އެކުގައިވާނަން-26
ފެނުނު މަންޒަރުން ހަޔާގެ ދެލޯ ބޮޑުވިއެވެ. މީހާ ހުއްޓުން އެރިއެވެ. މިމަންޒަރު ފެނިފައި ދެން ތިބި ދެމީހުން ވެސް އައިސް ކޮޓަރިތެރެެއަށް ބޯދިއްކޮށްލިއެވެ. ހަޔާ އެކޭ އެއްފަދައިން އަޒްހާން އާއި ކައިލާން އަށް ވެސް ވީ ހަމައެހެންނެވެ.
*ޕާރޓް-26*
ޑްރެސިން ޓޭބަލް އާއި ދިމާ ތިރިއަށް ޔަސްރާ އޮތީރު އޭނާ އޮތީ ހޭނެތިފައެވެ. އޭރު ވެސް ޔަސްރާގެ އަތުގެ ކުޑަހުޅުން ލޭއާދެއެވެ. އެމީހާ އެދިޔައީ ޔަސްރާގެ އަތް ކަފާލާފައެވެ. ހަޔާ އަށް ބިންމައްޗަށް ޖެހިގަނެވުނެވެ. އަޒްހާން ދުވެފައި އައިސް ޔަސްރާ އަށް ގޮވަން ފެށިއެވެ. ކައިލާން ވެސް ހުރީ ހަދަންވީގޮތެެއް ނޭނގިފައެވެ. އެއްފަހަރު އަޒްހާންގެ މޫނަށް އަނެއްފަހަރު ހަޔާގެ މޫނަށް ބަލާލާފައި އޭނާ ފޯނު ނަގައި އެންބިއުލައިންސް އަށް ގުޅާލިއެވެ.
މާގިނައިރުތަކެއް ނުވެ އެންބިއުލައިންސް އައިސް ޔަސްރާ ގެންދިޔައެވެ. ޔަސްރާ އާއި އެކީ އެންބިއުލައިންސް އަށް އެރީ އަޒްހާން އެވެ. ހަޔާ އިނީ އަދިވެސް ހުއްޓުން އަރާފައެވެ. ޔަސްރާ ގެންދިއުމުން ކައިލާން ހަޔާ އާއި ދިމާއަށް ބަލާލިއެވެ. ޖަހައިފައި އިން ބުއްދެއްހެން ބޭރު ބަލަން އިން ހަޔާ ފެނި ކައިލާންގެ ހިތުގައި ރިއްސާލިއެވެ.
“ހަޔާ.. އާރ ޔޫ އޯކޭ..؟” ކައިލާން ހަޔާގެ ކޮޑުގައި އަތް ބާއްވާލަމުން އަހާލިއެވެ. ސިހިފައި ހަޔާ ބަލައިލިއެވެ. އޭރު އެދެލޮލުން ކަރުނައިގެ އަސަރު ފެންނަން ހުއްޓެވެ. ކައިލާން އިރުކޮޅަކު ބަލަން ހުރެފައި ހަޔާ އޭނާގެ ގަޔާ ކައިރިކޮށްލިއެވެ. ހަޔާ އަށް ހިފާއްޓާލެވުނީ އެހިސާބަށެވެ. ރޯންފެށުނެވެ. ކައިލާން ހަޔާގެ ބޮލުގައި މަޑުމަޑުން ފިރުމަމުން ދިޔައިރު އޭނާ އަށް ވެސް އަސަރު ކޮށްފިއެވެ. މިއީ ހާދަ ރަގަނޅު އެކުވެރިއެކޭ ހިތަށް އެރިއެވެ. އެކުވެރިޔާ އަށް ދެރަ ގޮތެއް ވުމުން ކަރުނަ އަޅައި ރޮނީއެވެ. ހަޔާ ހާދަ ރަގަނޅެވެ. ހަޔާ އަކީ ހަމަ ހަޤީޤީ އެކުވެރިއެކެވެ.
އިރުކޮޅަކު ރޮއި ލުމަށްފަހު ހަޔާ ދުރުވެލިއެވެ. އޭނާ އަށް ކައިލާން ގައިގައި ބައްދާލެވުނު ކަން އެނގުމުން އޭނާ ލަދުގަތެވެ. އިސްޖަހާލެވުނެވެ.
“ސޮރީ..” ނޭފަތް ދަމާލަމުން ހަޔާ ބުނެލިއެވެ.
“އިޓްސް އޯކޭ..” ކައިލާން ލޯބި ހިނިތުން ވުމަކާއި އެކީ ބުނެލިއެވެ. ހަޔާ އަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
“ހިގާދޯ އަހަރެމެން ވެސް ދާން ހޮސްޕިޓަލަށް..” އިރުކޮޅެއްގެ ހަމަހިމޭންކަމަށް ފަހު ކައިލާން ބުނެލިއެވެ. ހަޔާ ވެސް އެއްބަސް ވިއެވެ. ދެމީހުން ވެސް ބައިސްކަލަށް އަރައިގެން ނައްޓާލިއެވެ.
ޝަޔާން މަޑުމަޑުން ހިގައިލާފައި އައިސް ކޮޓަރިގަނޑުގެ ދޮރު ހުޅުވާލިއެވެ. އޭރު އެއަންހެން މީހާ އިނީ އޭނާ އަބަދުވެސް އިންނަ ސޯފާގައެވެ. ޝަޔާން ވައިންކަން އެނގުމުން އެއަންހެން މީހާ ސުވާލުކޮށްލިއެވެ.
“އަހަރެން ބުނި ކަންތަށް ކުރެވުނު..”
“ލައްބަ..” އަދަބު ވެރިކަމާއި އެކީ ޝަޔާން ބުނެލިއެވެ.
“ދެވަނަ ފަހަރު އޭނާ ކައިރިއަށް ދެން ދާނީ-” އެއަންހެން މީހާ ޝަޔާން ކައިރީ ކުރަންވީ ހުރިހާ ކަމެއް ވަރަށް ތަފްސީލުކޮށް ކިޔާދިނެވެ. މިވާހަކަތަށް އަޑުއެހުމަށް ފަހު ޝަޔާންގެ ތުންފަތުގައި ދުވެލީ ވިހަ ހިނިތުން ވުމެކެވެ. އެއަންހެން މީހާގެ ޕްލޭން އާއި އެއްކޮށް ހުރިހާކަމެއް ދާނެކަމުގެ ޔަޤީންކަން ދީފައި އޭނާ ނުކުތެވެ.
އެމެޖެންސީ ރޫމް އިން ފަރުވާކޮށްގެން ވޯޑަށް ބަދަލު ކޮށްލެވުނީރު އެކެއް ޖަހައިފިއެވެ. ޔަސްރާގެ އަތުގެ މުލައްދަޑީގައި ބެންޑޭޖް ގަނޑެއް އަޅައިފައިވީރު އަދި ވެސް އޭނާ ހެޔެއް ނާރައެވެ. އަޒްހާން އައިސް އެނދުކައިރީގައި އިން ގޮޑީގައި އިށީންދެލިއެވެ. އަދި ޔަސްރާގެ އަތުގައި ފިފާލިއެވެ. އޭރު އަޒްހާން މަސަށްކަތް ކުރަމުން ދިޔައީ ނުރުއިމަށެވެ. ޔަސްރާގެ މޫނުމަތި ހީވަނީ މަރު މައްޔިތެއް ހެންނެވެ. ތުންފަތް ވެސް ވަނީ ފަޅައިގެން ގޮށްސައެވެ. އަތުގަޔާއި ކަރުގައި ވެސް މީހަކު ދަތް އަޅައިފައި ހުރި ކަމުގެ ނިޝާންތަށް ފެންނަން ހުއްޓެވެ.
“ޔަސް.. އަހަރެންނަށް މަޢާފް ކުރޭ.. އަހަރެންނަށް އާދެވުނީ މާލަހުން.. ސޮރީ، ވަރަށް ބޮޑަށް ސޮރީ.. އަހަރެންނަށް އަވަހަށް އާދެވުނު ނަމަ ޔަސް އަށް މިހެން ނުވީސް.. އަހަރެން މިބުނީ އަހަރެންގެ އަތުގައި އެމީހަކު ޖެހޭ ދުވަހަކުން އެމީހަކު މަރާލާނަން..” އަޒްހާން ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަޑުގައި ކުޑަ ތުރުތުރެއް ހުއްޓެވެ.
އިރުކޮޅަކުން ހަޔާ އާއި ކައިލާން ވެސް އައެވެ. އެދެކުދިން އައުމުން އަޒްހާން ދިޔައީ ފިހާރެއަށެވެ. ޔަސްރާ ހޭއެރުމުން ކާއެއްޗެއް ދޭށެެވެ. އަނދިރިމަގަކުން ފިހާރެއަށް ދިޔައިރު ފަހަތުން މީހަކު އަންނަހެން އަޒްހާން އަށް ހީވާން ފެށިއެވެ. އެހެން ހީވާން ފެށުމުން އޭނާ ހިގުން ބާރުކޮށްލިއެވެ. ގޮސް ފިހާރެއަށް ވަނީރު އެއްވެސް މީހަކު ފިހާރެއަކު ނެތެވެ. އޭނާ އެކިތަންތަން ބަލަމުން އައިސް އާފަލަކާއި ކިރުޕެކެޓް އަކާއި އެހެނިހެން ދޭޗެއް ނަގައިގެން އެނބުރިލަތަނާހެން އޭނާގެ ލޮލުގައި އަލައިގަތީ ޗިޕްސް ޕެކެޓް އެކެވެ. އަވަހަކަށް ޔަސްރާ ދޫކޮށްނުލާނެކަން އެނގޭތީވެ އޭނާ ބޭނުންވީ ޔަސްރާ އަށް މީރު އެއްޗެއް ނެގުމަށެވެ. އެވަގުތު އެތާ އިން އެއްމެ ފަހު ޗިޕްސް ޕެކެޓް ކަމުން އަޒްހާން އަވަހަށް އޭތި ނެގިއެވެ. ނެގި ވަގުތު އެ ހަރުގަނޑުގެ އަނެއް ފަރާތުގައި އިން ފިރިހެންމީހާ އޭނާ އަށް ފެނުނެވެ. އެމީހާ އިނީ ސީދާ އޭނާ އަށް ބަލާށެވެ. މޫނުމަތި ނިވާކުރުމުގެ ގޮތުން އަޅައިފައިވާ އެމާސްކް އިން ފެންނަން ހުރީ އެމީހާގެ ތޫނު ދެލޮލެވެ. އެމީހާ ބަލަން ހުރި ގޮތުން އަޒްހާން އަށް އުނދަގޫވިއެެވެ.
އަވަހަށް އެތަނުން ދުރަށް ދާންވެގެން އޭނާ ހިގައިގަތެވެ. ގައިން އެއްޗެހި ހިފައިގެން ފިހާރެއިން ނުކުމެ ފަހަތް ބަލައިލިއިރު އެމިހާ އަޒްހާން ފަހަތުން އަންނަނީ އެވެ. އަޒްހާން ހިތް ބިރުގަތެވެ. އަނެއްކާ މިއުޅެނީ ކިހިނެއް ވާންހެއްޔެވެ؟ އަވަސް ފިޔަވަޅު ތަކެއްގައި އޭނާ ހޮސްޕިޓަލާއި ދިމާއަށް މިސްރާބު ޖެހިއެވެ.
ހަޔާ އިނީ ޔަސްރާ ކައިރީގައި އިށީން ދެލައިގެންނެވެ. އޭރު ވެސް އޭނާ ނިދިއައިސްގެން ތާއްޔާޖެހެނީ އެވެ. މިމަންޒަރު ފެނި ކައިލާން އައިސް ހަޔާ އަށް ގޮވާލިއެވެ.
“އެތާ ސޯފާ އަށް ގޮސް އޮށޯވެލާ..” ކައިލާން އެހެން ބުނުމުން ހަޔާ ދެކޮޅު ނަހަދާ ތެދުވިއެވެ. އޭނާ ގޮސް ސޯފާގައި އިށީން ދެލައިފައި ކައިލާން އަށް ގޮވާލިއެވެ. ހަޔާ ގޮވާލުމުން ކައިލާން ބަލައިލިއެވެ.
“ޔަސްރާ ހޭއެރީމަ އަހަރެންނަށް ގޮވައްޗޭ..” ކައިލާން ބޯޖަހާލިއެވެ. ހަޔާ ހިނިތުން ވެލައިފައި އޮށޯތެވެ. ވީ ސިކުންތު ކޮޅެކެވެ. އޭނާ އަށް ނިދުނެވެ. ކައިލާން ޔަސްރާ ކައިރީ އިށީން ދެލިއެވެ. މާދަމާ އަކީ ސްކޫލަށް ދާން ނުޖޭހޭ ދުވަހެއްކަން ނަސީބެކޭ އޭނާ ހިތަށް އެރިއެވެ. އަޒްހާން ނައިސް ލަސްވާން ފެށުމުން ކައިލާން ފުދޭވަރަކަށް ކަންބަޑުވިއެވެ. އަނެއްކާ އެމީހާ އަޒްހާން އާއި ދިމާކޮށްލީ ހެއްޔެވެ؟
ޔަސްރާ ކައިރީ އިރުކޮޅަހު ހުރެލައިފައި ކައިލާން ބަލައިލީ ހަޔާ އާއި ދިމާއަށެވެ. އޭރު ހަޔާ އޮތީ ކުރުގެޅި ލައިގެންނެވެ. ހީވާ ގޮތުން އޭނާ އަށް ފިނިވަނީއެވެ. ކައިލާން ތެދުވެގެން ގޮސް ހަޔާ ކައިރީ ހުއްޓިލިއެވެ. އޭނާ ބަލައިލީ އެކްސްޓްރާ ބްލޭންކެޓް އެއް އޮތްތޯއެވެ. އެތާ އިން ކުޑަ މޭޒެއް ކަހަލަ އެއްޗެއް މަތީގައި ބްލޭންކެޓް އެއް އޮށްތަން ފެނުމުން ކައިލާން އޭތި ހިފައިގެން އައިސް ހަޔާގެ ގައިގައި އަޅާލިއެވެ. އަދި އޭނާ ހަޔާ ކައިރިއަށް އެއްކަކޫ މައްޗަށް އިށީން ދެލިއެވެ. ހަޔާ ނިދައިފައި އޮންނާއިރު ހާދަ ލޯތްބެވެ. ހާދަ މައުސޫމް އެވެ. ހަޔާގެ މޫނަށް އެޅިފައި އޮތް އިސްތަށި ކޮޅެއް ކައިލާން ދުރުކޮށްލިއެވެ.
ހަމައެވަގުތު މަޑުމަޑުން އެސްފިޔަތަށް ތަޅުވައިލައިފައި ޔަސްރާ ދެލޯ ހުޅުވައިލިއެވެ. އަތަށް ގުޅައިފައި އޮށް އައިވީ އިން އޭނާ އޮތީ ހޮސްޕިތަލުގައި ކަން އޭނައަށް އެނގުނެވެ. ވަށައިގެން ހޯދައިލެވުނު އިރު އޭނާ އަށް ފެނުނީ ހަޔާ ކައިރީ އިށީން ދެލައިގެން އިން ކައިލާން އެވެ. ޔަސްރާ ގާތަށް ކޫޑަކޮށް ހިނިއައެެވެ. ނަމަވެސް ހިނިތުން ވެލިތަނާހެން އޭނާ އަށް ކެއްސައިގަނެވުނެވެ.
މިއަޑު އިވިފައި ސިއްސައިގެން ދިޔަ ކައިލާން ބަލައިލިއިރު ޔަސްރާ ކެއްސަނީއެވެ. އަވަހަށް އައިސް ފެނަތައްތެއް އަޅައިފައި ޔަސްރާ އަަށް ފެންތައްޓެއް ދިނެވެ. ކެއްސުން ހަމައަކަށް އެޅުމުން ޔަސްރާ ކައިލާން އަށް ބަލައިލިއެވެ.
“ޔޫ ލައިކް ހާރް ދޯ..؟” ޔަސްރާ އަހާލީރު އޭނާ އިނީ ލާނެތް ގޮތަށް ހިނިއައިސް ފައެވެ.
“ހޫމް..” ބޯކަހައިލާފައި ރަކި ގޮތަކަށް ކައިލާން ޖަވާބު ދިނެވެ.
“ހަމަ ޖެހިބަލަ ނުބުނާނަމޭ..” ޔަސްރާ ކުޑަކޮށް ހީލިއެވެ.
“މިހާރު ރަގަނޅުތަ..؟” ކައިލާން އަހާލިއެެވެ.
“ބޮލުގަ ކުޑަކޮށް އެބަ ރިހޭ.. އެކަމު އަނެއްހެން އޯކޭ..” ޔަސްރާ ޖަވާބުގައި ބުނެލިއެވެ.
“އަހަރެން މިއަންނަނީ ޑޮކްޓާރް ގޮވައިގެން..” ކައިލާން އެހެން ބުނެ ނުކުތެވެ. ކައިލާން އަށް ނުކުމެވުނީ އަޒްހާން ކުރިމައްޗަށެވެ. ޔަސްރާ ހޭއަރައިފިކަމަށް ބުނެ އޭނާ އެދަނީ ޑޮކްޓާރ ބަލާކަށް ބުނެ ކައިލާން އަނެއްކާވެސް ހިގައިގަތެވެ.
އަޒްހާން ވަދެފައި ޔަސްރާ ދެލޯ ހުޅުވައިލައިގެން އޮތްތަން ފެނުމުން ހިތަށް ލިބުނު ހިތްހަމަޖެހުން ބަޔާން ކުރަންވެސް ދައްޗެވެ. އޭނާ ގެނަ ކޮތަޅުތަށް މޭޒުމަތީގައި ބައިންދާފައި އަޒްހާން ޔަސްރާ ކައިރީ އިށީން ދެލިއެވެ. އަދި ޔަސްރާގެ އަތުގައި ހިފާލިއެވެ.
“އޯކޭތަ..؟” އަޒްހާން އަހާލިއެެވެ. ޔަސްރާ ބޯޖަހާލިއެވެ.
“އެމީހާ ޔަސް ކައިރީ ބުނީ ކީކޭ..؟” މިފަހަރު އަޒްހާން ކޮށްލީ އެހެން ސުވާލެކެވެ. ޔަސްރާ ހުއްޓުން އެރިއެވެ. ޝަޔާން ބުނި ބަސްތަށް އަނެއްކާވެސް އޭނާގެ ސިކުނޑިތެރޭގައި ގުގުމަން ފެށިއެވެ.
“އަހަރެންގެ ވާހަކަ އެހެން އިތުރު މީހެއްކައިރީ ބުނެފިއްޔާ ޔަސްރާގެ ފުރާނައަށް ގެއްލުން ވާނެ.. އަހަރެން ބުނާކަންތަކަށް ބަސް އަހައިގެން އެއްބަސް ވީމަ ވީނު..” ޝަޔާން އޭނާގެ ކަންފަތް ބުޑުގައި ބުނިި އެއްޗިހި ވަރަށް ތާޒާކަމާއި އެކު އޭނާގެ ސިކުނޑިތެރޭ އެބަހުއްޓެވެ.
“ބަސް އެހީމަ ލިބޭ އަނިޔާ ވެސް ކުޑަވާނެ..” އަނެއްކާ ވެސް ޔަސްރާގެ ސިކުނޑިތެރޭ ހަދާން އަވާން ފެށިއެވެ. އޭނާ އެކަންތަށް ހަދާން ކުރާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. މިކަހަލަ ހިތާމަވެރި ކަމެއް ވެއްޖެއްޔާ އިންސާނާގެ ހަދާނުގައި އެކަންތަށް ވަރަށް ފަށޭހަކަމާއި އެކީ ހަރުލާނެއެވެ. ޔަސްރާ ހުއްޓުން އަރައިފައި އިންތަން ފެނިފައި އަޒްހާން ޔަސްރާގެ އަތުގައި ކޮށްޓާލިއެވެ. އެވަގުތު ޔަސްރާގެ ދެލޮލުން ކަރުނަ އަންނަން ފަށައިފިއެވެ. އަޒްހާން ވަގުތުން ޔަސްރާގެ ގައިގައި ބައްދާލިއެެވެ. ޔަސްރާ އިނީ ހަމަ ކުރިން އިން ގޮތަށް ހުއްޓުން އަރާފައެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







Mi part vx vrh reethi MA!! 😍
Alhe Azhern dhen Yasra aa Avahah marry kohba!
Eyrun Azhern ah Yasra beleyne ehnu… 😢
anhen meehaa bunegen tha Shayan Yas ah ehen e hadhany
Raashim ulheny Konthaaku??
Yas ekani geyga ohnaakah nuvaane ehnu 😣
Azhern ah follow kury Shayan kamah vedhaane dhw
Curiously waiting for the next part when’s next?
Lyy and Tc gurll 💙
Thank you so much Shaba_73! 😊
Chill girl.. They will marry..! ✌
Yes! E anhen meeha bunegen shayaan ehen kanthah kuranee! 😀
Yeah.. Hama vedhaane dhw shayaan kamah ves Azhaan ah follow kuree!🙃
Next part ves v vahahah Inshaallah! 😁
Love you too!😘
You also take care Shaba! 🥰
Awwnn hehe ✌️
🥰
Vrh reethi curiosly waiting for the next part😊
When next????
Thank you! 🥰
Next part ves v avahah Inshaallah! 😊
Maasha Allah 🖤🥀
so so Amazing Prt!!…So sorry for Yass 🧡Her Bf Damn it! AxHern you need to fast Ur wedd with herr… She’s in danger…Otherwise You’ll lose her Perhaps, I hate that ShaYern!! That Guy is doing everything just for money…OMG!!
I’m eager to say so sorry that I read it the time U publish…But I was in stress Bcx of A badge that give in schl… It’s my sec time for that I have the fear I ‘ve in past…May Allah Bless such a Wonderful success ahead in Your life …
Inshallah 🥳❤️ When’s next?
🍁🍁🍁
Aslu reason mibunely vrhh Madhu vaane thi
Kahala Authors who cares everyone…I really appreciate Ur hardwork…BYE TC of yourself Gurlll 🧡🧡
Thank you! 😊
Chill girl they will marry very soon!
Its okay that you read it later.. Ypu said ypu were busy eyy dhw.. Aslu it’s okay eyy.. Baeh faharu stress ves vaane ekamu don’t let it ruin your life okay..! 😀
May allah guid you and your family and give you success..💙💚
Awwn thank you for telling me.. I really am happy.. 🥰
Next part of tge story ves v vahah Inshaallah! Muxo ves midhuvas kolhu mi ulhenee kudakoh busy koh! 😭
You also take care and Love you my darling! 🥰
WC ,Dude 😎 Well, I wouldn’t do that !! Take your time and Publish kohlaa eyrun okayy vaane TBH, I’m Ur Big Fan 💚🍁I’ll read Ur stories Always…🤍🩶🥀
❤️🍁