*ކޮންމެވެސް ގޮތަކުން ހާނިޔާ އައް އޭނާ ކުރިކަންތައް އަހަރެންނަށް އިނގޭ ކަން އިނގުނެވެ. އޭނާ ރުޅިއައީ އަހަރެންދެކެ އެވެ.* ރަށުގައި ވޮލީ މެޗެއް އޮތުމުން އަހަރެން ހުރީ އެތަން ބަލަން ގޮހެވެ. ވަރަށް މީހުން އުޅުނެވެ. އެހެން ކަމުން އަހަރެން ހުރީ ދޮންތަ އާއި އެކު އައިނީ އައި ނުހާ ކައިރީގައެވެ. އެއީ ވެސް އަހަރެންގެ އެކުވެރިންނެވެ. ނާއިމް އަހަރެން ކައިރި އައް އައީ އަހަރެން އެހެންތިއްބަ އެވެ. ވާހަކަ ދައްކާލާފައި އޭނާ ދިޔައީ އެވެ. އެހުރިހާ […]
*”އަވަހައްދޭ. ގޮސް ބުނޭ. މަށަށް ވަރިހަމަ. ކަލޭތީ ކާކު މަ ކައިރީ ހަދަންވީ ގޮތް ބުނަން.” މިންހާގެ ބޮލަށް އުނދަގޫ ވި އެވެ.* “ރަނގަޅަކަށް ދޯ މިބުނަނީ. އަނެއްކާ އެއްކަލަ ސޮރުގެ އިންތިޒާރުގައިތަ. އެއީ ވެސް ފިސާރި ސޮރެއް. އެންމެން ތިއްބާ އަންނަން ވެއްޖެ ހޮސްޕިޓަލައް ވެސް.” ޒައިދު ނާއިލް އައް އެއްޗިހި ކިޔަން ފެށި އެވެ. މިންހާ ގާތައް އިތުރައް ރުޅި އައެވެ. އޭނާ އޮނދޯލިން ތެދުވި ވަގުތަކީ ރިޝްފާ ގެ ފަހަތުން މައިހާ ވެސް […]
*”ހީވަނީ އެއީ ދޮންބެގެ ބިޓު ހެން. ކޮންތާކުތޯ. ކީއްކުރަނީހޯ. ކިހިނެއްހޯ. ދެން އެކަހަލަ މިކަހަލަ ސުވާލު.” ފޫހި ގޮތަކައް މިޝްޔާ ކިޔައިދިނެވެ. މިޝްޔާގެ ވާހަކަ އަޑުއަހައިފައި އަހަރެން ވެސް ހާނިޔާ ދެކެ ވަރަށް ބޮޑައް ފޫހިވިއެވެ.* އަހަރެން އުޅުނީ ގެއައް ގޮއްސައި ނާއިމްއައް މެސެޖުކޮއް ހާނިޔާގެ ވާހަކަ އަހާށެވެ. ކަންދިމާކުރިގޮތުން އަހަރެންނައް ފޯނުގައި އަތްލާނެ ވަގުތެއް ނުލިބުނެވެ. “ދޮންބެ ބުނީ ޒީވާ ރުޅިއައިސްދާނެތީއޭ ބުނީ. އެހާގިނަ ދުވަސް ފަހުން ދެމީހުން އަނެއްކާ ވާހަކަ ދައްކަން ފެށީމަ މައްސަލަޖެހެން […]
*”އަނެއްކާ. ބުނެފީމެއްނު ތި ވާހަކަ ދައްކާކައް ބޭނުމެއް ނޫނޭ.” ނާއިލް ބާރައް ބުނެލި އެވެ.* “ނާއިލް އަޅެ އަޑުއަހާބަލަ. އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. އަހަރެން އެކަމާ ވަރައް ދެރަވަން. އަހަރެން މަޢާފައް ވެސް އެދެން. އައިމް ސޮރީ. ދެން ނާއިލް މިން އައް ވާހަކަ ދައްކާބަލަ. އާދޭސް ކުރަން.” “ތި ވާހަކަތައް ގޮސް މިން ކާރީ ކިޔާ.” ހިމޭނުން އިރުކޮޅަކު ހުރުމަށްފަހު ނާއިލް ބުންޏެވެ. “ދެން އެހެންމަ މިން އައް ވާހަކަ ދައްކާނަންތާ؟” މައިހާ […]
*އެއްދުވަހެއްގެ ހަވީރެވެ. އަހަރެން އޮތީ ގޭގައެވެ. މެންދުރު ހޮސްޕިޓަލުގައި އުޅުމުން ވަރުބަލި ވެފަ އެވެ. ކުރާނެ ވަކިކަމެއް ނެތުމުން ފޯނުހިފައިގެން އޮއްވައި ނާއިމް މެސެޖުކުރި އެވެ. މިހާރު އެހާ ގިނައިން ވާހަކަ ނުދެއްކޭތީ އެކަމާ ޝަކުވާ ކޮއްލި އެވެ. ސުކޫލުގެ އިތުރު ހަކާތްތައް އޮތުމުން ވަރުބަލިވެފައި ހުންނަކަމައް ބުނެ ކުރިން ވާހަކަ ދެއްކުނު ގޮތާއި މެދު މަޢާފައް އެދުނެވެ. އަހަރެން ރަށުގައި ނެތުމުން ފޫހިވާ ވާހަކަ ބުންޏެވެ. ސުކޫލުން އަހަރެން ނުފެންނާތީ ދެރަވާ ވާހަކަ ވެސް ބުންޏެވެ.* […]
*”މިބުނީނު ނުކުންނާށޭ.” މިންހާ ހުރީ ވަރައް ރުޅިގަދަ ވެފަ އެވެ.* “ވާހަކަ ދެއްކޭތޯ މަސައްކަތް ކޮއްބަލާ.” މަޔާން ވާހަކަ ދެއްކީ ކުރިމަތީހުރި ނާއިލް އަށެވެ. “މާ ކިހިނެއްތަ ދެން ހަދަންވީ. އޭނާ ހޮސްޕިޓަލުގައި އޮތް އިރު ހޮސްޕިޓަލައް ދެވިއްޖެ. އޭގެފަހުން ގުޅެން އުޅިފިން ނަންބަރު އިނީ ބްލޮކް ކޮއްފަ. މެސެޖު ކުރަން އުޅުނިން. ހުރިހާ ތަނަކުން ބްލޮކް ކޮއްފަ އޭ ހުރީ.” ސިނގިރޭޓު ދަމާލުމަށްފަހު ދުންތައް ބޭރުކޮއްލަމުން ނާއިލް ބުންޏެވެ. “މައްސަލަ ހައްލު ވާނެކަމަށް މަ ކޮފީ […]
*”މިރޭ ވީގޮތުން އަދި މާ ދެރަ ވާނެ. އަނެއްކާ ނާއިލް ބޭބެ އައް އިނގޭބާ ދޮންތި ހޮސްޕިޓަލުގައި އޮތްކަން. ހާދަ ދެރަވާނޭ.” ހަނާ ހާސްވެފައި ވާހަކަ ދެއްކި އެވެ.* “އާނ. ވަރަށް ދެރަވާނެ. ހަމަ ނާއިލް ބޭބެ ދިޔައިރަން އެހެން އެވީ.” މިންނަ ބުންޏެވެ. އެވަގުތު ދޮރު ހުޅުވައިފައި ވަނީ މައިހާ އެވެ. “ތިއްތާ. މިހާރު ދޮންތި ކޮބާ؟ ދޮންތި ރަނގަޅުތަ؟” ހަނާ ދުވެފައި ގޮސް މައިހާ ކައިރީ އެހިއެވެ. “ދޮންތި އަކައް އެއްވެސް ގޮތެއް ނުވޭ. […]
*”މިން އިހައް ހަމަޖެހިލާ. ތި އިނީ ވަރަށް ބޮޑު ޝޮކެއްގަ. ގެއައް ގޮއްސިއްޔާ އެންމެނަށް އިނގޭނެ.” ރަނާ ވެސް ބެލީ މިންހާ އައް ވިސްނައިދެވޭތޯ އެވެ.* “މަށަށް ހެވޭ. ކޮންމެ މީހަކައް އެނގުނަސް. މަ މިދަނީ.” މިހެން ބުނެފައި މައިހާ ބާރައް ހިނގާފައި ގޮސް މަގައް ނުކުތެވެ. އެވަގުތު ވަރަށް ބާރަށް އައި ސައިކަލެއްގައި ޖެހިފައި މިންހާ ދިޔައީ ވިއްސައިގެންނެވެ. އެންމެން އެދިމާލާއް ދުއްވައިގަތެވެ. ހަނާ ރީން ފެށިއ އެވެ. ސައިކަލުގައި އިން މީހާ ވެސް މިންހާ […]
*”ތި ބުނި އެއްޗެއް އެކްސްޕްލެން ކޮއްފދީބަލަ.”* “ޔޫ ނިއު އެވްރީ ތިންގް އެބައުޓް މީ. ބޭބެ އެގޮތަށް ކަންތައް ކުރީމަ ބިރުން ހުންނަކަން ވެސް އިނގޭނެ. އައި ޖަސްޓއ ކާންޓް ބީ ވިތް ސަމްވަން ހޫ އިޒް ވައިލެންޓް.” “ޔޫ ޓިންކް އައިމް ބީން ވައިލެޓް ވިތް ޔޫ؟ އައި ވޮޒަންޓް ޓްރއިންޓު ބީ ވައިލެންޓް” “ބަޓް ޔޫ ވަރ.” މިންހާގެ އަޑު ބާރު ވި އެވެ. އެންމެން އެދިމާލާއް ބަލައިލި އެވެ. މައިހާ އެ ދެމީހުން […]