“….މާބޮޑަށޭ ތި ވިސްނަނީ.. ބަލާބަލަ މީހާއަށް ތިހިރަ އަންނަ ބަދަލުތައް.. ތިހެން އުޅެން ހަދާގެން ދޮންތަ އަހަންނާ ސުވާލްކޮށްފާނެ… އަހަންނަށް ދޮގު ހަދަން އުނދަގޫވާނެކަން ނިޝްއަށްވެސް އެނގޭނެ… ކުރިން އުޅުން ގޮތަށް ނޯމަލްކޮށް އުޅެމުން އަހަރެން ބުނިގޮތަށް ކަންތައްކޮށް ބަލަ.” ރީޝާ ހަނދާންކޮށް ދިނެވެ “ތިހެންވެސް ހެދިދާނެ.. ހަޤީގަތް ބަދަލު ނުވާނީ..” ނިޝްވާ ވިސްނާލާފައި ބުންޏެވެ. “ހާދަ ފޫއްސެއްވެޔޭ ފެނުނަސް….ހިތަށް އަރަނީ އެކަންތައް…..” ނިޝްވާ ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލީ އިޝާން އަންނަތަން ފެނުމުންނެވެ. އިޝާން އަކީ […]
ރެޔަކީ ވިއްސާރަ ރެޔެކެވެ. ގަޑިން މެންދަމުން އަލިވެ އެކެއް ޖަހާ އެހާކަން ހާއިރެވެ. ނިޝްވާ އަށް އޮތީ ނިދިފައެވެ. ފިނިރެއެއްކަމުން އޭނާ އޮތީ ރަޖާ އަޅާ މުޅި ހަށިގަނޑު ނިވާކޮށްލައިގެންނެވެ. ކުއްލިއަކަށް ނިޝްވާ އަށް ހޭލެވުނީ މީހަކު އޭނާގެ މޫނުގައި ބީހޭ ކަމުގެ އިހްސާސް ކުރެވިގެންނެވެ. ހޭލެވުމާ އެކު ރަޖާގަނޑު ގަޔާލާ ބޮނޑިކޮށްލަމުން އެމީހާ އާއި ދުރަށްޖެހިލިއެވެ. “… ދޮން ދޮންތަބޭ…” ނިޝްވާ އަޅައަޅައި ގަންނަމުން ބުންޏެވެ. ” ކީ.. ކީއް..ކުރަނީ ތި މިކޮޓަރީގަ….” “…. ކަލެއަށް […]
ލޯބީގެ ހާސަރުގަނޑެއް ހަނދާންވެއްޖެއެވެ. ކުޑައިރެވެ. ވަރަށްވެސް ކުޑައިރެވެ. ދެންބުނަންޏާ ރަން ދޫންޏަށްވެ ނޫނީ ގުއި ދޫންޏަށްވެ މީސްމީހުންގެ ކޮށްޓަށް ގޮސްވަންނަހާވެސް ކުޑަ ކުޑައިރެވެ. އޭނާ ފުރަތަމަ ފެނުނީ ގޭގެ ސިޓިން ރޫމުގައި ބޭބެ މެނާ އެކު ސަކަރާތްޖަހަން އިންދައެވެ. ދޮންރީތިމޫނެކެވެ. ނަޒަރުތޫނު ކުރަނގިދެލޮލެވެ. މަޑުފިޔާތޮށިކުލައިގެ ތުންފަތެކެވެ. އަންނާރު އޮށްތަކެއްފަދަ ދަތްތަކެކެވެ. ދިގުފަން އިސްތަށިގަނޑެކެވެ. ދެންހަމަ ލޯބީގެ ވާހަކަތަކުގައި ލިޔުންތެރިން ސިފަކޮށްދީފައި އެހުންނަ ޖާޒުބީ ރީތިކަން އޭނާގެ ކަނދުރާއިން ފެށިގެން މަތީގައިވާކަން ހަމަ ޔަގީނެވެ. ޖިސްމުގެ ވާހަކަ ނުދައްކަމާހެއްޔެވެ. […]
ސިއްސައިގެން ދިޔައީ ފައިގެ ބޮޑުވާ އިނގިލި ތެޅިގަތީމައެވެ. ހަންގަޑު ދޫވެ ނާރުއަރާ ދެއަތަށް ގަދަޔަށް ހޫރެނީއެވެ. ނިޔަފަތިގަނޑު ނުލާހިކު ގަދަ ހުދުކުލަޔަކަށް ބަދަލުވިއެވެ. ނިޔަރޮދި ބޭރަށް ނިކުންނަން ފެށިއެވެ. އެއަށްވުރެ ތިރިން ފަޅާފައިހުރި ދެތިން ލޯލި ދިގުވެ ބޯވެ ކަޅުވާން ފެށިއެވެ. ދެފަރާތަށް ގިނަވެފަ ހުރިހަންތަކުން އުފެދެންފެށީ ކަރުންމަތީގެ ގުނަވަނެއްގެ ސިފައެވެ. ހުދުކަން ގަދަވަމުން ދިޔަ ނިޔަފަތި ދެބަޔަށް ބެހެން ފެށިއެވެ. ވަށްކޮށް އަނެއްކާވެސް އެއްކަހަލަ ދެގުނަވަން އުފެދިގެން ދިޔައެވެ. ނިޔަރޮދި ދެބައިވެއްޖެއެވެ. މެދުތެރެއިން ނިޔަފަތީގެ ހުދުކަން […]
މަންމާއެވެ! އަޅުގަނޑު މި ވާހަކަތައް ކިޔައިދޭނީ ކާކުގެ ގާތުގައި ހެއްޔެވެ؟ މަންމަ، އަޅުގަނޑާއި ކޮއްކޮ އާއި ބައްޕަ ދޫކޮށްފައި ތިޔަ ދިޔައީ ހާދަހާ ދުރަަށެވެ. ގެއިން ހޮސްޕިޓަލަށް ދަމުން ކޮއްކޮއެއް ބަލައި ދަނީއްޔޭ މަންމަ ބުނީމެންނޫންހެއްޔެވެ؟ އެހެނަސް ހޮސްޕިޓަލުން ސަލާމަތުން އެނބުރި ގެއަށް އަންނާނީ ހަމައެކަނި ކޮއްކޮކަމަށް އަޅުގަނޑު ހީކުރާނެ ހެއްޔެވެ؟ މަންމާ އެވެ! މަންމަ ދެން ދަނީއްޔޭ ބުނީ އަނބުރައި ނާންނަންކަމަށް އަޅުގަނޑަށް ހީވެދާނެ ހެއްޔެވެ؟ މަންމާއެވެ! މަންމަ ވަޅުލި އިރު ވެސް އަޅުގަނޑު ކައިރީގައި […]
ލުފްޝާން ފެންވަރައި ހަދާލައިގެން ތިރިއަށް ފައިބަން ދިޔައިރު ފައްތާހް އިނީ ސޯފާގައި ޓީވީ ބަލާށެވެ. ފަރިތަ ކަމާއިއެކު ސިޑިން ފައިބަމުން ލުފްޝާން އޭނާގެ ބައްޕައަށް ގޮވާލިއެވެ. “ބައްޕާ…ވަރަށް ބޮޑު ކަމެއް ކޮށްދީބަލަ….” ޓީވީ ބަލަން އިނދެފައި ފައްތާހް ލުފްޝާންގެ ވާހަކައަށް ސަމާލުވިއެވެ. “ކޮން ކަމެއް އަނެއްކާ…” ލުފްޝާން ސޯފާގައި އިށީންނަމުން ބުންޏެވެ. ” ހާފިޒް އާއި ޝާމިލްއަށް ގުޅާފައި މިގެއަށް ގެނެސްދީފާނަންތަ؟…ކޮންމެވެސް އެއްޗެކޭ ކިޔާފަ ހައްދާލާފަ…ހެހެހެ..” މިހެން ބުނަމުން ލުފްޝާން އެއްމިޔަކަނަށް ހީލިއެވެ. ފައްތާހްއަށް ލުފްޝާން ކުރަން […]
ދުވަސް ތައް ހަފްތާތަކަށް ބަދަލުވަމުން ދެއެވެ.ހަލުވި ކަމާއިއެކުއެވެ. ފައްތާހުގެ އޯގާތެރިކަމާއި ނަސޭހަތް ތަކުން ނުހާގެ ދިރިއުޅުން މުޅިން ބަދަލު ކޮށްލައިފިއެވެ. މިވީހާ ދުވަހު ނުހާއަށް ނުލިބިފައިވާ ލޯތްބާއި ހަމްދަރުދީ އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެމުން ދިޔައެވެ. ނުހާގެ މަންމަ ޒާހިދާއަކަށް ނުހާ އުޅޭ ނޫޅޭ ތަނެއް ނޭނގެއެވެ. އެންމެ ކުޑަމިނުން ނުހާ ދުނިޔޭގައި ހުރިތޯ ބަލައިލަން ވެސް ޒާހިދާ ނޫޅެއެވެ. “ބޭބޭ…އެއްޗެއް އަހާލަންތަ؟؟…” ގަސްތަކަށް ފެންދޭން ހުރި ނުހާ ފަައްތާހް ގާތު އެހިއެވެ. އޭރު ފައްތާހް […]
ކުޑަކުއްޖަކު ފަދައިން އާނއެކޭ ބުނުމުގެ ގޮތުން ދެފަހަރަކު ބޯޖަހާލިއެވެ. އެހެންނޫނަސް ނުހާއަށް މިއަދު އެނޫން ގޮތެއް ނެތެވެ. ގޭގެ ބޮޑު ގޭޓުން ކާރު ވައްދާލި އިރު ފިނިހިޔާ ފެންނަނީ ވަރަށްވެސް ފުރިހަމަ ކޮންނެވެ. ދެބުރިއަށް ނަގާފައި މިގޭގައި ލާފައި ވަނީ މަޑު ފެހިކުލައެވެ. ލޯމައްޗަށް ފެންނަލެ ނުހަނު ހިތްގައިމެވެ. ގެއަށް ވަންނަން ހަދާފައިވާ މަގުގެ ދެފަރާތުން ވަނީ ބަގީޗާ ހައްދާފައެވެ. ބަގީޗާ ވަނީ އެކި ކުލަކުލައިގެ މާތަކުން ޖަރީ ވެފައެވެ. އީންދެލައިގެން ތިބެވޭ ގޮތަށް މޭޒެއް ވަށައިގެން […]
ނުހާ ވަރަށް ވަރުބަލި ކަމާއި އެކީ ލޯ ހުޅުވާލިއެވެ. ނުހާ އެއޮތީ ކޮންތާކު ބާއެވެ؟ ނުހާއަށް ނިދުނީ ކޮން އިރަކު ބާއެވެ؟ ނުހާ އޮތީ ވާނުވާ ނޭނގިފައެވެ. އެތަކެއް ސުވާލުތަކެއް ނުހާގެ ސިކުނޑި ތެރޭގައި އެނބުރެން ފެށިއެވެ. ނުހާއަށް އޮވެވުނީ ކޮންތަނެއްގައިތޯ ބަލައިލާން ވަރަށް ހިތްވަރު ކުރަމުން ތެދުވަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ކައިރީގައި ހުރި ހުދު ޔުނީފޯމެއް ލައިގެން ހުރި ނަރުސް ކުއްޖާ ނުހާ ކައިރިއަށް އައިސް ބޯ ހޫރާލަމުން ހިނިތުންވެލިއެވެ.އަދި ނުހާގެ ދެކޮނޑުގައި ހިފާ […]