އިސްމާޢީލް ޢަލީ ކަނދޮޅުދޫ އުޑުގައިވާ ތަރިތަކަށް ވުރެ ނިޢުމަތްތައް ގިނައެވެ. ތަރިތައް ވަކިމީހަކަށް ޚާއްސަ ވެގެންނުވެއެވެ. ނިޢުމަތްތައްވެސް ވަކިމީހަކަށް ޚާއްސަ ވެގެންނުވެއެވެ. މީހަކަށް ނިޢުމަތެއް ލިބޭ ހިނދު ހަސަދަވެރިވާން ވެދާނެ ހެއްޔެވެ؟ އެފަދަ ނިޢުމަތްތައް ތިބާއަށްލިބެވުމަށް އެދުމީ އޮތްކަމެކެވެ. ޙަސަދައިގެ ހުޅުކޮޅު ރޯކޮށްގެން ހެޔޮކަންތައް އަންދާލަން އެދެނީ ހެއްޔެވެ؟ ތިބާކޮނުނު އަނދަވަޅަށް ވެއްޓޭނީ ހަމަ ތިބާއެވެ. ތިބާ ފޭހުނު އިލޮށިގަނޑު ހެރޭނީ ހަމަ ތިބާގެ ލޮލަށެވެ. ދަގުއި ގޯންޏެއް ކޮނޑަށްލާން ބޭނުންވާނީ ކާކުހެއްޔެވެ.؟ ޙަސަދައިގެ އަލިފާނުން ޖަރީގެ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ދިރި އުޅުމަށް ހިޔާވަހިކަން ބޭނުން ވެއެވެ. ކޮންމެ މީހަކަށްވެސް ރަނގަޅު ރަޙުމަތްތެރިން ބޭނުން ވެއެވެ. ރަނގަޅު ކަމަކަށް މެނުވީ ނުގޮވާނެއެވެ. ކަމެއް ދަމެއް ބޮޑުވާ ހިނދު އެހީތެރި ވެދޭނެއެވެ. ކޮންމެ ކަމެއްގައި ތިމާފަދައިން ވުމަށް އެދޭނެއެވެ. ޢާއިލާއަކީ އޭނާގެވެސް ޢާއިލާ ކަމުގައި ހިތާނެއެވެ. ޖާނާއި މާލުން ޤުރްބާން ވުމަށް ތައްޔާރު ވާނެއެވެ. ރަނގަޅު ރަޙުމަތްތެރިއެއް ލިބުމަކީ ނަސީބު ރަނގަޅު ކަމުގެ ހެޔޮފާލެކެވެ. ރަނގަޅު ރަޙުމަތްތެރިން މަގުދައްކައެވެ. ނަފްސުގެ އަގަށްވުރެ ރަޙުމަތްތެރިޔާގެ އަގުބޮޑުކަމުގައި ދެކޭނެއެވެ. […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ހާދަވޭނެއް ހާދަތުރާލެއް އުފުލާފައިވާނެއެވެ. ރޭތަކެއްގެ އަރާމު ނިދި ގެއްލިފައި ވާނެއެވެ. އުފާތަކެއް މަޑު ޖައްސައި ހޭހަން ކޮށްދީފައިވާނެއެވެ. އަމިއްލަ ހަށިގަނޑަށްވުރެ ލޯބިދީފައިވާނެއެވެ. ބަނޑަށްހުރެ ދަރިފުޅުގެ ބަނޑު ބޮޑު ކޮށްދިނީމެވެ. ގަހުގެ ބޭނުން ނެތުނީމާ ގިސްލާނުރޮވޭނެ ހެއްޔެވެ؟. އެހެންމީހުންނަށް ފުނިވަރު އަޅާދޭތަން ފެނުމުން ހިތްދަތި ނުވާނެހެއްޔެވެ.؟ ކޮންކަމަކަށްޓަކައިތޯއެވެ.މަލެއްގެ ޙައްޤު ގައެވެ. ކަށީގެ ޖަންގައްޔެއްގައި ފޮޅޭން ތައްޔާރުވާ މަލެކެވެ. ބިނދެވޭނެ ކަމުގެ އުއްމީދު ކިހާވަރަކަށް އެބައޮތްބާވައެވެ. ކަށިހެރިދާނެތި ނަސޭހަތް ދޭނީ މަންމައެވެ. ގިނަ ތަޖްރިބާ […]
އޮކްޓޯބަރުގެ ފަސްވަނަ ދުވަސް ކިހިނެއް ހިތުން ފިލުވާލަނީ އެކުވެރި ދެވަނަ ތީ ޢާއިލާ ހުރިހާ މުދައްރިސުނަށް ވެދުން ހަންހާރަވެތި އެދުރުންގެ ބިޔަ ގިންތީ ތެރޭ ހިމެނިފަ ވުމުން ދަންނަވަމެދުވަހުގެ ތަހުނިޔާ ޝުކުރާ އެކީ ކުރަމުން ވެދުން ފަރިވެފައެވާ ނަލަ މާތަކާ ފޮޅިފައި އެވާ ހުރިހާ މަލުން އަރިއަހަށް މިތުރު އެދުރުންގެ މިދުވަހު ކުރަމޭ ތަހާނީ އަދު ވެދުން އެކުވެރިކަމާ އަޚްވަންތަކަން، ޢަމަލާ ބަހުން އަދި ދައްކަދިން އެކުގައި މިއަދު ނުވިޔަސް މަށާ، އެކުވެރި މުދައްރިސުނަށް ވެދުން ޑީ. […]
އަބަދު ކުރާ ދުޢާގައި، ހިމެނިފައި ތިނަންވެޔޭ އަކުރުތަކުން ހިތުގައި، ބިންވަޅު ނެގިފަައިވެޔޭ އެހެނާސް މަގޭ ހިތާމޭ، ފުނޑުފުނޑުވެގެންވެޔޭ އިވުމުން ތިނަން މިއަދު، ހިތް ކަތިލެވި ދެޔޭ ނެތަކަސް ލިބުން މިއަދު، އެދުމުގައި މަގޭ ވެޔޭ އެކުގައި އެމާތް ޖަންނަތު، ތެރޭ ލެއްވުންމެޔޭ ޒިދާން މުޙައްމަދު/ ހަވާސާ ރ. ވާދޫ
ޒިޔާރަތޭ ޒިޔާރަތޭ މަކުނުދޫގެ ޒިޔާރަތޭ އަޑު އިވެޔޭ ބިރުވެރިޔޭ ދެލޯރަތޭ ކެހެރި ހުރޭ ހޯލިތަކެއް މުގުރާފާ އަންނަ އަޑެއް އިވޭ ބުނޭ އަންނަ ތަނެއް ވަންނަ ތަނެއް އެކަކަށްވެސް ނުވެއްފެނޭ އަލިގުޅަތައް ރޭގަނޑުގައި އެދިމާލަށް ފައިބާނޭ އަޑުފައްގަނޑަކާއެކުގައި ގަސްތައްވެސް މުލުންލުހޭ އެބަނުކުމޭ އެބަނުކުމޭ އެއްކަލައެތި އެބަނުކުމޭ ހަންޑިއެކޭ ޖިންނިއެކޭ ފުރޭތައޭ އިފުރީތޭ ހަސަންބެއާ އިދުރީހާ މުހަންމަދާ ކާސިމުއާ ލަސްނުވެ ފަަންޑިތަ ހެދުމަށް ފަށައިގަނޭ އަވަސް ކުރޭ އޭތިދުވޭ ފިލަންދުވޭ ބިންގަޑު ހަލުވާލާފާ ގެއްލިއްޖޭ ގެއްލިއްޖޭ ފުރޭތަ ދެން ގެއްލިއްޖޭ […]