Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިއެހެނަސް..16

Uhthoo Level 210 Stories100 Comments100 Login
February 14, 2018 7 Mins Read
29 Comments

ހޮސްޕިޓަލުން ނުކުމެގެން ގެޔާ ހަމަޔަށް އައި އިރުވެސް ރީމާ ހުރީ ޖެހި ބުދެއް ހެންނެވެ. ހަގީގަތުގައިވެސް މިއަދު އޭނާ މުޅީ ދިރިއުޅުން މަތިން ފޫހި ވެއްޖެއެވެ.

އޭނާދެކެ ލޯބިވާނޭ ފަރާތެއް ހަމަ މިދުނިޔެއިން ނުވަނީހެއްޔެވެ؟ ކަރުނައިގެ ކޯރެއްގައި ފަތަން އޭނާއަށް ޖެހިފައިވިއެވެ. ލޯބީގައި އިންސާފު ކޮބާބާއެވެ.

އަޔާޒުވެސް އޭނާގެ ހަޔާތަށް އައީ ކުޑަ ދުވަސްކޮޅަކަށެވެ. ދެން އެއައީ އޮޅުވާލުމެއްގެ ތެރެއިން އާޒިން އެވެ. ލޯބީގެ ދަޅަ ދައްކައިގެން ހިސާބަކަށް އޭނާ ހައްލައިލައިފިއެވެ.  އޭނާގެ ހިތް އެއީ ކުޅޭ ކުޅޭ އެއްޗަކީހެއްޔެވެ؟ ……….

ކޮންމެ މީހަކުވެސް އޭނާގެ ދިރިއުޅުން ކުޅިވަރަކަށް ހަދަނީކަމުގައި އޭނާއަށް ވިސްނުނެވެ. “ދަރިފުޅާ….. ކިހިނެތްވެފަ؟” އެއްވެސް ބަހެއް ބުނުމެއްނެތި ރީމާ ކޮޓަރިއަށް ވަން މަންޒަރުބަލަން އިނދެފައި ފާތުމަ އައިސް އެއްސެވެ.

“ރީ…. ކިހިނެތްތަ ވީ ދޮނޭއަށް ޖަވާބެއްދީބަލަ….” ރީމާގެ ބޮލުގައި އޯގާތެރިކަމާއެކީ ފާތުމަ ފިރުމައިލިއެވެ. ރީމާ އަށް ބަހެއް ނުބުނެވިގެން އުޅެނިކޮށް ރޮވިއްޖެއެވެ.

ހިތަށްކޮށްފައިވި އަސަރަކުން ރީމާ ފާތުމަގެ އުނގުގައި ބޯއަޅައިގެން އޮވެ އެތަށް އިރެއްވަންދެން ރުޔެވެ. ފާތުމައަށްވެސް ރީމާގެ ހިތްދަތިކަން އިހުސާސް ކުރެވިގެން ކަންނޭނގެއެވެ. އޭނާއަށް ވެސް ހުރީ ރޮވިފައެވެ.

“އަހަރެން ބޭނުމީ އެންމެނާ ދުރަށް ދާން ދޮނޭ…އަހަރެންނަށް މިދުނިޔޭން އުފާވެރިކަމެއް ލިބޭނީ ދެން ކޮންދުވަހަކުންބާ….؟ ދޮނޭ…”

“އަހަރެން މިބުނާ އެއްވެސް ވާހަކައެއް އަޅެ އެއްވެސް މީހެއްކައިރީ ނުބުނަށްޗޭ… އަހަރެން ގަބޫލުކޮށްފިން، ލޯބި އެއީ އަހަންނަށް މިދުނިޔޭގައި ލިބެން ނެތް އެއްޗެއް…” ރީމާ ރޮއެ ރޮއެފައި އާޒިންގެ ހަގީގަތް ފާތުމައަށް ކިޔައިދިނެވެ.

ގަނޑުވެފައި ފާތުމައަށްވެސް އިނދެވުނެވެ. އިޝާމް ކަންތައް އެކުރީ ރަނގަޅަކަށް ނޫންތާއެވެ. އާޒިންއަށް އެހެން އެ ކަންތައް ކުރެވުނު ސަބަބުވެސް ރީމާ ކިޔައިދިނެވެ.

އަދި އާޒިން އޭނަދެކެ ލޯބި ނުވާކަމަށް ބުނިކަމަށްވެސް ރީމާ ކިޔައިދިނެވެ. “ދެން އަހަރެންގެ ގަޔަކު އެންމެންގެ ކުރިމަތީ އުޅޭނެހައި ހިތްވަރެއް ނެތް…އަޔާގެ ވެސް ހަނދާނެއް ނެތް…އެންމެ ރަނގަޅުވާނީ އަޔާގެ ކުރިމަތިން ވެސް ދުރަށް ދިޔައިއްޔާ….”

“ދެން އެކަމު ދަރިފުޅުދާނީ ވަކި ކޮންތާކަށް؟” ދެރަވެފައި އިން ފާތުމަ ރީމާގެ ބުރަކަށީގައި ފިރުމައިލިއެވެ. “ކޮންމެސް ތަނެއް އޮންނާނެއްނު… އަހަރެން ބޭނުމީ މިރެއިން މިރެއަށް ދާން… އެންމެ ހިނދުކޮޅެއްވެސް މަޑުކުރާކަށް ބޭނުމެއްނޫން..”

ދެލޯ ފޮހެލަމުން ތެދުވެ ރީމާ ފޮށްޓަށް އެއްޗިހި އަޅަންފެށިއެވެ. ފާތުމަ ރީމާ ހުއްޓުވަން ބޭނުންވެސް ވިއެވެ. ނަމަވެސް އޭނާ ކުރާނީ ފަހެ ކޮންކަމެއް ހެއްޔެވެ؟މުޅިއަކުން ރީމާ އެބުނީވެސް ދޮގެއްނޫނެވެ. ލޯބިހޯދަން އޭނާއަށް އެތަށް ގުރުބާނީއެއް ވެވިއްޖެއެވެ. އެތަށް ކަރުނައެއް ލޮތްބަށްޓަކައި އިސްރާފް ކުރެވިއްޖެއެވެ.

ދެން އެކަމަކު އޭނާ މަޑެއް ނުވާނެއެވެ. “ރީ… ފާތުމަ އަލަމާރިކައިރީ ހުރި ރީމާއަތަށް 10000ރުފިޔާ ލައިދެމުން އިސްޖަހައިލިއެވެ. ފާތުމަ ހިތްހަމަ ޖައްސައިދިނުމަށްޓަކައި ރީމާ އެކި އެކި ވާހަކަދެއްކިއެވެ.

“ދޮނޭ މާ އިމޯޝަނަލް ވީ ދޯ… ބަލާބަލަ… ދޮނޭ އިތުބާރު ކުރަންތަ އަހަންނަށް؟ އިރާދަކުރެއްވިއްޔާ ނުވާނޭ ކަމެއް… ބޯ ހަމަޖައްސާލަން އުޅެލާފަ އަންނާނަމޭ….”

“ވަރަށް ލޯބިވޭ ދޮނޭދެކެ…އަބަދުވެސް ޝުކުރުވެރިވަން ދޮނޭ މަންމައެއްގެ ރޯލް އެންމެ ތުއްތު އިރުއްސުރެ އަދާކޮށްދިނީތީ…” ގަދަކަމުން ހިނިތުންވެލި ރީމާގެ މޫނު އަވަސް އަވަހަށް އަނބުރާލަމުން ރީތިވާ މޭޒުގައި ހުރި ހުރިހައި އެއްޗިހިތަކެއް ނަގަންފެށިއެވެ.

“ދަރިފުޅާ…….. ބައްސަހައިގެން އުޅޭނީ… ކޮންތާކަށް ދާން ކަމަށް ތިވިސްނަނީ…؟ ފާތުމަ ރީމާއަށް ބޯއަރިކޮށް ބަލައިލިއެވެ. އެއްޗެހި ނެގުމުގައި އަވަސް އަރުވައިގެން އުޅުނު ރީމާ ކުޑަކޮށް ވިސްނާލިއެވެ.

“އަދި ނުވިސްނަން ދާނެތަނެއް… އެޔެއް ނުބުނެދެވޭނެ ދޮނޭއަކަށްވެސް….ދޮނޭ ވަރަށް ބޮޑަށް މަޢާފަށް އެދެން… އަހަރެން ބޭނުމެއްނޫން އަހަރެން ދާ ތަނެއް އެކަކަށް ވެސް އެނގޭކަށް..”

“އެކޮޅަށް ދެވުނީމަ އަހަރެން ފޯނަކަށް ނުގުޅޭނެ..ވަރަށް ބޮޑަށް މާފްކުރޭ….އަހަރެން ހޯދަން އެކަކުވެސް މަސައްކަތް ނުކުރަށްޗޭ…” ފާތުމަ ގައިގައި ބައްދާލަމުން ރީމާ ބުނެލިއެވެ.

“ދޮނޭ ވައުދުވޭ…ޕްލީސް ނުބުނާތި…” ރީމާ އެދުނެވެ. ފާތުމަ ބޯ ޖަހައިލިއެވެ. އެކޮޓަރިން ނުކުމެގެން ދިޔަ ފާތުމައަށް ބަލަން ހުރި ރީމާގެ ދެލޯ ކަރުނުން ފުސްވިއެވެ.

އަޔާޒުމެންގޭތެރެއަށް ވަދެގެންދިޔަ ރީމާ އަށް ބަލަން ކައުޗްގައި އަޔާޒު އިނީ މިހާ ދަންވެފައި ހުއްޓައި ރީމާ އެގެއަށް އައުމުން ހައިރާންވެފައެވެ.ވަދެގެން ދިޔަ ރީމާ ގޮސްވަނީ އިޝާމްގެ އޮފިސް ކޮޓަރިއަށެވެ. އަތުގައި އޮތް ސިޓީ އުރަ ނަގައި މޭޒުމަތީ ބޭއްވިއެވެ.

ލަސްފިޔަވަޅުތަކެއްގައި ނުކުމެގެން ދަމުން ފުންކޮށް އަޔާޒަށް ބަލައިލިއެވެ. އެވަގުތު އިސްއުފުލައި އަޔާޒުވެސް ބަލާލިއެވެ. ހަތަރުކަޅި ހަމަވެގެންދިޔަ ސިކުންތުކޮޅުގައި ދެހިތްވެސް ސިއްރުން ވާހަކަ ދެއްކިއެވެ.

ލޯބިވާކަން ދެހިތްވެސް ބުނެލިއެވެ. “އަޔާ…..އަހަރެން މިދަނީ ދާން …އަޔާގެ ދިރިއުޅުމާ ދުރަށް ދާން….” ރީމާގެ ހިތް ބުނެލިއެވެ.

އަޔާޒު އިސްޖަހައިލަމުން ރީމާ ޔަގީން ކުރިއެވެ. އަދިވެސް އަޔާޒުގެ ހަނދާނުން ކުޑަމިންވރެއްވެސް ނާނަނީއެވެ. ރީމާގެ އެރީތި މޫނު ފެނި އަޔާޒުގެ ހިތްވަރު އޮޔާ ބެހިގެން ހިނގައިދާނެތީ އޭނާ އަވަސް އަވަހަށް އިސްޖަހާލީއެވެ.

ރީމާގެ އެ ބޭވަފާތެރި ލޯބި ދެން އަލަކުން އޭނާ ބޭނުމެއްނޫނެވެ. އެ މަންޒަރުތަށް އަދިވެސް އަޔާޒުގެ ލޯމައްޗަށް ސިފަވިއެވެ. ރީމައާ ދޭތެރޭ ނަފްރަތުގެ ހުޅުކޮޅެއް ދިއްލިފައިވިއެވެ.

*މުޅި ހަޔާތް ބަނަކޮށްފިޔޭއަދު ބޭވަފާތެރި ލޮތްބަކުން…ދިރިއުޅުން ބަރުބާދު ވެއްޖޭ… ހިތްމަގޭ ފުނޑު ފުނޑު ވުމުން.. ނާރުތަށް ހަށިގނޑުގެ ހުރިހައި ހީވިޔޭ ކެނޑި ބުރިވިހެން….އެތެރެހަށި ހީވޭ ދަނީހެން ހަމައަނދާ އަޅިއަށްވެގެން…. ބޭވަފާތެރިޔާއެ ދުވަހެއް އަދި ޔަގީން އަންނާނެކަން…ވޭނުގައި އަހަރެން މިރޯހެން މާދަމާ ރޯނީ ކަލާއޭ…..

………………………………..

އޭގެ ހަފްތާއެއް ފަހެވެ. ގޮނޑުދޮށަށް ބީއްސަމުންދިޔަ ރާޅުތަކަށް ބަލަން ރީމާ އިނެވެ. އެ މިއުޒިކީއަޑުން މުޅި އަތިރިމަތި ގުގުމަމުން ދިޔައެވެ.ކުދި ހޯރަވެސް އިރު އިރުކޮޅާ އޭގެ އަޑުން ލަވައެއް ކިޔާލަމުން ގޮނޑުދޮށުގައި އުދުހެއެވެ.

ގދ. އަތޮޅުގެ ރަށެއް ކަމަށްވާ ވާދޫގައި ރީމާ އައިސް އެހެރީ އޭނާގެ ގާތްތިމާގެ އެންމެން ދޫކޮށްފައެވެ.

ހިތްގައިމު ރަށެކެވެ. އެހާ ތަރަށްގީވެފައިނެތަސް ބޮޑުރަށެކެވެ. އެރަށުގައި ރީމާއަށް ހިލޭ ހުންނަން ފުރުސަތު ލިބުނެވެ. އެގެއަކީ ފަޅުގެއެކެވެ. ދޭތެރެ ދޭތެރެއިން އެގެއަށް އެގޭގެ ވެރިން އަންނަކަމަށް އެގެ ހޯދަދިން މީހާ ބުންޏެވެ.

އެއީ އާދައިގެ ގެޔެކެވެ. އެގެ ހުންނަނީ ގޮނޑުދޮށާކައިރީގައެވެ. އެ އާދައިގެ ދިރިއުޅުމަށް ހޭނެން ރީމާއަކަށް އުނދަގުލެއް ނުވިއެވެ.ރީމާއަށް އެރަށު ޕްރީސްކޫލުން ވަޒީފާ ހަމަޖެހުނެވެ.

އިޝާމް ރަށުގައި ނެތުމުން އަޔާޒު އިޝާމްގެ އޮފިސް ކޮޓަރިއަށްވަނީ އެތާ އޮތް އޭނާގެ ލެޕްޓޮޕް ނެގުމަށެވެ. ލެޕްޓޮޕް ހިފައިގެން ނުކުންނަން ހިނގައިގަތްތަނުން ލޮލުގައި އަޅައިގަތީ މޭޒުމަތީގައި އޮތް ސިޓީއުރައެކެވެ.

އެއީ ރީމާ ގެނެސް ބޭއްވިއެއްޗެއްކަން އެނގުނީ އޭގައި ‘ބޭބެއަށް’ މިހެން ޖަހައިފައި އޮތުމުންނެވެ. ކުރިން ދުވަހެއްގައި ރީމާ އެތަނަށް އައިސް ވަން މަގްސަދަކީއެއީކަން އެނގުމުން އޭތި ނަގައިގެން ބަލުމުގެ ޝައުގުވެރިކަން އެހިތުގައި އުފެދުނެވެ.

“ލޯބިވާ ބޭބެއަށް……” އަޔާޒު އެސިޓީ އުރަ ކަނޑައިގެން ކިޔަންފެށިއެވެ. ސިޓީ ކިޔައި ނިމުނު އިރު އަޔާޒަކަށް އެތާކު ނުހުރެވުނެވެ. ފޯނު ނަގައިގެން ރީމާއަށް ގުޅަން ކުރި މަސައްކަތް ބޭކާރުވިއެވެ.

ލޯބިވާ ބައްޕަ އެހައި ދަށު ދަރަޖައިގެ ކަމެއް ކުރާނޭކޭވެސް އޭނާގެ ހިތަކަށް ނާރައެވެ. މިވަގުތު އޭނާއަށް މުހިންމުވީ ރީމާ ހޯދާށެވެ. ދުވެފައިގޮސް ރީމާމެންގެއަށްވަން އަޔާޒުގެ މޫނުން ދާތިކިތަށް ބަބުޅައެވެ.

“ކޮބާ ރީމާ…؟” ފާތުމައާ ސުވާލު ކޮށްލަމުން އަޔާޒު ލަމުންދިޔަ ފުންނޭވާތަށް ކޮންޓްރީލް ކުރަން އުޅުނެވެ. “ނޭނގެ…!” ކައުޗްގައި އިން ފާތުމަ ތެދުވެގެން އައިސް އަޔާޒު ކައިރީ ހުއްޓުމުން އެ ކުރި ސުވާލަށް އޭނާއަށް ދެވުނީ އެ ޖަވާބެވެ.

“އެ ކީއްވެ ނޭނގެންވީ….؟ ރީމާ ވީ ގޭގައެއް ނޫންތަ؟” އަޔާޒު ހައިރާންކަމާއެކު ސުވާލު ކޮށްލިއެވެ. “އަޔާ ހަނދާން އެބަހުރިތަ؟” ފާތުމަ ސުވާލުގެ ނަޒަރުން އަޔާޒަށް ބަލައިލިއެވެ.

އަޔާޒު ބޯޖަހައިލުމުން ފާތުމަ އިތުރަށް ހާސްވިހެން ހީވިއެވެ. “ދޮނޭ…ޕްލީސް… ބުނެބަލަ ރީ ކޮންތާކުވީ…؟” އަޔާޒު ހުރީ ހަދާނެ ގޮތް ހުސްވެފައެވެ.

“ހަގީގަތުގައިވެސް ދޮނޭއަކަށް ނޭނގެ… ރީގެ ޚަބަރެއް ވެސް ނުވޭ….ބުނީ ބޭނުމެއް ނުވެޔޯ ދެން މިތާ ހުންނާކަށް…” ފާތުމަ އަށް ރޮވުނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އަމިއްލަ އުނގުގައި ބޮޑުވި އެ ހިތްފަދަ ދަރި ދުރަށް ދިޔައީ އޭނާއަށްވެސް އެނގިހުރެއެވެ.

އަޔާޒަށް ގޮތް ހުސްވިއެވެ. ރީމާ ހޯދަން ޕޮލިހަށްދާން އުޅުމުން ފާތުމަ އޭނާ ހުއްޓުވިއެވެ. އެގޮތް ފާތުމަ ބޭނުން ނުވުމުން އަޔާޒަށ ހަދާނޭ އިތުރު ގޮތެއް ނުވިސްނުނެވެ.

އެކި ރއަޓެހިންނަށް ގުޅައިގެން ރީމާގެ ހަބަރެއް ހޯދަން އެތައް މަސައްކަތެއް ކުރިއެވެ. އޭގެ މަހެއް ފަހެވެ. އަޔާޒަށް ރީމާ ހޯދުމުގައި ނާކާމިޔާބުވިއެވެ. އޭނާ ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އަލި މަގެއް އެކަމުގައި އޭނާއަކަށް ނުފެނުނެވެ.

ލޯބިވާ ރީމާ އުޅޭނެ ހާލެއްވެސް އެނގޭނީއެއްނޫނެވެ. އާޒިންގެ ހަގީގަތް އެނގުމުން އޭނާ ކައިރިން އިޝާމް މައާފަށް އެދުނެވެ. އަދި އެދުވަހު އެއަންހެންމީހާ ޔަޒިން ބޭނުންވެގެން އެވާހަކަ ދެއްކުމުން ޔަޒިން އެ މީހާއަށް ދިނީ ރަނގަޅަށް ބަލާނުލެވިކަން ބުންޏެވެ.

އަސްލުވެސް އިޝާމް ޔަޒިން އެ އަންހެން މީހާއަށް ދިނީ އޭނާގެ ހަގީގަތް ނޭނގިއެވެ. އާޒިން އެކަމާ ރުޅިއަޔަސް އޭނާ އިޝާމަށް މައާފްދިނެވެ.އަދި އާޒިން އަށް ކަންތައް ކުރެވުނު ގޮތް ހިތަށް އަރައި އޭނާ ވެސް އެދެބަފަައިން ކައިރިން މައާފަށް އެދުނެވެ.

“ރީ އާންޓީ……” ފަރި ހިނގުމެއްގައި ހިނގަމުން ދިޔަ ރީމާ ހުއްޓުނީ ލީމް ގޮވާލުމުންނެވެ. ފަހަތް ބަލާލިއިރު ލީމް ސައިކަލުގައި ލާމިއުއާއެކީ އައިސް ރީމާއާ ހަމަކުރަނީއެވެ.

ލީމްއަކީ އޭނާ ކިޔަވައިދޭ ކުއްޖެކެވެ. އޭނާއަކީ ކުދިންގެ މެދުގައި ވަރަށް މަގުބޫލު ޓީޗަރެކެވެ. ހުރިހައި ކުދިންވެސް އޭނާދެކެ ވަރަށް ލޯބިވާނެއެވެ.

“ހެލޯ ލީމް…ކޮންތާކަށް ތިދަނީ…؟” ރީމާ ލީމްއާ ވާހަކަ ދެއްކިއެވެ. “މިދަނީ ބައްޕިއާ ދެކުދިން ބުރެއް ޖަހާލަން…” މައުސޫމްގޮތަކަށް ލީމް އެހެން ބުނެލުމުން ރީމާ ކައިރިއަށް ހިނިއައެވެ.

ރިމާ އާދައިގެ މަތިން އަތްދަބަހުން ޗޮކްލެޓެއް ނަގައި ލީމްއަށް ދިނެވެ.” ތެންކިޔޫ…” ލާމިއު އިނީ ކަޅިވެސް ޖަހައިނުލައި ރީމާއަށް ބަލާށެވެ.

އެ ރީތިކަން ލާމިއުގެ ހިތަށް އަސަރު ނުކުރާ ވަރެއް ނޫނެވެ. ނަމަވެސް އޭނާއަކީ ފެންނަ ކޮންމެ އަންހެނެއްގެ ފަހަތުން ހިނގާ މީހެއް ނޫނެވެ. އޭނާގެ ކުރީގެ އަނބިމީހާ އޭނާއަށް ބޭވަފާތެރިވީ ކީއްވެކަމެއް ހުދު އޭނާއަކަށްވެސް ނޭނގެއެވެ.

ލޯބީގައި ނާކާމިޔާބުވިޔަސް ލާމިއު ހިތްވަރު ކުރަމުންދިޔައީ އޭނާގެ 4 އަހަރުގެ އެ މައުސޫމް ލީމަށްޓައަކައެވެ. އޭނާ ވަޒީފާ އަދާކުރަނީ ޕޮލިހުގައެވެ.

ލާމިއުއަކީވެސް އެރަށު މީހެއް ނޫނެވެ. އޭނާ އެރަށަށް ދިރިއުޅުން ބަދަލު ކުރީ އުޝާއާ ކައިވެނި ކޮށްގެންނެވެ. އެއީ މީގެ އަހަރުތަކެއް ކުރިންނެވެ.

މިއަދު އޭނާއަށް އެކަނިވެރި ދިރިއުޅުމެއް އުޅެން ޖެހިފައިވަނީ އުޝާގެ އަޚްލާގެއް ނެތް އުޅުމާހެދިއެވެ. ލީމަށް އުމުރުން 1އަހަރުގައި އެދެމީހުންގެ ކައިވެނި ރޫޅުނެވެ. މިހާރު އުޝާމެން ދިރިއުޅެނީ ރާއްޖެން ބޭރުގައެވެ.

އަދިވެސް އޭނާއަށް އުޝާއަށް އިންތިޒާރު ކުރެވެއެވެ. ހިތްބުނަމުންދިޔައީ އެ ހަޔާތަށް އުޝާ އަންނާނެކަމަށެވެ. ރީމާއާ ލާމިއު ކޮންމެސްވަރަކަށް ރައްޓެއްސެވެ.

ލާމިއުއަކީ ރީތި މީހެކެވެ.ރީމާގެ ހިތަށްވެސް ލާމިއު ވަރަށް ރީއްޗެވެ. ނަމަވެސް އޭނަ ފިރިހެނުންދެކެ މިހާރު ފޫހިވެއެވެ. ނޭނގިނަމަވެސް ހިތަށް ލާމިއުގެ ސޫރަ އައުމުން އަމިއްލަ ނަފްސް ދެކެ ރީމާއަށް ރުޅިއާދެވެއެވެ.

ސައިކަލު ލޮލުކޮޅުން އޮބާލިއިރު ރީމާހުރީ އޭނާގެ ގޭ ދޮރާށި ކުރިމަތީގައެވެ. ފޯނާ ކުޅެމުން ގޭތެރެއަށް ވަންނަން ހިގައިގަތެވެ. “ރީ…”

ބައިސްކަލުގައި އައިސް އެތަނަށް މަޑުކުރަމުން ސުހާ ގޮވާލިއެވެ. “ކިހިނެތްވީ….؟ ހާދަ ހާސްވެފަ؟” މާނޭވާލެވިފައި ހުރި ސުހާއަށް ބަލަމުން ހާސް ކަމާއެކު ރީމާ އަހައިލިއެވެ.އެއީ އޭނާއާ އެކީ ވަޒީފައަދާކުރާ އޭނާއާ ނުހަނު ގާތް ރަހުމަތްތެރިޔެކެވެ.

“އާދެބަލަ……!” މިހެން ބުނެފައި ރީމާގެ އަތުގައި ހިފައި ބާރަކަށް ދުއްވައިގަތެވެ. ނުވިސްނައި ހުރުމުން ރީމާ ނުވެއްޓުނީ ކިރިޔާއެވެ.

ސުހާ ގޮސް މަޑުކޮށްލީ އަރިމަތީގައި ހުރި ވޮލީކޯޓް ކައިރިއަށެވެ.”ކޯއްޗެއް ވެގެންތަ ތި ދުވީ މާވަރަކަށް…؟” ރީމާ ހުރީ ގުބުހިލިފައެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ސުހާ ވެސް ހުރީ ވަރުބަލި ވެފައެވެ.

ސުހާ އިނގިލި ދިއްކޮށްލީ ވޮލީކުޅެން ހުރި ޒުވާން ފުރައިގެ ފިރިހެން ކުއްޖަކަށެވެ. “ހަމްދާން…!” އެތާ ހުރި ފާރުބުރިމަތީ އިށީންނަމުން ސުހާ ބުނެލިއެވެ.

“ސާބަސް…މަށަށް އޭނަ ދައްކަންތަ ތިވަރަށް ތި ދުއްވާލީ…؟” ރީމާ ވެސް ފާރުބުރިމަތީ އިށީނެވެ. “ހެހެހެ…އަސްލު މައޭނަ ބަލާހިތުން…އިނގޭތަ އޭނަ ބަލިވެ ކުޅެން ނާންނަތާ ހަފްތާއެއް ވީއޭ…އަސްލުވެސް އެ ސޮރު ހާދަ ރީއްޗޭ…”

“ދެން ސުހާ ވެސް ވޮލީކުޅެން ދޭބަލަ..އެތާ އެބަތިއްބެއްނު އަންހެންކުދިން ވެސް….އޭރަށް މާ ސަޅިކޮށް ތި ރީތިވެގެން އުޅޭމީހާ ފެންނާނެ…”ރީމާ ސުހާއާ ދިމާކޮށްލިއެވެ.ސުހާ ޗޮކެއް ކަނޑާލިއެވެ.

“އޭ މިރޭ އެބޮތް ބާބަކިޔު….އަންނައްޗޭ… އަހަރެން ކަލާގެ ލާމިއު އަށްވެސް ދައުވަތު ދިނިން….” ސުހާ އޭނާގެ ކޮނޑުން ރީމާގެ ކޮނޑުގައި ޖަހައިލިއެވެ.

“އޭ ސަމާލުކަމަށް… އެއީ މަގޭ ލާމިއުއެއް ނޫން… މީހެއްގެ ފިރިއެކެއްނު…” ރީމާ އެބުނި އެއްޗަކުން ސުހާ ގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.

“އޯ ސަމާލުކަމަށް…އެއީ މިހާރު މިނިވަނެއް…އޭނާ މީހެއްގެ ފިރިއަކަށް ހުރީ އަންޒަމާނުކަރަޔަށް ވައި އެރި ދުވަހު….!” ސުހާ އެހެން ބުނުމުން ލާމިއުގެ ހަޔާތުގައި ވެސް ވަރަށް ކަންތައް ހިނގިކަން އޭނާއަށް އިނގުނެވެ.

“ދެން އެހެންވިޔަސް ހެޔޮ….އަހަރެންގެ ހިތުން އެއްވެސް މީހަކަށް ދެން ޖާގައެއް ނުދެވޭނެ…މިހިތަކީ އަހަރެންގެ އަމިއްލަ އެއްޗެއް… މިހިތުގައި ދެން އެހެންމީހަކަށްޓަކައި ދުވަހަކުވެސް ވިންދެއް ނުޖަހާނެ…”

“އޭ އޭ… އޯކޭ ޑާރލިން…އަހަރެން ގަބޫލުކުރަމޭ….ދެން ބުނެބަލަ އަންނާނަންތަ؟” ސުހާއަށް ރީމާގެ މާޒީ އެނގިފައިވުމުން ރީމާ ދެރަވެދާނެތީ މައުޟޫއު ބަދަލު ކޮށްލިއެވެ.

“އޯކޭ އަންނާނަމޭ….ދެން ތީނަގެ އޭނާއަށް ދައުވަތެއް ނުދެންތަ؟” ރީމާ ކުޅެންހުރި ހަމްދާނަށް ލޮލުން އިޝާރަތްކޮށްލިއެވެ. “ނޫނޭ…އެއީ އަހަރެންގެ ދޮންބެގެ ޕާޓެއްނު…ދޮންބެގެ ރޭވުމެކޭ މީ……”

“އަސްލު މަންމަ ބުނެގެން ލާމިއުއަށް ދައުވަތު ދިނީ… ކުއްޔަށް އުޅުނަސް ބަލަންވާނެއްނު..އެސޮރުގެ އެ އެކަނިވެރިކަން ފެނި މަންމަ ހުންނަނީ ވަރަށް ދެރަވެފައި…..”

ސުހާ އެހެންބުނުމުން ރީމާ އިނީ ލާމިއުއާ ދޭތެރޭ ހަމްދަރުދީވެފައެވެ. ނަމަވެސް އިތުރު މައުލޫމާތެއް ހޯދަން އޭނަ ބޭނުންނުވީ އެކަމަށް އެހައި ބޮޑު ޝައުގުވެރިކަމެއް ނެތުމުންނެވެ.

ކުޅެ ނިމިގެން އެދިމާއަށް ސުހާގެ ބޭބެ ސިމާންއާ ހަމްދާން އަންނަތަން ފެނުމުން ސުހާއިނީ ހިތްއަވަސް ވެފައެވެ. ރީމާގެ އަތުގައި ހިފާލެވުނީ އެހެންވެގެންނެވެ.

“އޭ ކޭހެރަށްނު މިތާ؟ނެން ފެނެ ހުޅިއެއް؟”ސިމާން އަހައިލީ ސުހާކައިރިންނެވެ. ސުހާ ފާޑަކަށް ހުރުމުން ރީމާ ހޭންފެށިއެވެ.

ނަމަވެސް ސިމާންގެ އެބަހުރުވަ ރީމާއަކަށް ނަގައެއް ނުގަނެވުނެވެ. “ކީކޭތަ އެބުނީ؟” ރީމާ ސުހާގެ އަތުގައި ވިކާލަމުން ބުނެލިއެވެ. “މީ ބީރަށްޓެހި ކުއްޖެއްތަ؟ މިއަހާލީ ނެތްހޭ ފެންފުޅިއެއް….؟”

ސިމާން އެހެން ބުނެލުމުން ރީމާ ބޯޖަހައިލަމުން އޭނާގެ ދަބަހުން ކުޑަ ފެންފުޅިއެއް ނަގައި ސިމާންއަށް ދިއްކޮށްލިއެވެ. ޝުކުރު އަދާކުރަމުން ސިމާން ފެންފުޅި ދިއްކޮށްލީ ހަމްދާނަށެވެ.

އެދެމީހުން ހިނގައިންނަމުން ސިއްރުވާހަކަތަކެއް ދައްކަންފެށިއެވެ. “އޭތް ބަލަ ތިހާ ފިނޑިވެގެން ވޭތަ؟” ސުހާ ހުރީ އިސްޖަހައިގެންނެވެ. “އޭނަ އައިގޮތަށް މި އަނގަގަނޑު ދިޔައީ ކޮންތާކަށް؟”

ރީމާ ސުހާގެ ކޮލުގައި ހިފައިލިއެވެ. “ނޭނގެޔޭ…ހަމަ ބިރިގަންނަނީ…އަހަރެން ހިތަށް އަރަނީ އޭނަ ބުނާނޭ އަހަރެންމީ ކާކުހެއްޔޭ އޭނަ ދެކެ ލައިކްވެސް ވާން…؟ ދެން އެހެންވީމަ ނުކެރޭނެ އޭނަޔާ ވާހަކަ ދައްކަން…”

“ނޫނޭ މަށަށް މަޖަލީ މަށަކަށް މިރަށުމީހުން މިރަށު ބަހުން ދައްކާ ވާހަކަ ނޭނގޭތީ….ހެހެހެ…އަދި ދެންމެ އަހައިލީމަވެސް މި އަންހެނާ އަނގައިން ބަހެއް އައީކީއެއް ނޫން….” ރީމާ ހެމުން ހެމުން ބުނެލިއެވެ.

އިރުއޮއްސެން ކައިރިވުމުން ރީމާ ގެޔަށްދާން ހިނގައިގަތެވެ. ސުހާވެސް އޭމަގޭ ބައިކުވީ ތިގޭގައޭ ކިޔައިފައި ރީމާގެ ފަހަތުން އެގެޔަށްދާން ދިޔައެވެ.

ރީމާދިން ފެންފުޅި ހުސްކޮށްލަމުން ހަމްދާން ސިމާނަށް ބަލައިލިއެވެ. “ބުރޯ ވަރަށް ސޮރީ މަ ކަރު ހިއްކައިގަނެފައި ހުރިވަރުން ދަމައިލެވުނީ….އޭ މަވާހަކައެއް ބުނަންތަ؟” ސިމާން ބޯޖަހައިލިއެވެ. އެދެމީހުން ވާހަކަ ދައްކަމުން ދިޔައީ އެރަށުގެ އެމީހުންގެ އާއްމު ބަހުރުވައިންނެވެ.

“މަށަށް ހީވަނީ ބުރޯގެ ކޮށްކޮ މަދެކެ ލައިކްވާހެން….އެއީ ކުރިންދުވަހަކު މަގުމަތިން ފެނުނީމަވެސް އޭނަބެލީ ވަރަށް އެހެން ކަހަލަ ގޮތަކަށް….ހެހެ…އެނީވޭސް…އޭނަ ހަޑިއެއްނޫން…އެކަމަކު ޝިމާނާ ވަރެއް ނޫން..” ޝިމާނާއަކީ މާލޭގައި އޭނާ ކިޔަވަން އުޅުނު އިރު ދިމާވި ކުއްޖެކެވެ.

“ކަލޯ…މަބުނަންތަ؟ ތި ޝިމާނާއަށްވުރެ ހާސްބައި މަގޭ ކޮށްކޮ ރަނގަޅުވާނެ…އޭނަ ތިބުނާހާ ރީތި ނުވެދާނެ…ދެން މާލޭގެ ފަހުގެ ފެޝަންތަކަށް ނޫޅޭނެ ދޯ ރަށްފުށުގެ ކުދިންނެއް…މަގޭ ކޮށްކޮއަށްވީމައެއް ނޫން… ހަމަ އަސްލުވެސް އޭނައަކީ މިއުޅޭކަހަލަ ކަންނެތް ފޮޑަރެއް ނޫން…”

“ދެން ތިބުނާ ޝިމާނާ ކަލެއަށް ވަފާތެރިވީ ކޮންދުވަސްވަރެއްގައިތަ؟ހެހެހެ…މޭން އޯކޭ ދެން ތީ ކަލޭގެ ލައިފް މަށެއް ނުބެހޭނަން ތިކަމަކާއެއް….”ސިމާން ހީލަމުން ހަމްދާންގެ ކޮނޑުގައި ޖަހާލިއެވެ.

“ކަލޭވިޔަސް ތިބުނީ ތެދެއް މަ އެބަ ވިސްނަން އޭނަ ކަޓުވާލަން…. ހަމަގައިމުވެސް އެއް ފުޅަށްމަތިން ފުންމައިލައިފިއްޔާ އަނެއް ފުޅަށްމަތިން ވެސް ފުންމާލާނެ…އެކަހަލަ މީހަކާއެކީ ދިރިއުޅުން ފެށުމަށްވުރެ އަލިފާންގަނޑަކަށް އެރުނަސް ރަނގަޅުވާނެ… އޯކޭ މަމިއަންނަނީ ފެނވަރައިލައިގެން ގޭގައި އިން ނާށިބަސްތާ ހިފައިގެން” ސިމާން އިތުރު ވާހަކައެއް ނުދައްކައި ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ.

“އޭ މަ އެބައަންނަން އިރުކޮޅަކުން ރީމާ ބަލައި…ފެންވަރައިގެން ރެޑިވޭ އިނގޭ…” ބައިސްކަލަށް އަރަމުން ސުހާ ބުނެލިއެވެ. ބޯޖަހަމުން ރީމާ ގެއަށް ވަނެވެ. މަޢްރިބް ނަމާދަށް ބަންގި ގޮވީވެސް އެވަގުތުއެވެ.

ގޭގެ ބޮކިތަށް ދިއްލަމުން ރީމާ ޖައްސާލީ ސޯފާގައެވެ. ސޯފާގައި ލެނގިލަމުން ނަޒަރު ހުއްޓާލީ ފަންކާއަށެވެ. ފަންކާއަށް ބަލަން އޮތް އިރު އެ ލޮލުން ކަރުނައިގެ ރޮނގެއް ދެމިގެންފިއެވެ. ފޯނުގައި ހުރި ފޮޓޯތަކުން އަޔާޒުގެ ފޮޓޮއެއް ފެނުނެވެ.

އަޔާޒުގެ ހަނދާންތައް ވެރިވުމުން ހިތަށް އަސަރު ކުރީއެވެ. އޭނާގެ ގާތް އެންމެންގެ ހާލެއް އެނގެނީއެއްވެސް ނޫނެވެ. ދިރިއުޅުމެއް ހޯދަން އޭނަ ބޭނުންވީ މިކަހަލަ ގޮތަކަށެވެ. އަޔާޒު އޭނާ ކައިރިއަށް އަންނާނެ ނަމައޭ އެހިތަށް އެރިއެވެ.

*ކޮންމެ ހިނދެއް ވޭތުވަނީ…ލޯބިވާގެ ހަނދާނުގައި…..އެންމެ ފުނުން ލޯބިވަނީ ހިތްކުރާ ފަރިޔާދުގައި….ރީތި ފުރިހަމަ ސޫރަ ބެލެޔޭ…ރީތިކަން ދުނިޔޭން ތިފަދަ ނުވެޔޭ….ހިތަށް ހީވާވަރުން….ހީލުންތަކުން ރީތި މޫނުގެ އެ ނަލަކަން ދުށުން…ހިތުގެ ތެޅުން ބާރުވަނީ… ހިތްކުރާ މަޖުބޫރުގައި……….

ލޯބިވާގެ އެ ހަނދާންތަކުން ނިކުމެވުނީ ރީމާގެ ފޯން ރިންގް ވުމުންނެވެ. “އޭ ކޮބާ؟ މަމިދަނީ ބަލާ… ރޮށިފިހަން ފުށްގަނޑު މޮޑެފަ…” ސުހާ ހުރީ އަވަސް އރުވާލައިފައެވެ.

“އާން…މަ މިނުކުންނަނީ ނަމާދުކޮށްލައިގެން…އާދޭ….” އެހެން ބުނުމުން ސުހާ ފޯނު ބޭއްވިއެވެ. ރީމާވެސް ކޮޓަރިއަށްވަނެވެ. ފާހާނަޔަށް ވަދެ ވުޟޫއު ކޮށްގެން ނުކުމެ މުސައްލަ ފަތުރައިލިއެވެ. ނަމާދުކޮށް ސަޖިދައިގައި އޭނާގެ އާއިލާއަށް ދުޢާ ކުރިއެވެ.

އަދި އަޔާޒުގެ ހަނދާންތައް އަނބުރާ އޭނާއަށް ދެއްވުމަށް އެތަށްފަހަރަކު ދުޢާ ކުރއެވެ. އޭނާގެ ލޯބިވެރިޔާ ހެޔޮޙާލުގައި ލެއްވުމަށް އެތައްފަހަރަކު އެދެވުނެވެ…..

Share Article

Follow Me Written By

Uhthoo

Level 210 Stories100 Comments100 Login

"Treat others as you wish to be treated" mom says.. dream it.. achieve it.. love to read.. love to be an author...❤️

Other Articles

Previous

ޒާރާ (30)

Next

ތިޔަ އަސަރު 33

Next
February 14, 2018

ތިޔަ އަސަރު 33

Previews
February 14, 2018

ޒާރާ (30)

29 Comments!

  1. thuhoo says:
    February 14, 2018 at 3:55 pm

    Hii alll… Thankolheh dhigukohlan vegen lasvee… Thoo aanmukoh liyaa varah vure dhigukoh miadhuge bai ihnaanee… Hope rangalhu vaane kamah. . … Waiting for comments guys…❤️ Enjoy…?

  2. Shann says:
    February 14, 2018 at 3:57 pm

    Masha Allah mibaives v v rythi.???

    1. thuhoo says:
      February 14, 2018 at 4:00 pm

      Thanks Shann….?

  3. Aisha minna says:
    February 14, 2018 at 4:10 pm

    me first… varah salhiii… dhn kniraku next parttt… cant waitt asluu… varah reethii…

    1. thuhoo says:
      February 14, 2018 at 4:15 pm

      Thanks Aisha minna… Next part on tomorrow inshallah ❤️

  4. EHLEE says:
    February 14, 2018 at 4:29 pm

    Wow v reeti when next part

    1. thuhoo says:
      February 14, 2018 at 4:31 pm

      thanks EHLEE… next part on tomorrow..

  5. luba says:
    February 14, 2018 at 4:52 pm

    ވަރަށް ރީތި….

    1. thuhoo says:
      February 14, 2018 at 4:59 pm

      Thanks luba

  6. shaan says:
    February 14, 2018 at 5:14 pm

    thuhoo nice ☺????????

    1. thuhoo says:
      February 14, 2018 at 5:42 pm

      Hahaha.. ehnthr… Thanks varah ❤️?

  7. Maya says:
    February 14, 2018 at 6:01 pm

    Speechless…

    1. thuhoo says:
      February 14, 2018 at 8:23 pm

      Owh…thanks Maya….❤️❤️????

  8. Sana says:
    February 14, 2018 at 6:17 pm

    Perfect! Today ge part dhigu
    Thank you so much ???
    Varah perfect writer eh thee!??????????????????
    When next part?

    1. thuhoo says:
      February 14, 2018 at 8:49 pm

      Yaa welcum Sana n thank u so much Sana.. Story success vaanee kiyun theringe basves ahaigen dhooo ?❤️ lots of love ❤️❤️ adhives shakuvaa eh othiyya bunelan vaane… So I can improve… dhwww ???

  9. ?Minna? says:
    February 14, 2018 at 6:35 pm

    Varah reethi mi part thuhoo
    ??

    1. thuhoo says:
      February 14, 2018 at 9:00 pm

      Thanks Minna… ❤️❤️

  10. ishnash says:
    February 14, 2018 at 7:43 pm

    Hiii….thoo….vvv rythi mi part….love it…keep up the gud work….maashaa Allah…

    1. thuhoo says:
      February 14, 2018 at 10:10 pm

      Hii Nash ❤️ hw hw?..thanks?

  11. luba says:
    February 14, 2018 at 9:02 pm

    ތުހޫ… ތުހޫގެ އަނެއް ވާހަކަ އެ 4 އަހަރު ފަސް ގެނެސްދެނީ ދެން ކޮންއިރަކުއް … އެވާހަކަ ވެސް ވަރަށް ރީތި … މި ވާހަކަ ވެސް ވަރަށް ރީތި

    1. thuhoo says:
      February 14, 2018 at 10:07 pm

      Yeah evaahaka adhi nubunevey dhw… V sorry ingey.. thooge course feshigen ulheythee v bxy koh miulhenee… Ehenve evaahaka kudakoh laskohlee… Thooge mivaahaka ehkoh nimuneema evaahaka genes dheynan alun fashaigen.. ingey… Hope understand vaane kamah… And libey Kuda vaguthukolhun mivaahaka mi liyevenee ehnve I wanted to concentrate on this …ehenve Luba..? hope Ingey understand vaanekamah… Thanks for asking tht question.. don’t worry Kuda inthizaareh kohlaa… Genesdheynan iraadha kurehviyyaa ???

  12. Pinky shifoo says:
    February 14, 2018 at 10:05 pm

    Hii thuhoo ☺️☺️☺️… Mi part vx v v v reethi…. It’s really interesting ???… N mi part dhigukoh genesdhinyma v v v happy ???… Keep up the good work…. Curiously waiting for the next part… Take care n loves ❤️❤️❤️???

    1. thuhoo says:
      February 14, 2018 at 11:07 pm

      Hi shifoo … Adhikiryaa shifooo ge comment miaee dhw… Um waiting for your comment ?? love a lot ?? v surprising dhw.. dhn ahna part adhi miahvure surprise vaane… See dhww… ??❤️ Thanks a lott ?????

  13. luba says:
    February 15, 2018 at 9:39 am

    ޔޭ…. ތޫގެ ކޯސް އައްވެސް އިސްކަން ދެއްޗޭ…. ތެންކިޔޫ…. އިންތިޒާރުގަ އިނގޭ މިހުރީ ތޫގެ އެވާހަކައިގެ….

    1. thuhoo says:
      February 15, 2018 at 9:46 am

      Owh?? yeah.. welcum n thank you so much Luba??❤️ …

  14. EHLEE says:
    February 15, 2018 at 10:38 am

    Thuhoo ehen story eh nuliyan tha

    1. thuhoo says:
      February 15, 2018 at 12:18 pm

      Thoo ehn story eh liyaanan.. fahun.. dhn ehfaharaa baivaru liyan vehjihyaa hiyaalu mahsuni vaanehnu ?❤️

  15. luba says:
    February 15, 2018 at 11:19 am

    އޯލްވޭސް ތޫ…….

    1. thuhoo says:
      February 15, 2018 at 12:14 pm

      ??

Comments are closed.


All Right Reserved!