އިސްމާޢީލް ޢަލީ ކަނދޮޅުދޫ ފަހު ނޭވާ ލުމުގެ ކުރިން އެފަކީރަށް އެހީވެވުނު ނަމައެވެ. ނިމި އެދިޔައީ އެހީތެރިކަމުގެ އަތެއް ނެތިއެވެ. ގުލާނު ކޮށްގެން އަހަރެންނަށް ހޭހަން ކުރިއެވެ. ބޮޑުވެ މީހަކަށްވީދުވަހު އެފަކީރު ދޫކޮށް ލެވުނީއެވެ. އަޅާނުލާކަށް ނޫނެވެ.ހޭހަން ނުކުރާކަށް ނޫނެވެ. އެހީތެރިކަން ބޭނުންވާނީ މުސްކުޅި ވީމާ ކަމުގައި ހީކުރެވުނީއެވެ. ދުއްވާފައި ދާ ދޯންޏެއް ހުއްޓުވި ދާނެއެވެ. ވަގުތު ހުއްޓުވުމަކީ މުސްތަޙީލު ކަމެކެވެ. ޖަވާހިރަށްވުރެވެސް ވަގުތު އަގުބޮޑެވެ. ވަގުތު އިންސާނާއަކަށް ނުބަލާނެއވެ. އިންސާނާ ވަގުތު ފަހަތުން ދުވަންވީއެވެ. ގެއްލިއްޖެ […]
އިސްމާޢީލް ޢަލީ ރ.ކަނދޮޅުދޫ ސާފު ގޮނޑުދޮށްތައް ނަލަ ހަނދުވަރުގައި ފަޅު ފިލުވީމުއެވެ. ހިކިދިޔަވަރުގައި އާނުގަނޑު މަތީގައި ތިބީމުއެވެ. އިރުއޮއްސޭ ވަގުތު ރަތްވިލާ އުފެދޭނެތީ އިންތިޒާރު ކުރީމުއެވެ. ގަދައަވީގައި ރާޅުބީއްސާ ހިސާބުގައި އަރިކަށި ޖައްސައިގެން ތިބީމުއެވެ. އެއުފާވެރި ދުވަސްތައް ހިތާމައިގެ ދުވަސްތަކަކަށް ބަދަލުވެއްޖެއެވެ. ހިތް އާސްމާނަށް އެރީމާ ވީގޮތް ދެކޭށެވެ. މިއުފާވެރި ހިތްގައިމު މާހައުލު ދޫކޮށްލަން ބޭނުންވީއެވެ. އަހަރެންގެ ތެދުވެރި ލޯބިދޫކޮށްލަން ބޭނުންވީއެވެ. ލޯތްބަށްވުރެ މުއްސަނދި ކަމަށް އިސްކަން ދިނީއެވެ. އަވަހަށް ނެތިދަނީ ކޮން އެއްޗެއްކަންވެސް ނޭގުނެވެ. […]
އީމާންކަމުގެ ފޭރާން ޢިސްމާއީލް ޢަލީ، ރ. ކަނދޮޅުދޫ ފޭރާން ނެތި އިންސާނަކަށް ނުވެވެއެވެ. އީމާންކަމުގެ ފޭރާމަކީ ސާފުތާހިރުކަމެވެ. ހާސް ނިޢުމަތް ގުޅިފައިވަނީ ފުރިހަމަ ސިއްޙަތާ އެވެ. ސިއްޙަތު ސަލާމަތުން ހުރުމުގެ އަސްލަކީ ސާފުތާހިރު ކަމެވެ. ހެއްދެވިފަރާތާ ކުށްތަންވުމީ އިންސާނާގެ މަޤްސަދެވެ. ސާފުތާހިރުކަމާއި ނުލާ ނަމާދު، ހައްޖުފަދަ އަޅުކަންތައް ފުރިހަމަނުވާނެއެވެ. އިންސާނާ އަނެކާގެ މަޤްބޫލުކަމަށް އެދެމުއެވެ. އިންސާނާގެ ލޯބިލިބޭ އެއްސިފައަކީ ސާފުތާހިރުކަމެވެ. ނުބައި ވަސް ދުވުމީ ހިތްނުތަނަވަސް ކުރުވާ ކަމެކެވެ. ސާފުތާހިރުކަމަށް ލޯބިކުރާނަމަ ނުބައި ވަހާ ދުރުވެވޭނެއެވެ. ސާފުތަހިރުވުމުގެ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ދަތް ހުރި ދުވަހު ކާށި ކެވޭތީ ފަޚުރުވެރި ވީމެވެ. މީހެއްގެ ޙައްޤަކަށް ނުބަލަންމެއެވެ. ބަދަހި ޢާއިލާތައް ރޫޅާލީމެވެ. އުފާ ބޭނުން ނަމަ ދަރިންކޮޅު ދޫކޮށްލަން ބުނީމެވެ. ފިރިމީހާގެ އަސާއަކަށް ނުވުމަށް ނަސޭހަތް ދިނީމެވެ. އަނބިމީހާ ހިތާމަ ކޮށް ކޮށް ހިކި އަނަރޫފަ ވެއްޖެއެވެ. އުފަން ދަރިންކޮޅަށް ރަޙުމެއްނުކުރެވުނެވެ. އޭނާގެ ހިތްވެސް ކިހާ ހިލަ ހެއްޔެވެ. އުފަން ދަރިންނާއި ފިރިމިހާ ދޫކޮށް އައުމަށް ރުހިއްޖެއެވެ. ބަތްތަށީގެ އެއްފަޅީން ކެއުމަށް ރުހިއްޖެއެވެ. ދެ ހަނދު އުދަވީ […]
އެކުގައި ވާން ބޭނުމެވެ. އިސްމާޢީލް އަލީ،ރ.ކަނދޮޅުދޫ ހިތުންނުފިލާތީ އަބަދު އެކުގައި ވާން ބޭނުމެވެ. އެހެން މީހަކާއިއެކު ގުޅުން ބާއްވަފާނެތީ ހިތްތެޅެއެވެ. ތިޔަނަން އަބަދު ކިޔޭ ތަސްބީޙައަކަށް ވެއްޖެއެވެ. ތިޔަނަން އަބަދު ފޮޅުވަތެއްހެން ލިޔެވެނީއެވެ. ޚަބަރެއް ވާނެކަމަށް އަބަދު އިންތިޒާރު ކުރެވެނީއެވެ. ހަނދާން އާވާ އެއްޗިއްސާއި ދުރު ނުވެވެނީއެވެ. ޖިންސުގެ ޖީބު ބާލީހުއުރާގައިވަނީ ހަރުކުރެވިފައެވެ. ކަލާގެ ފޮޓޯ އަލްބަމް ވިރުދަކަށް ވެއްޖެއެވެ. ކަލާގެ ބަލައިލުން އުފާވެރިކަމުގެ ނާނާ އަޅުވާލައެވެ ކަލާގެ މަސްތީ އަޑު ލިބުމުން ހިތްއަވަސްވެއެވެ. ކަލާގެ ގާތް […]
ހަނދާން ނެތިއްޖެއެވެ. އިސްމާޢީލް ޢަލީ ރ.ކަނދޮޅުދޫ ކައިވެނީގެ ސަބަބުން ކާވެނި ޙަރާމްވާ އަންހެނެއްކަން ކުދިވެރީން ހިތާމަތަކެއް ކުރާނެކަން މުޖްތަމަޢުގައި ޤަދަރު ގެއްލޭނެކަން ފުރިހަމަ ނަމޫނާއެއް ދައްކަން ޖެހޭނެކަން ދިރިއުޅުން ބަރުބާދު ވާނެކަން ދަޅައެޅުމުން ހަނދާންނެތިއްޖެއެވެ. އަވާގައި ޖެހުނު ހިނދު ހެޔޮވިސްނުން ބީވެ ދިޔައެވެ. ކޮންމެ މަލެއް ފޮޅޭ ހިނދު ފަރިވާނެއެވެ. ގަސްއެކީ ކުލަބޮކިތަކެއްހެން ޒީނަތްތެރި ކުރުވާނެއެވެ. ހަވާނަފްސުގެ ގޮވުންވެސް މިފަދައެވެ. އަރާމާއި ލައްޒަތު ލިބިދެނީ ކުޑަ ހިނދުކޮޅަކުއެވެ. ޢުމުރުހަމަވުމާއިއެކު މާތައް މިލާމޯޅި ވެދެއެވެ. އުފާތައް ނެތިކޮށްލަނީ ފާފައިގެ […]
އިސްމާޢީލްއަލީ ރ.ކަނދޮޅުދޫ ހަނދެއްފަދަ މޫނަކަށް ހަދަން ބޭނުންވެއެވެ. ތިންދުވަހުން ދޮންވާ ކްރީމް އުނގުޅީމެވެ. ތިންމަސް ވީއިރުވެސް ބަދަލެއްނައެވެ. އުފެއްދެވުމުގައި ހުރިގޮތް އެންމެ ރަގަޅުކަމުގައިބެލީމެވެ. ދޮންކުރުމަށް ހޭދަވާ ވަގުތު ފައިދާ ހުރިކަމެއްގައި ހޭދަކުރެވޭގޮތްވިއެވެ. ދޮންކުރުމަށް ހޭދަކުރާ ފައިސާ ފައިދާ ހުރިކަމަކަށް ހޭދަކުރެވޭގޮތްވިއެވެ. ދޮންނޫނަސް ރީތި ވެދާނެގޮތް ވިސްނުނެވެ. ދޮނުގައި ކެއްކޭނެ ރިހައެއްނެތްކަން ހާމަވިއެވެ. މިރަށުގައި އިން އެންމެ ދޮންކުއްޖާގެ ހާލު ހެނގޭ ހެއްޔެވެ؟ މިހާރުވަނީ ބަދުނާމުގެ ލައްތަކުން މޫނު ކަޅުވެފައެވެ. މާދަމާ އެކަނިވެރި ބޮލެއް ދުނިޔެއަށް އިތުރު ކުރާނެއެވެ. […]
އިސްމާޢީލްޢަލީ ރ.ކަނދޮޅުދޫ އިރުއިރުކޮޅާ ހިތުގައި ވިކާހެން ހީވެއެވެ. ހަފަރާތް ބަލާ ނުފެނުމުން ދެރަވެއެވެ. ކެޔޮގަޑު ކަނޑާލީމާ ގަހުގެ ބޭނުމެއް އޮވޭހެއްޔެވެ؟ ޝުކުރުވެރިވުން ވާޖިބެއްކަމުގައި ދެކޭހެއްޔެވެ؟ ކޫރުމެއް ހިތުގައި އެޅޭނެކަން ވިސްނޭހެއްޔެވެ؟ ރުޅި އިސްކުރުމުން ހިތުގެ ރިހުން ގަދަވެއެވެ. ނީލަމަށް ލެވިފައިވާ އެއްޗަކަށް ވެއްޖެއެވެ. ލީކުވެ އަޑުތައް މުޅިރަށަށް ފަޟީޙަތް ވެއްޖެއެވެ. ސިޔާސަ ކުއްޖަކަށްވެ ނިމިއްޖެއެވެ. ތާރީޚް އިޢާދަ ނުވާނެކަން އެނގިއްޖެއެވެ. ރާޙަތެއްނުކުރި ލޯތްބަކަށްވެ ނިމިއްޖެއެވެ. ފެންނަ ފަށުގައި އަބަދު ހުންނާނެ ކަމުގާވިއެވެ. އުފާވެރި ޢީދަކާ އެއްވަރު […]