Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ޤަބޫލްކުރަންދަތި ހަޤީޤަތް…؟؟؟ ނުވަވަނަ ބައި

shan
May 5, 2013
4 Mins Read
6 Comments

ނިޝްވާ ފޯން ބަލާލިއިރު ދެ މިސްޑް ކޯލާއި މެސެޖެއް އިނެވެ. ލޮކް ކޯޑް ޖެހުމަށްފަހު ފޯން ހުޅުވާލިއެވެ. ގުޅާފަ އޮތީ ކުރިންވެސް ގުޅި ނަންބަރުންނެވެ. މެސެޖް ހުޅުވާލިއެވެ. އެނަންބަރުން އައިސްފަ އޮތް މެސެޖެކެވެ.

“… މަ ގުޅީމަ ފޯން ނުނެގިޔަސް މިރޭ އަށެއް ޖަހާއިރަށް ކުޑަކުދިން ބަގީޗާ ކައިރިއަށް އަންނާތި.. ނޫނީ މިރޭވެސް ތިގެޔަށް ދާންވީތަ؟ ނަޢުމާ ބޭނުން ގޮތެއް.. އަށެއް ޖަހާއިރަށް ނައިސް ފިޔާ މަ ބަލާނީ މިރޭ ތިގެޔަށް ދާންވީ ކަމަށް..” މެސެޖް ކިޔާ ނިމުނު އިރު ނިޝްވާ ހުރީ ހަތަރެސްފައި ކޮޅަށް ޖެހިފައެވެ. ހުއްޓުން އަރާފައެވެ.

ހަމަ އެވަގުތެވެ. ނަޢުމާ ގެޔަށް ވަންނަމުން ޝާންއަށް ގޮވާލިއެވެ. “..ލައްބަ..” ޝާން ވަރަށް ބާރަށް ބުންޏެވެ. ނިޝްވާ ހޭވެރިކަން ވީ އެއަޑަށެވެ. އަދި މަންމި ފޯން ކޮބާހޭ ނަޢުމާ ބުނި އަޑު ނިޝްވާއަށް އިވުނެވެ. އޭނާ އަވަސް އަވަހަށް މެސެޖް އަންރީޑް މެސެޖަކަށް ބަދަލްކޮށްލުމަށްފަހު ޝާންއަތަށް ފޯން ދިނެވެ. ޝާން ދުވެފައި ކޮޓަރިން ނިކުތެވެ. ނިޝްވާ ދޮރާ ދިމާލަށް މަޑު މަޑުން ހިނގައި ގަތީ ދޮރު ރަނގަޅަށް ނުލެއްޕި ހުރުމުގެ ސަބަބުން ދޮރު ލެއްޕުމަށްޓަކައެވެ. އޭނާ ހިނގައިފައި ދިޔަގޮތުން ހީވަނީ ޓައިލްސް މަތީ ދެފައި ކާއްތަމުން ދިޔަހެންނެވެ.

ޝާން އޭނާގެ މަންމައަތަށް ފޯން ދިނުމުން ނަޢުމާ ކުޑަ ކުޑަ ޝާން އުރާލުމަށްފަހު ލޯބިކޮށްލިއެވެ. އަދި ފޯނަށް ބެލުމެއްނެތި ކޮޓަރިއާ ދިމާލަށް ހިނގައި ގަތެވެ.

“..ދޮންތާ..” ނަޢުމާ ހުއްޓުނީ ބަދިގޭގައި ހުރި އަރީކާ ގޮވާލުމުންނެވެ. އަރީކާ ގޮވާލިގޮތުން އޭނާ ދައްކަން އުޅޭ ވާހަކަ އޭނާއަށް އެނގުނެވެ. ނަޢުމާ ޝާން ކައިރީ ކޮޓަރިއަށް ދިޔުމަށް ބުނުމަށްފަހު އެނބުރުނުއިރު އަރީކާ ހުރީ އޭނާ އާ ދާދި ގާތުގައެވެ. “..ދޮންތާ ވާހަކައެއް އަހާލަންވެގެން.. ކުރީރޭ..”

“..އަހަންނަށް އިނގޭ ދައްކަން ތިއުޅޭ ވާހަކަ..” އަރީކާގެ ވާހަކަ މެދު ކަނޑާލަމުން ނަޢުމާ ބުންޏެވެ. އޭނާ ވާހަކަ ދެއްކީ ރުންކުރު ގޮތަކަށެވެ. “..އަހަންނަށް ރަނގަޅީ ތިވާހަކަ ނޭހިއްޔާ.. އަދި ތިވާހަކަ އެހެން މީހެއް ގާތުގަވެސް ނުދެއްކިއްޔާ.. އަރީކާއަށްވެސް ރަނގަޅު ވާނީ އެގޮތް..ތީ މިގޭގަ ގެންގުޅޭ ކުއްޖެއް..އެކަން ދަނެގެން އަރީކާ އުޅުނިއްޔާ ހަމަ ރަނގަޅުވާނީ އަރީކާއަށް..” ނަޢުމާ ވާހަކަ ދެއްކީ ހިތްހަމަ ނުޖެހޭ ގޮތް ދައްކަމުން ކަމުގައި ވިޔަސް އޭނާގެ ހިތް ރޮނީއެވެ. އެގޮތަށް ކަންތައް އެކުރީ އެނޫން ގޮތެއް ނެތުމުންނެވެ. އަރީކާގެ އަނގަ ބަންދުކޮށްލަން އޭނާ އަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކީއެއީއެވެ. އަރީކާގެ ހައިޘިއްޔަތު އޭނާއަށް ހަނދާންކޮށްދިނުމެވެ.

“..އަހަންނަށް ތިކަން ވިސްނާ ދިނީތީ ޝުކުރިއްޔާ..” އަރީކާ ދެރަވެ ލަދުވެސް ގަތެވެ. ނަޢުމާ ދިން ޖަވާބުގެ ސަބަބުންނެވެ. “..އަހަރެން މިގޭގަ އުޅެމުން މިއައީ ތީ ހަމަ އަސްލުވެސް އަހަރެންގެ ދޮންތަކަމަށް ދެކިގެން.. ދެންތިބީވެސް ޢާއިލާ މެންބަރުން ކަމަށް ދެކިގެން… ނަމަވެސް މިއަދު އަހަރެންގެ ހައިޘިއްޔަދު ބުނެދީފި.. އަހަރެން ބޭނުން ނަމަ ޝަހީންބެއަށް ހުރިހާ ވާހަކައެއް ކިޔާ ދެވުނީސް.. އެއީ ކާކުކަންވެސް ބުނެދެވިދާނެ… އެކަމް ދޮންތައާ މެދު ވިސްނާލާފަ އަހަރެން ދޮގު ހެދީ..” ނަޢުމާ އެހެން ބުނުމުން ހަޤީޤަތުގައިވެސް އަރީކާ މިއަދު ވަރަށް ދެރަވެއްޖެއެވެ. ފުރަތަމަ ފަހަރަށް އޭނާއަށް އެ އުޅެވެނީ ދުރު ހިލޭ ބަޔެއް ކައިރީގައޭ އިހްސާސް ވިއެވެ. އަރީކާ އިތުރު އެއްޗެއް ނުބުނެ ބަދިގެޔަށް ދިޔުމަށް ހިނގައި ގަތެވެ. ނަޢުމާ އަރީކާ އާ ދިމާލަށް ބަލަހައްޓައިގެން ހުރީއެވެ.

“..ސޮރީ..” ނަޢުމާ މަޑުމަޑުން ބުނެލިއެވެ. އެއީ އޭނާގެ އަމިއްލަ ނަފުސަށް އިވޭ ވަރަށް ބުނިއެއްޗެކެވެ.

ނަޢުމާ އާއި އަރީކާ ދެއްކި ހުރިހާ ވާހަކައެއް ދޮރުކައިރީ ހުރި ނިޝްވާއަށް އަޑު އިވުނެވެ. އޭނާ ދޮރުގައި ލެނގިލުމާއެކު ދޮރުލެއްޕުނެވެ. އޭނާ މޫނުމަތީ ނަފްރަތާއި ހިތާމައިގެ އަސަރު ހުއްޓެވެ. ދެބުމަ ގޮށްޖެހި ލޯ ވަށް ވެފައިވާއިރު އެދެލޮލުން ކަރުނަ އާދެއެވެ. އޭނާއަށް ކުރިންވެސް އެނގިފައިވާ ގޮތަށް ނަޢުމާ އަކީ އޭނާ އުންމީދު ކުރިކަހަލަ އަންހެނެއް ނޫނެވެ. ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު އެނދާ ދިމާލަށް ހިނގައިގަތެވެ. ނިޝްވާއަށް ވިސްނުނު ގޮތުގައި ނަޢުމާ ކުރީ ރޭ އެކްޓް ކުރީއެވެ. އަރީކާއަށް ހޭލެވުމުން އެމީހަކީ ގެޔަށް ވަގަށް ވަންމީހަކަށް ހެދީއެވެ. ގަޔަށް އަރަން އުޅުން ކަމަށްވީއެވެ. މީ ނިޝްވާއަށް އޭނާގެ ސިކުނޑި ވިސްނާދިންގޮތެވެ. ފޯންއަށް އައި މެސެޖާ، ނަޢުމާގެ ފޯން ކޯލާއި، އަރީކާ އާއި ދޮންތަ ދެންމެ ދެއްކި ވާހަކަތައް ގުޅުވާލުމުން އޭނާގެ ސިކުނޑި ވިސްނައިދިނީ އެގޮތަށެވެ. ނިޝްވާ އެނދުމަތީގައި އޮތް ފޯންނަގާ ރީޝާއަށް ގުޅާލިއެވެ.

* * * * * * * * *

ގަޑި ކައިރިވަމުން އައި ވަރަކަށް ނަޢުމާގެ ހިތުގެ ވިންދު އަވަސް ވަމުން ދިޔައެވެ. ނަޢުމާ އިނީ ޝާން ނިންދެވުމަށް އޭނާގެ ކޮޓަރިގައެވެ. އޭރު ގަޑިން ހަތެއް ޖަހާފިއެވެ. އެހެން އިނދެ އޭނާ ވިސްނަމުން އެދަނީ ކަންތައް ކުރާނެ ގޮތަކާ މެދުގައެވެ. އެމީހާ ބުނި ގަޑިއަށް ނުގޮސްފި ނަމަ މިރޭވެސް އޭނާ އަންނާނެއެވެ. ތަންޑު ހަރުކުރިއެއް ކަމަކު ނަޢުމާގެ އަތުން ހުޅުވާ ދޭން ޖެހޭނެއެވެ. ގޭގައި ޝަހީން ނޫޅުނެއް ކަމަކު އެހެން މީހުން އުޅޭނެކަމަށްވެސް ވިސްނަން ޖެހެއެވެ. އަރީކާގެ އަނގަ ބަންދުކޮށްލެވުނަސް ނިޝްވާއަށް އެކަން އެނގުމުން ދެންވާނީ ކީއްހެއްޔެވެ؟ ނިޝްވާއަށް އެއިން އެއްވެސް ކަމެއް އެނގޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންކަމުން އެމީހާ ބުނިތަނަށް ދާން ނިންމިއެވެ.

ފަރުދާގެ ފުރަގަހުގައި ރޭވެމުން އަންނަ ކަންތަކެއް ނަޢުމާ އަކަށް ނޭގެއެވެ. ނިޝްވާއަށް ނަޢުމާގެ ހަޤީޤަތް ކޮންމެސް ވަރަކަށް އެނގިއްޖެއެވެ. އޭނާ އިތުރަށް އެކަން ޔަޤީންކުރަން ބޭނުމެވެ. މިހާރު އޭނާ އިންތިޒާރު ކުރަމުން އެދަނީ ރީޝާ އަށެވެ. އޭނާ ހުރީ ޓެރަސްގައެވެ. ދެއަތް ދެއަތާ ޖޯޑްކޮށް ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި އިރު ތުންފަތުގައި ތުރުތުރުލުމެއް ހުއްޓެވެ. ލޮލުގައި ވިދުމެއްހުއްޓެވެ. މޫނު މަތިން ދާތިކިތައް ފައިބަމުންދެއެވެ. ޓެރަސްއަށް ޖެހެމުންދާ ވައިރޯޅިތަކުން އޭނާއަށް ފިންޏެއް ނުވާކަހަލައެވެ. ނިޝްވާ ފޯންނަގާ ރީޝާއަށް މެސެޖެއް ކޮށްލިއެވެ. ގެޔަށް ނުވަދެ ސީދާ ޓެރަސްއަށް އައުމަށް އެދުނެވެ. ރީޝާއަށް އެތަނަށް އާދެވުނީ 07:30 ހިނގަނިކޮށެވެ. އޭނާއެތަނަށް އައި އިރު އޭނާ އަތުގައި ކޮތަޅެއް އޮތެވެ.

“..ހާދަ ލަސްވީ…” ރީޝާ ކައިރިއަށް ގޮސް އަތުގައި އޮތް ކޮތަޅުގައި ހިފަމުން ނިޝްވާ ބުންޏެވެ. “..ގެނައިންތަ ދެ ހެދުން..” ނިޝްވާ ކޮތަޅު ތެރެ ބަލާލިއެވެ. ރީޝާ އަތުގަ ހިފާ ޓެރަސްގެ ތަންކޮޅެއް އެތެރެއަށް ޖެހިލިއެވެ. އަދި ކޮތަޅުން ހެދުމެއް ނަގާ ދިއްކޮށްލުމަށްފަހު ލުމަށް ބުންޏެވެ. އަދި މޫނު ފޮތިކޮޅެއް ނަގާ ދިއްކޮށްލިއެވެ. އަވަސްކުރުމަށް އެދުނެވެ. ރީޝާ ހުރީ ބުނާނެއެއްޗެއް ނޭގިފައެވެ. ނިޝްވާގެ އެ އަވަސް ޚަރަކާތްތަކަށް ބަލާށެވެ. ނިޝްވާގެ އެ ނުތަނަވަސްވެފައިވާ މޫނަށް ރީޝާ ފަރުވާތެރި ކަމާއެކު ބަލަމުންދިޔައީ އަޖައިބުވެހުރެއެވެ.

“..ނިޝް..” ރީޝާ މަޑުމަޑުން ގޮވާލިއެވެ. ނިޝް އަތުގަ އޮތް ހެދުން އަތުލުމަށް ފަހު ކޮތަޅަށްލިއެވެ.

“..ހާދަ ހާސްވެފަ..” ނިޝްވާގެ އެތާހުރި ގޮނޑިއެއްގައި ބައިންދަމުން ރީޝާ ބުންޏެވެ. “..ފުރަތަމަ ތިވެގެން އުޅޭ ކަމެއް ބުނެބަލަ.. ކީއްކުރަން ގެންނާށޭ ބުނި ހެދުންތަކެއް.. ކާކަށް ފާރަލާންތަ؟..” ތެދެކެވެ. ރީޝާއަށް އަދި އެއްވެސް ކަމެއް ނޭގެއެވެ. ނިޝްވާ ރީޝާއަށް ގުޅުމަށްފަހު ބުނިހާވެސް އެއްޗަކީ މީހަކަށް ފާރަލާން ދިޔުމަށް 08 ޖެހުމުގެ ކުރިން 02 މޫނު ފޮތިކޮޅާ 02 ހެދުން ހިފާގެން އައުމަށެވެ. ރީޝާ ކައިރިން އެކަމަށް އެދުނީ އޭނާގެ މަންމައަކީ މޫނު ބުރުގާއަޅާ މީހަކަށްވާތީއެވެ.

“..ރިޝް ބުނީމެއްނުން ކަންކަމުގެ ހަޤީޤަތް ނުބަލާ އެއްވެސް ނިންމުމެއް ނުނިންމައްޗޭ..” ނިޝްވާ ގޮނޑިން ތެދެވިއެވެ. އަދި ދެއަތުން މޫނުގައިވާ ދާތިކިތައް ފޮހެލިއެވެ. އޭރުވެސް ނިޝްވާ ތުރުތުރުލަމުން ދިޔައެވެ. “..އެހެންވެ ރިޝްއަށް ހަޤީޤަތް ދައްކަން މިގެނައި..މިރޭ އެނގޭނެ ދޮންތަ އެއީ ކޮންކަހަލަ މީހެއްކަން..”

“..ދޮންތަ އެހެންމީހަކާ ގުޅުމެއް އޮތްކަން އެނގުނީތަ؟..” ނިޝްވާގެ ވާހަކަތަކުން ރީޝާއަށް ވެގެން އުޅޭގޮތް ކޮންމެސް ވަރަކަށް އެނގުނެވެ. ނިޝްވާ ރީޝާއަށް ފުރަގަސް ދީގެން ހުރެ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ރީޝާ ނިޝްވާގެ ކޮނޑުމަތީ އަތްބާއްވާލިއެވެ. (ނުނިމޭ)

ދިހަވަނަބައިގެ ތެރެއިން:

ނަޢުމާ ދޮރާށީން ނިކުމެ ގަޑި ބަލާލިއެވެ. ގަޑިން 07:40 ހިނގައިފިއެވެ. އޭރު ސޯސަން މަގުގައި ނިޝްވާ އާއި ރީޝާ ކަޅު ހެދުމެއްލައި މޫނާއެކީ ފޮރުވިގެން ތިއްބެވެ. އެމީހުން އެތާ ތިބީ ނަޢުމާ ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. މާގިނަ އިރަކު އެމީހުނަށް އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ނަޢުމާ ނިކުތްތަން ފެނުމުން ނިޝްވާއަށް ރީޝާގެ އަތުގައި ބާރަށް ހިފާލެވުނެވެ. ނިޝްވާމެން ތިބީ ނަޢުމާ ހުރި ފަރާތް ނޫން އަނެއް ފަރާތުގައެވެ. ނަޢުމާ ބަގީޗާއާ ދިމާލަށް ދިޔުމަށް ހިނގައި ގަތުމުން ނިޝްވާ ރީޝާ އަތުގައި ހިފައިގެން ހިނގައިގަތެވެ.

19
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shan

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 18

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 19

Next
May 6, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 19

Previews
May 5, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 18

6 Comments

  1. ހަދީ says:
    May 5, 2013 at 6:17 pm

    އަޅޭ ހާދަ ކުރުކޮށް ގެނެސްދިނީ…..
    ނެކްސްޓް ޕާޓް އަވަހަށް އަފްކޮށްދެއްޗޭ!!!!!!
    ވާހަކަ ވ އިންޓްރެސްޓިންގ….

  2. ނަޒާ says:
    May 5, 2013 at 9:05 pm

    ވ.ވ.ވރީތި މިބައިވެސް.. ވެއިޓިންގް ފޮ ދި ނެެކްސްޓް ޕާޓް 🙂

  3. nishan says:
    May 5, 2013 at 9:57 pm

    ތޭންކް ޔޫ ހަދީ އެން ނަޒާ 🙂

  4. fathimath Asim says:
    May 5, 2013 at 11:55 pm

    އެތެދެއް.ވ ކުރު.އެކަމަކު ހަމަ ހަބޭސް

  5. nishan says:
    May 6, 2013 at 8:00 am

    ތޭންކް ޔޫ ފާތުން.. ދިގުކޮށްލާނަން ދެންފަހަރަކުން

  6. Loabi Aisha says:
    May 21, 2014 at 1:44 pm

    kobaa meege aneh bai? varah kiyaa hithun mi huree.. ekam mihaaru ahareh vehje dho … varah dhera dhen

Comments are closed.

All Right Reserved!