އަލީއާއި އޭނާގެ ރައްޓިސް އަޙްމަދުއާކީި ފޯޓްނައިޓްކިޔާ ގޭމަކަށް ވަރަށް ލޯބިކުރާބައެކެވެ. ރެއާ،ދުވާލު،ނުކައި،ނުބޮއި ވަރުބަލިކަމެއްނެތި އަބަދާ އަބަދު ކުޅެމުންދެއެވެ. އެއްދުވަހުކު އޭނާގެ ރައްޓިސް އަހްމަދު ޓޮޕް 5 ޗާރްޓުގެ 2ވަނައައް އެރިއެވެ. މިކަމާ އަލީ ވަރަށް ޖޭވިއެވެ. އެހެންވެ އަލީ ގިނަގިނައިން ކުޅެގެން އަލީ ޓޮޕް 5 ޗާރްޓުގެ 5ވަނައަށް ހާސިލް ކުރިއެވެ. އެކަމަކު އަލީ ޗާރްޓުގެ 5ވަނަ ހާަސިލްވިއިރު އޭނާގެ ރައްޓިސް އަހްމަދު ޓޮޕް 5 ޗާރްޓުގެ 2ވަނައިގައިއެއް ނެތެވެ. އަލީ ހީކުރީ އަހްމަދު ބަލިވެގެން ދެތިން ދުވަހައް ނުކުޅޭތީ ދައްވީކަމަށެވެ. ނަމަވެސް ކަންވީ އެގޮތަކައްނޫނެވެ. އޭނާ ސްކޫލަކައްވެސް 3ހަފްތާވީއިރުވެސް ނުދެއެވެ. ދެން އަލީ ހީކުރީ މާލެ ދިއައީކަމަށެވެ. ދެން ގެއަށް ގޮސް މަންމަގާތުއެހުމުންބުނީ އަހްމަދު 2ދުވަސްކުރިން މަރުވިވާހަކައެވެ. ދެން އެއްރޭ އަހްމަދުގެ ގޭގައި ހޭދަކުރިދުވަހެއްގާ އަހްމަދުގެ ކޮއްކޮއާއެކީ ފިލްމެއްބަލަންއިދެފާ އަހްމަދުގެ ކޮއްކޮބުނީ ” އިގޭތަ އެގޭމޭ ދޮންބެއާއި އަޅުގަނޑުގެ ކުލާހުގާއުޅޭ މުހައްމަދުވެސް މަރާލީ ”. ” ކީކޭ؟ ” އަލީ ބުންޏެވެ. ” ލައްބަ، މުހައްމަދު ގޭމުގައި މަރުވިގޮތަކީ ބޮމެއް ކަރިއަށް ވެއްޓިގެން ގޮވައިގެން، އޭގެ 12ގަޑީރުފަހުން އެގޭގެ ބަދިގޭގައި ރޯވެގެން އުޅުންއިރު އެތަނާއެންމެ ކައިރީހުރީ މުހައްމަދުއެހެންވެގެން އޭނާ މަރުވީ ” އަހްމަދުގެ ކޮއްކޮ ބުންޏެވެ. ” ތިޔަވެދާނެ އެކްސިޑެންޓެއްކަމަށް ” އަލީ ވަރަށް ބިރުންހުރެ ބުންޏެވެ. […]
އިންސާނަކަށް ކެތްކުރެވޭނެ އެންމެ މަތީ ދަރަޖަ އަށް ކެތްކުރަމުން ދިޔަ ނޫރިޝް އޮތް ތަނަށް ދެމުނީ ހޭނެތިގެންނެވެ. ޓާސްކު ފުރިހަމަ ކުރަމުން ދިޔަ ކުދިންނަށް ބަލަހައްޓައިގެން ހުރި އީޝަލް ގެ ދެލޯ ހޯދަމުން ދިޔައީ ނޫރިޝް އެވެ. ކުއްޖަކަށްފަހު ކުއްޖަކު ޓާސްކު ފުރިހަމަ ހަމަ ކޮށްފައި ސްކޮޑަށް ވަންނަން ދިޔަ އިރު އެތަނަށް އައި އެންމެ ފަހު ކުއްޖާ ފެނުމާއި އެކު އީޝަލް އަށް ނޫރިޝް އޭ ކިޔާލެވުނެވެ . ދެން ފެނުނީ ވަޅުގަނޑު ކައިރީ ހުއްޓައެވެ. ވަޅުގަނޑު ގެ ތެރޭގައި ހޭނެތިފައި އޮތް ނޫރިޝް ފެނުމާއިއެކު އީޝްލް ހުރެވުނު ތަންވެސް ނޭނގުނެވެ. ނޫރިޝް އޭ ކިޔާ ރޮއިގަތުމަށް ފަހު ވަޅުގަނޑުގެ ތެރެއަށް ފުންމާލިއެވެ. އީޝަލް ގެ އަޑަށް ހުރިހާ ކުދިންތައް ވީ ގޮތެއް ބަލާލަން ވަޅުގަނޑު ދޮށަށް އެއްވާން ފެށިއެވެ. ފެނުނު މަންޒަރުން ހުރިހާ ކުދިން ގެ މޫނު މައްޗަށް ވެރިވީ ހައިރާން ކަމެވެ. ނަމަވެސް ހުރިހާ ކުދިންނާއި ތަންކޮޅެއް ދުރުގައި ހުރި އަންހެންކުއްޖާގެ މޫނު މަތިން އެއްވެސް ވަރަކަށް ހައިރާން ކަމެއް ނުފެނެއެވެ. އެހެން ކުދިންނާއި ޚިލާފަށް އޭނާ ހުރީ ވަރަށް ހަމަޖެހިލާފައެވެ. ނޫރިޝްގެ ބޯ އީޝަލް ގެ ފައި މަތީ ބާއްވައިގެން ނޫރިޝްގެ ކޮލުގައި ތަޅާ ގޮވަމުން ދިޔަ އީޝަލްގެ ހޭބުއްދި ފިލައިފައިވާ ފަދައެވެ. އެކުވެރިޔާ އެ ހާލުގައި އޮތް ތަން ފެނުމުން އޭނާގެ ހިތަށް ކެތްނުވީއެވެ. ހައިރާންވެފައި ތިބި ކުދިންތައް ހޭވެރިކަން ވީ އީޝަލް އެމްބިއުލެންސް އަށް ގުޅާށޭ ކިޔާ ހަޅޭއްލަވައި ގަތުމުން ނެވެ. ދެ ކުއްޖަކު ގޮސް ފޯނު ހިފައިގެން އައިސް އެމްބިއުލެންސް އަށް ގުޅިއެވެ. ‘ވީއޫ ވީއޫ ‘ ސައިރެން އަޅަމުން ބާރު ދުވެލީގައި ދުއްވަމުން އައި އެމްބިއުލެންސް ސްކޫލުގެ ގޭޓު ތެރެއިން ވަދެގެން ގޮސް ކޭމްޕް އޮތް ސަރަހައްދަށް ވަދެގެން އައި އިރު ސައިރެންގެ އަޑު ގަދަ ކަމުން ސްކޫލް ދޮށަށް ކޭންޕް އަށް އައިސް ތިބި ކުދިން ގެ ބެލެނިވެރިން އެއްވަމުން ދިޔައީ އެމީހެއްގެ ދަރިއަކަށް ގޮތެއް ނުވޭތޯ ހިތާ ހިތުން ދުއާ ކުރާ ހާލުގައެވެ. އޭގެތެރޭގައި ނޫރިޝް ގެ މަންމަ ނޫރާ ވެސް ހިމެނުނެވެ. ސްޓްރެޗާރ އަކަށް ލައިގެން ގެނެސް އެންބިއުލެންސް އަށް އެރުވި ނޫރިޝް ފެނި ނޫރާ މަގޭ ދަރި އޭ ކިޔާ އެންބިއުލެންސް އާ ދިމާލަށް ދުއްވައި ގަތެވެ. ނޫރާ އެންބިއުލެންސް އަށް އެރީ ނޫރިޝް ގެ އެހީތެރި އަކު އެބަހުރި ހޭ އެހުމުންނެވެ. ނޫރާ އެންބިއުލެންސް އަށް އެރުމުން ބާރު ދުވެއްޔެއްގައި އެންބިއުލެންސް ނައްޓާލީ ރަށު ހޮސްޕިޓަލް އާ ދިމާލަށެވެ. ނޫރިޝް ދިއުމާއެކު އަނެއްކާވެސް ހުއްޓުމަކަށް އައި ހަރަކާތްތައް ކުރިއަށް ގެންދަން ފެށިއެވެ. އީޝަލް ވެސް ހުރިހާ ހަރަކާތެއްގައި ބައިވެރިވީ ނަމަވެސް ކުރިން ފެނުނު ފަދަ ޖޯޝެއް އެ މޫނު މައްޗަކުން ނުފެނެ އެވެ.އޭނާ ހުރިހާ ހަރަކާތެއްގައިވެސް ބައިވެރިވަނީ ނަމަކަށެވެ. މަޖުބޫރުވެފައިވާ މީހެއް ފަދައިންްނެެވެ. ހޮސްޕިޓަލްގެ ގޭޓުން އެތެރެ އަށް އެންބިއުލެންސް ވަދެގެން އައި އިރު އެމަރޖެންސީ ޕޭޝަންޓެއްގެ ގޮތުގައި ގެނައި ނޫރިޝްގެ އިންތިޒާރުގައި ދެ ނަރުހުންނާއި ޑޮކްޓަރެއް އެމަރޖެންސީ ރޫމް ތެރޭގައި ތިއްބެވެ. އެންބިއުލެންސް އިން ބާލައިގެން ސްޓްރެޗާރގައި ގެނައި ނޫރިޝް ފެނުމުން އެމީހުން އެމީހުން ގެ މަސައްކަތާއި ހަވާލުވިއެވެ. އެމަޖެންސީ ރޫމްގެ ކުރިމަތީ ގައި ދެކޮޅު ދެކޮޅަށް ހިނގަމުން ދިޔަ ނޫރާ ގެ ނަޒަރު އެމަޖެންސީ ރޫމް ގެ ދޮރާ ވަކިނުވެއެވެ. އެތަނުން ޑޮކްޓަރު ނިކުންނާނެ އިރަކަށް އޭނާ ކެތްތެރިކަމެއްނެތި އިންތިޒާރު ކުރާތާ މިހާރު ބައި ގަޑި އިރު ވަނީ އެވެ. އޭނާގެ އިންތިޒާރަށް ނިމުމެއް އައީ ދޮރު ހުޅުވާފައި ޑޮކްޓަރު ނިކުތުމުންނެވެ. ” އަޅުގަނޑުގެ ދަރިފުޅު ކިހިނެއް ތޯ! ” ބާރު ހިންގުމެއްގައި ގޮސް ޑޮކްޓަރުގެ ކުރިމަތީގައި ހުއްޓިލަމުން ނޫރާ އަށް އަހާލެވުނީ ހާސްވެފައިވާ ރާގަކަށެވެ. ވާނީވެސް އެހެންތާއެވެ. ނޫރިޝްގެ ބައްޕަ ރިޝްވާން ވަނީ ނޫރިޝް އަށް ދެ އަހަރުގައި ހިނގި އެއަރ ކްރެޝް އެކްސިޑެންޓެއްގައި މިދުނިޔެއާ އަލްވަދާއު ކިޔާފައެވެ. އެދުވަހުގެ ފަހުން ނޫރިޝް އަށް މަންމަ އެއްގެ ލޯބި އަދި ބައްޕައެއްގެ ލޯބިވެސް ދިނީ ނޫރާ އެވެ. ނޫރާގެ ހަށިގަނޑުގައި ނޭވާ ހުރި ހިންދަކު އެ އަމާނާތަށް ރައްކާތެރިވާން ނޫރާ ބޭނުމެވެ. ނޫރިޝް އަށް ކިރިޔާ ކަމެއްވިޔަސް އޭނާގެ އަމިއްލަ ނިދި ގުރުބާން ކޮށްފައިވެސް ނޫރިޝް އަށް ޚިދުމަތްކޮށްދޭން ނޫރާ އިންދެއެވެ. އެހާ ވެސް އޭނާގެ ހިތުގައި ނޫރިޝް އަށް އޮތް ލޯބި ފުންވެފައި ވަރުގަދައެވެ. މީގެންވެސް އިނގެނީ މައިވަންތަކަމުގެ ލޯބީގެ ބާރުގަދަ ކަމެއް ނޫން ހެއްޔެވެ؟ ” ނޫރިޝް އަށް މާ ބޮޑު ކަމެއްނުވޭ…ހުންގަދަވީމަ އަނބުރައިގަތީ… ގިނައިން ދިޔާއެއްޗެހި ދިން ވަރަކަށް ރަނގަޅުވާނީ… ހުން މަޑިއްޔާ މާދަން ބަލާލާާފަ ޑިސްޗާޖް ކުރެވޭނެ… އަނެއްހެން މާ ބޮޑުކަމެއްނުވޭ… މިހާރު ވާރޑް އަށް ބަދަލު ކުރަމުން އެދަނީ… ‘ ”ހިތްހެޔޮ ހިނިތުންވުމަކާއިއެކު ޖަވާބު ދިނުމަށްފަހު ޑޮކްޓަރު އެނބުރި ގޮސް އެމަޖެންސީ ރޫމަށް ވަނެވެ. ޑޮކްޓަރުގެ ޖަވާބުން ނޫރާގެ ހިތަށް ހަމަޖެހުމެއް ލިބިގެންދިޔައެވެ. އެކަމުގެ ކުލަވަރުތައް އޭނާގެ މޫނުމަތިންވެސް ފެންނަމުން ދެއެވެ. ނޫރިޝް ވޯޑަށް ބަދަލް ކުރުމުން ނޫރާ އެތަނަށް ދިޔަ އިރު ނޫރިޝް އޮތީ ނިދިފައެވެ. އެހެންކަމުން ނޫރާ އަވަސްވެގަތީ ނޫރިޝް ހޭލުމުގެ ކުރިން ނޫރިޝް އަށް ކާނެ އެއްޗެއް ހެދުމަށް ގެއަށް ދާށެވެ. ދިޔަ މަގުމަތީގައި ކައިރި ބޭސް ފިހާރަ އަކަށް ވަދެ ބޭސް ސިތީ އަށް ބޭސް ނެގިއެވެ. ގެއަށް ގޮސް ނޫޑްލްސް ކައްކައިގެން އެ ހިފައިގެން އައިސް ވަތް ނޫރާ އަށް މީހެއްގެ ބާރު ހަޅޭކެއްގެ އަޑު އިވުނެވެ. އަޑު އައި ދިމާލަށް ދާން އުޅެފައިވެސް ނޫރިޝް ހޭލަފާނޭ ހިތަށް އެރުމުން ވޯޑާ ދިމާ އަށް ހިންގައިގަތެވެ. އެ އަޑު މަޑު މަޑުން ހިނދެމުން ހިނދެމުން ގޮސް އެއްކޮށް ހިނދުނު އިރުވެސް ނޫރާ އަށް ވިސްނެމުން ދިޔައީ އެ އަޑާ މެދުގަ އެވެ. ފުން ވިސްނުމެއްގައި ހުރެ ގޮސް ވޯޑަށް ވަން ނޫރާ ގެ ދެލޯ ބޮޑުވެ އަތް […]
އިރު ފެނުން ތޮޅެލީ ކޮންމެ މީހެއްގެ ހަޔާތުން ވެސް އާ ސޮފްހާ އެއް ހުޅުވައި ދެމުންނެވެ. އެއްބަޔަކަށް ހިތާމަ އާއި ވޭން އަދި އަނެއްބަޔަކަށް އުފަލާ ހިތްހަމަޖެހުން ގެނެސް ދެމުންނެވެ. ދުވަހަކީ ހުކުރު ދުވަހެކެވެ.ބަންދު ދުވަހަކަށް ވުމުން އެންމެންވެސް ތިބީ ތަންމަތިން ތެދުވަން ބޭނުންނުވެފައެވެ. އަރާމުގައި ނިދާލާފައި އޮތް ނޫރިޝް އަށް ހޭލެވުނީ ފޯނު އެލާމްވާ އަޑަށެވެ . ކަންނެތް ގޮތަކަށް އެއްލޯ ހުޅުވާލުމަށްފަހު އެލާމް އޮފް ކޮށްލަން އުޅެނިކޮށް ރިމައިންޑަރ އަށް އަރާފަ އިން ‘ ކެޑޭޓް ކޭމްޕް’ ފެނި ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. ފޯނު އެނދު މައްޗަށް އެއްލާލުމަށްފަހު ތުވާލި ހިފައިގެން އަވަސް އަވަހަށް ފެންވަރައިގެން ނިކުމެރީތިވިއެވެ. ބުރުގާ އަށް ފަހު ޕިން ޖަހި ތަނުން ދޮރުގާ ޓަކި ޖަހާ އަޑު އިވުނެވެ. މަޑުހިނގުމެއްގައި ގޮސް ދޮރު ހުޅުވާލި އިރު ދޮރު މަތީ ހުރީ އެންމެ ގާތް އެކުވެރިޔާ އީޝަލް އެވެ. ” ކަމަނާފާނަށް އަދިވެސް ރީތިވެވޭ ކަމަށް ނުވޭތަ! ” އީޝަލް ދިމާކުރާ ރާގަކަށް ބުނެލީ ނޫރިޝް ލޯގަނޑު ކުރިމަތީ ސެންޓު ބުރުވަން ހުރީމައެވެ. ”ސާބަސް! މި ނިމުނީ އޭ…މީނަޔާ ހެދި މަށަށް ހަމަޖެހިލައިގެން ސެންޓު ކޮޅެއްވެސް ބުރުވާ ނުލެވޭނެ…ވަރަށް ފޫހިވޭ…”އަނގަ އަށް ވައްތަރެއް ޖައްސާލަމުން ނޫރިޝް އެނދުމަތީ އޮތް ދަބަސް ނަގާ ކޮނޑުގައި އަޅުވާލަމުން ކޮޓަރިން ނިކުންނަން ހިންގައިގަތެވެ. އޭނާގެ ފަހަތުން ނިކުތް އީޝަލްގެ ކޮނޑުގައި ވެސް ދަބަހެއް އޮތެވެ. ހީވާ ގޮތުން އެއީ ކޭމްޕް ގެންދަން ގެންގުޅޭ ދަބަހެކެވެ. ދެމީހުން އެކުގައި ގެއިން ނުކުންނަން މިސްރާބު ޖެހި ނަމަވެސް އީޝަލްގެ މިސްރާބު ބަދަލް ކޮށްލީ އެއްޗެއް ނުލާ އާދެވުނު ހަންދާން ވުމުންނެވެ. ގޭތެރެއަށް ވަދެފައި އެނބުރި އައި އިރު އަތުގައި ފިޔާތޮށި ކުލައިގެ ސްލީޕިންގ ބޭގް އެއް އޮތެވެ. ”އޯ ޝިޓް ” ނިތްކުރިމަތީގައި އަތުން ޖަހާލަމުން ނޫރިޝް ވެސް އޭނާގެ މިސްރާބު ބަދަލުކޮށްލިއެވެ. އެނބުރި އައީ އޭނާގެ ނޫކުލައިގެ ސްލީޕިންގ ބޭގް ހިފައިގެންނެވެ . ” ތޭންކްސް އީޝް…އީޝްގެ ސްލީޕިންގ ބޭގް ފެނިފައި މި ހަނދާން ވީ ވެސް… ނޫންނަމަ ނުލާ ދެވުނީހީ… ތޭންކް ގޯޑް…” އީޝަލް ބަދަލުގައި ހިނިތުންވެލީއެވެ. މުޅި މަގުމަތިން ވެސް އެވަގުތު ފެންނަނީ ފެހި ކުލައިގެ ކެޑޭޓް ޔުނީފޯރމްގައި ކެޑޭޓަށް ދާން ތައްޔާރުވެގެން ތިބި ކުދިންނެވެ. މަޑު ހިންގުމެއްގައި ހިންގަމުން ދިޔަ ދެ މީހުންނަށް މާ ލަސްތަކެއްނުވެ ސްކޫލަށް ފޯރާފިއެވެ. ވަދެ ހަމަ ޖެހިނުލާ އުޅެނިކޮށް ސްކޮޑަށް ގޮވުމުން ދަބަސްތައް ބަހައްޓާފައި ހުރިހާ ކުދިންވެސް ގޮސް ސްކޮޑަށް އެރިއެވެ. ފުރަތަމަ އޮތީ ރަށް ވަށައިގެން ދުވުމެވެ. އެއަށް ފަހު ހެންދުނުގެ ސަޔެވެ. ހަރަކާތަކަށް ފަހު ހަރަކާތެއް ނިމެމުން ވަގުތު ހޭދަވަމުން ގޮސް ހަވީރު ވެއްޖެ އެވެ. ބަރާބަރު ހަވީރު ހަތަރަކަށް ހުރިހާ ކުދިން ހަމަވުމުން ހަވީރުގެ ހަރަކާތްތައް ފަށާފިއެވެ. ފުރަތަމަ އޮތީ ލެޕަޑް ކްރޯލް އެވެ. ލެޕަޑް ކްރޯލް އަށް މުޅި ޕްލޭ ގްރައުންޑް ވަނީ މަގެއް ހެން އެއްކޮޅުން އަނެއް ކޮޅަށް ކޮނެ ތައްޔާރު ކޮއްފައެވެ. ގުރޫޕަކަށްފަހު ގުރޫޕެއް ނިމެމުން ނޫރިޝް މެން ގުރޫޕަށް ޖެހިއްޖެއެވެ. ކުއްޖަކަށް ފަހު ކުއްޖަކު ފައިބަމުން ގޮސް ނޫޫޫޫރިޝް އަށް ޖެހިއްޖެއެވެ. އެ ވަޅުގަނޑުގެ ތެރޭ ފައި ޖެހުމާއި އެކު ނޫރިޝް ގެ ލޯމައްޗައް އަނދިރިވާހެން ހީވި އެވެ. ހިނދުކޮޅެއްގެ ތެރޭގައި އެކަން ރަނގަޅު ވެ ދެން ރިއްސަން ފެށީ ބޮލުގައެވެ. އެވަގުތު އެތެރެ ހަށި ފިހޭ ފަދަ ދިލަ ހޫނެއް ހަށިގަނޑުގެ ތެރޭ ދައުރު ވަމުން ދާފަދަ އިހްސާސެއް ކުރެވުނެވެ. ކެތްކުރަން ދަތި ވުމުން ނޫރިޝް ކުޑަކަކޫ މައްޗައް ތިރިވިއެވެ. ކަށިގަނޑު ގޮއްވާލި އަޑަށް ހުރިހާ ކުދިން ޓާސްކު ފުރިހަމަ ކުރުމުގެ މަސައްކަތް ފެށިއެވެ. ވާދަ ވެރި މާހައުލުގެ ތެރެއަށް އެންމެން ގެނބިގެން ދިޔަ އިރު މުޅި މާހައުލު ގުގުމާފައި ވަނީ ސަޕޯޓް ގެ އަޑާއި ހަޅޭކުގެ އަޑުންނެވެ. މިހެން ވުމުން ނޫރިޝް ގެ ވޭނީ ކުކުރުމުގެ ދިޔައީ އެ އަޑުގެ ތެރެއަށް އޮބިގެންނެވެ. އިރަކަށް ވުރެ އިރެއް އެ ހޫނު ދިޔައީ ގަދަވަމުންނެވެ. ހަމަ ދެންމެ ދެންމެ މީހާ ފިހިދާނެހެން ހީވާ ފަހަރުވެސް އާދެއެވެ. އިންސާނަކަށް ކެތްކުރެވޭނެ އެންމެ މަތީ ދަރަޖަ އަށް ކެތްކުރަމުން ދިޔަ ނޫރިޝް އޮތްތަނަށް ދެމުނީ ހޭނެތިގެންނެވެ. = ނުނިމޭ =
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ރޮއިރޮއި ހަނާވުން ނޫންގޮތެއް ނެތެވެ. މަޔަކަށް ވުމުގެ ނަސީބެއް ނުލިބުނެވެ. ފިރިމީހާގެ ކުދިން ތިބޭތީ އިތުރު ކުދިން ނުހޯދަނީއެވެ. އަހަރެންގެ ހިތުން ކެކި އުތުރިއަރާ ޖަޒްބާތުތަކުގެ އަސަރެއްނުކުރިއެވެ. މަޔަކަށް ވުމަށްޓަކައި ޤުރްބާންތަކެއްވާންވީއެވެ. މިލޯބި ދޫކޮށް އެލޯބި ހޯދަންވީއެވެ. މަސްތީ ނިދީން ހެލަންވީތާ ކިތަންމެ ދުވަހެކެވެ. މަޤްސަދެއް ނެތި ދިރިއުޅުމުގެ ބޭނުމެއް ނެތެވެ. ތަކުރާރުކޮށް ކުއްޖަކު ބޭނުން ކަމަށް ބުނެފީމެވެ. ކަހާތަން ހިރުވާވެސް ނުލައެވެ. މިހާރު ރައްކާތެރި ޢުމުރު ގެއްލެނީއެވެ. ދުވަސްކޮޅަކުން ޢިއްދައިންވެސް ކެނޑިދާނެއެވެ. […]
އިސްމާޢީލްޢަލީ ރ.ކަނދޮޅުދޫ ކަލާ ވަކިވެ ދިޔައީ ހުރިހާ އެއްޗެއް ހިފައިގެންނެވެ. މިހާރު ނިދާ ހިތެއްނުވެއެވެ.ނިދި ލޮލާއި ރުޅިބުނެފިއެވެ. މިހާރު ކާހިތެއްނުވެއެވެ.ބަނޑު އެކަމާއި އެއްބަހެއްނުވިއެވެ. މިހާރު ރީތި ހެދުން ލާހިތެއްނުވެއެވެ.ބަލާނެ މީހަކު ނެތީމައެވެ. މިހާރު ކުރާ ހިތްވާ އެއްކަމެއް އެބައޮތެވެ. ކަލާ ހަނދާން ކުރުމެވެ. ސިޓީތައް ނިއުޅަ ނިއުޅާފައި ކިޔުމެވެ. މެސެޖްތައް ހުޅުވައިގެން ބެލުމެވެ. ފޮޓޯއަލްބަމް ނަގައިގެން ބެލުމެވެ. ލޯބީގެ ހަދިޔާތައް ނަގައިގެން ސާފުކުރުމެވެ. ކަލާގެ ރިތިކަމާއި އަސަރުގަދަ ކަމުގެ ވާހަކަ ލިޔުމެވެ. ކަލާއަށް ފޮނުވާނެ ހަދިޔާތައް ހޯދުމެވެ. […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަހަރެން ފެނުމުން އެކަކުވެސް މިއީ ހިތާމަތަކެއް ލިބިފައިވާ މީހެއްކަމަށް ޤަބޫލެއް ނުކުރާނެއެވެ. އެއީ އަހަރެންގެ އާދަތައް ހުންނަގޮތުންނެވެ. އެއީ އަހަރެންނަށް އަހަރެންގެ މައިންބަފައިންގެ ފަރާތުންލިބިފައިވާ ރަގަޅު އާދަތަކެކެވެ. އަހަރެންގެ ހިތާމަތައް ފޮރުވުމަށްޓަކައި އަބަދުހެން ތާޒާކޮށް ހުންނަމެވެ. އިރުންއިރަށް ހެދުން ބަދަލުކޮށް ހަދަމެވެ. މީހުންނަކަށް އަހަރެންގެ ހިތާމަތަކުގެ ވާހަކައެއް ކިޔައިދީއެއް ނުހަދަމެވެ. މޫނުމަތިން އަބަދުވެސް އުފާވެރިކަން ދެއްކޭތޯ މަސައްކަތްކުރަމެވެ. އަހަރެން ޙަޔާތުގެ ބައިވެރިއަކު ހޯދީ އެއްވެސް މަޖުބޫރުކަމެއް ނެތިއެވެ. އަހަރެންގެ ފުރިހަމަ ރުހުމާއި […]
އާޅެން ފެންނަ ކޮންމެ ސޫރައަކަށް ހިތްދޭކަށް ނުވާނެއެވެ. އިސްމާއީލް ޢަލީ ކަނދޮޅުދޫ ރީތިކޮންމެ ސޫރައަކަށް ހިތްކިޔަސް މިލްކެއްނުކުރެވޭނެއެވެ. މިލްކު ނުކުރެވޭ ކޮންމެ އެއްޗެއް ހިޔަންޏެއްފަދައެވެ. ފުޅާ ބާމައްޗާއި ތަނަވަސް މޭމަތި ފެނުމުން ހިތް ދޫކޮށްލީއެވެ. މޮޔަވެފާވާ މީހަކު ފަދައިން އުޅެގަތީއެވެ. ޙަޤީޤަތް އޮޅުން ފިލުވަން މަސައްކަތެއް ނުކުރެއެވެ. ވަގުތީ އުފަލަކަށް ވާނެކަމަށް ހުވަފެނުންވެސް ނުދެކެއެވެ. އިންތިޒާރު ކުރަން ޖެހުމުން ޙަޤީޤަތް ސާފުކުރި ހިނދެވެ. އެއީ ތިންކުދިންނާއި ބަންގާޅު ފޮށްޓެއްގެ ވެރިއެކެވެ. އުފާވެރި ޢާއިލާއެއްގެ މަސްއޫލުވެރި ފަރާތެކެވެ. […]
އިސްމާޢިލް ޢަލީ ކަނދޮޅުދޫ މުޙައްމަދު ހެނީއެވެ.މޫނުބަލާ ލޯގަނޑު ބަލަހައްޓައިގެން ހުރެ އެތަކެއް ފަހަރު މިގޮތަށް ހުނުނެވެ.އަންހެނުންނެތް ދަނޑިވަޅެއްގައި އެހިތާމަ ގޭގައި ގެންގުޅޭ ކުއްޖަކު ފިލުވާލަ ދިނީތިއެވެ. ކައިވެނީގެ ޙަޔާތައް ހަތް އަހަރު ވެފައިވާއިރު އަދި މިވަރުގެ އުފަލެއް ނުލިބެއެވެ.އެކުއްޖާގެ އޯގާތެރިކަމުގެ ނިޝާންތައް މުޅިގައިގެ އެތައް މިތަނުގައި ވެއެވެ.އެ ނިޝާންތައް ފެނުމުން ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިގެންދެއެވެ. ހަމައެއާއިއެކު ހިތަށް ވަރަށް ބޮޑު ނުތަނަވަސް ކަމެއް ވެރިކުރުވައެވެ. މާދަމާ އަންހެނުން އެނބުރި ރާއްޖެ އަންނަނީއެވެ. އައުމާއި އެކު […]
އިސްމާޢީލްޢަލީރ.ކަނދޮޅުދޫ ރީތި ނާޒުކު އަތެކެވެ.ބީހިލުމުން ހިތްގައިމު އަސަރުތަކެއް ކުރުވައެވެ.ވަރަށް ގިނައިރުވާންދެން ބޯ މޮޑެދިނެވެ.އެ ލޯބިލޯބި ހިމަހޯދި އިގިލިތަކުން ފުނާ އަޅައިދެމުންނެވެ.މިމީހުންގެ ރީތިކަމާއި އެއްވަރަށް ހަމްދަރުދީގެ އަސަރުވެސް ނުހަނު މަތީދަރަޖައަކަށް އޮވެއެވެ.އިންސާނީ ޚިދުމަތް ފޯރު ކޮށްދޭ ފަރާތްތަކުގެ ހިތްތަކުގައި ރަހުމާއި،ހަމްދަރުދީގެ އިޙްސާސްތައް ލެއްވިކަމީ ﷲގެ އޯގާވަންތަކަމެވެ.އެމީހުންގެ ހިތްތަކުގައި އެއިހްސާސް ނުވާނަމަ އަހަރެމެންފަދަ ނިކަމެތީންގެ ބަލި އިތުރަށް ބޮދުވެގެން ދާނެކަމީ މެންދުރުގެ އިރުފަދަ ޔަޤީން ކަމެކެވެ. އަހަރެންފަދަ ނިކަމެތިފަކީރަކަށް އެނަރުސް ކުއްޖާގެ އޯގަތެރިކަމާއި އަޅާލުން ލިބުމުން ބައްޔަށް ވަރަށް ބޮޑު […]