ލޯހުޅުވާލެވުނީ ހުސް ބިމަކަށެވެ. މަތިން ފަނޑު އަލިކަމެއް ލިބެން ހުއްޓެވެ. އެ ފޮތް ވާހަކަ ދައްކަން ފެށިއެވެ. “މިއީ ޖާދޫގެ ބާރުތައް ތަޢާރަފުކޮށްދޭ ފޮތެއް! މި ފޮތުގައި ހިމެނިގެންވާނީ ހަމައެކަނި އާދައިގެ މައުލޫމާތު! ޖާދޫ ބޭނުންކުރެވޭނީ މީހެއްގެ ހަށިގަނޑުގައި ‘ސަބިޝް ރެރިޑެން’ (ޖާދޫގެ ނާރުތައް) ހުރެގެންނެވެ. އެހެންނޫންނަމަ، އެމީހަކަށް ޖާދޫއެއް ނެހެދޭނެއެވެ.” “އެންމެފުރަތަމަ ވަނީ އިރުގެ ޖާދޫއެވެ. އިރަކީ އޭގެ ޒާތުގައި އަލިކަމުގެ ބާރުތައް ގެނެސްދޭ އެއްޗެކެވެ. އެގޮތުން އިރުގެ ބާރު ބޭނުންކޮށްގެން ކުރާ ހުރިހާ ޖާދޫއެއްގައި […]
* ކުއްލިއަކަށް ގޭގެ ބެލް އަޅަންފެށިއެވެ. އޮތްތަނުން ހިއްލާލަން ޔައުލާން ކަންނެތްވިއެވެ. އޭނާ އޮތީ އެހާވެސް އަރާމުގައެވެ. މިވަގުތު ގެއަށް އަންނާނީވެސް ވަކި ކާކުހެއްޔެވެ. އޭނާ ރީއަލް ފޮނުވީ ތަޅުދަނޑި ދީފައެވެ. އަނެއްކާ މިމްރާހު ހެއްޔެވެ.؟ * އެހެން ވިސްނަން އޮއްވާ ދެން އިވުނީ ފިންގަރ ޕްރިންޓް ޖަހައިގެން ދޮރު ހުޅުވި އަޑެވެ. އެ އަޑަށް ޔައުލާން ވަގުތުން ކޮޅަށް ޖެހުނެވެ. އަދި ވަގުތުން ދޮރުހުޅުވާ ބޯދިއްކޮށް ބަލާލިއެވެ. އެތަނުގައި އަތްދަބަހެއް އަޅުވައިގެން ހުރި މިޝަލް ފެނި […]
ދުނިޔެއަށް ފުރަތަމަ ނޭވާ ލާއިރުވެސް ބައެއް އަންހެނުންނަށް އެފަދަ ޖީންސްތައް ލިބިފައި ހުރެއެވެ. ކައިވެނި ނުކުރިޔަސް އެކުދިންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެއެވެ. ފުރަން ކާރަށް އެރިއިރުވެސް ފާރީސްގެ ހަބަރެއް ނުވިއެވެ. ގުޅާވެސް ލީކީ ނޫނެވެ. އާނޫ މުޅިން ނާއުންމީދު ވެއްޖެއެވެ. ފާރީސްއަށް އޭނާ ދޭން ނިންމި މީ ފަހު ފުރުސަތެވެ. ކުޑަ މިނުން އޭނާ ލޯބިވާނަމަ ދެކިލަން އައިހެވެ. ހާލު ބެލީހެވެ. ފުރުމުގެ ކުރިން ފާރީސް އަތުވެދާނެބާއެވެ؟ އިތުރު ފުރުސަތެއް އާނޫ ފާރިސްއަށް ދީފާނެ ބާއެވެ؟ […]
“އަސްލު ނޭނގެ ވީގޮތެއް.. އޭނާ ފާޑަކަށް ރިއާންއަށް ބަލަން ފެށީމަ އަހަރެންވެސް ފާޑަކަށް ރުޅި–” ބުނެވުނީ ކީކޭކަން ރޭކައިލުމާއެކު ޒީވާއަށް ދެލޯ ބޮޑުކޮށްލަމުން ރިއާންއާ ދިމާލަށް ބަލައިލެވުނެވެ. ރިއާންއަށްވެސް ސިހިފައި ޒީވާއާ ހަތަރުކަޅި ހަމަކޮށްލެވުނެވެ. އެއާއެކު ޒީވާ ގަތް ލަދުން އިސްޖަހައިލަމުން ކެއުން ކުރިއަށް ގެންދިޔައިރު، ރިއާން ފާޑަކަށް ހިނިއައިސްފައި އިނދެ އޭނާ ގެނައި ކޮފީތަށީގައި ތުން ޖަހައިލިއެވެ. ************ “ސާބަހޭ ދޮންބެއަށް. ދުވަހަކު ގަޑިއަށް ތަނަކަށް ދެވޭކަމަށް ނަހަދާނެ.. ކޮންހާ ރީއްޗެއް ވާކަށްތަ؟ ސިސްވެސް ދަނީކީ […]
* “ޝައްޔާން..؟ ޝައްޔާން ވަހީދު..؟” އަމިއްލަ ނަފްސަށް ބުނަން އުޅުމުގެ ތެރޭގައި މިއަލްއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެހާވަރުން އޭނާ ޔަގީންކުރަން ބޭނުންވީ ކީއްވެގެންކަމެއް ނޭނގުނެވެ. * އެ ފިރިހެންކުއްޖާގެ ފިޔަވަޅުތައް ހުއްޓުނެވެ. އަދި އިސްއުފުލާލާ ބަލާލީ ހަށިގަނޑު ތަންކޮޅެއް ސީދާ ކޮށްލަމުންނެވެ. ހޭވިފައިވާ އިސްތަށިގަނޑުގެ ތެރެއިން މިއަލްއަށް ފެނުނީ ކަޅު ފުން ދެލޯ އެކަންޏެވެ. ތުންފަތްމަތީ ކަޅުތިލައެއް ހުރިއިރު މޫނުމަތިން ޝަފްވާނާއި ކުޑަކޮށް ވައްތަރުވިއެވެ. ޝައްޔާން ބަލާލީ ފަރުވާކުޑަގޮތަކަށެވެ. އެއާއެކު އޭނާގެ ދެލޮލުން ކުޑަ […]
ހެނދުނުގެ ވަގުތެވެ. ބަނދަރު މަތީގައި އެކި މީހުން ހޭލަމޭލައަށް އުޅެން ފެށީ ލޯންޗުން ފައިބާ މީހުންނަށް ހަވާލު ވުމަށެވެ. އަހަންނާއެކު ނިޝާމާ ވެސް ލޯންޗު ކައިރިޔަށްޖެހިލިއެވެ. އަފާގެ ސޫރަ ދެކިލުމަށް ކެތް މަދުވެފައިވާ ނިޝާމާގެ ތުންފަތުން ހިނިތުންވުން ފިލާ ނުދެއެވެ. ހައެއްކަ މީހުންގެ ފަހަތުން ފޭބި މީހާ ފެނި ނިޝާމާގެ ތުންފަތުގައި ދުވެލަ ދުވެލާހުރި ހިނިތުންވުން ގެއްލިއްޖެއެވެ. ނިޝާމާއަށް ހުރެވުނީ ކަޅި ޖަހާނުލާ ބަލާށެވެ. އެމީހާ ލައިގެން ހުރީ އާދައިގެ މުންޑަކާއި ޓީޝާޓެކެވެ. ބޮލުގައި ތޮތްޕެއް އަޅާފައި […]
މީހުން އަހަރެންދެކެ ލޯބިވަނީ ފައިސާގެ ދަހިވެތިކަމުގައެވެ. އެކަން މިއަދު ރަނގަޅަށްވެސް ޔަޤީންވެއްޖެއެވެ. މި ދުނިޔެއިން އެންމެ ލޯބިވި އަންހެން ކުއްޖާގެ މަކަރުވެރިކަމަށް ފަހުގައެވެ. ނޫނޭވާ އެއީ އަންހެނެކެވެ. ކުޅަދާނަ ” އެކްޓަރެ”ކެވެ. ލޯބީގެ ދަޅަ ދައްކަން އަރާ ހުރި މޭސްތިރިއެކެވެ. އަޒީނާއަކީ ރީތީގެ މިސާލެކެވެ. ގުދުރަތުން ލިބިފައިވާ ރާޅުބާނީ އިސްތަށިގަނޑު ހީވަނީ ކަޅުކަން ގަދަ ރޭގަނޑެއް ހެންނެވެ. ހަނދެއް ފަދަ ބޮޑު ދެލޮލެވެ. އަންނާރު އޮތް ތަކެއް ފަދަ ހުދު ދަތް ޕިލައެވެ. ފިރިހެނުންގެ ހިތައި ކުޅެލާ […]
“ކާކު؟ ނުވޭ އެކަކުވެސް ލޯތްބެއް!” އެލްވީން އަނެއްކާވެސް ބުނެލިއެވެ. ބާރު ބާރަށެވެ. އެ އަޑުގައިވީ ވޭނުގެ އަޑު އިވި ހުޒާންގެ ހިތް ފިސް ފިސް ވިއެވެ. “އަހަރެން މިއީ ހަމަ އެހާ ބޭކާރު މީހަކީތަ؟” ހުޒާންގެ އަޑު އިވުނީ ކެނޑި ކެނޑިގެންނެވެ. “އަހަރެން ވީންދެކެ ވަރަށް ލޯބިވޭ…” ހުޒާން މަޑު މަޑުން ބުނެލިއެވެ. މަޑު މަޑުން އިން އެލްވީން ކުއްލިއަކަށް ހުޒާން ކޮއްޕައިލިއެވެ. “ހަހަ އެހެންތަ؟ ‘ވަރަށް ލޯބިވޭ’ ތިއީ އެއްވެސް އިތުބާރެއް ހިފާ ޖުމުލައެއް ނޫން. މަށަކީ […]
ސުމައްޔާގެ އަތުގައި ހިފާ ލޮނުގަނޑު މައްޗަށް އުފުއްލާލަމުން އިޙުސާނު އެއްގަމާއި ދިމާލަށް މިސްރާބު ޖެހިއިރު އެ ހިތް ދިޔައީ ޑަންޑަޑަން ލައިފައި ތެޅެމުންނެވެ. އަނދިރީގެ ތެރެއިން ވެސް ސުމައްޔާގެ މޫނުން ކުލަ އޮއްސިފައި ހުރިކަން ފާހަގަވެއެވެ. ލަސްވެފައިވީ ސުމައްޔާގެ ނޭވާ ހުއްޓުމަކަށް އައުމުން އިޙުސާނުގެ ދެލޮލުން ތާޒާ ކަރުނަ އޮހޮރެން ފެށިއެވެ. ކޮށި ދައްޗަކުން މޭގައި އަޅުވައި އޭނާގެ ހިތް ހަށިގަނޑާ ވަކިކޮށްލި ނަމަވެސް އެވަރުގެ ވޭނެއް އިހުސާސް ކުރެވޭނެކަމާމެދު އޭނާއަށް ޝައްކެވެ. އިޙުސާނު އެ ހަށިގަނޑު […]