Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދަތުރު-6

__devil__09 Level 210 Stories100 Login
June 28, 2025 2 Mins Read
0 Comments

*ކުޑަބެ އާއި ނާއިމް ފެނިފައި ކޮންމެ މީހަކަށް ވެސް އެދެމީހުން ތިބީ ރުޅި ކޮންޓްރޯލް ކޮއްގެންކަން އިނގޭނެ އެވެ.*

“ކިހާ ދެރަ ވެއްޖެ ކަމެއް. ކައޭމެނާ ހެދި ނޯވެ އަންހެން ކުއްޖަކާ ވާހަކަ ދެއްކޭކަށް. މަ ކޮންމެ މީހަކާ ވަހަކަ ދެއްކިޔަސް ކައޭމެނާ ބެހޭކަމެއް ނޫން.” ނާއިމްއަށް ނުހުރެވިގެން ބުނެލި އެވެ.

“ކައޭ ކޮންމެ އަންހެން ކުއްޖަކާ އެއް ނޫނޭ ތި ވާހަކަ ދައްކަނީ. ކައޭ ތި ވާހަކަ ދައްކަނީ ރާއިމްގެ ބިޓަށޭ-”

“ކައޭގެ ބިޓެއް ނޫނެއްނު. ކައޭމެނަށް ނުހުރެވެ. އަންހެން ކުއްޖަކު ފެނުނީމަ ނުބެހި އެއް.” ނާއިމް ގާތަށް އިތުރަށް ރުޅި އައެވެ. އޭރު ކުޑަބެ އިނީ އަހަރެންގެ ކުރިމަތީގަ އެވެ. އެހެން ކަމުން އަހަރެންނަކަށް އެމީހުންނެއް ނުފެނެ އެވެ.

“އޭ ޒީވާ. ކައޭ ތިގޮތަށް ރާއިމް އަށް ދޯކާ ދީފަ އެހެން ފިރިހެން ކުދިންނާ ވާހަކަ އެއް ނުދެއްކޭނެ. ތީހަމަ އެކަމި ނާއިމްގެ ހައްގެއް.”

“ކައޭ މެން ބިރުގަންނަނީ ރާއިމް އަށް ޒީވާ ގެއްލިދާނެތީތަ؟ ދެން ޒީވާ އާ ތިގޮތަށް ބެހިފިއްޔާ މަ އެކަން ހަގީގަތަކަން ވެސް ހަދާނަން.”

“ހިނގާ އެހެން ދިމާލަކަށް…” އިތުރަށް މައްސަލަ ބޮޑުވެދާނެތީ އަހަރެން އަވަހަށް ބުނެލީމެވެ. ނާއިމް ދެކޮޅުހެދުމެއް ނެތި ނާއިމް އަހަރެންނާއި އެކު ހިނގައިގަތެވެ. ކުޑަބެ ވެސް އަހަރެމެން ފަހަތުން އައެވެ. އޭރު ވެސް އެމީހުން އެކި އެއޗިހި ކިޔަމުން ދިޔައީމެވެ.

“އެހާ ގިނަ އަންހެން ކުދިން އުޅޭ އިރު ވެސް އެމީހުންނަށް ފެންނަނީ ޒީވާ އެކަނި. އިނގޭތަ ކީއްވެކަން؟ ރާއިމް އާއި ރައްޓެހި ވެގެން އުޅޭތީ. ޒީވާ ރުޅި އަޔަސް އޯކޭ. ރާއިމް އެއީ ރަނގަޅު މީހެއް ނޫން. ތި ރިލޭޝަންގަ ޒީވާ ހެޕީ އެއްވެސް ނޫނެއްނު.” ނާއިމް ގެ ފަހު ޖުމްލައިން އަހަރެނަށް ސިހިފައި ނާއިމް އާއި ދިމާލަށް ބަލައިލެވުނެވެ.

އަހަރެންނާއި ރާއިމްގެ އެއްވެސް ވާހަކައެއް އަހަރެން ނާއިމް އަކަށް ކިޔައެއް ނުދެމެވެ. ޔަގީނުން ވެސް ކުޑަބެ ނާއިމް އަކަށް ކިޔައެއް ނުދޭނެ އެވެ. ދެން އެހެންވީ އިރު އޭނާ ނާއިމް އެހެން ބުނަންވީ ކީއްވެބާ އެވެ.؟

“ކި…ކީއްވެ ތިހެން ތިބުނީ؟” އހަރެންގެ އަޑު ނިކުތީ އުނދަގުލުންނެވެ.

“ޒީވާގެ މޫނަށް ބަލައިފަ އެކަން ވަރަށް ރަނގަޅައް އިނގޭ. ހެލްތީ ރިލޭޝަންޝިޕް އެއްގަ އުޅޭނަމަ ޒީވާ ހުންނާނީ ހެޕީ ކޮށް. އިނގޭ ރާއިމްއާ ހެދިކަން ޒީވާ ތިހާ މޫޑީ ވެފަ ހުންނަނީ. ރަނގަޅު މީހެއްނަމަ ފްރެންޑްސް ކައިރީ އެގޮތަށް ޒީވާގެ ވަހކަ އެއް ނުދައްކާނެ. އިނގެއެއްނު މި ބުނި އެއްޗެއް؟” އަހަރެން ބޯޖައިލުމުން ދެން ވެސް ވާހަކަ ދެއްކީ ނާއިމް އެވެ. “ހީ ކާންޓް ކީޕް ޔޫ ހެޕީ. ޔޫ ޑިޒާވް ބެޓާ.” 

އަހަރެން ވިސްނައިލީމެވެ. ނާއިމް އެބުނީ ތެދެކެވެ. ރަނގަޅު މީހެއްނަމަ އެގޮތަށް އެކުވެރިން ކައިރީ އަހަރެންގެ ވަހަކައެއް ނުދައްކާނެ އެވެ. ރާއިމް އާއި ރައްޓެހިވީ ދުވަހުން ފެށިގެން އަހރެން ހުންނަންޖެހެނީ ކޮންމެވެސް ކަމަކާ ހާސްވެ ބޯ ގޮވައިފަ އެވެ. ދެން އަހަރެން ވިސްނައިލީ މިއަދާއި ކުރީދުވަހު ނާއިމްގެ ބަދަކުގައި ރާއިމް ހުރިނަމަ ކަންތަށް ކުރާނެ ގޮތަކާއި މެދު އެވެ. ހަމަ ގައިމުވެސް ރާއިމް އެގޮތައް ކަަންތަކެށް ނުކުރާނެ އެވެ. އަނެއް ކޮޅުން އެއީ އޭނާގެ އެކުވެރިންނެވެ.

“ކިހިނެއްވީ؟” އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ އިންނަން ފެސުމުން ނާއިމް އަހައިލި އެވެ.

“ކަމެއް ނުވޭ.”

“އެމީހުން ކީ އެއްޗިއްސާ ދޭތެރޭ ދެން އެހާ ބޮޑަށް ނުވިސްނާ” ހަަމަޖެހޭ ގޮތް ދައްކައިލަމުން ނާއިމް ބުނެލި އެވެ.

“ހީމް…މަ ބުނީ ނާއިމް ކީއްކުރަންހޭ މަ ދޮންތަ ރިމަހުއާ ރައްޓެހިވެގެން އުޅޭތޯ އަހަނީ.” މައުލޫ ބަދަލު ކޮއްލުމުގެ ނިޔަތުގައި އަހަރެން ބުނެލީމެވެ. އޭރު ކުޑަބެ އިނީ ކުޑަބެގެ އެކުވެރިއަކާއި ވަހަކަ ދައްކަން ތަންކޮޅެއް ދުރުގަ އެވެ.

“ކަމެއ ނުވޭ. ހަމަ އަހާލީ. ދެން މަ ކައިރީ ބުނުމަކުން ގޯހެއް ނެތެއްނު.”

“އެ ދެމީހުން އުޅެނީ ރައްޓެހި ވެގެންނެއް ނޫން. ޖަސްޓް ފްރެންޑްސް.”

“އޮޅުވައިނުލާ ބުނެބަލަ.”

“ގަބޫލުކުރުމާ ނުކުރުން ނާއިމްގެ ކަމެއް”

“ހުސް ދޮގު. މަށަށް އިނގޭ އެދެމީހުން އުޅެނީ ރައްޓހި ވެގެންކަން.”

“އިނގެންޔާ ކީއްކުރަން އަހަނީ؟” އަހަރެން އެހެން ބުނެލީ ޖެއްސުމަށެވެ. އޭރު ކުޑަބެ ވެސް އައިސް އަހަރެމެން ކައިރީ މަޑުކޮއްލަނީ އެވެ.

“މާނައަކީ އެއީ ތެދެކޭ؟” ސިރިއެސް ވެފައި ނާއިމް އަހައިލި އެެވެ.

-ނުނިމެ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

__devil__09

Level 210 Stories100 Login

Other Articles

Previous

9 – މަލަކާ

Next

ބައިވެރިޔާ-3

Next
June 28, 2025

ބައިވެރިޔާ-3

Previews
June 27, 2025

9 – މަލަކާ



All Right Reserved!