އެއްދުވަހެއްގެ ހަވީރުގެ ވަގުތެކެވެ. ހިބާ އިނީ ލެޕްޓޮޕް ހުޅުވައިގެން މަސައްކަތެއް ކުރާށެވެ. އެހެން އިންދާ ހިބާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ނުދަންނަ ނަމްބަރަކުންނެވެ. އެހެންކަމުން ފޯނު ސައިލެންޓަށް ލާފައި ހިބާ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. އަނެއްކާވެސް ހަމަ އެ ނަމްބަރުން ގުޅަން ފެށިއެވެ. މިގޮތަށް ތަކުރާރުކޮށް އެތައްފަހަރަކު ގުޅިފަހުން ހިބާ ފޯނުނެގީ މުހިންމު ކޯލަކަށް ވެދާނޭ ހިތަށް އެރުމުންނެވެ. ހިބާ ހެލޯއޭ ބުނުމާއެކު އެކޮޅުން ބުނި އެއްޗަކުން ހިބާގެ ދެލޯ ބޮޑުވެ މުޅި ގައިން ހީބިހި […]
ހަމަ އެއާއެކު އެކޮޅުން ދެއްކި ވާހަކައަކުން އޭނަގެ ބުމަގޮށްޖެހިގެން ދިޔައެވެ. މާ ގިނައިރެއްނުވެ އައި ރުޅީގައި އޭނަގެ މޫނު ރަތްވެގެން ދިޔަ ހިނދު އޭނަ ކޮޅަށް ތެދުވެ އަތަށް ލެވުނުހާ ބާރަކާއެކީ ފޯނު ބިމަށް ޖަހާލިއެވެ. ފޯނު ތެޅިގެން ދިޔަ އަޑަށް ޝަފަޤް ސިހިގެން ދިޔައިރު މިޝްކާ ހަޅޭއްލަވައިގަންނަމުން ޝަފަޤްގެ ގައިގައި ހިފަހައްޓާލިއެވެ. މިޝްކާގެ ތުރުތުރު އަޅަމުން ހަށިގަނޑުގައި ދެއަތް ވަށާލަމުން ޝަފަޤަށް ވެސް ދެ ލޯ ބޮޑުވެފައި ވިސާމަށް ބަލަން އިނދެވުނީ ބިރުގެންފައިވާ ހިތަކާއެކީގައެވެ. އޭނަ […]
” އީޝޫއަށް އެނގޭތަ މިރޭ ވީކަމެއް.. ހުޝާމްގެ ވައިފް ދޮންތަ ކައިރީ ބުނީ ވާހަކައެއް ދައްކަން ބޭނުމޯ.. އަނެއްކާ ކޮންވާހަކައެއްބާ އޭނަ ދައްކަން އުޅުނީ..” ހައިރާންވެ އިނދެ އައިޝާ އަހާލިއެވެ. ” ވެދާނެއްނު ތިމަންނަގެ ފިރިމީހާއާއި ދެން އަންބަށް އިންނާށޭ ބުނަންކަމަށްވެސް” އީޝަލްގެ ޖުމްލައިން އައިޝާ ސިހިގެން ދިޔައެވެ. ” މިހާރު ހާދަ ނުލަފާ ވެއްޖޭ ދޯ.. ހުރެބާ ހޭއަރުވާލާނަން” މިހެން ބުނެ އައިޝާ އީޝަލްގެ ބަނޑުކޮއްޓަން ފެށިއެެވެ. މެންދަމުގެ އެހަމަހިމޭންވަގުތުގައި އެގޭގައި ހަރުލާފައިވަނީ އީޝަލްގެ ހުނުމުގެ […]
“މޭއި ﷲ ފޮގިވް އޯލް އޮފް ހާރ ސިންސް އެންޑް ގްރާންޓް ހާރ ޖަންނަތުލް ފިރްދައުސް. އާމީން!” ޝިޔާ އޮތީ އެ ދުޢާ ލިޔެފައި އޭގެ ފަހަތުގައި މުގުރިފައި ހުރި ހިތެއްޖަހާފައެވެ. އައިމަނަށް އެއާއި ދިމާލަށް ބަލަން އިނދެވުނީ ބުމަގޮށްޖެހިފައެވެ. އެވަގުތު އައިމަން ޙައިރާންވާންޖެހުނު އެތައް ސަބަބެއްވިއެވެ. އެއްސަބަބަކަށްވެފައިވީ އޭނަ ދަންނަ ޝިޔާއަކީ މިފަދަ ގޮތަކަށް ވާހަކަ ދައްކާ ކުއްޖަކަށް ނުވުމެވެ. އަނެއް ސަބަބަކީ ޝިޔާ އެއްވެސް ދުވަސްވަރެއްގައި މި މެހެނާޒްއެއްގެ ވާހަކަ އޭނަގާތު ދައްކާފައި ނުވުމެވެ. […]
ެ. ސުވާލުތަކުން ބޯހާސްވާން ފެށުމުން ހުޝާމް ޓެރަހުގެ ރެއިލިން ކައިރީ ހުއްޓި ތިރިއަށް ބަލަން ފެށިއެވެ. އެވަގުތު ހިތަށް އައި އެއްޗަކުން އަނެއްކާ ވެސް ހުޝާމްއަށް ބަލާލެވުނީ އައިޝާމެންގެ ގެއާ ދިމާއަށެވެ. އެވަގުތު އެގޭ ދޮރުމަތީގައި ހުޝާމްއާއި ދިމާއަށް ބަލަހައްޓައިގެން ހުރި އައިޝާ ފެނުމުން މެެޔަށް ފިނިވެގެން ދިޔައެވެ. އަވަސް އަވަހަށް އެހެން ދިމާއަކަށް ބަލާލީ މިހާރު ހުޝާމް އަކީ މީހެއްގެ ފިރިއެކޭ ހިތަށް އެރުމުންނެވެ. އައިޝާ ދޮރުމަތީގައި ހުއްޓިގެން ހުރީ އާއިލާ އެހެން މީހުންގެ އިންތިޒާރުގައެވެ. […]
އެއަށްފަހު ތުން ފިއްތާލަމުން އަނެއްއަތުން ދޮރުގެ ތަޅު އަނބުރައި އެ ދޮރު ހުޅުވިއެވެ. އެވަގުތު ފެނުނު މަންޒަރުން އޭނަ ހުއްޓުން އެރިއެވެ. ޝަފަޤް ހުރީ އޭނައަށް ފުރަގަސްވާ ގޮތަށް ޤިބްލައަށް ކުރިމަތިލައިގެން ހަޝަމް ބަނދެ ނަމާދު ކުރާށެވެ. ޝަފަޤްގެ މޫނުގެ ބަދަލުގައި އޭނަގެ ހުދުކުލައިގެ ބޮޑު ދޮޅި ފެންނަމުން ދިޔައިރު ވިސާމްގެ މޫނުމައްޗަށް ވެރިވެފައިވީ ޙައިރާންކަމެވެ. ޝަފަޤް މި ގަޑީގައި ކުއްލިއަކަށް އެ ކުރަނީ ކޮން ނަމާދެއްތޯ އޭނަގެ ހިތަށްއެރިއެވެ. އަޖާއިބެއްފަދަ ކުއްޖެކެވެ. ކޮންމެ ގޮތެއްވިޔަސް ޝަފަޤް […]
ނިދިފައި އޮތް ލޫޝާއަށް ބަނޑަށް އެރި ތަދާ އެކު ކުއްލިއަކަށް ހޭލެވުނެވެ. ތަދުވާވަރުން ބަނޑުގައި ހިފަހައްޓައިގެން ކުރުގެޅިގެން ލޫޝާއޮތެވެ. އަނގަމަތީގައި އަނެއް އަތް އަޅާލީ އަޑު ނިކުމެ ދާނެތީއެވެ. ފެންބޯންވެގެން ސައިޑު ކަބަޑު މަތީގައި ހުރި ފެންފުޅިއާ ދިމާއަށް އަތް ދިއްކޮށްލިވަގުތު އަތުގައި ޖެހިގފައި ފުަޅި ވެއްޓުނީ ތިރިއަށެވެ. އިރުކޮޅަކުން ތަދު މަޑުވާހެން ހީވުމުން ގަދަކަމުން ކަހަލަ ގޮތަކަށް ފައި ސީދާކޮށްލިއެވެ. މާބޮޑަށް ހީސްލަވައިގަނެފައި ހުރިކަން އެނގުނީ އެވަގުތުއެެވެ. ވަރަށް ވަރުން ތެދުވެގެން ފާހާނާއާއި ދިމާއަށް ދިޔައީ […]
“ގޯ ޓު ހެލް މިލްނާ!” ކާރުގެ ކުރީ ސީޓުގައި އިން އައިމަން ފޯނު ހިފަހައްޓައިގެން ހުރެ ރުޅިވެރި އަޑަކުން ބުނެލި އަޑަށް އަޒާންގެ ދެބުމަ ކައިރިވިއެވެ. އެވަގުތު ކާރުގެ ޑްރައިވާރސް ސީޓުގައި އިން އިނގިރޭސި އަދި ދިވެހިވެސް ރަނގަޅަށް ނޭނގޭ ޑްރައިވަރު ކާރު ދުއްވާލައިފިއެވެ. އަޒާން ސުވާލެއް ކުރަން އުޅުނުތަނާހެން އައިމަން އޭނައަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. “އެ ފޮޓޯތައް ހެދި މީހަކީ އެ މިލްނާ ޒުހެއިރު! ފޮޓޯތައް ޢާއްމުކޮށްފަ އޭނަ މާލެއަށް ގޮސް ފިލައިފި. […]
“އައިމަން ވެސް ގޮވައިގެން ޕްރިންސިޕަލް އޮފީހަށް އިނގޭ؟” އޭނަ އެހެން ބުނެފައި އަޒާނަށް ފަސްދީފައި ދާން ހިނގައިގަތެވެ. ދެންމެ ވިއާމްގެ އެކުވެރިޔާ ދެއްކި ވާހަކައަކާއެކު މި ޚަބަރު އޭނަގެ ސިކުނޑީގައި ތަކުރާރުވުމުން އޭނަގެ ހިތުގައި ނެގި ނުތަނަވަސްކަމުގެ ރާޅުބާންޏާއެކު އޭނައަށް ކޮޅަށް ތެދުވެވުނެވެ. އޭނަ ހާސްކަމެއްގެ ތެރޭގައި ހުރެ ވަގުތުން މިޞްރާބުޖެހީ ކެންޓީނާއި ދިމާލަށެވެ. އޭނަ ކެންޓީންގެ ދޮރުމައްޗަށް އެރިއިރު އެ ދޮރުގެ ކައިރީގައި ހުރި ދިގު މޭޒެއްގެ ކޮޅުގައި އައިމަން އޭނަގެ އެކުވެރިންނާއެކީ އިނެވެ. […]