Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މުޅި ހިތް ބޭޤަރާރު ވެއްޖޭ-9

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
January 18, 2026 6 Mins Read
13 Comments

އެއްޗެހި ބަދަލުކޮށް މޫނުދޮވެ ހަދައިގެން ޒާޔާ ފާޙަނައިން ނުކުތެވެ. ނުކުތީރު ޖައިލަމް އޮތީ ނިދާފައެވެ. ޖައިލަމްގެ ކަޝްރަތީ ހަށިގަނޑު ފެނި ޒާޔާގެ ގަޔަށް ފިނިވިއެވެ. ޖައިލަމް ނިދާފަަ އޮންނައިރު ވެސް ހާދަ ރީއްޗެވެ. ހާދަ ހިއްގައިމެވެ. އިރުކޮޅަކު އެހެން ބަލަން ހުރެފައި ޒާޔާ ގޮސް ލައިޓް ނިއްވާލާފައި އައިސް އެނދުގެ އަނެއްފަރާތުގައި އޮށޯތެވެ. ޖައިލަމް އޭނާ އަށް ހާދަ ރަގަނޅެެވެ. އެކަމު އޭނާ ރުޅި އަައިސްގެން ޖައިލަމް އާއި ދިމާއަށް ހާދަ އެއްޗިއްސެއް ކިއިއްޖެއެވެ. އެކަމަކު ވެސް ޖައިލަމް އޭނާ ދެކެ އެއް ރުޅި އެއް ނާދެއެވެ. އޭނާ ވަރިއެއް ނުކުރެއެވެ. މިކަހަލަ ހިޔާލު ތަކުގައި އޮވެ ޒާޔާ އަށް ނިދުނެެވެ.

*ޕާރޓްް-9*

ސޯނާވަމުން ދިޔަ ގަނޑީގެ އަޑުން މުޅި ކޮޓަރިތެރޭގައިވަނީ އަޑުބައްދާލެވިފައެވެ. ސެހްރީޝް އަށް އެއަޑުން އުދަގޫވާހެނެއް ހިޔެއްނުވެއެެވެ. އުއްޑުން އޮތީރު އޭނާގެ ނަޒަރު ސީދާ ވެފައިވަނީ ސީލިންގާއި ދިމާއަށެވެ. ރޭގައި ރުއި ރުއި ދެލޯ ވެސް ވަނީ ރަތްވެ ދުޅަވެފައެވެ. ހަމްދާން އޭނާ އަށް ދެދުވަހުގެ މުއްދަތެއް ދިނަސް އޭނާ އަށް އެކައިވެންޔަށް އާއެކޭ ބުނެވޭނީ ކިހިނަކުންހެއްޔެވެ؟. އޭނާ ލޯބިވަނީ ވާސިލް ދެކެއެވެ. އޭނާ އަށް ވާސިލް އާއި ނުލާ އުޅެވޭނީ ކިހިނަކުން ހެއްޔެވެ؟. ކައިވެންޔަށް އޭނާ ނުނެކޭ ބުންޔަސް ހަމްދާން އެކައިވެނި އޭނާ ލައްވާ ކުރާނެ ކަން އޭނާ އަށް ދަނެއެވެ.

މަޑުމަޑުން އެނދުން ތެދުވެގެން ސެހްރިޝް ގޮސް ޑްރެސިންޓޭބަލް ކައިރީ ހުއްޓިލިއެވެ. އޭނާ މިއަދު ވާސިލް އާއި ބައްދަލު ކޮށްލަން ބޭނުމެެވެ. ވާސިލް ކައިރީ މިވާހަކަ ދައްކަން ބޭނުމެވެ. އޭނާ އާއި ވާސިލް ދުރުވާން ޖެހޭނެކަން ބުނެދޭން ބޭނުމެެވެ. އަނެއްކާ ވެސް ސެހްރިޝްގެ ލޮލުން ކަރުނަ ތިއްކެއް ނިރާލިއެވެ. ކަރުނަތަށް ފުހެލައިފައި އޭނާ ލޯގަނޑަށް ބަލާލިއެވެ. އަދި އަމިއްލަ މީހާ އަށް ހިނިތުންވެލިއެވެ. ހަމްދާން ކޮންމެ ނިއްމުމެއްވެސް ނިއްމާނީ އޭނާ އަށް ރަގަނޅަކަށެވެ. އެގޮތް ގަބޫލުކޮށްގެން އޭނާ ރުހެމުން ކައިވެންޔަށް އެއްބަސް ވާންވީނޫން ހެއްޔެވެ؟.

ހެނދުނުގެ ނާސްތާ ކުރަން އެއްމެން މޭޒުކައިރިއަށް އައިރު ވެސް އާކިފް އެއް ކޮޓަރިއަކުންނެއް ނުނުކުމެއެވެ. އޭނާ އަދިވެސް ހުރީ ރުޅި އައިސް ފައެވެ. މިއޮށްހާ ދުވަހުވެސް ކައިވެނީގެ ވާހަކަ ނުދައްކާ ކައިވެނި ކުރަންވީމާ އެބުނެލީއެވެ. އާކިފް އޮތީ އެނދުމަތީގައި އޮށޯވެލައިގެން ވިސްނާށެވެ. ޒާޔާ އާއި އޭނާ ގުޅުނީ ވަރަށް ލޯބިންނެވެ. ޒާޔާ އަކީ އޭނާގެ އެއްމެ ފުރަތަމަ ލޯތްބެވެ. އެއްމެ ފުރަތަމަ އޭނާ ލޯބީގެ ގޮތުން ގުޅުން އަންހެން ކުއްޖާ އެވެ. ޒާޔާ އަށް މިވަރުގެ ބޮޑު ލަނޑެއް ދޭކަށް ނުވާނެއް ނޫންހެއްޔެވެ. ކޮންމެ ވެސް ދުވަހަކުން ދެމީހުން ކައިވެނި ކުރާނެމޭ ކިޔައި ދެއްކި ހުރިހާ ވާހަކަތަކާއި ދެކުނު ހުރިހާ ހުވަފެންތަށް އެއްފަހަރުން ފުހެވިގެން ދިޔައީއެވެ.

ހެނދުނުގެ ސައިބޯން އަރައިފައި ސެހްރިޝް އިނީ ބަހެއްވެސް ނުބުނެއެވެ. ހިމޭނުން އިދެ ސައިބުއިގެން އޭނާ ގެއިން ނުކުތެވެ. ދަނީ ކޮންތާކަށް ތޯއެއް މިފަހަރަކު ވަދީފާ އެއް ނާހައެވެ. ސެހްރިޝް އަށް ވަގުތު ބޭނުން ވާނޭ ކަން އޭނާ އަށް ވެސް އެނގެއެވެ. ސެހްރިޝް ވިސްނަން ވަގުތު ބޭނުންވާނެއެވެ. ހުރިހާ ކަމަކީ މައިންބަފައިން ކައިރިން މަޝްވަރާ ހޯދާ ކަންކަމެއް ނޫނެވެ. ބައެއް ފަހަރު އަމިއްލަ އަކަށް ދަރިފުޅު ވިސްނަން ބޭނުންވާނެއެވެ. އެކަން ވަދީފާ ދަނެއެވެ.

ކާރު ގޮސް މަޑުކޮށްލީ ވާސިލް ދިރިއުޅޭ އެޕާރޓް މެންޓް ކުރިމައްޗަށެވެ. ބޭރަށް ނުނިކުމެ ސެހްރިޝް މަޑުކޮށްލީ ވާސިލް އަށް ގުޅާލާށެވެ. ނުބުނެ އާދެވުމުން އޭނާ ބޭނުންވީ ގުޅާލާށެވެ. ދެފަހަރަކު ގުޅުމުންވެސް އޭނާ ފޯނެއް ނުނަގައެވެ. އެއްމެ ފަހުން ސެހްރިޝް ކާރުން ފައިބައިގެން ގޮސް ބިލްޑިނގަށް އެރިއެވެ. ފަހަރަކު ހަރުފަތެއް ގިރާކުރަމުން ދިޔައިރު އެޅޭ ކޮންމެ ފިޔަވަޅަކާއި އެކު އޭނާގެ ހިތް ތެޅިގަނެއެވެ. ވާސިލް “ރިއެކްޓް” ކުރާނެ ގޮތެއް ނޭނގޭތީވެ އޭނާ ބިރުގަނެއެެވެ. ވާސިލް އުޅޭ އެޕާރޓް މެންޓް އާއި އަރާހަމަވެފައި ސެހްރިޝް ފުން ނޭވާއެއް ދޫކޮށްލިއެވެ. މީހާ ތައްޔާރު ވެލާފައި ޓަކިދިނެވެ. ދެފަހަރަކު ޓަކި ދިނުމުން ދޮރު ހުޅުވީ އަންހެން ކުއްޖެކެވެ. އެއަންހެން ކުއްޖާ އަށް ސެހްރިޝް ފެނުމުން ހިނިތުންވުން އެއްކޮށް ފިލާ ދިޔައެވެ. އަދި މޫނުމައްޗަށް އެރީ ސުވާލު މާމެކެކެވެ.

“ކޮބާ ވާސިލް..؟” ސެހްރިޝް އަށް ޔަގީންވާކަމަކީ އެއީ ކުރިން ރެއަކު އޭނާ އަށް ބޭރުން ވާސިލް ފެނުނު އިރު ވާސިލް އާއި އެކު ހުރި އަންހެން ކުއްޖާ އަކީ މިކުއްޖާ ކަމެވެ. ގައިމުވެސް އެކުވެރިއެއް ވެސް އެކަނި މާއެކަނި އެޕާޓްމެންޓް އިން ބައްދަލެއް ނުކުރާނެއެވެ. އަނެއްކާ މިއީ ވާސިލް އޭނާ އަށް އޮޅުވައިލައިގެން ރައްޓެހިވެގެން އުޅޭ ކުއްޖެއް ހެއްޔެވެ؟

“އެތެރޭގަ.. ތީކާކު..؟” އެ އަންހެންކުއްޖާ ވަރަށް ތުއި އަޑަކުން ބުނެލިއެވެ.

“ފުރަތަމަ ތީ ކާކުތޯ ބުނެބަލަ..” ސެހްރިޝް އަހާލިއެވެ. އޭނާ ހުރީ ހިތް އަވަސް ވެފައެވެ. އަނެއްކާ މިއީ ވާސިލްގެ ކާކު ހެއްޔެވެ؟

“އަހަރެންމީ ވާސިލްގެ ގާރްލް ފްރެނޑް..” މި ޖުމްލަ އާއި އެކު ސެހްރިޝްގެ މޫނުމަތީ ހީވީ މީހަކު ބޮޑިއެއް އެޅިހެންނެވެ. އެކުއްޖާ އެބުނީ ތެދެއް ހެއްޔެވެ؟ ހަމަ އަސްލައްވެސް އެއީ ވާސިލްގެ “ގާރްލް ފްރެނޑް” ހެއްޔެވެ؟ ނޫނެކެވެ. ވާސިލް އެއް އޭނާ އަކަށެއް އެހެނެއް ނަހަދާނެއެވެ. ވާސިލް އޭނާ ދެކެ އެއަށް ތުރެއް ލޯބިވާނެއެވެ. ވާސިލް އަށް އެވަރު ކަމެއް ކުރާކަށް ނުކެރޭނެއެވެ. ސެހްރިޝްގެ ކަރަށް ވާންވިއެވެ.

“ބޭބީ ކާކުތަ އައީ..” އެތެރެއިން ވާސިލްގެ އަޑު އިވުނެވެ. ވާސިލް އައިސް އެއަންހެން ކުއްޖާގެ ފަހަތުން ބޯދިއްކޮށް ބަލާލިއެވެ. ބަލާލުމާއި އެކު އޭނާގެ ދެލޯ ބޮޑުވިއެެވެ. ސެހްރިޝް ބާލާކަަށް ނުހުރެ އައިކޮޅަށް ހިގައިގަތެވެ. ވާސިލް ސެހްރިޝ އަށް ގޮވަމުން ސެހްރިޝް ފަހަތުން އައިސް އޭނާގެ އަތުގައި ހިފާއްޓައި އޭނާ އާއި ދިމާއަށް އަނބުރާލިއެވެ.

“މަގޭ ގަޔަށް އަތްނުލާ ހުންނާނީ..!!” ސެހްރިޝް ހަޅޭލަވައިގަތެވެ. ބޭއިޙްތިޔާރުގައެވެ. ވާސިލް އޭނާގެ އަތުން ދޫކޮށްލިއެވެ.

“ސެހްރިޝް އަޑުއަހާބަލަ… ލެޓްމީ އެކްސްޕްލެއިން..” ވާސިލް އަދިވެސް އުޅެނީ ސެހްރިޝް އަށް ވިސްނައިދީގެން އަނެއްކާވެސް އޭނާގެ މަޅީގައި ސެހްރިޝް ޖައްސާށެވެ.

“އެކްސްޕްލެއިންނޭ.. ކަލޭ މަށަށް އެކްސްޕްލެއިން ނޮކޮށްދިނަސް ހެޔޮ.. ދެއްމެ ފެނުނު މަންޒަރު އެކަނި ވެސް އެހުރިހާ އެއްޗެއް ފަހުމް ވެއްޖެ.. ވާސިލް އެއްމެ ފަހަރުވެސް ވިސްނާލިންތަ އަހަރެން ވާސިލް ދެކެ ވާލޯތްބާއި މެދު.. އެއިން..؟!! ތިޔަ ނެގި ފިޔަވަޅު ތިޔަނެގީ އަހަރެންނާއި މެދު ވިސްނާފަތަ.. އަހަރެން ވާސިލް އަށް ކޮށްދީފަ ނޮކޮށްދިނީ ކޮންކަމެއް..؟ އަހަރެން ވާސިލް ދެކެވީ ލޯބި މަދީތަ..” ހުއްޓުމެއްނެތި އޭރު ސެހްރިޝްގެ ލޮލުން ދިޔައީ ކަރުނަ އަންނަމުންނެވެ. އޭނާގެ ހިތުގައި އުފެދުނު އެއްމެފާ ޝަކުވާ އެއް ބަންޑުންކޮށްލެވިއްޖެއެވެ. އަޑުގަދަވެގެން ބައެއްމީހުން އެޕާރްޓް މެންޓް ދޮރުން ބޯދިއްކޮށްލައިގެން ތިއްބެވެ.

“ސެހްރިޝް.. އަޑުއަހާބަލަ.. އެއީ އަހަރެންގެ ފްރެންޑްއެކޭ..” ވާސިލް އަނެއްކާ ވެސް ބުނެލިއެވެ.

“ވާވް.. ފްރެންޑްއިންނެއް ނޮގޮވާނެ ބޭބީ ކިޔާފައެއް.. ފްރެންޑިންއެއް ނޫޅޭނެ މަގުމަތިން ދާރު އަތު ގުޅުވާލާގެން ބައްދާގަނެގެންނެއް.. އެއީ ފްރެނޑް އިން އުޅޭ ގޮތެއް ނޫން.. ދެން ކިތައްމެ ވަރަކަށް ތިހެން ކިޔަސް އެއްވެސް އެއްޗެއް ބަދަލެއް ނުވާނެ.. ލޯމަތިން ތެދު ހަޤީޤަތް ފެންނަން އޮންނާރު ވެސް އަދި ވެސް ތިއުޅެނީ އެކަން ބައްދާލެވޭތޯ..” ސެހްރިޝްގެ އަޑު ދިޔައީ ފަހަރަކަށް ވުރެއް ފަހަރެއް ބާރު ވަމުންނެވެ. އޭނާ ރުޅި އައިސް ދެރަވެއްޖެއްޔާ އޭނާ އަކީ މީހުންނާއި ދިމާއަށް އެއްޗެހި ކިޔާ ކުއްޖެކެވެ.

“ބުނަން.. މާކުރިންވެސް މިހެންވާނެކަން އަހަރެން ދެނެހުރިން.. ވާސިލް އަހަރެންނާއި ދޭތެރޭ ކަންތަށް ކުރަން ފެށިގޮތުން ވެސް އެނގޭ އަދި ކޮންމެވެސް ދުވަހަކުން މިކަންމާއި ވެސް ކުރިމަތިލާން ޖެހޭނެކަން.. މިހިސާބުން އަހަރެމެން ދެމީހުންގެ މެދުގައި އޮތް ގުޅުން ނިމުނީ.. ވީއާރް ނޯ ލޯންގާ އިން އެ ރިލޭޝަންރިޕް.. އިޓްސް އޯވާރް..” ސެހްރިޝް ހިގައިގަތެވެ. ވާސިލް އިރުކޮޅަކު ހުއްޓުން އަރައިފައި ހުރީއެވެ. އަނެއްކާ ވެސް ވާސިލް ސެހްރިޝް ފަހަތުން ހިގައިގަތެވެ. ސެހްރިޝް ގޮސް ކާރަށް އަރައި ދޮރު ލެއްޕުމުންވެސް ވާސިލް އައިސް ކުދަދޮރުގަނޑުގައި ޖެހިއެވެ. ދޮރު ހުޅުވުމަށް އެދުނެވެ. އާދޭސް ކުރިއެވެ. އަޅާވެސް ނުލާ ސެހްރިޝް ކާރު ދުއްވާލިއެވެ.

ސެހްރިޗް ދިޔަތަން ބަލަން ހުރެފައި ވާސިލް ދެއަތުން އިސްތަށިގަނޑުގައި ހިފާއްޓާލިއެވެ. މިގޮތަށް މިގުޅުން ނިމިދާކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް ދެން އޭނާ ދައްކާ ވާހަކައެއް ސެހްރިޝް އަޑެއް ނާހާނެކަން އެނގެއެވެ.

ކާރުގެ ސްޕީޑް ބާރުކޮށްލައިގެން ދުއްވަމުން ދިޔަ ސެހްރިޝް އިނީ ރުޅި އައިސްފައެވެ. ވާސިލްގެ ހުރި ލަދުކުޑަކަމެވެ. އޭނަ އާއި ރައްޓެހިވެގެން އުޅެމުން އެހެން އަންހެން ކުއްޖަކާއި ރައްޓެހިވީ ކޮންބޭނުމަކުކަން އޭނާ އަށް ހަމަރަގަނޅަށް ވެސް އެނގެއެވެ. ވާސިލް ކަހަލަ ބޭވަފާތެރިއަކަށް ކަރުނަ އަޅަނީ ކީއްކުރަން ހެއްޔެވެ؟. ހިތުގައި ކިތައްމެ ވަރަކަށް ވެސް ރިއްސަމުން ދިޔައެވެ. ނަމަވެސް ރޯކަށް ބޭނުމެއް ނޫނެވެ. ދެން ދުވަހަކު ވެސް އޭނާ ވާސިލްގެ ސޫރަ ބާލާކަށް ބޭނުމެއް ނޫނެވެ.

އަވާ އާއި އެކީ ކާރުގައި އިން އާކިފް އިނީ ފޯނުން ގޭމެއް ކުޅޭށެވެ. އޭނާ އެއް އަވާ އަކާއި ވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ. އަވާ އޭނާ އާއި ދެކޮޅަށް ތެދުވީމައެވެ. އޭނާގެ ލޯބިވެރިޔާ އާއި އޭނާގެ ގުޅުމަށް އެއްބަސް ނުވީމައެވެ. ކާރު އައިސް މަންޒިލަށް ހުއްޓުމުން އަވާ ފޭބިއެވެ. އާކިފް ވެސް ކާރު ލޯގަނޑުން ބޭރުބަލައިލައިފައި ފޭބިއެވެ. މަތިކޮށް އަޅާލެވިފައިވާ ފާރުގެ ދެފަރާތުން ބޮޑު ގޭޓެއް ވެއެވެ. އަވާ އައިސް ގޭޓް ކައިރީ ހުއްޓިލުމުން އެތާ އިން ބޮޑީގާރޑް ގޭޓް ހުޅުވާދިނެވެ. އާކިފް އިނީ އަދިވެސް ރުޅި މޫނު ހަދައިގެންނެވެ. ޒާޔާގެ ކޮންކަމެއް އޭނާ އަށް ދައްކަން ހެއްޔެވެ؟ ހިތުތެރޭގައި ޝަކުވާ ކުރަމުން އާކިފް އަވާ ފަހަތުން އައިސް އެގެޔަށް ވަނެވެ.

“އައްސަލާމް އަލައިކުމް..” އަވާ ގޮވާލިއެވެ.

“ވަޢަލައިކުމުއްސަލާމް..” ޖަވާބު ދިނީ އެގެތެރޭގައި މަސަށްކަތް ކުރަން އުޅޭ ކުއްޖެކެވެ. އަވާ މެންނަށް ވަންނަން ތަންދައްކާފައި އެއަންހެން ކުއްޖާ ގޮސް ގޭތެރެއަށް ވަނެވެ.

އަވާ އާއި އާކިފް އައިސް ސޯފާތަށް ކައިރީ ހުއްޓިލި ތަނާހެން އާކިފްގެ ލޮލުގައި އަޅައިގަތީ ހޯލްވޭ ތެރޭއިން ކޮޓަރި އަކުން ޒާާޔާ އާއި ކޮންމެ ވެސް ފިރިހެނެއް ނުކުތް ތަނެވެ. އޭނާ ދެފަހަރަކު ވަނީ މިގެޔަށް އައިސްފައެވެ. އެއީ ޔަގީނުން ވެސް ޒާޔާގެ ކޮޓަރިއެވެ. ޒާޔާ އެނުކުތީ ކޮން ފިރިހެނަކާއި އެކީހެއްޔެވެ؟. ޒާޔާ އާއި އާކިފްގެ ހަތަރު ކަޅި ހަމަވުމާއި އެކު ޒާޔާގެ ދެލޯ ބޮޑުވިއެވެ. އާކިފް އޭނާ ކައިރީ ނުވެސް ބުނެލަ އައިސް އެއުޅެނީ ކީއްކުރަން ހެއްޔެވެ؟ ޖައިލަމް ވެސް އޭނާ އާއި އެކީ އިންދައެވެ. އަނެއްކާ އާކިފް ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟

“އާކިފް..” ޒާޔާ ގޮވާލިއެވެ. އެއަޑުގައި ޖެހިލުންވުން އެކުލެވެއެވެ. އާކިފްގެ ނަޒަރު އަދިވެސް ހުއްޓިފައި ހުރީ ޖައިލަމް އަށެވެ. އާކިފްގެ ދެލޮލުން ދިޔައީ ނަފްރަތުގެ ތީރުތަށް ޖައިލަމް އާއި ދިމާއަށް އުކަމުންނެވެ.

“އާކިފް އަމިއްލަ އަކަށް ސުވާލު ކޮށްބަލަ އެއީ ޒާޔާގެ ކާކުތޯ..” އަވާ އާކިފް ކައިރީ ބުނެލިއެވެ. އާކިފް އަވާ އާއި ދިމާއަށް ބަލައިލައިފައި ޒާޔާ އަށް ބަލާލިއެވެ. އޭރު ޒާޔާ ހުރީ ބިރުން ވިރިވިރިއެވެ.

“ޒާޔާ މީކާކު..؟” އާކިފް މަޑުމަޑުން އަހާލިއެވެ.

“އެއީ އެއީ.. އާކިފް.. އެއީ..” ޒާޔާ އަށް ބުނެވޭ ގޮތެއް ނުވިއެެވެ.

“ޒާޔާ މީ ކާކުހޭ..؟!!” އާކިފްގެ އަޑުބާރުވިއެވެ. ޒާޔާ ބިރުން ފަހަަތަށް ޖެހިލިއެވެ. އާކިފް މިހާ ރުޅި އައިސް ހުރި ތަނެއް އޭނާ އަދި ނުދެކެއެވެ.

“އަހަރެންމީ ޒާޔާގެ ފިރިމީހާ.. އަހަރެން އަންހެނުންނަށް ތިޔަ ގޮތަށް ވާހަކަ ނުދައްކާ..” ޖައިލަމް ޒާޔާ ކައިރީ ހުއްޓިލަމުން ވާހަކަ ދެެއްކިއެެވެ. އާކިފްގެ ދެލޯ ބޮޑުވިއެވެ. ޖައިލަމް އެބުނީ ތެދެއް ހެއްޔެވެ؟ ޒާޔާ އޭނާ އަށް އޮޅުވާލީ ކީއްވެހެއްޔެވެ؟

“ޒާޔާ އެެއީ ތެދެއްތަ..؟” އާކިފް މަޑުމަޑުން އަހާލިއެވެ. ޒާޔާ އިސްޖަހާލައިގެން ހުރެ އެއްބަސް ވިއެވެ.

“އާކިފް އެކަމަކު އަަހަރެން އާކިފް ދެކެ ވަރަށް ލޯބިވޭ.. އަހަރެން ހަމަ އެކަނި ލޯބިވަނީ އާކިފް ދެކެ.. އަހަރެން ޖައިލަމް އާއި ކައިވެނި ކުރީ އަހަރެން ބޭނުން ވެގެނެއްނޫން.. އާކިފް އާދޭސް ކޮށްފަ މިބުނީ އަހަރެން ހަމައެކަނި ލޯބިވަނީ އާކިފް ދެކެ..” ޒާޔާ ރޮއިގަތެވެ. އޭނާ އާކިފްގެ އަތުގައި ހިފައިގެން ހުރެ ބުނަމުން ދިޔައެވެ. އާކިފް ލަސްލަހުން ޒާޔާގެ އަތް ފޮޅުވާލިއެވެ. އާކިފްގެ މިއަމަލުން ޒާޔާ ހުއްޓުން އެރިއެވެ.

“އަހަރެން ބޭނުމެއް ނޫން އެހެން މީހެއްގެ އަތްބަކާއި އެކީ އުޅޭކަށެއް..” އާކިފް މިހެން ބުނެލުމުން ޒާޔާ ޖައިލަމް އަށް ބަލާލިއެވެ. އަދި އާކިފް އަށް ބަލާލިއެވެ.

“ސޮރީ އެކަމަކު.. ޒާޔާ އަކީ އެހެން މީހެއްގެ އަތްބެއް މިހާރު.. އަަހަރެންނާއި ގުޅިގެން އުޅެމުންވެސް ޒާޔާ އެއް ތިވާހަކައެއް އަހަރެން ކައިރިއަކު ނުބުނެ.. އަހަރެން ބޭނުމެއް ނޫން ދެމަފިރިން ދޭތެރެއަށް ވަންނާކަށް.. މިހިސާބުން މިގުޅުން ނިމުނީ..” އާކިފް ފަހުބަސް އިއްވާފައި ނުކުނަން ދާން ހިގައިގަތެވެ. އަވާ ވެސް އާކިފް ފަހަތުން ދިޔައެވެ.

އާކިފް މެން ދިޔަތަން ބަލަން ހުރެފައި ޒާޔާ ބިންމައްޗަށް ޖެހިގަތެވެ. އަދި އަޑުން އަޑުނަގައި ރޮއިގަތެވެ. ޒާޔާ ރޯތަން ބަލަން ނުހުރެވިގެން ޖައިލަމް އައިސް ޒާޔާގައިގައި ބައްދާލިއެވެ. ޒާޔާ ބާރުބާރާށް ޖައިލަމް ކޮށްޕާލިއެވެ.

“މީ ހުސް ކަލޭ ކަންތަށް.. ކަލޭ މަށާ ކައިވެނި ނުކުރިނަމަ އަހަރެންގެ ދިރުއުޅުން މިހާ ހިތާމަ ވެރިއެއް ނުވީސް.. މީ ހުސް ކަލޭ ކަންތަށް..” ޒާޔާ ބުނަމުން ދިޔައެވެ. ޒާޔާ ކިޔަމުން ދިޔަ އެއްޗިއްސަ އަޅައިނުލައި ޖައިލަމް އަނެއްކާވެސް ޒާޔާ ގައިގައި ބައްދާލިއެވެ. ޒާޔާ ގަދަަދައްކައި ޖައިލަމް ގައިގައި ވަކި ވެސް އެޅުވިއެވެ. ލިބެމުން ދިޔަ ވޭނަަކަށް ބެލު މެއްނެތި ޖައިލަމް ޒާޔާގެ ގައިގައި ބައްދާލައިގެން ހުރީއެވެ. އެއްމެފަހުން ޒާޔާ ވެސް ހަތިޔާރުތަށް ބެހެއްޓިއެވެ. އޭނާ ޖައިލަމްގެ މޭތެރެއަށް ރަގަނޅަށް ބޮޑިވެގަނެ ރޯންފެށިއެވެ. ޖައިލަމް ޒާޔާގެ ބޮލުގައި މަޑުމަޑުން ފިރުމާލަ ފިރުމާލަ ހުރީއެވެ.

“ސަންރައިޒް”، އެހެނީ އާކިފް ދިރިއުޅެމުންދާ ގެއިން މަސަށްކަތް ކޮށްނިއްމާލާފައި ލިވީ ނުކުތީ ގެޔަށް ދާށެވެ. އަވަސް ފިޔަވަޅު ތަކެއްގައި އައިސް ގޭތެރެއަށް ވަނީރު އޭނާގެ އެއްބަޑު އެއްބަފާ ދައްތަ އިނީ ސިޓިން ރޫމްގައި އޭނާގެ އިންތިޒާރުގައެވެ. ލިވީ އައިސް ލަޔާން ކައިރީ ހުއްޓިލަމުން ލަޔާން ބަލާލިއެވެ.

“ދޮންތާ.. އާކިފް ބޭބެ އާ ސެހްރިޝް ކިޔާ ކުއްޖަކާ އުޅެނީ ކައިވެނި ކުރަންވެގެން.. އަޅުގަނޑު އަޑުއެހިން މިމަސް ނިމުމުގެ ކުރިޔަށް ކައިވެނި ކުރާނެ ވާހަކަ..” ލިވި ހަބަރު ކިޔައިދިނެވެ.

“އެއްމެ ރަގަނޅު..” ލަޔާންގެ ތުންފަތް މައްޗަށް ވެރިވީ ހިނިތުން ވުމެކެވެ. އާކިފް މީހަކާ އިނީއޭ ކިޔައިފައި އޭނާ އެއް ނުހުއްޓުވޭނެއެވެ. އޭނާ ކާމިޔާބު ހޯދާފައި މެނުވީ ހުއްޓައެއް ނުލާނެއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ސާރާ 13

Next

ހިތް އެދޭ މަންޒިލަކީ… 23

Next
January 18, 2026

ހިތް އެދޭ މަންޒިލަކީ… 23

Previews
January 18, 2026

ސާރާ 13

13 Comments!

  1. Alaika_22 says:
    January 18, 2026 at 12:19 pm

    Mi part ves Vrh Reethi MA!!!! 😍
    Alhey sehrish and aakif ah hama same goi dhw V…. 😭
    Curiously waiting for next part….. 🙂
    Whn nxt….??????
    Lysm and Tc my girll 🤗🖤
    By the way I am first dhw ehehehe

    1. _MuXo_ _MuXo_ says:
      January 18, 2026 at 1:40 pm

      Thank you Alaika_22! 😊
      Yeah they both found out dhw! 😄
      Next part ves dhen oii 2 vhk liyelaafa up kohdhevey thw balaanan! 🤗
      Love you more you also take care darling! 🤭
      Yes you are first congra! 🥰

  2. Shaba_73 says:
    January 18, 2026 at 12:42 pm

    Mi part vx vrh reethi MA!!
    Vaasil vx goas kan balaa Bala 😕..
    Aakif vx hama rangalhah ekan thah kury!
    Aakif and sehrish ge nimun hama Vrh salhi! 👌
    Hama dhemeehun nah vx ehgotheh dhw mivee..
    Aakif and sehrish wedding kureema hama perfect vaane…
    Marry kohgen ulhemun Gos dhemyhunah vx Loabi veveyne IA
    Can’t wait to see sehrish and Aakif together ❤️
    I think sehrish and Aakif vx beynun vaany marry kuran hen
    Patiently waiting for the next part when’s next??
    Lysm and Tc my fav author 💙🐬

  3. _MuXo_ _MuXo_ says:
    January 18, 2026 at 1:43 pm

    Thank you Shaba_73! 😊
    Vaasil cheat kurikan Sehrish ah falhaa eree dhw!
    Yeah Akif ge nimmun dhw eyy!
    Lets see dhw Aakif and Sehrish ah vaane goii! 👀
    Next part dhen oii 2 vhk liyelaafa up kohdheynan! 🤭
    Love you too! You also take care my dear reader! 🥰

  4. 🩶🩶🩶 says:
    January 18, 2026 at 5:53 pm

    Maasha Allah 🩶🩶
    Vrh Vrh Reethi ingeyyy tale ge part…Sorry for Sehrish !!!😭😭
    She’s very upset dhen her Bf ves dhw ehen hadhaagen nuvaanehnu Sehrish aa Rahthehi vegen…Ehen Gurl ehves pis piss…Akif Haadha raglheyy Dhen Xaya need Jailam aa gulhigen ufaaveri dhiriulhumehga ulhen….Xaya should forgot him!!! Who’s Layern & Livie???…so so.curious When’s next???
    🩶🩶🩶

    1. 🩶🩶🩶 says:
      January 18, 2026 at 5:56 pm

      TC of yourself
      Enjoy your holidays 🥳❤️
      Lyssmm
      Well,I forgot to right it in there 👆👆👆🖕🖕
      🩶🩶🩶

    2. _MuXo_ _MuXo_ says:
      January 18, 2026 at 6:31 pm

      Thank you!! 🤗
      Yeah Vaasil cheat kurikan falhaa eree dhe Sehrish ah!
      Aakif knows what he is doing he respects them! 💚
      Layaan and livee akee kon baeh kan igeyne anna part ga! 🤭
      Next part upload kohdheynan dhen in 2 vhk nimmaa laafa! 😊

  5. Gurl 🩷 says:
    January 18, 2026 at 6:50 pm

    Haadha Gina dhuvahekey pls thankolheh avas kohladheebala
    Curiosly waiting for the next part😊
    When next????

    1. _MuXo_ says:
      January 18, 2026 at 7:11 pm

      Konme dhuvahaku ves konme vaahaka eh ge ves 1 part genes dhen! Three vhk liyaatheeve vanee ehen! 😊
      Alhu gadu vhk liyan lasvanee alhuge geyga ulhey kuhjje hithaanu kohgen alhugadu dhanvaru gadeega duty kuran hunnan jeheytheeve! 😄
      Ekamu dhen balaanan komne dhuvahaku ves gavaidhun vhk liyeveythw! 🥰
      Vhk next part Inshaallah dhen in 2 vhk liyelaafa!

  6. Aisha says:
    January 18, 2026 at 11:37 pm

    Vrh reethi vaahaka ♥️.. akif fahathun miuleny kaaku tha? Edhemyhun marry kureema ekuhja goshadhanee ehn heevanee

    1. _MuXo_ _MuXo_ says:
      January 19, 2026 at 1:20 am

      Thank you Aisha! 😊
      Lets see dhe vaane goii! 💙💚

  7. She says:
    January 19, 2026 at 9:32 am

    Hifx kuran buni meeha mi inee kn thanakah ais vhk mi kiyaanee nukiyavaa…Vrh Reethi stry a lot and lot … When next

    1. _MuXo_ says:
      January 19, 2026 at 12:52 pm

      Hehe!! 🤣
      Kiyevummah balaigen ulheh chey! 😄
      Thank you!💙💚
      Next part ves Inshaallah very soon! 🥰

Comments are closed.

Next Episodeމުޅި ހިތް ބޭޤަރާރު ވެއްޖޭ-10←


All Right Reserved!