Skip to content
އެސްފިޔަ

އަސަރު 25

ގެއަށް ވަދެ ދޮރުހުޅުވާލި އިރު އޭނާގެ އަންހެނުން ކައްކާ މީރު ކުކުޅު ރިހައިގެ ވަސް މުޅިތަނުގައި ހިފާލާފައިވެއެވެ. ލިޔާޒް ކޮޓަރިއަށް ލުމަށްފަހު އޭނާ އައިސް ބަދިގެއަށް ވަތްއިރު އޭނާއާ ފުރަގަހަށް ވާގޮތަށް ހުއްޓިގެން ހުރި އަންހެނާ ފެނި އެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ފަހަތުން ގޮސް އޭނާ އެ އަންހެނާގެ ގައިގައި ބައްދާލިއެވެ. “އަހޫ…އައި މިސްޑް ޔޫ…” އެހެން ބުނަމުން ލިވާން އޭނާގެ ކޮލުގައި ބޮސް ދިނެވެ. ރިހަ ތެލި ހަލަން ހުރި އަހުލާގެ މޫނަށް އެވަގުތު ވެރިވީ ރަކި ހިނިތުންވުމެކެވެ.

“ކޮބާ ލީއްކޮ؟” އަހުލާ އަހާލިއެވެ.

“ކޮޓަރިއަަށް ގޮސްފި…” ލިވާން އަހުލާގެ ގައިގައި ބައްދައިގެން އެހުރި ގޮތަށް ބުނެލިއެވެ. “ވަރަށް ބަނޑުހައި…” އެހެން ބުނަމުން ލިވާން އަހުލާގެ ފަން އިސްތަށިގަނޑާ ކުޅެލިއެވެ. އަހުލާ މަޖާވެފައި ލިވާން ދުރަށް ކޮއްޕާލިއެވެ. އެއާއެކު ލިވާންގެ މޫނަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.

ރިހަ ކެކުމާއެކު އަހުލާ ލިވާން އަށް ކާން ހަދައިދިނެވެ. އަދި ލިޔާޒް ވެސް ގޮވައިގެން އައިސް އެ ކުޑަ ކުޑަ އުފާވެރި އާއިލާ މެންދުރުގެ ކެއުމަށް އިންސާފު ކުރަން ފެށިއެވެ.

*****

ޝިކާ އެނދުގައި އޮށޯވެލައިގެން އޮތް އިރު މުޅި މީހާ އޮތީ ހުއްޓުން އަރާފައެވެ. އޭނާ އޮތީ އަދިވެސް އޭރު އޭނާގެ މައިންބަފައިން ދެއްކި ވާހަކަ ޤަބޫލުކުރަން ދަތިވެފައެވެ. އެމީހުން ހަމަ އަސްލުވެސް އޭނާގެ ކައިވެނި އެހެން މީހަކާ ހަމަޖެއްސީ ހެއްޔެވެ؟ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ބައްޕަ އެހެން ބުނުމުން އޭނާއަށް އަހުސަން ގެ ވާހަކަ ބުނާކަށް ވެސް ނުކެރުނެވެ. އަނެއްކޮޅުން ބައްޕަމެން އެހާ ކުރިން ހަމަޖއްސާފައި އޮތް ކަމަކާ އޭނާ ދެކޮޅު ހަދާނީ ވެސް ކިހިނެއް ހެއްޔެވެ؟ ފޯނު ބަލާލިއިރު އަހުސަންގެ އެތައް ކޯލްއެއް ރޭގައިވެސް އައިސްފައިވާތަން ފެނުނެވެ. އޭނާ ދެން އަހުސަންއާ ކުރިމަތިލާނީ ވެސް ކިހިނެއް ހެއްޔެވެ؟ މަންމަމެން ގާތު ކައިވެނީގެ ވާހަކަ ދެއްކިންހޭ އެހުމުން އޭނާ ވަކި ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ނަމަވެސް އަހުސަން އާއި ކުރިމަތި ނުލާވެސް އުޅެވޭކަށް ނެތެވެ.  ނިދާ ހޭލި ގޮތަށް ވެސް އޭނާ އެތާނގައި އެއޮތީ ސައިބޯ ހިތް ނެތިގެންނެވެ. ރަހީމާ އައިސް ދެފަހަރަކު ގޮވުމުންވެސް އޭނާ ނުތެދުވެ އޮތީއެވެ.

އޭނާ އިރުކޮޅަކު އެހެން އޮވެލާފައި ގަޑި ބަލާލި ހިނދު 3 ޖަހަނީއެވެ. ކަންނެތް ކަމާއެކު އޭނާ ތެދުވީ ހަތަރެއް ޖަހާއިރު ކްލިނިކަށް ދާން ޖެހޭތީއެވެ. ފުރަތަމަ ދުވަސްކަމުން އޭނާ ގަޑިއަށް ފަރުވާތެރިވާން ބޭނުމެވެ. ތެދުވެ މޯޅިއަކަށް ދެމެލިތަނާ އަނެއްކާވެސް އަހުސަންގެ ކޯލެއް އަންނަން ފެށިއެވެ. ފުން ނޭވައެއް ދޫކޮށްލުމަށްފަހު އޭނާ މިފަހަރު ފޯނު ނެގިއެވެ.

“ހަލޯ…” ވަރުބަލި ގޮތަކަށް އޭނާ ހަލޯއޭ ބުނެލިއެވެ.

“ޝިކް… ބަލީތަ؟ ކީއްވެތަ ފޯނު ނުނަގަނީ؟” އަހުސަން ހާސްވެފައި އަހާލިއެވެ.

“ނިދުނީ… ދެންމެ ހޭލެވުނީ..” ޝިކާ ކުރި ޖަވާބަކުން ފުއްދާލިއެވެ.

“އެހެންތަ؟ އަދި ކިރިޔާ ތި ހޭލީ؟” އަހުސަން އަށް އެހެން އަހާލެވުނީ ޝިކާ އަކީ ދުވަހަކުވެސް އެހާ ލަހުން ތެދުވާކުއްޖަކަށް ނުވާތީއެވެ.

“ހޫމްމް.. އަހޫ.. ކްލިނިކަށް ދާން ޖެހޭ ހަތަރެއް ޖަހާއިރު… އިހަށް ބާއްވަނީ އިނގޭ… ތައްޔާރުވާން ވެސް ޖެހޭނެ..” އަހުސަން އަނެއްކާ ވެސް ކައިވެނީގެ ވާހަކަ ދައްކައިފާނެތީވެ ޝިކާ ބޭނުންވީ އަވަހަށް ފޯނު ބާއްވާށެވެ.

“އޯކޭ.. ބަލާ ދާނަން އެހެންވިއްޔާ 4 ގަ..” އަހުސަން ބުނެލިއެވެ. ޝިކާ މިއަދު އަހުސަން އާ ކުރިމަތިލާން ބޭނުންނުވި ނަމަވެސް އޭނާއަކަށް އެގަޑީގައި ދައްކަންވީ ބަހަނާއެއް ނުވިސްނުނެވެ. އެހެން ކަމުން އޭނާ ހޫން އެކޭ ބުނެފައި ފޯނު ބޭއްވިއެވެ.

ދަތް އުނގުޅާ ހަދައިގެން އަލަމާރިން އޭނާގެ އަޅި ކުލައިގެ ފައިތިލަ އާ ހަމައަށް އަރާ ހެދުމާއި އެއާ ގުޅޭ ނޫކުލައިގެ ޝޯލްއެއް ނަގައިގެން ލިއެވެ. ވަޒީފާއަށް ނިކުންނަ ފުރަތަމަ ދުވަސްކަމުން އޭނާ ބޭނުންވީ ވަރަށް ވެސް ތައްޔާރުވެގެން ދާށެވެ. ހިތްހަމަޖެހޭ ވަރަށް ތުންފަތުގައި މަޑު ފިޔާތޮށި ލިޕްސްޓިކް ޖައްހާލުމަށްފަހު ކުޑަކޮށް އައިލައިނާރ އަޅާލިއެވެ. ގަޑި ބަލާލިއިރު އަދިވެސް ވަގުތުކޮޅެއް ހުރުމުން އޭނާ ބަދިގެއް ދިއައީ ކާހިތްނުވި ނަމަވެސް ދިއުމުގެ ކުރިން އެއްޗެއް އަނގައަށް ލާށެވެ.

އެއަށްފަހު އޭނާ ކަޅުކުލައިގެ ހޭންޑްބޭގް އަޅުވާލައިގެން ގެއިން ނިކުތީ އަހުސަންއަށް ރިންގެއް ޖަހާލުމަށްފަހުގައެވެ. ބޭރުގައި މާ ގިނައިރު މަޑުކުރާކަށް ނުޖެހުނެވެ. އަހުސަން އޭނާގެ ސައިކަލުގައި އައިސް ޝިކާ ކައިރިއަށް މަޑުކޮށްލިއެވެ. މަޑު ފެހި ކުލައިގެ ގަމީހާއި ގަދަ ނޫކުލައިގެ ޖިންސް ގައި އަހުސަން ފެންނަލެއް ވަރަށް ސްމާޓެވެ. އޭނާގެ ބުޅި އިސްތަށިގަނޑު ކުޑަކޮށް ހޭވިފައި ހުރުމުން އެ މޫނަށް އިތުރު ފުރިހަމަކަމެއް ގެނަސްދެއެވެ. ޝިކާ ހިތަށް އަރަމުން ދިއައެވެ. ދުވަސް ކޮޅަކުން އޭނާ އަހުސަނާއި ދުރަށް ދާން ޖެހޭނެއެވެ. އޭނާ އެހެން މީހެއްގެ ހައްޤަކަށް ވާނެއެވެ. އަހުސަން ގާތު މިވާހަކަ ދައްކަންވެސް އެބަ ޖެހެއެވެ. ނަމަވެސް އޭނާ އެވަގުތު އެވާހަކަ ނުދައްކައި ގޮސް ސައިކަލު ފަހަތަށް އެރީ މިގަޑީގައި އަހުސަންގެ އަދި އޭނާގެ މޫޑުވެސް ޚަރާބުކޮށްލަން ބޭނުންނުވާތީއެވެ. ސައިކަލު ދުއްވަމުން ދިޔައިރު ވެސް ޝިކާ އިނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. އަހުސަން ދައްކާ ވާހަކަ އޭނާއަށް އަޑު އިވޭހެން ވެސް ހިޔެއް ނުވެއެވެ.

ޝިކާ އަށް ހޭވެރިކަމެއްވީ ފްލާވަރ ކްލިނިކް ކުރިމައްޗަށް ސައިކަލު މަޑުކޮށްލުމުންނެވެ. އަވަސް އަރުވާލާފައި ފައިބައިގެން ހިނގައިގަންނަން އުޅުނު ވަގުތު އަހުސަން އޭނާގެ އަތުގައި ހިފެހެއްޓިއެވެ.

“އަޅޭ.. ޝިކް… ކޮން ވިސްނުމެއްގައި މިއޮއް ހުރިހާ އިރު؟” އަހުސަން ސައިކަލުން ފައިބައި ޝިކާ ގާތު މަޑުކޮށްލަމުން އަހާލިއެވެ. ޝިކާއަށް އެވަގުތު ދޭނެ ޖަވާބެއް ނުވިސްނުނެވެ. އޭނާ ހުރީ އެއަށް ވުރެ ބޮޑަށް ބޯ ގޮވާފައެވެ.

“ނާވަސް އީ ދޯ ފަސްޓް ޑޭ އެޓް ވޯކް ވީމަ؟” އަހުސަން އަނެއްކާވެސް ލޯބިވެތި ގޮތަކަށް އަހާލިއެވެ. ޝިކާ އަވަސް އަވަހަށް ބޯ ޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

“ހޭ.. ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ…” އަހުސަން ޝިކާގެ މޫނުގައި ގެއަތުން ހިފާލަމުން އެހެން ބުނެލީ ހިތްވަރުދިނުމުގެ ގޮތުންނެވެ. އެވަގުތު ޝިކާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ.

“ދެން އަވަހަށް ދޭ.. ގަޑި ޖެހިދާނެ..” އަހުސަން ބުނެލިއެވެ. އެއާއެކު ޝިކާ އެތަން ތެރެއަށް ވަނުމަށްޓަކައި ހިނގައިގަތެވެ.

އަހުސަން ޝިކާއަށް ބަލަން އެހުރި ފިޔަވަޅުމަތީގައި ހުއްޓެވެ. އޭނާ ބޭނުންވީ ޝިކާ އެތަން ތެރެއަށް ވަންނަންދެން އެ ލޯބި ކުއްޖާއަށް ބަލަހައްޓައިގެން ހުރުމަށެވެ. ތަންކޮޅަކަށް ގޮސްފައި ޝިކާގެ ހަރަކާތްތަކަށް ހުއްޓުން އެރިއެވެ. އަދި ހަމަ އެސިކުންތުގައި ދުވެފައި އައިސް އަހުސަންގެ ގައިގައި އޮޅުލައިގަތެވެ. “އައި ލަވް ޔޫ އަހޫ..” ޝިކާ މަޑުމަޑުން ބުނެލިއެވެ. ޝިކާގެ މިކުއްލި އަމަލުން އަހުސަންއަށް ސިހުން ލިބުން ނަމަވެސް އޭނާ ވެސް ޝިކާގެ ހަށިގަނޑު ދެއަތުތެރެއަށްލާ ފޮރުވާލަމުން “ލަވް ޔޫ ޓޫ..” އޭ ބުނެލިއެވެ.

ޝިކާގެ ހިތުގައި އެވަގުތު ތޫފާނެއް އުފެދިފައިވާ ފަދައެވެ. އޭނާ ބުނަން ބޭނުންވިއެވެ. އަހުސަންއެވެ. މިހާ ދުވަހު އެކުގައި އުޅެފައި ވަކިވާން ހާދަ އުނދަގޫ ވާނެއެވެ. އަހަރެން ތިބާ އާ އެކީ އުޅެން ވަރަށް ބޭނުންވި ނަމަވެސް މިކަމުގެ ހުރަހަކަށް އަހަރެންގެ މައިންބަފައިން ވެއްޖެއެވެ. މައިންބަފައިންގެ އުފަލައްޓަކައި އަހަރެންގެ ލޯބި ޤުރުބާން ކުރަން އެބަ ޖެހެއެވެ. އަހުސަންއެވެ. އަހަންނަށް މާފު ކުރާށެވެ.

ނަމަވެސް މިއިން އެއްވެސް ބަހެއް އޭނާގެ ދުލާ ހަމައަކަށް ނައެވެ. އަހުސަންގެ ގައިގައި ބައްދައިގެން ހުރި އިރު އޭނާއަށް ދެންމެ ދެންމެ ރޮވިދާނެހެން ހީވާން ފެށިއެވެ. ނަމަވެސް ހިތުގައިވާ އިހުސާސްތަށް ކޮންޓްރޯލް ކުރަމުން އޭނާ ބުނެލިއެވެ. “ގުޑް ލަކް އެކޭ ވެސް ނުކިޔަމެއްނު؟”

ޝިކާ އެހެން ބުނުމުން އަހުސަން ގާތަށް ކުޑަކޮށް ހިނިއައެވެ. ތަންކޮޅަކަށް ގޮސްފައި އަނބުރާ އެއައީ އޭނާ ގުޑް ލަކް ނުކީމަ ހެއްޔެވެ؟ އޭނާއަަކަށް ޝިކާގެ ސިކުނޑީގައި ހިނގަމުންދާ އެއްވެސް ކަމެއް ނޭނގެއެވެ.

“ގުޑް ލަކް ލޯބިގަނޑާ..” އަހުސަން ލޯތްބާއެކު ބުނެލިއެވެ. އެކަމުން ޝިކާގެ ހިތަށް ކުޑަ ފިނިކަމެއް ލިބުނެވެ. އަހުސަންގެ ގައިން ދޫކޮށްލުމަށްފަހު ހީލަމުން އޭނާ އަނެއްކާ ވެސް ދިއުމަށްޓަކައި ހިނގައިގަތެވެ.

ފްލާވަރ ކްލިނިކް ތެރެއަށް ވަނުމުގެ ކުރިން އޭނާ ފުން ނޭވައެއް ދޫކޮށްލިއެވެ. އެ ހިތުގައިވާ ހުރިހާ ކަމެއް އެތަނުގެ ތެރޭގައި ވާހާ ހިނދަކު ހަނދާންކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާއަށް އަަލަށް ލިބުނު ވަޒީފާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަން އޭނާ ބޭނުންވެއެވެ.

އެތެރެއަށް ވަދެވުމާއެކު އޭނާ އެތަނުގެ ތެރެއަށް ނަޒަރު ހިންގާލިއެވެ. އޭސީގެ ފިނިކަން މުޅިތަނުގައި ހިފާލާފައި ވާއިރު ތަފާތު މީހުން އެތަން ތެރޭގައި ޖަހާފައިވާ ގޮނޑިބަރި ތަކުގައި އިނެވެ. ކައުންޓަރު ކައިރީގައި ތިން އަންހެން ކުދިން އިންތަން ފެނުމުން އޭނާ މިސްރާބު ޖެހީ އެދިމާއަށެވެ. ޖަޕާނުގައި އުޅުނު އިރު އޭނާ ވަނީ ތަފާތު މީހުންނާ މުޢާމަލާތްކޮށް ހަދާފައެވެ. އެހެންކަމުން އޭނާ އަށް މިހާރު މީހުންނާ ވަރަށް ކެރިގެން ވާހަކަދައްކަން އެނގެއެވެ.

“ހައި… މީ ނިއު ސައިކޭޓްރިސްޓް… ހަތަރެއް ޖަހާއިރު އަންނާށޭ ބުނީމަ…” ޝިކާ އެތަނަށް ދެވުމާއެކު މެދުގައި އިން އަންހެން ކުއްޖާ ގާތު އަހާލިއެވެ.

“އާމިނަތު ޝިކާ ސަމީރު ތޯ؟” އެކުއްޖާ ވަރަށް އަދަބުވެރި ކަމާއެކު އަހާލިއެވެ. އެއާއެކު ޝިކާ ބޯޖަހާލިއެވެ. ކައިރީގައި ހުރި ކުއްޖާއަށް އިށާރާތް ކޮއްލުމާއެކު އެކުއްޖާ ޝިކާ ގާތު އަންނާށޭ ބުނެފައި ގޮނޑިން ތެދުވެ ހިނގައިގަތެވެ. ޝިކާ ވެސް އެކުއްޖާ އާ އެކީ ހިނގަމުން ގެންދިއައެވެ.

“އައި އެމް ނާޒް..” އެކުއްޖާ ޝިކާއަށް ތަޢާރަފު ވެލިއެވެ. އެއާއެކު ޝިކާ ހީލިއެވެ.

ނާޒް ކްލިނިކްގެ މައްޗަށް އެރެން ހުންނަ ސިޑިން އަރަން ފެށިއެވެ. ޝިކާ ވެސް އޭނާގެ ފަހަތުން އަރަމުން ގެންދިއައެވެ. އެތަނަކީ އޭނާ ހީކުރިވަރަށް ވުރެ މާބޮޑު ތަނެކެވެ. މަތީގައިވެސް ގޮނޑިބަރި ޖަހާފައިވާއިރު ތަފާތު މީހުން އެތަނުގައި އިށީންދެގެން ތިއްބެވެ. ދެފަރާތުގައި ބަލިމީހުން ބަލާ ކޮޓަރިތަށް ބަރި އަކަށް ހުއްޓެވެ. ނާޒް ހިނގަމުން ގޮސް ހުއްޓުނީ ތަންކޮޅެއް ދުރުގައި ހުރި ކޮޓަރިއެއްގެ ކުރިމައްޗަށެވެ. ޖީބުން ތަޅުދަނޑި ފައްޗެއް ނެގުމަށްފަހު އޭނާ އެތަން ހުޅުވާލިއެވެ.

“މީ ޑރ. ޝިކާގެ ބަލިމީހުން ބައްލަވާ ރޫމް..” ހިތް ހެޔޮ ރާގަކަށް އެހެން ބުނެލަމުން ނާޒް ޝިކާއަށް އެތެރެ ދައްކާލިއެވެ. އެތެރެ ޑިޒައިންކޮއްފައިވާލެއް ފުރިހަމަ ކަމުން ޝިކާ ގެ މޫނުން ފާޅުވީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ.

“މިޔަދު މިތަން ސާފު ކުރީ ވެސް ޝިކާ ދުރުވާތީވެ… ހިތްހަމަ ޖެހިލައްވާތޯ؟” ނާޒް އެތެރެއަށް ވަންނަމުން އަހާލިއެވެ. އެއާއެކު ޝިކާ ބޯޖަހާލިއެވެ. އޭނާ ހުރީ ވަރަށް ވެސް ހިތްހަމަ ޖެހިފައެވެ. މުޅި އެކޮޓަރީގައި އޭސީގެ ފިނި ހިފާލާފައި ވެއެވެ. ފަރުނީޗަރުތަށް ވެސް ވަނީ އެންމެ ޒަމާނީ ގޮތަށް ޑިޒައިން ކުރެވިފައެވެ. އެއްފަރާތުގައި މޭޒެއް ހުރި އިރު އޭގެ ކައިރީގައި ޑޮކްޓަރު އިންނާނެ ގޮނޑިއަކާ ބަލިމީހާ އިންނާނެ ގޮނޑިއެއްގެ އިތުރުން ބަލިމީހާގެ އެހީތެރިޔާ އިންނާނެ ގޮނޑިއެއް ހުއްޓެވެ. އޭގެ ކައިރީގައި ކަބަޑުސެޓެއް ހުރިއރިު އޭތީގެ މަތި ވަނީ އެކި ކުލަކުލައިގެ މާމެލާމެލި ޖަހާފައި ހުރި ވާސްތަކުން ޒީނަތްތެރި ކުރެވިފައެވެ. އަނެއްފަރާތުގައި ބަލިމީހުން އޮންނަ ފަދަ އެނދެއްގެ އިތުރުން ސޯފާސެޓެއްވެސް ހުއްޓެވެ. އެއާ ޖެހިގެން އެކޮޅުގައި ސިންކެއް ހުރިއިރު ޑޮކްޓަރަށް ޚާއްސަ ފާހާނާއެއް ވެސް ހުއްޓެވެ.

“ނާޒް… އަހަރެންނާ މާތް ބަހުން ދެން ވާހަކަ ނުދައްކައްޗޭ… ދެން ދެކެން ވާނީ މީ ރައްޓެއްސެއްގެ ގޮތުގަ..” ޝިކާ ނާޒްއާ ދިމާއަށް ބުނެލިއިރު އަދިވެސް އޭނާގެ ލޯ ދިއައީ އެތަނުގައި ހުރި އެއްޗެއްސަށް ނަޒަރު ހުއްޓެމުންނެވެ. ނާޒް އެއްޗެކޭ ނުބުނި ނަމަވެސް ހިނތުންވެލިއެވެ.

“ބޮސް ބުނުއްވީ މިތަން ނިއު ޑޮކްޓަރ އަށް ކަމުދޭތޯ ބަލާށޯ… ހިތްހަމަ ނުޖެހޭ ކަމެއް އޮތިއްޔާ އަހަރެން ގާތު ބުނެލާތި…” ނާޒް އަނެއްކާ ވެސް ބުނެލިއެވެ.

“ބޮސް އަކީ ވަރަށް ސްޓްރިކްޓް މީހެއްތަ؟” ޝިކާ އެތަނުގައި ހުރި ސޯފާގައި އިށީންނަމުން ބުނެލިއެވެ. އަދި ނާޒް ގާތު އިނުމަށް އިށާރާތް ކުރުމުން އޭނާވެސް ޖެހިގެން ހުރި ސޯފާގައި އިށީނެވެ.

“ނޫން… ވަރަށް ރަނގަޅުވާނެ…. ވަރަށް އަންޑަސްޓޭންޑިންގ ވާނެ…. ބޮސް ދެކޭ ގޮތުގައި ބަލިމީހުން ބަލާ ތަނެއް ވެއްޖިއްޔާ ހުންނަން ޖެހޭނީ ކޮންމެ ޑޮކްޓަރ އަކަށް ވަކި ރޫމެއް… އޭރުންނޯ ޑޮކްޓަރުންނަށް ކޮންފޯޓަބަލް ވާނީ…” ނާޒް ހެވިފައި ހުރެ ބުނެލިއެވެ. ޝިކާ ބޯޖަހާލީ ނާޒް އެބުނި ވާހަކައާ އެއްބަސް ވުމުގެ ގޮތުންނެވެ.

“މިޔަދު ދެން ޝިކާ ކުރާނެ ވަކި ކަމެއް ނޯންނާނެ…. ހަމަ ތަންތަން ބަލާލަންވީ ބޭނުމިއްޔާ… އެއީ ތި ޑޮކްޓަރަށް ދައްކަން އަދި އެއްވެސް މީހަކު ނަންނޯޓެއް ނުކުރޭ… އެކަމު މިހާރު ހުޅުވާލާފިން ނަންނޯޓުކުރުމުގެ ފުރުސަތު.. އެކަމަކު ބުނަން…….” އެހިސާބަށް ބުނުމަށްފަހު ނާޒް އިންތަނުން ތެދުވިއެވެ. އަދި އެތަނުގައި ހުރި ކަބަޑުތަކާ ދިމާއަށް ހިނގައިގަތެވެ. ޝިކާ ނާޒް ކުރާކަމެއް ބަލަން އެއިން ތަނުގައި އިނީއެވެ. ކަބަޑު ހުޅުވާލުމަށްފަހު އޭނާ ނެގީ ހުދުކުލައިގެ ޑޮކްޓަރުން ލާ ކަހަލަ ކޯޓެކެވެ. އޭނާ އެނުބުރި އައިސް އެކޯޓު ޝިކާ އަށް ދިއްކޮށްލިއެވެ.

“މި ލައިގެން މިތާންގައި އުޅެންވާނީ… އެއީ ބޮސް އެދިލައްވާ ގޮތް… ” ނާޒް ބުނެލިއެވެ. ޝިކާ އޭގައި ހިފައި އެ ހެޔޮވަރުކޮށްލުމައްޓަކައި ލިއެވެ. އަދި ކަބަޑުގައި ހުރި ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ. ހުދުކުލައިގެ އެކޯޓު ލުމުން އޭނާ ފެންނަލެއް ނުލާހިކު ލޯތްބެވެ. ލޯގަނޑާ ދިމާ ބަލަން ހުރެ އޭނާ އަމިއްލަ ނަފްސަށް ހީލިއެވެ.

“ދެން މިއޮތީ ޓެގް…” ނާޒް ދެން ޝިކާއަށް ދިއްކޮއްލީ ކަޅުކުލައިގެ ޓެގްކޮޅެކެވެ. އޭގައި ހުދުއަކުރުން “އާމިނަތު ޝިކާ ސަމީރު ، ސައިކޭޓްރިސްޓް” ޖަހާފައި އިނެވެ. ޝިކާގެ ކޯޓުގެ ޖީބުގައި އެ ހަރު ކުރުމަށްޓަކާ ނާޒް އެހީވިއެވެ. ތަފާތު ވާހަކަތައް ދެއްކުމަށްފަހު ނާޒް އެނބުރި ދިއައީ އޭނާއަށް ލަސްވާތީއެވެ.

ޝިކާ ޑޮކްޓަރު އިންނަ ގޮނޑީގައި އިށީނެވެ. އަދި މުޅި ތަނަށް ނަޒަރު ހިންގާލީ ހިނިތުންވެ ހުރެއެވެ. އޭނާއަށް މިހާ ފަސޭހާ ހިތްގައިމު މާހޯލެއްގައި ވަޒީފާ އަދާކުރާނެ ފުރުސަތު ލިބިދާނެ ކަމަކަށް އޭނާ ދުވަހަކުވެސް ހިއެއް ނުކުރެއެވެ. މި ކްލިނިކުން ވަޒީފާ ލިބުނުކަމީ ހަމަ އޭނާގެ ނަސީބެވެ.

އިރުކޮޅަކު އެތަނުގައި އިނުމަށްފަހު އޭނާ ގަސްތުކުރީ އެކްލިނިކް ތެރެ ރަނގަޅަށް ބަލާލަން ދިއުމަށެވެ. އެެެހެން ހިތައި އޭނާ ކޮޓަރިން ނިކުމެގެން ހިނގަން ފެށިއެވެ. އޭނާ ޑޮކްޓަރު ކޯޓެއް ލައިގެން ހުރުމުން ކަމަށް ވެދާނެއެވެ. ގޮނޑިބަރިތަކުގައި ތިބި ގިނަ ބައެއްގެ ލޯތައް އޭނާއަށް އަމާޒުވަމުން ދިއައެވެ. އެކި މީހުންގެ މޫނަށް ނަޒަރު ހުއްޓަމުން އޭނާ ހިނގަމުން ދިއައީ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިކޮށްގެންނެވެ. އެހެން ދަނިކޮށް އޭނާގެ ލޮލުގައި ދަންނަ ވައްތަރު މޫނެއް އަޅައިގަތުމުން އޭނާގެ ހަރަކާތަށް ހުއްޓުން އެރިއެވެ. ހުއްޓިގެން ހުރެ އެމީހާގެ މޫނަށް ބަލަން ފެށުމުން އޭނާ ޝިކާއާ ދިމާއަށް ބަލާލީ ޝިކާގެ އެބެލުމުން އުނދަގޫވެގެންނެވެ.

“އަމީން؟” ޝިކާއަށް ބުނެލެވުނެވެ. އާއެކެވެ. އެއީ ހަމަ އަމީންއެވެ. ކުރިއަށް ވުރެ މީހާގެ ހަށިގަނޑު ފަލަވެ ވަރުގަދަވެފައި ލޮލުގައި ނަންބަރު އައިނެއް އަޅާފައި ހުރުމުން އޭނާއަށް ފާހަގަކުރަން އުނދަގޫވީއެވެ. އަދި ހަމައެހެންމެ ކުރިން އަބަދުހެން ދިގުކޮށްފައި ހުންނަ އޭނާގެ އިސްތަށިގަނޑު މިހާރު ވަނީ ތުނިކޮށް ކޮށާލެވިފައެވެ.

އަމީން ހައިރާންކަމާއެކު ހުދު ކޯޓެއް ލައިގެން ހުރި ޑޮކްޓަރާ ދިމާއަށް ބަލާލިއެވެ. އޭނާއަށް އަމީންގެ ނަން އެނގުނީ ކިހިނެއް ބާވައޭ އެހިތަށް އަރަމުން ދިއައެވެ. އެއީ ކުރިން އޭނާ ދުވަހަކުވެސް ދެކިފައިވާ ސޫރައެއް ވައްތަރެއް ނުޖަހައެވެ.

“އަމީން؟ ނޭނގުނުތަ މީ ކާކު ކަމެއް؟” އެ ޑޮކްޓަރު ތަންކޮޅެއް ކައިރިއަށް އައިސް އަމީން ގާތު އަހާލިއެވެ. އެވަގުތު އޭނާއަށް ބަލާލެވުނީ ޑޮކްޓަރުގެ ކޯޓުގައި ޖަހާފައިވާ ޓެގްކޮޅާ ދިމާއަށެވެ. “ޑރ. އާމިނަތު ޝިކާ ސަމީރު” އެނަން ކިޔާލެވުމާއެކު އޭނާއަށް މިއީ ކާކުކަން ފަހުމް ވިއެވެ.

“ޝިކާ؟” ހައިރާން ކަމާއެކު އަމީން އަށް އެހެން ބުނެލެވުނީ ފާއިތުވީ އަހަރުތަކުގައި އޭނާއަށް އައިސްފައިވާ ބަދަލެއްގެ ބޮޑުކަމުންނެވެ.

“އަމީން.. އެއީ ކާކު؟” އަމީން ކައިރީގައި އިން އަންހެން ކުއްޖާ އޭނާގެ މުލައްދަނޑީގައި ހިފަމުން އަހާލީ ވައްކަޅިން ޝިކާއަށް ބަލާލަމުންނެވެ. ޝިކާ އެކުއްޖާއަށް ރަނގަޅަށް ބަލާލިއެވެ. އެވަގުތު އޭނާއަށް އެއީ ނަފްސާނީ ގޮތުން ވަރަށް ބޮޑު މައްސަލައެއް ދިމާވެފައިވާ ކުއްޖެއްކަން އެ ސިކުނޑިއަށް ނަގައިގަނެވުނެވެ. އަމީން އެކުއްޖާއަށް ޝިކާ ތަޢާރަފްކޮށްދިނެވެ.

“ލައި… ލައި ގާތު އަމީ ބުނީމެއްނު ދޯ ކުރިން މަނަދޫގަ ކިޔަވަން އުޅުނު އިރު އެގޭގަ އުޅުނޭ ޝިކާ ކިޔާ ގާލްއެއް ދޯ…. މިއީ އެ ގާލް…” އަމީން އެކުއްޖާއަށް ޝިކާއަކީ ކާކުކަން ކިޔައިދިނީ ކުޑަކުއްޖަކަށް އެއްޗެއް ކިޔައިދޭ ފަދަ ގޮތަކަށެވެ. އެވަގުތު އެއަންހެންކުއްޖާ ކުޑަކުއްޖެއް ފަދައިން ބޯ ޖަހާލިއެެވެ.

“ޝިކާ… މީ ލައިލާ… އަހަރެންގެ ލޯބި ލޯބި އަންހެނުން…” އަމީން ޝިކާ ގާތު ބުނެލިއެވެ. އެވަގުތު ލައިލާ ރަކިގޮތަކަށް ހީލިއެވެ. ޝިކާ ވަރަށް ވިސްނުންތެރިކަމާއެކު ލައިލާގެ ހަރަކާތްތަކަށް ބަަލަމުން ގެންދިއައެވެ.

“އޭ… ޝިކާ ތިއީ ސައިކޭޓްރިސްޓެއްތަ؟ އަހަރެންވެސް މިއައީ މިތަނުގެ ސައިކޭޓްރިސްޓަށް ލައި ދައްކާލަން ވެގެން….” އަމީން ޝިކާ ގާތު ބުނެލިއެވެ.

“އަމީން… އަހަރެންނާ ލައި ދައްކަން ވީނު… އަހަރެން މިޔަދު ފްރީއޭ….” ޝިކާ ވިސްނުމެއްގައި ހުރެ އަމީން ގާތު ބުނެލިއެވެ.

“އެކަމަކު އަނެއް ޑޮކްޓަރަށް ދައްކަން ނަންނޯޓްކޮށް ފައިސާވެސް ދައްކައިފިން ކައުންޓަރަށް….” އަމީން ބުނެލިއެވެ. އޭނާ ވެސް ލައިލާ ޝިކާއަށް ދައްކާލަން ބޭނުންވިއެވެ. ޝިކާ ލައިލާއަށް ދެރަގޮތެއް ނަހަދާނެކަން އެނގޭތީއެވެ.

“އަހަރެން ރީފަންޑްގެ ކަންކަން ހަމަޖައްސާ ދޭނަން… ޕްލީސް ޕްލީސް އަމީން… އަހަރެން އެހެންނޫނީ ވަރަށް ފޫހިވާނެ….” ޝިކާ ވިސްނާލުމަށްފަހު ބުނެލިއެވެ. އެއާއެކު އަމީން އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ. އެއާއެކު ޝިކާ އޭނާގެ ފަހަތުން އައުމަށް ބުނެފައި މިސްރާބު ޖެހީ ކައުންޓަރާ ދިމާއަށެވެ. ފަހަތުން އަމީން ލައިލާ ގޮވައިގެން ދާން ފެށިއެވެ. ވާނުވާ ނޭނގިފައި ހުރި ލައިލާއަށް އެވާގޮތް އަކުރުން އަކުރަށް އޮޅުން ފިލުވާދެމުންނެވެ.

“އެއީ ޝިކާ އެއްނު ދޯ؟ ލައި އަށް މިހާރު އެނގެއެއްނު ޝިކާ ދޯ؟ ޝިކާ އަކީ ޑޮކްޓަރެއް… ލައި ކުޑަކޮށް ބައްޔެއްނު ދޯ؟ އެހެންވީމަ މިއުޅެނީ ޝިކާއަށް ލައި ދައްކަން ވެގެން… ކުރިން ވެސް ޑޮކްޓަރަށް ދައްކަން އަންނަނީ އެހެރަ ކައުންޓަރު ކައިރިއަށް ގޮސްފައެއްނު ދޯ؟ މިހާރު މިދަނީ އެތަނަށް އިނގޭ… އަނެއްކާ ޝިކާ ޑޮކްޓަރަށް ދައްކަން ވެގެން މިއުޅެނީ….” އަމީން ލޯބިން ލައިލާ ގާތު ބުނަމުން ގެންދިއައެވެ. ބައެއްފަަހަރު އޭނާ ބޯޖަހާލި ނަމަވެސް އަނެއްބައި ފަހަރު އޭނާ އަމީންއަށް ބަލަމުން ގެންދަނީ ވާނުވާ ނޭނގި ހުރެއެވެ.

ޝިކާ ކައުންޓަރާ ދިމާއަށް ދިޔައިރު އޭނާ ގެ ހިތުގައި ތަފާތު ސުވާލުތަށް ފުނިޖެހެމުން ދިއައެވެ. އަމީން މެން ފުލުސް އޮފީހުން އޭރު ދޫކޮށްލީ ކޮންއިރަކު ހެއްޔެވެ؟ އަދި އަމީންގެ އަންހެނުންނަށް މިފަދަ ބައްޔަކާ ކުރިމަތިލާން ޖެހުނީ ކިހިނެއް ހެއްޔެވެ؟ އަބަދުވެސް ރީތި އަންހެން ކުދިންނާ އެކު އުޅެން ބޭނުންވާ އަމީން އެފަދަ ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ ކުއްޖަކާ ކައިވެނި ކޮށްގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ މިޔަދު އޭނާ މިހުރިހާ ސުވާލުތަކެއްގެ ޖަވާބު ހޯދާނެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (41)

  1. Youme

    Woww..hama speechless….

    1. Liaa
      Youme

      Youme liaa ah comment kurevumuge kurin comment kollaafi ..:) hehe .. Thanks dear

    2. Youme
      Youme

      Ur welcome

  2. Liaa

    Hii hurihaa kudhin 🙂 Mi bai ves kamudhaane kamah heekuran
    Hurihaa kudhinge comment thakah maruhabaa 🙂
    Lov u all<3

    1. kokkee
      Liaa

      Cool story 🙂 I like shikaa to marry Raul.. BWahahahahahahhahah 😀
      V vvvvvv reethi mi bai ves

    2. kokkee
      Liaa

      Raul ves beynumeh nuwey dhw shikaa eh.. adhi raul akah neynge dhw shikaa eiy kaaku kameh ves? Will raul fall in lov with shikaaaa? I dont think so . becos raul ge hihsu thah hama eh noon ,…. BAwahahaha

  3. Shaayaa

    Wow varah reethi

  4. Shaayaa

    Koniraku aneh part update koh dheynee….

  5. purplish

    wow!!!!!!!!! haadha surprise thah ginaey

  6. ayaany

    V reethi. Next part vx avahah up kohdheyth ingey..

  7. Same

    v nice

  8. Rafa

    Ae kurin ameen landu dhin lai dhw….oooooooo wats happenin….nice nive waiting waiting ?

    1. blakbeuty
      Rafa

      aan dhw. e kurin ameen landu dhin lai dhw.. curios to knw wat hapened later

  9. Appy

    Woww liaa …mihaaru haadha haadha interesting ey ….abadhu beleny mi story up vefathw …kuryge kanthahthah genesfa hurileh v furihama foohi vaa enme thankolheh vx neh ……????????

  10. Axoo

    Liaa. Mivaahaka vareh neh. Bunaane ehchehves neh. Vvv reethi.

  11. Liaa

    Aww 🙂 Thankyw all <3

  12. Shika

    Ahoo are shik r dhurunukurahche
    I really love him:-(

  13. Nik

    Liaaaa… Hama superb ingey mi baivex… Waitinggg for the next

  14. Maain

    Liaa this is very nice story. Ekam shika aa ahusan aa gulhuvabala. Noony shika aa thaamin aa. Thank u for bringing such nice stories.

  15. Ahmed13

    Mihaaru thankolheh kuruhen heevey… But nice

  16. Thaany

    Mihaaru dhn bunaane ehn ehcheh ney bune bunefa hama salhi ey reehchey ekahcheh kiyan jehenee v v furihama mihaar kiyaa hithun hureema nimun iruvx neygun….

  17. reemaa

    Alhey v v salhi … Ameen is back dhw … hehe

  18. xprincess

    Wooww .. mihaar mi stry haadha reehchey dhww… liaa avas kobba next part.. kiyaa hithun keh nuwey nw…. <3 Ameen ah vee kihineh thw v vvvvvvvv balan eba beynun vey …

  19. harry

    Speechless ……………….. hama vvvvvvv reeethi 🙂 loved it <3

  20. Ushaa

    Mistwrii prt akah vure prteh vvvvvv interestin.. U improved a lot. Liaa.. Nd tht 12yrs bck prtxx ushaayah vvvvvvv rythii.. Luv dis.. waitin.. Gdlk.

  21. harry

    Alhey ameen marry kuree lailaa aaa??? omy god… ekamaku dhwww… So surprised 🙂 Adhi kuriyah othy dhw surprises thah! Love this story….
    I RECOMMEND EVERYONE TO READ THIS STORY… its beautifuul <3

  22. harry

    And Liaa.. Next part avahah up kohdhehchey… waitinggggggggg

  23. shikaa

    Wowowowowoowowowowowowoowowowowowowwwwowowowowowooooooooooooooooowowowowo
    Woooooooooooooo hooooooooooooo ! Habeys!

  24. shikaa

    oohh .. Harry ! I recommend this story to everyone too <3 hihi

    1. harry
      shikaa

      Hmm recommend kuraa varu veye… hama best story i have ever read

  25. harry

    guys! Lets have a debate about wat heppaned to Ameen dhw… I will say that ameen ah majubooru vee lailaa aa mary kuran… becox laila got pregnant… Wat are ur views???? Hurry and comment

    1. xprincess
      harry

      Eh story ga hassanbe kahgandah dhamany… aneh story ga laila preg veetha? Nuwaane ehenne…. I think Ameen fell in lov with laila 🙂

    2. shikaa
      harry

      I think Ameen ge dad majubooru kuruvee

  26. harry

    Speechless ey kiyaafa harry ge namuga comment kurany eiy kaakutha? Serously that dude copied my name… i am harry .. I dnt say speechless..

  27. au

    Mibavs vrh vrh vrh reethi awesome outstandin liya keep it up waitin 4 the next part

  28. Meera

    Habey.. Clinic bodu meehaa akee thaam ah vaane nama

  29. Meera

    Habeys***???

  30. Naavy

    Shika Raul aai marry kuru vaa igey…..mi bai ves vrh salhi….waiting 4 next part

  31. waasim

    Mi story vvvv habbu mihaar… Comment nukuriyas kiyan ingey kmme part eh ves… waitingg for the next part

  32. vaka ilolhi

    wow v v habeys next part up kuraani kn irakn plx fast

  33. Liaa

    Thankyw all fr ur support 🙂

Comments are closed.