Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ޤަބޫލްކުރަންދަތި ހަޤީޤަތް…؟؟؟ ފަސްވަނަ ބައި

shan Level 410 Stories100 Comments500 Comments100 Login
April 26, 2013 4 Mins Read
8 Comments

ނައުމާ ގައިގާ ބައްދާލިއެވެ. ނީޝްވާ އެކަންކުރީ ހިތުން ރުހުމަކުން ނޫނެވެ. ރީޝާ ކުރިންވެސް އުޅުން ގޮތަށް އުޅެވޭތޯ ބެލުމަށް ބުނެފައިވާތީއެވެ. އެގޮތަށް އުޅެގެން ހަޤީގަތް ހޯދުމުގެ އަޒުމާވެސް އެކުގައެވެ.

ރީޝާ ބުނިގޮތަށް އެރޭ އިޝާން އާ ބައްދަލުކޮށް ހުރިހާ ވާހަކައެއް ކިޔާދިނެވެ. އެންމެ ވާހަކަ އެއް ފިޔަވައެވެ. ދޮންތަ ހިތަށް އެރުވި އެހުތުރު ޢަމަލު ފިޔަވައެވެ. އެވާހަކަ ބުނެގެން އިޝާން ދޮންތައަށް ކުރާ ޤަދަރު ކުޑަކޮށްލަން އޭނާ ބޭނުންނުވީއެވެ. އިޝާންވެސް ބުނީ ހަމަ ރީޝާ ބުނިހެންނެވެ. ކުށްހީއަކަށް ވެދާނެ ކަމުގައެވެ. ކަމުގެ ހަޤީޤަތް ބެލުމަށެވެ.

އެދުވަހުގެ ފަހުން ނިޝްވާގެ އުޅުމަށް ބަދަލުތައް ގެނައެވެ. ކުރިންވެސް ގޭގައި އުޅޭގޮތަށް އެންމެނާވެސް މަޖާކޮށް ހީ ސަމާސާކޮށް ހަދައެވެ. މިހެން އުޅުމުގެ ސަބަބުން އޭނާގެ ހިތުގައިވާ ޝައްކު މަޑުމަޑުން ފިލަމުން ދެއެވެ. ދުވަސްތައް ފާއިތުވަމުންގޮސް މިހާރު އެއްހަފުތާވެއްޖެއެވެ. މިވީ ދުވަސްކޮޅުގެ ތެރޭގައި ނަޢުމާގެ ފަރާތުން އެހެން ފިރިހެނަކާ ގުޅުމެއް އޮންނަކަމުގެ އެއްވެސް ކަހަލަ ނިޝާނެއް ނުފެނެއެވެ. ނަޢުމާ ބޭރަށް ދާނަމަ ދަނީ ނިޝްވާ ނޫނީ އަރީކާ ގޮވައިގެންނެވެ. ނިޝްވާނުލައި ބޭރަށް ހިގައްޖެނަމަ ރީޝާ ނޫނީ އިޝާން ލައްވާ އޭނާ ދާތަނެއް ބަލައެވެ. އެއްވެސް ކަހަލަ ފިރިހެނަކާ ބައްދަލުކުރާ ތަނެއް އެމީހުން ނަކަށް ނުފެނެއެވެ. ގޭގައި އުޅޭ ވަގުތުތަކުގައިވެސް އެއްވެސް މީހަކާ ފޯން އިން ސިއްރުން ވާހަކަ ދައްކަނިކޮށްވެސް ފެނިފައެއް ނުވެއެވެ. ނިޝްވާގެ ކިޔެވުން ނިމިފައިވާތީ އޭނާ ގިނަވަގުތު ހޭދަކުރަނީ ގޭގައެވެ. ކަމެއް ގޯހުންދާނަމަ އެނގޭނެޔޭ ހިތްބުނެއެވެ. އެހެންކަމުން އޭނާއަށް އިވުނު އަޑުތަކަކީ އެއްވެސް ކަހަލަ ހަޤީޤަތެއް ނެތް އަޑުތަކެއްކަމުގައި އޭނާ ޔަޤީންކުރިއެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ނިޝްވާ އޮތީ މެންދުރު ނިދި ގޮތަށް ނިދާފައެވެ. ކުއްލިއަކަށް އޭނާއަށް ހޭލެވުނީ ފޯން ރިންގު ވާން ފެށުމުންނެވެ. ބަލާލިއިރު ރީޝާގެ ކޯލެކެވެ. “..ކީކޭ ރިޝް..” ނިޝްވާ ދެލޯ ރަނގަޅަށް ނުހުޅުވައި އޮވެ ބުންޏެވެ. “..ސާބަސް ކަމަނާއަށް..ނިދަނީތަ އަދިވެސް؟..” ރީޝާ އެހިއެވެ. “..މިހާރު އެއޮއް 04:00 ޖެހީ..ތީ ގަޑިޔަށް އަންނަ ބުނި މީހާއަށް ވާވަރު..” ރީޝާ އާއެކު ފިހާރައަށް ދާން ބުނެވިފަ އޮތްކަން ނިޝްވާ ހަނދާންނެތުނީއެވެ. “..އާނ..އާނ.. މިދަނީ..ލަހެއް ނުވާނެ..” މިހެން ބުނެފައި ފޯން ކަނޑާލިއެވެ. އަދި އަވަސް އަވަހަށް ފާހާނާއަށް ވަނެވެ.

ނިޝްވާ ތައްޔާރުވެގެން ގެއިން ނެކުތް އިރު ރީޝާ ދޮރާށި ކައިރީގައި ހުއްޓެވެ. “..ތީ މިނެކުންނަނީ އޭ ބުނިމީހާ..” ރީޝާ ބުންޏެވެ. ގެޔަކީ 5 ބުރީގެ އިމާރާތެކެވެ. ނިޝްވާމެން އުޅެނީ އެންމެ މަތީ ބައިގައެވެ. ދެން ހުރި ފުލޯ ތައް ހުންނަނީ ކުއްޔަށް ދީފައެވެ. “..ލިފްޓް މައްސަލަ ޖެހިފަ ހުރީމަ ކުޑަކޮށް ލަސްވީ..” ވީގޮތް ނިޝްވާ އޮޅުން ފިލުވައި ދިނެވެ. “..ދެންވެސް އަވަހަށް ހިނގާ ދާން..” ނިޝްވާމެންގެ ގެ ހުންނަނީ ގޯޅި ގަނޑެއް ތެރޭގައި ކަމަށް ވުމުން ގޯޅި ގަނޑުން ސޯސަން މަގަށް ނެކުތުމަށް ދެކުދިން އެކުގައި ހިނގައިގަތެވެ. ހަމައެޔާ އެކު ނިޝްވާ ހުއްޓުނެވެ. ހީވީ ބިންގަޑުގައި ދެފައި ތަތްވިހެންނެވެ. ސޯސަންމަގު އަނެއް ފަރާތުގައި ގޯޅިގަނޑާ ކުރިމައްޗަށްވާ ގޮތަށް ތިބި އިމާދު އާއި އިލްހާމް ފެނުމުންނެވެ. އެމީހުން ތިބީ ނިޝްވާ އާ ދިމާލަށް ބަލަހައްޓައިގެންނެވެ. “..ކިހިނެއް ވީ؟..” ރީޝާ އެހިއެވެ. ނަމަވެސް ނިޝްވާ އެއްވެސް ޖަވާބެއް ނުދީ ރީޝާ އަތުގައި ހިފާގެން ސޯސަންމަގަށް ނެކުތެވެ. އަދި މަޖީދީމަގަށް ނެކުތުމަށް ހިނގައިގަތެވެ. ރީޝާއަށް އިމާދު އާއި އިލްހާމް ފެނުނީ އެވަގުތުއެވެ.

“ފެނިއްޖެ ދޯ އެދެމީހުން؟..” ނިޝްވާކޮށްލީ ސުވާލެކެވެ. “..ކިހިނެއްވީ؟..” ޖަވާބު ދިނުމުގެ ބަދަލްގައި ރީޝާވެސް ކުރީ ސުވާލެކެވެ. “..ނޭގެ ކީއްކަމެއް ވާން މިއުޅެނީ..” ނިޝްވާހުރީ ކުޑަކޮށް ނުތަނަވަސް ވެފައެވެ. “..އެމީހުން އަހަރެން ފަހަތުން މުގޯލި އަޅާ ފާރަލާހެން ހީވަނީ.. ބޭރަށް ނެކުމެއްޖާ މިދެމީހުން ފެންނާނެ.. އެކަނި ހުރިއްޔާ ވާހަކަ ދައްކަންވެސް އުޅޭ.. ގޮވާނެ.. މަޑުކޮށްބަލާށޭ.. އެމީހުން ނޭގުނުހޭ އަހާނެ.. ވަރަށްކުރިން އެއްރެޔަކު ދިމާވި ނޫންހޭ..؟ އެކަހަލަ އެއްޗެހިތަކެއް ކިޔަނީ އަހަރެން މަޑުނުކޮށް ބާރުބާރަށް ދަނީ… އިނގޭތަ އަދި އެއްދުވަހު އުޅެފި އަތުގަ ހިފައްހައްޓާގެން މަޑުކުރުވަންވެސް.. ދުވެފަ ގެޔަށް ވަދެވުނު ކަމުން އެދުވަހު ސަލާމަތްވީ..”

“..ހަމަ ތެދެއް؟..” ރީޝާއަށް ބުނެވުނެވެ. ހައިރާންވީ ވަރުންނެވެ. “..އެއީ.. އިޝާން އެއްކަލަ ދުވަހު އިންޓްރޮޑިއުސް ކޮށްދިން މީހުން ދޯ..”

“..އާނ.. ހަމަ ޔަޤީން މުޖައްރިބު.. އެއީ އޭނާ..” އިމާދު ބުންޏެވެ. އެމީހުން ތިބީ ކުރިންވެސް ތިބި ތަނުގައެވެ. “.އިންމަ..ހިނގާބަލަ ފަހަތުން ދާން..” އިލްހާމް ބޭނުންވީ ފަހަތުން ދާށެވެ.

“..ނޫނޭ.. އިއްލޭ..އެކަނި ފެންނަ ފަހަރަކުން ދިމާކުރާނީ..ހިނގާ ދަމާ..” އިމާދު އެގޮތާ އެއްބަހެއް ނުވިއެވެ. “..އެމަންޖެ އެއުޅެނީ އަހަރުމެން އިޝަންޓޭ ކައިރީ ބުނެފާނެތީ ބިރުން ކަންނޭގެ..”

“..ބިރު ގަންނާނެ ދޯ.. ގަޔަށް ބޮލަށް އަރާ ހިސާބަށް ދާވަރު ވީމަ..” މަޖީދީ މަގުގައި ހުރި ފައިވާން ވިއްކާ ފިހާރައަކަށް ވަންނަމުން ނިޝްވާ ބުންޏެވެ. “..މާ ކަންތައް ބޮޑުވަންޏާ ދެން އިޝާން ކައިރީ ބުނާނީ..”

ފިހާރަކޮށް ނިންމާލާގެން ރީޝާ ދިޔައީ ގެޔަށެވެ. ނިޝްވާއަށް ގެޔާ ހަމައަށް ދާންޖެހުނީ އެކަންޏެވެ. އޭނާ މަޑު ހިނގުމެއްގައި ގޮސް ގެޔަށް ވަނުމަށްޓަކައި ގޯޅިއަށް ވަނުމާއެކު ދިޔައީ ސިހިގެންނެވެ. ކުރިމައްޗަށް މީހަކު އެރުމުންނެވެ. އެއީ އިމާދު އެވެ. އިމާދު ހުށިޔާރުކަމާއެކު ނިޝްވާ އަތުގައި ހިފެހެއްޓިއެވެ. ނިޝްވާ ބިރުންހުރެ ދެކޮޅަށް ބަލަންފެށިއެވެ. އަދި އޭނާގެ އަތް ދަމާ ގަނެވޭތޯ މަސައްކަތްކުރިއެވެ. އިރުއޮއްސޭ ވަގުތު ވުމުން މަގުމަތީގައި މީހުން ވަރަށް މަދެވެ. ގޯޅި ތެރޭގައި އެ ދެ މީހުން ފިޔަވައި އިތުރު މީހަކުނެތެވެ. “..ދޫ..ދޫ..ކޮށްލާ؟.. ނިޝްވާ ހުރީ ބިރުގަންފައެވެ.

“..ކަލޭ ކީއްވެތަ މާ ދުރުދުރުން ތިއުޅެނީ؟..” އިމާދު ވާހަކަދެއްކީ ބާރަށެވެ. “..މަދެކެ ބިރު ގަންނަނީތަ؟.. މަ ނުބުނާނަމޭ ކައެ ބިޓް ކައިރިއަކު.. އަދި އެއް ޗާންސް ދީބަލަ..” ނިޝްވާއަށް ރޮއެ ގަނެވިއްޖެއެވެ. ހަމައެއާއެކު ނިޝްވާއަށް ހަދާލެވުނު ގޮތަކުން އިމާދުގެ އަތު ތެރެއިން އޭނާގެ އަތް ދޫވިއެވެ. އޭނާ ލިބުނު ފުރުޞަތުގެ ބޭނުންކޮށް ދުވެފައި ގޮސް ގެޔަށް ވަނެވެ. “..ޝިޓް..” އިމާދުގެ ފައިން ބިންމަތީގައި އޮތް ދަޅެއްގައި ޖެހިއެވެ. އަރީކާ ޝާން ގޮވައިގެން ގޯޅި ގަނޑަށް ވަނީ އެވަގުތެވެ. ދަޅުން އަރީކާ ގައިގަ ނުޖެހުނީ ކިރިޔާއެވެ. އެމީހުން އެއައީ ބަގީޗާއަށް ގޮހެވެ. އެމީހުނާއެކު ނަޢުމާވެސް ދިޔައެވެ. އެއްޗެއް ގަތުމަށް އޭނާ ވަނީ ފިހާރައަށެވެ.

“..ކިހާ ބޮޑު އުނދަގުލެއް.. މިގޮލާ ކީއްކުރަންބާ މި ގޯޅިގަނޑުގަ މިހުންނަނީ..” އެއީ އަރީކާ ހިތަށް އެރި އެއްޗެކެވެ. އަރީކާއަށްވެސް އެތައްފަހަރެއްގެ މަތިން އިމާދު ވަނީ އެހިސާބުން ފެނިފައެވެ. ފެނިފެނި އެމޫނުވަނީ ދަންނަމޫނަކަށް ވެފައެވެ. ނަމަވެސް އަރީކާ އިމާދު އާ ދިމާލަށް ބަލާލުމަށް ފަހު އެއްވެސް އެއްޗެއް ނުބުނެ ދިޔައީއެވެ. އިމާދު ގޯޅިން ނެކުތުމަށް ހިނގައި ގަތީ އަރީކާއަށް ބަލަމުންނެވެ. އެހެންކަމުން އެވަގުތު ގޯޅިއަށް ވަންނަން އައި ނަޢުމާގެ ގައިގައި އިމާދު ޖެހުނެވެ. ދެމީހުން ހަތަރު ކަޅި ސީދާވިއެވެ. ދެމީހުންގެ ލޯވެސް ދިޔައީ ބޮޑުވެގެންނެވެ. އަނގަ ތަންމިނަށް ހުޅުވުވި އަނގަމަތީ އަތްއަޅާ ލެވުނެވެ. ލިބުނު ހައިރާންކަމެއްގެ ސަބަބުންނެވެ. ނަޢުމާއަށް ހީވީ ބިރެއް ފެނުނު ހެންނެވެ. އަވަސް އަވަހަށް ގެޔާ ދިމާލަށް ހިނގައި ގަތެވެ. ފަޔަށް ލެވުނުހާ ބާރެއް ލާފައެވެ. އިމާދު ބަލަހައްޓައިގެން ހުރީއެވެ. އޭނާގެ ތުންފަތްމަތިން ލުއި ހިނިތުން ވުމެއް ފާޅުވިއެވެ.

ނިޝްވާ ދުވެފައިގޮސް އެނދުމައްޗަށް ޖެހިގަތެވެ. އަދި ބާރު ބާރަށް ރޯންފެށިއެވެ. ގިސްލަ ގިސްލާފައެވެ. އެގޮތަށް އޭނާ އެތަށް އިރެއް ވަންދެން ރުޔެވެ. “..ނިޝް..ނިޝް” އަރީކާ ދޮރުގައި ޓަކިޖަހަމުން ގޮވާލިއެވެ. “..އިޝާން ބުނީ ފޯން ނަގާބަލާށޯ..” ނިޝްވާ ފޯންބަލާލިއިރު އިޝާން 10 ފަހަރު ގުޅާފައި އޮތެވެ. ބޭރަށް ދާންވެގެން ރިންގް އޮފް ކޮށްލާފަ އޮތީމަ ނޭގުނީއެވެ. އޭނާ އެނދުން ތެދުވެ ތުވާލިން މޫނު ފޮހެލަމުން ގޮސް ފާޚާނާއަށް ވަނެވެ.

ފާހާނާ ލޯގަނޑު ކުރިމަތީގައި ހުރި ނަޢުމާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. އޭނާ ހުރީ ގަބު ވެފައެވެ. އެގޮތަށް އެތައް އިރަކު ހުރުމަށްފަހު ބޮލުގައި ދެއަތުން ހިފަހަށްޓާލިއެވެ.

“..ކިހިނެއް ވާންތަ މިއުޅެނީ؟..” ހިތާހިތުން ކިޔާލެވުނެވެ. “..މިހާ ދުވަސްކޮށްފަތަ އޭނައަށް ފެންނަން އެނގުނީ.. އަދި އެވެސް މިގެ ކައިރިން.. އޭނާ ފަހަތުން ނުނެއްޓިއްޖެޔާ.. އަހަރެން މުޅި ދުނިޔެއަށް ސިއްރުކޮށްފައިވާ ސިއްރު ބޭޒާރުވެ ޝަހީންއަށް ހުރިހާކަމެއް އެނގިއްޖެޔާ؟؟..އަހަރެން ދެން… ނޫން ނޫން..” ނަޢުމާއަށް ބާރަށް ރޮއެގަނެވުނެވެ. ގިސްލަ ގިސްލާފައެވެ. ހިތަށްއެރި އެއްޗެހިތަކެއްގެ ސަބަބުންނެވެ.

“..އަހަރެންނަށް ހަމަޖެހިގެން އުޅެވޭނީ ކޮން ދުވަހަކުންތަ؟..” ނަޢުމާ ދެއަތުން ބޮލުގަ ހިފަހައްޓާހެންހުރެ އުޑުފައިން އިށީނެވެ. އަދި ފާރުގައި ލައްވިއެވެ. އޭނާގެ ދެލޯވަނީ ރަތްވެފައެވެ. ގިސްލަމުން ދެކަކޫމަތީ ބޯ އަޅާލިއެވެ. (ނުނިމޭ)

ހަވަނަބައިގެ ތެރެއިން:-

އެވަގުތު އޭނާގެ ނަޒަރު ދޮރުގެ ތަޅަށް ހުއްޓުނެވެ. ކުއްލި ސިހުމެއްލިބުނެވެ. ހަމަ އެޔާއެކު ދޮރުވެސް ހުޅުވިގެން ދިޔައެވެ. އަދި ދޮރުމަތީ ހުރި މީހާގެ ހިޔަނި ސިޓިންގ ރޫމްއަށް އެޅުނެވެ. މިގަޑިގައި ކާކު ހެއްޔެވެ؟ ޝަހީން ވީ ޑިއުޓީގައެވެ. އޭނާ ގުޅާފައި ނާދެވޭނެ ވާހަކަވެސް ބުންޏެވެ. އެހެންވީމާ އޭނާ ނާންނާނެކަން ޔަޤީނެވެ. ނަޢުމާ ހުރިތަނުގެ ގޮތުން އޭނާއަކަށް އެމީހެއްގެ މޫނެއް ނުފެނެއެވެ. އެހެންކަމުން ކާކުތޯ ބެލުމަށް ދޮރާދިމާލަށް ހިނގައިގަތެވެ. ބިރުންހުރެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 13

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 14

Next
April 27, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 14

Previews
April 26, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 13

8 Comments!

  1. ސަމަން says:
    April 26, 2013 at 11:36 pm

    ވ.ސަޅި

  2. fathimath Asim says:
    April 26, 2013 at 11:45 pm

    ހިތް ނުތަޅުވާ އަވަހަށް އަނެއްބައި ގެނެސްދެއްޗެ.ވ ރީތި

  3. nishan says:
    April 26, 2013 at 11:51 pm

    ތޭންކް ޔޫ ސަމަން

  4. nishan says:
    April 26, 2013 at 11:53 pm

    ތޭންކް ޔޫ ފާތުން.. ވަރަށް އަވަހަށް އަޕް ކޮށްދޭނަން 🙂

  5. Rose says:
    April 26, 2013 at 11:53 pm

    ވ ވ ވ ރިތި.. މާލަހީ އަޕް ވާލެއް

  6. nishan says:
    April 26, 2013 at 11:57 pm

    ވެރީ ވެރީ ތޭންކް ޔޫ ރޯޒް..ކީއްވެ ލަހޭ ތިބުނަނީ.. އަދި ވާހަކަ ގެނެސްދޭން ފެށިތާ ވީކެއް މިވީ… 5 ބައި ގެނެސް ދެވިއްޖެ.. އެވަރު އޯކޭ އެއް ނުން؟؟؟؟

  7. ނަޒާ says:
    April 27, 2013 at 12:11 am

    ވ ސަޅި

  8. nishan says:
    April 27, 2013 at 12:44 am

    ތޭންކް ޔޫ ނަޒާ 🙂

Comments are closed.

Next Episodeޤަބޫލްކުރަންދަތި ހަޤީޤަތް…؟؟؟ ހަވަނަބައި←


All Right Reserved!