ޒަމާނާއި ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުމާއިއެކު ކަންކުރާގޮތާއި ކަންކުރާތަން ތަފާތުވީއެވެ. އެހެންނަމަވެސް ކުރަނީ ހަމައެއްކަމަކެވެ. އޭގެ ނަތީޖާއާއި މަޤުޞަދުވެސް ހަމަ އެކައްޗެކެވެ. އަޅުގަނޑު ލިޔަން މިއުޅެނީ ކީކޭބާއޭ ކިއުންތެރިޔާގެ ހިތަށް ފަހަރެއްގައި އަރާފާނެއެވެ. ވިދާޅުވަމުން ގެންދަވާށެވެ! އަޅުގަނޑު މިލިއުމުގައި އަލިއަޅުވާލަން ބޭނުންވާ ކަންތަކަށް އަލިއަޅުވާލެވޭތޯ މަސައްކަތް ކުރާނަމެވެ. “ކޮބާ ކިހެނެއް ކަންތައްތައް، ކޮފީއަކަށްވެސް އަރާ ނުލެވޭތާ ވަރަށް ދުވަސް ވެއްޖެދޯ؟” ކޮފީއަށް އައިސް ގޮނޑި ދަމާލާފައި އިށީނުމާއިއެކު ޝިޔާރު އަހާލިއެވެ. “ކިހިނެއްވާނީ، ވަރަށް ސަކަރާތް، ހަމަ މިދަނީ ދެކޮޅު […]
ދަރިން ލިބިއްޖެނަމަ އެދަރިން ހެޔޮގޮތުގައި އިސްލާމްދީނުގެ މާތް ރިވެތި އަޚްލާޤުގެ މަތީގައި ތަރުބިއްޔަތުކޮށް ބޮޑެތި ކުރުމަކީ މުސްލިމު ކޮންމެ މަންމައަކާއި ބައްޕައެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. ދަރިން ގެންގުޅެން ޖެހޭނީ ތިމާއަށް ލިބިފައިވާ ޒީނަތްތެރި ކަމަކާއި ތަނަވަސް ކަމެއް ކަމުގައި ހަމައެކަނި ދެކިގެނެއް ނޫނެވެ. އެއަށްވުރެ ބޮޑަށް ދަރިންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ މައިންބަފައިންނާއި ހަވާލު ކުރައްވާފައިވާ އަމާނާތެއްގެ ގޮތުގައި ބަލައިގެން އެ އަމާނާތައް ރައްކާތެރިވާން ޖެހެއެވެ. އަދި ތިމާގެ ދަރިންނަކީ އަޚްލާޤް ރަނގަޅު އެކުދިންގެ ފަރާތުން […]
“ޝުބް.. އަހަރެމެންގެ ހައްޔަރުގައި އެބަ ހުރި ރާޖް ސާރ އާ ޝާކިންއާ ދެމީހުން ވެސް.. ޝުބް ކަންބޮޑުވެދާބެތީ ނުބުނީ..” އަރޫންގެ އެ ބަސްތަކާއެކު އަހަރެން ސިހިފައި އޭނާއަށް ބަލާލީމެވެ. ޝަކުވާގެ ނަޒަރުން އޭނާއަށް ބަލަން ހުރިއިރު އަހަރެންގެ ދެލޯ ފެންކަޅިވެ، މަޑުމަޑުން ފުސްވަމުން ދިޔައެވެ. ކޯތާފަތް މައްޗަށް ކަރުނަތައް އޮހިގަތް އިރުވެސް އަރޫން ފާޑަކަށް އަހަންނާ ދިމާ ބަލަން ހުއްޓެވެ. އަހަރެން މި ދެރަވަނީ ކީއްވެ ހެއްޔެވެ؟ ރާޖް ސާރ އާއި ޝާކިން އަތުލައިގަނެވުމުން އަހަރެން ވާންވީ […]
މޯލްޑިވިއަންގެ ފްލައިޓް އޭ 380 ގައި ޕެރިހުން މާލެ އައުމަށްޓަކައި އަހަރެންގެ ބޯޑިންގ ފާހުގައިވާ ގޮޑީގައި އިށީނުމުގެ ކުރިން ފްލައިޓުގެ ތެރެއަށް ނަޒަރު ހިންގާލުމާއިއެކު ދިވެހިރާއްޖެއަށް އައިސްފައިވާ ކުރިއެރުން ހިތައްވަދެގެން ދިޔައެވެ. ފްލައިޓަށް އެރުމާއިއެކު ހިތްހެޔޮކަމާއި ފަރި ހިނިތުންވުމާއިއެކު ފަސިންޖަރުންނަށް މަރުޚަބާ ކިޔަންތިބި ޒުވާން ދިވެހި ކުދިންގެ ރީތިކަމަށް އެކުދިން އަޅާފައިތިބި ދިވެހިވަންތަ ހެދުމުގެ ސަބަބުން އިތުރު ފުރިހަމަކަމެއް ގެނުވާފައިވެއެވެ. ގޮނޑީގައި ހަރުކޮށްލާފައިވާ ސްކްރީނުން ރާއްޖެއާއި ރާއްޖެއިންބޭރުގެ ތަފާތު ޓީވީ ޗެނަލްތަކުން ތަފާތު ޕްރޮގްރާމުތައް ފެންނަމުންދިޔައެވެ. ރާއްޖޭގެ […]
“މިއީ ގޯސްކަމަކަސް ރަނގަޅު ކަމަކަސް އަހަރެން ޖެހޭނީ ހަމަ މިކަން ކުރާށޭ ލަވް.. އެހެންނޫނީ އެމީހުން އަހަރެން މަރާލާނެ.. ސޯ އަހަރެން ހަމަ ބަލާނީ މިއީ ބޮޑުބޭބެއަށްޓަކާ ކޮށްދެވޭ ރަނގަޅުކަމެއް ކަމަށް.. ޕްލީސް ޓްރައި ޓު އަންޑަސްޓޭންޑް މީ ލަވް.. އަހަރެން ހީކުރީ ލަވްއަށް އަހަރެން ދައްކާ ކޮންމެ ވާހަކައެއްވެސް އަންޑަސްޓޭންޑް ވާނެ ކަމަށް..” ޝާކިން އަހަންނާ ދިމާއަށް ބަލާލަމުން ބުނެލިއެެވެ. އެ ދެލޮލުގައިވާ ރިހުން އަހަންނަށް ނަގައިގަނެވުނެވެ. ނަަމަވެސް އަހަރެން ވަކި ބުނާނީ ކީކޭ ހެއްޔެވެ؟ […]
“މިޔަދު އަހަރެން ލަވް މިގެނައީ ވަރަށް މުހިއްމު ވާހަކައެއް ކިޔައިދޭން.. އެއްވެސް މީހަކަށް ނޭނގޭ ހަގީގަތެއް ބުނެދޭން ވެގެން.. ލަވްއަށް ކޮންމެހެން މިވާހަކަތައް އެނގެންޖެހޭ ކަމަށް އަހަރެން ގަބޫލުކުރަނީ.. ބިކޯޒް އައި އެމް ސީރިއަސް ވިތް ޔޫ.. އަހަރެން ބޭނުން ވީހާވެސް އަވަހަށް ލަވް އާ މެރީ ކުރަންވެސް..” ޝާކިން އެހެން ބުނެލުމުން އަހަރެން ބޯ ޖަހާލީމެވެ. އަދި ލައިގެން ހުރި ސްކިނީ ޖީބަށް އަތް ލުމަށްފަހު ރިކޯޑަށް ޖައްސާލީމެވެ. އޭނާ ދެން އެ ދައްކަން އެއުޅޭ […]
ހާދަހާ ލޯބިވޭ 2 ”ސަޕްރާއިޒްޒް …“ އާދު ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު އެންމެން ހަޅޭއްލަވައިގަތެ ވެ . ލިބުނު ސިހުމާއިއެކެ ސަފަކަށް އެތުރިތިބި އޭނާގެ އާއިލާގެ މެމްބަރުންގެ ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ބަލާލިއެވެ . އާދު އެންމެ ހައިރާންވީ ސަލީމް އާއި އަދުހަމްވެސް އެތާނގައި ހެވިފައި ތިބުމުންނެވެ. ނަމަވެސް އެތާނގައި ޚާއްސަ ކަމެއް ފެންނާކަށް ނެތެވެ. އާދު ޖެހި ބުދެއްހެން ހުއްޓުން އަރާފައި ހުއްޓެވެ . ”ދަރިފުޅާ އާދު..“ އާދުގެ މަންމަ އުއްމިއްޔާ […]
ހާދަހާ ލޯބިވޭ 1 މަޖީދީ މަގުން މަޑު ދުވެއްޔެއްގައި ސައިކަލު ދުއްވަމުން ދިޔަ އާދު ސައިކަލު މަޑުކޮށްލީ ފޯނެއް އައުމުންނެވެ. މޮބައިލް ނަގާ ”ހަލޯ “ އޭ ބުނެލަމުން އާދު މަގުގެ ދެކޮޅު ބަލާލިއެވެ. ފޯނުގައި އިނދެ ވާހަކަ ދައްކަމުން ދިޔައިރު އެ ރީތި މޫނުމަތީގައިވާ ދާތިކި ތަކުން ސަލާމަތް ވުމަށް އިރިއިރުކޮޅާ ނިތްކުރިމަތީގައި އަތް ހިންގާލައެވެ. މޫނުމައްޗަށް ވެރިވެފައިވާ ވަރުބަލި ކަމާއިއެކުވެސް އެ ޒުވާން މޫނުމަތީގެ ރީތިކަން ކުޑަ މިންވަރަކަށްވެސް ގެއްލިގެން ނުދެއެވެ. ކަޅު، ފަން […]
ޝާކިންގެ މިފަދަ ދަޅަތަކަށް އަހަރެން މި ހެއްލެނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ދެކެ ލޯބިވިޔަސް އޭނާއާމެދު މިފަދަ ގޮތް ގޮތަށް ޚިޔާލުކުރާކަށް އަހަރެން ނުޖެހެއެވެ. ދެއަތުން ބޮލުގައި ހިފަހައްޓައިގެން އަހަރެން އެނދުގައި އިށީނީމެވެ. އަހަރެންމީ ޝާކިންއަށް ޖާސޫސްކުރަން އުޅޭ މީހެކެވެ. އޭނާގެ ލޯބިވެރިޔާއެއް ނޫނެވެ. ދެއަތް މުއްކަވާލަމުން އަހަރެން ބޮލުގައި މަޑުމަޑުން ޖަހާލީމެވެ. އަހަންނަށް ވިސްނޭނީ ކޮން ދުވަހަކުން ހެއްޔެވެ؟ އަހަރެން ޖީބުގައި އޮތް ފޯނު ނަގައި ލެޕްޓޮޕާ ކަނެކްޓްކޮށްލުމަށްފަހު މިޔަދު އަހަންނާ ޝާކިންއާ ދެމެދު ދެކެވުނު […]