Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި-2

__devil__09 Level 210 Stories100 Login
June 24, 2025 3 Mins Read
0 Comments

*”މަ އަމިއްލައަށް ބުނާނަން. އެކަމު ދެން މާދަން ދޯ” މައިހާގެ ވަހަކަ މެދުކަނޑައިލީ މިންހާ އެވެ. ރަނާ ވެސް އެގޮތަށް އެއްބަސް ވެފައި ނިދަން އޮށޯތެވެ.*

‘ނައިޓް އަވަރސް’ގެ އެންމެން ސައިބޯން ތިބީ އެކުގަ އެވެ. ފޯރިއާއިއެކު ދެކެވެމުން ދިޔައީ މާދަން ދަތުރު ދިއުމުގެ ވާހަކަތަކެވެ. ދާނެ ރަނގަޅު ފަޅުރަށެއް ކަނޑައެޅުމުގެ މަޝްވަރާ ކުރެވެމުން ދިޔަ އެވެ.

“ތިއްތާ. ކީއްވެ ތިއްޔަމެން ކޮޓަރިން ރޭގަ ހަޅޭލަވާ އަޑު އިވުނީ؟” ބަހެއް ނުބުނެ މަޑުމަޑުން ކާން އިން ހަނާ ކުއްލިއަކަށް ބުނެލި އެވެ. އެންމެންގެ ސަމާލުކަން ހުއްޓުނީ މައިހާ އަށެވެ. އެވަގުތު މައިހާ އާއި މިންހާގެ އިތުރުން ރަނާ އައްވެސް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ.

“ރޭގަ ދޯ…؟ ރޭގަ މިންހާ ނިކުތީ ފެންފުޅި އެށް ބަލާ. އައިސް ކޮޓަރިއަށް ވަނީރު ރަނާ ނިދީތެރޭ އޮވެ ހެނީ. މިންހާ ބިރުން ހަލޭލަވައިގަތީ. ދެން އަހަރެމެން ވެސް ބިރުގަން” މައިހާ ދޮގުހެދި އެވެ.

“އެއީ ތެދެއްތަ ދަރިފުޅާ؟” މަރިޔަމް މިންހާ ކައިރީ އަހައިލި އެވެ. މިންހާ ވަގުތުން އެއްބަސްވި އެވެ.

ނާޝްތާކޮއް ނިންމައިގެން މައިހާ ނިކުތީ ގޯތިތެރެ އަށެވެ. ކޮންމެވެސް މީހަކާއި ޗެޓް ކުރަމުން ގޮސް އަނބުގަހުގައި އެލުވައިފައި އިން އޮނދޯލީގައި އޮށޯވެލީރު އޭނާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. މައިހާ ސިއްސައިގެން ދިޔައީ ފަހަތުން ކޮންމެވެސް މީހަކު ކަރުކެހިލުމުންނެވެ. ފަސްއެނބުރި ބަލައިލީއިރު ތިބީ ރަނާއާއި މިންހާ އެވެ. ހަމަޖެހުމުގެ ނޭވާ އެއް މައިހާ ދޫކޮށްލި އެވެ.

“ހިނގާ ހަވީރު ހިނގާލަން ދާން…”މައިހާ ވަރަށް މޫން ގޮތަކަށް ބުނެލި އެވެ.

“ކޮން ނަމެކޭތަ ކިޔަނީ؟ ރީހާން؟ އޭނަ ބުނީ ދޯ…” ރަނާ ހިނިގަނޑެއްޖަހައިލަމުން ބުނެލި އެވެ. މައިހާ މަޑުމަޑުން “ހީމް” އޭ ބުނެލި އެވެ.

“މަ ނެތް އެހާ ދާ ހިތެއް” ރަނާ ފޫހިވެފައި ބުނެލި އެވެ.

“އެއީ؟ ރަނާ ވެސް ވާނެ ދާން” މައިހާ ބުނެލި އެވެ.

“ތިމީހުން މިއަދު ގޮސްލާ. މަ ހަމަ އަސްލު ވެސް ނެތޭ ބޭރަށް ދާހިތެއް” ރަނާ ހިނގައިލަން ނުދާން އެކި ވާހަކަތައް ދައްކަން ފެށި އެވެ.

“މަޔާން އަންނަނީ ކޮން ދުވަހަކު؟” ކަމެއް ރޭކައިލާ ފަދައިން މައިހާ އަހައިލި އެވެ.

“މާދަން އަންނާނަމޭ ބުނީ.”

“އޯކޭ. ރަނާ ދާން ބޭނުންނުވަންޏާ މިއަދު ހިނގައިލަން ދިއުން ކެންސަލް.”

“ނޫން. އޯކޭ ދާނަމޭ. އަދި ރީހާންއާ ވެސް މީޓް އެއް ނުވޭ. އެންޑް މި މިންހާ ގަނޑު ވެސް ރޭގަ ކޮންމެވެސް އެއްޗެކޭ ކިޔަން އުޅުނެއްނު، ބުނެެބަލަ.” ރަނާ އެހެން ބުނި ވަގުތަކީ މިންނަ އާއި މާޔާގެ ފަހަތުން ހަނާ ވެސް އެތަނަށް އައިސް ހުއްޓުނު ވަގުތެވެ.

“ފަހުން ދޯ އެވާހަކަ ދައްކާނީ.” މިންހާ އަވަސް އަވަހައް ބުނެލި އެވެ. ރަނާ ވެސް އެގޮތަށް އެއްބަސް ވަމުން މާޔާމެން ގޮވައިގެން ރަށުތެރެ ބަލައިލަން ނުކުތެވެ.

ހަވީރުގެ ވަގުތެވެ. މައިހާ، ރަނާ އަދި މިންހާ ތައްޔާރުވެގެން ނިކުތީ ބޭރަށްދާށެވެ. އޭރު ރައުފާ އޮތީ ޖޯލީގަ އެވެ. އެތިން ކުދިން ފެނިފައި ރައުފާ ގޮވައިލި އެވެ.

“މިންނަ ވެސް ގޮވައިގެން ދޭބަލަ. މިންނަ އުޅޭނެ ފޫހިވާތީ އެހެން ނޫނީ.” ރުންކުރު ރާގަކަށް ރައުފާ ބުންޏެވެ.

“އަހަރެމެން މިދަނީ އެހެން ކުދިންކޮޅަކާ އެކީ. މިންނަ އެއް ނުގެންދެވެޭނެ.” މައިހާ ބުންޏެވެ.

“ކޮބާ މައްސަލައެއް؟ މިންނަ ވެސް ގޮވައިގެން ދެވިދާނެއެއްނު.” ރައުފާ ރުުޅިއައެވެ. މައިހާ އިތުރު އެއްޗެކޭ ބުނެ މައްސަލަ އެއް ޖެހިދާނެތީ މިންހާ އާއި ރަނާ މައިހާ ގޮވައިގެން އަވަހަށް ނިކުތެވެ.

ރީހާންގެ މިސްރާބު ހުރީ ޖެޓީ ކޮޅުގައި މޫދާދިމާލަށް ފައިބާލައިގެން ތިބި ތިން އަންހެން ކުދިންނާއި ދިމާލަށެވެ. އަމިއްލަ ވާހަކައިގައި ތިބި ތިން ކުދިންނަށް ރީހާން އައިކަމެއް ނޭނގެ އެވެ. ރީހަން ނޫން ކަމަށް ހަދައިފައި މިންހާގެ ކޮނޑުގައި ހިފާ ކުޑަކޮށް މޫދާއި ދިމާލަށް ކޮއްޕައިލި އެވެ. އެހަރަކާތުން މިންހާ އަށް އެއީ ރީހާން ކަން އިނގުނެވެ. އައިރުޅީގައި ފުންމައިގެން ތެދުވެ އޭނާ އަތް ހޫރައިލީ ރީހާން ގައިގައި ބޮނޑިއެއް އަޅާށެވެ. ނަމަވެސް ރީހާން ހުށިޔާރު ކަމާއެކު އެއްފަރާތަށް ޖެހިލި އެވެ. މިންހާ ހޫރައިލި އަތް ޖެހުނީ ރީހާންގެ ފަހަތުގައި އިން ނާއިލްގެ މޫނުމަތީގަ އެވެ.

“މަންމީ ކޮބާ ދޮންތިމެން؟” ރީތިވެގެން ނިކުން މިންން ރައުފާ ކުރެ އަހައިލި އެވެ.

“ދޮންތިމެން ގޮއްސި…” ރައުފާ އޯގާތެރި ރާގަކަށް ބުނެލި އެވެ.

“މަންމި ނުބުނަންތަ ދޮންތިމެން ކާރި މިންނު އަށް މަޑުކުރާކަށް؟” ދެރަވެފައި މިންނަ ބުނެލި އިރު އެދެލޮލުގައި ކަރުނަ ވިދަމުން ދިޔަ އެވެ.

“ދަރިފުޅާ މަންމި ބުނީމޭ. އެކަމަކު ވެސް ދޮންތިމެން ދިޔައީ ކޮންމެސް ކުދިންތަކަކާ އެކީ ކިޔާފަ” ލޯބިން މިންނަގެ ބޮލުގައި ފިރުމައިލަމުން ރައުފާ ބުނެލި އެވެ.

“މިންނަ ހިނގާ ބޭބެއާ އެއްކޮށޤ ސައިކަލު ދުއްވައިލަން ދާން” އެވަގުތު އެތަނަށް އާދެވުނު ޒައިދު ބުނެލިއެވެ.

މައިހާ އާއި ރީހާން ހޭންފެށި އެވެ. ރަނާ ގާތަށް ވެސް ހިނި އައެވެ. އޭރު މިންހާ އިނީ އަނގަމަތީ އަތް އަޅައިގެންނެވެ. އޭނާ އިނީ ފެންކަޅިވެފަ އެވެ.

“މިން އުޅުނީ ރީހާން ގައިގަ ޖަހާށޭ. ސޮރީ. ރީހާން ދުރަށް ދިޔައީމަ ވީގޮތެއް އެއީ. މިން އަކަށް ނޭނގެ ނާއީ އިންކަމެއް. ސީރިއެސް ކޮށް. ސޮރީ.” މިންހާ ދެރަވެފައި ވާހަކަ ދެއްކި އެވެ. ނާއިމް ގާތައް ވެސް ހިނި އަންނަގޮތް ވި އެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

__devil__09

Level 210 Stories100 Login

Other Articles

Previous

ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާ ތަކެއް އޭރުދީފާ-1

Next

6 – މަލަކާ

Next
June 25, 2025

6 – މަލަކާ

Previews
June 24, 2025

ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާ ތަކެއް އޭރުދީފާ-1



All Right Reserved!