Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ޤަބޫލްކުރަންދަތި ހަޤީޤަތް..؟؟؟ ތިންވަނަ ބައި

shan Level 410 Stories100 Comments500 Comments100 Login
April 22, 2013 3 Mins Read
5 Comments

“މަށަށް ވެސް ހީވަނީ އެއީ އެމަންޖެ ހެން..ވަރަށް ވައްތަރު” އިމާދު ވާހަކަ ދެއްކީ ޝައްކެއްގެ މަތީ ހުރެގެން ކަހަލަ ގޮތަކަށެވެ.. “އެކަމް އެންމެ ފަހުން މަށަށް އެމަންޖެ ފެނުނު އިރު ބަނޑުވެސް ބޮޑު.. އޭޑީކޭ ތެރެއިން މަށަށް ފެނުނީ.. އެދުވަހު އޭނަ ކައިރީގަ އިތުރު ފިރިހެން ޅާޔަކު ހުރީމަ ވާހަކަ ދެއްކޭގޮތް ނުވީ.. އެއީ އިޝަންޓޭ އެއް ނޫން ގައިމުވެސް..”

“..ބަނޑުބޮޑޭ..” އިލްހާމް ބުންޏެވެ. “..ތިވާނީ ކައެއަށް ހީވިގޮތަކަށް.. އޭނަ ސުކޫލުގަނުންތަ އެއުޅެނީވެސް…”

“..ވެދާނެ..މަށަށް ބަނޑުބޮޑުހެން ހީވީކަމަށް..ވަރަށް ދުރުންވިޔަ ފެނުނީ..”

“..ހިނގާ ވަންނަ ގެޔެއް ބަލަމާ…” އިލްހާމް ހިޔާލެއް ދިނެވެ. އެދުވަހު އިމާދު އާއި އިލްހާމް ގެޔަށް ދިޔައީ ނިޝްވާ އުޅޭ ގެ ހޯދުމަށް ފަހުގައެވެ.

ނިޝްވާ ގެޔަށް ވަންއިރު ނައުމާ އިނީ ހެދުމެއް ފަހަން އޭނާގެ ކޮޓަރީގައެވެ. އަރީކާ އުޅެނީ ކުޑަމީހާ ފެންވަރުވަން ފާހާނާގައެވެ. ޝަހީން ހަވީރު ޝާން ގޮވައިގެން ކުޑަކުދިންގެ ބަގީޗާއަށް ދާން ބުނެފައި އޮތީމައެވެ.

“..ކޮއްކޯ ހުންނާނެ ކާން ހަދާފަ…” ނިޝްވާ ގެއަށް ވަންތަން ފެނުމުން ނައުމާ ނިޝްވާއަށް ގޮވާލަމުން ބުންޏެވެ. ކޮޓަރީ ދޮރު ހުރީ ހުޅުވާފައިކަމުން ގެޔަށް މީހަކު ވަނަސް އޭނާއަށް ރީއްޗަށް ފެންނާނެއެވެ. “ކައިގެން ކުރާކަމެއް ކުރަންވާނީ… ހެނދުނުވެސް ސައި ނުބޮއެ ތިހުރީ..” ނިޝްވާ އެއްވެސް ޖަވާބެއް ނުދީ ދިޔަގޮތަށް ދިޔައީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެ ދޮރު ތަޅުލުމަށްފަހު ދޮރުގައި ލެނގިލިއެވެ. މަޑުމަޑުން ތިރިވަމުންގޮސް ތަށިމުށި ގަނޑު މަތީގައި އިށީނެވެ. ދެލޯވަނީ ފެންކަޅި ވެފައެވެ. ނިޝްވާ ދެލޯ މަރާލިއެވެ. އެއާއެކު ލޮލަށް ޖަމާވެފައިވާ ކަރުނަތައް ކޯތާފަތް މައްޗަށް ފައިބާގަތެވެ. ނައުމާ ހީކުރީ ނިޝްވާއަށް ބުނި އެއްޗެއް ނީވުނީ ކަމަށެވެ. އެހެންކަމުން ނިޝްވާ ކޮޓަރިކައިރިއަށް ގޮސް ޓަކި ޖަހާލާފައި ކާން ދިޔުމަށް ބުންޏެވެ. ނިޝްވާ ޖަވާބުގައި މިއައީ ރިޝްމެން ގެއިން ކައިގެން ކަމަށް ބުނެ ދޮގު ހެދިއެވެ.

“..ދޮންތަބޭ އައިމާ މިއުޅެނީ ޝާން ގޮވާގެން ޕާކަށް ދާން.. ކޮއްކޮ ނުދާނަންތަ؟..” ނަޢުމާ އެހިއެވެ.

“..އަހަރެން މިއުޅެނީ ފެންވަރާލާގެން ނިދާލަން..” ތުވާލި ގަނޑު ނެގުމަށް ފަހު މޫނު ފޮހެލަމުން ނިޝްވާ ބުންޏެވެ. “..ރޭގަ ވެސް ރަނގަޅަށް ނުނިދެ..” އެހެން ބުނުމުން ނަޢުމާ ދިޔައީއެވެ. އޭނާގެ މޫނުމަތިން ކަންބޮޑު ވެފައި ހުރިކަން އެނގެއެވެ. ނިޝްވާގެ އުޅުމަށް އެހާބޮޑު ބަދަލްތަކެއް އަންނަމުން ދާތީއެވެ. މިހާރަކަށް އައިސް އޭނާ އާއިލާ އެއްވެސް މީހަކާ ވާހަކަ ދައްކާ ހީ ސަމާސަކޮށް ހަދާ ނޫޅޭތީއެވެ.

ގަޑިން 04:30 ހިނގި އިރު ޝަހީންގެ ދެމަފިރިން ނާއި ކުޑަކުޑަ ޝާން ތިބީ ކުޑަކުދިންގެ ބަގީޗާގައެވެ. “..އަހަ.. ފޯން ބާއްވާފަ މިއާދެވުނީ….” ޝަހީން ޖީބުގައި އަތްލަމުން ބުންޏެވެ. “….ނައު އެބަ އަންނަން ގެޔަށް ގޮސް ފޯން ހިފާގެން….” ނައުމާގެ ބޮލުގައި ޝައްކުގެ ޓަކި ދިނެވެ. “..މިގަޑީގަ އަރީކާވެސް ގެޔަކު ނޫޅޭނެ..” ނަޢުމާ ހިތަށް އެރިއެވެ. އެހެންކަމުން އޭނާ އެއްވެސް ޖަވާބެއް ނުދީ ހީލީއެވެ. ޝަހީން ގެޔަށް ދިޔުމަށް ހިނގާގަތުމުން ނަޢުމާ ޝާން ގޮވައިގެން އޭނާ ފަހަތުން ދިޔައެވެ. އޭނާ އަށް ނުފެންނާނެ ގޮތަށެވެ. ބަގީޗާ އާ ގެޔާ ވަރަށް ކައިރިއެވެ. ޝަހީން ގެޔަށް ވަންތަން ދުރުގައި އިރުކޮޅަކު ބަލަންހުރެފައި މަޑުމަޑުން ގޮސް ގޭގެ ދޮރުހުޅުވާ ލިއެވެ. ނިޝްވާގެ ކޮޓަރި ކައިރީގައި ހުރި ޝަހީން އަށް ކުއްލި ސިހުމެއް ލިބުނެވެ. “..ޝަހީން ކީއްތިކުރަނީ..” ނައުމާ އެހެން އެހުނީ ބޭއިޚްތިޔާރުގައެވެ.

“..ފެންފޮދެއް ބޯލަން..” ޝަހީން ހަމަޖެހުނެވެ. އައިސް އަލަމާރި ހުންނަނީ ނިޝްވާ ކޮޓަރި އާއި ދާދި ގާތުގައެވެ. “..ކީއްވެ ތި އައީ..” ނައުމާ ޝާން ހީސްލައްވަން ކަމަށް ބުނެ އޮޅުވާލިއެވެ. އަދި އަވަސް އަވަހަށް ކޮޓަރިއަށް ދިޔައެވެ. ޝާންއަށް އެއްޗެއް ބުނުމުގެ ފުރުޞަތު ނުދިނުމުގެ ގޮތުންނެވެ. ނަޢުމާއަށް ކޮޓަރިއަށް ވަދެވުނު އިރުވެސް ވިސްނެނީ އެވެ. ޝަހީން އެކޮޓަރީ ކައިރީ ހުރުން އެއީ އިއްތިފާގެއް ބާއެވެ؟ އޭނާ އެތަނަށް ދިޔުމުގެ އިތުރު މަގުސަދެއް އޮތީބާއެވެ؟ އަހަންނަށް ގެޔަށް އާދެވުނުލެއް އަވަހީބާއެވެ؟ ތަންކޮޅެއް ލަސްވިނަމަ އޭނާ ބޭޒާރު ވީސް ބާއެވެ؟ މިކަހަލަ އެކިކަހަލަ ހިޔާލުތަކެއްގައި ނަޢުމާއަށް ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭގެއެވެ. އޭނާއަށް ހޭވެރިކަންވީ ޝާން ގޮވާލުމުންނެވެ. ދެން އޭނާ ޝާން ހީސްލައްވައިގެން ނެކުމެ ޝަހީންއާއެކު ދިޔައީ ބަގީޗާއަށެވެ. ނައުމާ ވިސްނިއެވެ. އަދި ހިތުގައި އެކަންތައް ޔަގީން ކުރާނެ ގޮތެއް ރާވާލިއެވެ.

ދަންވަރުގެ ވަގުތެވެ. ނިޝްވާ އޮތީ އޭނާގެ ކޮޓަރީގައި އިޝާންއަށް ގުޅާގެންނެވެ. އޭނާ ދިޔައީ އަތުގައި އޮތް ސުޕަރިންގ ޕެކެޓުން ފަހަރަކު ރިންގުއެއް ކަމުންނެވެ. މިއަދު ހަތަރުދަމު ނުކައި ހުރުމުގެ ސަބަބުން ބަނޑުހައިވާތީއެވެ. “..ރަށަކަށް ނުދާނަން..” ނިޝްވާ ބުންޏެވެ. “..އިޝާން އަށް ޖޮބެއް ލިބުނީމަ މެރީކޮށްގެން ތިގެޔަށް ބަދަލުވާނީ..” އެމީހުން ދިޔައީ އެމީހުންގެ މުސްތަޤުބަލް ރާވާނެގޮތަކާ މެދު ހިޔާލް ބަދަލްކުރަމުންނެވެ. ހަމައެވަގުތު ޝަޙީން އޮތީ އޭނާގެ ކޮޓަރީގައި ނިދާފައެވެ. ނަޢުމާއަށް އޮތީ ނުނިދިފައެވެ. ވިސްނާށެވެ. ނިޝްވާ މިރޭވެސް ނުކައި ކޮޓަރިންވެސް ބޭރަށް ނުނިކުތީމައެވެ. ކުއްލިއަކަށް ނަޢުމާ ލޯ މަރާލީ ނިދާފައި އޮތް ޝަޙީން ތެދުވުމުންނެވެ. އޭނާ ތެދުވެގެން ގޮސް ކޮޓަރިން ބޭރަށް ނެކުތެވެ. އިރުކޮޅަކު ނަޢުމާ އޮތުމަށްފަހު އެނދުން ތެދުވިއެވެ. އަދި މަޑުމަޑުން ކޮޓަރި ދޮރާ ދިމާލަށް ހިނގައިގަތެވެ. (ނުނިމޭ)

ހަތަރުވަނަބައިގެ ތެރެއިން:-

“…ނުވިސްނާށޭ ބުންޏަސް ކިހިނެއް ނުވިސްނާ ހުންނާނީ…” ނައުމާ ބުންޏެވެ. “… މީހުން ބުނާނެ އަހަރެން އުޅެނީ ވަރަށް އުފާވެރި ދިރިއުޅުމެކޭ .. އެއްވެސް ކަމަކާ ވިސްނާކަށް ނުޖެހޭނޭ.. އެކަމް އަހަރެންވަރު ހާލުގަ އުޅޭ މީހަކު ނޫޅޭނެ.. އަހަރެންގެ ކުށުން ހުރިހާކަމެއްވެސް ދިމާވަނީ… އެއްކަމަކުން ސަލާމަތް ނުވެގެން އުޅެނިކޮށް.. އަނެއްކަމެއް މިދިމާވަނީ..”

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

ޤަބޫލްކުރަންދަތި ހަޤީޤަތް…؟ ދެވަނަބައި

Next

އެރޭ ލިބުނު ފިނިފެންމާ – ފަހުބައި

Next
April 22, 2013

އެރޭ ލިބުނު ފިނިފެންމާ – ފަހުބައި

Previews
April 22, 2013

ޤަބޫލްކުރަންދަތި ހަޤީޤަތް…؟ ދެވަނަބައި

5 Comments!

  1. Asi says:
    April 22, 2013 at 2:36 pm

    ނައިސް……………………..

  2. Rose says:
    April 22, 2013 at 4:22 pm

    ރީތި..

  3. nishan says:
    April 22, 2013 at 5:47 pm

    ތޭންކްސް

  4. fathimath Asim says:
    April 23, 2013 at 12:10 am

    ހިތް ނުތަޅުވާ އަވަހަށް އަނެއްބައި ގެނެސްދީ.

  5. nishan says:
    April 23, 2013 at 2:13 am

    ހީހީ..ވަރަށް އަވަހަށް އަޕްކޮށްދޭނަން..

Comments are closed.


All Right Reserved!