“މިޝްކާ” އަކީ އަނދިރިވުމުން ބައްތިއެއް ބެހެއްޓުމަށްޓަކައި ގެތަކުގެ ފާރުތަކުގައި އަޑިކޮށް ހަދާފައި ހުންނަ އެއްޗެކެވެ. އޭގެ ތެރޭގައި ބައްތިއެއް ބެހެއްޓުމުން އޭގެ ސަބަބުން މުޅި ގެއަށް އަލިކަން ފެތުރިގެން ދާނެއެވެ. މިއަދު ވިސާމްގެ ޙަޔާތަށްވަނީ އަނދިރިކަން ވެރިވެފައެވެ. މި ދަރިފުޅު މެދުވެރިވެގެން އޭނަގެ ޙަޔާތް އަލިވެގެން ދާނެކަމަށް އޭނައަށް އުއްމީދުކުރެވުނެވެ. މިފަހަރު ވިސާމް އުއްމީދު ކުރި ގޮތަށް ކަންތައްވިއެވެ. މިޝްކާ ހަމަ ވެގެން ދިޔައީ އޭނަގެ ޙަޔާތަށް އައި ފަނޑުނުވާފަދަ އައްޔެއް ފަތުރައިދިން ފަރާތަކަށެވެ. މިޝްކާއާއެކީގައި […]
މެހެނާޒަށް މި ޚަބަރު ލިބުމުން އޭނަ ކިހާ އުފާވާނެހޭ ވިސާމްގެ ހިތް ބުނި ހިނދު އޭނައަށް އަނެއްކާވެސް ހެވުނެވެ. ނަމަވެސް ކަންތައްވެގެން ދިޔައީ ވިސާމް ހީކުރި ގޮތާއި މުޅިން ޚިލާފަށެވެ. އެދުވަހު ހެނދުނު 9 ޖަހަން ގާތްވެފައި ވަނިކޮށް މެހެނާޒް ހޭލުމާއެކު ވިސާމް ހެވިފައިހުރެ އޭނައަށް އެ ޚަބަރު ދިނެވެ. “ވަޓް؟!” އިވުނު ވާހަކައިން މެހެނާޒް ކުއްލިއަކަށް ސީދާވެލިއެވެ. އެވަގުތު އޭނަގެ ނިދިބަރުވެފައިވި ލޮލުން ނިދިވެސް ފިލައި އެ ނިތަށް ރޫގިނަވިއެވެ. މެހެނާޒަށް ވީގޮތް […]
– – މާހިދު މުޙައްމަދު / ފްރެޝްކޯނަރ / ނ. ހެނބަދޫ – – މާތްﷲގެ ވަލީވެރިންނަކީ ކޮބާ؟ މި ދުނިޔޭގައި މާތްﷲ މީސްތަކުންނަށް ދެމަގަށް މަގުދެއްކެވި ފަދައިން، އެކަލާނގެ ދެބައިމީހުން މިދުނިޔޭގެ މީސްތަކުންގެ ތެރޭގައި ލައްވާފައިވެއެވެ. އެއީ ޝައިޠާނާގެ ހެއްލުންތެރިންނާއި ﷲގެ ވަލީވެރިންނެވެ. މިއީ ޤުރުއާނާއި ސުންނަތުން ސާބިތުވާކަމެކެވެ. އޭގެތެރެއިން ޝައިޠާނާގެ ވަލީވެރިންނާ ޚިލާފަށް ﷲގެ ވަލީވެރިންނަކީ ދެދުނިޔޭގެ ބާއްޖަވެރިންނެވެ. ކާމިޔާބު ލިބުނު މީހުންނެވެ. އެއީ މާތްﷲގެ އެންމެހާ އަމުރުފުޅުތަކަށް ބޯލަނބާ، ނަހީކުރެއްވި ހުރިހާ ކަމަކުން […]
އެ ލިބުނު ޔަޤީންކަމާއެކީ ވިސާމް މެހެނާޒަށް “ލޯބި” ހުށަހެޅިއެވެ. އޭނަ އުއްމީދު ކުރި ފަދައިން މެހެނާޒް ވަގުތުން އެ “ލޯބި” ޤަބޫލުކޮށް ވިސާމާއި ރައްޓެހިވިއެވެ. އެދުވަހަށްފަހު ވިސާމްގެ ޙަޔާތް ފުރިގެން ދިޔައީ ހިނިތުންވުންތަކުންނެވެ. އޭނައާއި މެހެނާޒް އެކީގައި އުޅޭތަން މާލޭގެ އެކި މަގުތަކުން ފެންނަން ފެށިއެވެ. މެހެނާޒާއެކީ ވަގުތު ހޭދަކުރަމުން ދިޔަވަރަކަށް ވިސާމް އެ ވަގުތުތަކަށް ދެވިހިފަން ފެށިއެވެ. މެހެނާޒްގެ ސޫރަ ގިނަގިނައިން ފެނުމަށް އޭނަގެ ހިތް އެދި ގޮވަމުން ދިޔައެވެ. މެހެނާޒްގެ ހުނުމުގެ އަޑު […]
– – މާހިދު މުޙައްމަދު / ފްރެޝްކޯނަރ / ނ. ހެނބަދޫ – – “ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް” މިއީ މިރާއްޖޭގެ ވަރަށް ގިނަ ބޭބޭފުޅުންގެ ދުލުން ނިކުންނަ އަދި އެހާމެ އާއްމު ބަހެކެވެ. ނަމަވެސް މިބޭބޭފުޅުން މިހެން މި ބުނަނީ ކޮން ދިރާސާއެއްގެ މައްޗަށް ބުރަވެ ހުރެގެންތޯއެވެ؟ ޤާނޫނު އަސާސީގައި ދިވެހިންގެ ދީނަކީ އިސްލާމް ދީނޭ ކަޅާއި ހުދުން ލިޔެފައި އޮތުމުންތޯއެވެ؟ ނަމަވެސް ސަތޭކަ އިންސައްތަ އިސްލާމީ ގައުމެއްގައި ފުރިހަމަވުން ލާޒިމު ހުރިހާ […]
“އާދެ….މެހެނާޒް.” ޝޯގެ ހޯސްޓް އެހެން ބުނެލުމާއެކު ޓީވީގެ ސްކްރީނަށް އެރީ ބުޅި އިސްތަށިގަނޑެއްގެ ވެރި އަންހެން ކުއްޖެކެވެ. އެކުއްޖާ ހިނިތުންވެލީ މަންޒަރު ފެނިފައި ވިސާމް އެސްފިޔަ ޖަހާލަން ވެސް ހަނދާން ނެތުނެވެ. އެއްވެސް އަންހެން ކުއްޖަކު ރީތި ނުވާވަރަށް އޭނައަށް އެކުއްޖާ ރީތިވީ ކީއްވެކަމެއް ނޭނގެއެވެ. އެ ވަށްމޫނާއި މަޑު ރަތް ކުލައެއް އަރަމުން ދިޔަ އެ އޮމާން ކޮތާފަތާއެކީ ފެންނަމުން ދިޔަ ޖާދުވީ ހިނިތުންވުން އޭނަ އާޝޯޚު ކުރުވިއެވެ. ހޯސްޓް ކުރަމުން ދިޔަ ސުވާލުތަކަށް މެހެނާޒް […]
މަންމައާއި އެގޮތަށް ވާހަކަ ދެކެވުމުން ވިސާމް ހިނދުކޮޅަކަށް ދެރަވެސްވިއެވެ. އެހެނަސް މާ ގިނައިރެއްނުވެ އޭނަ ބެނުންވާ ގޮތަށް ވާހަކަ ދެއްކުމަކީ އޭނަގެ ޙައްޤެއްކަމަށްބުނެ ޝައިޠާނާ އޭނަގެ ހިތުގައި އެ ޢަމަލު ޒީނަތްތެރި ކުރިއެވެ. ވިސާމަށް މިއައި ކުއްލި ބަދަލުގެ ފަހަތުގައިވީ ރާއިފްކަން ރަޝީދާއަށް އެނގުންވީ އެ ރެއެވެ. ރަޝީދާއަށް އެރޭ އެދެމީހުން ސިޓިންގް ރޫމުގައި ބަލަން ތިބި މަންޒަރުތައް ފެނިފައި އޭނައަށް އެ ދެމީހުންގެ ނަމުން އަޑުގެ ކޮޅަށް ގޮވާލެވުނެވެ. ހަމަ އެއާއެކު ގޭގެ އެންމެން […]
ވެހެމުންދާ ވާރެއަކަށް ބެލުމެއްނެތި ހިބާ މަގުއޮތްގޮތަށް ދުވަމުން ދިޔައީ ޔާނިޝް އާއި އޭނާގެ ބައިވެރިން ފަހަތުން އަންނާތީއެވެ. ފަޔަށް ލެވުނުހާ ބާރެއް ލާފައި ދުވަމުން ގޯޅިއެއް އެޅިވަގުތު ފިރިހެނެއް ގައިގާ ޖެހިފައި ހިބާ ވެއްޓުނެެވެ. ކަޅު ވާރޭ ކޯޓެއްލައިގެން ހުރި އެފިރިހެން މީހާ ވަރަށް ރަނގަޅަށް ހިބާއަށް ބަލާލިއެވެ. ހިބާ ތެދުވަމުން އެހީއަކަށް އަމީހާ ކައިރިން އެދުނެވެ. ނަމަވެސް އެފިރިހެންމީހާ ކަޅިޖަހާވެސް ނުލާ ހިބާއާއި ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. އޭރު ޔާނިޝްމެން ދުވަމުން އެދިމާއަށް އާދެއެެވެ. އެމީހާގެ […]
އެއީ ހުދުކުލައިގެ ހިލަކުނޑިން ފުރިފައިވި ދަންފުޅިއެކެވެ. އޭތި އަގުހުރި ހަދިޔާއަކަށް ވާންވީ ސަބަބެއް ވިސާމަކަށް އެއްގޮތަކަށް ވެސް ނޭނގެއެވެ. ހަމަ ގައިމުވެސް މިއަށްވުރެ އަގުބޮޑު އެއްޗެހިތައް ބައްޕަ އޭނައަށް ގަނެދީފައިވެއެވެ. އެހެނަސް އެ ސިއްރުވެސް މިއަދު ބައްޕައާއެކީ ވަޅުލެވިގެން ގޮސްފިއެވެ. އެދުވަހު ގެއަށް ދިޔަ ގޮތަށް ވިސާމް އޭނަގެ އަނދިރި ކޮޓަރިއަށްވަދެ ދޮރު ތަޅުލިއެވެ. އަދި އަޑުން އަޑު ނަގައި ރޯންފެށިއެވެ. ބޭރުން އޭނަގެ މަންމަ އޭނައަށް ގޮވާ އަޑު އިވުނެއްކަމަކު އޭނަ އެއަށް އިޖާބަދޭ […]