އުޑުގައި ރަނިކަން ކުރަމުންދިޔަ ބުރު ހަމަ ހަނދު އޭގެ ހައިބަތު އެންމެ ފުރިހަމައަށް ދައްކަމުން ދިޔައެވެ. މަދުމަދުން ފެންނަމުން ދިޔަ ތަރިތަސް އޭގެ އޭގެ ޗާލުކަން ދައްކަމުން ދިިޔައެވެ. ރޭގަނދުގެ ހަމަހިމޭން ވަގުތު ސޫތްޕެއް ވެސް ގޮވާލަ އަޑު ނީވެއެވެ. ނަމަވެން ދުރުން އިވެމުން ދިޔަ ރާޅުޖަހާއަޑު ހިތްތަކަށް ފިނިކަން ގެނެސްދެމުން ދިޔަ އެވެ. ދޭތެރެއަކުން ސައިކަލެން ދާއަޑު އިވެއެވެ. ހުޅުމާލެ ފޭސް ޓޫ ގެ ފަނަރަ ވަނަ ފްލެޓްގެ 22 ވަނަ ބުރީގެ ބެލްކަންޔެއްގައި އިން […]
* ދުވަސްތައް އެފަދަގޮތަކަށް ފާއިތުވަމުން ދިޔައެވެ. ގުރޭޑް 7 ގައި އަހަރެންނަށް ޕްރިފެކްޓްކަން ލިބުނެވެ. ނަމަވެސް އަހަރެންގެ ހުރިހާ ޝައުގެއް ކިޔެވުމަށް ހުއަޓޭގޮތެއްނުވި އެވެ. އޭރު ޝަބީނާގެ ތިމާގެ ދެކުދިން، ރާއިފް އާއި ހުޝާމް އަކީ ވެސް އަހަރެންގެ ގާތް އެކުވެރިންނެވެ. އެދެކުދިންނަކީ އެއްވެސް ވަރަކަށް ކިޔަވަން އުޅޭބައެއް ނޫނެވެ. އެދެމީހުން އަބަދުވެސް އަހަރެންނާއި ޝަބީނާ އަށް ވާހަކަދައްކާ ހަދައެވެ. އަހަރެމެންނަށް ޓީޗަރު ކިޔައިދޭ އެއްޗެއް ވެސް ނޭނގެ އެވެ.* ދުވަސްކޮޅެއްފަހުން ރާއިފް ބުނީ ރާއިމް އަށް […]
މަންމަ އާއި އެކު ރަށަށް ބަދަލުވީ މާލޭގައި އުޅެންޖެހޭލެށް ދަތިކަމުންނެވެ. ތިން ކުދިން ގޮވައިގެން މަންމަ އުޅެނީ އެކަންޏެވެ. ބައްޕަ ވަޒީފާ އަދާކުރަމުން ދަނީ އެހެން ރަށެއްގަ އެވެ. ބައްޕަ އަށް ލިބޭ ކުޑަ މުސާރައިން ގޭގެ ކުލި ދައްކައި ދެކޮޅުޖެއްސެނީ ކިރިޔާ އެވެ. އޭރު އަހރެންގެ އުމުރުން 10 އަހަރެވެ. ފުރަތަމަ ވެސް ގުރޭޑު ހަތަރަކަށް އައުމުން އަހަރެނވީ މުޅިން އާކުޖަކަށެވެ. ދެންތިބި ހުރިހާ ކުދިންނަކީ އެންމެ ކުޑައިރުން ފެށިގެން ވެސް އެއްކުއްޖަކު އަނެއްކުއްޖަކު ދަންނަ […]
ގެއަށް ވަތް އިރު މަންމަ ފެންނާކަށް ނެތެވެ. އަހަރެން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއައްވަދެ ތަޅުލީމެވެ. ހަމަ އެއާއި އެކު ދެލޮލުން ހޯސްލައިފައި ކަރުނަ އަންނަން ފެށިއެވެ. ޔުނިފޯމް ވެސް ބަދަލުނުކޮށް އަހރެން އެނދުމައްޗައް ވެއްތިގަނެ ބާލީހުގައި މޫނު ފޮރުވައިގެން އޮވެ ރުއީމެވެ. އެހެން އޮއްވައި ނިދުނީ ކިހާއިރަކުކަމެއް ވެސް ނޭނގެ އެވެ. ހޭލެވުނީ މަންމަ ދޮރުގައި ޓަކިދޭ އަޑަށެވެ. ކާން އަންނާށޭ ބުނުމުން މިދަނީކަމައް ބުނެ އަހަރެން ވަނީ ފާހަނަ އަށެވެ. ފެންވަރާ ނަމާދު […]
އަތްތިލަ ބަޑީގެ އަޑުން މުޅި މާހައުލު ގުގުމާލިއެވެ. ކަށިއިގިލީ ގައި އޮތް ރިހި އަނގޮއްޓި ދައްކާލަމުން އެލީނާ އުފަލުން ހީލިއެވެ. އޭނާގެ އަތުގައި ހިފާލައިގެން ހުރި މެޓް ވެސް ހިނިތުންވެލީ އޭނާގެ އަނގޮއްޓި ދައްކައިލަމުންނެވެ. ރޯޔަލް ބްލޫ އާއި ހުދުކުލައިގެ ކުދިކުދި މާތަކުން ޒީނަތްތެރި ކޮށްފައިވާ ހޯލް ތެރޭގައި އަތުރައިފައިވާ ގޮޑި ތަކުގައި ހުރީ ހުދު ފޮތިގަނޑެއް އައްސާލުމައް ފަހު ރޯޔަލް ބުލޫ ރެބަން އޮޅާފަ އެވެ. އެ ބޮޑު ހޯލް ގައި އާއިލާ މީހުންނާއި އެކުވެރިން […]
ހެނދުނުގެ ހިތްގައިމު ވަގުތެވެ. ފިނިފިނި ވައިރޮޅި ޖެހެމުން ދިޔައެވެ. ފަޒާގައި ވެސް ތެއްފިނިކަމެއް ހުއްޓެވެ. އަހަރެން މިއިނީ އަތިރިމަތިގައެވެ. ފިނިވާތި ދެއަތް ދެއަތާ އުނގުޅާލަ އުނގުޅާލަ އެވެ. އުޑުމަތިން ވިއްސާރަ ގޮތް ދައްކާލި އެވެ. ނަމަވެސް އަހަރެން ގެއަށްދާ ހިޔާލެއް ނުކުރަމެވެ. ޖެހޭ ފިނި ވައިރޯޅީގެ އަސަރު ހިތަށާއި ސިކުނޑިއަށް ފޯރަމުން ދިޔައެވެ. ސްކޫލު ދައުރުގެ ފޮނި ހަނދާންތައް އާވާން ފެށިއެވެ. މަންޒަރުތައް ލޯމަތީ ސިފަވާން ފެށި އެވެ. އެއީ މީގެ 9 އަހަރު ކުރިއެވެ. އަހަރެން […]
އުޑުމަތީ ކަޅުވިލާތައް ހުރިއިރު އިރުގެ އަލިކަން ވަނީ ފަޑުވެފައެވެ. މާހައުލުގައިވީ ހަމަހިމޭންކަމުން ގަބުރަސް ތާނަށް އިތުރު ނާމާން ކަމެއް ގެނުވައެވެ. އެމުޅި މާހައުލުން ވެސް އަރެންނަށް އިވޭ ހަމައެކަނި އަޑަކީ ބާރަށް ޖެހެމުންދާ އަހަރެންގެ ހިތު ވިންދުގެ އަޑެވެ. މަހާނަ ތަކުގެ މެދެއްހާ ހިސާބުގައި ހުއްޓިލައިގެން އަހަރެން ހުރީމެވެ. ދިރުއުޅުމުގައި ކުރެވިފައިވީ ކުށްތަކައް އިންތިހާއް ހިތާމަ ކުރާ ހާލު، ކުރިމަތީ ހުރި މަހާނަ ދޮށައް ތިރިވެލީމެވެ. އެ މަހާނައިގައި ވަޅުލެވިފައި ވަނީ އަހަރެންގެ ލޯބިވާ މަންމައެވެ. ވެލިގަޑުގައި […]
އިރު އޮއްސޭ ވަގުތެވެ. އުޑުމަތީ ރަތް ވިލާ ލާންފެށުމުން މަގުމަތީ ހިގާ މީހުންނާއި ދުއްވާފައި އުޅޭ މީހުންވެސް މަދުވާން ފަށައިފިއެވެ. ކަނޑުގެ ލޮނުގަޑަށް އިރުގެ އޮރެންޖު ކުލަ އެޅިފައި ހުންނައިރު ވަރަށް ފުރިހަމައެވެ. “ހަމަ އަސްލުވެސް މިބުނީ މަށައް މާއިޝް ދެކެ ލޯބި ވެވިއްޖެ ކަންނޭންގެ..” ބަނދުރުމަތީ އިށީން ދެގެން ތިބެ އާލިޔާ އޭނާގެ އެކުވެރިޔާ ނަވްޔާއާ ވާހަކާ ދެއްކިއެވެ. އޭނާގެ ލޮލުގައިވީ އުންމީދެވެ. “އެހެންތަ، އެކަމަކު އެއީ އަހަރެމެންގެ ޕްރޮފެސަރ އެއްނު؟ ޔޫ ޑިޒާވް ބެޓާ..” […]