނެވެ. ވީ ގޮތެއް ޔޫރާ އަކަށް ނޭނގުނެެވެ. އަނެއްކާ ވެސް އަރްފާން އާއި ގުޅާލިއެވެ. މިފަހަރު އެންގީ ފޯން އޮތީ ނިންވާލާފަ ކަމެެވެ. ޔޫރާ ހައިރާންވިއެވެ. އަދިި ކުޑަކޮށް ރުޅި ވެސް އައެވެ. އަނގަމައްޗަށް ފޯން ކަނޑާލީމައެވެ. ދެބުމަ ގޮށްޖަހާލާފައި ޔޫރާ ފޯން ބޭއްވީއެވެ.
“ކީއްތިކުރީ..؟” އަރްފާން ހިތްހަމަނުޖެހިފައި އަހާލިއެވެ. އޭރު މާހިން ހުރީ އަރްފާންގެ ފޯން ހިފައިގެންނެވެ.
“އަހަރެންނާއި އެކީ އުޅޭއިރު އެއަންހެނާ ގަނޑާ ވާހަކަދައްކާނެ ކަމެއްނެތް.. އަހަރެން ކައިރީ ހުންނަންޔާ ހުންނާނީ އަހަރެން ކައިރީ..” މާހިން އަމުރު ވެރި ރާގަކަށް ބުނެލިއެވެ. އަރްފާން ދެލޯ ބޮޑު ކޮށްލާފައި އުޅުނީ އަރްފާން އަތުން ފޯން އަތުލާށެވެ.
“ދުވާލު ގަނޑީ ޔޫރާ އަށް އަރްފާން ލިބޭނީ.. ރޭގަނޑު ގަނޑީ ތީ އަހަރެންގެ މީހެއް..” މާހިން އަރްފާންގެ އަތުގައި ހިފާ އޭނާ އާއި ގާތަށް ލަފާލިއެެވެ. އަދި ނުބައި ގޮތަކަށް ހީލިއެވެ.
އަރްފާން އާއި މާހިންގެ މިގުޅުން އެނގެއްޖެއްޔާ ޔޫރާ އަށް ވާނީ ކިހިނެއް ހެއްޔެވެ؟. އަރްފާންގެ އެއްވެސް ލަދެއްނެތެވެ. ޔޫރާ ފަކީރަށް އެނގޭދުވަހަކުން އޭނާ ހާދަ ދެރައެއް ވާނެއެވެ.
ހެނދުނު ގަނޑީ ކޮލެޖް އަށް ދާން ތައްޔާރު ވަމުން ދިޔައިރު ވެސް ޔޫރާގެ މޫނުމަތީ ފެންނަނީ ނުރުހުމެވެ. ރޭގަ އަރްފާން ކަންތަށް ކުރިގޮތުން ޔޫރާ އަދިވެސް ހުރީ ރުޅި ގަދަވެފައެވެ. އަދި އެއަށްފަހުވެސް އަރްފާން ގުޅައެއް ނުލައެވެ. ޔޫރާ ހިތުލީ އަރްފާން ގުޅަން ދެކަށް އޭނާ ނުގުޅަ ހުރުމަށެވެ. އަރްފާން ގުޅުމުން ވެސް އޭނާ ފޯނެއް ނުނަގާނެއެވެ. ތައްޔާރު ވެނިމިގެން ގެއިން ނުކުތީރު ސަފްވާން ހުރީ އޭނާގެ އިންތިޒާރުގައެވެ. އޭރު ޔޫރާ އުޅުނީ ގޯތިތެރޭ ހުރި އަނބުގަހުން އަނބު ބިންނާށެެވެ.
އަނބުމޫސުން ކަމުން ގަހުގައި ވަނީ ޅައަނބުތަކުން ފުރިފައެވެ. ރާނިޔާ އަކީ ހުތް އަނބު ކާންވަރަށް ވަރު ހުންނަމީހަކަށް ވުމުން އޭނާ އުޅުނީ އަނބުކަޑާށެވެ. ޔޫރާ އާއި އެކީ ސަފްވާން ވެސް އިނިމުން ރާނިޔާ ސަފްވާން އަތަށް އަނބެއް ދިއްކޮށްލިއެެވެ.
“ސަފްވާން.. ކޮބާ ހާލު ކިހިނެއް..؟” ރާނިޔާ ހިނިތުންވުމަކާއި އެކީ އަހާލިއެވެ.
“ހާލު ހަމަ ރަގަނޅު.. އެކަމު ރާނީ ދައްތާ.. އަނބު ދީފަ ސޫފް ޕެކެޓް އެއް ނުދިނީމަ ކަޑަ ދޯ..” ސަފްވާން ޝަކުވާ ކޮށްލިއެވެ. އެކަމު އެއީ މަޖަލަކަށެވެ. ނަމަވެސް ރާނިޔާ އައިސް މަމީ ސޫފް ޕެކެޓް އެއް ދިއްކޮށްލިއެވެ.
“ރާނީ ދައްތާ އެއީ މަޖަލަކަށް ބުން އެއްޗެކޭ..” ސަފްވާން އޭގައި ހިފަން ލަދުގަތެވެ.
“ރަގަނޅޭ މަޖަލަކަށް ވިއަސް ދެން މީގަ ހިފާބަލަ.. ކޮލެޖް އަށް ދާމަގުމަތީގަ ކާލެވޭނު..” ރާނިޔާ ސަފްވާން އަތަށް ސޫޕް ޕެކެޓް ލައިދިނެވެ. ސަފްވާން ހީލާފައި އޭގައި ހިފިއެވެ.
ހިގައިފައި ދަމުން ދިޔައިރު ސަފްވާން ދިޔައީ އަނބާ ސޫޕް އާއި ކަމުންނެވެ. ޔޫރާ ވެސް އަނބެއް އަތަށް ލައިގެން ހަފަމުން ދިޔައިރު ދެމީހުންގެ އަނގަ ނުހުއްޓެއެވެ. ކޮންމެވެސް އެއްޗެކޭ ކިޔައި ހޭންފަށާފާނެއެވެ. މިފަދަ ހާލެއްގައި ދެމީހުން ވެސް ގޮސް ކޮލެޖް އަށް ވަނެވެ.
ބުރަދުވަހަކަށް ފަހު މަސަށްކަތް ނިއްމާލާފައި ރަޝްނާން ގޮނޑީގައި ހަމަޖެހުލިއެވެ. އަތުގެ އިނގިލިތަކުން ޓައްގޮށްވާލާފައި ތެދުވެ ވާޅަށް ދެމިލިއެވެ. ބްރޭކް ޓައިމް އަށް ނުވިއަސް ރަޝްނާން ބޭނުންވީ ޒަހްރާ މަސަށްކުރަމުން ދާ ކޮފީ ޝޮޕް އެހެނީ “ކޯޒީ ކޯނާރ” އަށް ގޮސްލާށެވެ. ޒަހްރާގެ މޫނުބަލާލާށެވެ. އެހެން ކަމުން ރަޝްނާން ނުކުތެވެ. ކައިފް ކައިރީގައި އަންނަން ހޭ އަހައިފައި ރަޝްނާން ނުކުތެވެ. ކައިފް ވެސް ރަޝްނާން ކައިރިއަށް ދުވެލާފައި އައެވެ.
“ކަލޯ ހާދަ ވަރުބައްޔޭ..” ކައިފް ޝަކުވާ ކޮށްލިއެވެ.
“އެހެންވެގެނެއްނު މިދަނީ ކޮފީ އެއް ބޯލަން..” ރަޝްނާން ޖަވާބުގައި ބުނެލިއެވެ.
ހޫމް ހޫމް ދެން ހެވޭ..” ކައިފް މޫނަށް ވައްތަރެއް ޖައްސާލަމުން ބުނެލި ގޮތުން ރަޝްނާން ގާތަށް ހިނިއައެވެ. މިފަހަރު ވެސް ރަޝްނާން މެން ގޮސް އިށީންދެލީ ކުޑަދޮރު ކައިރީގައެވެ. އޯރްޑަރ ނަގަން އައީ ޒަހްރާ އެވެ. ޒަހްރާ އައުމުން ރަޝްނާން އަށް ހިނިތުން ވެލެވުނެވެ. ޒަހްރާ އަށް ވެސް ބޭއިޙްތިޔާރުގައި ހީލެވުނެވެ.
ޒަހްރާ އައުުން ކައިފް އޭނާ ބޭނުންވާ އެތި ބުނެލިއެވެ. ރަޝްނާން ވެސް ބުނެލުމުން ޒަހްރާ ދިޔައީއެވެ. ކައިފް އެތެރެއަށް ލޯހިންގާލާފައި ބޯޖަހާލިއެވެ.
“ނަމާ އެއްވަރަށް ތަންވެސް ހަމަ ވަރަށް ސަޅި..” ކައިފް ބުނެލިއެވެ. އޭނާ އިނީ އެތަނުގެ ރީތިކަމުން އާޝޯހްވެފައެވެ.
ފަސް މިނެޓް ފަހުން ޒަހްރާ އައިސް ދެމީހުންގެ ކޮފީ ތަށި މޭޒުމަތީ ބަހައްޓާލިއެވެ. ކައިފް ޝުކުރު އަދާކޮށްފައި އަވަހަށް ބޯން ފެށިއެވެ. ރަޝްނާން ޒަހްރާ އަށް ބަލާލާފައި ހީލިއެވެ.
“ރަޝްނާން.. މިރޭ އަށް ގަނޑި ބައިގަ އަންނައްޗޭ އަހަރެމެން ގެޔަށް.. ދައުވަތު މިދިނީ ދޮންބެ ބުނެގެން..” ޒަހްރާގެ މިޖުމްލަ އާއި އެކީ ހައިރާންކަން ލިބުނީ ރަޝްނާން އެކަންޔަކު ނޫނެވެ. ބޯން އިން ކޮފީތައްޓަށް ކައިފް ވެސް ކޮށި އެރިއެވެ. ކައިފް ކެއްސަމުން ކެއްސަމުން ފެން ފޮދެއް ބޯލިއެެވެ. ރަޝްނާން އެއްބަސް ވުމުގެ ބޯޖަހާލުމުން ޒަހްރާގެ ހިނިތުންވުން ފުން ވިއެވެ. ދަނީ އޭ ބުނެ އޭނާ އަވަހަށް އެތަނުން ދިޔައެވެ.
“ދަންނަ މަންޖެއެއްތަ..؟” ކައިފް އަހާލިއެވެ. އޭރު ވެސް ކަރު އަނބުރައިގެން ކައިފް އޮތީ ޒަހްރާ ދިޔަ ދިމާ ބަލާށެވެ.
“ހޫމް..” ރަޝްނާންގެ ޖަވާބު ކުރެވެ.
“އައްދޭ.. މަށަށް ސެޓު ކޮށްދީބެ..” ކައިފް ލާނެތް ގޮތަކަށް ހީލަމުން ބުނެލިއެވެ.
“ބޭކާރު އަނގަނުތަޅަ ތި ބޮވޭތޯ ބަލާބެ..” ރަޝްނާން ހީލާފައި ބުނެލިއެވެ.
ރަޝްނާންގެ ހިތް ދިޔައި އުފަލުން ނަށަމުންނެވެ. ޒަހްރާ އޭނާ އަށް ދައުވަތު ދިނީއެވެ. ޒަހްރާގެ މޫނުމައްޗަށް އެރި ކުލަވަރެވެ. އޭނާ ހުރީ ހަމަ އަސްލަށްވެސް ވަރަށް އުފާވެފަކަން އެނގެއެވެ. ރޭގަނޑު ވާނެ އިރަަކަށް ރަޝްނާން އަަށް އިންތިޒާރު ކުރެވެން ފެށިއެވެ.
*ނުނިމޭ*
ކިޔުން ތެރިންގެ ސަމާލު ކަމަށް: މި ވާހަކަ ކިޔާ ކޮންމެ ކިޔުންތެރިއެއް ވެސް އަޅުގަނޑަށް އެހީވެދިނުމުގެ ގޮތުން ދެ ފިރިހެން ނަމާއި ދެ އަންހެން ނަން ކޮމެޓް ކޮށްލެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ.
ޝުކުރިއްޔާ!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
38 Comments!
Comments are closed.







Ma Sha Allah mi part vx v reethi waiting for the next part 😍♥️
Laira and layyaa
Zaul and shahum
Thank you! 🥰
Lovely names btw! 😉
Ziyern, Shaba
Shaain, Anaa
Mi names beynun kurahchey plss muxo 🙏❤️
Free veema comment kohlaanan IA
Favourite author
Thi name thakakee v fimilliar v common name thakeh! But happily I would say that I will use those names! 🥰
Take your time dear! 😊
Mi part ves varah reethi. Eww is arfaan a gay 🤮? Hehe rashnaan haadha faseyhain jelous vey dhww🤣🤣.
Azkaan and ivaan
Noya and shafin
Curiously waiting for next part???
Thank you! 🥰
Yes Arfaan is gay! 😊
Rashnaan and xahra cute dhw! 🤩
Thank you for tge names darling! 💙💚
Amaany and sheleen
Zaan and zian
Thank you for the names I really appriciate it! 💙💚
What a beautiful part MA!!
Arfaaan Alhe thi keehkuran ulhey gotheh 🤔..
Yoora vrh dhera vaane dhw Arfaaan ulhey goiy ingunyma..
Mi naaish vx dhw vrh foohivey 😒….
Rashnaan and xahra so cute wauuu 😍
Awwnn Rashnaan vrh ufaavehje dhw dhauvathu libunyma..
Rashnaan ah jealous vaan vx ingey thr hehehe 😂
Curiously waiting for the next part when’s next??
Lysm and Tc gurll ✌️❤️
Thank you! 😊
So so so sorry shaba! 😭
Dhenne muxo ah inee log in nuvevi indha comment submit v! 😭😭
Anyways thank you so much for your lovely comment I really appreciate it! 🥰
Yes konme meehakah ves ekahala kamakah dhimaa vehjjeyya dhera vaane dhw! 😌
Yes Rash v happy dhw! 🤗
Next part ves v avhah Inshaallah!
Love more, you also take care my love! 🤭
🔸Names Cer knows:🔸
FOR Gurlll:-
*Avlyn. *Jahra
*Xivie *Minuhi
*Xehereen *Amna
*Dhunya
*Yurin
*Yunin
*Yaxka
*Dhaaya
*Mehek
*Nuha
*Jannath
*Hanan
*Hayath
*Maureen
*Axleen
*Hunain
*Hurain
*Anaath
*Falak.naax
*Fixa
*Fauxa
*Faixa
*Aroma
*Arsheen
*Aloora
*Alooka
Forr Boys:-😎😎
*Dhaarian *Yashwin
*Dhaayan *Ashlan
*Evaan
*Savan
*Mixxdhan
*Xaidhern
*Xeysham
*Omar
*Malik
*Alook
*YaaDhin
*Shazil
*Nohaib
*Nuran
*Naweel
*Xiuk
*Shaul
*Shaail
*Aleen
*Ashkan
Inshallah 🖤 these ‘re the names know, Muxxoo beynun name eh choose kohla 😁🫶🧡🧡
Well, Cer kiyaa name thah ehaa ragalheh nuvaane!!I really Choose Arabic name eh use kureen InshaAllah,Ragalhu vaane..Then,Goodluck 🤭🤭ingey choose Ur opinion 💔 💔
Why names Ur finding,Tell me plxx??😁
Forget something!!Haxxan & Evelyn
Thank you for the names! 😀
Vhk liyelaakah nnu names hodhaanee dhw! 🤭
Inshaallah I will use a name from there! 💙
Naihaa
Nihaa
Choose any gurll name from here ❤️
Mahra
Mihra
Minha
Maxna
Maureen
Jaxlin
Hauxan
Faizan
Fauzan
Shanum
Shain
Shagon
Muzzamil
Axma
Arxan
Arxa
Which name u like ?🤭🤭
Love those! 💚
Thank you!
Mi part ves Vrh Reethi MA!!!
Alhey Muxo plsss choose
Alaika and Shifaann
Nauha and azzam
Plzz choose this.. I’M begging u
Lysm and Tc my dear
Hehe!! 😆
Okay darling if you are begging I will chose these names as the main charactors! 🥰
Hope you feel happy! 😄
And I nlt joking I will use those names! 😉
Hey darling just little confused how to write the name azzam! Is it: އައްޒާމް އަޒަމް
How do you write it in dhivehi?
Comment fenunuhaa avahakah buneladheeba! 💚💙
އައްޒާމް
Awwwnnn thank you soo much darling 😇💙
Lysm 😍
Thank you! And welcome! Hehe! 🤭💙
Muxo ziyern and shaba mi name Konme hen hadhaafa vx use kurahchey plss 😭😭
Lahbaeyy!!
😂👌👍💓
Muxo dhahthaa !!Kon mehen hadhaafa ves Alooka kiyaa character eh bahahthaathi I beg you 🤭🤭🖤🖤Meehun ge name nubunumahvure ragalhu Veema I choose it a lot !!!💔💔💔
I’m begging Gurll !!Tc of yourself Lysmm 🦋🦋Tc of yourself…I’m cer ingeyy
Alright dear!
U copied my word 😰😡
Yeah thats also true!
Skrry cer but I can’t use that name! Alaika_22 said first! Sorryy!! Hope you understand!
But let me tell you cer I would probably use that name for another story! 💙💚
Yeyeye…..😊 It looks like eyna I aa malaamai kohli hen 😩
Muxo how old are you
Malaamaah kohleekee noon! Visnaa dhinee!
Hama hama kan onnan vaane dhw!!
I’m 14!! I will turn 15 this year!!
It’s fine ☺️ I’m sorry Alaika_22 I actually never look others comments &I wrote I was in a hurry That’s why…For The AUTOr:-I actually understand but if you want you can use one of the name I given in two id..I hope you ‘ll be glad after hearing Cer mi faharu class badhaluvyma Vrh Vrh buxy koh mi ulhenyy But For The ReaDers :-I NEVER COPY OTHERS 🦋🦋🦋
Ooh same hear 😊
🖤🥀_itx A….
It’s i vess hama majaa kohli…… I didn’t mean it…. Sorry for saying that.. 😔
Hehe..No need say “Sorry”🙈🙈 Sometimes it ‘ll happen!!.. it’s fine Gurlll 🧡🔥
Dude,You told 1st So, You’re name should use!!
I AcC it and understands very well ❤️🩹☺️….
NVM,Even through I don’t know who are u..😁
I believe that,You told first and Ur name should use!!!
TTYL 💛
🖤🖤🖤
Awwwnnn thank you very much 😃🖤