Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި-1

__devil__09 Level 210 Stories100 Login
June 22, 2025 2 Mins Read
0 Comments

ކަނޑު ގެ ލޮނުގަނޑު ކަފަމުން ރަށުގެ ބަނދަރުން ވަދެގެން އައި ލޯންޗު މައިހާ އާއި މިންހާ މޫނުމަތިން އުފާވެރި ކުލަވަރު ފެނިގެން ދިޔައެވެ. މާޔާ ވެސް އިނީ އުފާވެފަ އެވެ.

ލޯންޗުން ފައިބައިގެން އައި ރަނާ ދުވެފައި ގޮސް މައިހާ އާއި މިންހާ ގައިގައި ބައްދައިލި އެވެ. ފަހަރަކު މީހަކު ލޯންޗުން ފައިބަމުން ގޮސް އެންމެން ހަމަވިއެވެ. އެމެން އެކުގައި ހިނގައިގަތީ ގެއާއި ދިމާލަށެވެ.

ގޭގައި ތިން ކޮޓރައާއި ގެއާއި ގުޅުވައިފައިވާ އިތުރު ދެ ކޮޓަރި ހުރި ޖާގައިގެ ގޮތުން ތަނަވަސް ގެއެކެވެ. މައިހާ އާއި މިންްހާ، ރަނާ ގެ ދަބަހާއި ފޮށިތައް އެދެކުންގެ ކޮޓަރިއަށް ވެއްދި އެެވެ. މާޔާ ވެސް މިންނައާއި ހަނާ އާއި އެކު އެކުދިންގެ ފޮށިތަކާއި ދަބަސްތެއް އޭނާގެ ކޮޓަރިއަށް ވެއްދި އެވެ. މަރިޔަމް އައް އިނީ ބޭރުގައި އިން ކުޑަ ކޮޓރި އެވެ. ރާނިޒާ އާއި މުހައްމަދުގެ އިތުރުން ރާނިޔާ އާއި ރާތިއު އަށް ބޮޑު ކޮޓަރި އެވެ. ރައުފާ އާއި ނަދީމްގެ އިތުރުން ޒައިދު އާއި ޝާޔަން ދިޔައީ ޖޭޒްމީން ގެއަށެވެ. އެއީ ރައުފާ، ރާމިޒާ އަދި ރިޝްފާގެ ބައްޕަގެ ގެއެވެ.

ހުރިހާ ދަރިން އެއްފަސްގަނޑެއްގައި އެއްކޮއް އުޅޭތަން ފެނިފައި މަރިޔަމް އަށް ހުރެވެނީ އަބަދުވެސް ހިނިތުންވެވިފަ އެވެ. ހުރިހާ މާމަ ދަރިން ވެސް އެކުގައި މަޖާ ކުރާތަން ބަލަން އިނީ ވަރަށް ހިތްހަމަ ޖެހިފަ އެވެ. ދަރިން އެއްބައި ވެފަ އުޅޭތަން ދެކިލާހިތުން އޭނާ ހުންނަތާ ކޮންދުވަހެއް ހެއްޔެވެ. ނަސީބު ރަނގަޅު ކަމުން އޭނަ އަށް މިއޮތީ އެދުވަސް ވެސް ފެނިފަ އެވެ.

ބޮޑު ބަންދު ކަމުން ގިނަކަންތައްތަކެއް ރޭވެމުން ދިޔަ އެވެ. ދަތުރު ދިއުމާއި އޯވާނައިޓް ތަކަށް ދިއުމާ ނައިޓް ފިޝިން ފަދަ ކަންތައް ފޯރިއާއި އެކު ރޭވެމުން ދިޔައެވެ. ކުދިވެރިން ރާވަމުން ދިޔައީ ރަށުތެެރެ ބަލާލަން ދިއުމާއި ފޮޓޯ ނަގަން ދިއުމަށެވެ.

ރަށައް އާދެވުނީ މިއަދު ކަމުގައި ވިޔަސް ރައުފާ ބޭނުންވީ ކުދިވެރިން ގޮވައިގެން މޫދަށް ދާށެވެ. އެހެން ކަމުން މެންދުރުވީއިރަށް ކުދިންކޮޅު ގޮވައިގެން ގޭ، ކައިރީ މޫދަށް އެރެން ހަދައިފައިވާ ފުންގަނޑަށް ދިޔައެވެ. އިރުއޮއްސެން ގާތް ވާންދެން މޫދުގައި ސަކަރާތްޖަހަން އުޅުމުން އެންމެން ވެސް ތިބީ ވަރުބަލި ވެފަ އެވެ. ފެންވަރައިލައިގެން އެނދުގައި ބުރަކަށި ޖައްސައިލުމާ އެވު ފަސޭހަކަމާއެކު ހުރިހާ ކުދިންނަށް ވެސް ނިދުނެވެ.

ރަނާ އައް ހޭލެވުނީ އޭނަގެ ފޯނު ރިންގުވާ އަޑަށެވެ. ތެދުވެ ގަޑިބަލައިލި އިރު ދަންވަރު އެކެއް ޖަހަނީ އެވެ. ނިދިފައި އޮތް މައިހަ އާއި މިންހާ އަށް ބަލައިލައިފައި އޭނާ ގޮސް ކުޑަދޮރު ހުޅުވައިލައިގެން ކުޑަދޮރުމަތީ އިށީނެވެ.

“ހަލޯ” ނިދިއަޑަކުން ރަނާ ބުނެލި އެވެ.

“ހާދަ ޓަޔަޑް ހެން ހީވޭ” މަޑު ހުނުމަކާ އެކު މަޔާން ބުނެލި އެވެ.

“މިއަދު މޫދަށް ދިޔައީމޭ”

“މިންހާ އަށް ހޭލެވުނީ ކަރު ހިއްކައިގަނެގެންނެވެ. ތެދުވެގެން ދޮރާއި ދިމާލައް ދިޔަ އިރު އޭނާގެ އެއްވެސް ހިޔާލެއް ފިކުރެއް ނެތެވެ. ފެންފުޅިއެއް ހިފައިގެން ވަދެ ދޮރު ލެއްޕި ވަގުތު ކޮންމެވެސް މީހަކު ކޮޓަރި ތެރޭހުރެފައި ވަރަށް ބާރަށް ހޭން ފެށި އެވެ. މިންހާ ހީވީ މޭގަނޑު އަނގައަށް އައި ހެނެވެ. ގަަންބިރުން އޭނާ ފެންފުޅި ވެސް އެއްލައިލައިފައި ފުންމައިގެން އެނދުމައްޗަށް އެރައި ނިދައިފައި މައިހާ އަށް ގޮވިއެވެ. މަންހާ ފެނިފައި މައިހާ ވެސް ދިޔައީ ސިއްސައިގެންނެވެ. ދެމީހުން އެއްކޮށް ހަޅޭލަވައިގަތް އަޑަށް ރަނާ ވެސް ސިހުނެވެ. ރަނާ ދުވެފައި ގޮސް ލައިޓު ޖެއްސި އެވެ.

“ކަލޭ…މިގަޑީ ތިގޮވަނީ ކީވެތަ” ގަޑިއަށް ބަލައިލަމުން މައިހާ ވާހަކަ ދެއްކި އެވެ. އޭރު މެންދަމުން އަލިވެ ތިނެއް ޖެހީއެވެ.

“މިހިރި މީހާ ދޯ މިހެނީ މާބާރަކަށް. އަނެއްކާ މޮޔަވީތަ…އެކަނި އިނދެ ހެނީ ކީއްވެ؟” މައިހާއަށް ޖަވާބު ދިނުމެއް ނެތި މިންހާ ރަނާ އާއި ދިމާލަށް ބުނެލި އެވެ.

“ރަނާ އެކި އިނދެ ހެނީއޭ! މަ ބިރުގަނެއްޖެ. މާގަން ހެދުނު ކުޑޫ ކާރީ ބުނާނަން.” މައިހާ ބުނެލި އެވެ.

“ނޫން ނޫން މަންމަ ކާރީ ނުބުނާތި. މަ މިއުޅެނީ މަޔާން އާއި ގުޅައިގެން.” ރަނާ އަވަސް އަވަހަށް ބުނެލި އެވެ.

“ނަސީބެއްނު. ކިރިޔާއޭ ބިރުން މަރުނުވީ. ކުޑޫ އަކއް ނޭނގޭތަ ތިދެމީހުން…” މިންހާ ފުން ނޭވާއެއް ދޫކޮށް ލަމުން ބުނެލި އެވެ.

“އިނގޭނެ. އެކަމަކު ދަންވަރު ގުޅާކަމެއް ނޭނގޭނެ. ރުޅި އަންނާނެ.” ރަނާ ބުނެލި އެވެ.

“ރަނާ ދެން ތިކަހަލަ ކަމެއް ނުކުރައްޗޭ. މިންހާއަށް ގޮތެއް ވެއްޖެއްޔާ މާދެރަ އެއްނު. ދޯ މިންހާ” ލާނެތް ގޮތަކަށް މައިހާ ބުނެލި އެވެ.

“މިވާގޮތެއް މަށައް ކިޔައިދީބަލަ” ރަނާ ހުރީ ވާނުވާގައެވެ.

“ފަހުން ދޯ. ވަރަށް ވަރުބަލި ހިނގާ ނިދަން” މިންހާ އޮށޯންނަމުން ބުނެލި އެވެ. އޭރު އޭނާގެ މޫނު ވަނީ އެއްކޮއް ރަތް ވެފަ އެވެ.

“ކަލޯ ވަރަށް ވަގު ގޮލައެއް މީ. މަ ބުނާނަން. ވާގޮތަކީ-”

“މަ އަމިއްލައަށް ބުނާނަން. އެކަމު ދެން މާދަން ދޯ” މައިހާ ވާހަކަ މެދު ކަނޑައިލީ މިންހާ އެވެ. ރަނާ ވެސް އެގޮތަށް އެއްބަސް ވެފައި ނިދަން އޮށޯތެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

__devil__09

Level 210 Stories100 Login

Other Articles

Previous

ދަތުރު-3

Next

މަލަކާ – 3

Next
June 23, 2025

މަލަކާ – 3

Previews
June 22, 2025

ދަތުރު-3



All Right Reserved!