Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބި އަހަރެން ވާނަމޭ (14)

Aisha Level 3100 Comments10 Stories100 Login
June 5, 2017 8 Mins Read
65 Comments

ގޮނޑީގައި އިން އަމާން ސިއްސައިގެން ދިޔައީ އަފްރީން މަންމާއޭ ކިޔާ ހަޅޭއްލަވާގަތުމުންނެވެ. އެމޭނުމަތީގައިވާ ބިރުވެރިކަމުން އަމާން އަފްރީންއަށް ގޮވާ ހޭލެއްވިއެވެ. އަފްރީން ދެލޯ ހުޅުވާލާފައި ވަށައިގެން ހޯދާލިއިރު އޭނާއަށް އަދިވެސް މިއޮވެވުނީ ހޮސްޕިޓަލްގައިކަން އެނގުމުން ފަޒާގެ ތެރެއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭރުވެސް އަފްރީން ދިޔައީ އަވަސް ނޭވާތަކެއް ލަމުންނެވެ. އަމާން އަފްހަމް ގުޅަން ފޯނު ނެގީ އަފްރީންއަށް ފެންފުޅިއެއް ގެނެސްދިނުމަށް ބުނާށެވެ. އެވަގުތުވީ އަފްހަމް އެކޮޓަރިއަށް ވަތް ވަގުތަށެވެ. ބޭސް ކޮތަޅަކާއެކު ފެންފިޅުއެއްވެސް ހިފައިގެން އައުމުން އަމާން އަފްހަމް އަތުގައި އޮތް ފެންގުޅި ހިފައިގެން ގޮސް މަތި ހުޅުވާލާފައި އަފްރީން އަތަށް ދިނެވެ. އަފްރީން އެކުޑަ ފެން ފުޅި ތުނބުގައި ޖެހިގޮތަށް އެއްނޭވައި ފެންފުޅި މެދަށްވުރެ ތިރިކޮށްލިއެވެ. އިރުކޮޅެއްނުވެ މިޝާއާއި އަފްރާހް ކާއެއްޗެހި ހިފައިގެން އައުމުން އަމާންއާއި އަފްހަމް ގެއަށް ދިޔައެވެ.

ގެއަށް ވަތް އަމާންގޮސް ކޮޓަރިއަށް ވަދެ ފެންވަރާލާއިގެން ކޮޓަރިން ނިކުތީ ބަނޑުހައިވެފައި ހުރިވަރުންނެވެ. އޭރު އަމާންގެ މަންމަ ނިޝާ ހުރީ މޭޒުމަތީ ކާން ތައްޔާރުކޮށްގެން އަމާންގެ އިންތިޒާރުގައެވެ. އަމާން އައިސް ކާގެއަށް ވަނުމުން ނިޝާ އަމާންއަށް ތަށިތައް ގާތްކޮށްދޭން ފެށިއެވެ. “ދަރިފުޅު މިއަދު މާލަސްވީ އަނެއްކާ ކިހިނެއްވީ؟؟” އެތާ ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނދެލަމުން ނިޝާ އެއްސެވެ. “އަފޫ ހުންއައިސް އަނބުރައިގަނެގެން ހޮސްޕިޓަލަށް ދިއައީ” “ރަނގަޅުތަ މިހާރު؟؟” “އެޑްމިޓްކޮށްފައި އޮތީ ބުނި މާދަމާ މެންދުރުފަހުން ހުން މަޑުވެއްޖިއްޔާ ދޫކޮށްލާނަމޯ” ތައްޓަށް ބަތް އަޅަމުން އަމާން ބުންޏެވެ. “އެހެންތަ.. އެހެންވީއިރު މިރޭ އަފޫ ކައިރިއަށް ގޮސްލަންވާނީ” ނިޝާ އެހެންބުނުމުން ހިނިތުންވެލާފައި އަމާން ކާން ފެއްޓިއެވެ.

ޑުރެސިންޓޭބަލް ކައިރީ ރީތިވާން އިން ހަޔާ އިނީ އަޅި ކުލައިގެ ޕުލެއިން ޓޮޕްކޮޅަކާއި ކަޅުކުލައިގެ ލެގިންސެއް ލައިގެންނެވެ. އިސްތަށިގަނޑު އެއްފަރާތުން ގެނެސް ކޮނޑުމައްޗަށް ވައްޓާލާފައި އޮތް އިރު ކޮށްފައިވާ މޭކަޕުން އެރީތިކަން އިތުރުވެފައި ވިއެވެ. ރީތިވެ ނިމުމުން ގަޔަށް ސެންޓްކޮޅެއް ބުރުވާލުމަށްފަހު ޑުރެސިންޓޭބަލްމަތީ އޮތް ފޯނު ނަގާ ކަންފަތުގައި ޖައްސާލީ އަމާން ގުޅަން ފެށުމުންނެވެ. “އައި މިސްޔޫ” ފޯނު ނެގިގޮތައް ހަޔާ އެހެން ބުނުމުން އެހެންޏާ ކުރާ އިހްސާސްއެއް އަމާންއަކަށް މިފަހަރަކު ނުކުރިއެވެ. އެކަމާ ހުދު އޭނާވެސް ހުރީ ހައިރާންވެފައެވެ. “މީޓޫ” އަމާން މަޑުމަޑުން އެހެން ބުނިއިރު އެއަޑުގައި ކުރިން ހުންނަ ލޯތްބެއް ނުވިއެވެ. “ބޭބް ބަލީތަ؟؟” ކަންބޮޑުވެފައި ހަޔާ އެއްސެވެ. “ނޫން.. މިއަދު ތަންކޮޅެއް ބުރަކޮށް އުޅުނީމަ ވަރުބަލިވެފައި މިހުރީ..ހޮސްޕިޓަލަށް ދަނީ ކޮންއިރަކުން؟؟” “ދާން މިއުޅެނީ ރެޑީވެގެން މިހުރީ” އެވަގުތު ހިދާ ހަޔާއަށް ގޮވާލިއެވެ. ހަޔާ ފޯނު ކަނޑާލީ ފަހުން ގުޅާނެކަމަށް ބުނެއެވެ. އަދި ފޯނު ކަނޑާލަމުން “ލަވް ޔޫ” އޭ ވެސް ބުނެލިއެވެ. މަޑުމޮޅި ރާގެއްގައި “ލަވް ޔޫ ޓޫ” އޭ ބުނެލިއިރު އެހިތް ދިޔައީ ނުތަނަވަސް ވަމުންނެވެ.

“އަފޫ ދެން ބޮޑާނަހާކާ މަޑުން އޮވެބަލަ” ރުޅިއައިސް ރަތްވެފައި އޮތް އަފްރީން މައިތިރި ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔަ އަފްހަމް ބުންޏެވެ. “ވޭތަ މިތަނަށް ގެނަން އައި ހޭޓް ހޮސްޕިޓަލް.. ތި އެންމެންނަށް އިނގޭނެ އެކަން.. ކޯބާތަ އެ ޑޮކްޓަރ ބުނޭ ޑިސްޗާޖް ކުރާށޭ ނޫނީ އެމޫނުގެ ހަންތައް ނޮޅާލާނަން” އަފްރީންއޮތީ ހޮސްޕިޓަލްގައި އޮންނަން ޖެހުމުން ވަރަށް ރުޅިގަދަވެފައެވެ. “އުޝާ މީނަ ނުވާނެ މައިތިރިއެއް އެބަ އަންނަން މާންއަށް ގުޅާފަ” އަފްހަމް މަޑުމަޑުން ލިއުޝާ ކައިރީ އެހެން ބުނެފައި ބޭރަށަ ނިކުތީ އަމާންއަށް ގުޅުމަށެވެ. “މޭން..އާދެބަ އަފޫ ވަރަށް ވަރުއެބަ ބާލާ.. ހޮސްޕިޓަލްއިން ޑިސްޗާޖް ނުކޮށްގެން” އަމާންއަށް ބޭއިހްތިޔާރުގައި ހިނިތުންވެލެވުނެވެ. “އެބަދަން” އެހެންބުނެފައި އަމާން ފޯނު ކަނޑާލުމުން އަފްހަމް އެތެރެއަށް ވަތް އިރު އެތާ ހުރި ބޭރު ނަރުހަކާ ދިމާލަށްވެސް އަފްރީން ރުޅިއައިސްފައި ޑިސްޗާޖް ކުރާށޭ ކިޔާ އޭނާއާއި ދިމާލަށްވެސް ބަވާލިއެވެ. ދެވަނަ ސިކުންތުގައި އަފްރީން އޭނާގެ ކިބައިން މާފަށް އެދުނެވެ. އަދި އޭނާ ހޮސްޕިޓަލްދެކެ ވަރަށް ފޫހިވާކަމަށާއި ޑިސްޗާޖް ކޮށްދިނުމަށް އެދުނެވެ. އެނަރުސްވެސް ހިނިތުންވެލަމުން އެއީ އެވަރުގެ ކަމެއް ނޫންކަމަށް ބުނެ ޑިސްޗާޖް ވާނޭ ގޮތް ހަދާދެވޭތޯ ބަލާނެކަމަށް ބުންޏެވެ. ނަރުސް ކުއްޖާ ނިކުންނަން ދިޔަ ވަގުތު އަފްހަމް މަޑުމަޑުން “ސޮރީ” އޭ ބުންޏެވެ. ނަރުސް ކުއްޖާ ހިނިތުންވެލަމުން “އިޓްސް އޯކޭ” އޭ ބުނެ ނިކުމެގެން ދިޔައެވެ. “އަފޫ ސީރިއަސްލީ ޔޫ ނީޑް ޓު ކާމް ޑައުން” އެނދުގެ ކަނާތް ފަރާތު ހުރި ގޮނޑީގައި އިށީނނަމުން އަފްހަމް ބުންޏެވެ. “އައި ކާންޓް..ޑޫ ސަމްތިން އޯރ ސީރިއަސްލީ އައި ވިލް ބުލޯ ދިސް ޕުލޭސް” ހަމަ އެ ރުޅީގައި އަފްރީން އަފްހަމްއަށް ރައްދުދިނެވެ. އަފްހަމް ޕިސް ޖަހާލީ އަފްރީންގެ ހުންނަ ގޮތް ނުދޫކުރުމުގެ ސިފައިންނެވެ. އިރުކޮޅެއް ނުވެ އަމާން އައިސް އަފްރީން އޮތް ކޮޓަރިއަށް ވަނެވެ. އަފްރީންއަށް ކަޅި ޖަހާނުލާ އަމާންއާއި ދިމާލަށް ބަލަހަށްޓައިގެން ހުރެވުނީއެވެ. އިންޑިގޯ ކުލައިގެ އަތްކުރު ޓީޝާޓަކާއި މުށި ކުލައިގެ ސޯޓެއްލާފައި ހުރިއިރު އެފަން އިސްތަށިގަނޑުވަނީ ޖެލްލާ ތަތްކޮށްލާފައެވެ. “ވަރަށް ހިންގާލި އަޑު އެހިން.. މިހާރު ކަމެއް ނެތީތަ؟؟” އަމާން އަފްހަމް ކައިރީގައި ހުއްޓިލަމުން ބުންޏެވެ. އަފްރީން ކުދި ކިޔައިގަތީ އަމާންވެސް އަފްހަންމެންނާއި އެއްބައިވުމުންނެވެ. އެވަގުތު ކުރިންވެސް އައި ނަރުސް ކުއްޖާ އައިސް އަވަހަށް ޑިސްޗާޖް ކުރެވެން ނެތް ވާހަކަ ބުނުމުން ހީވީ އަލިފާން އެއްޗަކަށް ތެޔޮ އަޅާލިހެންނެވެ. “ވަޓް.. އައި ސެއިޑް އައި ވޯންޓް ޓް ގޯ ހޯމް..އިޒް ޔޯރ ޑޮކްޓަރ ޑެފް.. އައި ޑޯންޓް ކެއެރ ވަޓް ހީ ސެއިސް އައި އޭމް ލީވީން” އެހެންބުނެ އަފްރީން އައިވީ ގުޅާލާފައި އޮތް އައިވީ ނައްޓާލަންވެގެން ހިފާލިއެވެ. “އީޒީ ލަވް” އަމާން އަފްރީންގެ އަތުގައި ހިފަހައްޓާލަމުން ބުންޏެވެ. “ޓެލް ދަ ޑޮކްޓާރ ޓު ޗެކް ހަރ ޓެންޕުރޭޗާ؟؟ އެންޑް އިފް އިޓިސް ނޯމަލް ވީ އާރ ޓޭކިން ހާރ ހޯމް” އަމާން އެހެން ބުނުމުން ނަރުސް ކުއްޖާ ނިކުމެގެން ދިޔައެވެ. އަފްރީން ސީލިންގައް ނަޒަރު ހުއްޓާލައިގެން އޮތް އިރު އަދިވެސް އެމޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރު ފާޅުވާން ހުއްޓެވެ. ޑޮކްޓާރ އައިސް އަފްރީންގެ ޓެންޕުރޭޗާ ބަލާފައި ނޯމަލް އޭ ބުންޏެވެ. އެކަމަކު އަދި އެއްގަޑިއިރު އިތުރަށް އޮންނަން ބުނީ އަނެއްކާވެސް ހުން އައިސް ފާނެތީއެވެ. އަމާންއަށް ނޭނގުނަސް އޭނާގެ އެގާތްކަމުން އަފްރީންއަށް އިހްސާސްވަމުން ދިޔައީ ހަޔާގެ ހައްޤަކަށް އަރައިގަނެވޭފަދަ އިހްސާސްއެކެވެ. ޑޮކްޓަރ ނިކުމެގެން ދިއުމާއި އެކު އަފްރީން ބަލާކަށް ނުހުރެ އައިވީ ނައްޓާލިއެވެ. އަތަށް ތަދުވިވަރުން ދެލޯމަރާ ތަގުޅިކޮށްލިއެވެ. އެކަހަލަ ކަމަކަށް ނުވިސްނާ ތިބި ތިން މީހުންގެވެސް ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ނަމަވެސް އަފްރީން މިޝާ ގެނެސްދީފައި ހުރި ފައިވާނަށް އަރާލަމުން އެނދުން ތެދުވީ އެއިން އެއްވެސް ކަމަކަށް ސަމާލުކަން ނުދީއެވެ. އަމާން އަފްރީންގެ އަތުގައި ހިފާ ހުއްޓުވުމުން އަމާންއާއި ދިމާލަށް ބަލާވެސްނުލާ ހުރިގޮތަށް އަފްރީން ހުރީއެވެ. “އަހޫ..އުޝް.. ދޭބަލަ ބޭރަށް އަހަރެން ބޭނުން އަފޫއާއި ވާހަކައެއް ދައްކާލަން” އަފްހަމްއާއި ލިއުޝާ ބޭރަށް ނިކުތުމުން އަމާން އަފްރީންގެ އަތުގައި ހިފާ ދަމާލިއެވެ. އަފްރީން އައިސް ލައިގަތީ އަމާންގެ މެއިމަތީއެވެ. ނަމަވެސް އަފްރީން އިސް އުފުލާ ބަލާވެސް ނުލިއެވެ. “ކީއްވެ؟؟ އަފޫ އަހަރެން އަފޫ ދޫކޮށްލުމުގެ މާނައަކީ އަފޫ އަމިއްލަ ނަފްސަށް ގެއްލުން ދޭށެކޭ ނޫނޭ؟؟” އަފްރީން އެކައްޗެކޭ ވެސް ނުބުނެ އަމާންގެ ވާހަކަތައް އަޑުއަހަން ހުރީއެވެ. “އަފޫގެ ތިކިޔަމަންތެރިކަމަކީ އަހަރެން އަބަދުވެސް އެންމެ ގަޔާވާ އެއްސިފަ.. މިފަހަރު އަހަރެން ދައްކާ ވާހަކަ ޤަބޫލެއް ނުކުރާނަންތަ؟؟” އަފްހަމް އަފްރީންގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ބުންޏެވެ. އަފްރީން އަމާންއާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. “އަމާންއަަށް ނޭނގުނަސް އަހަރެން އަމާންގެ ކުރިމަތީ މިހުރީ ހާދަ ހިތްވަރެއް ކޮށްގެންނެވެ. ދޮންބެމެންނަށް ނޭގުނަސް ލޭ އޮހޮރި ޒަހަމްވަމުން މިދަނީ އަހަރެންގެ ހިތެވެ. އަހަރެންނަށް ހަޤީޤީ ލޯބި ވެވުނު ފުރަތަމަ ބައިވެރިޔާ އެހެން މީހަކު ބޭނުންވާ ވާހަކަ ފާޅުގައި ބުނެފައިވަނިކޮށް މިދެލޯ ކަރުނުން ފޯ ނުވާނީ ކީއްވެ ހެއްޔެވެ؟؟ މާންއަށްޓަކާ މިހިތުގައި އެއްވެސް ޝަކުވާއެއް ނެތޭ އެކަމަކު އަހަރެން ވަގުތު ބޭނުމޭ.. އަހަންނަށް ވަގުތު ދޭށޭ” މިބަސްތައްވީ އަފްރީންގެ ހިތު ތެރޭގައެވެ. އަމާންއާއި ދުރަށް ޖެހިލަމުން ފޯނު ހިފައިގެން އެކޮޓަރިން ނިކުތީ އިތުރަށް އަމާންގެ ކުރިމަތީ ހުންނަން ވެއްޖިއްޔާ އެހިތުގެ އިހްސާސްތައް ބަންޑުންވެދާނެތީއެވެ. އެހެންވާކަށް އޭނާ ބޭނުމެއް ނޫނޭ ދިރިއުޅުމުގެ ދިމާވެފައި މިވާ އިމްތިހާނުން ފާސްވާން އޭނާ ބެނުންވެއެވެ. އެހިތް ކުދި ކުދި ވެފައިވާއިރުވެސް އަސަރެއް ދައްކާނުލާ އެހުންނަނީ ކިހާ ހިތްވަރަކުންކަމެއް މީހަކަށް ނޭނގޭނެއެވެ. އަފްހަމްމެން އުންމީދުކޮށްގެން ތިބީ އަމާން އަފްރީންއަށް ވިސްނާދޭނެކަމަށެވެ. ނަމަވެސްކަންވީ ދިމާ އިދިކޮޅަށެވެ. އަފްރީން ކޮޓަރިން ނިކުމެގެން ހޮސްޕިޓަލްގެ ފަހަތު ދޮރާއި ދިމާލަށް ދިއުމުން އަފްހަމްވެސް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އަމާން ކޮޓަރިން ނިކުތުމުން އަފްހަމް އަފްރީން ގެއަށް ލާދިނުމަށް އަމާން ކައިރީ ބުނެފައި ލިއުޝާއާއި ދެމީހުން އެތަނަށް ގެނެސްފައި ހުރި އެއްޗެހިތައް ހިފައިގެން ކައުޓަރަށް ގޮސް ޑޮކްޓަރާ ވާހަކަ ދައްކާ އަފްރީންގެ ޑިސްޗާޖް ލިޔުން ހިފައިގެން ނިކުތް އިރު އަމާންއާއި އަފްރީން ގެއަށް ހިނގައްޖެއެވެ. އަމާންއާއި އަފްރީން ގެއަށް ދިޔަ މަގުމަތީގައި އެއްބަހެއްވެސް ނުކިޔާ ދިޔައިރު ދެމީހުންގެ އެތެރެ ހަށީގައިވެސް ވަނީ ހައިޖާނު ގަނޑެއް އުފެދިފައެވެ. އަފްރީން ގެއަށްލާފައި އަމާން ސައިކަލުގައި މިސްރާބު ޖެހީ ބަނދަރުމައްޗާ ދިމާލަށެވެ. އަދި އެދިޔަ ގޮތައްގޮސް ބަނދަރުމަތީ ސައިކަލު ޕާކުކޮށްލުމަށްފަހު ކުރިމަތީ އޮތް މާސިންގާ ކަނޑަށް ނަޒަރު ހުއްޓާލިއެވެ. އެހެން އެތާ އެތައް އިރަކު ވިސްނަން އިނދެފައި އަމާން ގެއަށް ދިއުމަށް މިސްރާބު ޖެހީ ސިކުނޑީގައި ފުނި ޖެހެމުންދާ ސުވާލުތަކަށް ޖަވާބު ހޯދަން އަޒުމްކަނޑައަޅައިގެންނެވެ.

ރީތިވެލައިގެން ލިއުޝާ ކުޑަކޮށް ފޭސްބުކް ހާވާލަން އިނީ އަފްހަމްގެ ހަބަރެއް ވަންދެކަށެވެ. ރަތް ކުލައިގެ ލޭސްފޮތީގެ ހެދުމުގެ ދަށުގައި ކުރީމް ކުލައިގެ ފޮއްޗެއް އަޅާފައިހުރި އިރު އުނަގަނޑުގައި ރަތް ކުލައިގެ ފުޅާ ފޮތިކޮޅެއް ފަހަތައް އައްސާލާފައި ހުރިއެވެ. ހެދުން ފައިތިލައާއި ހަމައަށް ހުރި އިރު ހެދުމުގެ ފަހަތައް ދިގުކޮށް އިނުމުން ރީތިކަމަށް ދައްކައެވެ. އެފަން ކަޅު ކުލައިގެ އިސްތަށިގަނޑު ކޮނޑުމަތިން ގެނެސް އެއްފަރާތައް ވައްޓާލާފައި އޮތް އިރު ކަންފަތުގައި ހުދު ކުލައިގެ ފެޝަން ސްޓަޑް ޕާރލުސް ރީތި އިއާރ ރިންގެއް އިނެވެ. މޫނުގައި ކޮށްފައި ހުރި މޭކަޕުން އެދޮންމޫނުގެ ރީތިކަން ދެގުނައަށް ފެންނަން ހުރި އިރު އަތުގައި ރީތި ރަން ކުލައިގެ ބުރެސިލެންޓެއް އޮތެވެ. ރަތް ކުލައިގެ ހީލްސްއަކަށް އަރާލާފައި ހުރިއިރު ކުރީމް ކުލައިގެ ހޭންޑް ބޭގެއް އެނދުމަތީ ބައްވާލާފައި އޮތެވެ. އަފްހަމް ގުޅުމުން ލިއުޝާ ލީނާ ކައިރީގައި ބުނެލާފައި ބޭރަށް ނިކުތެވެ. ކާރުގައި މަޑުކޮށްލައިގެން އިން އަފްހަމް ލިއުޝާ އައިސް ކާރަށް އެރުމުން ބަލަހައްޓައިގެން އިނދެވުނީއެވެ. ލިއުޝާއަށްްވެސްވީ އެވަރެވެ. ކުރީމްކުލައިގެ އަތްދިގު ގަމީހުގެ އަތުކުތި އޮޅަބޮއްޓާއި ހަމައަށް އޮޅާލާފައި ހުރި އިރު ތިރިން ލައިގެން ހުރި ކަޅު ކުލައިގެ ޖިންސިގައި އަފްހަމް ފެންނަލެއް ސުމާޓްކަމުން އަންހެން ކުދިންގެ ހިތްތައް މޮޔަކޮށްލާނެކަން ޔަޤީނެވެ. އެފަން މުށިކުލަ އަރާ ކަޅުކުލައިގެ އިސްތަށިގަނޑު ރީތި ސްޓައިލްއަކަށް ޖެލްލާ ތަތްކޮށްލާފައި ހުއްޓެވެ. އެތުންފަތް މަތީގައިވި ހިތްގައިމު ފިރިހެންވަންތަ ހިނިތުންވުމުން ފެނުމުން ލިއުޝާގެ ބަސް ހުއްޓުނެވެ. ދެޒުވާނުން އަމިއްލަ ދުނިޔެއް ގެއްލި ތިއްބާ ހޭވެރިކަންވީ ލިއުޝާގެ ފޯނަށް ނޯޓިފިކޭޝަން އެއް އައި އަޑު އިވުމުންނެވެ. ސިހިފައި ދެޒުވާނުން އެކަކު އަނެކަކާ ނަޒަރު ވަކިކޮށްލާފައި ހިނިތުންވެލަމުން އެމީހުންގެ މަންޒިލަށް ދިއުމަށް މިސްރާބު ޖެހިއެވެ.

ހޮސްޕިޓަލަށް ގޮސް ބޭސްއަޅައިގެން އައި ހަޔާ ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލުކޮށްލައިގެން ފޯނު ނަގާ އަމާންއަށް ގުޅާލިއެވެ. ފުރަތަމަ ރިންގާއި އެކު އަމާން ފޯނު ނަގާ ހަލޯ އޭ ބުނެ ވާހަކަދައްކަން ފެށުމުން ހަޔާ ހުރީ ވަރަށް އުފާވެފައެވެ. މިހާރުއްސުރެ އޭނާވަނީ އަމާންއާއި އެކު ހުވަފެނީ ދުނިޔެއެއްގައި ލޯބީގެ އެތައް ހުވަފެންތަކެއް ދެކެން ފަށާފައެވެ. އެއަތުގެ ހިމާޔަތުގައި މުޅި އުމުރު ހޭދަކޮށްލަން މިހާރު އޭނާ ތައްޔާރަށް ހުރި އިރު ކުރިން އުޅެވުނު ގޮތާއި މެދު މިހާރު އޭނާ ދެރަވެ ލަދުގަނެއެވެ. އެދުވަސްތައް އަނބުރާ އަލުން ނުގެނެވުނަސް ކުރިއަތް އޮތްތާ އެކަހަލަ ކަމެއް ތަކުރާރު ނުކުރުމަށް ހަޔާ ވަނީ އަޒުމް ކަނޑައަޅާފައެވެ. ވަރަށް ދަންވަންދެން ދެ ޒުވާނުން ފޯނުން ވާހަކަ ދެއްކުމަށްފަހު ދެޒުވާނުން ފޯނު ކަނޑާލީ ނިދީގެ އަސަރު އެދެލޮލަށް ވެރިވާން ފެށުމުންނެވެ.

އެނދުގެ ދެކޮޅު ދެކޮޅަށް ފުރޮޅިލަ ފުރިޅަ އޮތް އަފްރީންގެ ލޮލާ ނިދިވަނީ ދުރުވެފައެވެ. ކިތަންމެ ނުވިސްނަން އުޅުނަސް އޭނާގެ ދިރިއުޅުމުގެ މިސްރާބު ގެއްލިފައިވުމުން ނުވިސްނާ ހުރެވޭނެ ހެއްޔެވެ؟؟ އެދެލޮލުން ކަރުން ފައިބަމުން ދިޔައިރު އެކަރުނަ ފޮހޭކަށް އޭނާ އެއްވެސް މަސައްކަތެއްވެސް ނުކުރެއެވެ. އެހެން އޮވެފައި އެނދުން ތެދުވެގެން ގޮސް ކަބަޑުގައި އިންނަ ސީކުރެޓް ޑުރޯވަރުން އޭނާގެ ޑައިރީ ނަގާއި އެހިތުގެ ހާލު އެފޮތާ ހިއްސާ ކުރަން ފެށިއެވެ. ލިޔަމުން ދިޔަވަރަކަށް އެދެލޮލުން ވެއްޓޭ ކަރުނަތިކި އެޑައިރީގައި ބޮސްދެމުން ދިޔައެވެ. އެދެލޮލަށް ނިދި ސަވާރުވީވެސް އެހެން އެނދުމަތީގައި ލިޔަން އޮއްވައެވެ.

އަފްހަމްއާއި ލިއުޝާ އަތުގުޅުވާލައިގެން ގޮސް ވަނީ ބަނދަރުމަތީ ހުންނަ ބީޗް ރެސްޓޯރެންޓަށެވެ. އެތަނަށްވަދެ މޫދު ފެންނަން އޮތް ދިމާލަކަށް ގޮސް އެތަނުން މޭޒެއްދަށުގައި އިށީނދެ ހަމަޖެހިލިއެވެ. އެވަގުތު ވޭޓަރު އައުމުން އޯޑަރުދީފައި އަފްހަމް ލިއުޝާގެ ރީތިކަމަށް ތައުރީފްކޮށްލިއެވެ. ލިއުޝާގެ މޫނު ރަތްވެގެން ދިޔައިރު އަފްހަމް އިނީ އެމޫނަށް ނަޒަރު ވަކިކޮށްލަންވެސް ނޭގިފައެވެ. ކޮންފަދަ ރީތިކަމެއް ހެއްޔެވެ؟؟ ޤުތުރަތުން ލިއުޝާއަށް ލިބިފައިވާ ރީތިކަމަށް އަފްހަމް ހިތާ ހިތުން ތައުރީފްކޮށްލިއެވެ. އޯޑަރު ކުރި އެއްޗެހިތައް އައުމުން އަފްހަމްއާއި ލިއުޝާ ކެއުމަށް އިންސާފު ކުރަން ފެށިއެވެ. ކައި ނިމުމުން އަފްހަމް ލިއުޝާގެ އަތުގައި ހިފާލަމުން ވާހަކަ ދައްކަން ފެއްޓިއެވެ.

“އަހަރެން އަޑު އަހަން ދިރިއުޅުމުގައި އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނޭ.. އަހަރެން ހިތް އަބަދުވެސް އެކަމާ ކަންބޮޑުވެ ބިރިގަނޭ އެކަމަކު އުޝް އަހަރެންގެ ހަޔާތައް އައި ފަހުން އަހަރެން ކޮންމެ ކަމަކާވެސް ކުރިމަތިލަނީ ވަރުގަދަ އަޒުމަކާއި އެކު އަހަރެންނަށް ދެވެން އޮތް ހުރިހާ އުފަލެއް ދީގެން އުޝް ގެންގުޅޭނެކަމަށް އަހަރެން ވައުދުވަން.. ކޮންމެކަމެއް ދިމާވިޔަސް ތިދެއަތުން އަހަރެން ދޫކޮށްނުލާނަންކަމުގެ ފުރިހަމަ ޔަޤީންކަން ދެން.. އުޝް ވިލް ޔޫ މެރީ މީ” އުޝާގެ ކޮނޑީގައިރީގައި އެއްކަކޫ ޖަހާލަމުން ކަނާތުން ލިއުޝާއާއި ދިމާލަށް ހުދު ރަނުގެ ވަރަށް ރީތި ހުދު ކުލައިގެ މުތީއެއް ޖަހާފައި އިން އަނގޮއްޓިއެއް ދިކޮށްލަމުން އަފްހަމް ބުންޏެވެ. އެވަގުތު ލިއުޝާގެ ދެލޯ ފެންކަޅިވެގެން ދިޔައީ އުފާވެރިކަމުގެ ކަރުނައިންނެވެ. ބޯޖަހާލަމުން އޭނާ ވާތް ދިއްކޮށްލީ ހިނިތުންވެލަމުންނެވެ. އަފްހަމް ލިއުޝާގެ ވާތު ކަށިއިނގިލީގައި އަނގޮއްޓި އަޅުވާދިނުމުން ލިއުޝާ ގޮނޑިން ތެދުވެ އަފްހަމްގެ ގައިގައި ބައްދާލިއެވެ. އަފްހަމްވެސް ހިނިތުންވެލަމުން ލިއުޝާގެ ގައިގައި ދެއަތްވަށާލިއެވެ. ދެލޯބިވެރިން އަލްވަދާއު ކިއީ މުސްތަޤުބަލާއި މެދު އެތަކެއް ހުވަފެންތަކެއް ދެކެމުންނެވެ.

އާދުވަހަކަށް އިރުއިރީ ލިއުޝާއާއި އަފްހަމް އެރީތި މަންޒަރު ބަލާން ރަށުގެ އުތުރު ފަރާތު އަތިރިމަތީގައި ތިއްބައެވެ. އެހިމުން ދޮންވެލިގަނޑުމަތީ ތިބެ އެރީތި މަންޒަރު ފޯނުގައި ރައްކާކުރަމުން ދިޔައެވެ. އިރުގެ އޮރެންޖު ކުލަ ލިއުޝާގެ މޫނަށް އެޅިފައި ހުރިއިރު ވަރަށް ހިތްގައިމެވެ. އަފްހަމްއަށް ބޭހިތްތީޔާރުގައި ލިއުޝާގެ މުނޫގައި ފިރުމާލެވުނެވެ. ލިއުޝާ ލޯމަރާލީ ލިބިނު ހިތްހަމަޖެހުމެއްގެ ސަބަބުންނެވެ. “އަހޫ އާދެބަ ސެލްފީއެއް ނަގަން” ލިއުޝާ އޭނާގެ ފޯނު ސެލްފީ ކެމެރާއަށް ލަމުން ބުންޏެވެ. “ފެންނަން ހުއްޓާ ކޮން ސެލްފީއެއް ނަގާކައްތަ” އަފްހަމް ލިއުޝާގެ ބަނޑުގައި ދެއަތް ވަށާލަމުން އޭނާގެ ކޮނޑުމަތީ ދަތްދޮޅި އަޅުވާލަމުން ބުންޏެވެ. ލިއުޝާ އެއްޗެކޭ ނުބުނެ މައްޗަށް ފޯނު ދިއްކޮށްލާފައި އެ މަންޒަރު ފޯނުގައި ރައްކާކޮށްލިއެވެ.

ގޭގެ ފުރަގަސް ފަރާތު ބަޤީޗާގައި އިން އަފްރީން އަތައް ކޮފީ ތަށިލައިގެން އެއްދިމާލަކަށް ނަޒަރު ހުއްޓާލައިގެން އިންއިރު އެދޮލުގައި ވަނީ ވޭނެވެ. އަމިއްލަ ދުނިޔެއެއްގައި އުޅެމުން ދިޔައިރު އެތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ އަމާންއާއި އެކު ހޭދަކޮށްފައިވާ ވަގުތުކޮޅެއްގެ ހަނދާންއާވުމުންނެވެ. ލިއުޝާ ގެއަށްލާފައި އައިސް ގެއަށް ވަތް އަފްހަމް ބަގީޗާއަށް މިސްރާބު ޖެހީ އެތާގައި އަފްރީން އިންނާނެކަން އެނގި އޭނާއަށް ޖެއްސުމެއް ކޮށްލުމުގެ ނިޔަތުގައެވެ. ބެންޗުގައި އަމިއްލަ ދުނިޔެއަކަށް ގެއްލިފައިއިން އަފްރީން ފެނުމުން އަފްހަމްގެ ހިތް ނުބައިގޮތަކަށް ތެޅިލިއެވެ. އެވަގުތު އޭނާ އަވަސްވެގަތީ އަފްރީންއަށްވީ ގޮތެއް އޮޅުންފިލުވުމަށެވެ. އަފްހަމް މަޑުމަޑުން ގޮސް އަފްރީންގެ ކައިރީގައި ބެންޗުގައި އިށީނދެ އޭނާގެ އަތްމަތީގައި އަތްބާއްްވާލިއެވެ. އަފްރީން ސިއްސައިގެން ދިޔަވަރުން އަތައް ކޮފީ ތަށި އެޅުނެވެ. “އަފޫ ކިހިނެއް ތިހެދީ..” ލިބުނު ސިހުމުގައި އަފްހަމްއަށް ބުނެލެވުނެވެ. އަދި އެތާގައި ހުރި ފެން އިސްކުރު ކައިރިއަށް އަފްރީން ގެންގޮސް އަފްރީންގެ އަތަށް ފެންއަޅަން ފެށިއެވެ. އެހުރިހާއިރު އަފްރީންގެ އަނގައިން އެންމެ ބަހެއްވެސް ބޭރުކޮށްނުލައެވެ. އަފްހަމް އަފްރީން ގޮވައިގެންގޮސް ބަދިގެއަށްވަދެ ފަސްޓްއެޑްއިން ފިހުނީމާ އުނގުޅާ ބޭސްފުޅިން ބޭސްކޮޅެއް އަފްރީންގެ ވާތުގައި އުނގުޅާލަދިނެވެ. އަދި އަފްރީންގެ އަތުގައި ހިފައިގެން މައްޗަށް އަރާ އަފްރީންގެ ކޮޓަރިއަށްވަދެ ދޮރުޖަހާލުމަށްފަހު އަފްރީން ގޮވައިގެންގޮސް އެނދުގައި އިށީނނެވެ. “އަފޫ ދޮންބެއަށް އިނގޭ ކަމެއްވެއްޖެކަން..ނުބުނާނަންތަ ދޮންބެ ކައިރިއަކު” އަފްރީން ފުންނޭވާއެއްލަމުން ވާހަކަދައްކަން ފެއްޓިއެވެ. “ދޮންބެ ޕުރޮމިސް ކުރޭ އެކަކުދެކެވެސް ރުޅި ނާންނާނެކަމަށް” އަފްރީން އަފްހަމްގެ މޫނަށް ބަލާލަމުން ބުންޏެވެ. “ޕުރޮމިސް” އަފްހަމް އެހެން ބުނި އިރު އެހިތުގައި ބިރުވެރިކަމެއް ވިއެވެ. “އަ.. އަފޫ އާއި އަމާން ބުރޭކް އަޕް ވެއްޖިން” އަފްރީންގެ ޖުމްލަ އަޑުއިވުމުން އަފްހަމްއަށް ކޮޅަށް ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. ލިބުނު ޝޮކުގައި ހުއްޓުން އަރާފައި ހުއްޓާ އަފްރީން އައިސް އަފްހަމްގެ އަތުގައި ހިިފާލިއެވެ. “ދޮންބޭ މާން ލޯބިވަނީ ހަޔާ ދެކެ.. މާންއަށް ހަޔާ އަނބުރާލިބިއްޖެ.. ދޮންބެ އަފޫއަށް ދުވަހަކު ކަމެއް ކޮށްދެންޏާ ތިއެކުވެރިކަން ކަނޑާނުލާތި.. މާން އުފަލުގައި އުޅޭތަން ފެނުނީމަ އަފޫވެސް ހުންނާނީ އުފަލުން” އަފްހަމްއަށް އަފްރީންއާއި ދިމާލަށް ބަލާލެވުނީ ޤަބޫލްނުކުރެވިފައެވެ. ދެލޮލުން އެންމެ ކަރުނަތިއްކެއްވެސް ވައްޓާނުލާ އަފްރީން ވާހަކަދެއްކުމުން އަފްހަމްއަށް އަފްރީންގެ ހިތްވަރުގަދަކަމަށް ހިތާހިތުން ސާބަސް ދެވުނެވެ. އަފްހަމް އޭނަަގެ ކޮއްކޮގެ ގައިގައި ބައްދާލީ ހަމްދަރުދީވެހުރެއެވެ. “އާރ ޔޫ އޯލް ރައިޓް” އަފްހަމް އަފްރީންގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. އަފްރީން ހިނިތުންވެލީ އޭނާދެކެ މިހާ ބޮޑަށް ލޯބިވާ ބޭބެއަކު ހުރުމުންނެވެ. “އައި އޭމް ފައިން ބުރޯ” އަފްރީން އެހެންބުންޏަސް އަފްހަމްގެ ހިތައް ހަމަޖެހުމެއް ނުލިބުނެވެ. “ލާޔަރ..” އަފްހަމް އަފްރީން ދުރުކޮށްލަމުން އޭނަަގެ މޫނަށް ނަޒަރު ހުއްޓާލަމުން ބުންޏެވެ. އަފްރީން އެދުމަތީ އޮތް ޕިލޯއެއް ނަގާ އަފަހަމްގެ ގައިގައި ބޮނޑިއެއް އަޅުވާލިއެވެ. “ކޮންކަމަކަށް ދިން ހަދިޔާއެއް ތިއީ؟؟” އަފްހަމް އަފްރީންއަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ. “ކޮންކަމަކަށްހޯ ވަގު ވަގަށް ޕުރަޕޯސް ކުރިއިރު ބުނެވެސް ނުލާ” އަފްހަމް ބޯކަހާލަމުން ކޮޓަރިން ނިކުންނަން ދިޔައެވެ. “މަޑު ކުރޭ އަދި އެބައޮތް އެއް ގިފްޓް” އަފްރީންގެ އަޑަށް އަފްހަމް ހުއްޓުނެވެ. އަފްރީން އައިސް އަފްހަމްގެ ގައިގައި ލޯތްބާއިއެކު ބައްދާލުމަށްފަހު “ކޮންގުރާ” އޭ ބުނެލިއެވެ. އަފްހަމް އަފްރީން ކުޑަކޮށް އުފުއްލާލުމަށްފަހު އަފްރީން ގޮވައިގެން ވަށައިގެން އެބުރެލިއެވެ. އެވަގުތު ކޮޓަރި ތެރެއިން އަފްރީންގެ ހުނުމުގެ އަޑުއިވިގެން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aisha

Level 3100 Comments10 Stories100 Login

Other Articles

Previous

ދުރުގައިވިޔަސް… (22ވަނަ ބައި)

Next

ހިތުގެ ތެޅުން ( 2 ބައި)

Next
June 5, 2017

ހިތުގެ ތެޅުން ( 2 ބައި)

Previews
June 4, 2017

ދުރުގައިވިޔަސް… (22ވަނަ ބައި)

65 Comments!

  1. Aisha says:
    June 5, 2017 at 1:59 am

    Hi.. Hurihaa kudhin.. Varah bodah sorry mi haa lahun up kohlevunieema Aisha ah time eh nulibunu evarakah.. But maadhan rey ga aneh part dhigukoh genesdheynan..mistake thah buneladhehchey..hope kuran kamudhaane kamah.. Enjoy.. Gud nyt ? love u all ❤

  2. zee says:
    June 5, 2017 at 2:09 am

    yeyyy… zee ah first dhw….???

    1. Aisha says:
      June 5, 2017 at 3:37 am

      Yes zee u r first ?

  3. shaxu says:
    June 5, 2017 at 2:17 am

    Varah reethi mi baives.Habeys

    1. Aisha says:
      June 5, 2017 at 3:38 am

      Thank u shaxu ❤

  4. Ary says:
    June 5, 2017 at 2:21 am

    V inthizaar kohfeemey, any ways v salhi ingey, avas koh up ohhdhehchey

    1. Aisha says:
      June 5, 2017 at 3:40 am

      Alhey.. Thank u dear ? yes mireyga up kohladheynan ?

  5. malkoo says:
    June 5, 2017 at 2:22 am

    Vaahakaaga varah reethi
    Btw hospital ga afreen huhtuvee amaan tha nooni afham tha

    1. Aisha says:
      June 5, 2017 at 3:41 am

      Thank u malkoo.. ?Aisha ah iniee afham jehifa dho aslu ethaa innaniee amaan.. Thank u dear mistake buneladhineema ?

  6. Zail says:
    June 5, 2017 at 2:23 am

    Issok Aisha take ur time…zail hama mi storyge inthizaaruga huhnaanan…ekm adhi nues kiyaalan heevey reethi vaane hn.kiyaalafa will comment ingeyh.. zail mi site ge stories kiyan btw vrh madhu stories kiyenyh ekm hama up vaa vavarun kiyeythw balan

    1. Zail says:
      June 5, 2017 at 2:37 am

      Aahaa v reethi hama… Afreen sho she is so strong gal hama appreciate kuraavru vey??

    2. Aisha says:
      June 5, 2017 at 3:44 am

      Thank u zail for undestanding ? v happy vehje ehaa kurukoh genesdhenieemaves thihaa positive commenteh kohlieema.. Happy to hear it ? thank u dear ?

  7. AKI says:
    June 5, 2017 at 2:24 am

    varah furihama

    1. Aisha says:
      June 5, 2017 at 3:45 am

      Thank u AKI ?❤

  8. naju says:
    June 5, 2017 at 2:48 am

    Haadha kurey…. ? … ekm mi part ves v reethi…

    1. Aisha says:
      June 5, 2017 at 3:46 am

      Sorry naju mireyga dhigukoh adhi eh part genesdheynan.. Thank u dear ?

  9. bubbles says:
    June 5, 2017 at 3:00 am

    Afreen and afham ulhey goiy kamaku nudhey.. beybe v ma kommves varehge ladhuvethi kameh ves hunnan jeheyne kamah gabool kureveny..

  10. bubbles says:
    June 5, 2017 at 3:02 am

    Afreen and afham ulhey goiy kamaku nudhey. . beybe v ma kommves varehge ladhuvethi kameh ves hunnan jeheyne kamah gabool kureveny. . . .

    1. Aisha says:
      June 5, 2017 at 10:11 pm

      Kuriah oiy thanuga ragalhu kohlaanan.. Thank u for the comment

  11. Thaku says:
    June 5, 2017 at 3:13 am

    Bahuge feyraan varah dhah. Vaahaka akee dhivehi vaahakaeh ekam ginaee arabi bas. Basthah beynun kohfa huri goehves kamu nudhey, imlaa kuhthah ehaa gina.

    1. Aisha says:
      June 5, 2017 at 10:12 pm

      Thank you thaku.. I will try to improve

  12. Any says:
    June 5, 2017 at 3:31 am

    V.v.v reethi mi part ves aisha thyhama best love you ? ?

    1. Aisha says:
      June 5, 2017 at 3:47 am

      Thank u dear ? varah happy vehje thihen bunieema ? ly ❤

  13. Noor says:
    June 5, 2017 at 4:03 am

    Awsom…???

    1. Aisha says:
      June 5, 2017 at 4:04 am

      Thank u noor ?

  14. sam♥ says:
    June 5, 2017 at 4:31 am

    wow …. story v reethi igey Aisha .. hama maan n afoo dhuruveeethaaa ….. v sad … waiting next part. n thaknx Aisha

    1. Aisha says:
      June 5, 2017 at 4:33 am

      Thanks Sam ? higaa dhw balama vaagotheh.. N most welcome dear ?

    2. sam♥ says:
      June 5, 2017 at 4:35 am

      *thankx

  15. yaania says:
    June 5, 2017 at 4:32 am

    Masha allah v reethi.. keep it up aisha.. best of luck.

    1. Aisha says:
      June 5, 2017 at 4:34 am

      Thank u yaania..?

  16. ShAhu says:
    June 5, 2017 at 4:37 am

    awesome…
    waiting for next part

    1. Aisha says:
      June 5, 2017 at 4:55 am

      Thank u shAhu ?

  17. Sajoo says:
    June 5, 2017 at 4:39 am

    Sajoo mi story kiyanfeshy fashaigenehves nun bt vvvvvvvvvvvvvvv reethi mi story

    1. Aisha says:
      June 5, 2017 at 10:13 pm

      Alhey thank u dear ?❤

  18. Chum handi says:
    June 5, 2017 at 4:59 am

    Amazing ❤️ Waiting for the next part…..

    1. Aisha says:
      June 5, 2017 at 11:58 am

      Thank u chum handi ??

  19. Layaa says:
    June 5, 2017 at 5:47 am

    Obiness to the max.. ? ekamaku ehayaa akaahedhi huvaa hithah araa amaan hunnanee kihinehvefabaaey .. btw afreenah dheragotheh nahadhahcheydhen… v loabi vaahaka .. maasha allah .. keep it up

    1. Aisha says:
      June 5, 2017 at 12:00 pm

      Thank layaa ? higaabala amaan hadhaa gotheh ves balama dhw ?

  20. Luju says:
    June 5, 2017 at 9:32 am

    It’s awesome….. Maan come back to afu… She’s the only one for uuu…..

    1. Aisha says:
      June 5, 2017 at 11:57 am

      Thank u luju ? let’s see dhw dear ?

  21. Adha? says:
    June 5, 2017 at 11:08 am

    Vah! Vah! ?Haadha reehchey mi part ves..? Aisha varah molhu ingey..❤ story thi kuriah gendhany varah perfect koh?

    1. Aisha says:
      June 5, 2017 at 12:02 pm

      Thank u Adha❤ varah ufaavehje thihen visnieema ?

  22. janna says:
    June 5, 2017 at 12:24 pm

    vahaka v reethi ekam v fahaga vey abadhu meeha ge sifakurun genessa hunnakan.. kury baigavx abadhu afreen laigen hunna hedhuma ehuriha sifa kurunthakeh genessa hurey.. ethankolhu v odd.. mi baigavx amaan r liusha aa afham ge sifakurunthah ginaee..

    1. Aisha says:
      June 5, 2017 at 10:14 pm

      Thank u dear next part ga ragalhukohlaanan ekanthah

  23. nonns says:
    June 5, 2017 at 12:27 pm

    I was waiting for this story. Ekam adhi kiriya kiyaalevey varu mivy. Story dhaagoiy hama varah obi. Alhe afoo ah avahah maan anburaa dhechey ingey… when next part??

    1. Aisha says:
      June 5, 2017 at 12:30 pm

      Ehen ves vaane.. Thank u dear ❤ let’s see dhw vaagotheh ?

  24. Some one says:
    June 5, 2017 at 3:21 pm

    Aslu es prt kurii ey dw! I hiikurii kiyaa hithun othiima hiivi goiy kamah! ??btw v v v v v salhi! Aisha haadha molhey!! Ma sha allah!

    1. Aisha says:
      June 5, 2017 at 3:49 pm

      Aaarn kurukoh genesdhevuniee mi part mireyga dhigukoh genesdheynan In sha Allah ? alhey thank u dear ❤

  25. Ainth says:
    June 5, 2017 at 4:52 pm

    V salhi

    1. Aisha says:
      June 5, 2017 at 5:04 pm

      Glade u like it ?

  26. naash says:
    June 5, 2017 at 6:49 pm

    Its beautiful

    1. Aisha says:
      June 5, 2017 at 10:01 pm

      Thank u naash ?

  27. some one says:
    June 5, 2017 at 8:35 pm

    mi vaahaka v gulhey me ge lyf aa…hama amaan kanthah kuri gothah me ge bf ves kanthah kury…v dhera vey aslu mi vaahaka kiya iru..

    1. Aisha says:
      June 5, 2017 at 10:03 pm

      Alhey really sorry dear ? In sha Allah hurihaa kameh ves vaaniee enme ragalhakah.. Have faith dear

  28. AKI says:
    June 6, 2017 at 12:24 am

    kobaa vaahaka up kohla dheebaa pls pls

    1. Aisha says:
      June 6, 2017 at 2:21 am

      Sorry dear Aisha ah reyga up nuvi.. liyefa inn part ah badaleh gennajunieema really sorry ?

  29. Aish.. says:
    June 6, 2017 at 12:27 am

    V salhi…

    1. Aisha says:
      June 6, 2017 at 2:21 am

      Thank u Aish ?

  30. Adha? says:
    June 6, 2017 at 10:56 am

    Aisha dhen konirakun next part genes dheynee??? Today vaguthehga tha or tonight tha??

    1. Aisha says:
      June 6, 2017 at 12:21 pm

      Tonight ga avas ves vedhaane faharehga

  31. aish says:
    June 6, 2017 at 11:00 am

    Varah reethi mi part ves..next part koniraku?

    1. Aisha says:
      June 6, 2017 at 12:22 pm

      Thank u aish.. Tonight ga or haveerunves faharuku genesdheefaanan

  32. AKI says:
    June 6, 2017 at 11:10 pm

    Aisha dhooni konirakun up kohla dhey nee

  33. Ary says:
    June 6, 2017 at 11:19 pm

    Kihaa irakutha nxt part up vaanee

  34. Aisha says:
    June 7, 2017 at 12:10 am

    Submit kohfin 10 haairu

Comments are closed.

Next Episodeލޯބި އަހަރެން ވާނަމޭ (15)←


All Right Reserved!