“އިރުވައި މޫސުމުގެ ދުވަސްތަކުގެ ތެރެއިން ދުވަހެއްގެ ހިތްފަސޭހަ ހަވީރެކެވެ. ކަނޑުމަޑެވެ. އިރުމަތީފަރާތުން ޖެހެމުންދިޔަ މަޑު ތެތްފިނި ވައިރޯޅިއަށް ގަސްގަހުގެ ފަތްތައް އިރުއިރުކޮޅާ ނަށާތީފެނެއެވެ. އޮއްސެމުންދިޔަ އިރުގެ މަންޒަރުތަކުން ހިތްފަސޭހަކަން ހޯދުމަށް ރަށުގެ ހުޅަނގުކޮޅުގައި ރީތިދޮންވެލިގަނޑު މަތީގައި ރީޝާ އިށީނދެލައިގެން އިނެވެ. ކައިރީގައި ކޮއްކޮ ރީމާ، ރީޝާގެ އިސްތަށިގަނޑާ ކުޅެލަ ކުޅެލާ ހުއްޓެވެވެ. ތަންކޮޅެއްދުރުގައި ރާޅުޖަހައި ފަށުގައި ސާދަ ފަނަރައިގެ އަންހެން ކުއްޖަކު ތެލިދޮންނަން އިނެވެ. އެކުއްޖާގެ ކައިރީގައި އެއްގަމުގައި ތިބި ކާޅުތައް އިރުއިރުކޮޅާ އެކުއްޖާއަށް އުދަނގު ކޮށްލާތީފެނެއެވެ. […]
ޕޮލިސް ވަޒީފާޔަށް މީހަކު ކުރިމަތިލުމުން އިންޓަވިއުއަށް ގެންގޮސްފައި ޕޮލިސް ކޮމިޝަނަރ ސުވާލު ކުރެއްވިއެވެ. އެކަކާ އެކަކާވީމާ ވާނީ ކިހާ ވަރެއްހެއްޔެވެ؟ ވަޒީފާޔަށް ކުރިމަތިލީމީހާ: ” ވާނީ އެގާރަ ” ކޮމިޝަނަރ ހިތަށް އެރިއެވެ. މީ އަހަރެން ހިތަށް އެރި ޖަވާބެއް ނޫނެވެ. ދެން އެންމެ ރަނގަޅެވެ. ކޮމިޝަނަރ ދެވަނަ ސުވާލު ކުރެއްވިއެވެ. “ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސުލް ޖުމުހޫރިއްޔާ އަލްފާޟިލް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އަވަހާރަވެދިޔައީ ކިހިނެއްތަ؟” ވަޒީފާޔަށް ކުރިމަތިލީމީހާ: ކުޑައިރުކޮޅަކު ވިސްނަން އިނދެފައި […]
ލައިޝާ ބާރު ހިނގުމެއްގައި ބަދިގެ ބަޔަށްގޮސް ނާހިލްއަށް ސައިހަދައިދީފައި ޒޫނާ ގެ ގާތަށް ގޮސް އޭނާ ގެއަށް ދާން ޖެހިއްޖެ ކަމުގައި ބުންޏެވެ. ނަމަވެސް ދެންވެސް ލައިޝާއަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. ޒޫނާ އެދުނީ ނާހިލްއާއެކީ ސައި ބޮއެގެން ދެކުދިން އެކުގައި ނާހިލްމެންގެ ކާރުގައި ދިއުމަށެވެ. ނާހިލްއަށް އެ އަޑު އިވުމާއެކު އޭނާގެ ހިތް އުފަލުން ނަށައިގަތެވެ. އެއީ ލައިޝާގެ ކައިރީގައި ވުމަށް އެދިއެދި ހުއްޓައި އޭނާގެ މަންމަ އެ ކޮށްދިން ކަމަކީ ހިތްވަރު އެލިފައިވާ ނާހިލްއަށް […]
ވިރާޝާ ގޮސް ގޭގެ މައި ދޮރާށި ހުޅުވާލިއެވެ. އެވަގުތު އޭނާއަށް ލިބުނީ އަޖައިބެއްކަހަލަ ހައިރާންކަމެކެވެ. ކުރިމަތީގައި އިސް އޮބައިލައިގެން ހުރީ ސަމާހެވެ. ” ކީއްކުރަން މިގެއަށް ތިއައީ! މާލެއިން ވަންނާނެ ތަނެއް ނުލިބުނީތަ؟ މިހާ ފަތިހަކާ ތިއައީ!! ” ވިރާޝާގެ ރުޅިހުރީ އިންތިހާއަށް އަރާފައެވެ. ” ނޫން! ތިހެންނުބުނޭ! އަހަރެން ވިރާދެކެ ވަރަށް ލޯބިވޭ! އެހެންވެ ވިރާ ދެކިލަން އާދެވުނީ! ” ސަމާހުގެ އަޑު މަޑެވެ. ” ލޯތްބޭ! ކަލޭ ލަދެއްނުގަނޭތަ؟ ލޯތްބަކީ ކޮންއެއްޗެއްކަން ކަލެއަށް އެނގޭތަ؟ […]
“ހޫމް..މިހާރު ތިހެން ދުރުން ބަލައިލައިގެން ހިތްހަމަ ޖައްސާލާ…ފަހުން އަދި މާ ކައިރިން ދޮނާއަށް ބެލޭނެ ދޯ..” އެތަނުގައި އިން ޒާރާ ލައިޝާގެ އަތުގައި ކުޑަކުށް ޖަހާލުމަށްފަހު އެހެން ބުނުމުން ދެން ތިބި ކުދިންވެސް އޭނާއާއި ބައިވެރިވިއެވެ. އެމީހުން ކިޔަމުން ދިޔަ އެއްޗެހި ވަރަށް ރަނގަޅަށްވެސް ނާހިލްއަށް އިވުނެވެ. ކުޑަކޮށް ހެވިފައި ހުރެ އޭނާ މިޞްރާބު ޖެހީ ގޭގެ ބޮޑު ދޮރުން ނުކުތުމަށެވެ. އޭރު ޒޫނާ އަތަށް ކޮތަޅުތަކެއް ލައިގެން ހުރެ ގެއަށް ވަންނަން އައެވެ. “މަންމާ…އިރުކޮޅެއް ވެއްޖެ […]
މާދަމާ އަކީ އަހަރެން އިންޑިއާ އަށް ފުރަން ހަމަޖެހިފައިވާ ދުވަހެވެ. މަންމަގެ އެދުމުގެ މަތިންނެވެ. މިހިތާމަތަކާ ދުރަށްދެވޭތޯއެވެ. އެކަމަކު ދާހިތެއްވެސް ނެތެވެ. ޝާހިދުގެ ސަބަބުންނެވެ. މަންމަމެން ކިތަންމެ ގަބޫލަސް އަހަރެންނަކަށް ޝާހިދަކާ ނުރުހެވޭނެއެވެ. ޝާހިދަކީ ކިޔަވައިގެން ހުރި މުއްސަނދި އާއިލާއެއްގެ ކުށްޖެއްކަމުން މަންމަބޭނުންވަނީ އަހަރެން ޝާހިދާ ގުޅޭށެވެ. ޝާހިދުވެސް އަހަރެންނާ ވަރަށްގަބޫލެވެ. އޭނާގެ އަމަލު ތަކުންނާއި ވާހަކަތަކުން އެކަން ވަރަށް ރަނގަޅަށް އެނގެއެވެ. ޝާހިދު އަބަދުވެސް އުޅޭނީ އަހަރެމެންގެ ގޭގައެވެ. އަހަރެންނަށް މިހާރު މިހުރެވުނީ ދެކަފިވެފައިވާ މަގެއްގެ […]
“ދޮންބިސް ދެން ތިހާ ވަރަކަށް އިމޯޝަނަލް ވާނެ ކަމެއްނެތް…ރުޅިއައިމަ ނުވެސް ބުނެވޭނެ ބުނަން އައި ވާހަކަވެސް..އަޞްލު ދޮންބެ ރުޅި ނައިނަމަ ބުނީމުސް ހަމަ މިހާރު….އިނގޭތަ؟…. ލައިގެ ވާހަކައެއް” ޒަވުޝް ހިނިގަނޑަކުން ނިންމާލިއެވެ. “އޭތް…ވަޓް…އިޓްސް އަބައުޓް ހާރ….ޓެލް މީ..” ޒަވުޝް ދެންމެއަކު ބުނެލި ޖުމުލައަކުން ނާހިލްގެ ހިތުގެ ތެޅުން އަވަސްވެލިއެވެ. “ނުބުނާނަން ހަމަ..ބުނޭ ރުޅި އެއްނޫނޭ ކޮއްކޮއާާ…” ޒަވުޝް އަދިވެސް އުޅުނީ ނާހިލް ތަޅުވާލާށެވެ. “އެންމެ ރަނގަޅޭ..ދޮންބެ ރުޅިއެއްވެސް ނަާދެ..ދެން ބުނެބަލަ ލައި ކިހިނެއްވީތަ؟ ޑިޑް ޝީ ޓެލް […]
ހަމަދެންމެ އެއިވުނީ ގަޑިން މެންދަމު ބާރަޖެހި އަޑެވެ. ވިރާޝާ އަކަށް ނުނިދުނެވެ. އޭނާ ނިދޭތޯ ވަރައްމަސައްކަތް ކޮށްފިއެވެ. އެކަމަކުވެސް ކާމިޔާބުވާ ގޮތެއްނުވިއެވެ. ރަތްކުލައިގެ ފަނޑު އައްޔެއް ކޮޓަރިއަށް ވެރިވެފައި ވުމުގެ ސަބަބުން އިތުރަށް ވިރާޝާގެ ހިތް ބިރުގަނެ ހާސްކުރުވާފައިވެއެވެ. އޭނާ ބޯ އަޅައިގެން އޮތް ބާލީސް ވަނީ ތެމި ފޯވެފައެވެ. މަޑުމަޑު ގިސްލުމެއްގެ އަޑު މުޅި ކޮޓަރި ތެރެއަށް ފެތުރިފައި ވެއެވެ. ވިރާޝާ ރޮއިރޮއި ހަލާކުވާން ކައިރިވެއްޖެއެވެ. އޭނާގެ ހިތް ހަލާކުވެއްޖެއެވެ. ސިކުނޑި ވަނީ ވަރުބަލިވެފައެވެ. މުޅިމީހާ […]
ޙަފްލާ ފެށިގެން އެކި ގޮތްގޮތުން ފާހަގަ ކޮށްލެވޭ މުވައްޒަފުންނަށް އެވޯރޑް ދިނުން އޮތެވެ. މިގޮތުން ލަޔާއަށްވެސް އެންމެ ޚިދުމަތްތެރި މުވައްޒަފުގެ އެވޯރޑްގެ އިތުރުން އޮފީހަށް ރީތިނަން ހޯދައިދޭ މުވައްފު ކަމުގައި ވެސް އެވޯރޑް ލިބުނެވެ. އެއީ ލަޔާއަކީ އަބަދުވެސް އެހެންތަންތަނުން އޮންނަ ވާރކް ޝޮޕްތަކުގައާއި ކުޅިވަރު މުބާރަތް ތަކުން އޮފީސް ކުރިއަރުވަން މަސައްކަތްކުރާ ކުއްޖެކެވެ. ލަޔާ ސްޓޭޖް މައްޗަށް އަރާ ކޮންމެ ފަހަރަކު ޝަހުމްއަށް ލަޔާއާއި ދިމާއަށް ކަޅި ހުއްޓާނުލައި ބަލަހައްޓައިގެން އިނދެވެއެވެ. އެއިން ކޮންމެ ފަހަރަކު […]