Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހިތް އެދުނަސް… (25)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
November 26, 2018 5 Mins Read
14 Comments

އެންމެ ރަނގަޅެވެ. ޒައިން އަށް ވެސް މަލަކް އަށް ވެސް ފުރުސަތު ދޭންވީ ކަންނޭގެއެވެ.

އޭނާ ފޯން ނަގާ އަޔާން ކޮށްފައިވާ މެސެޖަށް ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ. އަދި އެއަށް ފަހު ގުޅުމުގެ ބަދަލްގައި އަޔާން އަށް މެސެޖެއް ލިޔެލާފައި ފޮނުވާލިއެވެ. އޭނާ މަލަކް އާ ގުޅެން ގަބޫލް ކަމަށް ބުނެފައެވެ.

އަޔާން އަށް މެސެޖް ލިބުނު އިރު އޭނާ އިނީ މަލަކް އާއެކު މަލަކް މެން ބޮޑުބޭބެއެއްގެ ގޭގައެވެ. އެ މެސެޖް ދެތިން ހަތަރު ފަހަރުވެސް އަޔާން އަށް ކިޔާލެވުނެވެ. އަދި ގަބޫލް ނުކުރެވިފައިވާ ނަޒަރަކުން އޭނާ އަށް މަލަކް އަށް ބަލާލެވުނެވެ. މަލަކް އަށް ވެސް އަޔާން އާ ދިމަލަށް ބަލާލެވުނެވެ. އަޔާން އޭނާގެ ފޯން މަލަކް އާ ދިމާލަށް އަނބުރާލަމުން މެސެޖް ދައްކާލިއެވެ. ފޯނަށް ބަލާލާ މެސެޖް ކިޔާލި މަލަކް އަށް ދެވަނަ ފަހަރަށް އަޔާން އަށް ބަލާލެވުނެވެ.

އޭނާ ގެ ހިތުގައި ވެސް ސުވާލުމާކުތައް އެނބުރިގަތެވެ. ނާޖިދު އަށް ކުއްލިއަކަށް ވީ ކިހިނެތްބާ އޭ މަލަކް ގެ ހިތަށް އެރިއެވެ. ހަމަ ހަގީގަތުގައިވެސް ނާޖިދު ބަދަލް ވީ ބާއެވެ. ނޫނީ މީ އަނެއްކާވެސް އާ ކުޅިވަރަކީ ހެއްޔެވެ. ނާޖިދު އަނެއްކާ އެ ދެމީހުންނާ ދެކޮޅަށް ކަމެއް ރާވަނީ ހެއްޔެވެ. އެކަމަކު ހަމަގައިމުވެސް މިފަހަރު އޭނާ އަޔާން ގެއްލޭކަށް ނޭދެއެވެ. ދެވަނަ ފަހަރަށް އަޔާން އާ ދުރަށް ދާނެފަދަ ހިތްވަރެއް އޭނާ އަކަށް ނުލިބޭނެއެވެ.

ކޮންމެއަކަސް ނާޖިދު ގެ މެސެޖް ފެނި މަލަކް އަށް ބޭއިޚްތިޔާރުގައިވެސް ހިނިތުންވެވުނެވެ. އުންމީދުކުރެވުނީ އެންމެ ރަނގަޅު ގޮތަށެވެ.

ފުން ވިސްނުމަކަށް ގެއްލިފައި އިން ނާޖިދު އަށް ހަމަހޭވެރިކަން ވީ ރައްޓެއްސަކު އައިސް ގޮވާލުމުންނެވެ. އޭނާ ހިނިތުނވެލިއެވެ. އެކުވެރިޔާ އައުމުން ކޮފީއަކަށް އޯދަރު ދެމުން ނާޖިދު ވެސް ހަމަޖެހިލިއެވެ.

އަނެއްދުވަހުގެ ވަގުތެވެ. ނާޖިދު ސޯފާގައި އިންދާ ޑިއުޓީ ނިންމާލާފައި އައިމަން އައިސް ވަނެވެ ނާޖިދު މިއަދު ބޮލުގައި ރިއްސާވަރުން ޑިއުޓީ އަށް ނުދެއެވެ.

“ދަރިފުޅާ” ނާޖިދު އައިމަން އަށް ގޮވާލިއެވެ. އައިމަން ވެސް އައިސް ސޯފާގައި ޖައްސާލިއެވެ. “ބައްޕަ މިހާރު އެކުދިން ނަށް އެކުއްޖަކު ބޭނުންވާ ކުއްޖަކާ ގުޅުމުގެ ހުއްދަ ދޭން ނިންމައިފިން…” ނާޖިދު ވާހަކަ ދެއްކީ އިރުކޮޅަކު އައިމަން އަށް ބަލަން އިނދެފައެވެ. އައިމަން އަށް ލިބުނު ކުއްލި ސިހުމުގައި ކީކޭ ހޭ އަހާލެވުނެވެ. “އޭރުން ކިހިނެތްވާނީ ބައް….” އައިމަން ގެ ވާހަކަ ހުއްޓުނީ ނާޖިދު އަތުން އިޝާރާތް ކޮށްލުމުންނެވެ.

‘އައިމަން… އައިމަން ވެސް ދެން ގަބޫލް ވާންވީ… ބައްޕަ އަށް ވެސް އެނގިއްޖެ މިހާރު މަޖުބުރުން ކަންތައް ތައް ކުރުމަކީ ހައްލެއްނޫންކަން…” ނާޖިދު ވާހަކަ ދެއްކީ ކުޑަކޮށް ބޮލުގައި ހިފައްޓާލައިގެން އިނދެއެވެ. އޭނާ އައިމަން އަށް ބަލާލިއެވެ. ސުވާލުގެ ނަޒަރުން އައިމަން ނާޖިދުއަށް ބަލަހައްޓައިގެން އިނެވެ. އޭނާ އިނީ އެފަދަ ބޮޑު ބަދަލެއް ބައްޕަ އަންނަން ޖެހުނު ސަބަބެއް އެނގެން ބޭނުންވެފައެވެ. ބައްޕަ ގަބޫލަސް އޭނާއަކަށް އެ ގުޅުން ތަކަކަށް އެއްބަހެއް ނުވެނޭނެއެވެ. އޭނަގެ ނަޒަރުގައި އީނާލް އާއި އަޔާން މަލަކް އާއި ޒައިން އާ ގުޅިއްޖެ ނަމަ އެ އާއިލާއަށް ހުތުރު ނަމެއް ލިބޭނެއެވެ.

އެހެންނަމަވެސް ނާޖިދު ގެ އެދުމަށް އަދި ބަހަކަށްވެސް އޭނާ އަކަށް ދެކޮޅެއް ނެހެދޭނެއެވެ. ނާޖިދު ގޮތް ނިންމާފައި އޭނަގާތު އެ ވާހަކަ ބުނުމުން ދެން އިތުރަށް ވާހަކަ ދެއްކުމުގެ ބޭނުމެއް ވެސް ނެތްތާއެވެ.

އޭނާ ކޮޓަރިއަށް ހިނގައިގަތީ ތުއްތު ދަރިފުޅު ރޮއިގަތް އަޑު އިވިފައެވެ. ދިޔައިރު ނާއިލާ ތުއްތު ދަރިފުޅު މަސަލަސް ކުރަން އުޅެއެވެ.

އައިމަން ގޮސް އެނދުމަތީގައި އިށީނދެ ބޮލުގައި ހިފައްޓާލިއެވެ. ތުއްތު ދަރިފުޅު ނިންދަވާފައި ހިންދެމިލި ނާއިލާ އައިސް އައިމަން ގާތު އިށީނެވެ. “އައިމަން ކިހިނެތް ވީތަ ހާދަ ހާސްވެފަ؟” ނާއިލާ އަހާލިއެވެ.

“ހާސްވާނެ ދޯ… ބައްޕަ މިހަރު އެމީހުންނަށް ހުއްދަ ދީފި” އައިމަން ހިސާބަކަށް ހިންހަމަ ނުޖެހިފައި ބުނެލިއެވެ.

‘އައިމަން އަހަރެން މީގެ ކުރިން ދުވަހަކުވެސް އައިމަން ކުރާ އެއްވެސް ކަމަކަށް ފާޑެއް ނުކިޔަން ދޯ…އެކަމަކު މިއަދު ބޭނުން ވަހަކަ އެއް ބުނަން… އައިމަން ގެ ވިސްނުން ރަނގަޅެއް ނޫން… ތި ގޮތަށް ވިސްނައިގެން ކޮން ފައިދާ އެއް ވަނީ… އީނާލް އަކީ އައިމަން ގެ އަމިއްލަ ކޮއްކޮ… ބޭނުންވޭތަ އީން އަބަދު ހިތާމަ ކޮށް ރޯން… އަހަރެން އައިމަން ދޫކޮށްލާފައި ގޮސްފިނަމަ….”އައިމަން އަށް ވަގުތުން ނާއިލާ ގެ އަނގަމަތީގައި އަތް އަޅާލެވުނެވެ. އަދ ދެފަރާތަށް ބޯ ހޫރާލެވުނެވެ.

“އަހަރެން އައިމަން ދޫކޮށްލާފައި ގޮސްފިނަމަ ކިހިނެތް ވާނީ” އައިމަން ގެ އަތް ނައްޓާލަމުން ނާއިލާ ވާހަކަ ދެއްކިއެވެ. އޭނާ ބޭނުންވީ އައިމަން އަށް ވިސްނަދޭށެވެ.

“ނާއި ކޮންފަދަ ވާހަކަ އެއްތަ ތި ދައްކަނީ ތިހެން ނުބުނޭ” އައިމަން ގެ މޫނުމަތިން ހިތާމައިގެ އަސަރު ކޮންމެވެސް ވަރަކަށް ފެނިލިއެވެ.

“ކޮބާ! އައިމަން ވެސް ބޭނުމެއް ނުވެއެއްނު ދޯ އަހަރެން އައިމަން ދޫކޮށްލާކަށް… ހަމަ ތިހެން ވާނެ އެއްނު އީން އަށް ވެސް އަޔާން އަށް ވެސް…” ނައިލާ ވާހަކަ ދެއްކިއެވެ.

“އައި އެމް ސޮރީ” ނާއިލާގެ އަޑުގައި ހިސާބެއްގެ ހިންހަމަ ނުޖެހުމެއް ވިހެން ހީވި އައިމަން މާފަށް އެދުނެވެ.

“އަހަރެންނަށް ޓަކާ ވެސް އެ ދެމީހުން ދުރު ނުކުރޭ… އައިމަން ވެސް އަހަރެންނާ މި ތުއްތު ދަރިފުޅާ ވަކިވާން ޖެހިއްޖެނަމަ ދެރަވާ ފަދައިން އެ މީހުންވެސް ދެރަވާނެ…” ނާއިލާ ތުއްތު ދަރިފުޅަށް ވާހަކަ ދެއްކިއެވެ.

‘ނާއި އައި އެމް ސޮރީ އަހަރެން ވެސް އެއްބަސ ވެދާނަން” ނާއިލާގެ ވާހަކަތަކުން އައިމަން އަށް ވެސް އަސަރުކުރިއެވެ. އޭނާގެ ހިޔާލުގެ ލޯގަނޑަށް ސިފަވީ ނާއިލާ ތުއްތު ދަރިފުޅު ގޮވައިގެން ގޮސްފިނަމަ އޭނާ އުޅޭނޭ ހާލެވެ. އައިމަން ފުން ނޭވާއެއް ދޫކޮށްލިއެވެ.

“ޒަފާ އާދެބަލަ މިތާ އިށީނދެލަން” ނާޖިދުއަށް ގޭން ބޭރަށް ނުކުންނަން ދިޔަ ޒަފާ ފެނުމާއެކު ގޮވާލިއެވެ. އިސްތަށިގަނޑު އެއްފަޅިއަކަށް ގެނެސް ވައްޓާލާފައި ވާއިރު ކޮންމެވެސް ވަރަކަށް އެ އިސްތަށިގަނޑުގައި ތެތްކަމެއް ހުރިހެން ހީވީ ކްރީމް ލާފައި ވުމުންނެވެ. އެނާ ލާފައި ހުރީ ޓޮޕަކާއި ޖީންސް އެކެވެ. މަޑު މަޑު ފިޔާތޮށި ކުލައެއް ތުންފަތުގައި ޖައްސާލާފައި ވާއިރު އެ ދޮން މޫނާ ނުހަނު ގުޅެއެވެ. ޒަފާ ހީކުރީ އެހާ ރީތިވެގެން އޭނާ ބޭރަށް ދަނިކޮށް ފެނުމުން އެ ދާތަނަކާ ބެހޭގޮތުން ނާޖިދު ސުވާކުކުރާނީ ކަމަށެވެ. އެހެންނަމަވެސް ކަންވީ އެހެނެއް ނޫނެވެ. ނާޖިދު އޭނާ އިށީނުމާއެކު ވަރަށް ފުން ނަޒަރެއް ދިނެވެ. އަދި އެއަށްފަހު ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ސިއްރުވެރި ހިނިތުންވުމެކެވެ.

“ޒަފާ… އާއިލާ އަކީ ރާއްޖެ ބައެއް ނޫނޭ އީން ބުނި… އެކަމަކު ހާދަ ފަރިތައޭ ވާހަކަ ދައްކަން… އާއިލާ ހުރިހާ އެންމެން ވެސް އެކޮޅުގަ ދޯ އުޅެނީ” ނާޖިދު ޒަފާ އަށް ބަލާލާސުވާލުކޮށްލިއެވެ. ނާޖިދު އޭނާގެ އާއިލާ އާއި ބެހޭގޮތުން ސުވާލުކުރަން ފެށުމުން ޒަފާ ހާސްވާ ގޮތްވިއެވެ. އެހެންނަމަވެސް އެ ހާސްކަން ފޮރުވާލަން ނެގީ މަދު ސިކުންތުކޮޅެކެވެ.

ޒަފާ ކިތަންމެ ކުޅަދާނަ ކަމާއެކު އެ ހާސްކަން ފިލުވާލިނަމަވެސް އައިމަން އަށް ޒަފާގެ މޫނުމައްޗަށް އެރި ކުލަވަރު ރީއްޗަށް ފެނުނެވެ. އޭނާ ޒަފާ ގެ ޖަވާބަލަށް އިންތިޒާރުކުރިއެވެ.

“ބައްޕަ އަކީ ރާއްޖެ މީހަކަށް ވީމަ” ޒަފާ ބުނެލިއެވެ. “ދެން ބައްޕަ ކޮބާ މިހާރު” ނާޖިދު ދެވަނަ ސުވާލުކޮށްލިއެވެ.

“ބައްޕަ މެލޭގަ އުޅެނީ” ޒަފާ ހަމަޖެހެމުން ވާހަކަ ދެއްކިއެވެ.  ނާޖިދު ޒަފާ އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އަދި ވެސް ބައެއްކަހަލަ ސުވާލުތައް ކުރަން ފެށިއެވެ.

އެވަގުތު ޒަފާގެ ފޯން ރިންގް ވުމާއެކު އެއްފަހަރު ފޯނަށް އަނެއްފަހަރު ނާޖިދު އަށް ޒަފާ ބަލާލިއެވެ.

“ބޭރަށް ދާން ދޯ ތިއުޅެނީ… އެންމެ ރަނގަޅު ދިޔަޔަސް” ނާޖިދު އަށް ޒަފާ ދާން ބޭނުންވެފައި އިން ކަން ވިސްނުމާއެކު ބުނެލިއެވެ. ޒަފާ ދަމުން ގޭން ނުކުންނަމުން ފޯނުން ވާހަކަ ދެއްކި އަޑު އޭނާ އަށް އިވުނެވެ.

“އާ ކީކޭ އާސިފް… ހޫމް… މި ނުކުންނަކީ”

“ބައްޕަ ގާތު ދިރިއުޅޭ ގޮތަކަށްތަ ކަންތައް ތައް މި ދިމާވަނީ” ނާޖިދު އަމިއްލަ ނަފްސާ ވާހަކަ ދެއްކިއެވެ. ޒަފާ އަމިއްލައަށް އޭނާ ގެ ބައްޕަ އަކީ ނާޖިދު ކަން ބުނާ ދުވަހަކަށް އޭނާ އިންތިޒާރު ކުރަން ވީ ހެއްޔެވެ؟ ނޫނީ އޭނާ އަމިއްލައަށް ޒަފާ ގާތު ބުނަންވީހެއްޔެވެ؟.

އަޔާން ގެއަށް ވަނީ އެވަގުތުއެވެ. އޭނާ ނާޖިދު ފެނިގެން ގޮސް ސޯފާގައި އިށީނެވެ. “ބައްޕާ ކިހިނެތްތޯ ބަލީތަ އަނެއްކާ…” ނާޖިދު ގެ މޫނުމަތިން ބަލި ވައްތަރު ޖަހައެވެ. “ނޫން އަނެއްހެން ބައްޔެއްނޫން” ނާޖިދު ބުނެލިއެވެ. “އަޔާން” އޭނާ އިރުކޮޅަކު އެހެން އިނުމަށްފަހު އަޔާން އަށް ގޮވާލިއެވެ. އަދި އޭނާ އީނާލް އާއި ޒައިން އާއި މަލަކް އާއި އަޔާން ގެ ކައިވެންޏަށް ހެޔޮހިތުން ގަބޫލް ކަމުގައި ބުންޏެވެ. ހިތަށް ވެރިވި އުފާވެރިކަމުން އޭނާ އަށް ހިނިތުންވެވުނެވެ. އަދި ނާޖިދު އަށް ޝުކރު އަދާކުރިއެވެ.

ޒައިން އާއި އީނާލް އާއި ރުޅިވި ހަބަރު އާސިފް ގެ ފަރާތުން އަޔާން އަށް ލިބުނީ މިރޭގެ ވަގުތެއްގައެވެ. މި ވީގޮތުން އެ ދެމީހުނަށް ވެސް ގުޅެވޭނެއެވެ.

ކޮޓަރިތެތޭގައި ފޯނުން ޒައިން ގެ ފޮޓޯ ގަނޑަކަށް ބަލަހައްޓައިގެން އިން އީނާލް އިނީ އެދުގައި ދެފައި ވަށްކޮށްލައިގެންނެވެ، އެ ބޮޑު ދެލޮލުގައި މުތީތަކެއްފަދައިން ކަރުނަ ވިދަމުން ދިޔައެވެ.

އެންމެ ފަހުން ކެތް ނުވުމުން އޭނާ ޒައިން ގެ ފޯނަށް ގުޅާލިއެވެ. ފުރަތަމަ  ފަހަރު ގުޅުމުން ފޯން ބިޒީކޮށްލީއެވެ. އެހެންކަމުން އަނެއްކާވެސް އީނާލް ގުޅާލިއެވެ. ދެން ވެސް ބިޒީކޮށްލީއެވެ. ތިންހަތަރު ފަހަރު ގުޅުމުން ވެސް ޒައިން ފޯން ބިޒީ ކޮށްލަނީއެވެ. އީނާލް ދެރަވެފައި އިން ވަރުން ފޯން ވެސް ހޫރާނުލެވުނީ ކިރިޔާއެވެ. އޭނާ ކެތް ތެރިވިއެވެ.

އީނާލް ގުޅުމާއެކު ކޮންމެ ފަހަރަކުވެސް ޒައިން ފޯން ބިޒީކޮށްލަނީއެވެ. އީނާލް ގުޅުން ހުއްޓުމާއެކު އޭނާ އާސިފް އަށް ގުޅާލިއެވެ. އެހެންނަމަވެސް އާސިފް އެއް ފޯނެއް ނުނަގައެވެ.

އާސިފް ހުރީ ޒަފާ ގާތު ގައެވެ. ގޭގެ ދޮރުމަތީގައި ހުރި ޖޯލީގައި ޒަފާ އިށީންދެގެން އިން އިރު އާސިފް އިނީ ސައިކަލު މަތީގައެވެ. ފޯން ސައިލެންޓަށް ލާފައި ޖީބުގައި އޮތުމުން ޒައިން ގުޅިކަންވެސް ނޭނގުނީއެވެ.

އާސިފް ޖީބުން ފޯން ނަގާފައި ބަލާލިއެވެ. ޒައިން ގެ ހަތަރު މިސްކޯލް އިނެވެ. ފޯނަށް ބަލަހައްޓައިގެން އިންދާ އަޔާން ގުޅަން ފެށިއެވެ. އޭނާ ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ. “އޭތް އާސިފް…” އަޔާން ގޮވާލިއެވެ. “ހޫމް ކީކޭ؟” އާސިފް ވެސް އަޔާން ގޮވާލި ރާގުގައި ޖަވާބުދިނެވެ.

“އުފާވެރި ހަބަރެއް އެބަ އޮތޭ… ބައްޕަ ވެސް ގަބޫލް ވެއްޖެ… އިންޝާ ﷲ ދެން ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ” އަޔާން އުފާވެފައި ވާހަކަ ދެއްކިއެވެ.

“ދެން ތި ހުރިހާ ވާހަކައެއް ތިތާ ހުރެގެން ދެއްކީމަ ވީތަ؟ އަންނަން އުޅޭ ދޮރުމައްޗަށް” އާސިފް ބުނެލިއެވެ. އެއާއެކު އަޔާން އޯކޭ އޭ ބުނެ ނުކުންނަން ހިނގައިގަތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ލޯބި 4 ވަނަ ބައި

Next

އަޅުގަޑު ބޭނުންވަނީ…..

Next
November 26, 2018

އަޅުގަޑު ބޭނުންވަނީ…..

Previews
November 26, 2018

ލޯބި 4 ވަނަ ބައި

14 Comments!

  1. Hi Mi says:
    November 26, 2018 at 9:21 pm

    Salaam. So heres the 24 th part of the story. Hope u enjoy this part too.
    Jazakallah Khairan.

  2. Airah says:
    November 26, 2018 at 9:24 pm

    me first dhw.when next

    1. Hi Mi says:
      November 26, 2018 at 9:49 pm

      In Sha Allah. Tomo. Thanks for the support dear. Much loves. ?

  3. Lotus says:
    November 26, 2018 at 9:33 pm

    Story nimeneetha….
    V nice.. waiting for the nxt part ?

    1. Hi Mi says:
      November 26, 2018 at 9:50 pm

      Dhen nimumakaa gaathah midhani ingey. Lets wait and see. Much loves. ???

  4. Maal says:
    November 26, 2018 at 9:37 pm

    Haadha kurey

    1. Hi Mi says:
      November 26, 2018 at 9:53 pm

      Miadhu up kohdhin 2nd vana part mi. Thankyou dear.

  5. Anonymous says:
    November 26, 2018 at 9:46 pm

    This is 25th part ehnun…not the 24th

    1. Hi Mi says:
      November 26, 2018 at 9:53 pm

      Nw change kohlaifin dear. Thanks for pointing it to me. Thankyou for reading. Thankyou.

  6. Naju says:
    November 26, 2018 at 9:53 pm

    Superb ingey hama ???

  7. Pinky shifoo says:
    November 26, 2018 at 9:54 pm

    Great ??????… Finally een ge dad n aiman agree v dhw ??????… Nasybehnu… Heheheh ???… I’m curiously waiting for the next part ???… Thankyou Hi Mi mihaa avahah mi 3 parts kiyaalan libunyma ???❤️❤️❤️… U are a great writer ❤️❤️❤️???????????????… N keep working like this ?????????… Hi Mi ge hard work pinky appreciate kuran ???❤️❤️❤️??????… Lots of love from pinky ❤️❤️❤️???????????????…

  8. Nazi says:
    November 26, 2018 at 10:33 pm

    Varah salhi when next part?

  9. unique says:
    November 26, 2018 at 11:30 pm

    wow yey afterall
    alhamdhulillaah eenals dad ah heyo visnijje
    n aiman ahvx yey hope nthn goes wrong ithurah
    love it

  10. Aysh says:
    November 27, 2018 at 2:27 am

    V higaim denvany kihinehbaa I’m sure some twist will come hi mi y thi best ????

Comments are closed.

Next Episodeހިތް އެދުނަސް… (26)←


All Right Reserved!