Skip to content
އެސްފިޔަ

ތުއްތު ކުދިން މިސްކިތުގެ ޖަމާޢަތަށް ނަމާދަށް ގެންދިއުމުގައި ސަމާލުވުން.

ދަރިން ލިބިއްޖެނަމަ އެދަރިން ހެޔޮގޮތުގައި އިސްލާމްދީނުގެ މާތް ރިވެތި އަޚްލާޤުގެ މަތީގައި ތަރުބިއްޔަތުކޮށް ބޮޑެތި ކުރުމަކީ މުސްލިމު ކޮންމެ މަންމައަކާއި ބައްޕައެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. ދަރިން ގެންގުޅެން ޖެހޭނީ ތިމާއަށް ލިބިފައިވާ ޒީނަތްތެރި ކަމަކާއި ތަނަވަސް ކަމެއް ކަމުގައި ހަމައެކަނި ދެކިގެނެއް ނޫނެވެ. އެއަށްވުރެ ބޮޑަށް ދަރިންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ މައިންބަފައިންނާއި ހަވާލު ކުރައްވާފައިވާ އަމާނާތެއްގެ ގޮތުގައި ބަލައިގެން އެ އަމާނާތައް ރައްކާތެރިވާން ޖެހެއެވެ. އަދި ތިމާގެ ދަރިންނަކީ އަޚްލާޤް ރަނގަޅު އެކުދިންގެ ފަރާތުން މީސްތަކުންނަށް އުނދަގޫ ނުފޯރާ މާތް އަޚްލާޤެއްގެ ވެރިންނަށް ވުމަކީ ހަމަ ކޮންމެ މަންމައަކާއި ބައްޕައަކުވެސް އެދޭނެ އެދުމެއް ކަމާއިމެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި އެއްމެ ސަމާލުކަން ދޭންޖެހޭ އެއްކަމަކީ އެކުދިންނަށް ދީނީ އާދަކާދަތަކާއި ދީނުގެ ރިވެތި ގޮތްތައް ދަސްކޮށްދިނުމެވެ. އަދި ދީނަށް ލޯބި ޖެއްސުމެވެ. އެގޮތުން އެއްމެ ތުއްތު އިރުންފެށިގެންވެސް ނަމާދާއި ޤުރުއާނަށް ލޯބިޖެއްސުމަކީ އެކަމުގެ ފައިދާ އަބަދަށް ދެމިހުންނާނެ ކަމެއްކަން ޔަޤީނެވެ.

ކުޑަ ކުދިންނަނީ ވަރަށް މަދު ވަގުތު ކޮޅެއްގައި މެނުވީ އެއްކަމެއްގައި ޝައުޤުވެރި ކަމާއިއެކު މަޑު ނުކުރެވޭ ބައެކެވެ. ކުދިން ތަރުބިއްޔަތު ކުރުމުގައި ގޭތެރެއިން ފަށައިގެން އެކުދިން ކަންކަމަށް އާދަވުމުން ނުވަތަ ކަންކަން ދަސްވުމުން ބޭރުތެރޭގެ ޖަމާޢަތް ތަކުގައި ބައިވެރި ކުރުވުމަކީ އެއްމެ ރަނގަޅު ގޮތްކަމުގައި އަޅުގަނޑު ދެކެމެވެ. އެގޮތުން ނަމާދު ކުރަން ދަސްކޮށްދިނުމުގައިވެސް އެއްމެ ފުރަތަމަ ޖަމާއަތަށް ނަމާދަށް ގެންދިއުމުގެ ބަދަލުގައި ގޭތެރޭގައި އެކުއްޖާ ލައްވާ ނަމާދު ކުރަން ދަސްކޮށްދީ އެކަމަށް އާދަ ކުރެވިދާނެއެވެ. އަދި މިސްކިތައް ގެންދާވަރަށް ބޮޑުވުމުން މިސްކިތައް ގެންގޮސް އެކަމަށް ހޭނުވުމުން ރަނގަޅު ގޮތުގައި އެކަން އެކުއްޖާ އަށް ކުރެވޭނެ ކަމާއި މެދު ޔަޤީނެވެ. މިސްކިތައް ގެންދިއުމުގެ ކުރިން މިސްކިތުގައި ކަންކުރަން ޖެހޭނެ ގޮތާއި މިސްކިތުގެ އަޚްލާޤް ކުއްޖާއަށް ދަސްކޮށްދިނުމަކީ މުހިއްމު ކަމެވެ. އެނޫންނަމަ ތުއްތު ކުދިންގެ ފަރާތުން ނަމާދުގައި ތިބޭ އެހެންމީހުނަށް ބައެއްކަހަލަ އުނދަގޫތަށް ފޯރުމަކީ އެކަށީގެން ވާކަމެކެވެ.

މިހާރަކަށް އައިސް ބައެއް ބައްޕައިން މިސްކިތައް ޖަމާޢަތަށް ދިއުމުގައި ވަރަށް ތުއްތު ފިރެހެން ކުދިން ގޮވައިގެން ދެއެވެ. ޚާއްޞަކޮށް ހުކުރު ދުވަސްތަކުގައި ހުކުރު ނަމާދަށް ގިނަ އަދަދެއްގެ ކުޑަކުދިން ގެންދެއެވެ. މިފަދަ ކުދިންގެ ފަރާތުން ބައެއްފަހަރު ނަމާދުގައި ތިބޭ ބޮޑެތި މީހުނަށް ބައެއްކަހަލަ އުނދަގޫތައް ފޯރާ އަދި ނަމާދަށް ދޭ ސަމާލުކަން ގެއްލޭގޮތްވެއެވެ. ފަހަރެއްގައިވެސް އެއީ އެކުދިންގެ މައްސަލައެއް ނޫނެވެ. އެހެނީ އެކުދިން ކުރާ ކަމެއް ކުރަނީ އެކުރެވެނީ ކީއްކަން ނޭންގިތިބެއެވެ. އެހެންނަމަވެސް މިކަމަކީ އެކުދިންގެ ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ ކަމެކެވެ.

ބައެއްފަހަރު ބައެއް ބައްޕައިން ނުވަތަ ބެލެނިވެރިން ކުޑަކުދިން މިސްކިތައް ޖަމާޢަތަށް ނަމާދަށް ގެންދަނީ ތިމަންވެސް ނަމާދަށް ދަނީ ތިމަންގެ ދަރި ގޮވައިގެންނޭ ބުނުމުގެ ގޮތުން ނުވަތަ މޮޅުކަމެއް ކުރުމުގެ ގޮތުންނެވެ. ހަމައެކަނި ކުދިން ގޮވައިގެން ހުކުރަށް ދާއިރު ހަފުތާގެ އެހެން ދުވަސްތަކުގައި ނަމާދެއް ވާކަންވެސް ގިނަމީހުނަށް ނޭންގެއެވެ. މިހެން މިކަން ވާނަމަ، އަދި މިކަން މިކުރެވެނީ އެއްމެ ރަނގަޅަކަށް ނޫނެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ޢަމަލު ޤަބޫލު ކުރައްވާ ޝަރުތުތައްވެސް އެކަމުގައި ހަމަނުވެއެވެ. އެހެނީ އަޅުކަމެއް އެމީހެއްގެ ކިބައިން ޤަބޫލު ކުރެއްވިގެންވަނީ މައިގަނޑު ދެ ޝަރުތަކާއި ލައިގެނެވެ. އެއީ އެކުރާ އަޅުކަމެއް ﷲ އަށް ޚަލާސް ކުރުމާއި ރަސޫލުﷲ ޞަލަﷲ އަލަހި ވަޞައްލަމަ އެކަމެއް ކުރަން އަންގަވާފައިވާ ގޮތަށް އެކަމެއް ކުރުމުންނެވެ. މިހެން މިކަން އޮތް އިރު އެއްވެސް އިޚްލާސްތެރިކަމެއް ނެތި ހަމައެކަނި ދެއްކުން ތެރިކަމަކަށް އެކަން ކުރެވޭނަމަ އަދި އެކަމަކީ އަޅުކަމެއް ކަމުގައި ނުވެއެވެ. ވީމާ، ހަމަ އެކަނި ހުކުރު ދުވަހު ހުކުރު ނަމާދަށް ތުއްތު ކުދިން ގެންދިއުމުގެ ބަދަލުގައި، ދުވަހުގެ އެހެނިހެންވެސް ނަމާދުތައްވެސް ކުދިންލައްވާ ކުރުވުމަށް ސަމާލުކަން ދީ އެކަމަށް އާދަ ކުރުވަން ޖެހެއެވެ. ދަރިންނަށް ދޭންޖެހޭ ރިވެތި އަޚްލާޤަށް ފަރުވާ ކުޑަކުރުމަކީ އޭގެ ހިތިނަތީޖާ ދެދުނިޔޭގައިވެސް ލިބިގެންދާނޭ ކަމެކެވެ.

އަޅުގަނޑުމެންނަކީ އިސްލާމްދީނުގެ މާތް އަޚްލާޤްގެ މަތީގައި ދަރިންތަރުބިއްޔަތު ކުރާބައެއްކަމުގައި ލައްވާ އެކަމުގެ ތަޢުފީޤް ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވުން އެދި ދުޢާކުރަމުން ނިންމާލަމެވެ.

Comments (24)

  1. Fat

    Masha Allah vareh furiham

    1. Xim
      Fat

      Shukuran

  2. Een

    Varah rangalhu liumeh.

  3. Nadee

    V rangalhu vaahaka eh

  4. ssss

    ماشا الله. Good job

  5. Aif

    So true… ?

  6. rim

    Adhi thiyahvure dhigukoh genes dheyne kamah ummeedhu kuran thikahala vaahakathah ginaginain kiyaalan beynun

    1. Xim
      rim

      In Sha Allah

  7. Someone

    Masha Allah Xim! This is really very true! Keep it up Xim???

    1. Xim
      Someone

      Thanks, Kiun therin ge hiyvaru basthakun liun theri kamah ithuru joasheh genuva eve. 🙂

  8. Vaahaka foshi

    Thimassala dhimanuvane bappa kairee kujja hunna nama. Ginafahara kudhin thibenee bodethi meehunna dhuruga. Thi liyun liunuiru sunnatha hadhees thaka ali elhuvinama

    1. Xim
      Vaahaka foshi

      Thiya khiyaalah marukhabaa

  9. Naash

    Vara ragalhu liyumei meee… Mikahala liuthan gina ginain gesnes dhinun edhen????

    1. Xim
      Naash

      Liumah libey emme bodu hiyvarakee kiuntheringe faraathun libey thifadha hiyvaruge comment thah.

  10. lifaz

    އަޅުގަނޑަށް ވަރަށް ގިނައިން ފެނޭ މިސްކިރުގައި ކުދިން ކުރީ ސަފަށް އެރުމުން ބޮޑެތި މީހުން އެކުދިން ފަހަތު ސަފަށް ފޮނުވައިލަނީއެވެ. މީ ވަރަށް ދެރަކަމެއް .. އެފަދަ ގިނަ ކުދިން މިސްކިތުގައި ސަކަރާތް ޖަހާކަން ފާހަގަކުރެވޭ… ކޮންމެ ބޮޑުމީހަކު ކުޑަކުއްޖެއް ކައިރިއަށް ލައިގެން ނަމާދުކުރުމުން މިއަށް ވުރެން ރަނގަޅުވާނެކަމަށް ފާހަގަވޭ

    1. Xim
      lifaz

      varah ran’galhu vaahaka eh

  11. Kudakamana

    Jazakallah khairan, me v ragalhu liyumeh, xim ge faraathun mifadha ithuru liyunthakeh fennaane kamah unmeedhu kuran, adhi dhenee ekieki haadhisa thah varah kiyaalaahivvey, liyaa kudhin kairy kiyaa kudhin buneemathaa dho ekudhin nah ekamaa medhu visnaaleveynee…

    1. Xim
      Kudakamana

      Thiyafadha hiyvaruge konme commet akunves ithuru hiyvareh libbaidhe eve.

  12. Ryn

    Awesome!! ?? Great job ?

  13. yalvish

    V salhi.. mikhala liyun ginain genesdhybala..

    1. Xim
      yalvish

      In Sha Allah

  14. princess

    I love it mikahala deenee mauloomaathu himeney liun thah ginain genes dey nama hama yagynun ves konmeves bayakah eyge heyo asaru kuraanekan kashavaru xim ge ti masahkatah shukuru dannavan god bless u

    1. Xim
      princess

      Shukuran

  15. !!!

    gud wrk

Comments are closed.