Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި-3

__devil__09 Level 210 Stories100 Login
June 25, 2025 3 Mins Read
0 Comments

*މައިހާ އާއި ރީހާން ހޭންފެށި އެވެ. ރަނާ ގާތަށް ވެސް ހިނި އައެވެ. އޭރު މިންހާ އިނީ އަނގަމަތީ އަތް އަޅައިގެންނެވެ. އޭނާ އިނީ ފެންކަޅިވެފަ އެވެ.

“މިން އުޅުނީ ރީހާން ގައިގަ ޖަހާށޭ. ސޮރީ. ރީހާން ދުރަށް ދިޔައީމަ ވީގޮތެއް އެއީ. މިން އަކަށް ނޭނގެ ނާއީ އިންކަމެއް. ސީރިއެސްކޮށް ވެސް. ސޮރީ.” މިންހާ ދެރަވެފައި ވާހަކަ ދެއްކި އެވެ. ނާއިލް ގާތަށް ވެސް ހިނިއަންނަ ގޮތް ވި އެވެ،*

“ކަލޭ ތިޖެހީ ނާއިލްގެ މޫނު މަތީ” ރީހާން އެހެން ބުންގޮތަށް އަނެއްކާ ހޭން ފެށި އެވެ.

“ކަލޭގެ ކަންތައް” މިންހާ ރީހާން އާއި ދިމާލަށް ދިޔަ އެވެ. ނަމަވެސް މާއިލް އޭނާ ހިފެހެއްޓި އެވެ.

“މިން ހަމަޖެހިބަލަ. އިޓްސް އޯކޭ އޭ.” ނާއިިލް ހެމުން ބުންޏެވެ.

“މައި! މީތަ ރޭގަ…” ރަނާ ޖުމްލަ ފުރިހަމަ އެއް ނުުކުރިއެވެ.

“އާނ. މަބުނީމެއްނު މިން އުޅޭނީ ވަރަށް ވަގަށޭ. ނާއިލް ރަށަށް އައިސް އުޅޭ ވާހަކަ ވެސް މަ ކާއިރީ ބުނެނުލާ އެއުޅުނީ” މައިހާ މަޖާވެފައި ވާހަކަ ދެއްކި އެވެ.

“މަށަކަށް ނޭނގެ ނާއިލް ރަށުގަ އުޅޭކަމެއް. ނުވެސް ބުނެލައޭ” ޝަކުވާގެ ރާގަކަށް މިންހާ ބުންޏެވެ.

“މިއަދު އައީ” ނާއިމް ބުނެލީ އާދައިގެ ރާގަކަށެވެ.

“މިއަދު އަޔަސް، އެހެން ދުވަހަކު އަޔަސް ބުނަން ޖެހޭނެ ދޯ. ރީހާންއަށް އިނގޭ އިރު ވެސް ނުންޏޭ” މިންހާ އަނެއްކާ ވެސް ރީހާން އާއި ދިމާލަށް ދިޔަ އެވެ. ރީހާން އަވަހަށް ގޮސް ހުއްޓުނީ ނާއިލްގެ ފަަހަތުގަ އެވެ. މިންހާ އާއި ރީހާން އޭނާގެ ވަށާ އެނބުރޭތީ ނާއިލް އިނީ ބޮލަށް އުނދަގޫ ވެފަ އެވެ.

“ކަލޭމެން ދެމީހުން ކުޑަ ކުދިންހެން މަގޭ ވަށާ ނޭންބުރިބަލަ. މިން އަށް ވުރެ ރީހާން މާ ކުޑަ.” ނާއިލް މިންހާ ހިފަހަށްތަމުން ބުންޏެެވެ.

“ރީހާން ގަނޑު ގައިގަ މިއަދު ބޮނޑިއެއް އަޅާނަން. ކަލޭ ހާދަ ގޯހޭ. ހުސްމެން ކަލޭގެ ކަންތައް.” ނާއިލް އަތުން ވީއްލިގަންނަން މަސައްކަތް ކުރަމުން މިންހާ ބުންޏެވެ.

“މިން ހަމަޖެހިބަލަ. ހާދަ ރުޅިގަދަ ވެގެން އުޅޭ ދުވަހެށް. އިޓްސް އޯކޭ އޭ ބުނެފީމެއްނު.”

“ރުޅި ގަދަ އޭ ކިޔާނެ ކަމެއް ނެތެންނު ނުވެސް ބުނެލަ ރަށަށް އައިސްގެން ތިއުޅެނީ” ހެމުން މައިހާ ބުންޏެވެ.

“ދެން ސަޕްތައިޒް އެއްދިނީމަ ވެސް މިން ވީ ރުޅި އަންނަންތަ.” މަޖާ ވެފައި ރަނާ ވެސް މައިހާ އާއި އެއްބައި ވެލަމުން ބުންޏެވެ.

“ޝަޓް އަޕް. ރީހާން ގަނޑު ދެކެ ރުޅި އައިސްފަ މީނީ” މަންހާ ރީހާން އަށް ލޯއަޅާލި އެވެ.

“ނާއީ ސަޕްރައިޒް ދެންޏާ މަ ކީއްކުރަން ސަޕްރައިޒް ސްޕޮއިލް ކޮއްލަނީ” މިންހާ ރުޅި އައުމުން ރީހާން އިނީ މަޖާ ވެފައެވެ.

ހުރިހާ ކުދިން މަޖާކޮށް ސަކަރާތްޖަހަމުން ދިޔައިރު ނޭނގުނު ކަމަކީ ދުރުގައި ޒައިދު އާއި މިންނަ އެމަންޒަރު ބަަލަން އިންކަމެވެ.

އިރުއޮއްސެން ކައިރި ވުމުން ފަސްކުދިން ރަސުތެރެއާއި ދިމާލަށް މިސްރާބުޖެހި އެވެ. ރީހާން އާއި އެކު ނާއިލް ވެސް ތިން އަންހެން ކުދިންނާއި އެކު އެކުދިންގެ ގެއާއިހަމައަށް ދިޔަ އެވެ.

ދޮރުގައި ޓަކިދިން އަޑަށް ރަނާ ގޮސް ދޮރު ހުޅުވި އެވެ. ކުރިމަތީގައި އިނީ ރާނިޔާ އެވެ. މާމަ އެތިން ކުދިންނަށް ގޮވާ ވާގަކަ ބުންޏެވެ. ވާން އުޅޭ ގޮތެއް ނޭނގޭ ހާލުގައި ތިން ކުދިން ސިޓިން ރޫމަށް ދިޔަ އިރު ގޭގެ އެންމެން ތިއްބެވެ.

“މިއޮށް އައީ. ކޮންތާކަށް ހަވީރު ދިޔައީ؟” ހަރުކަށި ރާގަކަށް ރައުފާ އަހައިލި އެވެ.

“ހަމަ މިންނަ ނުގެންދިޔައީމަ ތިހާ ރުޅި އެއް ތިއަންނަނީ؟” މައިހާ ވެސް ކޮށްލީ ސުވާލެކެވެ.

“ރިޝްފާ ދައްތާ ބަލާބަލަ. މިހާރު މިއިހާ މެންނައް ސުވާެށް ކޮއްލެވޭކަށް ވެސް ނޯވެ.” ރައުފާ ރުޅި އައިސްފައި ބުންޏެވެ.

“އަޅެ. ކޮންމެ ތާކަށް ދިޔަސް މިންނަ ނުގެންދިޔައީމަ ތިހާވަރުވާކަށް ނުވާނެއްނު” މައިހާ ގާތަށް ވެސް ރުޅި އައެވެ.

“މައިހާ! ކޮންތާކަށް ހަވީރު ދިޔައީ؟” މިފަހަރު ވާހަކަ ދެއްކީ މަރިޔަމް އެވެ.

“މާމާ އަޅުގަނޑުމެން ދިޔައީ ޖެޓީ އަށް. މިންނަ ނުގެންދިޔައީއޭ ކިޔާފަ ކޫއްތަ އެހާ ރުޅިނަޔަސް ރަންގަޅުވާނެއެއްނު” މައިހާ ރުޅި މަޑުކުރަމުން ބުންޏެވެ.

“ދެން ކޮން ފިރިހެން ކުދިންތަކެށް އުޅުނީ؟” މަރިޔަން ހަރުކަށި ރާގަކަށް ދެވަނަ ސުވަލު ކުރީ އެވެ.

“ރީހާންއާ ނާއިލް” މައިހާ ޖަވާބު ދިނީ ސީދާ ސުވާލަށެވެ.

“ފާޑެއްގެ ފިރިހެން ކުދިންތަކަކާ އެކީ ދާންށޭ މިންނަ ނުގެން ދިޔައީ. ބަލާބަލަ އުޅޭގޮތް'” ރައުފާ ކަންތަށް ބޮޑުކޮށްލަމުން ބުންޏެވެ.

“އެއީ ފާޑެއްގެ ފިރިހެން ކުދިންނެއް ނޫން. އެއީ ފްރެންޑްސް” މައިހާ ރުޅި އައިސްގެން ހަޅޭހަވައިގަތެވެ.

“ފްރެންޑްސް ކަން އިނގެއޭ. އެކަކު އަނެކަކު އަތުގަ ހިފަހައްތާއިރު.” ޒައިރުއަށް ވާހަކަ ނުދައްކައެއް ނުހުރެވުނެވެ.

“އަހރެންނާ ރީހާންގެ ދެމެދު އޮތް ގުޅުން އަހަރެންގެ މަންމަ އާއި ބައްޕަ އަށް އިނގޭނެ.” ހަމަޖެހިލައިފައި މައިހާ ބުންޏެވެ.

“ދެން މިންހާ. މަށަކަށް ނޭނގެ ތި ރީހަން އަކާ ނާއިލް އޭއް ވަކި ކުރާކަށް. މަށަށް ހިވަނީ ނައިލްއޭ ކިޔާ ސޮރުހެން. މިންހާ އަތުގަ ހިފަހަށްތައިގެން ހުރީ. ރިޝްފާ ބުނާނެ ރަނގަޅަށް ކުދިންނަށް ބަލަމޭ. މިންހާ އަދި ކިރިޔާ އޭ ލެވެލް ނިމުނީ.” ޒައިދު ހިންހަމަނުޖެހިފައި ބުންޏެވެ.

“މިންހާ!” ރިޝްފާ ހައިރާން ވެފައި މިންހާ އަށް ގޮވައިލި އެވެ.

“މަންމާ. މިގަޑި އަކު ނޫން.” މައިހާ މަޑުމަޑުން ބުނެލި އެވެ.

“މައިހާ ކޮންކަމެއް ސިއްރު ކުރަން ތިއުޅެނީ. މިންހާ އާއި އެސޮރުގެ އޮންނަނީ ކޮން ގުޅުމެއް؟” ޒައިދު ހީވަނީ އިންޓަވިއު އެއް ކުރަން އުޅޭހެންނެވެ.

-ނުނިމެ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

__devil__09

Level 210 Stories100 Login

Other Articles

Previous

ދަތުރު-5

Next

އޭލިއަން ސިލްސިލާ: ހިރާސް – 3

Next
June 25, 2025

އޭލިއަން ސިލްސިލާ: ހިރާސް – 3

Previews
June 25, 2025

ދަތުރު-5



All Right Reserved!