Skip to content
އެސްފިޔަ

އޯގާތެރިއަތެކެވެ.

އިސްމާޢީލްޢަލީރ.ކަނދޮޅުދޫ

ރީތި ނާޒުކު އަތެކެވެ.ބީހިލުމުން ހިތްގައިމު އަސަރުތަކެއް ކުރުވައެވެ.ވަރަށް ގިނައިރުވާންދެން ބޯ މޮޑެދިނެވެ.އެ ލޯބިލޯބި ހިމަހޯދި އިގިލިތަކުން ފުނާ އަޅައިދެމުންނެވެ.މިމީހުންގެ ރީތިކަމާއި އެއްވަރަށް ހަމްދަރުދީގެ އަސަރުވެސް ނުހަނު މަތީދަރަޖައަކަށް އޮވެއެވެ.އިންސާނީ ޚިދުމަތް ފޯރު ކޮށްދޭ ފަރާތްތަކުގެ ހިތްތަކުގައި ރަހުމާއި،ހަމްދަރުދީގެ އިޙްސާސްތައް ލެއްވިކަމީ ﷲގެ އޯގާވަންތަކަމެވެ.އެމީހުންގެ ހިތްތަކުގައި އެއިހްސާސް ނުވާނަމަ އަހަރެމެންފަދަ ނިކަމެތީންގެ ބަލި އިތުރަށް ބޮދުވެގެން ދާނެކަމީ މެންދުރުގެ އިރުފަދަ ޔަޤީން ކަމެކެވެ.

އަހަރެންފަދަ ނިކަމެތިފަކީރަކަށް އެނަރުސް ކުއްޖާގެ އޯގަތެރިކަމާއި އަޅާލުން ލިބުމުން ބައްޔަށް ވަރަށް ބޮޑު ލުޔެއް ލިބިއްޖެއެވެ.އަހަރެން ހަސްފަތާލަށް ގެނެވުނީ ހުންގަދަވެގެން ޚަބަރު ހުސްވެފައި އޮއްވައެވެ.އަހަރެންނަށް ހޭވެރިކަންވީއިރު އެމަޑުމަޑު އަތުންފިރުމާދެނީއެވެ.ލޯ ހުޅުވާލެވުމުން އެއަތުގެ ރީތިކަން ފާހަގަކުރެވުނެވެ.އަތުގައި އަޅާފައިވާ ރަންކެވެލި އަތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވެއެވެ.އެ ކެވެއްޔަށް އެތަކެއްފަހަރު އަހަރެންގެ ނަޒަރު ހުއްޓުނެވެ.ކެވެލީގެ ދެކޮޅު ގުޅުނު ހިސާބުގައި އައިލަވްޔޫ ކަނޑާނަގާފައިވެއެވެ.އެ އެތިކޮޅު އެތަކެއްފަހަރު އަހަރެންގެ މޫނުގައި ބީހިފައިވެއެވެ.

އަހަރެންގެ ކަނާއަތް މުއްކަވާލުމަށްފަހު ނިތްކުރިމަތީމަތީ ބާއްވާ ލޯ މަރާލި ވަގުތު ބޭބޭ މިހާރު ޙާލު ކިހިނެއްހޭ އެކުއްޖާ އަހާލިއެވެ.މިމީހުންގެ ބަސްމަގުގައިވެސް ވަނީ އޮގާތެރިކަމެވެ.އެވަގުތު އަހަރެންގެ ފޮރުވިފައިވާ އިހްސާސްތައް ބަންޑުންވިއެވެ.ހަމަ ރަގަޅަށްވެސް އަހަރެންނަށް ރޮވިއްޖެއެވެ.

Comments (2)

  1. Hajja

    Mee ves vaahakaeh tha beybey.. aslu feshun v furihama.. dhen anna story thankolheh dhigukoh liyefa rangalhu kunneh gannan masaiykaiy kuraane kamah ummeedhu kuran..

  2. mariyanbu

    masha allah… vr rythi… 🙂

Comments are closed.