Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބައިވެރިޔާ-2

__devil__09 Level 210 Stories100 Login
June 25, 2025 3 Mins Read
0 Comments

*އެދެކުދިންނަށް ދެވުނު އިރު ވިޝާލް އާއި އަނާ ތިބީ ސްކޫލް ގޯތިތެރޭ ހުރި ހިލަ ގޮނޑިތަކުގެ ތެރެއިން ގޮނޑިއެއްގައި އިށީން ދެގެން ވާހަކަ ދައްކާށެވެ. ރައިފާ ބުނި ފަދައިން އެދެމީހުން ތިބީ އަތުގުޅުވައިލައިގެންނެވެ.

“ވިޝާލް” މައިޝާ ހައިރާން ވެފައި ގޮވައިލި އެވެ. ދެމީހުން ސިހިފައި ދުރަށް ޖެހިލި އެވެ.*

“މައިޝާ” ވިޝާލްގެ އަޑުގައި ވަނީ ހާސްކަމެވެ.

“ވިޝާލް މީކޮންކަމެއް؟” މައިޝާ ހައިރާން ވެފައި ހުރެ އަހައިލި އެވެ.

“ކޮބާ؟’

“އަނާ އާ އެއްކޮށް މިތާ ކީއްތިކުރަނީ؟”

“އޯހ…އަނާ ހިނގާފަ ދަނިކޮށް ފައި ފޮރޮޅުނީ. އައި ސޯ ހަރ. އައިމް ޖަސްޓް ހެލްޕިންހާ.” ވިޝާލް ދޮގުހެދި އެވެ. “މައި ހީކުރީ ކީކޭ ކަމަށް؟”

“ސޮރީ. މައި ހީކުރީ ވިޝާލް މައި އަށް ޗީޓް ކުރަނީ ކަމަށް.” ދެރަވެފައި މައިޝާ ބުނެލީ ރައިފާ އަށް ލޯއަޅައިލަމުން ނެވެ.

“ޕިސް. މައި ތިކަލަ ގޮތަކަށް ވިސްނާކަށް ނުވާނެއްނު. މައިގެ ވިޝާލް މައި އަކަށް ޗީޓް އެއް ނުކުރާނެ. އައި ވޯސް ޖަސްޓް ހެލްޕިންހާ.” އައިޝާގެ އަތުގައި ލޯބިން ހިފައިލަމުން ވިޝާލް ބުންޏެވެ. އޭރުވެސް އަނާ ބަލަން އިނެވެ. ރުޅި އައިސަ އެވެ.

“މައި! ހަނގާބަ އަހަރެން ގޮވައިގެން ކްލާހަށް.” ވިޝާލް އާއި މައިޝާ ދުރުކުރަން އަނާ ބުނެލި އެވެ.

“އަރ ޔޫ ޝުއަރ ކްލާހައްތަ ދާން ބޭނުމީ؟ ހެލްތް ރޫމް އަށް ގޮސް ޗެކް އަޕް އެއް ކޮށްލަންވީނު.” މައިޝާ އައިން އަނާގެ އަތުގައިހިފާ ތެދުވަން އެހީވެދިނެވެ.

“ނޯ. އައިމް ފައިން. އެހާ ބޮޑާކަށް ތަދެއްނުވޭ. ކްލާހަށް ދާނީ.” އަނާ އެހެން ބުނުމުން މައިޝާ އަނާ ގޮވައިގެން ކުލާހަށް ދާން ހިނގައި ގަތެވެ. ރައިފާ ވެސް އެދެމީހުން ފަހަތުން ހިނގައި ގަތެވެ.

އެއްރެ އެވެ. މައިޝާ ލީޑިން ޓީޗާސް ރޫމް އިން ނިކުމެގެން ކުލާހަށް ދިޔައިރު ކޮރިޑޯ އޮތީ އެއްކޮށް އަނދިރިކޮށޭވެ. އެކަނި އަނދިރި ކޮރިޑޯއިން ހިންގައިފައި ދިޔައިރު އޭނާގެ އެއްވެސް ހިޔާލެއް ފިކުރެް ނެތެވެ. މައިޝާގެ ފިޔަވަޅުތަށް ހުއްޓުނީ ކުލާހެއް ތެރެއިން ބަޔަކު ވާހަކަ ދައްކާ އަޑު އިވުމުން ނެވެ. މައިޝާގެ ހިތުގައި ކޮންމެވެސް ވަރަކަށް ބިރުވެރިމެއް އުފެދުނެވެ. ކުލާހުގެ ދޮރު ހުރީ ކުޑަކޮށް ހުޅުވިފައި ކަމުން މައިޝާ ކައިރިވެ އެތެރެއަށް ބަލައިލި އެވެ. ސިއްރުން ނެވެ.

ފެނުނު މަންޒަރަކުން މައިޝާގެ ހިތް ނުހުއްޓުނީ ކިރިޔާ އެވެ. ބިރުން ފަހަތަށް ފިޔަވަޅެއް ވެސް އަޅައިލެވުނެވެ. އެވަގުތު އެތެރޭގައި ތިބި މީހުންނަށް އޭނާގެ ފިޔަވަޅުގެ އަޑު އިވުނެވެ. މައިޝާ ބިރުން ދުއްވައިގަތެވެ. އޭނާގެ ކުލާހާއި ދިމާލަށެވެ. އެހުސް ކުލާސް ރޫމް ތެރެއިން ނިކުން މީހުން ވެސް އޭނާ ފަހަތުން ދުއްވައިގަތެވެ. ނަަމަވެސް އެމީހުންނަށް އަތުނުޖެހި އޭނާ ސަލާމަތް ވިއެވެ. މުދައްރިސް ސުވާލު ކުރުމުން އޭނަ ބުނީ އެކަނި އަންނަން ޖެހުމުން ބިރުން ދުވެފައި އައިކަމަށެވެ.

ދުވެފައި ދިޔަ އަންހެން ކުއްޖާ އަތުލައި ނުގަނެވެުނު ކަމުގައި ވިޔަސް އެއީ މައިޝާ ކަން އެމީ ހުންނަށް އިނގުނެވެ. އެތެރޭގައި ހިނގި ކަންތަށް މައިޝާ އައް ފެނުނުކަމެއް ނުވަތަ ނޫންކަމެއް އެމީހުންނަށް ޔަގީން ނުވިކަމުގައި ވިޔަސް އެމީހުން މައިޝާ ދުލެއް ނުކުރާނެ އެވެ.

އެރޭ ނިދަން އޮވެވެސް މައިޝާއަށް ވިސްނެމުންދިޔައީ އެކުލާސް ރޫމު ތެރެއިން ފެނުނު މަންޒަރެވެ. އޭނާގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދިފައި ވެއެވެ. އޭނާގެ ބޮލުތެރޭގައި ވަނީ ހައިޖާނުގަނޑެއް އުފެދިފަ އެވެ.

ޖެހިގެން އައި ދުވަހު ސްކޫލުން ވިޝާލް ފެނުމުން މައިޝާ އުފަލެއް ނުވި އެވެ. އޭގެބަދަލުގައި އޭނާގެ ހިތުގައި އުފެދުނީ ބިރުވެރި ކަމެވެ. ވިޝާލް އޭނަ ކައިރިއައް އަންނަތަން ފެނުމުން ވެސް އޭނާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް އަވަހަށް ކުލާހަށް ވަނެވެ. ވިޝާލް އާއި އަނގައިން ވެސް ބުނަން ބޭނުންނުވާ ފަދަ އެވެ.

މައިޝާގެ އުޅުނުގޮތުން ވިޝާލްގެ ހައިރާނެށް ނުވި އެވެ. ނަމަވެސް އޭނާގެ ހިތުގައިވީ ޝައްކު ޔަގީނަށް ބަދަލުވި އެވެ. ހިތުގައި ކުޑަ ނުތަނަވަސް ކަމެށް އުފެދުނެވެ. ނަމަވެސް މައިޝާގެ އަނގަ ބަންދު ކުރަން ވިޝާލް ހުރީ ކޮންމެފަދަ ކަމެށް ވެސް ކުރަން ތައްޔާރަށެވެ. އޭނާ އަށް ނެނގޭ ކަމަކީ މީހަކުކައިރީ އެވާހަކަ ދައްކަންކެރޭ ވަރަށް ވުރެ މައިޝާ ބިރުން ހުރިކަމެވެ.

ވިޝާލްއަށް ނުފެނި އުޅެން މައިޝާ މަސައްކަތް ކުރަމުން ދިޔައިރު ވިޝާލް ރާވަމުން ދިޔައީ މައިޝާގެ އަނގަ އެވާހަކަ ދެއްކިޔާ ނުދޭން ހަދާނެ ގޮތަކާއިމެދު އެވެ.

މައިޝާއަށް ލަހުން ގެއިން ނިކުމެވުމުގެ ސަބަބުން ސްކޫލާ ހަމައަށް ދެވުނުއިރު ހުރިހާ ކުދިން ކުލާސްތަކަށް ގޮސް ނިމިއްޖި އެވެ. އާދައިގެ މަތިން މިރޭ ވެސް ކޮރިޑޯ އޮތީ އަނދިރިކޮށެވެ. މައިޝާގެ ސިކުނޑިއަށް ވެރިވީ ކުރީރޭގެ ހާދިސާއެވެ. އެރޭ އެމީހުން އޭނަ ފަހަތުން އައިކަން އޭނާއަށް އިނގެ އެވެ. އެހެންކަމުން ފަހުން ވެސް އެމީހުން އޭނާއަށް ގޮތެއް ހަދައިފާނެހެން އަބަދުވެސް މައިޝާ އަށް ހީވެ އެވެ.

ބިރުން އެކިދިމާލަށް ކަޅި އުކަމުން މަޑު ފިޔަވަޅުތަކެއްގައި މައިޝާ ހިނގައިފައި ދަނިކޮށް ކޮންމެ ވެސް މީހަކު އޭނަގެ އަނގަމަތީ އަތް އަޅާ އެންމެ ކައިރި އަށް ހުރި ހުސް، އަނދިރި ކުލާސް ރޫމް ތެރެއަށް ދަމައިގަތެވެ. މައިޝާ އިނީ ދެލޯ ބޮޑުވެފަ އެވެ.

“ސަލާމަތް ވެގެން ދާން ހިތަށް ވެސް ނާރުވާތި. ހަޅޭލެވިޔަސް ދެން ވާގޮތް ރަނގަޅެއް ނުވާނެ.” ފިރިހެން ވަންތަ އަޑޭކެވެ. މައިޝާއަށް އެއީ ކާކުކަން އިނގުނެެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

__devil__09

Level 210 Stories100 Login

Other Articles

Previous

ތި ލޯތްބެއް އަލަކުން ނުލިބޭނޭ! 2

Next

ދިވެހިރާއްޖޭގެ ދިދަ: ޤައުމީ ފަޚުރުވެރިކަމުގެ ނިޝާން

Next
June 25, 2025

ދިވެހިރާއްޖޭގެ ދިދަ: ޤައުމީ ފަޚުރުވެރިކަމުގެ ނިޝާން

Previews
June 25, 2025

ތި ލޯތްބެއް އަލަކުން ނުލިބޭނޭ! 2



All Right Reserved!