*”ސަލާމަތް ވެގެން ދާން ހިތަށް ވެސް ނާރުވާތި. ހަޅޭލެވިޔަސް ދެން ވާގޮތް ރަނގަޅެއް ނުވާނެ.” ފިރިހެން ވަންތަ އަޑާކެވެ. މައިޝާއަށް އެއީ ކާކުކަން އިނގުނެވެ* “ވިޝާލް” “އެރޭ ފެނުނު ހުރިހާ ކަމެއް ކިޔައިދީ! އެންމެ ދޮގެއް ވެސް ނުހަދަ. އެހެން ނޫނީ ޖަހޭނީ ގަދަކަމުން ތެދު ބުނުވަން.” ވިޝާލް އަމުރުވެރި ރާގަކަށް ބުނެލި އެވެ. “ކޮން ރެއެއް…؟” މައިޝާ ތުރުތުރު އަޅާ އަޑަކުން އެހި އެވެ. “ނޭނގޭ ކަމަށް ހެދޭނެކަމެއް ނެތް.” ވިޝާލް މައިޝާގެ މޫނުމަތީގައި ވަރަށް […]
*ކުޑަބެ އާއި ނާއިމް ފެނިފައި ކޮންމެ މީހަކަށް ވެސް އެދެމީހުން ތިބީ ރުޅި ކޮންޓްރޯލް ކޮއްގެންކަން އިނގޭނެ އެވެ.* “ކިހާ ދެރަ ވެއްޖެ ކަމެއް. ކައޭމެނާ ހެދި ނޯވެ އަންހެން ކުއްޖަކާ ވާހަކަ ދެއްކޭކަށް. މަ ކޮންމެ މީހަކާ ވަހަކަ ދެއްކިޔަސް ކައޭމެނާ ބެހޭކަމެއް ނޫން.” ނާއިމްއަށް ނުހުރެވިގެން ބުނެލި އެވެ. “ކައޭ ކޮންމެ އަންހެން ކުއްޖަކާ އެއް ނޫނޭ ތި ވާހަކަ ދައްކަނީ. ކައޭ ތި ވާހަކަ ދައްކަނީ ރާއިމްގެ ބިޓަށޭ-” “ކައޭގެ ބިޓެއް ނޫނެއްނު. […]
*މައިހާ އާއި ރީހާން ހޭންފެށި އެވެ. ރަނާ ގާތަށް ވެސް ހިނި އައެވެ. އޭރު މިންހާ އިނީ އަނގަމަތީ އަތް އަޅައިގެންނެވެ. އޭނާ އިނީ ފެންކަޅިވެފަ އެވެ. “މިން އުޅުނީ ރީހާން ގައިގަ ޖަހާށޭ. ސޮރީ. ރީހާން ދުރަށް ދިޔައީމަ ވީގޮތެއް އެއީ. މިން އަކަށް ނޭނގެ ނާއީ އިންކަމެއް. ސީރިއެސްކޮށް ވެސް. ސޮރީ.” މިންހާ ދެރަވެފައި ވާހަކަ ދެއްކި އެވެ. ނާއިލް ގާތަށް ވެސް ހިނިއަންނަ ގޮތް ވި އެވެ،* “ކަލޭ ތިޖެހީ ނާއިލްގެ މޫނު […]
*”އަޅެ މަށެކަށް ނޭނގެއޭ. ކިތަށް ފަހަރު ޒީވާ ކާރީ ބުނަންވީ މަށެށް ނޫނޭ ބުނީކީ. މަށަކަށް ނޭނގެ އައިމަންއަށް އިނގުނު ގޮތެއް. މަ ހަނދާނެއްވެސް ނެތް…އައިމަން އެހެން ބުނީމަ ހަނދާންވީ” މިފަހަރު ނާއިމް ވާހަކަ ދެއްކީ ތަންކޮޅެށް ބާރަށެވެ. އެއަޑުގައި ރުޅިވެސް އެކުލެވިގެން ވެއެވެ. އަހަރެން ކުޑަކޮށް ސިހޭގޮތްވި އެވެ. އެކަން ނާއިމްއަށް ފާހަގަ ވެސް ކުރެވުނެވެ. އެދެލޮލުގައިވީ ރުޅިވެރިކަން އެކުހެން ގެއްލުނެވެ.* “ހަމަޖެހިބަލަ ދެމީހުން. ނާއިމް އެއްވެސް ނޫން މައުނާ އެއްވެސް ނޫން ބުނީކީ. ހަމަ […]
*އެދެކުދިންނަށް ދެވުނު އިރު ވިޝާލް އާއި އަނާ ތިބީ ސްކޫލް ގޯތިތެރޭ ހުރި ހިލަ ގޮނޑިތަކުގެ ތެރެއިން ގޮނޑިއެއްގައި އިށީން ދެގެން ވާހަކަ ދައްކާށެވެ. ރައިފާ ބުނި ފަދައިން އެދެމީހުން ތިބީ އަތުގުޅުވައިލައިގެންނެވެ. “ވިޝާލް” މައިޝާ ހައިރާން ވެފައި ގޮވައިލި އެވެ. ދެމީހުން ސިހިފައި ދުރަށް ޖެހިލި އެވެ.* “މައިޝާ” ވިޝާލްގެ އަޑުގައި ވަނީ ހާސްކަމެވެ. “ވިޝާލް މީކޮންކަމެއް؟” މައިޝާ ހައިރާން ވެފައި ހުރެ އަހައިލި އެވެ. “ކޮބާ؟’ “އަނާ އާ އެއްކޮށް މިތާ ކީއްތިކުރަނީ؟” “އޯހ…އަނާ […]
*”މަ އަމިއްލައަށް ބުނާނަން. އެކަމު ދެން މާދަން ދޯ” މައިހާގެ ވަހަކަ މެދުކަނޑައިލީ މިންހާ އެވެ. ރަނާ ވެސް އެގޮތަށް އެއްބަސް ވެފައި ނިދަން އޮށޯތެވެ.* ‘ނައިޓް އަވަރސް’ގެ އެންމެން ސައިބޯން ތިބީ އެކުގަ އެވެ. ފޯރިއާއިއެކު ދެކެވެމުން ދިޔައީ މާދަން ދަތުރު ދިއުމުގެ ވާހަކަތަކެވެ. ދާނެ ރަނގަޅު ފަޅުރަށެއް ކަނޑައެޅުމުގެ މަޝްވަރާ ކުރެވެމުން ދިޔަ އެވެ. “ތިއްތާ. ކީއްވެ ތިއްޔަމެން ކޮޓަރިން ރޭގަ ހަޅޭލަވާ އަޑު އިވުނީ؟” ބަހެއް ނުބުނެ މަޑުމަޑުން ކާން އިން ހަނާ […]
*އިންސްޓަރގްރަރމް ބޭނުން ކުރަން ފެށުމުން ރާއިމް އަށް ގިނައިން ވާހަކަ ދެއްކޭނެ ކަމަށް ހީކުރީމެވެ. ނަމަވެސް ރާއިމް އޮންލައިން ވަނީ ވެސް ހާލަކުން ފަހަރަކުއެވެ. އަދި އޭގެ އިތުރުން ދެމީހުންގެ މެދުގައި ހަމަނުޖެހުން ވެސް އުފެދެން ފެށި އެވެ.* ދުވަސްކޮޅަކުން ފެށުނު ސްކައުޓް ކޭމްޕްގެ ސަބަބުން ގިނަވަގުތު އަހަރެން އުޅެންޖެހުނީ ސްކޫލުގައެވެ. އެއީ ހުވައިކުރުމުގެ ކުރިން ވާންޖެހޭ ބައެއް ތައްޔާރީތަށް ވުމަށް ބޭއްވި ކޭމްޕް އެކެވެ. އެހެންކަމުން ގޭގައިވެސް އަހަރެން އުޅުނުލެށް ބުރަކަމުން ރާއިމްއާއި ވާހަކަ ނުދެއްކޭ […]
ކަނޑު ގެ ލޮނުގަނޑު ކަފަމުން ރަށުގެ ބަނދަރުން ވަދެގެން އައި ލޯންޗު މައިހާ އާއި މިންހާ މޫނުމަތިން އުފާވެރި ކުލަވަރު ފެނިގެން ދިޔައެވެ. މާޔާ ވެސް އިނީ އުފާވެފަ އެވެ. ލޯންޗުން ފައިބައިގެން އައި ރަނާ ދުވެފައި ގޮސް މައިހާ އާއި މިންހާ ގައިގައި ބައްދައިލި އެވެ. ފަހަރަކު މީހަކު ލޯންޗުން ފައިބަމުން ގޮސް އެންމެން ހަމަވިއެވެ. އެމެން އެކުގައި ހިނގައިގަތީ ގެއާއި ދިމާލަށެވެ. ގޭގައި ތިން ކޮޓރައާއި ގެއާއި ގުޅުވައިފައިވާ އިތުރު ދެ ކޮޓަރި ހުރި […]
*ޝައިމް އަކީ އަހަރެންގެ އެކުވެރިއެކެވެ. ދުރުތާ ތިމާގެ މީހެއް ވެސް މެއެވެ. އަހަރެން ޝާއިމް އާއި ވާހަކަ ދައްކާތީ ރާއިމް އެކަމަކާ ހިތްހަމައެއްނުޖެހެ އެވެ. ޝައިމް އަކީ ހުރިހާ އަންހެން ކުދިން ފަހަތުން ދުވާ މީހެކޭ ބުނެއެވެ. އަހަރެން މަދުމަދުން ނަމަވެސް ޝައިމް އާއި ވަހަކަ ދައްކަނީ ތިމާގެ މީހަކަށް ވާތީކަން އަހަރެން ރާއިމް އަށް ވިސްނައިދޭން މަސައްކަތް ކުރީމެވެ.* އަހަރެން ރާއިމް އާއި ރައްޓެހިވިތާ މާގިން ދުވަސްތަކެއް ނުވެ ހިޝާމްގެ ފަރާތުން ޝަބީނާ އައް އިނގުނެވެ. […]