Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

“ބަންގާޅީން”

greeknee19 Level 1
May 5, 2013 2 Mins Read
6 Comments

“ބަންގާޅީން”

ދިވެހި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިި ކުރާ ގިނަ އިގްތިޞާދީ މަސައްކަތްތަކުގައި ބިދޭސީ މަސައްކަތްތެރިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އެންމެކުޑަމިނުން، ޒަމާނުއްސުރެ ދިވެހިން ކުރަމުން އައި މަސްވެރިކަމުގައިވެސް ބިދޭސީންގެ ބޭނުން އޮޑިވެރިން މިހާރު ވަރަށް ބޮޑަށްހިފައެވެ. ނަމަވެސް މިބިދޭސީންގެ ފަރާތުން އަހަރެމެން ދިވެހިންނަށް ލިބޭފަސޭހަތައް ހަނދާނުގައި ހުންނަނީ މަދުބައެކެވެ. އެމީހަކީ ބަންގްލަދޭޝް މީހަކަށްވިޔަސް، ނުވަތަ އެމީހަކީ އިންޑިއާ ނުވަތަ ސްރީލަންކާގެ މީހެއްކަމުގައި ވީނަމަވެސް، ބުރަމަސައްކަތް ކުރާބިދޭސީންނަށް ގިނަ ދިވެހިން މިހާރު ކިޔާއުޅެނީވެސް ބަންގާޅީންނެވެ. އެއްވެސް ޙާލެއްގައި އެމީހުންކުރާ ބުރަ މަސައްކަތްތަށް ތަޢުރީފު ކުރުމުގެ ނިޔަތަކު ނޫނެވެ. މަލާމާތުގެ ގޮތުންނެވެ. ދެރަކޮށްލުމުގެ ގޮތުންނެވެ.
މީގެއިތުރުން، ބިދޭސީ މަސައްކަތްތެރިންނަށް ނުވަތަ، މަސައްކަތު މީހުންނާއި ދޭތެރޭ ބައެއްދިވެހިން ކަންތައްކުރާ ދެރަގޮތްތަކަކީވެސް އެކަމާއި ހިތާމަކުރަން ޖެހޭފަދަ ކަމެކެވެ. މިދެންނެވި ފަދަ “ނުވިސްނޭ” ދިވެހީންގެ ޢަމަލުތައް މިގޮތަށް މިހުންނަނީ ތިމާއަކީ ދިވެހި ރާއްޖޭގެ ރައްޔިތަކަށްވީތީ، އެމީހުންގެ މައްޗަށް ބޮޑާވެގަނެ، ތިމާމެންމީ މާމޮޅު ބައެއްކަމުގައި ޤަބޫލު ކުރެވޭތީ ކަމުގައިވެސް ވެދާނެއެވެ. ނޫނީ، ބިދޭސީ މަސައްކަތްތެރިންގެ ފުށުން ދިވެހި ވިޔަފާރިވެރިންނަށާއި ތިމާއަށް ލިބޭ ފަސޭހަތައް ޤަބޫލުކުރަން ބޭނުން ނުވަނީކަމުގައިވެސް ވެދާނެއެވެ. ކޮންމެހެނެއް ވިޔަސް ގިނަ ދިވެހީންގެ ކަށީގެ ހިފާފައިވާމިކަމަކީ ނަސްލީ ތަފާތުކުރުން ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ ‘ރޭސިޒަމްގެ’ ޢަމަލުތަކަކަށް ނޫނީ ނުވާނެއެވެ.
ބައެއް ދިވެހިން ދެކޭ ގޮތުގައި ބިދޭސީ މަސައްކަތްތެރިންނަކީ ވަރަށް ނާތަހުޒީބު ބައެކެވެ. އެމީހުން އުޅޭ ގޮތާއި، ހެދުން އަޅާގޮޮތާއި، މިފަދަ ކަންކަމަށް ހަޖޫ ޖެހުމަކީ ދިވެހި މުޖްތަމަޢުގެ ޒުވާނުންގެ ތެރޭގައި އާންމުވެފައިވާ ކަންކަމެކެވެ. ފުނާ އެޅޭ ގޮތަކުންނާއި، ލެވޭ ހެދުމެއްގެ ގޮތުން ‘ބަންގާޅިއަކާ’ ވައްތަރުވެ މަލާމާތް ރައްދުވުން އޮންނަނީ ވަރަށް ކައިރީގައެވެ. އަޅުގަނޑަށް އަދި އެންމެ ހެއްވާކަމަކީ ދާދި އިހަކާ ދުވަހާއި ޖެހެންދެން އަޅުގަނޑުމެން އެކި ގޮތްގޮތަށް “މޮޑް” ކޮށްގެން ދުއްވަމުންއައި ބައިސްކަލަކީވެސް މިހާރު ގިނަދިވެހީން ދުއްވަން އެއްގޮތަކަށްވެސް ކަމުނުދާ އެއްޗަކަށް ވެފައިވާ ކަމެވެ. ސްޓަންޓް ބައިސްކަލެއްވެސް ދުއްވާލަނީ ހާހަކުން ކުއްޖެކެވެ. ފުލުހުން ދުއްވުމައްޓަކައި ސަރުކާރުން ހޯދި ބައިސްކަލުތައްވެސް ގުދަނުގައިހުރެ ދަބަރަށްވެ ދަނީ ބައިސްކަލު ދުއްވުމުން ލިބޭ ސިއްޙީ ފައިދާތައް ނޭންގޭތީއަކީއެއް ނޫނެވެ. ނޫނީ އިންޖީނުލީ އުޅަނދެއް ދުއްވުމުގެ ބަދަލުގައި ބައިސްކަލެއް ދުއްވުމުން ތިމާވެއްޓަށް ކުރާ އަގުނުކުރެވޭ ފައިދާތައް ނޭންގޭތީއަކީއެއް ނޫނެވެ. ނަމަވެސް އެއީ ‘ބަންގާޅިން’ ދުއްވާއެއްޗަކަށް ވާތީއެވެ. އެކަމެއްގެ ސަބަބުން ކިތަންމެ ބޮޑު ފައިދާއެއްލިބުނަސް ‘ބަންގާޅި’ އަކަށް ވާންބޭނުން ނުވާތީއެވެ. ރާއްޖޭގެ އިޤްތިޞާދު ހިންގަން ތިބި މަސައްކަތްތެރިންނަކީ ދަށުދަރަޖައިގެ ބައެއްކަމުގައި ދެކެ، އެމީހުންނާ އެއްފެންވަރަކަށްދާން ބޭނުން ނުވާތީއެވެ.
ބިދޭސީން އުޅޭގޮތަށް އުޅުމަކީ ނުވަތަ އުޅެވުމަކީ ދެރަކަމެއްކަމުގައި ދެކޭދެކުމަށްވުރެ، ބިދޭސީންނާ ދޭތެރޭ ބައެއް ދިވެހިން ކަންތައް ކުރާ އިހާނެތި ގޮތްތަކަކީވެސް މިކަންކަމާއި ދޭތެރޭ ވިސްނާ ބަލާލި ކޮންމެ މީހަކަށް ފެންނަން ހުންނާނެ ކަންކަމެވެ. ހަދަމުންދާ ގޭގެއަކީ އެމީހުން ނިންދަވާ ތަނެވެ. މަގުމަތިން ދާއިރު ގަދަރުކުޑަ ގޮތްގޮތަށް ބިދޭސީންނާއި މުޢާމަލާތް ކުރުމާއި، ކުރެވޭ ކުޑަކުޑަ ކަމަކުން ގަޔަށް އަތްލާ މާރާމާރީހިންގުމަކީ ހަމަ ގައިމުވެސް މާލޭގެ މަގުތައްމަތިން ފެންނަ އާންމު މަންޒަރެކެވެ. އެމީހުންނަށް މުސާރަ ނުދީ، އެތައް ދުވަހެއް ވަންދެން މަސައްކަތް ކުރުވައެވެ. އެމީހުންގެ ޤައުމުގައި އަނބިދަރީން ބެހެއްޓުމަށްފަހު ރާއްޖެ އަންނަނީ ރާއްޖޭގައި މަސައްކަތްކޮށްގެން ލިބޭ އާމްދަނީ ‘ރަށަށް’ ފޮނުވައިގެން އަނބިދަރީންގެ ޚަރަދުތައް ހަމަޖެއްސުމުގެ ފޮނި އުންމީދުގައެވެ. މިއުންމީދުތަކުގައި ބައެއް ދިވެހިން ކޮޅުފައިން ޖަހަނީ މިކަން އިނގެހުރެއެވެ. އިންސާނިއްޔަތުކަންވެސް އެއްފަރާތުގައި ބާއްވާފައެވެ.
އަހަރެމެން ދިވެހިން މޭމަތީ އަތްޖަހާފައި ތިމަންނަމެންމީ މުސްލިމުންނޭ ބުނާއިރު، ދީނުގައި އަންގަވާފައިވާ ގޮތަށް އިންސާނުންގެ ތެރޭގައި އޮންނަންޖެހޭ ހަމަހަމަ ކަމުގެ މަތީންވެސް ހަނދާންކޮށްލަން އެބަޖެހެއެވެ. އެހެންމީހުންނަށް ޤަދަރާއި އިޙްތިރާމްކުރަން ދަސްކުރަންޖެހެއެވެ. ބިދޭސީ އެއްކަމުގައި ވީނަމަވެސް ހެޔޮކޮށް ހިތަންދަސްކުރަން އެބަޖެހެއެވެ. ތިމާފަދަ ދިވެހިންނަށް ކުރަންނުކެރު މަސައްކަތްތައް ކުރަން ކެރުނީތީ އެމީހުންނަށް ސާބަސްދޭން އެބަޖެހެއެވެ. އެމީހުންނަކީވެސް ތިމާފަދަ އިންސާނުންކަން ހަނދާން ބަހައްޓަން އެބަޖެހެއެވެ. ދިވެހިންނަކީވެސް މިރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންފަދަ މަސައްކަތްތެރި، މަސަކަތްކުރަން ކެރޭ، މަސައްކަތްކުރަން ދަންނަ ބަޔަކަށް ވާންވެއްޖެއެވެ. ބިދޭސީ މަސައްކަތްތެރިން ނުވަތަ ‘ބަންގާޅިން’ނަކީ ދިވެހިންނަށް، ޚާއްސަކޮށް ދިވެހި ޒުވާނުންނަށް ހުރި ނަމޫނާއެއް ކަމުގައި ބަލައި، އަހަރެމެންގެ މުޖްތަމަޢުގައި އަށަގަނެފައިވާ ނަސްލީ ތަފާތުކުރުންތައް ނައްތާލަންވީ ވަގުތު އައިސްނުޖެހޭތޯއެވެ؟

-ޑޮކް ޞާރިފް-

Tags:

ބަންގާޅީން

Share Article

Follow Me Written By

greeknee19

Level 1

Other Articles

Previous

ހިތް އަދު ރޮނީއޭ ނުދާށޭ – 22 ވަނަ ބައި –

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 18

Next
May 5, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 18

Previews
May 4, 2013

ހިތް އަދު ރޮނީއޭ ނުދާށޭ – 22 ވަނަ ބައި –

6 Comments!

  1. Milli Adam says:
    May 5, 2013 at 12:11 pm

    ވަރަށް މޮޅު ލިޔުމެއް.

  2. Anonymous says:
    January 27, 2014 at 12:08 pm

    ބަންގާޅީން ނަކީ ބަގްލަދޭސްގެ ރައްޔިތުންނަށް ދިވެހިބަހުން ކިޔާ ގޮތް. އެފްރިކާގެ ކަޅު ނަސްލުގެ މީހުންނަށް ބަބުރުން. ޔޫރަޕް ދޮންމީހުންނަށް ފަރަންޖީން..،. ލިޔުމަށް ވަރަށް ތާއީދު. ހަގީގަތުގައި އެބަޖެހޭ އެމީހުންގެ ހައްގުތަކައް ފަރުވާތެރިވާން.

    1. GuDuMeena says:
      April 7, 2014 at 10:51 pm

      hahaha mi maa salhi Joke akah. .

  3. kamana says:
    March 22, 2014 at 8:37 pm

    aslugaves kanthah vaagoiy mii hama :/

  4. el................. says:
    December 16, 2014 at 9:50 pm

    v.rangailu ibrathehlibey vaahakaeh

  5. Arw says:
    August 5, 2017 at 12:13 am

    Guest eh fenna irah soni vehtifa bangaalhieh fenna irah ahcheedi vefa raahjeyge firihenunnah masahkaih nukueveythy dw bangaalheen ethere kurany ehenvyma nuvaane dw kadakoh kanthah kohgen.. v
    thaaeedhu kuran mi story ah ??

Comments are closed.



All Right Reserved!