Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިޖުރަ (ސަތާރަވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
August 23, 2015 12 Mins Read
47 Comments

އަފްރީން ކުރިމައްޗަށް ނަޒަރު ހުއްޓާލި ވަގުތު އޭނައާއި ދިމާލަށް އަންނަމުން ދިޔަ ކާރުގެ ހެޑްލައިޓްތައް ފެނުނެވެ. އަފްރީން އޭނަގެ މޫނާއި ދިމާލުން ދެއަތް ހުރަސްކޮއްލިއިރު ބުރަކި ޖައްސަމުން އައި ކާރު އަފްރީންގެ ގައިގައި ޖެހި އޭނަ މަގުގެ އެއްފަރާތަށް އެއްލިގެން ދިޔައެވެ. އަފްރީން ބިމުގައި ޖެހި އެނބުރެމުން އެނބުރެމުން ގޮސް މަޑުވި ވަގުތު އޭނަގެ ހެއެއްނެތެވެ. އެވަގުތު އެތާ ތަންކޮޅެއް ދުރުގައި އަފްރީންގެ ގައިގައި ޖެހުނު ކާރު މަޑުވެއްޖެއެވެ. އަފްރީންގެ ވަށައިގެން މީހުން އެއްވެގަތް ހިނދު އެ ކާރުގެ ދޮރު ހުޅުވުނެވެ. އެ ހުޅުވުނު ދޮރުން ނިކުމެ ބިމުގައި ދެ ފައި ޖައްސާލަމުން ކާރުގެ ދޮރު ލައްޕާލީ ނަވާޒްއެވެ.

 

އަފްރީންގެ ވަށައިގެން ތިބި ބައެއް މީހުންގެ ނަޒަރުތައް ނަވާޒްއަށް އަމާޒުވިއެވެ. ނަވާޒްގެ ބުމަގޮށްޖެހިފައި ވީއިރު އޭނަގެ ނިތުން ދާ ތިކިތައް ހިއްލަން ފަށާފައިވިއެވެ.

 

“މިއީ އެއްކަލަ ޓީވީއިން ފެންނަ ބޭފުޅުންގެ ޢަމަލުފުޅުތައް ހުންނަ ގޮތް.” އަފްރީންގެ ކައިރީގައި ހުރި އަންހެނަކު ނަވާޒްއަށް ބަލަހައްޓައިގެން ހުރެ ގޮވާލައިފިއެވެ.

 

“ކަލޭމެން ވާހަކަ ނުދައްކާ. މި ކުއްޖާ މަނިކުފާނުގެ ކާރު ކުރިމައްޗަށް އެރީ. މަ ހުރީމޭ ބަލައިގެން.” ކައިރީގައި ހުރި ގެއެއްގެ ތެރެއިން ފިރިހެނަކު ނިކުންނަމުން ހަޅޭއްލެވިއެވެ. މާ ގިނައިރެއްނުވެ މުޅި އެ ޞަރަޙައްދު އަޑުގަދަވިއެވެ. ބައެއް މީހުން އެމީހުންގެ ފޯނުންނާއި ޓެބްލެޓްތަކުން ބިންމަތީގައި އޮތް އަފްރީންއާއި ދުރުގައި ހުރި ނަވާޒްގެ ފޮޓޯތައް ނަގަން ފަށައިފިއެވެ. އެ ޞަރަޙައްދުގައި މީހުން ގިނަވުމުން ކާރުތަކާއި ސައިކަލުތަކަށް ކުރިއަށް ނުދެވުމުގެ ސަބަބުން ބަރުގޮނުގެ އަޑު އިވެން ފެށިއެވެ. ނަވާޒް އޭނަގެ ނިތުގައި އެއްއަތް ހިންގާލަމުން މީހުން ގިނަވެފައި އޮތް ދިމާލަށް ދިޔައެވެ. އަދި އޭނައަށް އެއްޗެހި ކިޔަމުން ދިޔަ މީހުންނާއި ސަނާ ކިޔަމުން ދިޔަ މީހުން ވެސް ދުރުކުރަމުން އަފްރީންއާ ހިސާބަށް ނަވާޒްއަށް އާދެވުނެވެ. އޭރު އަފްރީންގެ ބޯ ފެޅި ބޮލާއި ދިމާލުން ބިންމައްޗަށް ލޭ ފެތުރިފައިވިއެވެ. ނަވާޒް އޭނަގެ ފަޓުލޫނުގެ ޖީބުން ފޯނު ނެގިއެވެ. އަދި ނަންބަރުތަކަށް ފިތާލަމުން ފޯނު ކަންފަތުގައި ޖެއްސިއެވެ.

 

“ހެލޯ…….އެމްބިއުލާންސްއެއް ފޮނުވާލަދީބަލަ ހައިވޭ ރެސްޓޯރެންޓް ކައިރިއަށް.” ނަވާޒް އޭނަގެ ހުއްސަށްހުރި ކަންފަތުގައި އަތް އަޅައިގެން ހުރެ ވަށައިގެންވި މީހުންގެ އަޑުތަކުގެ މައްޗަށް ކާމިޔާބު ހޯދަން މަސައްކަތް ކުރަމުން ބުނެލިއެވެ.

 

“ކޮބާ މިހާރުވެސް މަނިކުފާނު އެއުޅުއްވަނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދަވަން.” ނަވާޒްގެ ކައިރީގައި ހުރި މީހަކު ގޮވާލައިފިއެވެ. އެއާއެކު މުޅި ތަން އިތުރަށް އަޑުގަދަވެގެން ދިޔައެވެ. ނަވާޒް އެއްފަހަރު އެ މީހުންނަށް އަނެއްފަހަރު އަފްރީންއަށް ބަލާފައި މީހުންތަކުގެ ތެރެއިން ނިކުތެވެ. އަދި އޭނަގެ ކާރާއި ދިމާލަށް ދިޔައެވެ. އެވަގުތު ވެސް ބައެއްމީހުން ނަވާޒްގެ ފަހަތުން އެއްޗެހި ގޮވަމުން ދިޔައެވެ. ނަވާޒް އެއަށް ފަރުވާލެއްނުދީ އޭނަގެ ކާރަށް އަރައި ސްޓާޓްކޮށްލަމުން ކާރު ދުއްވާލިއެވެ. އޭގެ އިރުކޮޅެއްފަހުން ނުވެ ސައިރަން އަޅަމުން އައި އެމްބިއުލާންސްއެއް އެތަނަށްއައެވެ.

 

**

 

“ކީކޭ؟! އަފްރީންގެ އެކްސިޑެންޓެކޭ؟” ސިޓިންގް ރޫމުގެ ސޯފާގައި ފޯނު ކަންފަތުގައި ޖައްސައިގެން އިން ނަޞްރާގެ މޭގަނޑު އަތަށްއައެވެ.

 

“އާނ ނަޞްރާ. ދެންމެ މިތަނަށް އައި އެމްބިއުލާންސްއެއް އޭނަ ގެންގޮސްފި ހޮސްޕިޓަލަށް. މިހާރު ދެވިދާނެހެން އަހަންނަށް ހީވަނީ.” ފޯނުގެ އަނެއްކޮޅުގައި ހުރި ނަޞްރާއާއެކީ މަސައްކަތްކުރާ ޝިއުނާ ބުނެލިއެވެ.

 

“އާނ…..އަހަރެން މިދަނީ.” ނަޞްރާ އޭނަގެ ކަންފަތުން ފޯނު ނަގާލިއިރު އޭނަގެ ލޮލުން ކަރުނަ ތިތްކެއް ފައިބައިގެން އައެވެ.

 

“ޔޫނުސް!” ނަޞްރާ ސޯފާއިން ތެދުވަމުން އަޑަށް ބާރު ލާފައި ގޮވާލިއެވެ.

 

“ކިހިނެއްވީ؟” ކޮޓަރިން ބޯދިއްކޮއްލި ޔޫނުސް ކަންބޮޑުވުމަކާއެކީ އަހާލިއެވެ.

 

“އަފޫގެ އެކްސިޑެންޓެއްވެއްޖެ.” ނަޞްރާ ޔޫނުސް ފެންނާނެ ހިސާބަށް ގޮސް ރޮވިފައިހުރެ ބުނެލިއެވެ. ޔޫނުސް އެއްޗެކޭ ބުނަން އުޅުނު ވަގުތު ނަޞްރާގެ ފޯނު ރިންގުވިއެވެ. ނަޞްރާ ފޯނުގެ ސްކްރީނަށް ލުއި ގޮތަކަށް ބަލާލަމުން ފޯނު ކަންފަތުގައި ޖެއްސިއެވެ.

 

“ހެލޯ ދަރިފުޅާ އަފޫ އެކްސިޑެންޓެއްވެއްޖެ. ބައްޕަ މިދަނީ ހޮސްޕިޓަލަށް. ދަރިފުޅު ޔޫނުސްއާއެކީ އާދޭ.” ނަޞްރާއަށް އެއްޗެކޭ ނުބުނެވެނީސް ފޯނުގެ އަނެއްކޮޅުގައި ހުރި ޝަރީފް ހާސްކަމާއެކީ ހުރިހާ ވާހަކައެއް އެއްފައްޗަކަށް އަމުނާލިއެވެ. ނަޞްރާއަށް އާނއެކޭ ބުނެވުނުތަނާ ޝަރީފް ފޯނު ކަނޑާލިއެވެ. ނަޞްރާ ދެންވެސް ރޮވިފައިހުރެ ޔޫނުސްގާތު ހިނގާށޭ ބުނެލިއެވެ.

 

ޔޫނުސް އާއި ނަޞްރާ އަވަސް ހިނގުމެއްގައި ހޮސްޕިޓަލްގެ ހުޅުވިގެން ދިޔަ ދޮރުން ވަދެގެން ދިޔައެވެ. ސީދަލަށް ހިނގަމުން ގޮސް ޔޫނުސް ރިސެޕްޝަނާއި ދިމާލަށް ހިނގައިގަތުމުން ނަޞްރާ ވެސް އޭނަގެ ފަހަތުން ދާން އުޅުނެވެ. ނަމަވެސް ދެމީހުންގެ ވެސް ފިޔަވަޅުތައް މަޑުޖެހުނީ ވަރަށް ދުރުން ފިރިހެނަކު ހަޅޭއްލަވާ އަޑަށެވެ. އެ މީހުން އެ އަޑު ރަނގަޅަށް އަހާލުމުން އެއީ ޝަރީފްގެ އަޑުކަން ދެމީހުންނަށް ވެސް ނަގައިގަނެވުނެވެ. ދެމީހުން އެކަކު އަނެކަކަށް ބަލާލަމުން ބައްޕައޭ ކިޔައި އަޑު އަންނަމުން ދިޔަ ދިމާލަށް ހިނގައިގެންފިއެވެ.

 

ޔޫނުސްއާއި ނަޞްރާއަށް ޝަރީފް ފެނުނީ އެމަޖެންސީ ރޫމުގެ ކުރިމަތިންނެވެ. ރުޅިން ރަތްވެފައި ހުރި ޝަރީފް ހުރީ ނަޞްރާމެންނަށް ފުރަގަހުން ފެންނަމުން ދިޔަ މީހެއްގެ ގިރުވޯނުގައި ހިފަހައްޓައިގެންނެވެ. އޭރު އެތަނަށް ނަރުސް ކުދިންނާއި އެހެނިހެން އާއްމު މީހުންވެސް އެއްވެފައި ތިއްބެވެ.

 

“ކަލެއަށް ބަލައިގެން ނުދުއްވެނީތަ؟ ކޮންތަނަކަށްދާންތަ މާ އަވަސްއަރުވާލާފަ ދިޔައީ؟” ޝަރީފް އަޑުން އަޑުނަގާފައި އެ މީހާއާއި ދިމާލަށް އެހެން ބުނެލި ވަގުތު ނަޞްރާއާއި ޔޫނުސްއަށް އެހާ ހިސާބަށް އާދެވިއްޖެއެވެ.

 

“ބަލަ އެތާނގަ އަހަންނަށް ކުރެވޭނެ ކަމެއް ނެތީސް. އެކުއްޖާ ދިޔައީ ސީދާ މަގުގެ މެދުން. އަމިއްލަ ދަރި ރަނގަޅަށް ބެލޭނަމަ މިހެން ނުވީހެއްނު؟” އެމީހަކު އޭނަގެ ގިރުވޯނުން ޝަރީފްގެ އަތް ފޮޅުވާލަމުން ރުޅިވެރިކަމާއެކީ ބުނެލިއެވެ. އޭރު ޔޫނުސްއާއި ނަޞްރާގެ ނަޒަރު ވެސް ޝަރީފްއާ ވަކިވެ އޭނަގެ ކުރިމަތީގައި ހުރި މީހަކަށް އަމާޒުވިއެވެ.

 

“ނަވާޒް.” ޔޫނުސް އެހެން ބުނެލިއިރު އެ މޫނުމަތި ބަނަވިއެވެ. ޔޫނުސް ފެނިފައި ނަވާޒްގެ މޫނުމައްޗަށް ޙައިރާންކަން ވެރިވެފައިވިއެވެ. ޔޫނުސްއާއި ނަވާޒް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބިތަން ފެނިފައި ނަޞްރާގެ ހަނދާނަށް އައީ އެއްކަލަ ފޮޓޯއެވެ. ނަޞްރާއަށް އެ ފޮޓޯއާއި މިހާރު މި ފެންނަމުން ދިޔަ މަންޒަރާއި އަޅާ ކިޔެން އުޅުނު ވަގުތު ޝަރީފް ވާހަކަ ދެއްކިއެވެ.

 

“ޔޫނުސް، މިއީ ޔޫނުސް މަސައްކަތްކުރާ ތަނުގެ ބޮޑުން ކަންތައްކުރާ ގޮތް. އަފޫ އެކްސިޑެންޓްވީ ނަވާޒްގެ ކާރުގަ ޖެހިފަ.” ޝަރީފް ދެންވެސް ރުޅިއައިސްފައި ހުރެ ވާހަކަ ދެއްކުމުން ހަމަހޭވެރިކަމެއް ލިބުނު ނަޞްރާ މަޑު އަޑަކުން ބައްޕާއޭ ކިޔައި ގޮވާލިއެވެ. ނަމަވެސް ޝަރީފްއަށް އެ އަޑެއް އިވުނުހެން ހިއެއްނުވެއެވެ.

 

“ތި ކިޔައިދެނީ އެއްބައި. އެކުއްޖާއާހެދި އެކުއްޖާގެ އެކްސިޑެންޓްވީ. އެކްސިޑެންޓްވީމަ އަހަރެން އެކުއްޖާ ހޮސްޕިޓަލަށް ގެނައީވެސް. އެންމެ ކުރިން ހޮސްޕިޓަލަށް އައީވެސް އަހަރެން.” ނަވާޒް އޭނަގެ މޭމަތީގައި ޝަހާދަތް އިނގިލި ޖައްސައިގެން ހުރެ އެހެން ބުނެލަމުން އެއްފަހަރު ޝަރީފަށް އަނެއްފަހަރު ޔޫނުސްއަށް ބަލާލިއެވެ.

 

“ދެން އެގޮތަށް ކަންތައްކުރަން ޖެހޭނެތާދޯ މީހުންގެ ވޯޓު ބޭނުންވަންޏާވެސް…..” ޝަރީފްގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނާ ނަވާޒް ރައްދެއްދޭން އުޅުނު ވަގުތު ނަޞްރާ ވާހަކަ ދެއްކިއެވެ.

 

“ބައްޕާ! އިހަށް ވާހަކަ ހުއްޓާލާފަ ހިނގާބަލަ މިތަނުން. އަފޫ ހޭލެވުނީމަ އަފޫ ކައިރިން އަހާނީ ކަންތައްވީ ގޮތް.” ނަޞްރާ ޝަރީފްގެ އެއްއަތުގައި ދެއަތުން ހިފަހައްޓާލަމުން ބުނެލިއެވެ. ނަޞްރާ ޝަރީފްގެ އަތަށް ދެމުމުން ޝަރީފް ދެންވެސް ނަވާޒްއަށް އެއްޗެހި ގޮވަމުން ނަޞްރާއާއެކީ ދިޔައެވެ. ނަޞްރާ ޝަރީފްއާއެކީ ގޮސް ވޯޑުތައް ހުރި ކޮރިޑޯއިން ނިކުމެގެން ދިޔުމުން އެތަނަށް އެއްވެފައި ތިބި މީހުން އެކި ދިމަދިމާލަށްދާން ފެށިއެވެ. ޔޫނުސް ވެސް ނަވާޒްއަށް ލުއި ނަޒަރެއްދެމުން އޭނައަށް ފަސްދީފައިދާން އުޅުނެވެ.

 

“ޔޫނުސް.” ނަވާޒް ގޮވާލުމުން ޔޫނުސްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭނަ ފަސްއެނބުރި ނަވާޒްއަށް ބަލާލިއެވެ.

 

“އެއީ ކޮންބައެއްތަ؟” ނަވާޒް ހުރިތާހުރެ އަހާލިއެވެ.

 

“އަހަރެންގެ އަންހެނުންނާއި އަންހެނުންގެ ބައްޕަ. އެކްސިޑެންޓްވީ އަންހެނުންގެ ކޮއްކޮ.” ޔޫނުސް ކިޔައިދީފިއެވެ. އެ ވާހަކަ އަޑު އިވުނުތާ އިރުކޮޅެއްފަހުން ނަވާޒްގެ އަނގައިން ނިކުތް ލުއި އާހަކާއެކީ އެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

 

“ޔޫނުސް މީހަކާ އިނީތަ؟ ނުވެސް ބުނަމެއްނު؟” ނަވާޒް ހިނިތުންވުމަކާއެކީ ބުނެލިއެވެ.

 

“ބުނުން މުހިއްމު ކަމެއްކަމުގައި ނުދެކުނީތީ ނުބުނީ.” ޔޫނުސް ނަވާޒްއަށް ބަލަހައްޓައިގެންހުރެ ސީރިއަސްކަމާއެކީ އަންގާލިއެވެ. އެއާއެކު ނަވާޒްގެ ހިނިތުންވުން ފަނޑުވިއެވެ. ޔޫނުސް އެއަކަށް ފަރުވާލެއްނެތި ބުމަގޮށްޖެހިފައިހުރެ އަނެއްކާވެސް ނަވާޒްއަށް ފަސްދިނެވެ. އަދި ނަޞްރާ ދިޔަ ދިމާލަށްދާން ހިނގައިގަތެވެ. ޔޫނުސް ލޯ މައްޗަށް ގެއްލެންދެން އޭނައަށް ބަލަންހުރި ނަވާޒްގެ މޫނުން ފެންނަމުން ދިޔައީ ހިތްދަތިކަމެވެ. އޭނަ ހުރިތާ ހުރެފައި ދާން ހިނގައިގަތީ ކޮރިޑޯގެ އަނެއް ފަރާތަށެވެ. އެއީ ހޮސްޕިޓަލުން ނިކުންނަ ގޭޓު ހުންނަ ފަރާތެވެ.

 

**

 

ދެލޯ މެރިފައި އޮތް އަފްރީންއަށް ދޮންތައާއި ބައްޕަ ވާހަކަ ދައްކަމުން ދިޔަ އަޑު އިވެމުން ދިޔައެވެ. ނަމަވެސް ދެމީހުން ދައްކަމުން ދިޔައީ ކޮން ވާހަކައެއްކަމެއް ނަގައިގަންނާކަށް ނޭނގުނެވެ. އަފްރީން ދެލޯ ހުޅުވާލަން ބޭނުންވިއެއްކަމަކު ލޯވަނީ އެއަށްވުރެ ކަންނެތްވެފައެވެ. އެއްފަރާތަށް އެނބުރިލަން އުޅުނެއްކަމަކު އޭނަގެ އެއްއަތާއި އެއްފައި ވަރަށް ބަރު ކަހަލަ އިޙްޞާޞެއް ކުރެވުނެވެ. ގަޑިންވީ ކިހާ އިރެއްބާއޭ އަފްރީންގެ ހިތަށްއެރިއެވެ. އޭނަ ބޭނުންވީ އިތުރަށް ނިދާށެވެ. ނަމަވެސް މުޅި ދުވަހު ނިދާކަށް ނޯވެވޭނެއެއްނޫންހޭ ހިތައި އަފްރީން ލޯ ހުޅުވަން ނިންމިއެވެ. އޭނަ ދެލޯ ތަގުޅިކޮއްލި ވަގުތު ދޮންތަ އަފޫއޭ ވައި އަޑުން ކިޔާލި އަޑު އިވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އަފްރީން ދެލޯ ހުޅުވާލިއިރު އަފްރީންއަށް އޭނަ އޮތް އެނދުގެ ދެފަރާތުގައި ހުއްޓި ތިބި ނަޞްރާއާއި ޝަރީފް ފެނުނެވެ. ދުރުގައި ފާރަށް ލެނގިގެން ހުރި ޔޫނުސް ތިމަންނަ ޑޮކްޓަރަކު ގޮވައިގެން އެބަ އަންނަމޭ ކިޔައި ކޮޓަރިން ނިކުމެގެން ދިޔައެވެ. އަފްރީންއަށް ޙައިރާންކަމާއެކީ އެތަނުން ނިކުމެގެން ދިޔަ ޔޫނުސްއަށް ބަލަން އޮވެވުނެވެ. ނަޞްރާ މިހާރު ކިހިނެއްތޯ ސުވާލުކުރުމުން އަފްރީން ދެބުމަ ކައިރިކޮށްލަން އުޅުނެވެ. އެވަގުތު އޭނަގެ ބޮލުގައި ބެންޑޭޖެއް އޮޅާލެވިފައިވިކަން އަފްރީންއަށް އެނގުންވިއެވެ. އޭނަ ބޮލުގައި އެއްއަތް އަޅައިގެން ތެދުވަން އުޅުމުން ނަޞްރާ އޭނަގެ ދެ ކޮނޑުގައި ހިފަހައްޓާލިއެވެ. އެނދުގައި އިށީނދެވުނުތަނާ އަފްރީންގެ ބޮލުގެ އެއްފަރާތުގައި ތޫނު ރިހުމެއް އުފެދުމުން އަފްރީންއަށް ބޮލުގައި ބާރަށް ހިފަހައްޓާލެވުނެވެ. ޝަރީފް ބަލައިގެންނޭ ބުނެލުމުން އަފްރީން ޝަރީފަށް ބަލާލިއެވެ. އެއަށްފަހު އޭނަގެ ބަރުވެފައިވާ އަތަށާއި ފަޔަށް ބެލިއެވެ. ޕްލާސްޓަރު އެޅިފައިވާ އޭނަގެ ވާތް އަތާއި ކަނާތު ފައި ފެނިފައި އޭނައަށް މި އޮވެވުނީ ހޮސްޕިޓަލެއްގައިކަން އަފްރީންއަށް އެނގުނެވެ. އޭނަ ހޮސްޕިޓަލެއްގައި އޮންނަންވީ ކީއްވެތޯ އަފްރީން އޭނަގެ އަމިއްލަ ނަފްސާއި ސުވާލުކޮށްލިއެވެ. ހަމަ އެއާއެކު އޭނައާއި ދިމާލަށް އަންނަމުން ދިޔަ ކާރުގެ ހެޑްލައިޓްގެ އަލި އަފްރީންގެ ލޮލަށް ސިފަވެގެން ދިޔައެވެ. ކާރުގެ ބުރަކީގެ އަޑު ކަންފަތުގައި ގުގުމައިގެން ދިޔައެވެ. މާ ގިނައިރެއްނުވެ އޭގެ ކުރިން ހިނގި ކަންތައް ވެސް އަފްރީންގެ ސިކުނޑި އޭނައަށް ހަނދާން ކޮށްދީފިއެވެ. އޭނަ ސިނާންއާ ވަކިވުމަށްޓަކައި ބުނެލި ބަސްތަކެވެ. ސިނާން އޭނަގެ ފަހަތުން އައި ގޮތެވެ. އެއަށްފަހު ވެސް އޭނަ ދޫކޮއްލުމަށް އޭނަ ސިނާންއަށް އެދުނު ގޮތެވެ. ސިނާންގެ މޫނުމަތިން ފެނުނު ހިތާމަވެރިކަމެވެ. އެންމެ ފަހަކަށް އަފްރީންގެ ކަންފަތުގައި ގުގުމައިގެން ދިޔައީ ސިނާން ހަރުއަޑުން އޭނަ ސިނާންދެކެ ލޯބިވާކަން އެނގޭކަމަށް ބުނެލި ބަސްތަކެވެ. އަފްރީންގެ މޭމައްޗަށް ތަދުވާން ފެށިއެވެ. އޭނަ ސިނާންއާއެކީ ހޭދަކުރި އުފާވެރި ވަގުތުކޮޅުތައް ހަނދާންވެފައި އެ ތަދު އޭނަގެ ބޮލުގެ ރިހުމުގެ މައްޗަށް ވެސް ކާމިޔާބު ހޯދައިފިއެވެ. ސިނާންއާ ދެން ދުވަހަކުވެސް ދިމާނުވާނެހެން ހީވުމުން އަފްރީންގެ ލޮލަށް ކަރުނަ ޖަމާވެ އޭނަގެ ލޯ ފުސްވިއެވެ. ބައްޕައާއި ދޮންތަ އޭނައަށް ގޮވަމުން ދިޔައެއްކަމަކު އޭނައަށް އެ އަޑު ނުއިވޭ ފަދައެވެ. އޭނަގެ ދިރިއުޅުން ނިމުމަކަށް އައިއްސިހެން އަފްރީންއަށް ހީވިއެވެ. މިހާ ދުވަހު އޭނަގެ ދިރިއުޅުމުގެ މަޤްޞަދަކަށްވީ ސިނާން ކަހަލަ މީހަކާއެކީ އޭނަގެ ދިރިއުޅުން ހޭދަކުރުމެވެ. ސިނާން ގެއްލުމުން އޭނަގެ މަޤްޞަދުވެސް ގެއްލިއްޖެއެވެ. މަޤްޞަދެއްނެތް ދިރިއުޅުމަކީ ދިރިއުޅުމެއް ހެއްޔެވެ؟ އޭނަ ހާދަ މޮޔައެވެ. އަމިއްލަ އުފާވެރި ޙަޔާތުގައި ހުޅުރޯކޮށްލީ އަމިއްލައަށެވެ. އޭނަ އެހެން ހެދީވެސް ވަކި ކީއްކުރަން ހެއްޔެވެ؟ ހިތުން ޞާލިޙު މީހަކަށްވާން ހެއްޔެވެ؟ އޭނައަށް ޞާލިޙު މީހަކަށްވެވޭނެ ހެއްޔެވެ؟ އެހާ އަވަހަށް އޭނަ ކަހަލަ ނުބައި މީހެއްގެ ފާފަތައް ފޮހެވޭނެ ހެއްޔެވެ؟ ނުފޮހެވޭނެއޭ އަފްރީންގެ ހިތަށްއެރިއެވެ. އަދި ރަނގަޅަށްވިއްޔާ މި އެކްސިޑެންޓަކީ ވެސް އޭނައަށް ލިބުނު ޢަޛާބެކޭ އަފްރީންގެ ހިތް ބުންޏެވެ. އޭނަ ކޮށްފައި ހުރި ކަންތަކުގެ ސަބަބުން އޭނައަށް ދެން ދުނިޔޭގައިވެސް އަދި އާޚިރަތުގައި ވެސް އެއްވެސް ހެވެއް ނުލިބޭނެކަމަށް އޭނަގެ ހިތުގެ ކަނަކުން ގޮވާލި ވަގުތު އަފްރީންއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. އެވަގުތު އޭނަގެ ކޯތާފަތް ތެމުނެވެ. އޭނަ ސިނާން ދޫކުރިއަސް ވަކި ސުވަރުގެއަކަށް ނުވަދެވޭނެކަމަށް ހިތް ބުނި ވަގުތު އަފްރީން އަޑުން އަޑު ނަގާފައި ހަޅޭއްލަވައިގަތެވެ. އެނދު ކައިރީގައި ތިބި ނަޞްރާއާއި ޝަރީފް ސިހުންވިއެވެ. ސިކުންތުކޮޅެއް ވަންދެން އަފްރީންގެ އަޑު ދެމިގެން ދިޔުމަށްފަހު އެ އަޑު ފޭދިގެން ދިޔައީ ވޭނީ ގިސްލުމަކަށެވެ. އޭނަގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އަންނަން ފެށިއެވެ. ނަޞްރާ ރޮވިފައިވާ އަޑަކުން އަފޫއޭ ކިޔައި ގޮވާލަމުން އަފްރީންގެ ގައިގައި ބައްދާލިއެވެ. އެ ވަގުތު ޔޫނުސް ޑޮކްޓަރަކާއެކީ އެ ރޫމަށްވަނެވެ. ޝަރީފް ކަންބޮޑުވުމަކާއެކީ ޑޮކްޓަރޭ ކިޔައި ގޮވާލިއެވެ. އެންމެން އެކީގައި އަފްރީން ގާތަށް އައިސް ކިހިނެއްވީތޯ އަހަން ފެށިއެވެ. ނަޞްރާ މެދުކެނޑުމެއްނެތި އަފްރީންގެ ކަރުނަ ފޮހެމުން ދިޔައިރު ޝަރީފް އަފްރީންގެ ބޮލުގައި ފިރުމަމުން ދިޔައެވެ. ނަމަވެސް އެއިން އަފްރީންގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ނުގެނައެވެ. އޭނަ އޭނަގެ އިޙްޞާޞްތައް ކިޔައިދޭން ބޭނުންވިއެވެ. އެހެނަސް އެކަމަށް އޭނަގެ ދޫ ނުކުޅެދުނެވެ. އޭނަގެ ބެދެމުން ދިޔަ އަރުން އަޑެއް ނިކުންނާނެހެނެއްވެސް ހިއެއްނުވެއެވެ. އޭނަގެ އިޙްޞާޞްތައް ކިޔައި ނުދީވެސް އެ އިޙްޞާޞްތައް ދެނެގަންނާނެ މީހަކު ހުރިނަމައޭ ހިތަށްއެރިއެވެ. އެފަދަ ފަރާތެއްވާކަން އޭރު އަފްރީންގެ ހަނދާނަށް ނައުމުން އޭނައަށް އިތުރަށް ރޮވުނެވެ. އަފްރީންގެ ރުއިން ނުހުއްޓުމުން ޑޮކްޓަރު އެންމެ ފަހަކަށް ޖެހުނީ ނިދާ އިންޖެކްޝަނެއް ޖަހާށެވެ. އޭގެ މާ ގިނައިރެއްނުވެ އަފްރީންއަށް ނިދުނެވެ.

 

އަފްރީން ނިދުމުން ވެސް ޝަރީފްއާއި ނަޞްރާ ތިބީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. ޝަރީފް ހީކުރީ އަފްރީންގެ ސިކުނޑިއަށް ގެއްލުމެއް ލިބުނީ ކަމަށެވެ. ނަމަވެސް ނަޞްރާ އެގޮތް ޤަބޫލުކުރާ ހިތެއްނުވިއެވެ. އަފްރީން ދެރަވަނީ އެހެން ކަމަކާމެދުހެން ނަޞްރާއަށް ހީވިއެވެ. އަފްރީން އެކްސިޑެންޓްގެ ކުރިން ގޮއްސަހުރީ ކޮން ގެއަކަށްތޯ ނަޞްރާ ޝަރީފްއާ ސުވާލުކުރިއެވެ. ސިނާންގެ ގެ ކަމަށް ޝަރީފް ބުނުމުން ނަޞްރާ ހިސާބަކަށް ނުރުހުންވިއެވެ. ބައްޕަ އަފްރީން ފިރިހެން ކުއްޖެއްގެ ގެއަށް ދިޔަދިނީ ވެސް ކިހިނެއްހެއްޔޭ ނަޞްރާގެ ހިތަށްއެރިއެވެ. ނަޞްރާ ދުލުން އެ ވާހަކަ ނުބުނީ ބައްޕައާ ރުޅިން ވާހަކަ ދައްކަން ޖެހިދާނެތީވެއެވެ. ނަޞްރާއަށް ޝަރީފް އެ ބުނި ނަމާއިމެދު ވިސްނާލެވުނެވެ. ސިނާންއަކީ އޭނައަށް ވަރަށް ފެންނަ ނަމެއްހެން ނަޞްރާއަށް ހީވިއެވެ. އެ ނަން ފެނުނީ ކޮންތަނަކުން ކަން ނަގައިގަންނަން ނަޞްރާއަށް މާ ގިނައިރެއް ނުނެގިއެވެ. ފޭސްބުކްގައި ހުންނަ އަފްރީންގެ ހުރިހާ ސްޓޭޓަސްއެއްގެ ދަށުން ސިނާންގެ ކޮމެންޓުތައް ވަރަށް ފެންނާނެއެވެ. އެ ކޮމެންޓްތަކާމެދު ވިސްނާލުމުން ސިނާންއަކީ އަފްރީން ރައްޓެހިވެގެން އުޅޭ ކުއްޖާކަން ނަޞްރާއަށް ޔަޤީނާއި ގާތްކުރެވުނެވެ. އަދި އަފްރީން މި ރޮނީ އެ ކުއްޖާ އަފްރީންއާ ދޭތެރޭ ދެރަ ގޮތަކަށް ކަންތައް ކުރީމަކަމާމެދު ނަޞްރާ ޝައްކު ކުރާކަށް ވެސް ބޭނުމެއް ނުވިއެވެ. އެ ކުއްޖާ އަފްރީންއަށް ކޮށްފާނެ ނުބައި ކަމެއް ޚިޔާލެއް ގެނައުމުން ނަޞްރާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނައަށް ބޯހޫރުވާލެވުނީ އޭނަ އެ ގޮތަށް ވިސްނަން ވެސް ބޭނުން ނުވީތީވެއެވެ. އޭނައަށް ކުރިން ސިނާންއާއި އަފްރީންއާ ދެމެދު އޮންނާނެ ގުޅުމަކާމެދު ނުވިސްނުނީތީ ނަޞްރާ ދެރަވިއެވެ. ކޮންމެއަކަސް އޭނަ ދެން އެއްވެސް ކަމެއް އިތުރަށް ގޯސްވިޔަކަ ނުދޭން ޢަޒުމްކަނޑައެޅިއެވެ. ސިނާން އަފްރީން ދެރަކުރަން ކުރީ ކޮންކަމެއްކަން ނަޞްރާ ރަނގަޅަށް އެނގެން ބޭނުންވިއެވެ. އެހެންކަމުން އޭނަ ޝަރީފް ގާތުން ސިނާންގެ އެޑްރެސް އެހިއެވެ.

 

ޝަރީފްގެ އެތައް އާދޭހަކަށްފަހު ޔޫނުސްއާއި ނަޞްރާ ސައިކަލުގައި ގެއަށް ދިޔައެވެ. ސައިކަލުމަތިން ވެސް ނަޞްރާ މާދަމާ ހޮސްޕިޓަލަށް ދިޔުމުގެ ސިނާންގެ ގެއަށް ދިޔުމަށް ނިންމައިފިއެވެ. އޭނަ މި ވާހަކަ ޔޫނުސްއާއި ވެސް ޙިއްސާއެއް ނުކުރެއެވެ. ޔޫނުސް މިރޭ ހުރީ އެހެން ކަމަކާމެދު ނުރުހުންވެފައިހެން ނަޞްރާއަށް ހީވަމުން ދިޔައެވެ. ހޮސްޕިޓަލުގައި ވެސް ޔޫނުސް ހުރީ އާދަޔާ ޚިލާފަށް ހިމޭންކޮށެވެ. މިއީ ބޮޑުކަމެއް ދިމާވުމުން ޔޫނުސްއަށް ވާގޮތެއްބާވައޭ ނަޞްރާގެ ހިތަށްއެރިއެވެ. ނުވަތަ އޭނައަށް މި ބަދަލު އައީ ނަވާޒްގެ ސަބަބުން ހެއްޔެވެ؟ ނަޞްރާއަކަށް ނޭނގުނެވެ.

 

ފެންޑާއަށް ސައިކަލު ވެއްދުމަށްފަހު ޔޫނުސް ސައިކަލު މަޑުކޮށްލިއެވެ. ދެމީހުން ސައިކަލުން ފައިބައި ގޭގެ ދޮރާއި ދިމާލަށް ދިޔައެވެ. ޔޫނުސް ކުރިއަރައިގެން ގޮސް ގޭގެ ދޮރު ހުޅުވައި ގެއަށްވަދެ ބޮކިތައް ދިއްލާލިއެވެ. އެއަށްފަހު ނަޞްރާއަކަށް ބެލުމެއްނެތި ގެއަށް ވަދެގެން ދިޔައެވެ. ޔޫނުސް އޭނައަށް ބަލާވެސް ނުލާ ދިޔަގޮތުން ނަޞްރާ ދެރަވިއެވެ. އޭނައަށް ފުން ނޭވައެއް ދޫކޮށް ގޭގެ ތެރެއަށްވަދެ ތިރި ބަލައިގެން ހުރެ ދޮރު ލައްޕާލެވުނެވެ. ނަޞްރާގެ އިސްއުފުލެން އުޅުނު ވަގުތު އޭނައަށް ބިންމަތިން ނޫކުލައިގެ ފަށްޖަހާފައި އޮތް ގަނޑެއް ފެނުނެވެ. މިއީ ކުނިކޮޅެއްބާއޭ ނަޞްރާގެ ހިތަށްއެރިއެވެ. ނަމަވެސް އޭނަ ގޭގެ ތެރޭގައި ނޫކުލައިގެ ގަނޑުތައް ނުގެންގުޅޭތާ ފުދޭ ވަރަކަށް ދުވަސްވެއްޖެއެވެ. ޔޫނުސްއަކީ ކުލަ ގަނޑުތައް ގެންގުޅޭ މީހެއްވެސް ނޫނެވެ. ނަޞްރާ ވިސްނުމެއްގެ ތެރޭގައި ހުރެ ގުދުވެލަމުން އޭތި ނަގައި ހިންދެމިލިއެވެ. އަދި އެ ގަނޑު ނިއުޅާލިއެވެ. އޭފޯ ސައިޒް ގަނޑެއްގެ އެއްބައި ވަރުވާ އެ ގަނޑުގައި ދިވެހިން އެއްޗެކޭ ލިޔެވިފައިވިއެވެ. ނަޞްރާ އޭތި ހިތުން ކިޔާލިއެވެ.

 

“ބާއްޖަވެރި ޒަވާޖީ ޙަޔާތަކަށް އެދެން.

ބައްޕަ”

 

ދަށުގައި އޮތް ބަސް ފެނިފައި ނަޞްރާގެ ދެއަތުން ވާގިދޫވާން އުޅުނުހެން ހީވިއެވެ. މިއީ ޔޫނުސްގެ ބައްޕަގެ ފަރާތުން ލިބުނު ނޯޓުކޮޅެއް ހެއްޔެވެ؟ ޔޫނުސްގެ ބައްޕަ ދުނިޔޭގައި އެބަހުރި ހެއްޔެވެ؟ ހުރިނަމަ ޔޫނުސްގެ ކައިވެންޏަށް ނައީ ކީއްވެ ހެއްޔެވެ؟ ޔޫނުސް އޭނަގެ ބައްޕައާއި އެހާވެސް ދުރީ ހެއްޔެވެ؟ ނަޞްރާގެ ސިކުނޑިއަށް އެތައްހާސް ސުވާލެއް އެއްފަހަރާ ވެރިވިއެވެ. އޭނަ ޔޫނުސްއަށް ނޯޓުކޮޅު ދައްކަން ބޭނުންވިއެއްކަމަކު ޖެހިލުންވިއެވެ. ޔޫނުސް މިހާރު ވެސް ހުރީ އެހާ ރަނގަޅު މޫޑެއްގައެއްނޫނެވެ. ކަން މިހެން އޮތްވާ އޭނަ މީތި ދައްކައިފިއްޔާ ޙާލަތް އިތުރަށް ގޯސްވެދާނެކަމަށް ހިތް ބުންޏެވެ. ނަމަވެސް ޙާލަތް ގޯސްވާންވީ ކީއްވެ ހެއްޔެވެ؟ މިއީ ޔޫނުސްގެ ބައްޕަ ޔޫނުސްއަށް ފޮނުވި ސިޓީއެކެވެ. ބައްޕައަކީ ކޮންމެ ކަހަލަ މީހަކަށް ވިޔަސް ބައްޕައަށް އިޙްތިރާމް ކުރަން ވާނެއެވެ. ޔޫނުސް ވެސް އެކަން ޤަބޫލުކުރާނެކަން ޔަޤީނެވެ. އެހެންނޫނަސް ޔޫނުސްއާއި ޔޫނުސްގެ ބައްޕައާއި ދެމެދު އޮތް ހުރަހަކަށް އޭނަ ވެގެން ނުވާނެއެވެ. ނަޞްރާ އޭނަގެ ޚިޔާލު ބަދަލުކޮށްލިއެވެ. އަދި އޭނަގެ މޫނު ފޮތިކޮޅު ނަގާލަމުން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

 

“ޔޫނުސް ބަލާބަލަ ގޭގެ ދޮރުކައިރީގަ އޮތް ނޯޓުކޮޅެއް.” ނަޞްރާ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. އޭރު ޔޫނުސް އުޅެނީ އަލަމާރިން ޓީޝާޓެއް ނަގައިގެން ފާޚާނާއަށް ދާށެވެ. ޔޫނުސް ފަސްއެނބުރި ނަޞްރާއަށް ބަލާލިއެވެ. އަދި ދެބުމަ ކައިރިކޮށް އޭނަގެ އަތުގެ މުލައްދަނޑި މަތީގައި ޓީޝާޓު ބާއްވަމުން ނަޞްރާގެ ގާތަށްއައެވެ. އެއަށްފަހު ނަޞްރާ އޭނައަށް ދިއްކޮއްލި ނިއުޅާލެވިފައިވާ ގަނޑުގައި ހިފައި އެއަށް ބަލާލިއެވެ. އެއާއެކު ޔޫނުސްގެ ނިތުން ރޫ ފިލިއެވެ. އޭގެ މާގިނައިރެއްނުވެ އޭނަ ތުންފިއްތާލީ ރުޅިވެރިކަމާއެކީގައެވެ. އޭނަ ގަނޑުގައި ހިފަހައްޓައިގެން ހުރި އަތް ތުރުތުރު އަޅަމުން ދިޔަގޮތުން ނަޞްރާގެ ހިތް ނުތަނަވަސްވިއެވެ. ޔޫނުސް އެ ގަނޑަށް ބަލަން ހުރެފައި ކުއްލިއަކަށް އޭތި ވީދަން ފެށިއެވެ. އެ މަންޒަރު ފެނިފައި ނަޞްރާގެ ދެލޯ ބޮޑުވިއެވެ. އޭނަ ބަލަބަލާ ހުއްޓާ ޔޫނުސް އެ ގަނޑު ކުދިކުދި ކޮށް އެތާހުރި ޑަސްބިނަށް ގޮސް އޭތި އަޅާލިއެވެ. އެއަށްފަހު ނަޞްރާއަކަށް ވެސް ބެލުމެއްނެތި ގޮސް ފާޚާނާއަށްވަދެ ބާރަށް ދޮރު ލައްޕާލިއެވެ. ނަޞްރާ ސިހުންވިއެވެ. އޭނައަށް ހުރެވުނީ ޤަބޫލުކުރަން ވެސް ދަތިވެފައެވެ. މިއީ ހަމަ އޭނަގެ ޔޫނުސް ހެއްޔެވެ؟ އޭނަ ދަންނަ ޔޫނުސްއަކީ އެންމެނަށް ވެސް އިޙްތިރާމްކުރާ މީހެކެވެ. ވީއިރު އޭނަގެ އަމިއްލަ ބައްޕައަށްޓަކައި އިޙްތިރާމެއްނެތީ ކީއްވެ ހެއްޔެވެ؟ ނަޞްރާ ހީކުރީ އެދުވަހު މަންމައާއި ބައްޕަގެ ވާހަކަ ފޮތަކުން ކިޔާފައި ޔޫނުސްއަށް ރޮވުނީ އެދެމީހުން މަތިން ހަނދާންވާތީވެ ކަމަށެވެ. ނަމަވެސް މިހާރު މަންޒަރު މި ފެންނަނީ އެހެން ގޮތަކަށެވެ. ނަޞްރާ ޔޫނުސް ވަދެގެން ދިޔަ ދޮރާއި ދިމާލަށް ބަލަހައްޓައިގެން އިރުކޮޅެއް ވަންދެން ހުރެވުނެވެ.

 

އޭގެ އަނެއްދުވަހަކީ ހޮނިހިރު ދުވަހަށްވުމުން ނަޞްރާ ސްކޫލަކަށް ދާކަށް ނުޖެހެއެވެ. ނަމަވެސް ޔޫނުސް އޮފީހަށްދާން ޖެހުނެވެ. ޔޫނުސް އޮފީހަށް ދިޔުމުން ނަޞްރާ ސިނާންގެ ގެއަށްދާން ނިކުތެވެ. އެ ގެއަށް ދިޔަ މަގުމަތީގައި ނަޞްރާއަށް އަފްރީންއާއެކު ޔޫނުސްއާއިމެދު ވެސް ވިސްނެމުން ދިޔައެވެ. އެރޭ ސިޓީ ކިޔުމަށްފަހު ދެމީހުންގެ މެދުގައި ވާހަކައެއް ނުދެކެވެއެވެ. ނަޞްރާ ވާހަކަ ދައްކަން ބޭނުންވިއެއްކަމަކު ދެމީހުން ޖަދަލުކުރަން ޖެހިދާނެތީ ނަޞްރާ އެއްޗެކޭ ނުބުނަން ނިންމިއެވެ. ނަޞްރާ ރޭ ފެނުނު ކަންތަކާމެދު ފިކުރު ބޮޑުވެފައި ހުރިވަރުން އޭނަގެ ބޮލުގައި ވެސް ރިހުމެއް އުފެދިފައިވިއެވެ. ކޮންމެއަކަސް އޭނައަށް ސިނާންގެ ގޭގެ ގޭޓާއި ހަމަވުމުން ނަޞްރާ އޭނަގެ ހުރިހާ ފިކުރުތައް އެއްފަރާތް ކޮއްލަމުން އޭނަ ކުރަން ރާވައިގެން ހުރި ކަމަށް ތައްޔާރުވިއެވެ. ނަޞްރާ އެގޭގެ ފެންޑާއަށް ވަދެގެން ގޮސް އެ ގޭގެ ދޮރުގައި ޓަކިދެމުން ސަލާން ގޮވާލިއެވެ. އިރުކޮޅެއްފަހުން އެ ދޮރު ހުޅުވާލީ ދެބައި ޢުމުރަށް ގޮއްސަހުރި ފިރިހެނެކެވެ. އެ މީހާ ލައިގެން ހުރި ގަމީހަކުންނާއި ކޮނޑުމަތީގައި އޮތް ފޮތިކޮޅުން އެއީ ނޯކަރެއްކަން ނަޞްރާއަށް ނަގައިގަނެވުނެވެ. ނަޞްރާ އޭނަ ސިނާންއާއި ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނުމުން އޭނަ އެގެއަށް ވެއްދިއެވެ. އޭރު ސިނާން ކޮންމެވެސް ކޮޓަރިއަކުން ސިޓިންގް ރޫމަށް ނިކުމެ ނަޞްރާއަށް ބަލާލިއެވެ. އެއާއެކު އޭނަގެ ނިތަށް ރޫއެރިއެވެ.

 

“މިއީ އަފްރީންގެ ދޮންތަ، ނަޞްރާ. ކުޑަ ވާހަކައެއް ދައްކަން މިއައީ.” ސިނާންއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ނަޞްރާ ބުނެލިއެވެ. ސިނާން ފުން ނޭވައެއް ދޫކޮށް އޭނަގެ ޖީބަށް ދެއަތް ޖަހައިގެން ހުރެ ގޮސް އެތާހުރި ދިގު ސޯފާއަށް ވެއްޓިގަތެވެ. އަދި އެތާ ވަކިން ހުރި ސޯފާއަށް ޢިޝާރާތްކޮއްލީ ބޮޑު މީހަކު ފަދައިންނެވެ. ނަޞްރާ ހިސާބަކަށް ހިތްހަމަ ނުޖެހިފައި ހުރެ ގޮސް އެ ސޯފާގައި އިށީނެވެ.

 

“ރޭގަ….” ނަޞްރާ ވާހަކަ ދައްކަން އުޅުނުތަނާ ސިނާން ވާހަކަ ދެއްކިއެވެ.

 

“އަފްރީންގެ އެކްސިޑެންޓެއްވެއްޖެ. ޚަބަރުން ދުށީން. އޭނަ މިހާރު ހޭލާފަ އަނެއްކާވެސް އަހަރެން ބޭނުންވާން ފެށީތަ؟ އެހެންވެދޯ ތި އައީ؟ އޭނަ ކައިރީގަ ބުނޭ މަށެއް ނާންނާނަމޭ. ބޭނުން ފަހަރަކު ފޯނު ނަގާފަ ބޭނުން ފަހަރަކު…..” ސިނާން ރުޅިން ކަހަލަ ގޮތަކަށް ވާހަކަ ދައްކަން ފެށުމުން ނަޞްރާ އެ ވާހަކަ މެދުކަނޑާލިއެވެ.

 

“މަޑުކޮށްބަލަ. އެކްސިޑެންޓްގެ ކުރިން އަފްރީން ހުރީ ސިނާންގެ ގޭގަ. އަފޫ……ސިނާން އަފޫއަށް ރުޅި އަންނަނީ ކީއްވެ؟” ނަޞްރާގެ ސުވާލުތައް ގިނަކަމުން އޭނަގެ އަނގައޮޅޭ ގޮތްވިއެވެ. ނަމަވެސް އެންމެ ފަހަކަށް ކުރެވުނީ ރަނގަޅު ސުވާލެއްކަން ނަޞްރާއަށް އެނގުނީ ސިނާން މޫނު އަނބުރާލުމުންނެވެ. އެ މޫނުމައްޗަށް ހިތާމަވެރިކަމެއް ވެރިވިއެވެ.

 

“އަހަރެން ލޯބިވިން އޭނަ ދެކެ. އެކަމަކު އޭނަ އަމިއްލައަށް އަހަންނާ ދުރުވާން ފެށީ. އަހަންނަށް ހަމަ ޔަޤީން އޭނަ އަހަރެން ދޫކޮއްލީ އެހެން މީހަކާ ރައްޓެހިވާންކަން. އަދި ހިތުން އަހަންނަށް އޮޅުވާލަންވެގެން ނައުފާ ގާތު ވެސް ބުނެފަ އޮތީ ކޮންމެވެސް ދަރުހަކާހެދިއޭ މި ދުރުވެވެނީ.” ސިނާން އިނީ ރުޅިން ރަތްވެފައި ކަމަށްވިޔަސް އެ އަޑުގައި ތުރުތުރެއްވިއެވެ. އޭނަ އެންމެ ފަހަކަށް ބުނެލި ޖުމްލައިން ނަޞްރާ ހުއްޓުން އެރިއެވެ.

 

“ކީކޭ؟ ނައުފާ ބުނީ ކީކޭތަ؟” ނަޞްރާއަށް އަވަސްއަވަހަށް އަހާލެވުނެވެ.

 

“އެއްކަލަ އަހަރުމެން ސްކޫލަށް އައި  މީހަކު ދިން ދަރުހަކުން ބުންޏޯ ރައްޓެހިވާކަށް ނުވާނެއޭ. އެހެންވެގެންނޯ އޭނައަށް އަހަންނާ ދުރުވެވެނީ. ޗި! ވަކިވުމުގެ ސަބަބަކަށް އެހެން ސަބަބެއްދިން ނަމަވެސް އެހާ ހުތުރުނުވީސް.” ސިނާން ދެންވެސް ނުރުހުމުގެ ރާގަކަށް ވާހަކަ ދެއްކިއެވެ. ސިނާންގެ ވާހަކަ އަޑުއަހަން އިން ނަޞްރާއަށް ހިނިތުންވެލެވުނެވެ. އޭނަގެ ހިތް އުފަލުން ފުރުނެވެ. އަފްރީން ހަމަ އަސްލުވެސް ދަރުހުން ބުނި އެއްޗެއް އަޑު އެހީތާއެވެ. ނަޞްރާގެ ހަނދާނަށް އައީ އެ ދަރުހަށްފަހު އަފްރީން ފިކުރު ބޮޑުވެފައި ހުރި ގޮތެވެ. އެރެއަށްފަހު ވެސް އަފްރީންއަށް އެއްވެސް މީހަކު ދައްކާ ވާހަކައަކަށް ރަނގަޅު ޖަވާބެއް ނުދެވުނު ގޮތެވެ. އެއަށްފަހު ރޭ އަފްރީން ރޮމުން ދިޔަ ގޮތެވެ. އެ މަންޒަރު ލޮލަށް ސިފަވުމުން ނަޞްރާގެ ލޯ ތެމުނެވެ. އަފްރީން އެ ކުރީ ކިހާ ބޮޑު ޤުރުބާނީއެއްކަން ނަޞްރާއަށް އިޙްޞާޞް ކުރެވުނެވެ. ނަޞްރާއަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. އޭނައަށް އޭނަގެ ކޮއްކޮއާމެދު ފަޚުރުވެރިވެވުނެވެ. އޭނައާއި ޚިލާފަށް އޭނަގެ ކޮއްކޮ ދިރިއުޅުން ބޮއްސުންލައިގެން ނުދަނީސް ހޭލައިފިއޭ ހިތަށްއެރިއެވެ. ނަޞްރާއަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ. އޭނަ ވަގުތުން އަފްރީންގެ ގާތަށްދާން ބޭނުންވިއެވެ. ނަމަވެސް އޭގެ ކުރިން ސިނާންއަށް ބަލާލިއެވެ.

 

“ޖަޒާކަﷲ ޚައިރަން ސިނާން.” ނަޞްރާއަށް އެހެން ބުނެލެވުނީ ހިނިތުންވުމެއްގައި ހުރެ ކަން އޭނަގެ އަޑުން އެނގެއެވެ. އެއަށްފަހު އޭނަ އެގެއިން ނިކުންނަން ދިޔައެވެ. ސިނާން ވާނުވާއެއް ނޭނގިފައި ނަޞްރާއަށް ބަލަން އިނެވެ.

 

ނަޞްރާ ގެއަށް ދިޔައިރު ނަސީބަކުން ޔޫނުސް ގޭގައި ހުއްޓެވެ. ނަޞްރާ ވަގުތުން ޔޫނުސްގާތު އޭނަ އަފްރީންގެ ގާތަށް ގެންދިޔުމަށް އެދުނެވެ. އޭނަ އެހާ އުފާވެފައިހުރި ސަބަބާއިމެދު ޔޫނުސް ސުވާލުކުރުމުން ނަޞްރާއަށް ކިޔައިދޭކަށް ވެސް ނޭނގުނެވެ. ސަބަބު ކިޔައި ނުދިނެއްކަމަކު ޔޫނުސް ނަޞްރާ ގޮވައިގެން ދިޔައެވެ.

 

އެނދުގައި އިށީނދެ އިން އަފްރީން ފެނުމާއެކު ނަޞްރާއަށް އުފަލުން ގޮސް އަފްރީންގެ ގައިގައި ބައްދާލެވުނެވެ. ދެލޯ ދުޅަވެފައިހުރި އަފްރީންގެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ. ނަޞްރާގެ މޫނު ނިވާވެފައިވުމުން އޭނަގެ މޫނުމަތީގެ އުޖާލާކަން ޝަރީފަކަށް ނުފެނުނެވެ. އޭނަ ހީކުރީ ނަޞްރާ އަފްރީންއާމެދު ކަންބޮޑުވަނީ ކަމަށެވެ. އެހެންކަމުން އޭނަ ވާހަކަ ދެއްކިއެވެ.

 

“ނަޞްރާ މިހާރު ހުރިހާ ކަމެއް ރަނގަޅޭ އިރާދަކުރެއްވީތީ. އަދި ދެ ތިން ހަފްތާ ފަހުންނޯ ދޫކޮއްލާނީ.” ޝަރީފް ހިނިތުންވުމަކާއެކީ ބުނެލިއެވެ. ނަޞްރާ އަފްރީންގެ ގައިން ދޫކޮއްލަމުން ފަސްއެނބުރި ޝަރީފަށް ބަލާލިއެވެ.

 

“އަލްޙަމްދުލި ﷲ. ބައްޕާ އަވަހަށް ގެއަށްދޭ ދެން. ޔޫނުސްއަށް ވެސް އިރުކޮޅަކަށް ބޭރަށް ދެވިދާނެތަ؟ އަހަރެން އަފްރީންއާއެކީ އެކަނި ވަގުތުކޮޅެއް ބޭނުން.” ނަޞްރާ އެއްފަހަރު ޝަރީފަށް އަނެއްފަހަރު ޔޫނުސްއަށް ބަލާލަމުން ބުނެލިއެވެ. ޔޫނުސްއާއި ޝަރީފް އެކަކު އަނެކަކަށް ބަލާލިއެވެ. ޝަރީފްގެ މޫނުމަތީގައި ހިނިތުންވުމެއްވީ ހިނދު ޔޫނުސްގެ މޫނުން މާ ބޮޑު އަސަރެއް ނުފެނެއެވެ.

 

“ދެން ކީއްކުރާނީ ޔޫނުސް؟ ހިނގާ.” ޝަރީފް އެހެން ބުނެ ޔޫނުސްގެ ކޮނޑުން އަތް ވައްޓާލިއެވެ. އަދި އޭނައާއެކީ ނިކުންނަން ހިނގައިގަތެވެ. އަދި އެތަނުން ނިކުމެ ދޮރު ލައްޕާލިއެވެ.

 

“ކިހިނެއްތަވީ ދޮންތާ؟” އަފްރީންގެ ކުރެހިފައިވާ އަޑަށް ނަޞްރާއަށް ފަސްއެނބުރި ބަލާލެވުނެވެ. އަފްރީންގެ މޫނުމަތިން ވަރުބަލިކަން ފެނިފައި ނަޞްރާ މަޑުމަޑުން އޭނަގެ މޫނުފޮތިކޮޅު ނަގާލިއެވެ. އެވަގުތު އޭނަގެ ހިނިތުންވުން ފަނޑުވެފައިވިއެވެ. އޭނަގެ ލޯ ކަރުނުން ފުރެން އުޅުނެވެ. ނަމަވެސް އޭނަ ރޯކަށް ބޭނުމެއް ނުވިއެވެ. އަފްރީންގެ ހިނިތުންވުމެއް ނެތް މޫނު ފެނިފައި އޭނަ ހެއްވާލަން ނަޞްރާ ބޭނުންވިއެވެ. އޭނަ ރޭ ކުރީ ކިހާ “މޮޅު” ކަމެއްކަން އަންގައި ނަޞްރާ އަފްރީންއަށް މަރުޙަބާ ކިޔަން ބޭނުންވިއެވެ. އެހެނަސް އޭރުން އޭނައަށް އެކަން އެނގެނީ ކިހިނެއްކަމުގެ ސުވާލު އަންނާނެކަމަށް ނަޞްރާގެ ހިތް ބުންޏެވެ. އޭނަ ސިނާންގެ ވާހަކަ ދެއްކުމުން އަފްރީންއަށް އަނެއްކާވެސް ރޮވިދާނެކަމުގެ ބިރު ނަޞްރާއަށް ހީވިއެވެ. ނަޞްރާ އަފްރީން ރޯތަން ދެކޭކަށް ދެން ބޭނުމެއް ނުވިއެވެ. އެހެންކަމުން ނަޞްރާ އެހެން ގޮތަކަށް ވާހަކަ ފަށަން ޚިޔާލުކޮށްލަމުން އަފްރީންގެ ކައިރީގައި އެނދުގައި އިށީނެވެ.

 

“ހާދަ ޑިޕްރެސްވެފަ ތިއިނީ؟” ނަޞްރާ ބުނެލިއެވެ.

 

“މިހާ ގިނަ ޕްލާސްޓަރު އަޅައިގެން މީހަކަށް ހެވިފަ ހުރެވޭތަ؟ ދެން އަފޫއަށް ތަނަކަށްވެސް ނުދެވޭނެ މިއޮތް ބޮޑު ޗުއްޓީ އަންނައިރު.” އަފްރީން ތުން ދިގު ކޮށްލަމުން ބުނެލިއެވެ. އަފްރީން ވާހަކަ ދެއްކީ އޭނަ ޢާއްމުގޮތެއްގައި ވާހަކަ ދައްކާ ރާގަށް ކަމަށްވިޔަސް މާ ބޮޑު ޖޯޝެއް އެ އަޑުގައި ނެތެވެ. އެކަން ފާހަގަވެފައި ނަޞްރާއަށް ހީލެވުނީ ވަކި ވަރަކަށެވެ. ނަޞްރާ އިރުކޮޅަކު ވިސްނުމަށްފަހު ވާހަކަ ދެއްކިއެވެ.

 

“އަފޫ ދާން ބޭނުންވަނީ ކޮންކޮން ތަނަކަށްކަން ބުނޭ. ދޮންތަ މިހާރުވެސް ގެންގޮސްފާނަން. މިއީ ޓެކްނޮލޮޖީ ޒަމާނޭ.” ނަޞްރާ އޭނަގެ ކުޑަ އަތް ދަބަހުގައި އޮތް ފޯނު ނަގައި ދައްކާލަމުން ބުނެލިއެވެ. ނަޞްރާ ކުރަން އެއުޅެނީ ކޮންކަމެއްކަން އަފްރީންއަކަށް ފުރަތަމަ ނަގައިގަންނާކަށް ނޭނގުނެވެ. ނަމަވެސް ނަޞްރާ ޔޫޓިއުބް ހުޅުވައި އަނެއްކާވެސް ދާން ބޭނުންވާ ތަނަކާމެދު ސުވާލުކުރުމުން އަފްރީންއަށް ހީލެވުނެވެ. އޭނަ ފޮނިވާ ކަމަށް ހެދެމުން ދުބައިއޭ ބުނެލިއެވެ. ނަޞްރާ ޔޫޓިއުބްއިން ދުބައި ސާޗްކޮށް ދުބައިގެ އެކިއެކި ވީޑިޔޯތައް އަފްރީންއާއެކީ ބަލަން ފެށިއެވެ. ދެ މީހުން ނިކަން ބަލާހިތުން އެ ވީޑީޔޯތައް ބަލަން ތިއްބެވެ. ނަޞްރާ އެއްވީޑިޔޯއިން އަނެއް ވީޑިޔޯއަށްދަމުން ދިޔައިރު ރެކޮމެންޑެޑް ވީޑިޔޯސްތަކުގެ ތެރޭގައި ހުރި ލެކްޗަރުތައް އަފްރީންގެ ލޮލުގައި އެޅިއެވެ. އޭނަ އެކަމާމެދު އެންމެ ފުރަތަމަ މާ ބޮޑު އަޅައެއްނުލައެވެ. ނަމަވެސް ނަޞްރާ ސްކްރޯލް ކުރަމުން ދިޔަ ވަގުތު ވީޑިޔޯއަކަށް ދެވިފައި އޮތް ނަމަކުން އަފްރީންއަށް ތެޅިގަނެވުނެވެ.

 

“ދޮންތަ ދޮންތާ މަޑުކޮށްބަލަ. އެއީ ކޯޗެއް؟” އަފްރީން ނަޞްރާގެ އަތް ދުރުކޮށް ފޯނު ތިރިއަށް ސްކްރޯލްކޮށްލަމުން އަނެއްކާވެސް އެއްކަލަ ވީޑިޔޯގެ ނަމަށް ބަލާލިއެވެ. އެއީ ލެކްޗަރެއްގެ ވީޑިޔޯއެއްކަން އޭގައި ހުރި ފޮޓޯއިން އަފްރީންއަށް އެނގުނެވެ. ނަމަވެސް އެއީ ކުރު ވީޑިޔޯއެކެވެ. އެއަށް ދެވިފައި އޮތީވެސް އާދަޔާ ޚިލާފު ނަމެކެވެ. އެ ނަމުގައި އޭތި ވަރަށް މަޖާވާނެ ވާހަކަވެސް އޮތެވެ. އަފްރީން އެ ވީޑިޔޯގެ ނަމުގައި އިނގިލި ޖައްސައި އޭތި ހުޅުވާލިއެވެ. އެ ވީޑިޔޯ ފެށިގެން ދިޔައީ ލެކްޗަރެއްގެ މެދުތެރެއިންނެވެ. އަފްރީންއާއި ނަޞްރާ އެ ބަލައިގެން ތިބެ އިރުކޮޅެއްފަހުން ހޭންފެށިއެވެ. އޭގެ މާ ގިނައިރެއްނުވެ އޭގެ ވަކި ހިސާބަކަށް ދިޔުމުން ދެމީހުންނަށް ވެސް ހީލެވުނީ އެއަށްވުރެ ބާރަށެވެ. ވީޑިޔޯ ނިމުމުން ވެސް ދެމީހުންނަށް ތިބެވުނީ ހޭށެވެ.

ނުނިމޭ

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ދިމްޔާ (5 ވަނަ ބައި)

Next

ހަތަރު އުދަރެސް (20)

Next
August 24, 2015

ހަތަރު އުދަރެސް (20)

Previews
August 22, 2015

ދިމްޔާ (5 ވަނަ ބައި)

47 Comments!

  1. some one says:
    August 23, 2015 at 11:00 am

    salhi..:)

    1. jana says:
      August 23, 2015 at 1:40 pm

      Alhamdhulillah 🙂

  2. Faryluvs says:
    August 23, 2015 at 12:50 pm

    Wow varah reethi ….

    1. jana says:
      August 23, 2015 at 1:40 pm

      Alhamdhulillah 🙂

  3. Nash says:
    August 23, 2015 at 1:19 pm

    Furatha feshi iru v reethi mivaahaka,, ekam mihaaru part akah fahu parteh hadivamun goss ehkoh foohivehje,

    1. jana says:
      August 23, 2015 at 1:46 pm

      i dont know what to say……jana bodah dheravany vaahaka foossey bunaatheeve ehnoon. dhera vany emme muhimmu vaahaka thakaa hama ah nudhevenys jana ah kiyuntheringe shauquverikan nudhemehettunu hen heeveema. Jana rangalhu kuranvy kameh Nash faahanga kohdheefiyya jana ah varah rangalhu. kamunudhany vaahakaige plot kamah vanya eyga jana ah kureveyne kameh neiy. ekamaku…..vaahaka nukiyunas page ge post thah follow kurumaky jana ge varah bodu edhumeh. jana ah massala eh neiy like eh dhinas nudhinas. post thah follow kurun muhimmy In Sha Allah 🙂

  4. sharp says:
    August 23, 2015 at 2:12 pm

    Shalhi v v good alhamdhulillah

    1. jana says:
      August 23, 2015 at 2:33 pm

      Alhamdhulillah 🙂

  5. Shabee says:
    August 23, 2015 at 2:16 pm

    Mi bai vrh interesting… Ummm love it… N kuda koh beykaaru vaahaka ginahen shabee ah heevey JANA…. Love u kuda mummy… Ummmmwah!!!

    1. jana says:
      August 23, 2015 at 2:35 pm

      hmm jana anekkaves masakkaiy kuraanan rangalhu kureveytho In Sha Allah. Love you too. Ummmwah! 😀

  6. Shabee says:
    August 23, 2015 at 2:17 pm

    JANA u should go for ecxactly the point… Maa BEYKAARU vaahaka Ginaeeyey shabee BUNAANEE… Jazakillah khairan 🙂

    1. jana says:
      August 23, 2015 at 2:36 pm

      Yes shabee. shabee dhogeh nahadhaanekan jana ah engey. and i will try to improve In Sha Allah. Jazakillah Khairan 🙂

  7. Anonymous says:
    August 23, 2015 at 2:19 pm

    Dhen ehaa thafseel koh.. Nasra balaalieve.. moonu fothi kolhu nagaalieve. Yunus higaigatheve… Fiyavalhu alhaa goi ves ehaa thafseel kohtha kiyaidheyn jeheny? Hama dhigu kuran beykaaru vaahaka thah himanaafa.. Kuree bai v shauguveri ekamaku mi bayaku nei maa shauguveri baeh.. Muhimmu vaahaka himanabala.. Genesdheefa hunna gothun v foohi kiyan.. Sofakohdhinun shauguveri kohbala.. Dhigu dhammaahen heevany kiyaa iru.. Ekamakuves ragalhu message eh libidhaane kamah mihaa foohi vefa idhegen mi kiyany..

    1. jana says:
      August 23, 2015 at 2:42 pm

      i’m really sorry anonymous. thihaa foohi vefa kiyan jehunythy. anonymous ah engeytha? anonymous thi faahanga kuri thanthankolhu kureega jana nuhimanan. 😛 edit kuran thankolheh hiy avas vefa hure baeh thankolhu badhalu kuri iru ithuru kurevuny. rangalhah sifa nukureveykan jana ves qabool kuran. eggothakahves dhigu dhammaakah beynumeh nuvey ingey…*sigh* jana heevany jana kuda break eh naganvy hen.

  8. jana says:
    August 23, 2015 at 2:44 pm

    fb post:
    “What made Afreen and Nasra laugh? You wouldnt have to wait till the next episode for a change. grin emoticon Here is the video that they watched.
    https://www.youtube.com/watch?v=16L8tZ0eDl4

    fb ga noolhey kiyuntherin mi link balaafa shauquverikan huriyya related videos ves balamun dhaanvy In Sha Allah 😀

  9. jana says:
    August 23, 2015 at 2:45 pm

    fb post:
    I know that the messages in the last few episodes have been heavy and i know that it must have been hard for some readers. But honestly i didnt want the story and this page to be “harsh”. i didnt plan this page to be one which says this is haram and thats haram. And that will seriously not be most of the posts on this page.
    Because i remember how i reacted a few years ago, when i was just told that you are not supposed to do these things. It never left a positive impact on me. Rather it left me depressed. It was not like i didnt want to be good person. Its just that i didnt find a good enough reason to follow what the sheikhs said. I doubted so many things about islam but i never said it out loud.
    One of my many motivations for starting this page is that i realize that i cant be the only one like that. And i want to reach out, especially to those people and share with them how all of my doubts got cleared. And when our doubts become clear, it wont be as hard for us to leave what Allah has forbidden us to do In Sha Allah. Because once we have come to truly believe, we say “We hear and we obey”

  10. een says:
    August 23, 2015 at 3:25 pm

    It’s interesting story. … I love this story. Plx upload soon Jana. ..

    1. jana says:
      August 23, 2015 at 8:19 pm

      Alhamdhulillah 🙂 Een jana thankolheh bodu masakkatheh kuran vefa eba oiy. e masakkathuge bodu baeh nimmafa dhen up kuraa hiyvany In Sha Allah. about 2-3 days. ekamaku mi dhuvaskolhu therey Hijra page varah active vefa majaa vaane 😀 Een follow kuraane kamah ummeedhu kuran. Jazakillah Khairan 😀

  11. anth abidha says:
    August 23, 2015 at 3:38 pm

    Wow. Varah salhi. Janaa hiy varaa eku kuriah gendhey. Varah salhi.

    1. jana says:
      August 23, 2015 at 8:20 pm

      jazakillah Khairan thi dhevvi hiyvarahtakai. Alhamdhulillah! 😀

  12. Maria says:
    August 23, 2015 at 4:37 pm

    Hama salhiyey. Foose noon. Avaha genesdinun eden. Beykaru vahakaae nei. Sifa kuruntha aslu madu masha. Sifakurunthakun character and mahalu ge theraya kiyuntherin vadeveyne.
    Jana dont take a brk. Vahaka liyachey.

    1. jana says:
      August 23, 2015 at 8:23 pm

      Maria dhekeny thi gothah dho? hehe….eki kiyuntherinnah vaahaka fennany eki nazarun. jana masakkaiy kuraanan jana ah heevaathan than rangalhu kureveytho In Sha Allah. Maria jana masakkatheh kuranvegenney break eh mi nagany. ehen kamakaa medhu visnan hure vaahaka liyan jana ah thankolheh udhagoo. ehenvyma. about 2-3 days fahun genesdheynan In Sha Allah. Maria mi dhuvaskolhu page ge post thah follow kurahchey. varah majaa vaane In Sha Allah 😀

  13. eema says:
    August 23, 2015 at 5:17 pm

    nice, masha allah. grt work jana 🙂 can i tlk to you jana? i wnt some help frm u

    1. jana says:
      August 23, 2015 at 8:25 pm

      Alhamdhulillah! Of course you can talk to me. Leave a msg to Hijra page and i will try to help if i can In Sha Allah 🙂

  14. Asiya says:
    August 23, 2015 at 5:26 pm

    jana, what messages are you trying to give.
    I never doubt abt the religion. but I never understood these sheikhs (most of the pple in Male’) they rather follow sunnah and leave farudh. specially woman. aaah I hate their gossipis. But u knw I luv speeches of sheikhs like Dr. Green, and Ismail mank.

    abt the story, it had a good beginning but it’s more like a brainwashing thing now. I think this site is simply for stories and if its about religion you could write more simply and interestingly instead of going to extremism.
    pls don’t end it giving the message like joining ISIS is a good thing.

    1. jana says:
      August 23, 2015 at 6:01 pm

      i saw this comment and just felt the need to reply this immediately. i wont take it that far. i dont even know much about ISIS O_O i just want to teach some things about the Quran that i learned. i really dont want to brainwash anyone. i seek refuge in Allah from saying anything that would leave a negative impact on anyone. the messages in the story less and simple. it will show how iman gives us self confidence, show how we need to respect our parents, it will show how we need to stand up for the right thing even if everyone around us is doing wrong.
      We shouldnt judge anyone just like we wouldnt want us to be judged by anyone else but Allah. We should think good of people no matter how bad they appear to us.
      And yes! i love Ismail Menk too 😀

    2. Hfhhjm says:
      August 23, 2015 at 9:14 pm

      Lol.

    3. Hfhhjm says:
      August 23, 2015 at 11:31 pm

      For asiyas comment 😛

    4. jana says:
      August 24, 2015 at 5:00 pm

      We shouldnt really laugh like that at anyone Hfhhjm. wouldnt we feel offended if we said something serious and someone laughed at us?

    5. Hfhhjm 2 says:
      August 25, 2015 at 12:15 am

      Hahahaha
      dhen e comment kiyaafa nuhevunee aa ragalhehnnu. ISIS o. 😛

    6. Mmeesa says:
      August 25, 2015 at 12:19 am

      Extreme ey? Jana ge story is not extreme. Varah salhi hama.
      mashah ves vee hama lol furathama asiya ge comment kiyaafa. Hihihihi

  15. sumone says:
    August 23, 2015 at 5:59 pm

    Jana thee hama best ….v v reethi

    1. jana says:
      August 23, 2015 at 8:25 pm

      Allah is greater and i am who i am only because of Him 🙂 Alhamdhulillah! 😀

  16. nukko says:
    August 23, 2015 at 6:21 pm

    Jana nukko ge suvaaleh eboii.. bf or gf negumakee faafa eh tha?.. plx rply.. I hav a doubt in that. Plx rply… and I lov this storyy.. Mashaallah…. 🙂 🙂 🙂 🙂

    1. jana says:
      August 23, 2015 at 8:32 pm

      hmm nukko thats not right. One of the reasons why i hesitate to say this is because i feel that this is quite a big problem to get out of. its something hard to leave. but as i said in the fb post it wont be as hard for us to leave whats forbidden if our iman is strong enough. and one of the best ways to strengthen our iman is to build a relationship with the Quran. And in this story you will see Afreen building that relationship unknowingly In Sha Allah 😀

    2. nukko says:
      August 23, 2015 at 8:36 pm

      Thanks a lot.. 🙂

  17. Inaa says:
    August 23, 2015 at 10:48 pm

    Mi bai ves rythi. …? Mihaaru haadha update eh nuvey. ..??

    1. jana says:
      August 24, 2015 at 5:02 pm

      Alhamdhulillah! hehe….inaa rulhi aeetha? 😛 jana avahah genesdheveytho masakkaiy kuraanan In Sha Allah 😀

  18. ❤shif zai❤ says:
    August 24, 2015 at 12:32 am

    Wow this part also too awsome..love it..waitting 4 next part❤

    1. jana says:
      August 24, 2015 at 5:03 pm

      haadha loabi heart thakey. jana ves try kuraa hiyvejje <3 <3 <3 hehe…Alhamdhulillah! (All praise and thanks belongs to Allah) 😀

  19. aseel says:
    August 24, 2015 at 1:03 am

    wat is d fb link?

    1. jana says:
      August 24, 2015 at 5:04 pm

      https://www.facebook.com/pages/Hijra/1445208739121696

  20. sumone says:
    August 25, 2015 at 4:34 pm

    Olhun araa thankolhei ebain …….enme fahakah afreen ge kanfathugai gugumaigen dhiyaeee shinaan haru adun eyna shinaan dheke loabi vaakan ingey kamah buneli basthakewe.

  21. SAMA says:
    August 26, 2015 at 10:29 am

    Jana kn irakun tha vaahaka up kuraanee… waiting for it…

  22. aafafoo says:
    August 26, 2015 at 8:36 pm

    Vaahaka up vytho eidheidhe varubalhiveje jana adhivs nuvytha up kuraakah kameh dhimaavyas agaalhaanama erunehnu egyny vs pls up koh dhynah dho miry

    1. jana says:
      August 26, 2015 at 9:11 pm

      aafafoo jana maadhama up kuraanan In Sha Allah. Really really sorry for this. 🙁

  23. lilyyy says:
    August 27, 2015 at 2:03 am

    Nice story
    Dheenee mingadah fethey
    V rangalhu
    Facebook page like kuran search koh koh nufenun
    ?????

Comments are closed.


All Right Reserved!