ނިދަން ތައްޔާރުވެ އާދައިގެ މަތިން ކަޅު ހެދުމެއް ލައިގެން އެނދުގައި އޮށޯތް ނަޞްރާއަށް ނުނިދެނީސް ޔޫނުސް ކޮޓަރިއަށް ވަދެގެން އައެވެ. ޔޫނުސް ފާޚާނާއަށްވަދެ ހެދުން ބަދަލުކޮށްލައިގެން ކޮޓަރީގައި ފަނޑު ބޮތްކެއް ދިއްލާލަމުން އައިސް އެނދުގައި އޮށޯތްއިރު ވެސް ނަޞްރާއަކަށް ނުނިދެއެވެ. ޔޫނުސް އޮށޯތްތާ އިރުގަނޑެއްފަހުން ނަޞްރާ އޭނަގެ ލޯ ހުޅުވާލިއެވެ. ޔޫނުސް އޭނައާއި ދިމާލަށް މޫނުވާ ގޮތަށް އޮތްތަން ފެނިފައި ނަޞްރާއަށް ނޭނގޭ އުފަލެއް ލިބުނެވެ. ޔޫނުސް ދެލޯ މެރިފައި އޮތް ގޮތުން އޭނަ އޮތީ ގަދައަށް […]
މެންދުރުގެ ވަގުތެއްގައި ނަޞްރާ އާދައިގެ ހިނގުމެއްގައި ގެއަށް ދިޔައެވެ. އޭނަ ވަރުބަލި ގޮތަކަށް ގޭގެ ފެންޑާއަށް ވަދެގެން ގޮސް ގޭގެ ދޮރު ހުޅުވާލަން އުޅުނެވެ. ނަމަވެސް ގޭގެ ދޮރުވަނީ ތަޅުލެވިފައެވެ. ނަޞްރާ ޙައިރާންވިއެވެ. އެހެނީ ޔޫނުސް މިއަދު އޮފީހަށް ދިޔައިރު އޭނަ ގާތު ބުނެފައިވަނީ ގޭގެ ދޮރުގެ އަނެއް ތަޅުދަނޑި ނުގެންދިޔަޔަސް ރަނގަޅުވާނެ ކަމަށެވެ. އެއީ ޔޫނުސް އޭނައަށްވުރެ ކުރިން ގެއަށް އައިސްދާނެތީވެއެވެ. އެހެނަސް ދޮރު މި ހުރީ ތަޅުލެވިފައެވެ. ޔޫނުސް އަދި ނާންނަނީބާއޭ ނަޞްރާގެ ހިތަށްއެރިއެވެ. […]
ގެއަށް ވަދެވުނުތަނާ އަފްރީން ދުވެފައި ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. އަދި ދަބަހާއިއެކީ އޭނަގެ އެނދަށް އަރައި ދަބަހުގެ މެދު ބައިގެ ޒިބު ކަހާލިއެވެ. އަފްރީން ހީކުރިގޮތަށް ސިނާން އެ އެޅި އެއްޗެއް އެޅީ އެ ބަޔަށެވެ. ދަބަހުގެ އެބައިގައި ފަތްޖަހާފަ އޮތް އޭފޯ ސައިޒް ގަނޑެއް އޮތެވެ. އަފްރީން ކެތްމަދުވެފައިހުރެ އެ ގަނޑު ނަގައި ނިއުޅާލިއެވެ. އެއާއެކު އޭނަ ހުއްޓުން އެރިއެވެ. ކުރިމަތިން ފެންނަމުން ދިޔައީ އޭނަ ޓިއުޝަން ކުލާހުގެ މޭޒުދޮށުގައި ހުރިއިރު ނެގި ފޮޓޯއެއް […]
އަފްރީން ހޭލެވުނީ އޭނަގެ ބާލީސް ކައިރީގައި އޮތް ފޯނު ރިންގުވާ އަޑަށެވެ. އޭނަ ގަދަކަމުން ކަހަލަ ގޮތަކަށް ދެލޯ ހުޅުވާލިއެވެ. ފޯނު ނެގުމުގެ ކުރިން ކުރިމަތީގައި ހުރި ފާރުގައި ހުރި ގަޑި އަފްރީންއަށް ފެނުނެވެ. ގަޑިން 6:15 ވެފައިވިތަން ފެނިފައި އަފްރީންއަށް ކުއްލިއަކަށް އޭނަގެ ވާތްފަރާތުގައިވި ކުޑަދޮރު ބަރިއާއި ދިމާލަށް ބަލާލެވުނެވެ. ފަރުދާ ދަމާލެވިފައިވިޔަސް އަލިވެއްޖެކަން ފެންލައިޓުން އަފްރީންއަށް ނަގައިގަނެވުނެވެ. އެއާއެކު އޭނައަށް ފަތިސް ނަމާދަށް ނޭރޭކަން ހަނދާންވުމުން އަފްރީން ފޫހިވިއެވެ. ދެންޖެހޭނީ އޭނަގެ މެންދުރުގެ ވަގުތުން […]
އަހަރެންނަކީ ކިހާ ބަދުނަސީބު މީހެއް ހެއްޔެވެ؟. ދުނިޔެއިން އަހަރެން އެންމެ ބޭނުންވީ ލޯތްބެވެ. އަޅާލުމާއި އޯގާތެރިކަމެވެ. އެކަމަކު އަހަރެން ވަނީ މިކަންކަމުން މަހުރޫމްވެފައެވެ.އެއީ ކީއްވެ ހެއްޔެވެ؟. އަހަރެންނަށް ލިބިފައިވާ ސިފަތަކުން ހެއްޔެވެ؟.އަހަރެންނަކީ ގޭތެރޭގައި އުޅޭއިރު ވަރަށް ވާހަކަ ދައްކާ ކުއްޖަކީ މެވެ. އެކަމަކު ބޭރަށް ނިކުމެއްޖިއްޔާ އަހަރެން ވާހަކަ ދައްކައެއް ނަހަދަމެވެ.އަހަރެން ވެސް އެހެން ކުދިންހެން އުޅެން ބޭނުން ވެއެވެ.އެކަމަކު އަހަރެންގެ ރައްޓެހިންނެއް ނުތި ބެއެވެ.ހޯދަން ބޭނުން ނުވަނީ އެއް ނޫނެވެ. ނުލިބެނީ އެވެ.އަހަންނަކީ އެހާ ރީތި […]
“ނަވާޒް. މަނިކުފާނު ދުރުވެފަ އެބަ ހުންނެވި. މިރޭ ޕާޓީ ފެށުނު ފަހުން މި ކޮޅަށް ދުރުވީވެސް.” ޝިފާޒް ބުނެލިއެވެ. ޝިފާޒް ވާހަކަ ދައްކަމުން ދިޔައިރު ޔޫނުސްގެ ނިތުން ރޫ ފިލަމުން ދިޔައެވެ. ނަމަވެސް އޭނަގެ ވައްޓާލެވިފައިވާ އަތް މުއްކެވިގެން ދިޔަ ވަގުތު އަނެއްކާވެސް އޭނަގެ ބުމަ ގޮށްޖެހުނެވެ. އޭނަ އެއްޗެކޭ ނުބުނެ ހުއްޓާ ޝިފާޒް އަނެއްކާވެސް ވާހަކަ ދެއްކިއެވެ. “އަހަންނަކަށް ނޭނގޭ ނަވާޒް ކީއްވެކަމެއް ކޮންމެ ފަހަރަކު އަހަރީ ދުވަހަށް މިކޮޅަށް ދުރުވަނީ. އަހަންނަށް ހަމަ […]
ޔޫނުސް ނަޞްރާގެ އަތުން ދޫކޮއްލީ ނަޞްރާގެ ގެއާއި ހަމައަށް ދެވުމުންނެވެ. ޕާޓީ ހަމަޖެހިފައިވާ ގޮތުން ފިރިހެނުންނަށް ކާން ލިބެނީ ގޭގައި ޒީނަތްތެރި ކުރެވި ގޮނޑި ޖަހާފައިހުރި ފެންޑާ ތެރެއިންނެވެ. އަންހެނުން ތިބެން ހަމަޖެހިފައި އޮތީ ގޭގެ ތެރޭގައެވެ. ޔޫނުސް ފެންޑާގެ ވަކި ހިސާބަކުން ޝަރީފްމެންނާއި ވާހަކަ ދައްކަން މަޑުކޮއްލީ ވަގުތު ނަޞްރާ ހިތާއި ދެކޮޅަށް ގޭގެ ތެރެއަށް ދާން ހިނގައިގަތެވެ. ނަޞްރާ ބޭނުންވީ ޔޫނުސްއާ އެކީ ހުންނާށެވެ. އެއްވެސް ވާހަކައެއް ނުދެއްކިޔަސްމެއެވެ. ގޭގެ ދޮރު ކައިރިއަށް ގޮސް […]
އެރޭ އެނދުގައި އޮށޯތެއްކަމަކު ނަޞްރާއަކަށް ނުނިދެއެވެ. އުފަލުން ގޮސް އޭނަގެ ހިތް ފުރި ބަންޑުންވަމުން ދިޔައެވެ. އޭނަ ކިތަންމެ ބޭނުން ނުވިޔަސް ޔޫނުސްގެ އެ އުޖާލާވި ހިނިތުންވުން އޭނަގެ ލޮލަށް ސިފަވަމުން ދިޔައެވެ. ނަޞްރާ ފުންވެގެން ދިޔަ ހިނިތުންވުމަކާއެކީ ކަނާތް ފަރާތަށް އެނބުރިލަމުން ބާލީސް ކައިރީގައި އޮތް ފޯނު ނަގައި ޖައްސާލިއެވެ. ގަޑިން ދަންވަރު ބާރަ ޖަހައި ފަސް މިނެޓް ހިނގީއެވެ. އަދި މާދަމާ ރޭވާން ކިހާ އިރެއް އެބައޮތްކަން އެނގުމުން ނަޞްރާގެ ހިތަށް އުނދަގޫވިއެވެ. އޭނަ […]
އެރޭ އަފްރާޒްއާ ދެކެވުނު ވާހަކައަށްފަހު ޔޫނުސްއަށް ހުރެވުނީ ހަމަހޭގައެއްނޫނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ގޭގަ އެކަނި ހުރެވެސް އޭނައަށް ދޭތެރެ ދޭތެރެއިން ހެވެނީއެވެ. ކޮޓަރީގެ ދޮރު ނުހުޅުވައި ކޮޓަރިއަށް ވަންނަން މަސައްކަތް ކުރެވެނީއެވެ. ދަތް އުނގުޅާ ބުރުހުގައި ޖެހުނީ ފޭސްވޮޝްކަން ޔޫނުސްއަށް އެނގުނީވެސް އެހެން ރަހައެއް ދިނުމުންނެވެ. މޮޔަ ކަންތައް ކުރެވުމުން ޔޫނުސްއަށް އިތުރަށް ހެވެމުން ދިޔައެވެ. އެރޭ އޭނަ ނިދަން އޮށޯތީ 3 ގަޑިއިރު ވަންދެން މަސައްކަތްކުރަން ހުރެފައެވެ. އެ 3 ގަޑިއިރު ތެރޭގައި އޭނައަށް […]