މުޅި ހިތް ބޭޤަރާރު ވެއްޖޭ-10
“އެއްމެ ރަގަނޅު..” ލަޔާންގެ ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުމެކެވެ. އާކިފް މީހަކާ އިނީއޭ ކިޔާފައި އޭނާ އެއް ނުހުއްޓުވޭނެއެވެ. އޭނާ ކާމިޔާބު ހޯދާފައި މެނުވީ ހުއްތައެއް ނުލާނެއެވެ.
*ޕާރޓް-10*
ބާރު ސްޕީޑެއްގައި އައި ކާރު މަޑުކޮށްލީ ސެހްރިޝް މެންގޭ ކުރިމައްޗަށެވެ. ވާސިލް އަވަހަށް ކާރުން ފައިބެފައި ލާރިދެއްކިއެވެ. ކަން ދިމާކުރި ގޮތުން އެވަގުތުވީ ސެހްރިޝް ވެސް ގެޔަށް އައި ވަގުތަށެެވެ. އޭނާ އަކަށް ފުރަތަމައަކުން ވާސިލް އެއް ނުފެނުނެވެ. ކާރު ޕާކް ކޮށްލާފައި ލަސް ހިގުމެއްގައި އައިސް ގެޔަށް ވަންނަން އުޅުނު ސެހްރިޝް ހުއްޓުން އެރީ ފަހަތުން މީހަކު އައިސް އޭނާގެ ގައިގައި ބައްދާލުމުންނެވެ.
“ސެހްރިޝް އަޑުއަހާބަލަ.. އެއްފަހަރު ނަމަވެސް އަޑުއަހާބަލަ..” އެއީ ވާސިލްކަން އެނގުމާއި އެކު އޭނާގެ ލޭކެކިގަތެވެ. ވާސިލްގެ އަތް ނެއްޓޭ މަސަށްކަތް ކުރަމުން ދިޔައެެވެ.
“ވާސިލް އަކަށް އެއްވެސް ހައްޤެއް ނޯންނާނެ އަހަރެން ގަޔަށް އަތްލާކަށް.. ހަމަ މިހާރު ދޫކުރޭ..” ސެހްރިޝް ބުނެލިއެވެ. ވާސިލް އަދި ވެސް ބާރަށް ހިފާއްޓާލިއެވެ.
“ވާސިލް.. ދޫކުރާށޭ..” ސެހްރިޝް ގޮތްހުސްވާން ފެށިއެވެ. ވާސިލް އޭނާ ގައިގައި ހިފާއްޓައިގެން ހުރިލެއް ބާރުކަމުން އޭނާއަށް ތަދުވާން ފެށިއެވެ.
“ސެހްރިޝް އަޑުއަހާބަލަ.. އަހަރެންނާއި އެކީ އާސްބަލަ.. ހެޔޮ ނުވާނެ.. އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ..” ވާސިލް ވެސް ހުރީ ގޮތް ދޫކުރާގޮތަކަށް ނޫނެވެ.
ކުއްލިއަަކަށް ވާސިލް ސެހްރިޝްގެ ގައިން ދޫކޮށްލައިފައި ހަޅޭލަވައިގަތެވެ. ތަދުވެގެން މީހަކު ހަޅޭލަވައިގަންނާނެ ފަދައިންނެވެ. ލިބުނު ފުރުސަތުގައި ސެހްރިޝް ވަގުތުން ވާސިލް އާއި ދުރަށް ދިޔައެވެ. އޭރު ތާރާ ހުރީ އަތަށް ރެކެޓް އެއް ލައިގެންނެވެ. ތާރާ ފެނުމުން ސެހްރިޝް އަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށް ލެވުނެވެ.
“އަދި އެއްބޮޑީ އަޅާލަންވީތަ.. ނޫނީ ދާނީތަ..؟” ތާރާ ވާސިލް އާއި ދިމާއަށް ބުނެލިއެެވެ.
“އަހަރެން މިއައީ ސެހްރިޝް އަށް ހުރިހާ ކަމެއް އޮޅުން ފިލުވާދޭން..” ވާސިލް ތެދުވިއެވެ. އަދި ލައިގެން ހުރި ޓީޝާޓް ރީތިކޮށްލިއެވެ.
“އަހަރެންނަކަށް ހިޔެއްނުވޭ އޮޅުން ފިލުވާދެން ކަމެއް އޮތް ހެނެއް..” ތާރާ ބުނެލިއެވެ. އަދި އޭނާގެ އަތުގައި އޮތް ރެކެޓް އަބުރާލިއެވެ.
“ކަލޭ އަށް ކޯއްޗެއް އެނގިގެންތަ ތިއުޅެނީ.. މީ މަށާ ސެހްރިޝް އާ ދެމެދު ހިގާ ކަމެއް..” ވާސިލް ކުއްލިއަކަށް ތާރާ އަތުން އެރެކެޓް އަތުލިއެވެ. ތާރާ ވެސް ދިޔައީ ސިއްސައިގެންނެވެ. ވާސިލް މިފަަހަރު ތާރާގެ މޫނުމަތީގައި ޖަހާފައި ސެހްރިޝްގެ އަތުގައި ހިފޭއްޓިއެވެ.
“ސެހްރިޝް އަހަރެން މިބުނަނީ ވަރަށް ރީއްޗަށްް.. އަހަރެންނާއި އެކީ އާދެބަ.. ގަދަކަމުން ގެންދާކަށް އަހަރެންވެސް ބޭނުމެއް ނޫން..” ވާސިލް ހުރީ ރުޅި އައިސް އެވެ.
“ބުނަން.. މަ ބޭނުމެއް ނޫން ކަލެޔާ އާއި އެކީ ދާކަށް.. ކަލޭ މަށަށް ބޭވަފާ ތެރިވެފަ އަދިވެސް ހީއްކުރަނީތަ ބުނެލާރަކަށް ފަހަތުން ދާނެއޭ.. މަމީ ކަލޭ ގެންގުޅޭކަށް ބުދުގަނޑެއް ނޫން.. އެއްބަސް ވެބަލަ އެއަންހެނާގަނޑާ އެކީ ކަލޭ އުޅުނީ އެއީ ކަލޭ އަށް މަފަރާތުން ނުލިބުނު ކަންތަށް ހޯދަންކަން.. ތިޔަހާ ލަދުކުޑަ ނުލަފާ އެއްޗެއް އަހަރެން އަދި ނުދެެކެން..” ސެހްރިޝް މިފަހަރު ކިޔާލީ އޭނާގެ ހިތަށް އެރިހާ އެއްޗެކެެވެ. އޭރު ވެސް ސެހްރިޝްގެ ދެލޯ ހުރީ ކަރުނުން ފުރިފައެވެ.
ވާސިލް މަސަށްކަތް ކުރީ ސެހްރިޝް ގެންދެވޭތޯއެވެ. ސެހްރިޝް ގަދަ ހަދަނީއެވެ. ތާރާގެ ހާލަކީ ކޮބާއެވެ؟ އޭނާ އޮތީ ބޮލަށް އެނބުރުން އަރާފައެވެ. ވާސިިލް މުއްކަވާފައި ޖެހީ އޭނާގެ ނޭފަތުގައެވެ. އިރުކޮޅަކު އެހެން އިނދެފައި ތާރާ ހޭނެތިގެން ވެއްޓުނެވެ.
“ތާރާ..!!!” ސެހްރިޝް އަށް ހަޅޭލަވައިގަނެވުނެވެ. ނަސީބަކުން ހަމައެވަގުތު ކައިސާން އައިސް ވާސިލްގެ ޓީޝާޓްގެ ގިރުވާނުގައި ހިފާ ސެހްރިޝް އާއި ދުރުކުރުވިއެވެ.
“ކޮންކަމެއް މީދެން.. އަސްލު ބުނާނަމަ ކަލޭ ޕޮލިސް ސްޓޭޝަން އަށް ގެންދާވަރުވެފަ ތިހިރީ.. ދެން ދޭ.. ފުރަތަމަ ފަހަރު ކަމަށް މިދޫކޮށްލީ..” ކައިސާން ވާސިލްގެ ގިރުވާނުގައި ހިފައި ގޮސް ގޭގެ ގޭޓުން ބޭރަށް ނެރުނެވެ.
“ސެހްރިޝް.. ހަދާން ކުރާތި.. އަދި މިކަމެއް ނުނިމޭ..” ވާސިލް ބޭރުން ގޮވާލިއެވެ.
“އަދި މިކަމެއް ނުނިމޭ..” ކައިސާން މޫނަށް ވައްތަރެއް ޖައްސާލާފައި ވާސިލް ކޮށްޕާލިއެވެ. ވާސިލް ކައިސާން އާއި ދިމާއަށް ވައްކަޅިން ބަލާލާފައި ދިޔައީއެވެ. ވާސިލް ދިޔުމުން ކައިސާން ދުވެފައި އައިސް ތާރާ ކައިރީ ހުއްޓިލިއެެވެ. އޭރު ސެހްރީޝް ތާރާގެ ބޯ އޭނާގެ އުނގުގައި ބާއްވާގެން އިނދެ ރޮނީއެވެ.
“ތާރާ.. ތާރާ..” ކައިސާން ވެސް އައިސް ތާރާގެ ކޮލުގައި ދެތިން ފަހަރަކު ކޮށްޓާލިއެވެ.
“ހިގާދާން ހޮސްޕިޓަލަށް..” ކައިސާން އެހެން ބުނުމުން ސެހްރިޝް ވެސް ތެދުވިއެވެ. ކައިސާން ތާރާ އޭނާގެ އަތްދަޑި މައްޗަށް ލައިގެން ހިގައިގަތެވެ. ސެހްރިޝް ވެސް ތާރާ ކާރަށް އެރުވުމަށް އެހީވެދިނެވެ. ތިން މީހުން ވެސް ހޮސްޕިޓަލާއި ދިމާއަށް މިސްރާބުޖެހީ ކައިސާންގެ ކާރުގައެވެ.
ބަނދަރުމަތީ މީހުން މަދެވެ. އަވިވެސް ގަދައެެވެ. މެންދުރު އަތަށް އަޅައިފަ އޮތުމުން ވަނީ ދިލަ ހޫނެކެވެ. ވައިކޮޅެއް ވެސް ނުޖެހެއެވެ. ނަމަވެސް އިންދާފައި ހުރި ބިޔަގަސްތަކުން މުޅި ބަނދަރުމަތި އެއްކޮށްހެން ވަނީ ހިޔާ ކޮށްލެވިފައެވެ. އާކިފް އިނީ އެތާ އިން ބެންޗެއްގައި އިށީންދެލައިގެންނެވެ. އޭނާގެ މޫނުމަތި ހީވަނީ މަރު މައްޔިތެއް ހެންނެެވެ. އެއް ވެސް ދިރުމެއް ނެތެވެ. އެއްވެސް ޝުޢޫރެއް ނެތެވެ. ލަސްލަހުން އެސްފިޔަތަށް ޖަހަމުން ދިޔައިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ އޭނާގެ ފޯނަށެވެ. އާކިފް އާއި ޒާޔާ އެއްކޮށް ނަގައިފާވާ ފޮޓޯއަށް ބަލަހައްޓައިގެން ހުރީރު ސިކުނޑިތެރޭ ގައި އެތަކެއް ޝަކުވާ އެއް ކުރެވެމުން ދިޔައެވެ. ހިތް ދިޔައީ ލިބެމުން ދިޔަ ވޭނަށް ކެއްކޔރަން މަސަށްކަތް ކުރަމުންނެވެ. ނަމަވެސް ކެއްނުކުރެވިގެން އާކިފްގެ ދެލޮލުން ކަރުނަ ހިލެން ފެށިއެވެ.
ފިރިހެނެކޭ ކިޔާފަ ވެސް އޭނާގެ މޭކަށިގަނޑުތެރޭގައި ވެސް އޮތީ ހިތެކެވެ. އަސަރު ކުރާނެތާއެެވެ. ހިތް ރޯނެތާއެވެ. ބައެއް ފަހަރު ހުތްވަރު ކޮށްލައިގެން ހުރެވެއެވެ. ނަމަވެސް ބައެއް ފަހަރު ކެތެއް ނުކުރެވެއެވެ. މިވަރުގެ ބޮޑު ކެއްސެއް ލިބުނީމައި އޭނާ އަށް ހަމަ ކެއްނުވީއެވެ. އެއޮށްވަރުން ލޯބިދީގެން އުޅުނު އޭނާގެ ޒާޔާ އޭނާ އަށް ދޮގު ހެދީއެވެ. ދުވަހަކު ވެސް ހިތަަށް ނާރާގޮތަށް ޒާޔާ އާއި އޭނާގެ ނިމުން އައީއެވެ.
“ބޭބޭ..” ކުޑަކުއްޖެއްގެ އަޑެވެ. ކަރުނަތަށް ފުހެލާފައި އާކިފް ބަލާލިއެވެ. އޭރު އޭނާ އާއި ދިމާއަށް ފެންފުޅިއެއް ދިއްކޮށްލައިގެން ފަސްވަރަކަށް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ހުއްޓެވެ.
“އަން ބޭބެ އަށް ފެންފުޅިއެއް.. ހޫނުގަދަ ދުވަސް ވީމަ ގިނައިން ފެންބޯންވާނެ..” އެކުއްޖާގެ ޅައަޑުން ލޯބި ގޮތަކަށް ބުނެލިއެވެ. އާކިފް ހިނިތުން ވެލާފައި އެފެން ފުޅީގައި ހިފިއެވެ. އާކިފް ޝުކުރު އަދާ ކުރުމުން އެއަންހެން ކުއްޖާ ހީލާފައި ދިޔައީ އެކުއްޖާގެ މަންމަ ކައިރިއަށެވެ. އެކުއްޖާގެ މަންމަ އެކުއްޖާގެ ކޮލަށް ދޮނެއް ދީފައި ވަރަށް ބަސްއަހާކުއްޖެއް ކަމަަށް ބުނެލިއެވެ. އާކިފް އަށް މިމަންޒަރު ފެނުމުން ހިތަށް ފިނިކަމެއް ލިބުނެވެ.
ތާރާ ވެއްދުނީ އެމެޖެންސީ ރޫމް އަށެވެ. ސެހްރިޝް އަށް ހަމަ ރޮވެނީއެވެ. ތާރާ އަށް ގޮތެއް ވުމަކަށް އޭނާ އެއް ނޭދެއެވެ. ގޮނޑިބަރީގައި އިށީން ދެލައިގެން އިން ސެހްރިޝް މޫނުނިވާކޮށްގެން ހުރެ ރޮމުން ދިޔައިރު ކައިސާން އޭނާ ކައިރީ ހުރެގެން ނޮރޮއުމަށް ބުނަމުން ދިޔައެވެ. ސެހްރިޝް ކައިރީ އެހެން ހުއްޓައި އޭނާ އަށް ފޯން ކޯލެއް އައެވެ. ބަލާލީރު އެއީ އާކިފް އެވެ.
“ފްރީތަ..؟” ކައިސާން ހަލޯ އޭ ބުނެލުމާއި އެކީ އާކިފް އަހާލިއެވެ.
“ނޫން.. މީނީ ހޮސްޕިޓަލުގަ..” ކައިސާން ކުރު ގޮތަކަށް ކަންތަށް ހިގައިދިޔަ ގޮތް ކިޔައިދިނެވެ. އާކިފް ވެސް މިއަންނަނީއޭ ބުނެ ފޯން ބޭއްވިއެވެ.
ކައިސާން ފޯން ބާއްވާފައި އެނބުރިލި ގަނޑިޔަކީ އެމެޖެންސީ ރޫމް އިން ޑަކްޓާރ ނިކުތްވަގުތަށެވެ. ސެހްރިޝް އާއި ދެމީހުން އަވަހަށް ޑަކްޓާރ ކައިރިއަށް ދިޔައެެވެ.
“ޕެއިޝެންޓްގެ ހާލު ރަގަނޅު.. އެކަމު ބޯ ފަޅައިގެން ގޮސް އަށް އޮތީމަ އަދި ދެގަޑީރު ކޮށްފަ ބޭސްގަނޑު ބަދަލު ކޮށްލަން ޖެހޭ.. ދެން އަނެއްހެން ނެތް ކަމެއް ވެފައެއް.. ދެން އިނީ ނޭފަތް ކުޑަކޮށް ހަލާކުވެފަ..” ޑަކްޓާރ ދިން ހަބަރުން ސެހްރިޝް އަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ނަސީބަކުން ތާރާ އަކަށް މާބޮޑު ކަމެއް ނުވެއެވެ.
“މިވަގުތު އަދި ޕޭޝަންޓް ހެޔެއް ނާރަ.. މިގަޑީ މިހާރު މިއުޅެނީ ވޯޑަށް ބަދަލު ކޮށްލަންވެގެން..” ޑަކްޓާރ ދިޔުމުން ސެހްރިޝް އަނެއްކާ ވެސް ގޮޑީގައި އިށީން ދެލިއެވެ.
ތާރާ ވޯޑަށް ބަދަލު ކުރުމުން ސެހްރިޝް ތާރާގެ މައިންބަފައިންނަށް ގުޅައި ހަބަރު ދިނެވެ. މާގިނައިރު ތަކެއް ނުވެ ތާރާގެ މައިންބަފައިން އައެވެ. އެމިހުން ކައިސާން އާއި ސެހްރިޝް އަށް ޝުކުރު އަދާކުރިއެވެ.
“ދައްތާ އަޅުގަނޑު މިދަނީ ތާރާ އަށް ކާއެއްޗެއް ބަލާ..” ސެހްރިޝް ބުނެލިއެވެ. ތާރާގެ މަންމަ ޖާމިޔާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
ސެހްރިޝް އާއި އެކީ ކައިސާން އާއި އާކިފް ވެސް ދިޔައެެވެ.
“ކިހިނެއްވީ އަސްލު..؟ ކާކުތަ އެއީ ލަދެއްނެތިގެން ސެހްރިޝް ގަޔަށް އެރީ..؟” ކައިސާން އަހާލިއެވެ.
“އެއީ އަަހަރެންގެ އެކްސް.. އޭނާ ބޭނުން ވަނީ އަހަރެން އޭނާ ދައްކާވާހަކަ އަޑުއަަހަން.. އެކަމު ދެން އަހަރެންނަށް ހެޔޮ އަހަރެން ބޭނުމެއް ނޫން އޭނާ ދައްކާ ވާހަކަ އަޑުއަހާކަށް އެއީ ބޮޑު ބޭވަފާތެރިއެއް..” ސެހްރިޝް ގާތަށް އަނެއްކާވެސް ރުޅިއައެެވެ.
“އޯހް.. އެހެންމަ ހީ ޗީޓެޑް އޮންޔޫ..؟” ކައިސާން އަހާލިއެެވެ.
“ޔާހް..”ސެހްރިޝް ފިހާރެއަށް ވަންނަމުން ޖަވާބު ދިނެވެ.
ކާއެއްޗެހި ގަނެގެން އައިރު ވެސް ތާރާ ހެޔެއް ނާރައެެވެ. ޖާމިޔާ އާއި ތާރާގެ ބައްޕަ ކަމައްވާ ތައްހާން ތާރާ ކައިރީ ބައިންދާފައި ތިން މީހުން ދިޔައީ ރެސްޓޯރެންޓް އަކަށެވެ. ބަޑުހައިވެފައި ހުރުމާއި އެކީ ތިން މީހުންވެސް އެއްބަސް ވިއެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.







Mi part ves varah reethi. Curiously waiting for next part???
Thank you Miss jennie! 🥰
Hope you will like the other parts aswell!!💙
Maasha Allah 💜🥀
Awesome..Prt Chill sis 😂…Akif U don’t need to be sad… There’s something more grateful than Xayerrr..IMO,Vrh Gina vaane Xayerr kahala vahtharu girls…I’m also a Gurlll…But not In any sight of that weird thing ❤️🩹🫶… Hahaha Vaasil Haadha idiot eyy 🙂↔️Amihla ah Sehrish ah cheat kohfa adhives he’s going to make her Frame… Heyonuvaane dhww🫠🫠Gr8 a lot and lot…
Jk, Don’t take it bad Gurll…Sorry for Taara Vaasil how dare you? I hate boys like you a lot and lot🌸🌸
♥️TTYL ♥️ LYSMmm
Tc of Yourself,Pupill
InShaAllah 🤍 When’s next?🌸🥀
🍃🪴🍃
Thank you! 🥰
Ngl I agree with you mi vhk ulhey zaaya kahala kudhin mihaaru raahjje there in ves v gina! ✌
I also hate boys and men who abuse women like why are they doing it! If they hate us, women then leave us alone..! 🙃
Love you too! 😘
You also take care!
Next part neredheynan mihaaru suit kohffa huri vhk thah nukutheema! 💙💚
*submit kohffa!
KEep it up!🌸🌸 Never Give it up 🥀🖤
Remember,I’m Ur big Fan
Thank you so much for your support! 🥰💙
Ofc I will never forget you my love! 😘🤭
Mi part ves Vrh Reethi MA!!!!
Alhey adhi ves Vaasil E ulheny sehrish fahathun…… 😭😭
Vaasil nujehey dhw Thaaraa ah ehn hadhaakah 😣
Curiously waiting for next part….
Whn nxt..?????
Lysm and Tc my dear 🤗🖤
Thank you Alaika_22! 😊
Vaasil adhi ves ulhenee sehrish ah olhuvaalan dhw! 😄
Taara ah ehen ehedhee vaasila ah huras elheytheeve! ✌
Next part ves v avahah Inshaallah! 🤭
Love you more, you also take care my dear reader! 🥰💙