Skip to content
އެސްފިޔަ

ދިވެހިރާއްޖެއަކީ ސަތޭކަ އިންސައްތަ އިސްލާމީ ގައުމެއްބާ؟

  • – – މާހިދު މުޙައްމަދު / ފްރެޝްކޯނަރ / ނ. ހެނބަދޫ – –

“ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް” މިއީ މިރާއްޖޭގެ ވަރަށް ގިނަ ބޭބޭފުޅުންގެ ދުލުން ނިކުންނަ އަދި އެހާމެ އާއްމު ބަހެކެވެ. ނަމަވެސް މިބޭބޭފުޅުން މިހެން މި ބުނަނީ ކޮން ދިރާސާއެއްގެ މައްޗަށް ބުރަވެ ހުރެގެންތޯއެވެ؟ ޤާނޫނު އަސާސީގައި ދިވެހިންގެ ދީނަކީ އިސްލާމް ދީނޭ ކަޅާއި ހުދުން ލިޔެފައި އޮތުމުންތޯއެވެ؟ ނަމަވެސް ސަތޭކަ އިންސައްތަ އިސްލާމީ ގައުމެއްގައި ފުރިހަމަވުން ލާޒިމު ހުރިހާ ޝަރުތެއް ދިވެހިރާއްޖޭގައި ފުރިހަމަވެފައި ހުރިކަމާމެދު ވިސްނާލީ ކިތައް ބޭފުޅުންތޯއެވެ؟ މިކަމާމެދު ވިސްނާލައިފިނަމަ އެބޭބޭފުޅުން އެބުނަނީ އެއްވެސް ތާކުންތާކު ނުޖެހޭ އެއްވެސް އޮއްޓަރެއްނެތް ވާހަކައެއްކަން އެނގޭނެއެވެ . އެހެންކަމުން އަޅުގަނޑުމެންގެ ވިސްނުން އަޅުގަނޑާއެކު އެދިމާލަށް އަނބުރާލަމާ ހިންގަވާށެވެ. މި މައުޟޫޢުގެ ތެރެއަށް ފީނައި، ވިސްނައި ފިކުރު ހިންގާލަމާ ހިންގަވާށެވެ. ގައުމުގެ ހާލަތަށް ކަޅިއެއް ހިންގާލައި ހުރި މައްސަލަތަކަށް އަލިއަޅުވާލަމާ ހިންގަވާށެވެ.

އާދެ! ކޮންމެ ތަނެއްގައިވެސް ކުށްކުރާ މީހުން ކޮންމެވެސް ވަރަކަށް އުޅޭނެއެވެ. އެންމެ ކުދިކުދި ކުށްކުށުން ފެށިގެން ދީނުގައި ޙަރާމް ބޮޑެތި ފާފަތަކެވެ. އިސްލާމީ ޝަރީޢަތުގައި އެފަދަ މީހުންނަށް ދޭނެ އަދަބުތަކާއި ޢުޤޫބާތްތައް ކަނޑައަޅުއްވާފައިވަނީ މިހެންވެގެންނެވެ. މުޖުތަމަޢުން ކުށުގެ ވަބާ ނައްތާލުމަށެވެ . އެގޮތުން ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައިވެސް ކުށުގެ ވަބާ ކޮންމެވެސް ވަރަކަށް އޮވެދާނެއެވެ. އެއީ އިސްލާމީ ގައުމަކަށް އެގައުމު ނުވާންވީ ސަބަބެއް ނޫނެވެ. އެއާޚިލާފަށް މައްސަލައަކީ އިސްވެ ބުނެވުނު އިސްލާމީ ޝަރީޢަތް އެގައުމެއްގައި ތަންފީޒު ނުކުރުމެވެ. ނުވަތަ ނުކުރެވުމެވެ. ނަމަވެސް އެފަދަ ގައުމެއްގައި އެކަމަކަށް އެއްވެސް ކަހަލަ އުޒުރެއް އޮވެގެން ނުވާނެއެވެ. މިއީ އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖޭގައި ކުރިމަތިވެގެން އުޅޭ އެންމެ ބޮޑު އެއް މައްސަލައެވެ. ޤިޞާޞް ހިފުމާއި އަތް ކެނޑުމާއި ރަޖަމު ކުރުންފަދަ ޙުކުމެއް މި ސައްތައިން ސައްތަ އިސްލާމީ ގައުމުގައި ތަންފީޒު ކުރި ދުވަހެއްވެސް ބުނާކަށް ނޭނގެއެވެ. ނަމަވެސް މިއީ އެންމެހާ ތަކެތި ހައްދަވާ އަދި ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ މާތް ﷲ ދީނުގައި ކަނޑައަޅުއްވާފައިވާ ޙުކުމްތަކެވެ. މީގެ ބަދަލުގައި ފެންނަ މަންޒަރަކީ ޤާނޫނު ހަދަން ތިބޭ މީހުން އެމީހުންނަށް ފެންނަ ގޮތަކަށް ޤާނޫނުތައް ހަދާ ނިންމާލާ ތަނެވެ . ޝަރީޢަތަށް ބެލުމެއްނެތި އަމިއްލަ ޤާނުނުތަކަށް ޙުކުމް ކުރަމުންދާ މަންޒަރެވެ. މީހަކު މެރިޔަސް، ވައްކަން ކުރިއަސް އަދި ޒިނޭ ކުރިއަސް އަދަބަކަށް ޖަލަށްލާ މަންޒަރެވެ. މިއީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށް ދަޢުވާކުރާ މި ކުޑަ ރާއްޖޭގައި ފެނިގެންވާނެ މަންޒަރެއް ނޫނެވެ. އޭގެ ސަބަބުން މިވަނީ ކުށް ކުރުން ހައްދުފަހަނައަޅައި ގޮސްފައެވެ. ނާމާންކަން ފެތުރިފައެވެ. އެހެންކަމުން ރާއްޖެ އެ ދަޢުވާ ކުރާ ފަދަ ގައުމަކަށް ވުމަށްޓަކައި އިސްލާމީ ޝަރީޢަތަށް ފުރިހަމައަށް ޢަމަލު ކުރަން ޖެހެއެވެ. އިސްލާމީ ޝަރީޢަތާ އެއްގޮތައް ޙުކުމް ކުރުމާއެކު އެކަން ތަންފީޒުވެސް ކުރަން ޖެހެއެވެ . އޭގެ ބަދަލުގައި މިފެންނަނީ އެކަލާނގެ ހުކުމްފުޅުތަކަށް އަމަލު ކުރާނަންތޯ ނުވަތަ ނުކުރާނަންތޯ ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރަމުން ދާތަނެވެ. މިހެން ކަންތައް ހުރުމާއެކުވެސް ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެކޭ ބުނެވިދާނެތޯއެވެ؟

ސައްތައިން ސައްތަ އިސްލާމީ ގައުމެކޭ ބުނެވޭ ބަހުގެ މާނައަކީ ކޮބައިތޯއެވެ؟ އިސްލާމް ދީން ގަބޫލުނުކުރާ އެއްވެސް މީހަކު މިގައުމުގެ ރައްޔިތެއްގެ ގޮތުގައި ފާޅުގައި ހުރެގެން ވާނެހެއްޔެވެ؟ ނޫނެކެވެ. ނަމަވެސް ސައްތައިން ސައްތަ އިސްލާމީ ގައުމެއްކަމަށް ދަޢުވާ ކުރަމުންދާ މި ދިވެހިރާއްޖޭގައި ފެންނަމުންދަނީ ކޮންމަންޒަރެއްހެއްޔެވެ؟ ތެދެކެވެ. މިރާއްޖޭގެ ޤާނޫނު އަސާސީގައިވާގޮތުން މުސްލިމަކަށްނޫނީ ދިވެއްސަކަށް ނުވެވޭނެއެވެ. އެކަމަކު މިގައުމުގައި އިސްލާމް ދީން ގަބޫލުނުކުރާ ކިތައް ދިވެހިން އެބައުޅޭތޯއެވެ؟ މިއަދު ސިއްރާއި ފާޅުގައި ދީން ގަބޫލުނުކުރާ އެތައް ދިވެހިންނެއް ދަނީ އުޅެމުންނެވެ. ޝަރީޢަތުގެ ޙުކުމްފުޅުތަކަށް އިންކާރުކޮށް ދެކޮޅުހަދަނީ ކިތައް ދިވެހިންތޯއެވެ؟ އިސްލާމްދީން ނޫން އެހެން ދީންތަކަށް މިގައުމުގައި ފުރުސަތު ދޭންޖެހޭނެކަމަށް ވަކާލާތު ކުރަނީ މިއަދު ކިތައް ދިވެހިންތޯއެވެ؟ މީހަކު މުރުތައްދުގެ ހާލަތަށް ގޮސްދިނަމަ އޭނާއަށް ނަސޭހަތްދީ ހަމަ މަގަށް އެޅުވުމަކީ އިސްލާމީ ވެރިއެއްގެ ވާޖިބެކެވެ. އިސްލާހު ނުވެއްޖެނަމަ ޝަރީޢަތުގައި އަންގަވާފައިވާ ޙައްޤު އަދަބު އެމީހެއްގެ މައްޗަށް ތަންފީޒު ކުރެވެން ޖެހޭނެއެވެ. ނަމާދުނުކޮށް ރޯދަ ނުހިފާ އުޅުމުގެ ސަބަބުންނާއި އިސްވެ ދެންނެވުނު ކަންކަމުގެ ސަބަބުން މުރުތައްދުވެފައި ބައެއް ދިވެހިން ތިބި ނަމަވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެކަން ދެކޭނެ ލޮލެއް ނެތެވެ. އިސްލާމްދީނުގައި ޙަރާމްކުރެއްވި އެތައް ކަމެއް ދަނީ މިގައުމުގައި ކުރެވެމުންނެވެ. ނަމަވެސް އެކަން ބަލާ ހުއްޓުވާނެ ފަރާތެއް މިގައުމަކު ނެތެވެ. އިސްލާމީ ދައުލަތެއްގެ ޒިންމާއަކަށްވާން ޖެހޭނީ އެފަދަ ކަންކަން ބަލާ ހުއްޓުވުމެވެ. ހިތާމައަކީ އޭގެތެރެއިން ބައެއް ކަންކަމަކީ ޚުދު ސަރުކާރުން ކުރާ ކަންކަމަށް ވާތީއެވެ. ދައުލަތުން ދިވެހި ރައްޔިތުން މަގުފުރައްދަމުން ދާތީއެވެ . ބޭރުގެ ކާފަރުން ގެނެސްގެން ބޮޑެތި މިޔުޒިކު ޝޯވތައް ބޭއްވުމަކީ މިހާރުގެ އާދައަކަށްވަނީ ވެފައެވެ. އަދި އަޅުގަނޑުމެނަށްވެސް އެކަން ވެފައިވަނީ އާދައިގެ ކަންކަމަށެވެ. މިއީ ހަމަ ޔަގީނުންވެސް އިސްލާމީ ގައުމެއްގައި ކުރެވިގެން ނުވާނޭ ކާފަރުންގެ އަމަލެކެވެ. ޚާއްޞަކޮށް ސަރުކާރުންނެވެ. އަޅުގަނޑުމެން ގަދަ އަޑުން މިބުނާފަދަ ގައުމަކަށް މިރާއްޖެ ހެދުމަށްޓަކައި ކުރަންޖެހޭ އަދި އިސްލާހުކުރަންޖެހޭ އެތައް ކަމެއް އެބަހުއްޓެވެ. މިކަންކަމަށް ވިސްނާލުމަށްފަހުގައިވެސް ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެކޭ ބުނެވިދާނެތޯއެވެ؟

ތަޢުލީމު އުނގަންނައިދޭ މަދަރުސާތަކަކީ މިގައުމުގެ ދަރިން ބިނާކޮށްދޭ މަރުކަޒެވެ. އެދަރިންނަކީ މުސްތަޤުބަލުގައި ގައުމު ބިނާކުރާނެ ފަރުދުންނެވެ . އެމީހުންގެ ވިސްނުމާއި ގަބޫލުކުރުންތައް ބިނާވެފައި އޮންނާނީ އެމީހުނަށް ދެވޭ ތަޢުލީމުގެ މައްޗަށެވެ . އެދެވޭ ގޮތެއްގައި އެދަރިންނަށް ތަޢުލީމު ފޯރުކޮށްނުދެވިއްޖެނަމަ އަޅުގަނޑުމެން ދެކެން ބޭނުންވާފަދަ އުޖާލާ ދުވަހެއް ނުފެންނާނެއެވެ. ދެވޭ ތަޢުލީމު ބިނާވެފައި އޮންނަނީ ދައުލަތުގެ ތަޢުލީމީ ވުޒާރާއިން ކަނޑައަޅާފައި އޮންނަ މަންޙަޖުގެ މައްޗަށެވެ. އެހެންކަމުން އެ މަންޙަޖު ވާންޖެހޭނީ އިސްލާމްދީނާއި ޝަރީއަތާ ފުށުނާރާ އިސްލާމީ މަންޙަޖަކަށެވެ. ނަމަވެސް ފެންނަމުންދަނީ ކޮން މަންޒަރެއްތޯއެވެ؟ މިއަދު އަޅުގަނޑުމެންގެ ލޯތަކަށް ފެނި ތަޖުރިބާކުރަން މިޖެހެނީ ހިތާމަކުރަންޖެހޭ ދުވަސްތަކެކެވެ. ސައްތައިން ސައްތަ އިސްލާމީ ގައުމެއްކަމަށް ދައުވާކުރަމުންގެންދާ މިގައުމުގެ ތަޢުލީމީ މަންޙަޖު މިއަދު މިއޮތީ މުސްލިމުންނާ އެކަށީގެންވާ ގޮތަކަށް ނޫންކަން ވިސްނާ ފިކުރުކޮށްފި ކޮންމެ މީހަކަށްމެ އެނގި ޔަގީންވެ ކަށަވަރުވެގެން ދާނެއެވެ espanolviagra.net. ތެދެކެވެ . އިސްލާމާއި ޤުރުއާން ދެ މާއްދާގެ ގޮތުގައި ކިޔަވައިދެވެއެވެ. ނަމަވެސް މިވަރުން އަޅުގަނޑުމެން ހިތްހަމަޖައްސާލައިގެން ތިބެވެން އެބައޮތްތޯއެވެ؟ ނޫނެކެވެ. މިއަދު މަދަރުސާތަކުގައި ތުއްތު ކުދިންނަށް ދަސްކޮށްދެމުންދަނީ ލަވައާއި މިޔުޒިކާއި ނެށުމެވެ. ނާޗަރަންގީއެވެ. މިއީ ހަމަ ގައިމުވެސް ދީނުގައި ޙަރާމް ކުރައްވާފައިވާ ކަންކަމެވެ. އެކަމަކު ފެނިގެން މިދަނީ އެކަންކަމަށް އަޅުގަނޑުމެންގެ ތުއްތު ކުދިން ހާނަމުންދާ ތަނެވެ. މިއީ ޢައިރު މުސްލިމުންގެ މަންހަޖެވެ. ރަސްމިއްޔާތެއް ޖަލްސާއެއް އެކުދިން ލައްވާ ނާޗަރަންގީ ނުކުޅުވާ ނިންމާލެވޭ ކަމަކަށް ނުވެއެވެ. މީގެ އިތުރުން ދަރިވަރުންނަށް ކިޔަވައިދީ ދަސްކޮށްދިނުމުގެ އިތުރަށް ސިކުނޑިތަކުގައި ހަރުލައްވަމުން މިދަނީ ޢައިރު މުސްލިމުންގެ ފޮތްތަކެވެ. އެފޮތްތަކަކީ އަޅުގަނޑުމެއް އަމިއްލައަށް ތައްޔާރުކުރި ތަކެއްޗަށް ވީނަމަވެސް އޭގައި ވަނީ ޢައިރު މުސްލިމުންގެ މަޢުލޫމާތެވެ. ބޮޑެތި ތިއަރީތަކާއި އުފައްދާފައި ތަކެއްޗާއި ދުނިޔެއަށް ގެނެސްފައިވާ އިންޤިލާބުތަކުގެ އަސްލަކީ އެ ޢައިރު މުސްލިމުންކަމަށް ދަނީ ނޭނގި ނުވަތަ އެނގި ނަމަވެސް ވިސްނައިދެވެމުންނެވެ. ހަގީގަތަކީ އެހުރިހާ ކަންކަމާއި ތަކެއްޗަކީވެސް މުސްލިމުން ހޯދާ، އުފައްދާ އަދި ވުޖޫދަށް ގެނެސް އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދީފައިވާ ކަންކަން ކަމެވެ. މުސްލިމުން އަތުން ކާފަރުން ވަގަށްނަގައި ފޭރިގަނެފައިވާ ކަންކަން ކަމެވެ. ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ތަޢުލީމީ މަންޙަޖު އޮންނަންޖެހޭނެ ގޮތަކީ މިއީތޯއެވެ؟

އެހެންކަމުން، އެސްވެ ބަޔާންކުރެވުނު ހަގީގަތްތަކަށް ބަލުމަށްފަހު އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ސަތޭކަ އިންސައްތަ އިސްލާމީ ގައުމެއްކަމަށް ބުނެ ވަކާލާތު ކުރެވެން އެބައޮތްތޯއެވެ؟ ޝައްކެއްވެސް ނެތް ގޮތުގައި ނެތެވެ. އަޅުގަނޑުމެން ބޭނުންވާފަދަ ގައުމަކަށް މި ވަތަން ހެދުމަށްޓަކައި އިސްލާމީ ޝަރީޢަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރަން ޖެހެއެވެ. ކަމަށް ގާބިލު އިސްލާމީ ދީނަށް ލޯބިކުރާ ދީނީ ވެރިން ގައުމަށް އިސްކުރަން ޖެހެއެވެ. ރައްޔިތުން މަގުފުރެއްދުމަށް ދައުލަތުންކުރާ ހަރާމް ކަންތައްތައް ހުއްޓާލަން ޖެހެއެވެ tienda. މުރުތައްދުވެފައިވާ މީހުން ހަމަ މަގަށް އަޅުވަނެ ޖެހެއެވެ. އަދި ތަޢުލީމީ މަންޙަޖު އިސްލާހުކުރަންވެސް ޖެހެއެވެ. މި ދެންނެވި ކަންކަން ނުކޮށް މިގައުމަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެކޭ ބުނެވޭނެ ޖާގައެއް ނެތެވެ. އަޑަށް ބާރު ލާފައި ބުންޏަސް ހަގީގަތަކަށް ނުވާނެއެވެ.

  • – – ނިމުނީ – –

Comments (25)

  1. mariyam

    Vvvvvvv rangalhu mazumuuneh… Hama thedhu hagygai?

    1. Mahid
      mariyam

      Shukuriyya thiya faalhukurevvi khiyaalufulhah

  2. Malak

    Yes u r right…. Ma sha allaah…

    1. Mahid
      Malak

      Thanks Malak

  3. modd

    dhivehiraajje akee islaamee qaumeh noon kokko kufuru kaafau sarukaareh
    adhi muslimunakee seedhaa kaafarun madhubayaku fiyavaa Aallah ge Sharee athan gonnjahalaa mruthaddhu sarukaaren veriee
    miyadhu gaumuhinngan thithibi kaafaru emerikaa ge oi sarukaaru Dimukurasee mi oithee mathanuge sifainakee thoqoothuge auvaanu
    hamaeykani sahaadhai kiyas muslum nuvaane eyge aybaio 2 rukun mithibi jaahilu saheem adhaalalu ragalhen noon islaamee shariyai fohelaa fai miothiee

    1. Pooh Bear
      modd

      kaafarakaa dhimaalah ves kaafarekey nubunumah maai Allah angavaafai vany.
      So ekanthah rangalhu kohlavva.

    2. Mahid
      modd

      Comment kurumugai aammu akhulaagee mingadu hifehettevun edhen

  4. K

    Ehen v ma mazmoonu ves liyeveythaa dhw mi site ga ?

  5. Mahid

    Mazumoonah ves idhey category eh mi site ga

  6. unknown

    keekuraanee..gaumuge haalathu
    v dhera

    1. Mahid
      unknown

      Hama alhugadumen amilla ah kuraa kankamuge natheejaa dhehtho

  7. Axee

    Mashaallah essay hama obi…☺☺????……..

    1. Mahid
      Axee

      Thanks Axee

  8. Mahid

    Thank u

  9. Imaa

    Varab bodu hageegatheh

    1. Mahid
      Imaa

      Thanks Imaa. Aadhe mee gaumuge hageegaiy

  10. Lam

    Vv salhi….islaamee sharee athaa ehgotah migaumuga kantah kuraane dhuvaheh avahah dahkavaashi ..aameen

    1. Mahid
      Lam

      Aameen

  11. ދިރާސާ

    ވަރަށްފަށްކާލިއުމެއް ސުވާލަކީ އެފަދަވެރިއަކު ގެނެވޭނެ ބާއޭ؟

    1. mariyam
      ދިރާސާ

      Efadha myhun ulhey… Veri kamah kurimathi ves laane.. Ekam suvaalaky rayyithunnah kamudhaane baaey ekahala myhaku… Vote dheyne baaey ekahala myhakah.. 99% nudheyne… ? haalathu viyya?

    2. Mahid
      ދިރާސާ

      Insha Allah geneveyne. Beynun vanee alhugadumen heyo magah rujooavun

  12. Hai

    v reethi liyumeh maashaALLAH.

    1. Mahid
      Hai

      Thanks Hai

  13. dhivehi raaje

    raajeh islam vy. raajege raiethunehnun

    1. Mahid
      dhivehi raaje

      Ehentho

Comments are closed.