Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބައިވެރިޔާ-3

__devil__09 Level 210 Stories100 Login
June 28, 2025 2 Mins Read
0 Comments

*”ސަލާމަތް ވެގެން ދާން ހިތަށް ވެސް ނާރުވާތި. ހަޅޭލެވިޔަސް ދެން ވާގޮތް ރަނގަޅެއް ނުވާނެ.” ފިރިހެން ވަންތަ އަޑާކެވެ. މައިޝާއަށް އެއީ ކާކުކަން އިނގުނެވެ*

“ވިޝާލް”

“އެރޭ ފެނުނު ހުރިހާ ކަމެއް ކިޔައިދީ! އެންމެ ދޮގެއް ވެސް ނުހަދަ. އެހެން ނޫނީ ޖަހޭނީ ގަދަކަމުން ތެދު ބުނުވަން.” ވިޝާލް އަމުރުވެރި ރާގަކަށް ބުނެލި އެވެ.

“ކޮން ރެއެއް…؟” މައިޝާ ތުރުތުރު އަޅާ އަޑަކުން އެހި އެވެ.

“ނޭނގޭ ކަމަށް ހެދޭނެކަމެއް ނެތް.” ވިޝާލް މައިޝާގެ މޫނުމަތީގައި ވަރަށް ބާރަށް ޖެހިއެވެ. މައިޝާ ބިންމައްޗަށް ވެއްޓުނު އިރު ބޮލަށް އެނބުރުން ވެސް އެރި އެވެ. “އެރޭ ފެނުނު ހުރިހާ ކަމެއް ކިޔައިދީ…!”

“ބޮޑެތި މީހުންތަކެއް…ސްކޫލް ޔުނިފޯމްގަ ތިބި ކުދިންތަކެއް. މި ސްކޫލް ޔުނިފޯމްގަ ތިބީ…”

“ދެން ކޯއްޗެއް ފެނުނީ!”

“ވިޝާލް ވެސް ދެކުނިން…”

“ދެން…!”

“ބޮޑެތި މީހުންތައް ކުދިންނަށް ކޮންމެ ވެސް އެއްޗެއް ދިނީ…ވިޝާލް އަށް ވެސް. އެމީހުން ތިބީ އިސްތަށިގނޑު ދިގު ކޮށްފަ…ގޭންގް ސްޓަރސް ގޮތަށް…”

“އެއްވެސް މީހެއް ކައިރީ ބުނިންތަ އެވާހަކަ؟” ވިޝާލް ރުޅި ގަދަ ވެފައި އަހައިލި އެވެ. މައިޝާ ދެފަރާތަށް ބޯހޫރައިލި އެވެ. “ބުނެފިއްޔާ ވަރަށް ގޯސް ވާނެ. ހަނދާން ކުރާތި، އޮޅުމަކުން ވިޔަސް އަނގަ ހުޅުވައިފިއްޔާ ވަރަށް ގޯސް ވާނެ.”

ކުއްލިއަކަށް ދޮރު ހުޅުވުނެވެ. އެއާއި އެކު ދެމީހުން ސިހުނެވެ. އެތެރެއަށް ވަދެގެން އައީ ސްކީލް ޕްރިންސިޕަލް އާއި ހަތަރު ލީޑިން ޓީޗަރުންނެވެ. އެމީހުންގެ ފަހަރުން ވަން ދެ ފުލުހުން ފެނިފައި ވިޝާލްގެ ދެލޯ ބޮޑުވިއެވެ.

“މައިޝާ! ސަރ އަށް ހުރިހާ ވާހަކަ އެއް ކިޔައިދީފިއްޔާ ވިޝާލް އަށް އެންމެ އެކަށީގެންވާ އަދަބު ދެވޭނީ.” ޕްރިންސިޕަލް ވާހަަކަ ދެއްކީ އޯގާތެރިކަމާއެކު އެވެ. މައިޝާ އަށް ވާހަކަ އެއް ނުދެއްކެ އެވެ. އޭނަ އަށް ރޮވެނީ އެވެ. “އޯކޭ މިގަޑިގަ ކިޔައި ދޭން ބޭނުންނުވަންޏާ ނުބުންޏަސް. އެކަމަކު ސަރ މެން އިނގެން ބެނުން ހަގީގަތުގަ މައްސަލައަކީ ކޮބައިކަން. ކުދިން ފަރާތުން ސަރ އަށް ވަނީ އިނގިފަ ވިޝާލް އަކީ މައިޝާގެ ބޮއި ފްރެންޑް ކަން. މިއުމުރުގަ ކުދިްނ އެހެން އުޅޭނެ. އެކަމަކު ވިޝާލް މިރޭ ކަންތައް ކުރި ގޮތުން ވަރަށް ސީރިއެސް މައްސަލައެއް ހެންހީވަނީ. ޕާސަނަލް ކަމަކަށް ވެސް ވެދާނެ. ބަޓް އެކަހަލަ އެކްޝަންސް އެކްސެޕްޓެއް ނުކުރެވޭނެ. ސްޕެޝަލީ ސްކޫލް ހޯލް އިން އެތެރޭގަ. ސްކޫލުން ބޭރުގައި ވިޔަސް ސަރ މެނަށް އެކަހަލަ ކަންކަމަށް އެކްޝަން ނެގޭނެ. މައިޝަ ސަރ ސުވާލެއް ކޮއްލިއަސް އެންމެ ރަނގަޅުތަ؟”

“ލައްބަ”

“ޕާސަނަލް ކަމަކާތަ ވިޝާލް އެގޮތަށް އެކްޓުކުރީ؟” ޕްރިންސިޕަލްގެ ސުވާލާއެކު މައިޝާގެ ދެލޯ ބޮޑުވި އެވެ.

“ނޫން…” މަޑުމަޑުން މައިޝާ ބުނެލި އެވެ.

“އަސްލު މައްސްލަ އަކީ ކޮބާ؟” އަނެއްކާވެސް މައިޝާ އައް ރޮވެން ފެށުނެވެ. “ސަރ މެންނަށް އަޑު އިވުނު ވިޝާލް އެންމެ ފަހުން ބުނި ވާހަކަ. އިޓް ސައުންޑެޑް ލައިކް އަ ވާނިން، ރައިޓް؟ އޭގެން ވެސް އިނގޭ މިއީ ވަރަށް ސީރިއެސް މައްސަލައެއްކަން. ވިޝަލްގެ އެ ‘ވާނިން’ގެ ސަބަބުން ކަންނޭނގެ މައިޝާ ބުނަން ބޭނުން ނުވަނީ. އެންޑް ވިޝާލް އިސް ސަސްޕެންޑެޑް ފޯ ޓޫ ވީކްސް. ސޯ، މައިޝާ ބޭނުމިއްޔާ މިރޭ ގެއަށް ގޮސްލިއަސް އެންމެ ރަނގަޅު. އޯ އިފް ޔޫ ވޯންޓް ޔޫ ކޭން ޖޮއިން ދި ކްލާސް. ވަޓް ދޫޔޫ ވޯންޓް؟”

“އަޅުގަނޑު މިރޭ ގެއަށް ގޮސްލާނީ.”

“ޕޭރެންޓް އަށް ގުޅާލާނަން ބަލާ އަންނަން.”

“އަޅުގަނޑު މަންމަ ރާއްޖެ އަކު ނޫޅުއްވަ.” މައިޝާ އަވަސް އަވަހަށް ބުނެލި އެވެ.

“މައިޝާ ހުންނަނީ ކާކު ކައިރީ؟”

“އާންޓް އެއް ކާރީ”

“ނަންބާ ކިޔާލަދީ.”

“ނޯ.” މައިޝަ ތެޅިގަނެފައި ބުނެލި އެވެ. ޕްރިންސިޕަލް ވެސް ސިހުނެވެ. “އަޅުގަނޑު އެކަނި ގެއަށް ގޮސްލާނަން”

“މައިޝާ. މިރޭ ހިނގި ހާދިސާއަށް ފަހު ޕްރިންސިޕަލް އެއްގެ ހައިސިއްޔަރުން ސަރ އަށް ހީވަނީ ތިޔައީ އެންމެ ރަނގަޅު ގޮތެށް ނޫންހެން.” ވިސްނައިދޭ ފަދަ ރާގެއްގައި ޕްރިންސިޕަލް ވާހަކަ ދެއްކި އެވެ.

“ސަރ. އައި ކޭން ގޯ ވިޓް ހަރ. ވީ އަރ ނެއިބާަަަސް.” ހުރިހާ އިރަކު ވަހަކަ ނުދައްކަ އިން ޒަޔާން ބުނެލި އެވެ.

“މައިޝާ އައް އޯކޭ ވަންޏާ ސަރ އަކަށް މައްސަލައެއް ނެތް.” ޕްރިންސިޕަލް ބުންޏެވެ. މައިޝަ ވަގުތުން އެއްބަސް ވި އެވެ.

“ޓެންކްސް” އެއްވެސް ވާހަކަ އެއް ނުދައްކަ އެކުގައި ހިނގައިފައި ދަމުން މައިޝާ ބުނެލީ ޒަޔާން އަށް މުހާތަބު ކޮށެވެ.

“އިޓްސް އޯކޭ. އިޓް ވޯސް މައި ޑިއުޓީ. ސްކޫލް ކެޕްޓަން އަށް ވެހުރެ ކުއްޖަކަށް ހެލްޕް ނުވީމަ ދެޓްސް ނޮޓް ނައިސް.” ޒަޔާން ފަހުރުވެރި ގޮތަކަށް ބުނެލި އެވެ.

“ހައު ޑިޑް ޔޫ ނޯ އައި ވޯސް އިން ޓްރަބަލް” މައިޝާ ޝައުޤުވެރި ވެފައި އަހައިލި އެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

__devil__09

Level 210 Stories100 Login

Other Articles

Previous

ދަތުރު-6

Next

އޭލިއަން ސިލްސިލާ: ހިރާސް – 6

Next
June 28, 2025

އޭލިއަން ސިލްސިލާ: ހިރާސް – 6

Previews
June 28, 2025

ދަތުރު-6



All Right Reserved!