ޑައިރީ….. 03 ( ތިންވަނަބައި )
ވިރާޝާ ގޮސް ގޭގެ މައި ދޮރާށި ހުޅުވާލިއެވެ. އެވަގުތު އޭނާއަށް ލިބުނީ އަޖައިބެއްކަހަލަ ހައިރާންކަމެކެވެ. ކުރިމަތީގައި އިސް އޮބައިލައިގެން ހުރީ ސަމާހެވެ.
” ކީއްކުރަން މިގެއަށް ތިއައީ! މާލެއިން ވަންނާނެ ތަނެއް ނުލިބުނީތަ؟ މިހާ ފަތިހަކާ ތިއައީ!! ” ވިރާޝާގެ ރުޅިހުރީ އިންތިހާއަށް އަރާފައެވެ.
” ނޫން! ތިހެންނުބުނޭ! އަހަރެން ވިރާދެކެ ވަރަށް ލޯބިވޭ! އެހެންވެ ވިރާ ދެކިލަން އާދެވުނީ! ” ސަމާހުގެ އަޑު މަޑެވެ.
” ލޯތްބޭ! ކަލޭ ލަދެއްނުގަނޭތަ؟ ލޯތްބަކީ ކޮންއެއްޗެއްކަން ކަލެއަށް އެނގޭތަ؟ އެހެންނަމަކާ ތިފާޑަކަށް ނޫޅޭނެ! ތީފައިސާދެކެ ލޯބިވާމީހެއް! މުދާވެރިކަން. ދުނިޔޭގެ ގަދަރާ އިތްޒަތްދެކެ ކަލޭ ލޯބިވަނީ! ” ވިރާޝާ ހިތުހުރިވަރު ހަދާލިއެވެ.
” ހެޔޮނުވާނެ! ތިޔަފަދަ ބޮޑުއިލްޒާމެއް އަހަރެންގެ ބޮލަށް ނުފައްތާ! އަހަރެން ދުވަހަކުވެސް ވައްކަމެއް ނުކުރަން. ނުވެސް ކުރާނަން! ” ސަމާހުގެ އަޑުގައި އަސަރު އެކުލެވިފައިވެއެވެ.
” ވައްކަމެއް ނުކުރަމޭ!…. ލޮލުންެދެކެ އަތުން ހިފީމާވެސް ތިއުޅެނީ ދޮގުހަދަންދޯ؟ ތިކަހަލަމީހުން ދެންނުކުރާނީ ކޮންކަމެއް. ބަލައަހަރެމެންގެ އަތުންނޭ އެފައިސާތަކާ، ރަންތައްނެގީ ކަލޭގެ ކޮޓަރިން. ކަލޭގެ އަލަމާރިން! ކަލޭގެ ކުރިމަތީގަ! ” ވިރާޝާގެ އަޑުއައީ ފަހަރަކަށްވުރެ ފަހަރެއްބާރުވަމުންނެވެ.
ސަމާހު އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެއެވެ. އެއްޗެއްބުނާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އޭނާގެ އަޑު ބެދިއްޖެއެވެ. ހާދަ ދެރައެވެ. ވިރާ މުޅިން ބަދަލުވެއްޖެއެވެ. އޭނާވެސް އެކަންޤަބޫލު ކުރީއެވެ. އެކަމަކު ވިރާއެކަން ޤަބޫލުކުރާނެކަމަކަށް ސަމާހު ހީވެސްނުކުރެއެވެ. ސަމާހުގެ ހިތައް ތަދުވަމުން ދިޔައެވެ. ވިރާ އެކަން ގަބޫލު ކުރުމުންނެވެ.
” ކޮބާ! ހުއްޓުނީތަ؟ ކީއްވެތަ އެއްޗެކޭ ނުބުނީ ބަސްހުސްވީދޯ؟ އާނ .. ތިކަހަލަ ފިރިހެނުން އުޅޭނީ އަބަދުވެސް ތިފާޑަށް. އަދިވެސް އަހަރެންގެ ފަރާތުން ނުވާކަމެއް އޮތީދޯ؟ ” ވިރާޝާ މަލާމާތުގެ ރާގަކަށް ފަތިވަރު އަމުނާލިއެވެ. އޭނާ ހުރީ ރުޅިއައިސްގެންގޮސް ރަތްވެފައެވެ.
” އަހަރެން ސަމާހު ދެކެވީލޯބި ކޮބާ؟ އަހަރެން ހާދަ ލޯތްބެއްވީމޭ ސަމާހު ދެކެ.. އެކަމަކު ސަމާހުއަށް އަހަރެއްގެ ލޯތްބަށްވުރެ މުހިންމުވީ ފައިސާއާއި މުދާ!! ” ވިރާޝާގެ އަޑު ހިމޭންވާން ފެށިއެވެ. އޭނާހުރީ ފާޑަކަށް މޮޔަވެފައެވެ. ބައެއްފަހަރު ރުޅިގަދަވެއެވެ. އަނެއްބައިފަހަރު ރޯންފަށައެވެ. އޭނާއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭންގޭ ކަހަލައެވެ.
” ހެޔޮނުވާނެ! އާދޭސް ކޮށްފައިބުނަން. އަހަރެންދައްކާވާހަކަ ގަބޫލުކުރޭ ވިރާ!!! ” ސަމާހުގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހިގަތެވެ. އަދި އިޚުތިޔާރަކާ ނުލާ އޭނާއަށް ރޮވެން ފެށިއެވެ. އެވަގުތު ބޭއިޚުތިޔާރުގައި އޭނާއަށް ވިރާޝާގައިގައި އޮޅުލައި ގަނެވުނެވެ.
” އަމައްޔާތް! މަންމާ…! މަންމާ…! ” ވިރާޝާ ހަޅޭއްލަވައި ގަތެވެ.
އެވަގުތު ވީނުވީއެއްނޭންގި އެތަނަށް ވިރާޝާގެ މަންމަ އަތުވެއްޖެއެވެ. އޭނާ ހުރީ ނިދާ ހެދުމުގައެވެ. ހެދުން ބަދަލުވެސް ކޮށްނުލާ ޚަދީޖާ ބޭަރަށް ނިކުމެގެން އައީ ވަރަށް ހަލުވިކޮށެވެ. އޭނާގެ ފަހަތުން ވިރާގެ ބައްޕަ މުޙައްމަދު މަނިކުވެސް އައެވެ. މުޙައްމަދުމަނިކަށް އެމަންޒަރު ފެނިފައި އޭނާގެ ލޭ ހޫނުވީ އިންތިހާއަށެވެ. ……….( ނުނިމޭ )
11 Comments!
Comments are closed.

ކޮންމެވެސް ނުބަޔެއް އެބައުޅޭ ދޯ؟؟ ރީތި މިބައިވެސް
މިވާހަކަ އެހެން ސައިޓެއްގަވެސް އިނދޭތާ
އެއީކޮންސައިޓެއްތަ
ވާވް އިންރްތަސްޓިން.
ސަޅި… އެހެން މީހަކުކޮއްފަ ސަމާހް ބޮލެގައެޅުވީތާ…ދޯ
މި ޕާޓް ވަރަށް ރީތި…….ވެއިޓިން ފޯނެކްސްޓް….
މިވާހަކަ އެހެން ސައިޓެއްގްވެސް އިނދޭތަ ޕްލީސް ބުނެދީބަލަ
ވަރަށް ސަޅި…..
Salhi
dhan salhi
kuri wahaka mabodah
When next part