ރަންކަމާ….. އެކަނިވެރި ޙަޔާތުގާ މަށާ ދިމާވި ކުއްޖަކާ ވެވިއްޖެ ލޯބި ގަސްތަކާ ނުލާ މަ ހުއްޓަ މަސްތުގާ ހީތަކަށް މަ ހެއްލިފާ ލަދު އޮތީމަ ހިތްފުރާ ވީމެ މަންމަނެއް ފަދައިން ދުރުވެފާ މަ ބަސްތަކާ ވީމަ ކަން މިހެންވެފާ ކުރިމަތީގަ ވީ ތުރާ ހިއްސުތައް މަގޭ ބުނާ ނުވާނެޔޭ މަށަށް ގިރާ ދުވަސްތަކެއް އެތައް ހިނގާ ކުރިއެރުން މަށަށް ނުވާ ކުރި އެކީ ބެދެން ފަށާ ވެއްޖެ ގޮތް މަ ހުސްވެފާ […]
އާޅެން ތިމާގެ މޮޅުކަން ތިމާއަށް ފެނުމީ ގެއްލުންހުރި ކަމެކެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ކުރިއަށް ދިއުމުގެ މަގުގައި ސިއްކަޖެހުނީއެވެ. ބޭކާރުވެ ބޭޒާރުވުމުގެ ފުރުޞަތު ބޮޑުވީއެވެ. މަގުއޮޅުމާއި،މަގުގެއްލުން ކައިރިވީއެވެ. ރީތިނަމަށް ހިރަފުސްބުރަން ރުހެވުނީއެވެ. މީހުންގެ ޚިޔާލު އޮޔާދާ ކާއްޓަކަށްވުރެ ދެރައެވެ. މަޝްވަރާކުރަން ޖެހޭނެ ފަރާތެއް ނެތްފަދައެވެ. ފާޑުވިދާޅުވުމަކީ އާދަފުޅެކެވެ. އެކިމީހުންނަށް ލިބޭނީ އެކިހުނަރެވެ. ފަސްމީރުކުރި ރުކެއް ހުރެދާނެއެވެ. ނިޢުމަތްތަކަށް ޝުކުރުގެއަތް އުފުލާލާށެވެ. ޢިލްމަކީ ހުސްނުވާ ބޮޑު ޚަޒާނާއެކެވެ. ގުނިގުނިހެން ތަރިގިނަވާހެން ޢިލްމު ހޯދިވަރަކަށް އިތުރުވާނެއެވެ. އެންމެ ސުންޕާ ބައްޔަކީ […]
އާޅެން ބިރުވެރިކަމުގެ ރާޅުބާނި އުފެދުނުކަން ނަސީބެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ޢަދަދު ނުވާހާ ގިނަނިއުމަތް ލިބުނުމެއެވެ. ބުނަން ދަތި އިޙްސާސްތައް ކުރެވުނު މެއެވެ. ދުރަށް ވިސްނުނުކަން ހާދަ ރަގަޅެވެ. ﷲ އީ އެންމެންގެ މަދަދު ވެރިޔާއެވެ. ލުންގި ފަތުރާލައިގެ ތިބީމުއެވެ. ތުނބުން ފުމެލި އަޑެއް އެހީމުއެވެ. ފީކޯތްކުޅެން އުޅުނު ބަޔަކު ދުށީމުއެވެ. ހުރިހާ ދިމާއަކުން އަޑެއް އިވޭހެން ހީވިއެވެ. ވަރުބަލިކަމެއް އިޙްސާސް ކުރެވުނެވެ. ދުރުން މާދުރުން ދޯދިތަކެއް އެޅޭހެން ހީވިއެވެ. މާނައެއްނެތް ހީތަކަކަށް ނުވާނެކަން ގައިމެވެ. ގެންނަ […]
އާޅެން ލޯތްބަކަށް ނިމުމެއްނެތެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ހިޔަންޏަށް މުޑިނެގީ ކީއްވެބާވައެވެ. ޢުމުރަށް އުޅުމަށް އެއްބަސްވެފައި ވެއެވެ. ހިނދުކޮޅެއްގެ ތެރޭގައި ވަދާޢީ ދަލާމް ކޮށްފިއެވެ. އެންމެބޮޑު އެކުވެރިޔާ ފުރާންފަދަ ޔާރާއަށް ސިންގާއެއްގެ މަޤާމުދިނީ ކީއްވެބާވައެވެ. ކެހިވެރިއެއްގެ މަޅިފަތީގައި ޖެހުނު ބާޒެއްފަދައެވެ. ސިންގާގެ ރުޅި އިޚްތިޔާރުކޮށް ވަފާތެރިކަމުގެ އަގު ވައްޓާލީއެވެ. ބުޅާ މަސްގަޑަށް ބަލާފަދައިން ހިލޭފިރިހެނުންނަށް ކަޅިއަޅާކަމުގައި ބުނީމުނޫންހެއްޔެވެ؟ ވަފާތެރިކަމުގެ ކުލަވެސް ނުވާކަމުގައި ހީކުރީމުނޫން ހެއްޔެވެ؟ ފަށުވިން ގަތާލެވުނު ލޯބީގެ ހަރަކީ ކަލާގެ ޙައްޤެކެވެ. ކަލާއަށް ވާވަދެވިފައިވާތީ އެކަން […]
އާޅެން ހަތުރުވެރިކަމުގެ އޮށް އިންދާކަށް ނުވާނެއެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ފަރިފަރި ރީތި ނުފޮޅޭމާތަކެކެވެ. ދުނިޔޭގެ ޖެހޭގަދަވައިން ޙިމާޔަތް ބޭނުން ވެފައިވެއެވެ. ތުއްތުކުދިންވެސް ހަމަ މިފަދައެވެ. ބޮޑެތިމީހުންގެ ރުޅިވެރިކަމުގެ ތެރެއަށް ނުވެއްދުން އެދިގޮވަނީއެވެ. ކުޑަކުދިންގެ ހިތްތަކުގައި ހަތުރުވެރިކަމުގެ އޮށް އިންދާކަށް ނުވާނެއެވެ. އަނގައިން ނުބުނުން ޝަރުތު ކުރެއެވެ. ތިއްތާއޭ ގޮވާލުން މަނާކުރެއެވެ. މިއަމުރުތައް ހަތުރުވެރިކަމުގެ ގަހުގެކަނާއަށް ނުވާނެބާވައެވެ. އެގަހުން ފޮޅޭމަލުގައި މީރުވަހެއް ނުދުވާނެއެވެ. ހިތިވަހުން މުޅިތަން އެއްވަސް ކުރުވާނެއެވެ. އެވިހައިގެ އަސަރުން އެތައް ގުޅުމެއް ކެނޑޭނެއެވެ. ތިމާގެކަމުގެ […]
އާޅެން ފިކުރު އިސްމާޢީލް ޢަލީ ކަނދޮޅުދޫ ހިތްވަނީ ނުތަނަވަސް ކުރުވާފައެވެ. ރަތްޔާޤޫތުފަދަ ދެތުންފަތުގައި ދުނބުޅީގެ ފަރުދާއެއްވަނީ ލެވިފައެވެ. ސަންގު މަރުމަރުގެ ހުދު ހިލައަށްވުރެވެސް ހުދު ދަތްޕިލާގެ ކުލަވަނީ ގެއްލިފައެވެ. އިތުރުވީ ދެރުލުގެ ސަބަބުން މޫނުގެ ރީތިކަންވަނީ ގެއްލިފައެވެ. ދުމުގެ ސަބަބުން ހިތްވަނީ ނުތަނަވަސް ކުރުވާފައެވެ. ބުންވަރުކުރުވެ ގުބުހިލި ނޭވާލުންވަނީ އަވަސް ވެފައެވެ. އިރުއިރުކޮޅާ ކެއްސާލުމާއިއެކު މޭގެ ތަދުވަނީ އިތުރުވެފައެވެ. ރުޅިއިސްވެ ހިތްއަވަސްވެ ކާހިތްވަނީ ކުޑަވެފައެވެ. މަޑުމަޑުން ނާރުތަކުގެ ބާރުދެރަވެ ބަލިތައް ޖެހެންވަނީ ފަށާފައެވެ. ދުމުގެ ސަބަބުން ހިތްވަނީ […]
އާޅެން ވިސްނިއްޖެއެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ހަވީރަށް ފޮޅުނު މާތަކެއްހެން އުޅެވޭންއޮތެވެ. ކޮންމެއިރަކު ހުރަހެއްނެތި ބައްދަލުކުރެވޭން އޮތެވެ. ކޮންމެ ވަގުތަކުބީހި އުޅުމުގެ ނަސީބު ލިބިފައިވެއެވެ. މާދުރުތަނެއް ޚިޔާރުކުރީ ގުޅުން ބާއްވަން ނޭދޭތީއެވެ. ބުނެވެސްނުލައި ވަކިވެ ދިޔައީއެވެ. އާދޭސްކުރަމުން ފަހަތުން ދުވާނެ ކަމަށް ހީކުރީހެއްޔެވެ؟ މޫދުގަލަކަށް މަހެއްވެޔޭ ބުނާ އަޑުނާހަނީތާއެވެ. މަށަށްވެސް މީހަކު ލިބިދާނެއެވެ. ވަފާތެރިކަމެއްނެތްއިރު އިންތިޒާރެއް ނުކުރާނަމެވެ. ފަޅިސިކުންތެއްވެސް ނަގާނުލައި އިންތިޒާރު ކުރީމެވެ. ލޯބިހޯދުމަށް ޤުރްބާންތަކެއް ވީމެވެ. ކޮންމެދުވަހަކު އޮފީހުގެ މޭޒުމަތިގައި ގުލްދަސްތާއެއް ބާއްވަމެވެ. މިކަންކުރަނީ މުޅިދުނިޔެއަށް […]
އާޅެން ހިތުގެ ގޮވުން އިސްމާޢީލް ޢަލީ ކަނދޮޅުދޫ ކޮކާލަކަށް ވާނެނަމަ ކިހާރަގަޅު ހެއްޔެވެ؟ ޖެހޭހާ މަލަކުން ފޮނިބޯންވީއެވެ. ރުހޭތޯ ނުރުހޭތޯ ބަލާކަށް ނުޖެހެއެވެ. މީހުން ބަލަންތިބިތޯ މީހަކުއާދޭތޯ ބަލާކަށްނުޖެހެއެވެ. ދެގޮތުން ބެލުނުނަމަ މިހެން ހިތަކަށް ނޭރީހެވެ. ފެންނަ ކޮންމެ މަލަކުން ފޮނިބޯން ޖެހޭހެއްޔެވެ؟ ހުއްދަގޮތުގައި ރީތިމަލެއް ބިނދެލާންވީއެވެ. މަލުގެ ބޭނުމަކީ ހަމަ އެކަނިވަސް ބެލުމެއްނޫނެވެ. ހުއްދަ ގޮތުގައި ބިން މަލުގެ ބޭނުންކުރިއަސް މީހަކު ނުބަލާނެއެވެ. ދާއިމީ އުފާވެރިކަން ކޮކާލަކަށް ނުލިބެއެވެ. އެންމެ މަތިވެރި މަޚްލޫޤުންގެ ސަފުން ވަކިވާންވީ […]
އާޅެން ކުރި އިންތިޒާރުގެ އަގު ނުލިބިދިޔައީއެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ތިޔަ ހިނިތުންވުމާއި ބަލާލުމުގައިވަނީ އޯގާތެރިކަމެވެ. އެތަކެއް ދުވަހު ކުރި އިންތިޒާރު ފަތަޙަ ވީއެވެ. ލޯބި ބީވެދާނެތީ ޙަޤީޤަތް ހާމަ ނުކުރެވުނީއެވެ. ޙަޤިޤަތް ހާމވެއްޖެނަމަ ތިޔައޯގާތެރި ފިރިމުން ނުލިބޭނެއެވެ. ވަރަށް ތުއްތުއިރު އެންމެ ލޯބިވާ ދެމީހުންވަކިވެއްޖެއެވެ. ބަލާބޮޑުކުރި ފަރާތަށް ވަރަށްބޮޑުއަގެއް ދޭންޖެހުނެވެ. ވޭނާއި އަނިޔާގައި އަހަރުތަކެއް ގުނަން ޖެހުނެވެ. ކަލާއަށްފެނުނީ ދެއްކުންތެރިކަމުގެ ކުލަވަރެވެ. ނަފްސުގެއެތެރޭގައިވާ ފާފަތަކެއްނުފެންނާނެއެވެ. މާތް އިންސާނުންނަށް އެކަށީގެންވާނީ ތާހިރު ހިތެކެވެ. މިސިއްރުބޭޒާރުކޮށްގެން އަނިޔާއެއްދޭކަށް ނޭދެމެވެ. […]