Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިއެހެނަސް..17

Uhthoo Level 210 Stories100 Comments100 Login
February 15, 2018 6 Mins Read
20 Comments

ލޯބިވާގެއެ ހަނދާންތަކުން ނިކުމެވުނީ ރީމާގެ ފޯން ރިންގް ވުމުންނެވެ. “އޭ ކޮބާ؟ މަމިދަނީ ބަލާ… ރޮށިފިހަން ފުށްގަނޑު މޮޑެފަ…” ސުހާ ހުރީ އަވަސް އަރުވާލައިފައެވެ.

“އާން…މަ މިނުކުންނަނީ ނަމާދުކޮށްލައިގެން…އާދޭ….”ރީމާ އެހެން ބުނުމުން ސުހާ ފޯނު ބޭއްވިއެވެ. ރީމާވެސް ކޮޓަރިއަށްވަނެވެ. ފާހާނަޔަށް ވަދެ ވުޟޫއު ކޮށްގެން ނުކުމެ މުސައްލަ ފަތުރައިލިއެވެ. ނަމާދުކޮށް ސަޖިދައިގައި އޭނާގެ އާއިލާއަށް ދުޢާ ކުރިއެވެ.

އަދި އަޔާޒުގެ ހަނދާންތައް އަނބުރާ އޭނާއަށް ދެއްވުމަށް އެތަށްފަހަރަކު ދުޢާ ކުރިއެވެ. އޭނާގެ ލޯބިވެރިޔާ ހެޔޮޙާލުގައި ލެއްވުމަށް އެތައްފަހަރަކު އެދެވުނެވެ…..

ރީމާ ކަރުނަ ފޮހެލަމުން މޫނު ތާޒާކޮށްލަމުން ނުކުމެގެން ދިޔައެވެ. “ހިނގާ ދާން..” ބާރަކަށް ބައިސްކަލުގައި އައިސް ސުހާ މަޑުކޮށްލީ ނުކުމެ ނުކުމެ ހުރި ރީމާގެ ކުރިމައްޗަށެވެ.

“ސާބަސް….ކިރިޔާއެއްނު މަގޭގަޔަށް ތިބައިސްކަލު ނޭރީ…” ސުހާ ހިނިގަނޑެއް ޖަހައިލިއެވެ. ބާބަކިޔުއަށް ރެޑީކުރަމުން ދިޔަ ރީމާ އަށް ޖެހުނީ ލޮނުމިރުސް ފުނޑާށެވެ.

ކެއްކުން އެއީ އޭނާއަށް އެހައިބޮޑުކަމެއް ނޫނެވެ. ސުހާގެ މަންމަގެ އެހީއާއެކު އެދެމީހުން ކުރަންހުރި ހުރިހައި ކަމެއް ނިންމައިލިއެވެ. “އޭ މަ އެބައަންނަން ކުޑަކޮށް ފްރެޝްވެގެން…”

ސުހާ ދާން ހިނގައިގަތުމުން ރީމާ އޭނާ ހުއްޓުވަން އުޅުނެވެ. “ބަލަ މަ ސުކޫލަށް ދާން ފެންވެރި ގޮތަށް ހުރީމައޭ… ވަރަށް ގަޔަށް އުނދަގޫވޭ….އެންމެ 5މިނެޓް…”

އެހެން ބުނަމުން ދުވެފައިގޮސް ސުހާ ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭރު ބޭރުގައި ފިރިހެންވެރިން ފޯރިނަގަމުން ދިޔަ އަޑު އިވެއެވެ. ރީމާ ބޭރަށް ނުކުމެލިއެވެ.

ސިމާންގެ އަތުގައި ހިފައިގެން ޒުވާން ފުރައިގެ އަންހެން ކުއްޖަކު ޖޯލީގައި އިނެވެ. އެއީ ސިމާންގެ ލޯބިވެރިޔާ ކަންނޭނގެއެވެ. ކަޅު ހެދުން ލައިފައި އިނުމުން އެއީ ވަރަށް ދީންވެރި ކުއްޖެއްކަން އެނގެއެވެ.

ލަދުރަކި ކުއްޖަކީކަންނޭނގެއެވެ.އެކުއްޖާ އިނީ އިސްޖަހައިގެންނެވެ. “ހެލޯ…ކީއްވެ ދުރުގަ ތިހިރީ؟؟އާދެ ބައިވެރިވެލަން…” އެތަނުގައި ލާމިއުވެސް އިނެވެ. ސިމާންއާ ހަމްދާންގެ އިތުރުން އަދިވެސް އެއް ފިރިހެން ކުއްޖަކު އެތާއިނެވެ.

ރިމާ ފެނުމުން އެހެން ބުނެލީ ހަމްދާންއެވެ. އެމީހުން ތިބީ ލަވަބާޒީ ކުރަން ކަންނޭނގެއެވެ. “އޭތް… ސިމާން ބުރޯގެ ހުރެއެއްނު ޕަރީއެއް…އޭނަ ކޮބައިތަ؟”

“ހޫނ….ވާނެ އެތެރޭގައި…!” ސިމާން ޖޯލީގައި އޮށޯވެލަމުން ބުނެލިއެވެ. ރީމާ ވެސް އެތަނުން ޖޯއްޔެއްގައި އިށީނެވެ. ” އަހަރެންމީ ހަމްދާން…މީ ސިމާންގެ ވާން އުޅޭ ގޮއްޔެ..ޝިފްލާ…މީ އާރިޒް….ދެން އެހެރީ ލާމިއު… ދެންތީ ކޮންނަމެއް ކިޔާ ކުއްޖެއް؟”

“އަހަންނަށް ކިޔަނީ ރީމާ… އެންމެންވެސް ކިޔަނީ ރީ…. ވަރަށް ތަފާތު މިތާނގެ ދިރިއުޅުން ބާބަކިޔު ވެސް….” ރީމާ އެހެން ބުނުމުން އެންމެންވެސް ހީކުރީ ރީމާއަކީ މާލެ މީހެއްކަމަށެވެ.

“އޯ މާލެ ކުއްޖެއްދޯ މީ….” ހަމްދާން ވާހަކަ ދެއްކިއެވެ. “ނޫނޭ… އަހަރެންގެ ރަށަކީ ހުޅުމާލެ… މާލޭގެ އަވަށެއް ދެން ގާތްގަނޑަކަށް…”

“އެހެންދޯ….އަހަރެމެން ދެން ހީކުރީ ބީރައްޓެހިވެ ވާހަކަ ނުދައްކާތީ ދެން ފޮނިއްޔޭ…އެކަމަކު ނޭނގޭ ތީ ތިހައި ހިތްހެޔޮ ކުއްޖެއްކަމެއް..” ހަމްދާން ބުނެލިއެވެ.

“ހެހެހެ….ބުނެއެއްނު ކޮންމެ ކަނޑަކަށްވެސް ނުކުމެ ދުއްވާލީމައޭ އެކަނޑެއްގެ ހުރި ވަރެއް އިނގޭނީ….” ރީމާ ބުނެލީ ވަރަށް މާނަފުން ބަސްތަކެކެވެ.

“ގުޑް…ވަރަށް ގުޑް…”    ހަމްދާން ހެމުން އެވާހަކައަށް ތާއީދު ކުރިއެވެ. އިރުކޮޅެއްނުވެ ސުހާވެސް އައިސް އެމީހުންނާ ބައިވެރިވިއެވެ. އޭރު ލާމިއު އުޅެނީ ރޯވެ ހުލިވަމުންދިޔަ އަލިފާންގަނޑު ރަނގަޅުކޮށް ފެންޖެހުމުގައެވެ.

“ސުހާ….”އެންމެން އެކި ދިމާއަށް އެކިކަންކަމުގައި ގޮސް ސުހާ އެކަނިވުމުން ހަމްދާން އައިސް އޭނާއާ ޖެހިގެން އިން ޖޯލީގައި އިށީނެވެ.

ސުހާ އިސްޖަހައިލިއެވެ. އޭނާ އިނީ ވަރަށް ބިރުންނެވެ. “ތިއޮތީ ބުޅަލެއް…” ހަމްދާން އެހެން ބުނެ ދުއްވައިގަތުމުން ސުހާ ސިއްސައިގެން ގޮސް އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަނެފައި ދުއްވައިގަތެވެ.

ދުވެފައި އެދިޔަ ގޮތަށްގޮސް އަނދިރިގަނޑުގައި ހުރި އޭނާގެ ދޮންބެގެ ކޮނޑަށް އަރައިގަތެވެ. ރަނގަޅަށްވެސް ސުހާ ސިހިއްޖެއެވެ. އޭނާ ބިރުގަތްވަރު ރަނގަޅަށް ބަލާލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.

” ހެހެހެ ސާބަހޭ ސުހާ…” ސިމާން އަތްތިލަބަޑިޖަހަމުން އެތަނަށް އައިސް މަޑުކޮށްލިއެވެ. ސުހާއަށް ރަނގަޅަށް އެ މީހެއްގެ މޫނަށް ބަލައިލެވުނެވެ.އެއީ ހަމްދާންކަން އެނގުމުން ދެލޯބޮޑުކޮށްލަމުން ކުއްލިއަކަށް ހަމްދާންގެ އަތު ތެރޭން ފުންމާލިއެވެ.

“ހެހެ….ސުހާ….ދެން އެހައި ބިރުން އުޅޭތަ މީހުން…؟” ރީމާވެސް ހީހީފައި ސުހާއާ ދިމާކޮށްލިއެވެ. އެސަކަރާތުގައި އެކަކު އަނެކަކު އެނގިދަސްވުމުން ކުޑަވަރެއްގެ ގުރޫޕެއް އުފެދުނެވެ.

ސިމާންގެ މަންމައާ ބައްޕައާ ވާހަކަ ދެކެވި ސިމާންގެ ކައިވެނީގެ ދުވަސްވެސް ކަނޑައެޅުނީ އެރެއެވެ. ޝިފްލާއަކީ ވަރަށް މަޑުމައިތިރި ރަނގަޅު އަޚުލާގެއް ލިބިފައި ހުރި ކުއްޖެކެވެ.

އޭނާގެ ހުންނަނީ މުސްކުޅި މަންމަ އެކަންޏެވެ. މީގެ އަހަރުތަކެއް ކުރިން ސިމާންއާ ލޯބީގެ ގޮތުން ޝިފްލާ ގުޅިގެން އުޅޭކަން އެންމެންނަށްވެސް އިނގެއެވެ. ސިމާންގެ އާއިލާވެސް އެ ގުޅުމަށް ރުހެއެވެ.

ދުވަސްތަށް މިގޮތުގައި ހޭދަވެގެންދެއެވެ. ރީމާގެ އެކަނިވެރި ދިރިއުޅުންވެސް އެގޮތުގައި ހޭދަވަމުންދިޔައެވެ.

ސިމާންމެން ކައިވެނި ޕާޓީއަށް ތައްޔާރުވުމަށްޓަކައި އެ އާއިލާ އެންމެންހެން މަސައްކަތުގައި އަވަދިނެތި އުޅުނެވެ. އެކި ކަންކަމުގައި ރީމާވެސް އަތްގާތްކޮށްދޭން އުޅެއެވެ.

“ބެކްޑްރޮޕް ހަދަން ދާންވީޔޯ ރީ…މިހާރު އެތާނުގަ ލަކުޑިން ކުރަންހުރި ކަންތައްތައް ކޮށްނިމުނީއްޔޯ…ދޮންބެ އެގުޅީ…” ސުހާ ރީމާގެ އަތުގައި ހިފައިލަމުން ބުނެލިއެވެ.

ކަޅުކުލައިގެ އަވިއައިނު ލޮލުގައި އަޅަމުން ރީމާ ބޮޑު ކޮތަޅެއް ހިފައިގެން ހިނގައިގަތެވެ. ބައިސްކަލުން އަނެއް ކޮތަޅު ހިފައިގެން ސުހާ ވެސް ދުއްވައިލިއެވެ.

“ހިނގާ…މަ ގެންގޮސްދީފާނަން…”ސައިކަލުގައި ގެޔަށް ވަންނަން އުޅުން ލާމިއު އަށް އެމަންޒަރު ފެނުމުން ބުނެލިއެވެ.

“އޯކޭވާނެ…އެކަނިން ދެވޭނެ..”ރީމާ އެހެން ބުނެފައި ހިނަގައިގަތެވެ. ނަމަވެސް ދެވޭގޮތެއް ނުވިއެވެ. ކޮތަޅު ބަރުކަމުން ވެއްޓުނީއެވެ.

ލާމިއު އަނެއްކާވެސް އެދުމުން ދެން ރީމާ އިތުރު އެއްޗެކޭ ނުބުނެ ސައިކަލަށް އެރިއެވެ. ބެކްޑްރޮޕް އިނީ ރީމާއަށެވެ. އެއީ އެމީހުންނަށް ރީމާގެ ހިޔާލު ކަމުދިޔުމުންނެވެ.

ރީމާވެސް ބުރަކަމާއެކު މާހަދަމުން ތަތްކުރަމުންދިޔައިރު އެފުރައިގެ ދެތިންކުއްޖަކު އޭނާއަށް އެހީވާން އެތާތިއްބެވެ. ސުހާވެސް އަނގަގަދަކުރަމުން ރީމާއަށް އެހީވަމުން ދިޔައެވެ.

އެމީހުންނަށް އެތަން އެއްކޮށް ނިންމާލެވުނު އިރު ގަޑިން 5 ޖަހަނީއެވެ. ސިމާންމެން ހީކުރިވަރަށްވުރެ ރީމާގެ މަސައްކަތް އަވަހެވެ.

އެތަނާމެދު ސިމާނާއި ޝިފްލާވެސް ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. ރީމާއަށް އެތަށްފަހަރަކު އެމީހުން ޝުކުރުއަދާ ކުރިއެވެ.

އެރެއަކީ އެދެމީހުން ކުރަމުން އައި ދިގު އިންތިޒާރުގެ ނިމުމެވެ. ރީމާ ހިތަށް އެރިއެވެ. އޭނާއަށްވެސް އެކަހަލަ ބައިވެރިއަކު ލިބި މިކަހަލަ ބެކްޑްރޮޕެއްގެ ކުރިމަތީ ހުރެވޭނީ ކޮންދުވަހަކުންބާއެވެ.

އެރޭގެ ވަގުތެވެ. އެކި މީހުން ޕާރޓީއަށް އައިސް އުޅެއެވެ. ރީމާވެސް ނަލަވެލައިގެން އެތާ ހުއްޓެވެ. މީހުން ހަލަބޮލިވާންށުމުން ރީމާ އެއްކައިރީ އިން ގޮނޑިއެއްގައި އިށީނެވެ.

ހުދުކުލައިގެ އެ ބޮޑު ހެދުމުގައި ޝިފްލާ މިރޭ ފެންނަނީ ވަރަށްވެސް ތަފާތުކޮށެވެ. ސިމާންވެސް ވަރަށް ހެންސަމް ކަމަށް ދައްކައެވެ.

އެދެމީހުންގެ މޫނުމަތިން ތަފާތު އުފާވެރިކަމެއް ފެނެއެވެ. ރީމާ އެތާ އިންތަން ފެނި ސުހާ އެދިމާއަށް އައިސް ރީމާއާ ޖެހިގެން އިށީނެވެ.

އަދި އޭނާގެ އަތުގައި ހުރި ދެތަށި ކޯކުން އެއްތަށި ރީމާއަށް ދިއްކޮށްލިއެވެ. ސުހާވެސް މިރޭ ހުރީ ވަރަށް ރީތިވެލައިގެންނެވެ. ހުދު ހެދުން ހުރީ މާމެއިޑްކޮށެވެ. ކަންފަތުގައި މުންޖެއް ލައިފައިވުމުން ވަރަށް ހިތްގައިމު ގޮތެއް ހުއްޓެވެ.

ކުއްލިއަކަށް އެންމެންގެ ސަމާލުކަން ހުއްޓުނީ އެތާނގެ މެދުން ކަހަލަ ގޮތަކަށް ގިޓައެއްގެ އަޑު އިވުމުންނެވެ. އެއީ ހަމްދާނެވެ. އޭނާ އިނީ ގިޓައެއް ހިފައިގެންނެވެ.

އެއްވަރަށް ގިޓާ ޖަހަމުންދިޔައިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ސުހާއަށެވެ. ސުހާ ހުރީ ލަދުން ދެލޯ ބޮޑުވެފައެވެ.

*ލޯބި ދާނުގައި އެކީ މަށާ ވެދާނުހޭ….ސާފު ލޯބިދޭނުހޭ..ބޭނުމެއް މަދެން ހަމަ ކަލާނޫން އެހެން ނެތޭ… ނެތޭ… ޝަރުތަކީ ކޮބާހެ ލޯބިދޭނޭ؟…އަލަތު ލޯބި ދީ ރުހުން ލިބޭނޭ….

މަދަދުގާރެކޭ މިއީ ޔަގީނޭ…ބަދަލުވުން މަށެއްތެދޭ ނެތީމޭ…އެކުއެކީ ކަނޑަށް ވިޔަސް މަދެން އެރޭނަމޭ…ހިތްފުރާލަދޭނަމޭ…

ލަވަ ކިޔަމުން އައިސް ސުހާގެ ކުރިމަތީ ހުއްޓުނު އިރު ހަގީގަތުގައިވެސް ހަމްދާންހުރީ އިޝްކުން ފޯވެފައެވެ. “ސުހާ ވި ޔޫ ބީ މައި ގާރލް….؟” އެއް ކަނކޫ ބިންމަތީގައި ޖައްސާލަމުން އެއް އަތް ސުހާއަށް ދިއްކޮށްލަމުން ހަމްދާން އެދުނެވެ.

“ސުހާ…ސޭ ޔެސް…” އެތަނުން މީހަކު ގޮވާލި އަޑު އިވުނެވެ. ސުހާ ލަދުން އިސްޖަހާލަމުން ބޯޖަހާލިއެވެ. އަދި ހަމްދާންގެ އަތުގައި ހިފައިލިއެވެ. ކުރިޔަކުން ހަމްދާން އެހައި ރީއްޗަށް ލަވަކިޔާކަމެއް ސުހާއަކަށް އެނގިފައެއް ނެތެވެ.

އެންމެ ކައިރިން މަންޒަރު ބަލަން އިން ރީމާއަކަށް ކެތެއް ނުކުރެވުނެވެ. އުފާވިޔަކަސް އޭނާއަކަށް އެވަގުތު ކެތެއް ނުކުރެވުނެވެ. ތެދުވެގެން ދުއްވައިގަނެވުނީ އަމިއްލަ އިހުތިޔާރަކު ނޫނެވެ.

“ކިހިނެތްވީ ރީއަށް؟..ކީއްވެބާ އެދިޔައީ؟…” އެއްވެސް އެއްޗެއް ނޭނގިހުރެ ހަމްދާން ސުހާ ކައިރި އަހައިލިއެވެ. ސުހާ މަޑު ކުރައްޗޭ ބުނެ ރީމާ ދިޔަ ދިމާއަށް ދިޔައެވެ.

އެތާ ތަންކޮޅެއް ދުރުގައި ހުރި ގަހުގައި ހިފާލަމުން ރީމާ އަމިއްލަ ހަށިގަނޑު ކޮންޓްރޯލް ކުރިއެވެ. “ކީއްވެ … ކީއްވެ އަހަރެންގެ އެ ހިތި މާޒީގެ މަންޒަރުތަށް އަހަރެންގެ ލޯމަށްޗަށް މި ދައްކަވަނީ؟..” އެއަޑު ފަހަތުން އައި ސުހާއަށް އިވުނެވެ.

“އަހަރެން މާޒީއަށް ފިލަން ކީއްތަ އަޅެ ކުރަންވީ؟….އަހަރެން މުޅިން އެކަނިވެރި ދުނިޔޭން ކާކު އަހަންނަށް ދެން އެހީވާން ހުރީ..ލޯބި ކީއްވެ އަހަންނަށް މި ދުނިޔޭން ލިބުންނެތީ؟”

އެ ޝަކުވާތަށް އަހަންހުރި ސުހާއަށްވެސް ރޮވިއްޖެއެވެ. އެ ހިތުގައި އަޅަމުންދިޔަ ވޭނުގެ އިހުސާސް ނުކުރިޔަސް އެ ބަސްތަކުން ސުހާއަށްވެސް އަސަރު ކުރީއެވެ.

“ރީ…” ސުހާއަށް އިތުރު އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ރީމާ ހަމަ ބުއްދި އަނބުރާ ލިބުންފަދައެވެ. ކަރުނަ ފޮހެމުން އެ ވޭންތައް ފޮރުވަން އުޅުނެވެ.

“ސޮރީ… ބުނައްޗޭ ހަމްދާން ކައިރީ…ކުޑަކޮށް ކޮންޓްރޯލް ނުކުރެވުނީ….ވަރަށް އުފާވެއްޖެ ސުހާ ހިތްއެދޭ މީހާ ސުހާއަށް ލިބުމުން..ބަސްއަހައިގެން އުޅޭނީ…”

ރިމާ ހާދަ ހިތްވަރުގަދައެވެ. އެތެރެއިން ރޯލަ ރޯލަ ހުރިއިރުވެސް ތުންފަތުގައި ވަނީ ހިނިތުންވުމެވެ. ލޯބީގައި އެއީ ލައިލާއެއް ފަދައެވެ.

އެރޭ ޚާއްސަވެގެން ދިޔައީ ސިމާންއަކަށް އެކަންޏެއް ނޫނެވެ. ސުހާގެ ހަނދާނުންވެސް އެރޭގެ ހަނދާންތަކެއް ނުފިލާނެއެވެ.

ދުވަސްތަކުން މަހެއް ފުރި، މަސްތައް ގުނެމުން ގޮސް އަހަރެއް ފާއިތުވެއްޖެއެވެ.

ހުޅުމާލޭގެ ޖެޓީމަތީ އެހެރަ ޒުވާނާގެ މޫނުން ފެންނަނީ ސީރިއަސް ކަމެވެ. އިރު އޮއްސި އަނދިރިވެގެންދިޔައިރުވެސް އޭނާ އެހެރީ ހަމަ އެފިޔަވަޅުމަތީގައެވެ.

ހީވާގޮތުން އޭނާ އެހެރީ ވަރަށް ފުން ވިސްނުމެއްގައެވެ. ދޮންރީތި މޫނެއްގެ ވެރިއެކެވެ. ބައިމަތި ފުޅައި ރީތިވަރެއްގެ ހަށިގަނޑެކެވެ. ވަރަށް ހަރުކަށި ވެރިއެއް ފާޑު ޖަހައެވެ.

ލާފައިވަނީ ކޯޓްފަޓްލޫންގެ ހެދުމެކެވެ. އެޒުވާނާ ހުރީ ޖީބަށް އަތްޖަހައިގެންނެވެ. ތޮށިމަތީ އެހެރީ ދެވަނަ އެހެންމީހެއް ނޫނެވެ. މިހާރުގެ އެންމެ ޒުވާން ނަންމައްޝޫރު ވިޔަފާރިވެރިޔާ މުޙައްމަދު އަޔާޒު އިޝާމް އެވެ.

އޭނާގެ ބަނަވެފައިވީ ދުނިޔޭން ހާސިލް ކުރެވުނު އެކަށްޗެއްވެސް ނެތޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އިރު އިރުކޮޅާ ފްލައިޓްތަކުގެ އަޑުން ފަޒާ ގުގުމަމުންދިޔައެވެ.

ދުނިޔެ ތަރަށްގީވެ އެ ދިރިއުޅުމަށް ބޮޑެތި ބަދަލު އަޔަސް އެހިތްވަނީ ކަމީނާވެ ހަސްނެތިފައެވެ. އަޔާޒުގެ މުޅިދިރިއުޅުން ހެން ބަރޯސާވެފައިވަނީ ވިޔަފާރިއަށެވެ. ނަމަވެސް އިރު އޮއްސޭގަޑީ އެތަނުގައި ހުރުން އެއީ އޭނާގެ އާދައެކެވެ.

ހިތުގައި ވޭން އަޅަމުންދިޔައީ އިންތިހާއަށެވެ………..*ތަޤުދީރު އެނގޭ ނަމައީ….އެދުވަސް އަލުން ހޯދާނަން…ވިންދާއި އެކީ ތިޔަނަން…..އިވުމުން ހަނދާން އާވާތީ….

ތިޔަ ޝާހީ ފަރި ދެއަތުން… ފިރުމާ ނުލަނީ ފަހެ ކީއްވެހޭ…އޭމީރޭ އުދާސްތަކުން… ނުނިދޭނޭ ވަކިވީމަ ކަލާ..މުޅިމެންދަން ތިޔަ ހަނދުމައިން….ނިމެނީ ފަހެ ކީއްވެބާ……**

ރީމާގެ ފަރި ބެލުންތައް އިއްޔެ ވީކަމެއްހެން އަދިވެސް އެސިކުނޑީގައި ހަރުލައިފައިވެއެވެ. ނަމަވެސް ރީމާ އޭނަދެކެ ލޯބި ނުވާކަމުގައި އަޔާޒު ހީކުރެއެވެ.

އެހެންނޫންނަމަ އޭނާކައިރިއަށް ރީމާ އަންނާނެއެވެ. އޭނާގެ ޙާލެއް ރީމާ ބަލައިލާނެއެވެ. އަޔާޒު ނިންމައިފައިވަނީ ރީމާގެ ހަނދާންތަށް އެހިތުން ފޮހެލުމަށެވެ.

ނަމަވެސް އެކަންވަނީ ބޭކާރުކަމަކަށެވެ. ރީމާގެ ހިޔާލުތަކުން އަދިވެސް ރީމާއަށް އިންތިޒާރު ކުރެވެއެވެ. އެހަނދާންތަށް ފޮހުނަސް އެ ލޯބި އަޔާޒުގެ ހިތުގައި ވެއެވެ.

ފަހަތުން އޭނާގެ ސެކެޓްރީ މުނާޒު ކާރުގައި އައިސް މަޑުކޮށްލިއެވެ. މަޑުމަޑުން ގޮސް އަޔާޒުގެ ކޮނޑުގައި އޭނާ އަތް ބާއަވާލިއެވެ. “ސާރ…!”…އަޔާޒު ބޯޖަހއިލަމުން ކާރާދިމާއަށް ހިނގައިގަތެވެ.

އެ ފިރިހެންވަންތަ ހިނގުމުންވެސް އެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ހުރިކަން ހާމަވެއެވެ. ޑްރައިވަރު އަދަބުވެރިކަމާއެކީ ދޮރުހުޅުވާލަދިނެވެ. އަޔާޒު ފަހަތު ސީޓުގައި އިށީންނަމުން ފުން ނޭވާއެއް ފަޒާއަށް ދޫކޮށްލިއެވެ.

މުނާޒުވެސް ކުރީ ސީޓުގައި އިނެވެ. ބާރުދުވެލީގައި ކާރު ގޮސް ހުއްޓުނީ މުނާޒުމެން ގޭ ކުރިމައްޗަށެވެ. މުނާޒު ފޭބުމުން އަނެއްކާވެސް ކާރު އޭގެ ދުވެލީގައި ގޮސް ބޮޑުގެއެއްގެ ގޯތިތެރެއިން ގޮސް ކާރު މަޑުކުރަން ހާއްސަ ކޮށްފައިވި އަސްކަނި ދަށަށް ކާރު މަޑުކުރިއެވެ.

ޑްރައިވަރު ދޮރު ހުޅުވަންދެން އަޔާޒު އިނީ ފޯނާ ކުޅޭށެވެ. އެގޭގެ ފުރިހަމަކަން ފެންނަ ކޮންމެ މީހަކަށްވެސް އެއީ ނުހަނު ޝާހީ ބައެއްކަން އިނގޭނެއެވެ.

ދެބުރިއަށް ނަގައިފައިވި އެގެ އިންނަނީ ގޯތީގެ މެދަށެވެ. ގޭގެ ކުރިމައްޗަށް ވާގޮތަށް ފުދޭވަރެއްގެ ޕޫލް އެއް އޮތެވެ. މުޅި ގެވަށައިގެން ވަނީ އެކި ވައްތަރުގެ މާގަސްތަކުން ޖަރީކޮށްފައެވެ.

އެއީ އަޔާޒުގެ ގެއެވެ. އޭނާގެ އެކަނިވެރި ހަޔާތް ހޭދަކުރާ ކުޑަ ކުޑަ ރިޒޯޓެކެވެ. ގޭގެ ފުރަގަހުން ކުޑަކުޑަ ޖިމެއް ހަދައިފައި ވެއެވެ.

މަޑުމަޑުން ގޭތެރެއަށް ވަދެގެންދިޔަ އަޔާޒުގެ ހިނގުން ހުއްޓުނީ ސިޑިއާ ދިމާއިން ފާރުގައި ހަރުކޮށްފައިވާ ބޮޑު ތަސްވީރު ފެނުމުންނެވެ.

އެ ތަސްވީރުގެ ސަބަބުން އަޔާޒު ރީމާދެކެ ވާލޯބި ހާމަވިއެވެ. އެ ބޮޑު ތަސްވީރުގައި ހުރީ ރީމާ އަށް ނޭނގޭނެހެން އޭނާ ނެގި ފޮޓޮއެކެވެ. ގާތްގަނޑަކަށް 5ފޫޓު އެ ތަސްވީރުގައި ހުންނާނެކަންގައިމެވެ.

ރަންކުލައިގެ ބޮކިތަކުން ދިއްލިފައިވީއިރު އެގޭތެރޭގައި ޖަހައިފައިވަނީވެސް އެކުލައިގެ މުށިތަކެވެ. ފަރުނީޗަރުތަކާއި ހިފައިގެންގުޅޭ

ތަކެތިވެސް ހުރީ އެންމެ ފަހުގެ ބްރޭންޑްތަކުންނެވެ.

އަޔާޒު ގޮސް އޭނާގެ ކޮޓަރީ އެނދުގައި ޖައްސާލިއެވެ. އެހިތަށް އަރަމުންދިޔައެވެ. މިދުނިޔޭގެ އެންމެ މުއްސަދިންގެ ތެރޭ ނުހިމެނުނަސް އޭނައަކީ ވެސް ރާއްޖޭގައި ގުނާލެވޭ ވިޔަފާރިވެރިއެކެވެ.

މަދު އެކަށްޗެއްވެސް ނެތެވެ. އެކަމަކުވެސް ފަޅުކަން އެހިތަށް ވެރިވިއެވެ. އޭނާގެ ދިރިއުޅުން އުޖާލާކުރަން ދެން ކުރާނީ ކޮންކަމެއްބާއެވެ.

“ބެންބޭ….” ހަނާ އައިސް އެކޮޓަރި ދޮރުގައި ޓަކި ޖެހީ މިކަހަލަ މައްސުނި ހިޔާލު ތަކުން އަޔާޒުގެ ބޯ ބަރުވެފައި އޮއްވައެވެ.

މަޑުމަޑުން ގޮސް އަޔާޒު ދޮރު ހުޅުވާލިއިރު ހަނާ ތަށިބަރިއެއް ހިފައިގެން އައިސް ހުއްޓެވެ. “މިއައީ ބެންބެއާއެކީ ސައިބޯން…” ހަނާ އަދިވެސް އޭނާއާ މުހާތަބްކުރަނީ ބެންބެ ކިޔައިގެންނެވެ.

 

Share Article

Follow Me Written By

Uhthoo

Level 210 Stories100 Comments100 Login

"Treat others as you wish to be treated" mom says.. dream it.. achieve it.. love to read.. love to be an author...❤️

Other Articles

Previous

ައެ ކުށުގެ ޝަޒާ

Next

ޒާރާ (31) ފަހުބައި

Next
February 15, 2018

ޒާރާ (31) ފަހުބައި

Previews
February 15, 2018

ައެ ކުށުގެ ޝަޒާ

20 Comments!

  1. EHLEE says:
    February 15, 2018 at 7:38 pm

    Wow v reeti . When next part. I luv this story…

    1. thuhoo says:
      February 15, 2018 at 7:55 pm

      Thanks EHLEE ❤️

    2. thuhoo says:
      February 15, 2018 at 8:55 pm

      On tomorrow next part ??

  2. ishnash says:
    February 15, 2018 at 7:48 pm

    Hii thoo vvvv rythi mi part vx….dhn vaane gothuge ehvx idea eh neiyyy….vvv rythi …maasha Allah…

    1. thuhoo says:
      February 15, 2018 at 7:53 pm

      Hii Nash… Even thuhu akah ves neynge dhn vaane gotheh… V v emotional dhwww… Dhn balamaa vaagotheh ? thanks a lot ❤️✨

    2. ivoo says:
      February 15, 2018 at 9:07 pm

      salhi

    3. thuhoo says:
      February 15, 2018 at 9:37 pm

      Thanks ivoo❤️

  3. Pinky shifoo says:
    February 15, 2018 at 8:04 pm

    Hii thuhoo ☺️☺️… Mi part vx v v reethi… ??… Alhey ree ah haadha asaru kuraaney ??… Ayaa vx dhw hama ehaa dheravaane ??… Curiously waiting for the next part… Keep up the good work ?❤️??… Take care n loves ❤️????☺️

    1. thuhoo says:
      February 15, 2018 at 8:50 pm

      Hii shifoo…lots of loves… thanks a lot darlin❤️..Dhw…. Dhn ekam keehkuraanee Eki meehunge life midhuniyeyga huhnnaanee Eki gothah…☹️??? Gina vaanee miss understand thah…? Ekahala gotheh dhw mivanee e dhemeehunnahves… ? Dhn oih part ah balamaa dhw?❤️

  4. ?Minna? says:
    February 15, 2018 at 8:51 pm

    Thank u thuhoo
    Mi part ves v reethi??
    Waiting for next part❤❤?

    1. thuhoo says:
      February 15, 2018 at 8:54 pm

      Welcome Minna.. ❤️ ?….thanks for wat??

    2. naavii says:
      February 15, 2018 at 9:06 pm

      yaa

  5. naavii says:
    February 15, 2018 at 9:05 pm

    when next parts vvvvv reethi

    1. thuhoo says:
      February 15, 2018 at 9:31 pm

      Thanks naavii… On tomorrow

  6. Lub says:
    February 16, 2018 at 12:33 pm

    Thuhoo … mi part ves varah loabi … varah kiyaahiythun kiyenii … dhn vaane gotheh mi visnenii ?? masha allah thuhoo ge masahkathuga barakaiyy lahvaashi …. ??❤

    1. thuhoo says:
      February 16, 2018 at 1:45 pm

      Aameen ?? thanks Luba.. so happy to c your comment darlin ❤️? dhn see dhw dhn vaane gotheh…???❤️❤️

  7. Faree says:
    February 16, 2018 at 2:37 pm

    Vvvvv salhi baehfaharu rovey vaahaka ah rangalhah vadhevuneema heevanee kurimathin fenah manzareh hen????vvv nice waiting for next part

    1. thuhoo says:
      February 16, 2018 at 4:40 pm

      Thanks.. faree ❤️

  8. ishnash says:
    February 16, 2018 at 3:36 pm

    Thuhoo when next part…

    1. thuhoo says:
      February 16, 2018 at 4:41 pm

      May be evening or tonight ?

Comments are closed.


All Right Reserved!