އާޅެން
ނަސީބުގެ މާތައް ބިންނާށެވެ.
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
ޚުލްޤު ހެޔޮވުމީ ފިޔަޖަހާ ތަރިތަކެއް ފަދައިން އުޖާލާވާ ކަމެކެވެ.
ރިވެތި ޚުލްޤު ނެތުމީ ކަޅުފޮއިރޭގަޑެއް ފަދައިން އަނދިރިވާކަމެކެވެ.
ޢިލްމުވެރި ކަމުގެ ފާހަގައަކީ،މީހާގެ ޢަމަލުތައް ހެޔޮވުމެވެ.
އަޚްލާޤް ނެތުމީ،ޢިލްމުވެރި ކަމަށް ހިރަފުސް ބުރާ ކަމެކެވެ.
މޭވާނާޅާ ގަހަކުން ކުރެވޭނެ ބޭނުމެއް ނެތްކަން ވިސްނަން ވާނެއެވެ.
އިންސާނާ ނެތިފަނާވެދާނެކަން ޔަޤީނެވެ.
ގެއްލި ނުދާނެ އެއްޗަކީ،ކުރެވޭ ހެޔޮޢަމަލެވެ.
ހެޔޮކަމުގެ ތިލަފަތް ބަރުކުރުމީ ވާޖިބެކެވެ.
ހެޔޮކަމުގެ ދޮރުވަނީ ހުޅުވިފައިކަން ކަށަވަރެވެ،
ޓިކެޓާއި ނުލައި އެދޮރުން ވަންނަންވީއެވެ.
ނަސީބެގެ މާތައް ބިނދެވޭ ހުށީ އޭރުންނެވެ.
ޢިލްމުފެތުރުމަށްވުރެ މާތް ދެވަނަ މަސައްކަތެއްނުވެއެވެ.
ޢިލްމުވެރިޔާގެ ޤަދަރު މަތިވެރިއެވެ.
ޢިލްމު ހޯދުމަށްވުރެ ބުރަކަމެއްނެތަސް އޭގެ ފައިދާ ބޮޑެވެ.
ޢިލްމަކީ،ގަދައަޅައި މަސއްކަތް ކުރާ މީހާގެ ޙައްޤެކެވެ.



