Skip to content
އެސްފިޔަ

ހިތް އަދު ރޮނީއޭ ނުދާށޭ – 22 ވަނަ ބައި –

ލައިޝާ ބާރު ހިނގުމެއްގައި ބަދިގެ ބަޔަށްގޮސް ނާހިލްއަށް ސައިހަދައިދީފައި ޒޫނާ ގެ ގާތަށް ގޮސް އޭނާ ގެއަށް ދާން ޖެހިއްޖެ ކަމުގައި ބުންޏެވެ. ނަމަވެސް ދެންވެސް ލައިޝާއަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. ޒޫނާ އެދުނީ ނާހިލްއާއެކީ ސައި ބޮއެގެން ދެކުދިން އެކުގައި ނާހިލްމެންގެ ކާރުގައި ދިއުމަށެވެ. ނާހިލްއަށް އެ އަޑު އިވުމާއެކު އޭނާގެ ހިތް އުފަލުން ނަށައިގަތެވެ. އެއީ ލައިޝާގެ ކައިރީގައި ވުމަށް އެދިއެދި ހުއްޓައި އޭނާގެ މަންމަ އެ ކޮށްދިން ކަމަކީ ހިތްވަރު އެލިފައިވާ ނާހިލްއަށް ލިބުނު ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެކެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ލައިޝާގެ ހިތުގައި ވާ އެއްޗެއް ހޯދަން ނާހިލްއަށް ހުރީ އިންތިހާއަށް ބޭނުންވެފައެވެ. ސައިބޯން ދެމީހުން ތިބިއިރު ތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ހާސްވެފައި އިން ލައިޝާއަށް އިނދެވުނީ ނާހިލް ބަހެއް ބުނެނުލާތޯ ދުޢާ ކޮށްލަކޮށްލައެވެ.  ނަމަވެސް ނާހިލްގެ މޮޅު ސިކުނޑީގައި އެވަގުތު ރާވަމުން ދިޔަ އެއްވެސް ކަމެއް ލައިޝާއަކަށް އެއްގޮތަކަށްވެސް ރެޔަކާނުލައެވެ.

މާލެ އާދެވުމުންވެސް މީގެ އިރުކޮޅެއް ކުރިން ފަޒާލްގެ ދުލުން ބޭރުވި ލަފްޒުތަކުން ހިމޭންވެފައި ތިބި ލަޔާއަާއި ޝަހުމް މިޞްރާބުޖެހީ ހުޅުލޭ ފެރީތަކާއި މާދުރުނޫން ހިސާބެއްގައި ޕާރކްކޮށްފައިވާ ޝަހުމްގެ ސައިކަލާއި ދިމާލަށެވެ. އޭރުވެސް އެދެމެދަށް ވެރިވެފައިވަނީ ހިމޭންކަމެވެ. ދޭތެރެއަކުން ޝަހުމް ލަޔާއަށް ބަލައިލައެވެ. އެހެނަސް ލަޔާ ހުންނަނީ އެއިން ކޮންމެ ފަހަރަކުވެސް އިސްޖަހައިލައިގެންނެވެ. އެހެންކަމުން ޝަހުމްއަށްވެސް އިސްޖަހައިލެވެއެވެ. ލަޔާއަށްވެސް ވީ އެވަރެވެ.މީގެ އިރުކޮޅެއްކުރިން ޝަހުމްއަށް އައި އެ ބަދަލުން ލަޔާ މާޔޫސްވާންފެށިއެވެ. އަދި އޭނާގެ ޙަޔާތަށް އައިސްފައިވާ ބަހާރު މޫސުމަށް ނިމުންއައީ ކަމުގައި ހީކޮށް އެ މޮޅިވެރިކަމުގައި ހިނގަމުން ދިޔައިރު ހީވަނީ ދާނެ މިޞްރާބެއް ނެތިފައިވާ މީހެއް ހެންނެވެ. އިސްޖެހިފައި ލަޔާ ވީއިރު ކުރިމަތިން އައި ސައިކަލެއް އެ ކުއްޖާއަކަށް ނުފެނުނެވެ. ލަޔާގެ ނަޞީބުވެސް ހަމަ ރަނގަޅީއެވެ. ޝަހުމްއަށް އެމަންޒަރު ފެނުނު ތަނުން ލަޔާގެ އަތަށް ކުއްލިއެއް ޖެހިގޮތަށް ޝަހުމްއާއި ވީ ފަރާތަށް ލަޔާ ގެނައެވެ. ލިބުނު ސިހުމުގައި ލަޔާއަށް ޝަހުމްގެ އަތުގައި އޮޅުލައިގަނެވުނެވެ. އެހިސާބުގައި އޭރުތިބި ވަރަށް ގިނަ މީހުންނަށް އެ މަންޒަރު ފެނި، އެތައް ބަޔަކަށް މޫނުގައި އަތްއެޅުނެވެ.

“ކޮއްކޯ..މިޒަމާނުގައި މަގުމަތީގައި އެހައި ބަލައިނުލައި އުޅޭކަށްނުވާނެ..ދެންމެ ތި ސަލާމަތްވީ ހަމަ މަރުގެ އެތި ފަހަރަކުން..” އަދިވެސް ބިރުން ދެއަތުން ޝަހުމްގެ ޓީޝާރޓުގައި ހިފަހައްޓާލައިގެންހުރި ލަޔާއަށް އެ ހިސާބުން އައި މީހަކު ބުނި އެއްޗެއްގެ އަޑު އިވުނެވެ. އަދި ޝަހުމްގެ ގައިން ދޫކޮށްލުމަށްފަހު އެމީހާއަށް ހިނިތުންވުމެއް ދެމުން ކުރިއަށް ހިނގައިގަތެވެ.

“ލަޔާ..މިހުރީ އޭ ސައިކް.. ” ޝަހުމް ސައިކަށް ތަޅުދަނޑި ޖަހަމުން ލަޔާއަށް ގޮވާލީ އޭނާއަށް ސައިކަލު ނުފެނުނީ ކަމުގައި ހީކުރެވިގެންނެވެ. ނަމަވެސް ދެންވެސް ލަޔާ ކުރިއަށް ހިނގަން ފެށުމުން ޝަހުމް ސައިކަލުން ފޭބުމަށްފަހު ލަޔާއާއި ހަމަކުރިއެވެ. އަދި ލަޔާގެ އަތުގައި ހިފައި ސައިކަށް އަރަން އެދުނެވެ. ލަޔާ ބޯ ހޫރުވާލއެވެ. އަނެއްކާވެސް ލަޔާގެ މިޞްރާބު ހުރީ ކުރިއަށެވެ. ދެން ޝަހުމްއަށް ކަންތައް ކުރެވުނީ ކިހިނެއް ކަމެއް ނޭނގެއެވެ. ފެނުނުހާވެސް މަންޒަރަކީ ލަޔާގެ އަތުގެ އިގިލިތަކުގެ ތެރެއަށް ޝަހުމްގެ އިނގިލިތައް ގުޅުވާލިތަނެވެ. އަދި އޭނާގެ މުށް ބާރު ކޮށްލައި، ސައިކަލާއި ދިމާއަށް ދިޔައެވެ.

“ލަޔާ ސައިކަށް އަރާ..” ޝަހުމް ގެ ވާހަކަ ދެއްކުމުގެ ރާގު ހުރިގޮތުން ލަޔާ ޖެހިލުންވެ ހުރެވެސް ފަހަތަށް އަރައި އިށީނެވެ. އަދި އިރު އިރު ކޮޅުން ބަމްްޕަރުތައް މަތިން އަރާއިރަށް ލަޔާގޮސް ޝަހުމްގެ ގައިގައި ޖެހޭ އިރަށް މަޑުމަޑުން ފަހަތަށް ޖެހިލައެވެ.

ހިތަށް ލިބިފައިވި ހަމަޖެހުމުގައި ލައިޝާ، ނާހިލްގެ ކާރުގެ ކުރީ ސީޓުގައި ރަނގަޅަށް ހަށިގަނޑު ދޫކޮށްލައި ދެލޯ މަރާލައިގެން އިށީނެވެ. އޭނާއަށް އިނދެވުނީ ކުޑަކޮށް ހިނިތުންވެލައިގެންނެވެ. މިތަންފެނި ނާހިލްއަށް ކާރު ސްޓާޓް ކުރަންވެސް ނޫޅެ  އެއިން ގޮތަށް އިނދެވުނެވެ. ލައިޝާއަށް އަދިވެސް ކާރުގެ ދުވެލި އިޙްޞާޞް ނުވެގެން ލޯ ހުޅުުވައި ޑްރައިވަރ ސީޓަށް ނަޒަރެއް ދިނެވެ. ހުއްޓިފައި ނާހިލް އިންތަން ފެނިގެން ލައިޝާއަށް ގޮތްތަކެއް ވީ ނަމަވެސް ހަމަ އެ ސިކުންތުގައި އޭނާގެ އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވަމުން ނާހިލްއަށް ގޮވާލިއެވެ.

” އާނ…..ހު….ހޫމް…..” ނާހިލް އަވަސް އަވަހަށް ކާރު ދުއްވާލިއެވެ. ނަމަވެސް އިރު އިރު ކޮޅުން އޭނާގެ ހިތުގެ ރާނީއަށް ބަލައިލެވެނީ އޭނަގެ އިޚްތިޔާރުން ބޭރުގައެވެ. ލައިޝާ އަށް އެ ފިނި މާޙައުލުން އިޙްޞާޞްވީ އަރާމުކަމެކެވެ. އެހެންކަމުން އިރުކޮޅެއްވެސް ނުނަގައި ލައިޝާގެ އެސްފިޔަތައް ބަރުވެ ފުން ނިންޖެއްގެ ތެރެއަށް ގެނބުނެވެ.

ލޯބިން ފުރިގެންވީ ގޮތަކަށް ނިދަލާފައިވާ ލައިޝާ ފެނި ނާހިލްގެ ހިތުގައި ރިއްސާލިއެވެ. އޭނާގެ ހިތާއި ސިކުނޑީގައި ހިނގަމުންދާ ކަންތައް ގަނޑުގެ ހިލަމެއްވެސް ނުވެ ލައިޝާ އެ އޮތީ އަރާމުގައެވެ. އެކަމަކު މިރޭ ލައިޝާއަށްވެސް ޖެހޭނީ އޭނާ ތަޙައްމަލް ކުރަމުންދާ ކަންތައް އިޙްޞާޞް ކުރާށެވެ.

ކާރުގެ ސްޕީޑް ބާރުވަމުން ދާހެން ހީވެގެން ލައިޝާގެ ލޯ ހުުވާލިއެވެ. އެވަގުތު ކުރިމަތިން އައި ޕިކަޕެއް ފެނި ލައިޝާއަށް ހަޅޭއްލަވައިގަނެވުނެވެ. އަދި ނާހިލްއާއި ދިމާއަށް ބަލައިލެވުނެވެ. ރުޅިއައިސް ރަތްވެފައި އިން ނާހިލް ފެނި ލައިޝާ ހައިރާންވެ، ބިރުގަތެވެ. ސީޓުގައި ބާރަށް ހިފަހައްޓައިގެން އިންއިރުވެސް އިރުއިރުކޮޅަކާ އަތް ނައްޓާލައިގެން ދެއެވެ. އެއާއިއެކު ލައިޝާއަށް މަންމާއޭ ކިޔައި ހަޅޭއްލަވައިގަނެވުނެވެ. އެވަރުންވެސް ނާހިލް ކުއްލިއަކަށް ކުރިމަތިން އައި ރޭސްކާރަކުން އެއްފަރާތް ވާން އުުޅުމުގައި ހުންގާނުން ނާހިލްގެ އަތް ދޫވިއެވެ. ލައިޝާއަށް ކުރިއަށްވުރެ ބާރަށް ރޯންފެށުނެވެ. އެއަޑު ނާހިލްގެ ކަންފަތުގައި ޖެހުމާއެކު އޭނާގެ ހިތަށް ހަމްދަރުދީ ވަނީ ކަމެއް ނޭނގެއެވެ. ލައިޝާއާއި ދިމާއަށް ބަލާލުމަށްފަހު، ހަދާލި ގޮތަކުން ނާހިލްމެން ތިބި ކާރު އެ ކާރުން ނެއްޓިއެވެ. އެރި ލޮޅުމުގައި ލައިޝާ އަރި އަޅައިލި ގޮތަށް ނާހިލްގެ ގައިގައި ޖެހުނެެވެ. ނާހިލްއަށް އެހިނދުން ކާރުގެ ދުވެލި މަޑުކުރެވުނީ ކިހިނެއްކަމެއް ނޭނގެއެވެ.

“ނާހިލް ލައި އަށް ތިހެން ނުހަދައި އެއްފަހަރުން ލައިގެ ދުވަސް ދުއްވާލަންވީ އެއްނު…މިގޮތަށް ލައި އަށް ބިރު ދައްކައިގެން ކޮން ހިތްހަމަ ޖެހުމެއް ނާހިލްއަށް ލިބެނީ؟…ބުނެބަލަ…ލައި ކީއްތަ ކުރަންވީ ނާހިލް ހިތްހަމަ ޖައްސަން…ކާރު ދުއްވަ ދުއްވާ ހުއްޓަ ދޮރުން ބޭރަށް ފުންމާލަންވީތަ؟…ނާހިލް ލައިގެން އިން ޓީޝާރޓުގައި ދެއަތުން ހިފައިގެން ހުރެ، ލައިޝާ ރޮމުން ދިޔައެވެ. މިކަމުން ނާހިލްއަށް އަސަރު ކުރިނަމަވެސް ނާހިލްއަށް ލިބުނީ އިތުރު ބޮލުރިހުމެކެވެ.

“ލައިޝާ ބުނެބަލަ…ވަޓްސް މައި ފޯލްޓް؟،،ވައި އާ ޔޫ ހާރޓިންމީ އޯލްވޭޒް؟…އަހަރެންނަށް ކުރެވުނު ކުށަށް ސަޒާ ދެނީ މިހެންތަ؟ ނާހިލް މިވާ ލޯބީގެ ބަދަލު ތިހެން ނުދީ.. ހެޔޮނުވާނެ.. ކުރަން ބޭނުންވަނީ އެންމެ ސުވާލެއް..އަހަން ބޭނުމީ އެންމެ ޖަވާބެއް…ބުނެބަލަ ލައި ނާހިލް ދެކެ ލޯބި ވޭަތަ؟. ނުވޭތަ؟… ނުވަންޏާ ބުނެބަލަ ކުުރިމަތިން ދުރަށްދާށޭ..ދުވަހަކުވެސް ފެންނަ ހިސާބަށް ނާންނާށޭ…އަޑު އިވިއްޖެތަ؟…އައި ނީޑް އެން އާންސާރ…ނައު!..” ނާހިލް ލައިޝާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތެވެ. އޭރު އެދެލޮލުން ފައިބަމުން ދިޔަ ކަރުނައާއި އެ ފެނުނު ޖެހިލުން ކުޑަކަމުން ލައިޝާ ގެ ހަށިގަނޑު ރޫރޫ އަޅައިގަތެވެ.

“ބުނެބަލަ…ލައިޝާ ކައިރީ މިއަހަނީ.. ނޫނީ ފައިބާ.. މިދަނީ ލައިޝާގެ ކުރިމަތިން އަބަދުގެ އަބަދަށް ދާން…ދެން ދުވަހަކުވެސް ނާންނާނަން…” މިހެން ބުނެ ލައިޝާގެ އަތުގައި ހިފައި އޭނާ އިން ފަރާތުގެ ދޮރު ހުޅުވަން ނާހިލް އުޅުނެވެ.

“ނާހިލް ތިހެން ނުހަދަބަލަ…ޕްލީޒް ޑޯންޓް…އައި ކޭންޓް ސްޕެންޑް އަ ސެކަންޑް ވިތައުޓް ޔޫ…ޕްލީޒް ނާހިލް ލިސަންޓް މީ..އައި ލަވް ޔޫ ސޯ ބޭޑް ލީ…”ލައިޝާ އެބުނި އެއްޗެއް ނާހިލްއަށް އިވުނީ ހުވަފެނެއްގަ ހެންނެވެ.

“ކީކޭ ލައި؟…” ނާހިލް އަދިވެސް ބޭނުމީ ލައިޝާގެ އަޑުން އެ ލަފްޒުތައް ތަކުރާރުކޮށް އަޑުއަހާށެވެ.

“ހު..ހު….ހު…ނާހިލް…ލައި އިމްތިޙާން ނުކޮށްބާ…ލައި އަޞްލުވެސް ވަރަށް ބޮޑަށް ލޯބިވޭ….ނާހިލްއާ ދުރުން އުޅެ އުޅެ ވަރުބަލިވެއްޖެ…” ގިސްލަމުން ދިޔަ ލައިޝާ ގެ ޖަވާބު އަޑުއަހާފައި ނާހިލްއަށް ވަގުތުން ލައިޝާގެނެސް އޭނާގެ އުނގުތެރެއަށް ލެވުނެވެ.

-ނުނިމޭ-

Comments (110)

  1. ނަޒާ

    ވ ވ ރީތި

  2. xee

    ވާއު…..ހާދަ ރީއްޗޭދޯ……..ހަމަ ހެސް ކިޔާފަ ހަބޭސް އިނގެ….

  3. ނީމް

    ވ ވ ރީތި….. ކިޔާހިތުން އިންދާ ނިމުނު އިރުވެސް ނޭންގުނު….ހެހެހެ…. އަސްލުވެސް ވ ވ ނައިސް…..

  4. pinky

    އޯސަމް

  5. ޒީން

    ވ.ވ.ވ. ސަޅި ހަބޭސް އަނެއް ބަޔަށް އިންތިޒާރު ކުރަން………… ޕްލީޒް……..ޕްލީޒް

  6. އައިންތު

    ހާދަކުރޭ ވާހަކަ ވވވވވވވވވ ރީތި..

    1. Gajendra
      އައިންތު

      I actually found this more eninitaterng than James Joyce.

    2. base after
      އައިންތު

      We could’ve done with that insight early on.

  7. ޝިފީ

    ވާއު ވ ވ ނައިސް…

  8. ފައި

    މިހާގިނަދުވަސްކޮށްފަ ހާދަކުރުކޮށްނޭ ތިގެނެސްދިނީ ، ވާހަކަ ވަރަށް ރީތި ، ކުރިއަށް އޮތް ބަޔަށް އިންތިޒާރުކުރުންދޯ ދެންއޮތީ ……..

  9. އާތު

    އިރާދަކުރެއްވިއްޔަ ޖޫން ދިހައެއްގެ ފަހުން ވަރަށް ދިގުކޮށް ކޮންމެ ދުވަހަކު ގެނެސްދެވޭތޯ މަސައްކަތް ކުރާނަން..ހުރިހާ ކިޔުންތެރިން އިންތިޒާރު ކުރަން ޖެހޭތީ ދެރަވެސްވޭ..އެހެންވެ ޓްރައި ކުރާނަން މިހާރަށް ވުރެ ރަނގަޅު ކުރެވޭތޯ…

  10. އަނީސް

    އަޅޭ؟ ހާަ ލަހޭދޯ އަޕްކޮށްދޭލޭ.. ވ ރީތި ވަހަކައެއްމީ ފެށުނީނއްސުރެން މިވާހކަ އަޕްކުރެތޯ ވަރަށް ބެލޭ … އެކަމު ދެން ކޮން އިރަކު ތަ އަޕްކޮށްދޭނީ … ޕްލީސް އަވަސްކޮށްދީބަލަ މިހިރީ ހަމަ ކެއްމަދުވެފަ ކިޔާހިތުން ދެއން އަންނަޕާޓް…

  11. MaLu

    ވަރަށް ރީތި. އަނެއް ބައި އަވަހަށް އަޕް ކޮއްދެއްޗޭ!

  12. ނުންނު

    ވ ސަޅި….އެކަމަކު މާ ކުރީ

  13. ަައާސސް

    ކޮން އިރަކުންތަ އާބައެއް އަޕް ވާނީ… އިންތިޒާރު ކޮށްކޮށް ވަރުބަލި ވެއްޖެ…. އަވަހަށް އަޕް ކޮށް ދީ ބަލަ…… ޕްލީޒް………

  14. އައިޝާ

    ވާހަކަ ވަރަށް ރީތި…. އެކަމަކު ގެނެސްދޭލެއް ލަސްވީމަ ކިޔާހިތް ކެނޑިދާނެ،،،،

    1. Farhan
      އައިޝާ

      If inifamrtoon were soccer, this would be a goooooal!

    2. pay exorbitant
      އައިޝާ

      I can’t hear anything over the sound of how awesome this article is.

    3. must meet
      އައިޝާ

      Apparently this is what the esteemed Willis was talkin’ ’bout.

  15. ައަމީނާ

    މިވާހަކަ ލަސްވާތީ އަސްލު ވ ކަޑަ.

  16. ފިރޫ

    މީވަރަށްރީތި ވާހަކައެއް……މައްސަލައަކީ އަޕްވާލެއް ލަހީދޯ>>>>>>>>>

  17. ހެޔޮއެދޭ ފަރާތެއް

    އާތުއާއި އެކު މަސައްކަތްކުރާ ފަރާތެއްގެ ޙައިޘިއްޔަތުން ބުނަމެވެ. ކިޔުންތެރިން ލައްވާ ތިވަރުގެ ބޮޑެތި އިންތިޒާރު ކުރުވާކަށް ނުވާނެއެވެ. އިންސާނުންނަށް ކެތްކުރެވޭނީ ވަކި ވަރަކަށެވެ. އެކުދިން މި ވާހަކަމަތިން ފޫހިވާކަން ބޭނުމެއް ނުވެއެވެ. ވީމާ، ސްކޫލުގައި މަސައްކަަތްތައް ގިނަކަމުގައިވިޔަސް ހެދޭނެ ހަމައެހެން ގޮތެއް ނޯންނާނެތޯއެވެ!

  18. ސަމް

    ވަރަށް ރީތި ވާހަކައެއް އެކަމު ވވވވ ދިގު އިންތިޒާރު ކުރަން ޖެހޭ !!!!!!!!!!!!!!1ހާދަ ލަހޭ އަޕް ވާލެއް،…………. ތަންކޮޅެއް އަވަސް އަވަހަށް އަޕް ކޮށްބަ ޕްލީީީީީީީީީީޒް……………

  19. އައިޝާ

    ވާހަކަ ނިމުނީތަ؟ ކީއްވެ މިހާރު އިތުރު ބައެއް ނުގެންނަނީ…..

  20. xee

    މި ވާހަކައިގެ ކިޔުންތެރިންނަށް……އާތުގެ ލެޕްޓޮޕް ހަލާކުވެގެން އުޅޭތީ ވާހަކަ އަޕް ނުކުރެވެނީ…..އަދި މިދުވަސްކޮޅު އާތު އުޅެނީ ވަރަށް ބޮޑަށް ބަލިވެ…..ޕްލަސް ރިޕޯޓް ފޮތް ދޭ ދުވަހަށް ތައްޔާރު ވުމުގައި އާތު ސްކޫލްގައި އުޅެނީ ވވވވވވވވވވވވވވ ބިޒީކޮށް…..ހުރިހާ ކިޔުންތެރިންނަށް އާތުގެ ފަރާތުން ވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވ ބޮޑަށް މަޢާފަށް އެދެން…..

  21. ޒީކް

    މާދަމާ ވާހަކަ ކިޔާލަން ލިބޭނެ ކަމުގެ އިންތިޒާރުގަ…..

  22. ިެިިieysh

    މިއަދު މީ 10 ޖޫން ދެން މިއަދަށް ފަހު ވާހަކަ ރަގަޅަށް ކިޔާލަން ލިބޭނެބާ؟؟؟؟؟؟؟؟؟؟؟؟

  23. ހަސީ

    ވަރަށް ރީތި …އެކަމް ހާދަ ލަހޭ އަޕުވާލެއް

  24. އައިޝާ

    އާތު އަޅެ އަވަސް ކޮށް މި ވާހަކައިގެ އަނެއްބައި އަޕް ކޮށްލަބަލަ……….. ޕްލީޒްޒްޒްޒް……….

  25. ހަސީ

    ވަރަށް ރީތި. ހާދަލަހޭ އަޕް ވާލެއް..އާތޫ.

  26. ރިނޮ

    ޢވވވ ރީިތި

  27. ނިން

    ވާހަކަ ހަމަ ދެން ނުގެނެސްދެނީތަ؟

  28. Rishfa Mohamed

    ހާދަ ލަސްވެއްޖޭ ކުރިއަށް އޮތްބައި…………

  29. ހިދާ

    ކޮބާ އަނެތް ބައި؟؟؟؟

  30. Ushaamin Ahmed

    koba aneh bai ??

  31. އައިރީ

    މިހާރު ވވވ ފޫހި ވެއްޖެ ތިވާހަކަ ކިޔަން މާ ބްޑަށް ވިއްޔާ ތިލަސް ވަނީ ތިދެން ތަން ކޮޅެއް ބޮޑު ވަރު

  32. zeenaa

    Haadha slow ey dhw.
    Koba tha next part.
    Dhen kn dhuvahakun up vaanee.
    Dhen mihishaabun mi story nimuneeee tha. Varah fake.
    Vaahaka nice viyas ehaa slow v ma varah fuuuuhi.

  33. zeenaa

    Koba tha next part.
    Dhen kn dhuvahakun up vaanee.
    Dhen mihishaabun mi story nimuneeee tha. Varah fake.
    Vaahaka nice viyas ehaa slow v ma varah fuuuuhi.

  34. Al.haa

    kober anebai
    nugenesdheni tha
    thivaru vanya stories nuliyaani
    writ it only if u can complt
    it

  35. neem

    Haadha slow ey dhw
    Koba tha next part.
    Dhen kn dhuvahakun up vaanee.
    anaikaa story nimuneeee tha. Varah fake.
    Vaahaka nice viyas ehaa slow v ma varah fuuuuhi v v v fuuuuuhi
    .

  36. mooni

    watin 4 da next part

  37. mooni

    waitin 4 da next part

  38. amaany

    ?? where is the next part

  39. SHIU

    ???next part up koh nudhenytha

  40. neem

    next part up nukuranye thr??

  41. shai

    kabaatha next part

  42. thui

    aathu please update sooooon

  43. xeeky@x33

    Haadha inthixaar Eba kurevey next part ah

  44. Dreamboy1969

    ކޮންމެވެސް އެކަކު ނުވަތަ ސައިޓުގެ ފަރާތުން ވާހަކައަށް ހުއްޓުމެއް އައި ގޮތެއް އަންގާލަދީބަލަ! މި ގޮތަށް އެއްވެސް ކަމަކާނުލާ ހުއްޓާލާކަށް ނުވާނެ. އަދި އަމުދުން ޙަބަރެއް ވާންވާނެ ދޯ! ޚަބަރަކަށް އިންތިޒާރުކުރުން.

  45. shaph

    where is the next part ????? plxxxxx habareh welaba

  46. aii

    Varah foohi vehje….hadha dhuvaheke dhoo

  47. އާތު

    މަށަށްދެން މި ޥަހަކަ ކުރިޔަށް ގެންދާނެ ގޮތެއް ނޭނގޭތީ ހުއްޓާލީ. ސޮރީ…! ހުރިހާ ކިޔުންތެރިންނަށްވެސް. މިހެންވެސް ބައެއް ފަހަރުވާނެ. ހުރިހާ އެންމެންވެސް އަންޑަސްޓޭންޑް ވާނެ ކަމަށް އުންމީދުކުރަން. ވާހަކައަށް މިއަދާ ހަމަޔަށް ދެއްވި ތަރުޙީބަށް ޝުކުރު ދަންނަވަން. ދެން ކޮމެންޓް ނުކުރައްވާތި!

    1. admin
      އާތު

      އާތު ބުނީ އާތު ކުރި ކޮމެންޓެއް ނޫނޯ އެއީ….!!

  48. ma

    dhen aathu kairi ahaaba kn irakunhey vaahaka kuriah gendhany? ehkoh huttaaleehey?

  49. Eenaa

    Admin in balaa dheynvynu mi vaahaka ah vy goih…

  50. aii

    Kiyun therin amila ah vaahaka kuriyah gendhavan vi nun tho

  51. lily

    Vrah foohivehje…kiyun theringe therein beyfulhaku mivahaka kuriyah gen dhava comment ga..

  52. shau

    vara beynun vi vaahaka niman bt …… fuhi

  53. Eve

    Helw

  54. Zoo

    Aathu kanthah thikuree varah goas koh. Ehme faharaku comment thakah reply kohliyas ok dhw…ahareh vaa iru aathu ah huhnaany mihurihaa comments eh kiyaa levifa..vaahaka varah reethi..ekam mihaaru vaahaka kiyaa hith kedihje..

  55. aii

    Admin befulhaku mi vahaka ah vi gotheh balava lahvafa habareh velaba…aneka athu ah bodu kameh vi tha…athuge habareh nuvathy varah dhera.. neyge admin myhunves koment kiya kamehves..more than a yr…miaharu dhen mivahaka ah inthizaru nukurashey namaves bunanvehje dho..

  56. shau

    esfiyage vaahaka liyaa meehun v foohi …. konmeh vaahaka ehves medhukandaa lanee ehmeh reethi vaa hisaabun…… v v v v foohi vaahaka liyaa meehun dheke…

  57. anjal

    Alhe mivaahaka mihisaabah gengossa ninmaa nudhineema v v v v dhera vejje… vaahaka v reethi.. ekm mihaaru foohi vehje mi vee gothun

  58. Anonymous

    Hello , please do update the story … Still waiting

  59. Someone

    Aathu alhe plxx up kohdhybala mi vaahaka ehen hadhaakah nuvaannehnnu all r waiting so plxxx up kohdhybala..

  60. ޒޫޝަން

    ހާދަލަހޭ މިހާރު ވވވ ލަސްވެއްޖެ އަޅެ ތަންކޮޅެއް އަވަހަށް އަޕްކޮށްދީބަލަ، ވވވ. އިންތިޒާރުކުރެވޭ، ވަރަށްރީތި އުއްމީދުކުރަން އަވަހަށް އަނެއްބައި ވަރަށް ދިގުކޮށް ގެނެސްދޭނެކަމަށް.

  61. shisha

    Koba thr anneh bai……

  62. crying

    Dhera vehje 🙁

  63. xy

    Pl xx upload next part, waiting waiting plxxx

  64. alma

    i nee next part soon i think im also too

  65. mizu

    Kobaatha mi vaahaka ge anehbai inthizaaru koh koh varubali vejje heyo ves nuvaaane kusheh neh bayakah mihaa nikamethi haalu jassan

  66. SOMEONE

    މިވާހަކައިގެ އަނެއްބައި ކިޔާހިތުން މިއުޅެނީ. ކޮންއިރކުން އަޕް ކުރާނީ

  67. zaa

    Alhe kobatha mi vahakaige aneh part…v kiyaahivvey plz upload kodhdhybala

  68. zai

    Kobaatha aneh bai?????athooooo plx aneh bai up kohdhiiba..still waitting

  69. Sahnyx

    Pls next part upload kohdhee. ..love u aathu

  70. asly

    Kobaa next part

  71. aisha

    omg 2013 in feshigen upnukuraa story eh..mivaahaka kiyan feshununmoya hyve…dhen upnuvaane thoche..so sad…n no news frm the writer too.

  72. SARA

    Alhe mi story ge dhen oiy bai kobaa

  73. NaAi

    Eyy series kn dhn meyge anehbai up nukuraanan thr
    ….Aathuooo….

  74. sad

    im still waiting for this stry plx up kohbaaa ….mivaahaka vrh reethi …. avas avas avas avas plxxxxxxxx…. plx reply kohbaaa… vygothe bunebaaa….. 🙁 🙁 🙁 :'( 🙁 :'( 🙁

  75. Zeena

    Ebunaahen Koba tha story ge anebai

  76. Anonymous

    Vaahaka nimmli namaves angaalan vaane dho.. Mi site kurin kiyan feshi shine vaahaka ves Hama migotha huttaalaafa iny..

  77. Anonymous

    Alhe next part plx v intresting

  78. Mikky

    vaahaka complete nukurevey haalu vaahaka nuliyebala…. harukonnaany e kakunyehge varun

  79. me

    V salhi vaahaka dhen oiyba kobaa

  80. thee

    Mi vaahakiyuneethi ves fooho nunimay vaahaka

  81. yaany

    next part up kohdheebala..plx plx

  82. zaa

    Kobaa Next part up kohdheebala

  83. Kalhu handi

    Kobaahey mivaahakaage aneh baaa.. Kalhu handi gaathah mihaaru rulhi aissi ey

  84. Kiasha

    Kiaa mihaar mihury angry n sad vefa.aaaathuuuu.pls up up

  85. Broken angel

    It’s my 1 comment..I loved Ur lovely love story aathu..plx if u can plx up the next part as soon as possible.. waiting for the next part..the story hit’s..

  86. angle

    Vaahakaige anehbai koba????? story v reethi waiting for the next part..

  87. Amin

    Koba aneh part please up kohdheeba

  88. Maahy

    Still waiting for the next part

  89. rash

    ALHE MIVAAHAKA DHEN NULIYANEETHA

  90. Naz

    Athu please up kolaba next pa????

  91. Fary

    Mi Vaahaka Dhen Upload Nuvany Tha Haadha Dhuvahekey Mihaaru…Kuriah Oiy Thaaga Mi Vaahaka Kiyan Libeyne Tha????

  92. kiun theriyaa

    mi vaahakayah vee gotheh angaaladheebala avsge addmin namaves mioh varan kiuntherin koment kuraairu ves liun theriyaaves bahehves bunenulaa

  93. M

    Mivaahaka maruveetha

  94. Anonymous

    ??Mi vaahaka next part up kurumeh neiy tha alhefahe

  95. Vaahaka queen

    Alhe mi vaahaka liye ninma dhyy bala aathu vrh Kiyaa hithun mihuryy adhives plzzz next part liye dhyy balaa

  96. Comenterrr

    Aslu vaahaka ehkoh nuliyevenyaa liyan nufehtun rangalhyy.. mihaaru mi vaahakaige next part ah wait kuraa myyhun kihaaa gina Dhn ves vaahaka liye ninmeytho balaa bala aathu… Aslu vrh Reethi vaahaka ekamu next part up nuvaathy mahsala akyyy.. Last episode kamah balaafa namaves liye dhyy bala plzzz

  97. Baby

    Aathu varah Kada ??
    Vaahaka avahah up koh dheeba????

  98. ??

    Eyy haadha salhi eyy mi vaahaka keevetha baakeebai up nuvegen mi ulhenee haadha gina dhuvahekey pleex up kohbbala feshi kameh vehjjeyai ninmman vaane dhw ehen noonee kiyaa meehun haadha disappoint vaane eyyy Aathu

  99. Faa Kko

    Masha Allah varah loabi vaahaka eh kobaa tha mi vaahakaa ge aneh bai please up koh dhybala aneh bai varah kiyaa hithun mi iny

  100. ?Dhona?

    Nimuneetha????? Haadha fakeey dhw!!! Mihaaru 6 aharumivee thivaahaka medhukandailaogen kuriyah gendhaane goathakaamedhuvisnaatha adhives hama kuriuahdhevey goathey nuvanee!!!!!

  101. friend

    Kobaa tha mi vaahakaige next part
    Mihaaru mioh 7 aharu vanee ehen part eh up nuvaathaa
    nuliyevenyaa Dhen readers nuthalhuvaa nuliyeveyne ey bynanveenu

  102. Nagma

    Mi vaahakaige dhn huri baitha Koba ??

  103. Jinni

    When next part?

  104. .

    Alhe heyo nuvaane next part upload kohdhy Konmes Gothah hadhaafa heyo nuvaane I beg Yuh Mi story vrh Reeth Mihaaru 7 yr vejje Ehnvma plx upload kohdhy

Comments are closed.