Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިދީނީ

ﷲ މަތިން ހަނދުމަކުރުން (4 ވަނަ ބައި)

Faxoo Level 310 Stories100 Comments500 Comments
October 18, 2015 3 Mins Read
18 Comments

އަހަރެމެން ކުޅެމުންދިޔައީ ބިރުވެރި ތަމްޞީލެކެވެ. އޭގައި މަރާއި، އަލުން ދިރުމާއި، ލޭ އޮހޮރުވުމާއި، ހަނގުރާމައިގެ މައިދާން ދައްކުވައިދެ އެވެ. އަހަރެން ހަމަޖެހިފައިވަނީ ތަމްޞީލުގެ ބަޠަލާގެ ގޮތުގަ އެވެ. ސަލްމާ އެކުޅުމުގައި އަދާކުރަނީ އަހަރެންގެ ދުޝްމަނެއްގެ ބައެވެ. އިތުރު ކުދިންތަކަކާވެސް އެކު އަހަރެމެން ފަރިތަކުރުން ކުރިއަށް ގެންދިޔައީމެވެ.

***

ތަމްޞީލުގައި ދުޝްމަނުން ރަނގަޅުބައިގެ ސިފައިންގެ މީހެއް ވަގަށް ނަގަ އެވެ. މިކަން ރަނގަޅުބައިގެ ލަޝްކަރަށް އެނގިގެންދަނީ އެމީހުންގެ ބަޔަކު ދުޝްމަނުންނަށް ޖާސޫސް ކުރަން ފެށިފަހުންނެވެ. ހަތުރުންނަށް އެމީހުންގެ ދުޝްމަނުންނަށް ވަގަށް ސިފައިންގެ މީހެއް ނެގިކަން ފަޅާއެރުމުން އެމީހުންގެ ބާރުގެ ދަށުގައިވާ ސިފައިންގެ މީހާ، އަނެއްދުވަހުގެ އިރު އެރުމުގެ ކުރީން އަނިޔާވެރި ގޮތަކަށް ޤަޠުލު ކޮއްލަ އެވެ. އަދި އެއަށްފަހު ޖިންނީންގެ ބާރުގެ ބޭނުންކޮށް ޤަޠުލު ކުރެވުނު ސިފައިންގެ މީހާގެ ސިފައިގައި މީހަކު ގެނެ އެވެ. އެމީހުންގެ ޞިޙުރުގައި ރަނގަޅުބައި މީހުން ޖައްސައި، އޮޅުވާލުމަށެވެ.

ސިފަ ޖެހިގަނެގެން ހުރި ޖިންނި، ރަނގަޅު ބައިގަނޑުތެރެއަށް ވަދެގަނެ، ފަހަރަކު މީހަކު މަރުގެ ރަހަ ދެމުންދާއިރު ލަޝްކަރަށް ރޭކާވެސް ނުލަ އެވެ. އެންމެ ފަހުން އެލަޝްކަރުގެ ކޮމާންޑަރަށް އެމީހުންގެ ޖާސޫސުން އެކަމުގެ ޚަބަރުދީ އެކަން އެނގުނުއިރު ލަޝްކަރުގައި ވިހި މީހުންވެސް ހަމަނުވެ އެވެ. ވަރުގަދަ، ޞިޙުރުވެރި ދުޝްމިނުންގެ ބައިގަނޑަށް ޙަމަލާ ދޭނެ ގޮތަކާއިމެދު މަޝްވަރާ ކުރުމަށްފަހު، ނިންމަނީ ދީނާއި، ވަޠަނާއި، އަނބިދަރިންގެ ޙައްޤުގައި ސާފު ހިތަކާއެކު ޤުރުބާންވުމަށެވެ. އެންމެ ފަހު ސިކުންތާއި ހަމައަށްވެސް ކަށިން ހިތްވަރު ނެރުމަށެވެ.

މިކަންކުރުމަށް ދުޝްމަނުންނާ ކުރިމަތިލުމަށް ނިންމަނީ މާތް ކަލާނގެ އާއި ވަކީލުކޮށް މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރާއި އެކުގަ އެވެ. އާދެ! ނަޞްރާއި ކާމިޔާބީއަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.

ލަޝްކަރުގެ ސިފައިން ހަނގުރާމައިގައި ޝަހީދުވުމުގެ މަތިވެރި ނިޔަތާވެސް އެކުގައެވެ. ތަމްޞީލުގެ އާޚިރު ނަތީޖާއަކަށް ވެފައިވަނީ ރަނގަޅު ބަޔަށް ނަޞްރު ލިބޭގޮތަށެވެ. މަޤުޞަދަކީ، ދީނާއި ދެކޮޅަށް އުޅޭ މީހުންގެ އާޚިރު ނަތީޖާ ވަރަށް ހިތި ވާނެކަން އެނގުމެވެ. އަދި މުސްލިމުންގެ އެންމެ ވަރުގަދަ ޙަތިޔާރަކީ ﷲގެ ޙަޟްރަތުގައި ދެންނެވޭ ދުޢާކަން ޘާބިތު ކުރުމެވެ.

***

ކޮންމެއަކަސް ތަމްޞީލު ކުޅެމުން ދަނިކޮށް އިވެންފެށީ މަޣްރިބު ނަމާދުގެ ބަންގީގެ އަޑެވެ. އަހަރެމެން ކުރިއަށް ގެންދިޔައީމެވެ. އަދި އެއްފަހަރު ފަރިތަކޮއްލުމުގެ ބޭނުމުގައެވެ. އެހެންކަމުން އަހަރެމެން ތަމްޞީލާއިގެން އުޅެމުން ވަޤުތުތައް ފާއިތުވަމުންދިޔަ ގޮތެއް އެއްވެސް ގޮތަކަށް ނޭނގުނެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ކޮންމެވެސް ކުއްޖެއްގެ ބެލެނިވެރިޔަކު ލަސްވެގެން އާދެ އެވެ. އެއިން ކޮންމެ ފަހަރަކުވެސް އަހަރުމެން ދެނީ ހަމަ އެއް ޖަވާބެކެވެ. އަދި ނުނިމޭ ކަމަށެވެ. ނިމުމުން ގުޅާނޭ ކަމަށެވެ. ހަޤީޤަތުގައި އަހަރެމެން ތިބީ ވާންވީ ވަރަށް ފަރިތަކޮށް، ސަލްމާގެ ކޮޓަރީގައި ޓީވީއިން ދައްކަމުންދާ ފިލްމެއްގެ ޞިޙުރުގައި ޖެހިފައި އެވެ.

އިރު އުދަރެހުން ތިރިވެ، ރަތް ވިލާތަކުގެ ކުލަ އަނދިރިވެ، އުޑުމަތީގެ ކުލަ ކަޅު ނޫކުލައަށް ބަދަލުވެ، ތަރިތައްވެސް ފާޅުވެ، އަނދިރިކަން ވެރިވާންފެށިތާ އެތައް ގަޑިއިރެއް ވެއަތުވެއްޖެ އެވެ. ފިލްމަށް ގެއްލި ހުސްވެފައިވާ އަހަރުމެންގެ ލޯތަކަށް ހޭވެރިކަންވީ ގަޑިން ވީވަރު ސަލްމާގެ މަންމަ އެންގުމުންނެވެ. ގަޑިން ރޭގަނޑު އެގާރަ ޖަހާ ބޮޑުވީ އެވެ. އެއީ އަހަރުމެންގެ އެކަކަށްވެސް ބޭރަށް ނުކުންނަން ކުޅަދާނަ ވަޤުޠެއް ނޫނެވެ espanolviagra.net.

ފަހަރަކު ކުއްޖަކުހެން އެކުއްޖެއްގެ ބެލެނިވެރިޔާ އާއިއެކު ދާންފެށި އެވެ. އަހަރެން ހުރީ މާމަގެ އިންތިޛާރުގައި އެވެ. ކާފަ ވާނީ އާދައިގެ މަތީން މަހަށް ގޮހެވެ. ގޭ ފޯނަށް ދެތިން ފަހަރަކު ގުޅައިވެސްފީމެވެ. މާމަގެ ޚަބަރެއްނުވެ ލަސްވާތީ އަހަރެން ކަންބޮޑުވާންފެށި އެވެ.

ސަލްމާމެން ގޭގައި އިތުރު ފަނަރަ މިނިޓް މަޑުކޮއްލުމަށްފަހު އެހެންގޮތެއް ނެތިގެން އެކަނި ދާން ނިކުތްތަނާ، ވިއްސާރަ ކަނި ޖަހަންފެށި އެވެ. ލުއިލުއި ކޮށް ވިއްސަމުން އައި ވާރޭތިކިތައް ބޮޑެތިވަމުން ވިއްސާރަ ބޯކޮއްލީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެވެ. ކައިރި ގޭގޭގެ ކަންކަން މަތީގައި ބަހައްޓާފައިވާ ހޮޅި ދަނޑިތަކުގެ އަލިވެސް ވިއްސާރައިގެ ތެރޭގައި ނެތްއެއްޗެއް ފަދަ އެވެ. ތަންދޮރު ވަކިނުވާ ވަރަށް އަނދިރިވާން ވެސް ފަށައިފި އެވެ.

އެންމެފަހުން ސަލްމާގެ އެދުމުގެ މަތީން އެގޭގައި ނިދުމަށް އަހަރެން ނިންމީމެވެ. މަޣްރިބް ނަމާދާއި، ޢިޝާ ނަމާދުގެ މަތިންވެސް އޭރު ހަނދާނެއް ނެތެވެ. އެއީ އަހަރެންގެ ޢާދައެއް ނޫނެވެ. ވަޤުތުން ވަޤުތަށް ނަމާދު އަދާއަށް ކުރުމަކީ އަހަންނަށް މާމަ ދަސްކޮށްދީފައިވާ ރިވެތި ޢާދައެކެވެ.

މިއާއި ޚިލާފަށް ސަލްމާމެން ގޭގައި ދަންވަންދެން އޮންނަނީ މިއުޒިކާއި ކުޅިވަރެވެ. ފިލްމާއި ކެއުމެވެ. އަހަންނަށް މިކަންތައް ފުރަތަމަ ކަމަކުނުދިޔަ އެވެ. ނަމަވެސް ފަހުން ސަލްމާ އާއި އެގޭގެ ދެތިން ކުއްޖަކުގެ އެދުމަށް ތާސްކުޅެން ފެއްޓީމެވެ. މި ކުޅިވަރުވީ އަހަރެން ވަރަށް ގަޔާވި ކަމަކަށެވެ. މެންދަމުން އަލިވިއިރުވެސް އަހަރެމެން ކުޅުން ހުއްޓައެއް ނުލަމެވެ. ޝައިޠާނީ ވަސްވާހަށް ހެއްލި، ކުޅުމުގެ ފޯރީގައި އަހަރެމެން ތިބީ ކިހާއިރެއް ވަންދެން ކަމެއް ޚުދު އަހަރެމެންނަކަށްވެސް ނޭނގުނެވެ.

އަހަންނަށް ހޭލެވުނީ ސަލްމާ ގޮވަން ފެށުމުންނެވެ. އޭރު ބޭރު ވަނީ އިރުގެ ގަދަ އަވިން ދިއްލާލެވިފައި އެވެ. އަހަރެންގެ މާމަގެ ޞިއްޙީ ޙާލަތު ދަށްކަމުން ހަސްފަތާލުގައި ބާއްވާފައި އޮތްކަމަށް ސަލްމާ ޚަބަރު ދިނެވެ.

އަހަރެން ދިޔައީ ސިއްސައިގެންނެވެ. މާމަ ބަލިކަމެއް އަހަރެން ނުދެނަހުރީމެވެ. އަވަސް އަވަހަށް މޫނުދޮވެ ނިމިގެން މިސްރާބުޖެހީ ހަސްފަތާލާއި ދިމާލަށެވެ. ނަސީބަކުން ފަސްވަރަކަށް މިނިޓުން އެހިސާބަށް ދެވުނެވެ.

މާމައޮތް ވޯޑަށް ދެވުނުއިރު ކާފަވެސް މާމަގާތު ހުއްޓެވެ. އަހަރެން ފެނުމާއިއެކު މާމަ ހިނިތުންވެލި އެވެ. އަދި ރޭގައި ލަސްވި ސަބަބު އޮޅުންފިލުވި އެވެ. އަހަރެން ތެދުތެދަށް ހުރިހާ ވާހަކައެއް ކިޔާދިނީމެވެ.

މާމަ ބުންޏެވެ. ‘އޭ ދަރިފުޅާ އެވެ! ދުނިޔޭގައި އުޅޭއިރު މިތުރުންނާއި ހަތުރުންނަށްވެސް ދިމާވެ އެވެ. އެދެބައި މީހުން ފާހަގަކުރުމީ ފޮތެއްގައި އަކުރެއް އެޅުންހައި ފަޞޭޙަ ކަމެކެވެ. ނަމަވެސް އެކަން ޤަބޫލު ކުރުމީ ހިމަ ތިނޯހެއްގެ ފަގައަށް ރޯނެއް ލެއްވުންފަދަ ކަމަކަށް ވާނެ އެވެ.

‘މާމަގެ ލޮލުގެ ކޮއިފަދަ ދަރިފުޅާ އެވެ! ޝައިޠާނާއަށް މަގު އޮޅުވާލަން ފަޞޭޙަވަނީ ދީނާއި ދުރު މީހުންނެވެ. އެފަދަ މީހުންގެ ސިކުނޑި އާއި ކުޅެލުމަކީ ޝައިޠާނާއަށް އެއްވެސް ކަމެއްނޫނެވެ.

ދަރިފުޅަށް ނަމާދު ވަޤުޠު ފާއިތުވީ އިރުވެސް ނޭނގުނީ ދުންޔަވީ ކަމަކަށް މާބޮޑަށް ހެއްލުމުންނެވެ.’

މާމަގެ ވާހަކަތައް އަހަންނަށް ޤަބޫލުކުރެވުނެވެ. ނަމަވެސް، ރޭގައި އަހަންނަށް ކުރެވުނީ ވަރަށްވެސް ފޮނި އަދި މަޖާ ތަޖުރިބާއެކެވެ. އަދި އެއްފަހަރު އެގޮތަށް އުޅެލަން ހިތް އެދެންފެށީ އަހަރެންގެ އިޚްތިޔާރަކާއިވެސް ނުލަ އެވެ. ނަމަވެސް މާމަ އާއި ކާފަގެ ވާހަކަތަކަށް އަހަރެން ދެކޮޅުހެދުމުގެ ގޮތުން އެކައްޗެއްވެސް ނުބުނަމެވެ.

މެންދުރުވުމުން، އަހަރެން މަދަރުސާ އަށް ދިޔައީމެވެ. އެހެން ދުވަސް ދުވަހާއި ޚިލާފަށް ބުނެދޭން ނޭނގޭ ފަދަ އިޚްޞާޞްތަކެއް އަހަންނަށް ކުރެވެމުން ދިޔަ އެވެ. ކިލާސްތެރޭގައި އަހަރެން ގާތުގައި އިންނަ ސަލްމާގެ ހަރަކާތްތަކަށް ފުރަތަމަ ފަހަރަށް ޝައުޤުވެރި ވެވުނެވެ. މުދައްރިސް ފިލާވަޅު ނަގައިދެއްވަމުން ގެންދަވާއިރު، ސަލްމާ އާއި ޔުމްނާ ދިޔައީ ކޮންމެވެސް އެހެންކަމެއްގައި މަސްޢޫލު ވަމުންނެވެ. އެމީހުން އެކުރަނީ ކީއްތޯ އަހަރެން ސުވާލުކުރީމެވެ. އެމީހުންގެ ވާހަކަހުރި ގޮތުން އަހަންނަށް އެނގުނީ އެމީހުން ކޮންމެވެސް އެއްޗެއް ކުރަހަމުން ދާކަމެވެ. އެވަޤުޠު އަހަރެންގެ އަނެއްފަރާތުގައި އިން ފަރަޙަ އަހަންނަށް ނަޞޭޙަތްތެރިވީ ފިލާވަޅަށް ސަމާލުކަން ދިނުމަށެވެ. ނަމަވެސް އަހަންނަށް އެމީހުންގެ ހަރަކާތްތަކުގެ ޞިޙުރުގައި ޖެހިފައިވަނީ އެއަށްވުރެން ބޮޑަށެވެ. ނަތީޖާއަކަށް ވެގެންދިޔައީ ސަލްމާ އާއި ޔުމްނާގެ އިތުރުން އަހަރެންވެސް ނާޡިރުގެ އޮފީހަށް ޙާޟިރުކުރުމެވެ.

Share Article

Follow Me Written By

Faxoo

Level 310 Stories100 Comments500 Comments

Other Articles

Previous

ޝެރިން (7 ވަނަ ބައި)

Next

ހިތުގަ މިވާ ސޫރަ ތެދޭ!! 4

Next
October 18, 2015

ހިތުގަ މިވާ ސޫރަ ތެދޭ!! 4

Previews
October 18, 2015

ޝެރިން (7 ވަނަ ބައި)

18 Comments!

  1. nanni says:
    October 18, 2015 at 9:33 am

    me 1st dhw yaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa v reethi

    1. Faxoo says:
      October 18, 2015 at 11:12 am

      yes nanni ? you’re first. thanx for the excitement ?

  2. nazi says:
    October 18, 2015 at 10:15 am

    vara reethi keevetha ehaalahun up kuranee plz avaha up kolladhechey

    1. Faxoo says:
      October 18, 2015 at 11:14 am

      nazi. sorry. Faxoo adhi ehen vaahaka eh ves up kuramun dhaathy mi vaahaka las vany. dhen avahah up kuraanan insha Allah 🙂 ?

  3. MarSha says:
    October 18, 2015 at 11:41 am

    This is very nice.. i like this.. keep up the great work faxoo

  4. Anonymous says:
    October 18, 2015 at 12:35 pm

    hus beykaaru vaahaka… thankolheh shauguveri koh gendhevidhaane kanneyge..

  5. nash says:
    October 18, 2015 at 3:37 pm

    Aee dhogeh fazoo, dheenee vaahaka eh vyma anonymous ah kamunudhany kanneange, nway vaahaka v v salhi, next part ge inthizaaruga mihury

    1. Faxoo says:
      October 18, 2015 at 8:00 pm

      its ok nash 🙂

  6. Liyuntheriyaa says:
    October 18, 2015 at 4:45 pm

    Faxoo, this is not a story.If you are advocatiing veiling of woman and a return to conservative Muslim values, an essay in the right publication– how about our online newspapers– would have served you better.I do hope to read a real story of yours in this site devoted to stories. You have imagination, and it appears, a gift for descriptive prose.
    I wish you well.

    1. Faxoo says:
      October 18, 2015 at 8:01 pm

      thnx 🙂

  7. Anonymous says:
    October 18, 2015 at 7:13 pm

    aslu bodah dhekevey vahaka madhuveema hadi vanee.. ?

  8. Pandit says:
    October 19, 2015 at 9:34 am

    Faxoo, Please engage your talents to advocate things that are acceptable
    to civilised society all over the world.Veiling woman is not! It is afront to the dignity of woman, and as such they have been baned in some countries!

    1. Arcane_Belle says:
      October 19, 2015 at 12:06 pm

      Pandit, this story talks about us here. Not the western countries where veils are banned.
      Faxoo 🙂 awesome. Ma sha Allah.

  9. Pandit says:
    October 19, 2015 at 9:53 am

    Faxoo, Please engage your talents to advocate things that are in the doman
    of universal truths acceptable to civilised society all over the world.
    Veiling women was not and never will be. It is an afront to the dignity
    of women, and such, banned in some countries!

  10. Pandit says:
    October 19, 2015 at 12:50 pm

    Arcane Belle
    I do not wish to engage in a pointless debate with you. In my comments I said nothing about western countries.I am talking of universal truths accepted by civilised society all over the world.And that includes Maldivian!

    1. Faxoo says:
      October 21, 2015 at 10:29 pm

      I need to contact Admin to get clear with this confusion… :/

  11. kokky says:
    December 22, 2015 at 12:01 pm

    vvvvvvvvvvvvvvvvvvvvvvvvvvarah reethi. Mashaa Allah 🙂

  12. Khajja says:
    March 16, 2019 at 12:55 am

    Kobaatha mi story ge anebbai up kolladhybala plx

Comments are closed.



All Right Reserved!