ދަތުރު-3
*ޝައިމް އަކީ އަހަރެންގެ އެކުވެރިއެކެވެ. ދުރުތާ ތިމާގެ މީހެއް ވެސް މެއެވެ. އަހަރެން ޝާއިމް އާއި ވާހަކަ ދައްކާތީ ރާއިމް އެކަމަކާ ހިތްހަމައެއްނުޖެހެ އެވެ. ޝައިމް އަކީ ހުރިހާ އަންހެން ކުދިން ފަހަތުން ދުވާ މީހެކޭ ބުނެއެވެ. އަހަރެން މަދުމަދުން ނަމަވެސް ޝައިމް އާއި ވަހަކަ ދައްކަނީ ތިމާގެ މީހަކަށް ވާތީކަން އަހަރެން ރާއިމް އަށް ވިސްނައިދޭން މަސައްކަތް ކުރީމެވެ.*
އަހަރެން ރާއިމް އާއި ރައްޓެހިވިތާ މާގިން ދުވަސްތަކެއް ނުވެ ހިޝާމްގެ ފަރާތުން ޝަބީނާ އައް އިނގުނެވެ. އެކަމާ އޭނާ އެއްވެސް ވަރަކަށް ހިތްހަމައެއްނުޖެހުނެވެ.
“ކީއްކުރަންތަ ރާއިމްއާ ރައްޓެހިވީ. އިނގެއެއްނު އޭނަގެ އުޅުމާ، އޭނަގެ ފެމެލީ. އޭނަ އުޅެނީ ކޮން ބަޔަކާ އެކީކަން ވެސް ރަނގަޅަށް އިނގެއެއްނު. ދެން ކީއްވެތަ ރައްޓެހިވީ. ކުރިން ވާހަކަ ދެއްކީމަ އަޅައެއްނުލަން. ޒީވާގެ ތި ޑިސިޝަން އާއި ދޭތެރޭ ޒީވާ ހެޕީތަ؟ މިބުނީ ރާއިމް އާއި ރައްޓެހިވެގެން ޒީވާ ހެޕީ ކޮށްހޭ ތި އުޅެނީ؟”
“އާނ. ހެޕީ. އެކަމު އެއްވެސް ވަރަކަށް ރާއިމް ދެކެ ލައިކް ވެވޭނެ ހެނެށް ހިޔެއްނުވޭ”
“ލައިކް ނުވަންޏާ ރައްޓެހިވީ ކީއްވެ؟”
“އަހަރެން ބޭނުމީ ކުއްޖަކާ ރައްޓެހިވާން. ރިލޭޝާންޝިޕް އެއް. މިޝްޔާއާ ރާއިފް ރައްޓެހިވެގެން އުޅޭތީ އަހަރެން ވެސް ބޭނުންވީ” ފުރަތަމަ ފަހަރަށް އަހަރެން ހިތުގައިވާ އެއްޗެއް ޝަބީނާއައް ކިޔައިދިނީމެވެ.
“އޯކޭ. އަހަރެން ޒީވާގެ ޑިސިޝަން އަށް ރެސްޕެކްތް ކުރަން. އެކަމު އެޓްލީސްޓް އަހަރެން ކައިރީ ބުނެލިނަމަ. މީ ޒީވާގެ ބެސްޓް ފްރެންޑް އެއްނު.” ޝަބީނާގެ ރުޅި މަޑުވުމުން އަހަރެން އުފާކުރީމެވެ. އަދި އޭނާގެ އެއްބާރުލުން އަހަރެންނާއިމި މިޝްޔާ އައް އެންމެ ފުރިހަމަ އަށް ލިބުނެވެ. ގިނަ ދުވަސްތަކެށް ނުވެ އަހަރެންގެ ދޮންތަ އާއި ކުޑަބެ އައްވެސް އިނގުނެވެ.
“ޒީވާ ތި ރިލޭޝާންޝިޕްގަ ހެޕީ ނޫނިއްޏާ ނިންމާލާތި” ކުޑަބެ ބުނެލީ ހަމައެކަނި އެހެންނެވެ. ދޮންތަ ވަކި އެއްޗެކޭ ނުބުނެ އެވެ. އެންމެން އަހަރެން އުފާވޭހޭ އަހަނީ ކޮން ސަބަބަކާ ހުރެތޯ އަހަރަން ހިތަށް އެރީ ކިތައްފަހަރު ކަމެއް ވެސް ނޭނގެ އެވެ.
ދޮންތައާއި އެކު އަހަރެން ދޮންތަގެ އެކުވެރިއެއްގެ ގެއަށް ދިޔަ ދުވަހެކެވެ. އެކި ވާހަކަތައް ދައްކަމުންގޮސް ދޮންތަ ފެށީ އަހަރެންނާއި ރާއިމްގެ ވާހަކައެވެ. އައިނީ އާއި ދޮންތަ އަހަރެންނަށް އެކި ގޮތްގޮތައް ނަސޭހަތް ދިނެވެ. އެދެމީހުންގެ ވާހަކަ ހުރިގޮތުން ހީވީ އެމީހުން ބޭނުންވަނީ އަހަރެންނާއި ރާއިމް ރުޅިވާން ހެންނެވެ.
“ކީވެތަ އަބަދު އެންމެން ޒީވާ ހެޕީހެ، ޒީވަ ހެޕީ ނޫނިއްޔާ ބްރޭކް އަޕް ވާށެ ބުނަނީ؟” އަހަރން ޝަކުވާގެ ރާގަކަށް ބުވެލީމެވެ.
“އެއީ އާމުކޮށް އަން ސައިޑެޑް ރިލޭޝަންޝިޕްސް ވޯކް އައުޓް ނުކުރާތީ. މިހާރު ޒީވާ ރާއިމް ދެކެ ލައިކް ނުވިޔަސް ފަހުން ލައިކް ވެވިދާނެ. އެކަމަކު އޭރު ރާއިމް ޒީވާ ދެކެ ލައިކް ނުވެދާނެ. ޒީވާ ލައިކް ނުވާތީ ރާއިމް ގިވަ އަޕް ވެސް ކޮއްފާނެ އޭރު. އޭރުން ފަހުން ދެރަވާނީ ޒީވާ. އަހަރެން މިހެން މިބުނަނީ ޒީވާ އައް ކެއާ ކުރާތީ.” އައިނީ ވާހަކަ ދައްކަމުން ދިޔަ އެވެ. “ޓްރޫ ފްރެންޑްސް އެކަމާ ވިސްނާނެ. ވަރަށް ބޮޑަށް. ޒީވާ އަށް ނޭނގިވިޔަސް. އެމީހުން އެއްވެސް ވަރަކަށް ޒީވައަށް އެކަހަލަ ކަމެއްއް ދިމާވާކަށް ނޭދޭނެ. ޒީވާއަށް ޑިސިޝަން މޭކް ކުރަން ދޫކޮއްލިޔަސް ނޫނީ ޒީވާގެ ޑިސިޝަންއަށް ރެސްޕެކްޓް ކުރިޔަސް، މިބުނީ ހިތްހަމަ ނުގެހުނަސް ކޮންމެހެން ރުޅި އައިސްގެން ޒީވާ ދެރަކޮއްލާ، ޑިސިޝަން ބަދަލުކުރަން މަޖުބޫރު ނުކުރިޔަސް ސާފު ބަހުން ހިތްހަމަނުޖެހޭ ވާހަކަ ބުނާނޭ. މިހާރު އަހަރެން މިބުނާ ގޮތަށް. އަހަރެން އޯކޭ އެއްނޫނޭ ޒީވާ ރާއިމްއާ ރައްޓެހި ވީމަ އެއް. ތީ ރަނގަޅު ޑިސިޝަން އެއްވެސް ނޫން، އެކަމު ޒީވާ ބޭނުމިއްޔާ ރިލޭޝަން ކުރިއަށް ގެންދޭ. އެހެން ނޫނަސް ޒީވާ އަށް އެންމެ 13 އަހަރު. އަދި މަކުޑަ ކުދިންނާ ރައްޓެހިވާން. އެންޑް ރައްޓެހި ވީވެސް ރަނގަޅު ކުއްޖަކާ ނޫން. ޒީވާ އަށް ވެސް އިނގޭނެ އެކަން. ސުވާލެއް ކޮއްލަންތަ؟”
ވަކި އެއްޗެކޭ ނުބުނެ އަހަރެން ބޯޖަހައިލީމެވެ.
“ރާއިމް ޒީވާއަށް ޓްރީޓްކުރަނީ ރަނގަޅަށްތަ؟” އައިނީ ކޮއްލީ އަހަރެން ވިސްނައިލަން ޖެހޭ ފަދަ ސުވާލެކެވެ. “މިކުރި ސުވާލާ ދޭތެރޭ ވިސްނައިލައިފިއްޔާ ވަރަށް އުފާ ވާނެ.”
އައިނީ އެދުނު ފަދައިން އަހަރެން އެކަމާއި ދޭތެރޭ ވިސްނީމެެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ރާއިމް އަހަރެންނާއި ދޭތެރޭ ކަންތައް ކުރާ ގޮތާއި މެދު ވިސްނީމެވެ. އަހަރެންނަށް ހީވީ އަހަރެންނަށް އެކަށީގެން ވާވަގުތު ނުދެވެނީ ކަމަށެވެ.
ޓާމް ބްރޭކްއަށް ސްކޫލް ބަންދުވި އެވެ. އަހަރެންނާއި ދޮންތަ އިންސްޓަރގްރަރމް އައިޑީ އެއް ހެދީ އަހަރެމެންގެ ދައްތަ އެއްވެސް އިންސްޓަރގްރަރމް ބޭނުން ކުރާތީ އެވެ. ދޮންތަ އާއި އުމުރުން އެއްވަރު ކުއްޖެއް ނަމަވެސް އަހަރެން ވެސް ރައިޝާ އަށް މުހާތަބު ކުރަނީ އޭނަގެ ނަމުންނެވެ.
އިންސްޓަރގްރަރމް ބޭނުންކުރަން ފެށުމުން ރާއިމް އަށް ގިނައިްނ ވާހަކަ ދެއްކޭނެ ކަމަށް ހީކުރީމެވެ. ނަމަވެސް ރާއިމް އޮންލައިން ވަނީ ވެސް ހާލަކުން ފަހަރަކުއެވެ. އަދި އޭގެ އިތުރުން ދެމީހުންގެ މެދުގައި ހަމަނުޖެހުން ވެސް އުފެދެން ފެށި އެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


