އާޅެން ކުނިބުނި އިސްމާއީލް ޢަލީ ކަނދޮޅުދޫ ބޮޑު ރޯގާއެއްފަދަ ބޮޑު ކަމެކެވެ. އިންސާނުންނަށް އެކަންޏެއް ނޫނެވެ. ހުރިހާ ދިރޭ ތަކެއްޗަށް ރިހުން ލިބޭ ކަމެކެވެ. ބޭނުން ނެތުނީމާ އުކާނުލާ ވާނެގޮތެއްނެތެވެ. އުކާލާ ތަކެތި މަދުކުރުމީ ޙައްލެކެވެ. ނުފެންނަ ހިސާބަށް އެޅިޔަސް ނެތް އެއްޗަކަށް ނުވާނެއެވެ. އޭގެ އަސަރު ކޮންމެވެސް ބަޔަކަށް ފޯރާނެއެވެ. އުކާލާ ތަކެތީގެ ބޭނުން ހިފަމާ ހެއްޔެވެ؟ ޕްލާސްޓިކު ކޮތަޅާއި ނުލައި ބާޒާރު ކުރަމާހެއްޔެވެ؟ އުކާލެވޭ ބައެއްތަކެއްޗަކީ ކާދެވެ. އުކާލެވޭ ބައެއްތަކެއްޗަކީ ގަހަނާއެވެ. އިސްރާފް ކުރުމީވެސް […]
އާޅެން ދީވާނާ ވެވުނެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ނަފްރަތާއެކު މޫނު އަނބުރާލިއެވެ. ބުޅާ ފެނުމުން ދުވާ މީދަލެކޭ އެއްގޮތެވެ. ގޮނޑުދޮށަށް ބީއްސާލި ރާޅެއް ފަދައެވެ. ބީހި އުޅުމަށްފަހު ވަކިވެ ދިޔައީއެވެ. މަފަކީރުގެ ކުށަކީ ކޮބައިކަން އަންގާނުލައެވެ. ހަނދާން ތައް އާވެ އިންތިޒާރު ކުރެވެނީއެވެ. އިވުނު ޚަބަރުން ހިތް ތޮރުފިގެން ދިޔައެވެ. މަހުޖަނަކާއި ކައިވެނި ކުރަނީއެވެ. ކެހިދިނީ ކީއްވެކަން ވިސްނުމުން މާޔޫސް ވެވުނެވެ. ބިތްޖެހެވި ގަނޑު ވެފައި އިނދެވުނެވެ. ކަތިމަގަކުން ނުދެވުނީ ނޫނެކޭ ބުނަން ކެރުނީމައެވެ. ރަޙުމާއި ހަމްދަރުދީގެ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ރޮއިރޮއި ހަނާވުން ނޫންގޮތެއް ނެތެވެ. މަޔަކަށް ވުމުގެ ނަސީބެއް ނުލިބުނެވެ. ފިރިމީހާގެ ކުދިން ތިބޭތީ އިތުރު ކުދިން ނުހޯދަނީއެވެ. އަހަރެންގެ ހިތުން ކެކި އުތުރިއަރާ ޖަޒްބާތުތަކުގެ އަސަރެއްނުކުރިއެވެ. މަޔަކަށް ވުމަށްޓަކައި ޤުރްބާންތަކެއްވާންވީއެވެ. މިލޯބި ދޫކޮށް އެލޯބި ހޯދަންވީއެވެ. މަސްތީ ނިދީން ހެލަންވީތާ ކިތަންމެ ދުވަހެކެވެ. މަޤްސަދެއް ނެތި ދިރިއުޅުމުގެ ބޭނުމެއް ނެތެވެ. ތަކުރާރުކޮށް ކުއްޖަކު ބޭނުން ކަމަށް ބުނެފީމެވެ. ކަހާތަން ހިރުވާވެސް ނުލައެވެ. މިހާރު ރައްކާތެރި ޢުމުރު ގެއްލެނީއެވެ. ދުވަސްކޮޅަކުން ޢިއްދައިންވެސް ކެނޑިދާނެއެވެ. […]
އިސްމާޢީލްޢަލީ ރ.ކަނދޮޅުދޫ ކަލާ ވަކިވެ ދިޔައީ ހުރިހާ އެއްޗެއް ހިފައިގެންނެވެ. މިހާރު ނިދާ ހިތެއްނުވެއެވެ.ނިދި ލޮލާއި ރުޅިބުނެފިއެވެ. މިހާރު ކާހިތެއްނުވެއެވެ.ބަނޑު އެކަމާއި އެއްބަހެއްނުވިއެވެ. މިހާރު ރީތި ހެދުން ލާހިތެއްނުވެއެވެ.ބަލާނެ މީހަކު ނެތީމައެވެ. މިހާރު ކުރާ ހިތްވާ އެއްކަމެއް އެބައޮތެވެ. ކަލާ ހަނދާން ކުރުމެވެ. ސިޓީތައް ނިއުޅަ ނިއުޅާފައި ކިޔުމެވެ. މެސެޖްތައް ހުޅުވައިގެން ބެލުމެވެ. ފޮޓޯއަލްބަމް ނަގައިގެން ބެލުމެވެ. ލޯބީގެ ހަދިޔާތައް ނަގައިގެން ސާފުކުރުމެވެ. ކަލާގެ ރިތިކަމާއި އަސަރުގަދަ ކަމުގެ ވާހަކަ ލިޔުމެވެ. ކަލާއަށް ފޮނުވާނެ ހަދިޔާތައް ހޯދުމެވެ. […]
އާޅެން ފެންނަ ކޮންމެ ސޫރައަކަށް ހިތްދޭކަށް ނުވާނެއެވެ. އިސްމާއީލް ޢަލީ ކަނދޮޅުދޫ ރީތިކޮންމެ ސޫރައަކަށް ހިތްކިޔަސް މިލްކެއްނުކުރެވޭނެއެވެ. މިލްކު ނުކުރެވޭ ކޮންމެ އެއްޗެއް ހިޔަންޏެއްފަދައެވެ. ފުޅާ ބާމައްޗާއި ތަނަވަސް މޭމަތި ފެނުމުން ހިތް ދޫކޮށްލީއެވެ. މޮޔަވެފާވާ މީހަކު ފަދައިން އުޅެގަތީއެވެ. ޙަޤީޤަތް އޮޅުން ފިލުވަން މަސައްކަތެއް ނުކުރެއެވެ. ވަގުތީ އުފަލަކަށް ވާނެކަމަށް ހުވަފެނުންވެސް ނުދެކެއެވެ. އިންތިޒާރު ކުރަން ޖެހުމުން ޙަޤީޤަތް ސާފުކުރި ހިނދެވެ. އެއީ ތިންކުދިންނާއި ބަންގާޅު ފޮށްޓެއްގެ ވެރިއެކެވެ. އުފާވެރި ޢާއިލާއެއްގެ މަސްއޫލުވެރި ފަރާތެކެވެ. […]
އާޅެން ބޯހިޔާވަހި ކަމަކީ މިނިވަން ކަމުގެ ރަމްޒެކެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ގޭގެއަށް ވަނުމުގެ ތަޅުދަނޑިއަކީ ސަލާމް ކުރުމެވެ. ސަލާމްގެ ރައްދު ނުލިބިއްޖެ ނަމަ އެނބުރިދާންވީއެވެ. ގޭގެއަކީ ޙިމާޔަތުގެ މަރުކަޒު ތަކެކެވެ. ތަޅުދަނޑިއާއިނުލައި ގޭގެ އަށް ވަނުމީ ދެރަކަމެކެވެ. ޙާލު ބަލާށާއި ގުޅުންބަދަހި ކުރުމަށް ގޭގެއަށް ދާންޖެހެއެވެ. ދިރުން ދެއްވި ކޮންމެ އެއްޗަކަށް ހިޔާވަހި ކަމެއް ވެއެވެ. ބޯހިޔާވަހި ކަމުގެ އަގު އެނގެނީ އެނެތި ދިއުމުންނެވެ. އިންސާނާގެ ޢަމަލުތަކުގެ ސަބަބުން ބޯހިޔަވަހިކަން ގެއްލިދެއެވެ. ބޯހިޔާވަހި ކަމަކީ މިނިވަން […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަޚާ ހޯދަން ދިޔައީ އުފެދުނު ގަދަރުޅިގަނޑު ބާލާށެވެ. ފެންނަން ނެތުމުން ރުޅިގަނޑު ބޭލީ ފާރުގައި ހުރި ގަޑިއަށެވެ. ބިއްލޫރިތައް އަތަށް ވަދެ އަތް ހަލާކުވީއެވެ. އަޚާގެ ރީތ އަގުބޮޑު ބޭނުންތެރި ގަޑި ގެއްލުނީއެވެ. ރުޅިގަދަވީ ސަމާސާ އަކަށް ބުނެވުނު ބަހަކަށެވެ. މަގޭ އަޚް ފޮންޏޭ ހާދަ ބޮޑަލެވެ. ރުޅިއަކީ އިންސާނާ ހަލާކު ކުރާ އެއްޗެކެވެ. ރުޅި މަޑުކަމީ މީހާގެ ބުއްދިވެރި ކަމުގެ ފާހަގައެވެ. ރުޅި، މީހާ ނިކަމެތިކޮށް ބޭޒާރު ކޮށްލައެވެ. ރުޅި،ސިކުނޑި ހައިޖާނެއްގެ […]
ބޮޑުގެ އިދި ކޮޅު އިސްމާއީލް އަލީ ރ.ކަނދޮޅުދޫ ރައްކާތެރި ކަމުގެ ގެއެއް ފަދައެވެ. އިރުގެ ގަދަ ހޫނުން ސަލާމަތް ކޮށްދެއެވެ. ވާރޭގެ ގަދަ ފިނިން ޙިމާޔަތް ކޮށް ދެއެވެ. ހުރިހާ ޢުމުރެއްގެ މީހުންނަށް ބޭނުން ހިފެއެވެ. ތަފާތު ސައިޒު ހުއްޓަސް އަހަރެން ބޮޑެއްނުވެއެވެ ރީތި ކުލަ ތަކުން ޖަރީ ވެފައިވެއެވެ. ގިނައިން ނުކެޔަސް ބައްޓަން ބަދަލުވާން ފަށައިފިއެވެ. ޚިދުމަތަށް އެދުމުން މަލެއް ފަދައިން ފަރިވެ ފޮޅެމެވެ. ބޭނުން ފުދުމުން އަހަރެން ،އަހަންނަށް ވަމެވެ. އަހަރެންގެ ބޭނުންތެރި ކަމުގެ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އިންސާނަކަށް ވުމުގެ ތަޅުދަނޑި އަކީ ބުއްދި އެވެ. ބުއްދީގެ ކާނާއަކީ ޢިލްމެވެ. ކަޅާއި ހުދުގައިވާ ތަފާތު އެނގުމާއި ނޭގުމުގައި ވެއެވެ. ޖާހިލުކަން ނިއްވާލާ ފެނަކީ ޢިލްމެވެ. ފަޚްރާއި ޝަރަފް ނޭދޭނެ މީހަކު ނުވެއެވެ. އުސް ކުރިބޯޓަށް ވާސިލު ކޮށްދެނީ ޢިލްމެވެ. ދިރިއުޅުމުގެ ގުންޑޮޅިތަކުން އަރަން ބޭނުން ވެއެވެ. އަތްމަތި ތަނަވަސް ކޮށްދެނީ ޢިލްމެވެ. އުނގެނުމަށް ވަކި މަޙައްލެއް ނެތެވެ. ހުރިހާ ޢުމުރަކަށް ޚާއްސަ ވެފައިވާ އެއްޗަކީ ޢިލްމެވެ. ދުރާއިގާތުން،އިރާއި ހުޅަގުން ލިބެވި ދާނެއެވެ. […]