Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔައީ ހަނދޭ-8

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
January 24, 2026 4 Mins Read
10 Comments

“މިއަދު ހިގާ އަހަރެންގެ ގެޔަށް..” އަރްފާން އެހެން ބުނުމުން ޔޫރާ އެއްބަސް ވިއެވެ.

“މަންމަމެން މިއަދު އައީމަ އަސްލު މިބުނީ..” އަރްފާން ބުނެލިއެވެ.

“އަސްލުތަ..؟” ޔޫރާ ހިނިތުންވެލިއެވެ.

“ހޫމް..” އަރްފާން އެހެންބުނެ ދުވެލި ބާރު ކޮށްލިއެވެ.

*ޕާރޓް-8*

ސައިކަލް މަޑުކޮށްލީ އާދައިގެ ގެޔެއް ކުރިމައްޗަށެވެ. ފެންސުޖަހައި ގޯތިވަކިކޮށްފައި އޮތީރު ވަރަށް ރީއްޗަށް އެތެރޭގައި ވަނީ ވިނަ ހައްދާފައެވެ. އެކި ވައްތަރުގެ މާގަސްތަށް ވެސް ފެންސު ކައިރީ އިންދާފައި ހުއްޓެވެ. ގޭގެ ބޮޑު ދޮރު ހުޅުވާލާފައި ހުރީރު އެތެރޭ ތިބޭ މީހުން ފެނެއެވެ. އަރްފާންގެ މަންމަ އާއި ބައްޕަ ވެސް ސިޓިންރޫމް ސޯފާގައި ތިބީ އެދެކުދިންގެ އިންތިޒާރުގައެވެ. ސައިކަލުން ފާބާފައި ޔޫރާ މަޑުކޮށްލީއެވެ. އަރްފާން އެތެރެއަށް ވަންނަން ހިގައިގަތުމުން ވެސް އޭނާ އިނީއެވެ.

“ކިހިނެއްވީ..؟” އަރްފާން އައިސް ޔޫރާގެ އަތުގައި ހިފާއްޓާލާމުން އަހާލިއެވެ.

“އަހަރެން ބިރުގަނޭ..” ޔޫރާ ބުނެލިއެވެ. މިއީ އޭނާ އަށް އަރްފާންގެ މައިންބަފައިންނާއި “ފޭސް ޓު ފޭސް” ބައްދަލުވާ ފުރަތަަމަ ފަހަރެވެ. އެހެން ނޫނީ އޭނާ ވާހަކަދައްކާނީ އަރްފާން އާއި ގުޅައިގެން އުޅެމުންނެވެ.

“އަހަ އައީދޯ ދެކުދިން..” އަރްފާންގެ މަންމަ އާމިރާ އުފާވެރި ހިނިތުންވުމަކާއި އެކީއެދެކުދިންނަށް މަރުހަބާ ކިޔެވެ.

“މީ ދޯ ޔޫރާ އަކީ.. މާޝާﷲ ވަރަށް ރީތި..” އާމިރާ އަށް ތަޢުރީފް ނޮކޮށް ނުހުރެވުނެވެ.

“ދެން އަވަހަށް ދެކުދިން އާދޭ ސައިބޯން.. އާދެވުނު ފަހަރަކުން ވާނެ ސާކޮޅެއް ބޯލާގެން ދާން..” އަރްފާންގެ ބައްޕަ ނާފިރް ތެދުވެ ބަދިގެޔާއި ދިމާއަށް ހިގައިގަތެވެ. އަރްފާންގެ މަންމަ އާއި ބައްޕަގެ ހެޔޮކަން ފެނި ޔޫރާގެ މޫނުމައްޗަށް ހިނިތުން ވުމެއް ވެރިވިއެވެ.

“ބުނީމެއްނު ބިރުގަންނަ އެއްޗެއް ނޫނޭ އެއީ..” އަރްފާން ޔޫރާގެ ކަންފަތް ކައިރީ ބުނެލިއެވެ.

އެއްމެން ވެސް ސައިބުއިގެން ވާހަކަ ދައްކަން ތިއްބައި އިޝާނަމާދު ބަންގި ގޮވިއެވެ.

“ދަރިފުޅާ އަވަހަށް ދެންދޭ ޔޫރާ ގެޔަށްލާން.. އެކުއްޖާ ފުޅު ގެޔަށް ލައިފަ މިސްކިތަށް ދޭ..” އާމިރާ އަވަސް އަވަހަށް މޭޒުމަތި ރީތިކުރަން ފެށިއެވެ. ނާފިރް ވެސް އާމިރާ އަށް އެހީވެދީފައި ދިޔައީ ވުޟޫ ކުރާށެވެ. މިއަމަލުން ވެސް ޔޫރާ އަށް މިޢާއިލާ އަކީ ވަރަށް ހެޔޮ ރަގަނޅު އަޙްލާޤް ލިބިފައިވާ ބައެއްކަން އެނގިދިޔައެވެ.

އަރްފާން ވެސް ލަސްނޮކޮށް ޔޫރާ ގެޔަށް ލައިދިނެވެ. ގެޔަށް އާދެވުމުން ޔޫރާ ފޭބިއެވެ.

“ސީޔޫ ސޫން..” ޔޫރާ އެހެން ބުނެލުމާއި އެކު އަރްފާންގެ ފޯން ރިންގް ވާން ފެށިއެވެ. އަރްފާން ފޯނު ނެގިގަނޑީގައި ޔޫރާ އަށް ވެސް ސްކްރީން އަށް އަރައިފާވާ ނަން ފެނުނެެވެ. އެއީ އޭނާ ގަސްދުގައެއް ނޫނެވެ. އޭނާ އަށް ފެނުނީއެވެ. ނަމަކަށް ޖަހާފައި އިނީ މާހިން އެވެ. ޔޫރާ ހިތަށް އެރި އެއީ އަރްފާންގެ އެކުވެރިއެއް ކަމަށެވެ. އެހެެން ކަމުން އޭނާ އަރްފާން އަށް ހަނާ އަޅާލާފައި ގެޔަށް ވަނިއެެވެ.

“ކިތައްފަހަރުތަ ބުނަންވީ ކަލޭ ބޭނުން ހާއިރަކު ނުގުޅާށޭ.. ދެންމެވެސް ޔޫރާ ކައިރީ އިންދަ އޭ ތިގުޅީ.. ބުނަން ދެން ރޭގަނޑު މަށަށް ގުޅަންޔާ ގުޅާ ނުވައެއްގެ ފަހުން..” ކިޔާނެ ހުރިހާ އެއްޗެއް ކިޔައި އަރްފާން ފޯން ބޭއްވިއެވެ. އަދި ދިޔައެވެ.

ގޭތެރެއަށް ވަދެގެން އައި ޔޫރާ ފެނި ރާނިޔާ އޭނާ އަށް ގޮވާލިއެވެ.

“ދަރިފުޅާ އާދޭ ސާބޯން.. ހާދަ ލަހަކުން ގެޔަށް އައިދުވަހެކޭ..” ރާނިޔާ އެހެން ބުނެ ޔޫރާ އަށް ސައިތައްޓެއް އަަޅަން ފެށިއެވެ. އޭރު މޭޒުކައިރީ ރަޝްނާން ވެސް އިނެވެ. ޔޫޝައު ހަމަ ދެއްމެ އަކު ސައިބުގެން ވަނީ ކޮޓަރިއަށެވެ.

“މަންމާ އަޅުގަނޑު މިއައީ އަރްފާން މެންގެޔަށް ގޮސް ސައިބުއިގެން..” ޔޫރާ އައިސް ގޮނޑިއެއް ދަމައިލާފައި އިށީނެވެ.

“އަރްފާން މެން ގެޔަށް ގޮހޭ..؟!!” ފެން ބޯން އިދެފައި ރަޝްނާން ކޮށިނޭރީ ހަމަ ކިރިއާއެވެ.

“ހޫމް.. މިއަދު އަރްފާންގެ މަންމަމެން އައީމަ އެމީހުންނާ ބައްދަލު ކޮށްލަދޭން.. އެމީހުން ވަރަށް ރަގަނޅު..” ޔޫރާ ކިޔައިދިނެވެ. ރާނިޔާ ވެސް އިނީ ވަރަށް ޝައުގުވެރިކަމާއި އެކު އަޑުއަހާށެވެ.

“އަދި ފުރަތަމަ ފަހަރަށްދޯ ތި ދިމާވީ..؟” ރަޝްނާން އަހާލިއެވެ.

“އާން.. އެހެން ނޫނީ ވާހަަކަދައްކާނީ އަރްފާންއާ ގުޅައިގެން އިންނަ ގަޑީގަ..” ޔޫރާ އިނީ ހީލާގެންނެވެ.

“ރަޝް ކޮންއިރަކުންތަ ކުއްޖަކާ ރައްޓެހިވާނީ.. އެކިޔާ ފާޑެއްގެ ލީމް އަކާ ބްރޭކަޕްވި ފަހުން އަދި އަންހެނަކާ ދިމާއަށް ބަލައިވެސް ނުލާ.. އަނެއްކާ އާރްޔޫ ގޭ..؟” ޔޫރާ ވަރަށް ސީރިއަސް ވެލާފައި އަހާލިއެވެ.

“އަނގަޔޭ ކިޔާބަލަ..” ރަޝްނާން ދެބުމަ ކައިރި ކޮށްލާފައި ބުނެލިއެވެ.

“ހޫމް ހޫމް ތިޔަކަހަލަ އެއްޗެހި ނުކިޔާ.. ބުނެބަލަ، އަދި ކަމުދާ ކުއްޖެއް ނުފެނޭތަ..؟” ރާނިޔާ ވެސް އަހާލިއެވެ.

މަންމަ އާއި ކޮއްކޮ އަހަން ފެށީމައި ރަޝްނާން އަކަށް ނުހުރެވުނެެވެ.

“ކަމުދާ ކުއްޖަކު ފެނިއްޖެ..” އިސްޖަހާލައގެން އިނދެ ރަޝްނާން ބުނެލިއެެވެ.

“ވޯވް.. ކޮންނަމެއް ކިޔަނީ..؟ ކޮންތާކު އުޅެނީ..؟ އަންހެނެއްތަ ފިރިހެނެއްތަ..؟” ޔޫރާ އަނެއްކާ ވެސް ސަމާސާ ކޮށްލިއެވެ. މިފަހަރު ރާނިޔާ އަށް ވެސް ހެވުނެވެ.

“ސާބަސް.. ޓްރާންސް އެއް.. ނިމުނީނު..” ރަޝްނާން ވެސް ސަމާސާގައި ބައިވެރިވިއެވެ.

“އެކުއްޖާގެ ނަމަކީ ޒަހްރާ.. އޭނާ އަށް ވެސް 22 އަހަރު.. ޒަހްރާ މަސަށްކަތް ކުރަނީ އަޅުގަނޑު މަސަށްކަތް ކުރާ އޮފީސް ކައިރީ އިންނަ ކޮފީ ޝޮޕް އެއްގަ.. ރޭގަ އަސްލު ލަހުން އާދެވުނީ ޒަހްރާ އާ ދިމާވެގެން ވާހަކަ ދައްކަން ހުރެވުނީމަ..” ރަޝްނާން ކިޔާދިނެވެ. ޒަހްރާ އާއި އޭނާ ދިމާވި ގޮތް ވެސް އޭނާ ކިޔައިދިނެެވެ.

“އައްދޭ ހާދަ ކިއުޓް ލަވް ސޮޓޯރީއެކޭ ދޯ..” ޔޫރާ މޭގައި އަތްޖައްސާލާފައި ދެލޯ މަރާލާފައި “ޑްރަމެޓިކް” ގޮތަކަށް ބުނެލިއެވެ.

“ހޫމް ހޫމް.. ޑްރާމާ ކުއީން ވީނު ފިލްމެއް ކުޅެން ދާން..” ރަޝްނާން ޔޫރާގެ ބޮލުގައި ފުއްޓަކެއް ޖަހާލަމުން ބުނެލިއެވެ.

“އައްޔޯޔް.. މިހާރު އެއޮށްގެން އަށްގަނޑި ބައިވީ މިހެން ވާހަކަ ދައްކަންތިބެވިދާނެ ކިތައްމެ އިރެއްވަންދެކަށް ވެސް.. ދޭ ދުކުދިން ވެސް ކޮޓަރިއަށް..” ރާނިޔާ ގަނޑިބަލާލާފައި އަވަހަށް ތެދުވިއެވެ. ޔޫރާ އާއި ރަޝްނާން ވެސް ވަނީ ކޮޓަރިއަށެވެ.

ފެންވަރާ ތާޒާ ވެލައިގެން ރަޝްނާން ހުއްޓިލީ ޑްރެސިން ޓޭބަލް ކައިރިއަށެވެ. އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ހުޑީއަކާއި ގަދަ ނޫކުލައިގެ ޖިންސް އެކެވެ. އިސްތަށިގަނޑުގައި ފުނާ އަޅާލާފަވެސް އޭނާ ހަދާންވީ ޔޫރާ ބުއިން ވާހަކައެވެ.

“ޒަހްރާ، ދޮންބެ ދެކެ ލައިކްވާން ބޭނުމިއްޔާ ޔޫ ހޭވްޓު މޭކް ހޭރް ފޯލް ފޯރ ޔޫ.. އަންހެން ކުދިންނަށް ރީތިވާނީ ބޯހާވާލާފަ ހުރީމަ އެކަމު އެއީ ހާމުންޑި ކުކުޅެއް ހެނެއް ނޫން..” ޔޫރާގެ މިޖުމްލަ އޭނާގެ ސިކުނޑިތެރޭ ގުގުމާލިއެވެ. ވަގުތުން އަތުން އިސްތަށިގަނޑު ކުޑަކޮށް ހާވާލިއެެވެ. އަދި ގަޔަށް ސެންޓް ކޮޅެއް ޖަހާލިއެވެ.

“ދެން މިރޭ ޒަހްރާ ކައިރިއަށް ދާރު ދޭބަލަ ލައިކް މޭވާ ކޮޅެއް ހިފައިގެން.. ދެން ކީއްކުރަން ގެނަ އެއްޗެއްހޭ އަހައިފިއްޔާ ބުނާނީ-” ޔުރާ ކިޔައިދިން ގޮތަށް ރަޝްނާން ފިހާރެއަށް ގޮސް ދެތިން އާފަލަކާއި މޭބިސްކަދުރު ކޯންޔެއް ނެގިއެވެ. ގަނޑިން ވީއިރު ބަލާލީރު ނުވަގަނޑި ބައިވަނީއެވެ. އަވަހަށް އޭނާ ސައިކަލަށް އަރައިގެން ދިޔައެވެ.

ޒަހްރާ އިނީ ސިޓިންރޫމް ގައެވެ. އޭނާގެ އަތުގައި އޭރު ސިޓީއެއް ކަހަލަ އެއްޗެއް އޮތެެވެ. އެލިޔުން ކޮޅު ކިޔާނިއްމާލާފައި ޒަހްރާ ފުން ނޭވާއެއް ބޭރުކޮށްލިއެެވެ. އެއީ އޭނާގެ ކުރީގެ ލޯބިވެރިޔާ ނާއިޝް އޭނާ އަށް ފޮނުވާ ސިޓިއެވެ. ހަފްތާ އަކު އެއްފަހަރު އޭނާގެ ގޭ ދޮރުމަތީގައި މިކަހަލަ ސިޓިއެއް އޮންނާނެވެ. ޒަހްރާ އަކީ ލޯބީގެ ސިޓީ ކިޔާހިއްވާ ކުއްޖެއް ކަން އެނގުނު ފަހުން ނާއިޝް ހަމަ ކޮންމެ ހަފްތާ އަކު އެގޮތަށް ޒަހްރާ އަށް ސިޓީއެއް ލިޔެދޭނެއެވެ. ނަމަވެސް ދެމީހުން ވަކިވާން ޖެހުނީ ނާއިޝްގެ ސަބަބުންނެވެ. ނާއިޝް ބޭނުންވަނީ ކައިވެނީގެ ބޭރުން ޒަހްރާގެ ނުގަބޫލުގައި އޭނާގެ ގަޔަށް އަތްލާށެވެ. އެކަމާއި ހެދި ޒަހްރާ ނާއިޝް އާއި ވަކިވީއެވެ. ވަކި ވުމައްފަހުވެސް ނާއިޝް އޭނާ އަށް ސިޓީލިޔެދެއެވެ. އެކަމަކު ކުރިން އެސިޓީތަށް ކިޔާފައި ވާއުފަލެއް އެމޫނުމައްޗަކުންނެއް ނުފެނެއެވެ.

ޒަހްރާ ތެދުވެގެން ގޮސް އެސިޓީ ޑަސްބިނަށް ލިތަނާހެން ގޭގެ ބޮޑުދޮރުގައި ޓަކިދިން އަޑު އިވުނެވެ. އެއީ ރަޝްނާން އެނގޭތީވެ އޭނާ ލަސްހިގުމެއްގައި އައިސް ދޮރު ހުޅުވާލިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ބޮޑީގާޑު 11

Next

އިއުލާން…

Next
January 24, 2026

އިއުލާން…

Previews
January 24, 2026

ބޮޑީގާޑު 11

10 Comments!

  1. Shaba_73 says:
    January 24, 2026 at 1:36 pm

    Omg 😱 who is maahin is that a gurll or a boy konmes kameh goas vaan ulhey hen I ge 6 vana hihssu eba buney between mi part vx cry reethi curiously waiting for the next part whens next
    Ilysm and Tc gurllll🥰

    1. _MuXo_ _MuXo_ says:
      January 24, 2026 at 2:09 pm

      Maahin is a boy! 😄
      Shaba ge havana hihssu hama ragalhee eyy dhw! Higaa dhw dhen vaa gotheh balaalan! 👀
      I really appreciate your support! 🤗
      Love you too! 😘
      You also take care my girlyy!! 💙💚

  2. Alaika_22 says:
    January 24, 2026 at 4:04 pm

    Mi part ves Vrh Reethi MA!!!!
    By the who is maahin…..
    Yoora and arufaan dhuru nukurahchey…
    Curiously waiting for next part……
    Whn nxt..?????
    Lysm and Tc my dear

    1. _MuXo_ _MuXo_ says:
      January 24, 2026 at 5:32 pm

      Thank you Alaika_22!!
      Maahin is also a character!
      Dhen vaane goii balaalan higaa dhw!
      Next part ves v avahah Inshaallah!
      Love you too! You also take care!

  3. Miss jennie says:
    January 24, 2026 at 6:58 pm

    Mi part ves varah reethi. Anekka arufaan akee gay eh baa? Rashnaan ” anga ey kiyaabala” ethan kolhu got me laughing. Curiously waiting for next part???

    1. _MuXo_ _MuXo_ says:
      January 24, 2026 at 7:49 pm

      Thank you!
      Lets see dhw Arfaan ah vaanee kihineh thw dhw!!
      Hehe!! Happy to know thah I made you laugh!!

  4. ☆Berrycake☆ ☆Berrycake☆ says:
    January 25, 2026 at 12:25 pm

    Wow, nice story ma sha Allah 🤍🤍🤍
    Actually my kokko said “hey dhontha, there’s this story where a boy have same name as dhonthabe (ashwaan) and it’s very nice and an interesting story, u must read” and honestly I couldn’t help but binge read this upto here (I don’t know how did I even managed to do this as a grown up busy adult lol 😅😅😅)
    Love to see more teens writing than adults 🤍🤍🤍 I am sad that I won’t have much time to read regularly since I am getting ready for a “full time mom” and also it’s my kokko’s O level year, so I am here to wish you luck in advance, I hope u keep up this good work and get good comments and support. Lysm🤍🤍🤍
    I will comment later again once I catch up with up coming parts.
    🤍🤍🤍

    1. _MuXo_ _MuXo_ says:
      January 27, 2026 at 1:34 pm

      Thank you so much! 🥰
      Really happy to know that you loved my story!
      Tell your kohkko I said thank you! 🤭
      Omggg you are becomingg a mom! Really happy for you! Inshaallah your baby will born as a healthy baby! 😊
      Its okay that you can’t read my stories since you are busy! Vaguthu vee varakun kiyaalaa! 💙
      Good luck from me to your kohkko! ✨

  5. 🖤🥀_Cer says:
    January 26, 2026 at 5:47 am

    Maasha Allah 🖤🎀
    So so Amazing Prt..I read yesterday by the time ,You publish..But I was buxyy that’s why I couldn’t..✨🌸🌸🌸
    🌸🎀..Awww 🥰🥰Yoora edhiyaey soon_to be in law’s house ah dhw!!I really like that Yoora haadha biru gannanyyy thaa dhw..
    Rashnan edhen Zahra aa hedhi moya vanee eyy…Thi varah eyna ah fall 🍁 Veema you ‘ll catch a cold ❄️ Bro!!
    Zahra ah ves Rashnan ah vaavaru eba veyy thaa!!Dhe meehun Fall vefa dhen Avahah propose Kureyy eyrun wed ah dheveynee…🎀🌸
    Muxo, Ur my Fav Author Always 💋✨
    Lyssmm 💋 🦋🦋 Tc of yourself 🫶 🤎
    Sis ,when ‘s next?🤎🤎🦋🦋
    🎀🌸🎀🌸🌸

    1. _MuXo_ _MuXo_ says:
      January 26, 2026 at 1:09 pm

      Hehe Thank you 🖤🥀_Cer! 🥰
      Its okay take your time dear! ✌
      Yoora dhiyaee dhw Arfaan aa ekee!
      Rashnaan really loves Zahra dhw! Lets see if they will make it! 🤭
      Awwn thank you! 💙
      Love you more! 😘
      You also take care honey! 😊
      Next part Inshaallah tommoro! 😄

Comments are closed.

Next Episodeތިޔައީ ހަނދޭ-9←


All Right Reserved!